Generated by All in One SEO v4.9.10, this is an llms.txt file, used by LLMs to index the site. # Addana MNDF Magazine ## Sitemaps - [XML Sitemap](https://addana.mv/sitemap.xml): Contains all public & indexable URLs for this website. ## Posts - [އައްސުލްޠާން މުތެއި ކަލަމިންޖާ](https://addana.mv/6272) - އައްސުލްޠާން މުތެއި ކަލަމިންޖާ ސިރީ ބުވަނަ އަބާރަނަ މަހާރަދުންނަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ވަޑައިގެންނެވި ދެވަނަ ރަސްގެފާނެވެ. މި ރަދުންނަށް ރަސްކަން ލިބިވަޑައިގެންނެވީ ދިވެހިރާއްޖެ އިސްލާމްވިއިރު އިންނެވި ރަދުން އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދިއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު) ޙައްޖުގެ މަތިވެރި އަޅުމަށް ފުރާވަޑައިގެން ޚަބަރެއް ނުވުމުން ނުވަތަ އަވަހާރަވުމުންނެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތާރީޚު އިސްލާމި ދީބާ މަޙަލްގައި ވާގޮތުން "އެ ރަސްގެފާނަށް ވެރިކަމުގެ ބައިޢަތު ހިފުނީ ޢަދުލުވެރި މުޙައްމަދު ރަސްގެފާނު ދަތުރަށް - [ދަރުމަވަންތަ ރަސްގެފާނު](https://addana.mv/6265) - ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖެ އިސްލާމްވީއިރު ދިވެހި ތަޚުތުގައި އިންނެވި ރަދުންނެވެ. އެރަދުން އިސްލާމްވެވަޑައިގެންނެވުމުގެ ކުރީގެ ނަންފުޅަކީ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު އިޚްތިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އެވެ. މި ރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ތިރިބުވަނަ އާދިއްތަ މަހާރަދުންނެވެ. މި ރަދުންގެ ބައްޕާފުޅުގެ ނަންފުޅެއް އެނގޭކަށް ނެތެވެ. މަންމާފުޅަކީ ހެނެވި މާވާކިލެގެއެވެ. މި ރަދުން ރަސްކަން ކުރެއްވިކަމަށް ބެލެވެނީ ހިޖުރައިން 536 އިން 571 އަށެވެ. އެއީ މީލާދީން 1142 އިން - [ކޯޓިޒޯލަކީ ކޮބާ؟](https://addana.mv/6253) - ކޯޓިޒޯލަކީ އާންމުކޮށް "ސްޓްރެސް ހޯރމޯން"ގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެއް ނަމަވެސް، މީގެ ދައުރު އެއަށްވުރެ މާ ފުޅަލެވެ. ކިޑްނީގެ މަތީގައި ހުންނަ އެޑްރީނަލް ގްލޭންޑްތަކުން އުފައްދާ މި ހޯރމޯނަކީ ހަށިގަނޑުގެ ހަކަތަ، މެޓަބޮލިޒަމް، ލޭގެ ޕްރެޝަރު، ދިފާޢީ ނިޒާމު އަދި ހާސްކަމުގެ ވަގުތުތަކުގައި ހަށިގަނޑުން ރިއެކްޓްކުރާ ގޮތް ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދިރިހުރުމަށް ޓަކައި ކޯޓިޒޯލަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވީ ނަމަވެސް، ދާއިމީގޮތެއްގައި މި ހޯރމޯން މަތިވެފައި ހުރުމަކީ ޖިސްމާނީ އަދި ނަފްސާނީ - [ދަމަހާރު ރަނިކަމަނާގެ ވާހަކަ](https://addana.mv/6245) - ދިވެހިރާއްޖެ ހިމެނޭ މި ސަރަހައްދުގެ ވަރަށް ގިނަ ޤައުމުތަކެއްގައި އެ ޤައުމުތަކުގެ ޤަދީމީ ވެރިކަންތައް ނިސްބަތްކުރާ މުސްކުޅި ދެ ދަރިކޮޅަކީ ހަނދުވަންހަ ދަރިކޮޅާއި އިރުވަންހަ ދަރިކޮޅެވެ. މި ދެ ދަރިކޮޅު އެތައް ގޮފިތަކަކަށް ބެހިފައިވާއިރު ދިވެހިރާއްޖޭގައި ތާރީޚުން ފެންނަން އޮތް އެންމެ ދުވަސްވީ ދަރިކޮޅުކަމުގައިވާ ތީމުގޭ ދަރިކޮޅަކީ ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅުން އުފެދިފައިވާ ދަރިކޮޅެކެވެ. ތީމުގޭ ދަރިކޮޅު ސިރީ މަހާބަރަނަ މަހާރަދުން (1121-1142) އާ ހަމައިން ފަށާނަމަ ދަމަހާރު ރަނިކަމަނާ ވާނީ އޭގެ ކުރީގެ ދުވަސްވަރެއްގައި ރަނިކަންކުރައްވާފައިވާ - [އިސްދޫ ދަރިކޮޅު](https://addana.mv/6240) - އިސްދޫ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ފަސްވަނައަށް ރަސްކަންކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވީ އުތީމު ދަރިކޮޅެވެ. އިސްދޫ ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަ ރަންމުތް މަހާރަދުންނެވެ. މިއީ ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން އަލްވަޒީރު ޢަލީ ޝާހްބަންދަރެވެ. މިރަދުންނަކީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނުގެ ބޮޑު ޅިޔަނެވެ. ދެއްވަދޫ ރަސްގެފާނާއި އެ ރަދުންގެ ޢާއިލާ ކަމުގައިވާ އައްޑޫމީދު އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑު ފަނިޔާރުތަކުރުފާނުގެ ޢާއިލާއާއި ހައްދުންމަތީ އިސްދޫ ޢާއިލާއާއި، ކޮޅުމަޑުލު ދިޔަމިގިލި - [އުތީމު ދަރިކޮޅު](https://addana.mv/6235) - އުތީމު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ހަތަރުވަނައަށް ރަސްކަންކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވީ ހިލާލީ ދަރިކޮޅެވެ. އުތީމު ދަރިކޮޅުގެ ބާނީއަކީ ދިވެހި ޤައުމީ ބަޠަލު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. މިއީ މަޝްހޫރު ބޮޑު ތަކުރުފާނެވެ. އުތީމު މަހާރަދުންނެވެ. އުތީމު ދަރިކޮޅަކީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ޚިދުމަތްތެރި އަދި އެންމެ ޝަރަފުވެރި އެއް ދަރިކޮޅެވެ. މި ދަރިކޮޅަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަޅުވެތިކަމުން (ޕޯޗުގީޒުންގެ އަތްދަށުން) ދިވެހިރާއްޖެ މިނިވަންކޮށްދެއްވި - [ހަނދާނާއި ތާރީޚުގެ ތެރެއިން: އިންޖިނިއަރިންގެ ޚިދުމަތް](https://addana.mv/6231) - ސިފައިންގެ ތެރޭގައި ބޭނުންކުރަމުންދިޔަ ބައިސްކަލާއި، ސައިކަލާއި، ވެހިކަލްތައް ފޮޅާސާފުކޮށް ފިއުލް އަޅައިދީ މަރާމާތު ކުރުމުގެ މަސައްކަތްތަކަށް، ކަނޑައެޅިފައިވާ ޚާއްޞަ ވަކި ބަޔަކު ތިބެގެން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރެވެންފެށީ 1978 ނޮވެންބަރު 14 ވަނަ ދުވަހު "ޓްރާންސްޕޯޓް ސެކްޝަން" އުފެއްދުމުންނެވެ. މި ސެކްޝަން އުފެދުނުއިރު ސެކްޝަނުގައި ތިބީ އޮފިސަރ އިންޗާރޖާއެކު ޖުމްލަ ހަތަރު މުވައްޒަފުންނެވެ. އޮފިސަރ އިންޗާޖަކަށް ހަމަޖެއްސީ ލެފްޓިނަންޓް ޝައުކަތު އިބްރާހީމެވެ. އޭނާގެ ދަށުން މަސއްކަތް ކުރަން ތިބީ ޕްރައިވެޓް ޢާދިލް ޔޫސުފް(ސައިކުރާ ޢާދިލް)، ޕްރައިވެޓް - [ޤައުމީ ބޮޑެތި މަސައްކަތްތަކުގައި ސިފައިން، ކީއްވެ؟](https://addana.mv/6225) - ޤާނޫނު ނަމްބަރ 2008/1 "ސިފައިންގެ ޤާނޫނު"ގެ 5ވަނަ މާއްދާ "ސިފައިންގެ ދައުރު"ގެ (ށ)ގައި ބަޔާންކުރަނީ "ސިފައިންނަކީ އަސްކަރީ ބައެކެވެ". ހަމަ މި ޤާނޫނުގެ 8ވަނަ މާއްދާ "ސފައިންގެ ވާޖިބުތައް"ގެ (ބ)ގައި "ހަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއް ވެސް ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިޚްލާޞްތެރިކަމާ އެކު އަދާކުރުން"، ސިފައިންގެ ވާޖިބެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެހެންކަމުން ސިފައިންނަކީ އަސްކަރީ ބައެއްކަމަށް ވީނަމަވެސް ސިފައިންނަށް ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް ވެސް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ސިފައިންގެ ލަސްކަރު ފަހަތަކަށް ނުޖެހޭނެއެވެ. ދުނިޔޭގެ - [ހިލާލީ ދަރިކޮޅު](https://addana.mv/6213) - ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ތިންވަނައަށް ރަސްކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަންކުރީ ޢުމަރުވީރު ދަރިކޮޅެވެ. ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އެންމެ ގިނަ ދުވަހު ދެމިއޮތް ދަރިކޮޅެވެ. ހިލާލީ ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޙަސަން ހިލާލީ (އެއްވަނަ) ސިރީ ވީރަ ބަވަނަ މަހާރަދުންނެވެ. މި ދަރިކޮޅުގެ ނަން ނިސްބަތްވަނީ ޔަމަން ކަރައިން ދިވެހިރާއްޖެ އައިސް ހުޅުލޭގައި އުޅުނު "ހިލާލީ" އާއިލާއަށެވެ. މި ދަރިކޮޅުގެ ދައުރުގައި 29 ރަސްކަލަކު ރަސްކަން ކުރެއްވިއެވެ. މީގެ ތެރެއިން ހަތް - [ރާއްޖެ އިސްލާމްވުމުގެ ފަސް](https://addana.mv/6205) - މަހާބަރަނަ މަހާރަދުންގެ ފަހުން، 1142މ. ވަނަ އަހަރު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ ޝްރީ ތުރިބުވަނަ އާދީއްތަ މަހާރަދުންނެވެ. މިއީ މަހާބަރަނަ މަހާރަދުންގެ އުޚުތުގެ ދަރިކަލުންނެވެ. ރާއްޖެ އިސްލާމްދީން ގަބޫލުކުރީ މި ރަދުންގެ ރަސްކަމުގައި 1153މ. ވަނަ އަހަރުއެވެ. އިސްލާމްވެވަޑައިގަތުމަށް ފަހުން މި ރަދުންގެ ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބުނު ޢަބްދުﷲ އެވެ. ދިވެހީން މި ރަދުންނަށް «ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުން ނިސްބަތްކުރިއެވެ. މި ރަދުންގެ ރަސްކަމުގެ ގިނަ އަހަރުތަކެއް ހޭދަކުރެއްވީ ރާއްޖޭގެ ރަށްރަށަށް އިސްލާމްދީނުގެ ނޫރު - [ކަނޑުމަތީގެ ބިރުވެރިކަމުގެ ތެރެއިން އަންހެން މުދައްރިބުން ދެއްކި އާދަޔާޚިލާފު ހިތްވަރު](https://addana.mv/6188) - 2026 މޭ 18 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެވެ. އުޑުމަތި ބަނަވެ، ކަނޑުގަދަވަމުން ދިޔަ ވަގުތުގައި، ކާށިދޫ ކަނޑުގެ ގަދަ ރާޅުތަކުގެ ތެރެއިން ދަތުރުކުރަމުންދިޔަ ލޯންޗުގެ މިސްރާބު ހުރީ މާލެއަށެވެ. މި ލޯންޗުގައި ތިބީ، ނޭޝަނަލް ސަރވިސް "އިނީޝަލް ޓްރެއިނިން ކޯސް 2" ނިންމާލުމަށްފަހު، މާފިލާފުށިން އެނބުރި މާލެ އަންނަ 61 އަންހެން ކުދިންނާއި، 3 ފިރިހެން ކުދިންގެ އިތުރުން ސިފައިންގެ އަންހެން މުދައްރިބުންނެވެ. ތަމްރީނުގެ ބުރަކަމާއި ދަތުރުގެ ވަރުބަލިކަމާ އެކު ގިނަ ކުދިންނަށް ތިބީ - [ޢުމަރުވީރު ދަރިކޮޅު](https://addana.mv/6183) - ޢުމަރުވީރު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ދެވަނައަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ ތީމުގޭ ދަރިކޮޅުންނެވެ. ޢުމަރުވީރު ދަރިކޮޅަކީ ބަންގާޅުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީގެ ދަރިކަލުން އައްސުލްޠާން ޢުމަރުވީރު ރަދުންނާ ހަމައިން ފެށިފައިވާ ރަސް ދަރިކޮޅެކެވެ. މި ރަދުންނަކީ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީ، ތީމުގެ ދަރިކޮޅުން ރަސްކަން ކުރެއްވި އައްސުލްޠާން ޔޫސުފް ކަލަމިންޖާ (އެއްވަނަ) ގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެންވި ބޭފުޅެކެވެ. އެހެންކަމުން މިއީ ދިވެހިރާއްޖޭގައި ރަސްކަން - [ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މަތިވެރި އަސްކަރީ ޚިދުމަތް](https://addana.mv/6178) - ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ (ސނ: 6029)، ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 2005 ޑިސެންބަރު 19 ވަނަ ދުވަހުއެވެ. ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ ތަފާތު ޑިޕާޓްމަންޓްތަކުގައި ޚިދުމަތް ކުރައްވާފައިވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު 20 އަހަރާއި 4 މަހާއި 27 ދުވަހު ދިވެހި ޤައުމަށް އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކޮށްދެއްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި ހުނަވެރި ރެސްކިޔު - [ތީމުގޭ ދަރިކޮޅު](https://addana.mv/6172) - ތީމުގޭ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަސްކަން ކުރެއްވިކަމަށް ބަލާ މައިގަނޑު ހަތް ދަރިކޮޅުކަމަށްވާ ތީމުގޭ ދަރިކޮޅު، ޢުމަރުވީރު ދަރިކޮޅު، ދިޔަމިގިލި ދަރިކޮޅު، ހިލާލީ ދަރުކޮޅު، އުތީމު ދަރިކޮޅު، އިސްދޫ ދަރިކޮޅު އަދި ހުރާ ދަރިކޮޅުގެ ތެރެއިން ދިވެހިރާއްޖޭގައި ރަސްކަންކުރި ފުރަތަމަ ރަސް ދަރިކޮޅެވެ. ނަމަވެސް މި ދަރިކޮޅުގެ ކުރިން ސޫރިޔަވަންސަ ނުވަތަ އިރުވަންހަ ދަރިކޮޅާއި، ސޯމަވަންސަ ނުވަތަ ހަނދުވަންހަ ދަރިކޮޅުގެ ރަސްކަން ރާއްޖޭގައި އޮތެވެ. ތީމުގޭ ދަރިކޮޅަކީ ހަނދުވަންހަ ދަރިކޮޅުން އުފެދިފައިވާ ދަރިކޮޅެކެވެ. މި އާއިލާއަށް މާލޭ - [މިސައިލް މޭން އޮފް އިންޑިއާ: ޑރ. ޢަބްދުލް ކަލާމް](https://addana.mv/6008) - ޑރ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމަކީ އިންޑިއާގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ. ވަރަށް އާދައިގެ މުސްލިމު ޢާއިލާއަކަށް އުފަންވެވަޑައިގެންނެވި ޢަބްދުލް ކަލާމަކީ ކުޑައިރު ނޫސްވިއްކަން އުޅުނު ކުއްޖެކެވެ. ފަހުން އެއީ ވަރަށް މޮޅު ސައިންސްވެރިއެކެވެ. އިންޑިއާގެ 11 ވަނަ ރައީސެވެ. އިންޑިއާގެ ދިފާޢީ އަދި ފަޒާގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުން އެމަނިކުފާނު މަޝްހޫރުވެފައިވަނީ "މިސައިލް މޭން އޮފް އިންޑިއާ" ގެ ނަމުންނެވެ. ޑރ. ޢަބްދުލް ކަލާމް އުފަންވެވަޑައިގަތީ 15 އޮކްޓޯބަރު - [އަސްކަރީ ތާރީޚަށް ނަޒަރެއް](https://addana.mv/6163) - އެއްބަހަކުން ވާހަކަދައްކާ، އެއްވިސްނުމަކުން ދުނިޔެދެކޭ، އެއްސަގާފަތަކާއި އެއްތާރީޚެއް ހިއްސާކުރާ އިންސާނީ ޖަމާޢަތެއްގެ ގޮތުގައި ދިވެހި ޤައުމު އުފެދި، ދިވެހިރާއްޖެއަކީ ދިވެހީން ދިރިއުޅޭ ސަރަޙައްދުކަމަށް ކަނޑައެޅި ޒަމާނެއް ތާރީޚެއް އެނގޭވަރަށް ވުރެ ދިވެހި ޤައުމަކީ ދޮށީ ޤައުމެކެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުން އެކި ދުވަސްވަރު އައިސް ވަޒަންވެރިވި މީހުން މިއީ އެއްބައެއްކަމަށް ޤަބޫލުކޮށް، ދިވެހީންނާއި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ދިފާޢުކުރުމަށް ބަޔަކު އުފެދުނު ހިސާބަކީ ޙަޤީޤަތުގައި ދިވެހި ސިފައިން އުފެދުނު ހިސާބެވެ. އޭގެފަހުން ތަފާތު ނަންނަމުގައި ދިވެހީންގެ - [ދިވެހީންނާއި ޗޯޅާއިންނާ ކުރި ހަނގުރާމަތައް](https://addana.mv/6159) - ޗޯޅާއިންގެ ރަސްކަމަކީ ދެކުނު އިންޑިއާގައި އުފެދުނު ކަނޑުގެ ބާރުގަދަ ތަމަޅަ އަންބަރާތޫރެކެވެ. މިއީ ދުނިޔޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އެއް ރަސްކަމެވެ. ތަމަޅަ ސަރަޙައްދު (ތަމަޅަގަމް) ގެ ބާރުގަދަ ތިން ރަސްކަމުގެ ތެރޭގައި ހިމެނޭ ޗޯޅާ، ޗޭރާ އަދި ޕާންޑިއާ މި ތިން ދަރިކޮޅުން 13 ވަނަ ގަރުނާ ހަމައަށް ވެރިކަން ކުރިއެވެ. ޗޯޅާއިންގެ ބާރާއި ނުފޫޒު އެންމެ ގަދަކޮށް އޮތީ މީލާދުން 9-13 ގަރުނާ ދެމެދުގައެވެ. ޗޯޅާއިންގެ ބާރުގަދަކަމުގެ ބިންގަލަކީ ރަސްގެފާނު ރާޖަރާޖާ1 - [ހިމޭން ޤުރުބާނީ](https://addana.mv/6153) - ޤައުމަށް ޓަކައި އޮންނަ ލޯތްބަކީ ހިތުގެ ފުންމިނުން ބިންވަޅު ނެގިފައިވާ ލޯތްބަކަށް ވާންޖެހޭނެއެވެ. ކޮންމެ ސިފައިންގެ މީހަކު ވެސް އެ މީހެއްގެ އެންމެ އިސް ވާޖިބުގެ ގޮތުގައި ދިވެހި ޤައުމު އިޚްތިޔާރުކުރި ދުވަހުން ފެށިގެން، އަޒުމަކަށް ވެފައި އޮންނަންޖެހޭނީ އިޚްލާސްތެރިކަމާ އެކު އެންމެ ފުރިހަމަގޮތުގައި މި ޤައުމަށް ޚިދުމަތްކޮށްދިނުމެވެ. އަޅުގަނޑުމެން ސިފައިންނަށް ވަނީ ނިމުމެއްނެތް ރޭތަކާއި ދުވާލުތަކެވެ. ދީނާއި ޤައުމާއި ރައްޔިތުންނާއި މުދާ ސަލާމަތްކުރުމަށް އޮތް ބޮޑު ޒިންމާތަކެވެ. އަޅުގަނޑުމެންގެ ހިތްތައް ހިމޭންކަމާ އެކު ފޯރިމަރަމުންދަނީ ޤައުމީ - [އަސްކަރީ އަޚްލާޤަކީ ސިފައިންގެ އެންމެ މަތިވެރި ޝަރަފު](https://addana.mv/6139) - ޒަމާނުންސުރެ ސިފައިންނަކީ ވަކި ކަހަލަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެކެވެ. ތަނާއި، ހާލަތާއި، ވަގުތާ ގުޅޭގޮތުން ސިފައިންނަކީ އަބަދުވެސް އެ ކުރާ މަސައްކަތަކަށް ފުރިހަމައަށް ތައްޔާރުވެ، ލިބިފައިވާ އާލާތްތައް ބޭނުންކޮށްގެން މަސައްކަތުގެ އަޚުލާޤާއި ސުލޫކު އެންމެ މަތީ ދަރަޖައިގައި ބަހައްޓައިގެން މަޤުސަދު ހާސިލުކުރުމަށް މަސައްކަތްކުރާ ބައެއްކަން އަބަދުވެސް އޮންނަނީ ފާހަގަވެފައެވެ. އެ މަސައްކަތަކީ ޖައްވާއި ކަނޑާއި އެއްގަމުގައި ކުރާ މަސައްކަތަކަށް ވިއަސް މިކަން އޮންނަނީ ހަމަ މިހެންނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި އުފެދިފައި އޮތް ޤައުމެއް ކަމުގައި - [އަސްކަރީ އަޚުލާޤު](https://addana.mv/6135) - އަސްކަރީ އަޚުލާޤަކީ އަސްކަރީ އުސޫލުތަކާއި، ގަވާއިދުތަކާއި، އަދި އިސްވެރިން (ކޮމާންޑަރުންނާއި ލީޑަރުން)ގެ އަމުރުތަކަށް އެއްވެސް ފަސްޖެހުމެއްނެތި، ފުރިހަމައަށް ކިޔަމަންވުމެވެ. މިއީ ހަމައެކަނި ބޭރުފުށުން ދައްކާ ކިޔަމަންތެރިކަމެއް ނޫނެވެ. މިއީ ކޮންމެ ސިފައިންގެ މީހެއްގެ ނަފުސުގައި އުފެދިފައިވާ، އަމިއްލަ އިޚުތިޔާރުގައި ކަންކަން ތަރުތީބުކޮށް، މަސްއޫލިއްޔަތު އަދާކުރުމުގެ މަތިވެރި ސިފައެވެ. މިއީ މީހަކު ބަލަން ހުއްޓަސް ނެތަސް، އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް، އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރުމެވެ. އަސްކަރީ އަޚުލާޤުގެ މައިގަނޑު މަޤްޞަދަކީ، ނުރައްކާތެރި އަދި ބިރުވެރި ހާލަތްތަކުގައި - [ދިވެހި ވަޠަނީ ޚިދުމަތް](https://addana.mv/6130) - ޤައުމެއް ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި ކުރިއަރައިދާނީ އެ ޤައުމު ދެކެ ލޯބިވާ، އެ ޤައުމަށް ޓަކައި ފަޚުރުވެރިވާ މުޖުތަމައެއް ބިނާކުރެވިގެންނެވެ. ދިވެހި ޤައުމިއްޔަތުގެ ބަހާތައް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހި އާދަކާދައާއި ސަގާފަތާއި ތަރިކައަށް ލޯބިކުރާ، މުޖުތަމައެއް ލިބިފައިވުމަކީ އެ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ހެވަކާއި ނަސީބެކެވެ. ހަމަ އެހެންމެ އެ ޤައުމުގެ ކަންކަން ކުރިއަރުވަން މަސައްކަތްކުރާނެ ހުނަރުވެރިންތަކެއް ލިބިފައިވާ ނަމަ އެއީ އެ ޤައުމަކަށް އޮންނާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޤައުމުގެ ރައްޔިތުންނަކީ، - [ޤައުމު ދެކެ ލޯބިވާ ނަމަ، މާޒީއަށް ޝުކުރުވެރިވެ، މުސްތަގުބަލަށް ޒިންމާ އުފުލާ](https://addana.mv/6126) - އިންސާނީ ޤަބޫލުކުރުމަށް ބަލާއިރު، ގިނަ ފަހަރަށް ޤައުމީ ލޯތްބޭ ބުނެއުޅެނީ ތިމާ އުފަންވި ނުވަތަ ނިސްބަތްވާ ޤައުމާ މެދު ތިމާގެ ހިތުގައި އޮންނަ ލޯތްބާއި އިޙްސާސަށެވެ. އެކަން އޭނާގެ ފުށުން ފާޅުވަނީ އެ މީހަކު ނިސްބަތްވި ޤައުމަށް ކުރިމަތިވާ މުސީބާތްތަކާއި، ހިތާމަވެރި ދަނޑިވަޅުތަކުގައި އެމީހެއްގެ ހިތަށް ވެރިކުރުވާ އަސަރުގެ މައްޗަށެވެ. ލިބޭ ކާމިޔާބާއި ފަޚުރަށް ޓަކައި ހިތުގައި އުފަންވާ ލޯބިވެތި އިހުސާސްތަކުގެ މައްޗަށެވެ. އެފަދަ މީހުން ޤައުމީ ދިދައަށް އިޙްތިރާމްކުރާނެއެވެ. ޤައުމުގެ ފަރުދުން ދެކެ ލޯބިވާނެއެވެ. ޤައުމަށް - [ދީނާއި ޤައުމު ދެކެ ލޯބިވާ ދަރިއެއްގެ ޝުޢޫރު](https://addana.mv/6122) - ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމީ މަތިވެރި ހިދާޔަތުން އަލިވެ، އަމާންކަމާއި އުފާވެރިކަމުގެ ބަހާރު މޫސުމެއްގައި ފަރިވެފައިވާ ގައުމެކެވެ. ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިވަނީ ހަމައެކަނި ބިމެއް ނޫނެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ޢަޤީދާއާއި، އަޚްލާޤީ ގޮތުން ފުރިހަމަވެގެންވާ އިޖުތިމާޢީ ނިޒާމެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައަށް ނަޒަރު ހިންގާލާ އިރު ފެންނަމުންދާ މަންޒަރުތަކަކީ ހިތާމަވެރި މަންޒަރުތަކެކެވެ. އިޖުތިމާޢީ ފޭރާން ވީދި، ވީރާނާވެ، ކާބަފައިންގެ ރިވެތި އާދަކާދަތަކާ މިއަދުގެ ޖީލު މިވަނީ ދުރަށް ޖެހިފައެވެ. މިއީ ދީނާއި ޤައުމު ދެކެ ލޯބިވާ - [ވަޠަނީ ޚިދުމަތް: ޤައުމީ ލޯތްބާއި ޒިންމާދާރުކަމުގެ ރޫޙު](https://addana.mv/6118) - ވަޠަނީ ޚިދުމަތް ނުވަތަ 'ނޭޝަނަލް ސަރވިސް'އަކީ ޤައުމެއްގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން، ވަކި މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރުމަށް ޓަކައި އެކުލަވާލެވިފައި އޮންނަ ނިޒާމެކެވެ. މިއީ ހަމައެކަނި އަސްކަރީ ތަމްރީނުތަކެއް ނޫނެވެ. މިއީ ޤައުމުގެ ސަލާމަތާއި، އިޖުތިމާޢީ ވަރުގަދަކަމާއި، އަދި ކޮންމެ ފަރުދެއްގެ ކިބައިގައި ދީނީ ލޯތްބާއި ޤައުމީ ރޫޙު އިތުރުކުރުމަށް ޓަކައި ބިނާކުރެވޭ މުހިންމު ބިންގަލެކެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޠަނީ ޚިދުމަތް ކުރިއަށްގެންދާ ގޮތްތަކަށް ބަލާ އިރު، ބައެއް ޤައުމުތަކުގައި މިއީ މަޖުބޫރު ކަމެކެވެ. އަނެއްބައި - [ޤައުމީ ބަޠަލުންގެ މަތިވެރި ޤުރުބާނީ، އިބުރަތުން ފުރިގެންވާ ތާރީޚީ ފިލާވަޅެއް](https://addana.mv/6114) - ޤައުމީ ބަޠަލުންނަކީ ހަމައެކަނި ތާރީޚީ ލިޔުންތަކެއްގައި ހިމެނޭ ނަންތަކެއް ނޫނެވެ. އެއީ ކޮންމެ ޤައުމެއްގެ ވެސް ފަޚުރުވެރި މާޒީއާއި އުޖާލާ މުސްތަގްބަލު ގުޅުވައިދޭ މައިގަނޑު ވިންދެވެ. ޤައުމީ ބަޠަލުން ވެވަޑައިގެންފައިވާ މަތިވެރި ގުރުބާނީއަކީ ހަމައެކަނި ލިޔެވިފައިވާ ވާހަކަތަކެއް ނޫނެވެ. އެއީ މުޅި ގައުމިއްޔަތުގެ ވިންދާ ލާމެހިފައިވާ، ދިވެހިވަންތަކަމުގެ އަސްލެވެ. ޤައުމީ ބަޠަލުން ޤައުމަށް ޓަކައި ވެވަޑައިގެންފައިވާ ފުން ގުރުބާނީއަކީ ވަގުތީ ޖޯޝެއްގެ ނަތީޖާއެއް ނޫނެވެ. އެއީ ޖީލުތަކަށް ދެމިގެންދާނޭހެން ބިނާކުރެވިފައިވާ ޤައުމީ ލޯބީގެ ވަރުގަދަ ބިންގަލެވެ. މި - ["ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަ ހެޔޮ ޛިކުރާއަކަށް ނިމުމެއް ނެތޭ"](https://addana.mv/6101) - އަޅުގަނޑުގެ ހަނދާނަށް ބުރަވެ ލިޔާ މިި ލިޔުމުގައި އޮޅުމެއް ވާނަމަ މަޢާފުކުރެއްވުމާ އެކު ރަނގަޅުކޮށް އިޞްލާހުކޮށްދެއްވުމަށް މި ލިޔުން ކިޔުއްވާ ކިޔުންތެރިންގެ އަރިހުން އެދެމެވެ. އަޅުގަނޑު ހަނދާނަށް ގެނެވޭތޯ މި މަސައްކަތްކުރަނީ ދާދި ފަހުން އަވަހާރަވި ޑީސީޕީ (ރިޓަޔާޑް) ޢަބްދުއްޝުކޫރު ޢަބްދުﷲގެ ހަނދާންތަކެވެ. އެމަނިކުފާނު ސިފައިން ތެރެއަށް ގުޅިވަޑައިގަތީ މަޖީދިއްޔާ ސްކޫލުންނެވެ. 1964ވަނަ އަހަރު ޖަނަވަރީ މަހު މަޖީދިއްޔާ ސްކޫލުގެ ސީނިއަރ ކެޑޭޓުންގެ ތެރެއިން ސިފައިންގެ ތެރެއަށް ގެނައި ކުދިން ގެނައިތާ (ހަނދާންވާ ގޮތުގައި) އަހަރެއް، ދޮޅުއަހަރެއްހާ - [ތުޅާދޫ ޝަހީދު ޙުސައިން މުޙައްމަދުގެ ފިދާވުން](https://addana.mv/6089) - 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ތަމަޅަ ޓައިގަރުން، ދިވެހީންގެ މަދު ބަޔަކާ ގުޅިގެން ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ދިން އުދުވާނީ ހަމަލާއަށް މިވަނީ 37 އަހަރު ފުރިފައެވެ. ނަމަވެސް އެ ހަނދާންތައް ހަމަ ދެންމެ ވީ ކަމެއް ފަދައިން ބައެއް މީހުންގެ ހިތުގައި ބިންވަޅު ނެގިފައި އެބަ ހުއްޓެވެ. އެ ޒިކުރާތަކާ އެކު ހިތުން ފިލުވާލަން އުނދަގޫ އެތައް ތަސްވީރެއް ޒަމާނުގެ ލޯތަކަށް މިއަދު ވެސް ފެންނާން އެބަ ހުއްޓެވެ. އެފަދަ އެއް - [ދިވެހިރާއްޖެ ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި: ބޮޑުހަނގުރާމައިގެ ދުވަސްވަރު ޕޯޓް ޓީގެ ބައެއް ހަނދާންތައް](https://addana.mv/6075) - ދެވަނަ ބޮޑުހަނގުރާމައިގައި ދިވެހިރާއްޖޭގެ އައްޑުއަތޮޅު، އިއްތިހާދީންގެ މުހިންމު އަސްކަރީ ދައުރެއް އޮތް ތަނަކަށް ވީ ޖަޕާނު ސިފައިން ސިލޯނަށް ހަމަލާއެއް ދީފި ނަމަ ސިލޯނުގައި މަރުކަޒުކޮށްފައި އޮތް އިނގިރޭސި ދައުލަތުގެ އިރުމަތީ އަރުމާޒަށް ސަލާމަތްތެރިކަން ދެވޭނީ ސިލޯނު ދޫކޮށް އިންޑިއާ ކަނޑުގެ ހުޅަނގުދެކުނަށް އުޅަނދުފަހަރު ގެންދެވިގެންކަން އިނގިރޭސި އެޑްމިރަލުންގެ ވިސްނުމުގެ ރާޑަރަށް އެރި ހިސާބުންނެވެ. 1942ވަނަ އަހަރުގެ ފެބުރުވަރީ މަހު، ސިންގަޕޫރު، ޖަޕާނުގެ ދަށަށް ދިއުމާއި، އެ އަހަރުގެ އެޕްރީލުގައި ސިލޯނަށް ބޮން އެޅި ހިސާބުން، ކެންޔާގެ - [ދިވެހީންގެ ދިވެހިވަންތަ ގޮތްތައް ހިފަހައްޓަމާތޯއެވެ.](https://addana.mv/6068) - ޒަމާންތައް ފަސްދީދަނީއެވެ. އިހަށްދުވަހާއި، އޭގެ ކުރީގެ ދުވަސްތަކުގެ ހަނދާންތައް މިހާރު އަތުޖެހޭކަށް ނެތޭވެސް ހީވެއެވެ. އިއްޔެގެ ހަނދާންތައް ކޮންމެވެސް ވަރަކަށް ބައެއްމީހުންގައި އަދި އެބަހުރިކަންނޭނގެއެވެ. ހަމައެފަދައިން "މިއަދު" އަދި މި އޮތީ އަހަރެމެންގެ އަތްމަތީގައެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކާ އެކު މުޅިން އައު ވާހަކަތަކެއް ކިޔައިދެމުން، އައު މަންޒަރުތަކެއް ކުރަހަމުން، ދުނިޔެ ޤުދުރަތީ ޤާނޫނާ އެއްގޮތަށް ހިނގަމުން ދަނީއެވެ. ޖީލުތަކުގެ ދަރީންނަށް ސުވާލުތަކެއް ކުރިމަތި ކުރުވަމުންނެވެ. އެ ސުވާލުތަކަށް ޖަވާބުދާރީ ވެވޭފަހަރާއި ނުވެވޭފަހަރާ ވެސް ކުރިމަތިލާން - [ތާރީޚު އުނގެނި ދަސްކުރުމުގެ ބޭނުންތެރިކަން](https://addana.mv/6063) - ޤައުމީ ޚިދުމަތަށް ފިސާރި ރަނގަޅަށް ތައްޔާރުވުމަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ތާރީޚު އުނގެނި ދަސްކުރުމެވެ. އެހެނީ ތާރީޚަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑެވެ. އެ ލޯގަނޑުން ބަލައިގެން މުސްތަގުބަލު އުޖާލާކުރުމަށް ހިނގާންވީ ސީދާ މަގު އިޚްތިޔާރު ކުރެވެއެވެ. އެއީ ތާރީޚީ ފިލާވަޅުތަކުން ޢިބްރަތް ލިބިގަނެގެންނެވެ. އެހެންކަމުން، އެކިއެކި ދާއިރާތަކުން އުނގެނޭ ޢިލްމު، ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު ބޭނުންކުރުމަށް މާޒީގެ ހާލަތު ކޮންމެހެން އެނގެންޖެހެއެވެ. ދުނިޔޭގެ ތާރީޚު އެނގިގެން މެނުވީ މުސްތަގުބަލުގެ ރާސްތާ ކޮށާން ދަތިވާނެތީއެވެ. ވަކި ކަމަކާ - [ދިވެހި ތާރީޚީ މަސްދަރުތަކުގެ ތެރެއިން: "ކުޑަހުވަދޫ ލޯމާފާނު"](https://addana.mv/6058) - ލޯމާފާނުތަކަކީ ދިވެހިރާއްޖޭގެ ތާރީޚީ ތަރިކައާއި އާޘާރުތަކުގެ ތެރޭގައި ޚާއްޞަ މަގާމެއް ދެވިފައިވާ، ތާރީޚު ދިރާސާކުރުމަށް ބޭނުންކުރެވޭ އަސާސީ މަސްދަރުތަކެކެވެ. މިފަދަ ލޯމާފާނުތައް ދިވެހިރާއްޖޭގެ އިތުރުން، އަވައްޓެރި ސްރީލަންކާ އަދި އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ވެސް ބޭނުންކުރެވުނެވެ. މިއީ ރަސްރަސްކަލުންގެ އެންގެވުންތަކާއި، އަމުރުފުޅުތައް، އަދި ވަކިން ޚާއްޞަކޮށް، ބިމާއި މުދަލާ ބެހޭ ނިންމެވުންތައް 'ލިޔެ' ޢާންމުކުރުމަށް ބޭނުންކުރެވުނު، ލޯ ނުވަތަ އެ ފަދަ މަޢުދަންތަކުން ހެދިފައިވާ 'ފަތް'ތަކެވެ. މި މަޒުމޫނުގައި އަލިއަޅުވާލަން ޤަސްދުކޮށްފައިވާ 'ކުޑަހުވަދޫ ލޯމާފާނަކީ' ދިވެހިރާއްޖެ އިސްލާމް - [ސައިރަސް ސިލިންޑަރ](https://addana.mv/6054) - ދުނިޔޭގެ ތަހުޒީބީ ޙަޟާރާތްތަކުގެ ތާރީޚީ ސަފުހާތައް ފުރޮޅަމުންދާ އިރު، ފެންނަން ހުރި ބައެއް އާސާރީ ހޯދުންތަކަކީ މިއަދުގެ އިންސާނީ މުޖުތަމަޢު ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ހޯދުންތަކެކެވެ. މިގޮތުން، މީލާދީ ސަނަތުން 539ވަނަ އަހަރު، ފާރިސްކަރައިގައި ރައްކާކޮށްފައި އޮތް "ސައިރަސް ސިލިންޑަރ"އަކީ އިންސާނީ ޙައްޤުތައް ރަމްޒުކޮށްދޭ ވަރަށް މުހިންމު އާސާރެކެވެ. ސައިރަސް ސިލިންޑަރަކީ ފިހެފައިވާ މަށީން ތައްޔާރުކޮށްފައިވާ، ގާތްގަނޑަކަށް ނުވަ އިންޗި ހުންނަ، ފީފާއެއްގެ ބައްޓަމަށް އޮންނަ އާސާރީ ތަރިކައެކެވެ. މިއީ ފާރިސްކަރައިގެ އާކިމިނިޑް އެމްޕަޔަރގެ - [ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުން ލާޒިމެވެ.](https://addana.mv/6050) - ދިވެހިބަހަށް އިސްކަން ދިނުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ދިވެހިބަހަށް ޓަކައި ފަޚުރުވެރި ނުވެވޭ ނަމަ، ދިވެއްސަކަށް ވީތީ ފަޚުރުވެރިއެއް ނުވެވޭނެއެވެ. އެއްވެސް ކަމަކަށް ފަޚުރުވެރި ކުރުވުމަކީ، ނުވަތަ ލޯބި ޖެއްސުމަކީ، ހަގީގަތުގައި ގާނޫނަކުން ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް ބީވެ ނެތިގެންދާ ކަންކަން އިއާދަކުރުމަށް ޓަކައި އެ ނޫން ގޮތެއް ފެންނަމުން ނުދާ ހާލަތުގައި މަޖުބޫރުކޮށްގެން ވެސް އެ ކަމެއް ދަމަހައްޓައި ރައްކާތެރިކުރެވޭތޯ ބެލުމަކީ ކިފާޔަތުގެ ފަރުޟަކަށް ނުވެއެއް ނުދާނެއެވެ. އެ ގޮތުން އަޅުގަނޑުމެން - [ބަދުރު ހަނގުރާމައިން ފާޅުވި އަސްކަރީ ހުނަރުތައް](https://addana.mv/6046) - މުސްލިމުންނާ މުޝްރިކުންނާ ދެމެދު އެންމެ ފުރަތަމަ ފަހަރަށް ހިނގާދިޔަ ކުރިމަތިލުމަކީ ބަދުރު ހަނގުރާމައެވެ. އެހެންވެ ﷲ ތަޢާލާ މި ހަނގުރާމައަށް ނަންދެއްވަނީ ޙައްޤާއި ބާޠިލު ވަކިކުރުމުގެ ހަނގުރާމައިގެ ނަމުންނެވެ. ﷲ ތަޢާލާ މުސްލިމުންގެ މައްޗަށް ޖިހާދު ފަރުޟުކުރެއްވީ އެކަމުގެ ޤާބިލުކަމާއި ކުޅަދާނަކަން މުސްލިމުންނަށް ލިބުމަށް ފަހުއެވެ. އެގޮތުން ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި ﷲ ތަޢާލާ ޙައްޤު މަގު ބަޔާންކުރައްވައި ޙިކުމަތާއި އޯގާތެރިކަމާ އެކު އެ މަގަށް ގޮވާލެއްވުމަށް އެންގެވުން ހިމެނެއެވެ. ދެވަނަ ކަމަކީ ﷲގެ މަގަށް ދަޢުވަތު - [ހަށި ރީތިކުރުމާއި ރޫޙު ޠާހިރުކުރުން](https://addana.mv/6040) - ގްރީކުންގެ ޘަޤާފަތުގެ ތެރެއިން ފެށިގެންއައި ހަށި ރީތިކުރުމުގެ އާދަތަކަށް މިއަދު މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހަށިގަނޑުގެ ބައްޓަށް ވަކި ހަމައެއްގައި ހިފެއްޓުމުގެ ގޮތުން އެކި ނަންނަމުގައި ކުރެވޭ ކަސްރަތުތަކުން ފެށިގެން އެންމެ ރީތި އަންހެނާ ހޮވުމަށް ދުނިޔޭގެ ފެންވަރުގައި އަހަރަކު އެއްފަހަރު ބޭއްވޭ މުބާރާތްތަކަށް މިވަނީ ބަދަލުވެފައެވެ. އެކަކަށް ވުރެ އަނެކަކު ރީތިވުމަށް ކުރެވޭ މަސައްކަތްތައް މިދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. އިންސާނާގެ ހަށިގަނޑުގެ ރީތިކަން ހިފެހެއްޓޭތޯ ހިނގާ ޚަރަދުތައް މިދަނީ އިތުރުވަމުންނެވެ. ރީތިވުމަށް ބޭނުންކުރެވޭ - [ސްމާޓް ފޯނާއި ހުސްވަގުތު](https://addana.mv/6036) - ދުވާލެއްގެ ވަގުތު ހޭދަކުރެވުނު ގޮތާ މެދު ވިސްނައި ފިކުރުކޮށްލަން ކިހާ ވަގުތެއް ހޭދަކޮށްލެވުނު ހެއްޔެވެ؟ ވަގުތަކީ ވަރަށް ދުވެލި އަވަސް ސަވާރީއެކެވެ. ފާއިތުވެދާ ތަނެއް އަތުލެވޭނެ ވެސް އެއްޗެއް ނޫނެވެ. އެހެނަސް އަޅުގަނޑުމެން މިކަމާ ފިކުރުކުރުން މަދުކުރުމަށް އެތަކެއް ކަމެއް އުފަންވެއްޖެއެވެ. މީގެ ތެރެއިން އެކައްޗަކީ މި ޒަމާނުގެ އެންމެ ބޮޑު އެދުރުކަމުގައިވާ ސްމާޓް ފޯނެވެ. އަޅުގަނޑުމެން ފޯނަށް ގެއްލި ވަގުތު އަރައިގެން ދަނީ ފެން ހޫނުކުރުމުން އާތްވަށް އަރައިގެން ދާހާ ވެސް ހަލުވި މިނެއްގައެވެ. މިކަމުގެ - [ހައްލަކީ ކަސްރަތު](https://addana.mv/6031) - އުމުރު ދިގުކޮށްދީ، ހިތުގެ ޞިއްޙަތު ރަނގަޅުކޮށް، ހަކުރުބައްޔާއި ސްޓްރޯކާއި ނަފުސާނީ ބަލިތަކުގެ ފުރުޞަތު އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތައް ވެސް ހުއްޓުވޭނެވަރުގެ ހައިރާންކުރުވަނިވި ބޭހެއްް ހޯދިއްޖެ ނަމަ، ދުނިޔޭގެ ހުރިހާ ޑަކުޓަރުން އެ ބޭހެއް އެއްވެސް ޖެހިލުންވުމަކާ ނުލައި ލިޔުއްވާނެ ނޫންތޯއެވެ؟ އެފަދަ ފުރިހަމަ ބޭހެއް އަަދި ހޯދިފައި ނެތް ކަމުގައި ވީ ނަމަވެސް، ގަވާއިދުން ކަސްރަތުކުރާ ނަމަ، މި ހުރިހައި ކަމެއް ހާސިލުކުރެވޭނެއެވެ. އުމުރު ދިގުކޮށްދީ، ހަށިގަނޑުގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، - [އެކްސިޑެންޓްތަކުން ސަލާމަތްވާން ފަރުދީ ޒިންމާގެ މުހިންމުކަން](https://addana.mv/6027) - މަގުމަތީގެ އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ޓަކައި، ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ މުޅި މުޖުތަމަޢުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމެވެ. ގަވާއިދުތަކެއް ހުރި ނަމަވެސް، އެ ގަވާއިދުތަކަށް ބޯލަނބައި ރައްކާތެރިވުމަކީ ހަމަ ކޮންމެ ފަރުދެއްގެ އަތްމަތީގައި އޮތް ކަމެކެވެ. އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ މުހިންމުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފުރަތަމަ ކަމަކަށް އަމިއްލަ ނަފުސާއި އަނެކުންގެ ސަލާމަތަށް ވިސްނަންޖެހެއެވެ. މަގުމަތީގައި އުޅޭއިރު ތިމާ ކުރާ ކުޑަކުޑަ އިހުމާލަކުން، ތިމާގެ ފުރާނައިގެ - [ކަމެއް ހާސިލުކުރުމަށް އަމިއްލަ ނަފުސުގައި ދަމަހައްޓަންވީ ސިފަތައް](https://addana.mv/6020) - ކޮންމެ ކަމަކީ ވެސް އެކަމެއް ހާސިލުކުރުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ ކަމެކޭ މީހުން ބުނާތީ އަޑުއިވެއެވެ. ރަނގަޅެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ކަން ހާސިލުނުވުން ވެސް އެއީ ވެދާނެ ކަމެކެވެ. އެހާހިސާބުން ވިސްނަންވީ، އެކަމަށް ވުރެ އެހެންކަމެއް އަދި އެއަށް ވުރެ ރަނގަޅުގޮތެއް އަޅުގަނޑުމެންނަށް އޮތީކަމުގައެވެ. މިއީ އަޅުގަނޑު ކަންކަމުގައި ވިސްނާގޮތެވެ. މިހެން ވިސްނުމުން ވަރަށް ގިނަ ކަންކަމުން މީހާ ސަލާމަތްވެއެވެ. ހަމަ މިއާއެކު މިއީ ކަމެއް ހާސިލުކުރުމަށް މަސައްކަތް ނުކުރަންވީ - [ހިތް ކަލާއަށް އެދޭތީ…](https://addana.mv/6016) - ނޯޓް: މި ވާހަކައަކީ މުޖުތަމަޢުގައި ހިނގާފައިވާ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މީޑިޔާނެޓުން ގެނެސްދީފައިވާ ޑްރާމާ ސިލްސިލާއަކަށް އަޅުގަނޑު ލިޔެ ތައްޔާރުކޮށްފައިވާ 'ހިޔާލީ' ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އަދި މި ވާހަކައިގެ މައިގަނޑު އައްޑަނަ މަޖައްލާގައި ޝާއިއު މި ކުރަނީ އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރާ ބައެއް ކިޔުންތެރިންގެ އެދުމުގެ މަތީންނެވެ. ފަޒުނާއަކީ މަޑުމައިތިރި، ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އޭނާގެ ރީތިކަމާއި އަޚުލާޤުގެ ސަބަބުން އެތައް ޒުވާނުންނެއްގެ ހިތް އޭނާއަށް ލެނބުނު - [ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރުން](https://addana.mv/5998) - ވިސްނުމަކީ އިންސާނާގެ ޢަމަލުތަކާއި، އުޅުމާއި، އަދި ދިރިއުޅުމުގެ މިސްރާބު ކަނޑައަޅައިދޭ އެންމެ މުހިންމު ބަހާއެވެ. ހެޔޮގޮތުގައި ވިސްނުން ބައްޓަންކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރުމަށް ކުރެވޭ ވަރަށް ކުޑަކުޑަ ކަމަކުން ވެސް ވަރަށް އެދެވޭ ރަނގަޅު ނަތީޖާއެއް ނެރެވިދާނެއެވެ. މިގޮތުން ވިސްނުން ހެޔޮގޮތުގައި ބައްޓަންކުރެވޭ ކަންތައްތަކުގެ ތެރޭގައި އިސްލާމީ އަޤީދާ ވަރުގަދަކުރުމާއި، ޝުކުރުވެރި ވިސްނުމެއްގެންގުޅުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލަ ނަފްސު ވަޒަންކުރުމާއި، ކެތްތެރިކަން އިސްކުރުމާއި، ނުބައި ހީތަކުން ދުރުވުން - [ބިރުކުޑަ ޢަލީ..!](https://addana.mv/5960) - "ބިރުކުޑަ ޢަލީ" (ބިރުކުޑަ އަލިފުޅު) އަކީ ދިވެހި ފޯކްލޯރު ނުވަތަ ކިޔައިއުޅޭ ގަދީމީ ވާހަކަތަކުގެ ތެރެއިން ވަރަށް މަޝްހޫރު ޝަޚުޞިއްޔަތެކެވެ. މި ވާހަކައަކީ އާންމުކޮށް ކުޑަކުދިންނަށް ކިޔައިދޭ، ހިތްވަރުގަދަކަމާއި ބިރުކުޑަކަން ދައްކުވައިދޭ މަޖާ އަދި އިބުރަތްތެރި ވާހަކައެކެވެ. ޓީވީ މޯލްޑިވްސް މީގެ އެތަށް އަހަރެއް ކުރިން ''ސަޅި ބައިސާ'' ކިޔާ ޑްރާމާ ސީރީޒެއް ގެނައިކަން ހަނދުމަފުޅު ހުންނާނެއެވެ. އެއީ ދިވެހި ޑްރާމާ ސީރީޒްތަކުގެ ތެރެއިން ވަރަށް ތަފާތު، މަޖާ ގޮތަކަށް ތައްޔާރުކޮށްފައިވާ ސިލްސިލާއެކެވެ. ޚާއްސަކޮށް އޭގެ ޑައިލޮގްތަކާއި، - [ދިވެހިރާއްޖޭގެ ޠަބީޢީ ދިފާޢީ ނިޒާމު](https://addana.mv/5989) - ދިވެހިރާއްޖޭގެ ރަށްތައް ބަޔަކަށް ފެނިގެން، މި ރަށްތަކުގައި އެންމެ ފުރަތަމަ ބަޔަކު ވަޒަންވެރިވާނީ މި ރަށްތަކުން އެބަޔަކަށް ބަޑުފުރާނަމުއްތިކުރެވި، މި ރަށްތަކުގައި އެބަޔަކަށް ސަލާމަތާއި ރައްކާތެރިކަމުގައި ދިރިއުޅެވޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ދިވެހިރާއްޖެއަކީ ފަސޭހައިން ފެންލިބޭ އަދި ފެންމީރު ރަށްތަކަކަށްވެފައި، ދިވެހި ކަނޑުފަޅުތަކުން ލިބޭ ކަނޑުރޯއްޖާއި، ރުއްގަހާއި ދަނޑުފަނގުން ލިބޭ ބިންރޯދިން ކައިގެންބޮއިގެން އުޅެވޭނެކަމުގެ ޔަގީންކަން ލިބުމެވެ. އަދި އެހެން ބައެއްގެ ފަރާތުން އަތުވެދާނެ ނުރައްކާތަކުން ސަލާމަތްވެ އަމާންކަމާއި ރައްކާތެރިކަމާއެކު މި ރާއްޖޭގައި ދިރިއުޅެވޭނެތީއެވެ. - [ބިރުވެރި ފިލްމު ބަލަން އާދަވެފައިހުރި ޢަބްދުﷲ!](https://addana.mv/5985) - ބިރުވެރި ފިލްމު ބަލަން ދިއުމަކީ ބައެއް މީހުންނަށް ވަރަށް މަޖާ، އަދި އަނެއްބައި މީހުންނަށް ވަރަށް "ބިރުވެރި" ތަޖުރިބާއެކެވެ. މިވާހަކައަކީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ޙަޤީޤީ ހާދިސާއެކެވެ. މި ވާހަކައިގެ ހީރޯ ޢަބްދުﷲއަކީ ބިރުވެރި ފިލްމު ބަލަން އާދަވެފައި ހުރި މީހެކެވެ. ބިރުވެރި ފިލްމު ބަލަން ޖެހެއެވެ. އެކަމަކު ބިރުވެސް އެހާމެ ގަނެއެވެ. އެއް ރެއަކު ޢަބްދުﷲ ބިރުވެރި ފިލްމެއް ބަލަން ސިނަމާއަކަށް ހިނގައްޖެއެވެ. އެ ރޭ ދައްކަނީ ވަރަށް ބިރުވެރި ފިލްމެކެވެ. ޔޫރަޕްގެ ގިނަ - [ގޭގައި ގެންގުޅޭ ހުރިހާއެއްޗެއް މައްސަލަޖެހުން ރޫހާނީ ކަމެއްބާ؟](https://addana.mv/5906) - ރޯދަމަހަކީ މުޅި އިސްލާމީ އުންމަތަށް އަންނަ އެންމެ ބަރަކާތްތެރި އަދި އެންމެ މާތް މަހެވެ. މި މަހަކީ އަޅުކަމާއި، ކެތްތެރިކަމާއި، އަދި އޯގާތެރިކަމުގެ މައްސަރެވެ. ރޯދަމަސް ފެށެންވާއިރަށް އެމަހަށް ތައްޔާރުވާން ވަރަށް ގިނަ ކަންތައް ކުރެއެވެ. އިޤްބާލު (އަސްލުނަމެއް ނޫން) ވެސް އޭނާގެ ފެންވަރުން ވަރަށް ގިނަކަންތައްތައް ރޯދަމަސް އަންނަންވާއިރަށް ނިންމާލިއެވެ. ގެއަށް ބޭނުންވާ އާލާތްތަކާއި ކާނާގެ ބާވަތްތައް ކުރިއާލާ ގެއަށް ޖަމާކުރިއެވެ. ރޯދަ މަސް ފެށިއްޖެއެވެ. ވަރަށްް އަމާންކަމާއެކު ރޯދަމަހުގެ ދުވަސްތައް ފާއިތުވަމުން ގޮސް - [ރެކްރޫޓް ޓްރޭނިން: ދަތި އުދަނގުލުގައި ތަމްރީންކުރުމުގެ ފަހަތުގައިވާ ހަގީގަތުގެ މައްޗަށް ކަޅިއެއް!](https://addana.mv/5933) - "އޭ...ހަނދާންވޭތަ އަހަރަމެން ރެކްރޫޓްގައި....!" ބުނަންއުޅެނީ ކީކޭކަން ވަރަށް ސާފްކޮށް ބުނުމުގެ ކުރިން އެނގިގެން ގޮސްފިނޫންތޯއެވެ. ކިތަންމެ ފަހަރަކު ކިޔައިދިނަސް އަޑުއަހާ ފޫހިނުވާ ވާހަކަތަކެކެވެ. އެންމެ ފުރަތަމަ ދުވަހު އެވާހަކަށް އަޑުއެހުމުން ހިތައްކުރުވި އިހްސާސްތައް މިހާރުވެސް ކުރުވައެވެ. އުޅެންޖެހު ބުރަ މާހައުލާ އުފުލި ބުރައާއި، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނާއި، ޖެހި ސަކަރާތްތަކާއި ހީސަމަސާކޮށް އުޅުނުގޮތުގެ ފުން ހަނދާންތަކެވެ. އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް އެ ހަނދާންތަކާއި ދުރެއްނުވެވެއެވެ. ހިތުން ފިލައިގެނެއް ނުދެއެވެ. ކަށިން ހިތްވަރުލައިގެން އެދުވަހު ކުރި - [އީރާނު ހަނގުރާމައިގެ ދެ މުހައްލިލުން..!](https://addana.mv/5937) - މިހާރު އެންމެ ފޯރީގައި ބަހުސް ކުރެވެމުންދަނީ އީރާނާއި އެމެރިކާގެ ހަނގުރާމައިގެ ވާހަކަތަކުންނެވެ. ދެމީހަކު ބައްދަލުވާއިރަށް 'ކޮބާ ހަނގުރާމަ ކިހިނެތް ވަނީ'' މިހެން ކިޔާތީ އަޑު އިވެއެވެ. ފުޓްބޯޅަ ޓީމަކަށް ނުކުރާ ވަރަށް އީރާނަށް ސަޕޯޓްކުރާ ފޭނުންތައްވެސް ވަރަށް ގިނައެވެ. ހަނގުރާމަ ކުރަމުންދާ މީހުންނަށް ވެސް ނޭންގޭ ވަރަށް، ހަނގުރާމައިގެ އެންމެފަހުގެ ޚަބަރުތައް އެނގޭ މީހުން ވަރަށް ގިނައެވެ. އެހާވެސް ފޯރިގަދައެވެ. އަހަރެމެންގެ ތެރޭގައި ވެސް ދިރާސާ ވެރިންނާއި މުހައްލިލުން ބައިވަރެވެ. ކޮފީ މޭޒުތަކާއި މެސްރޫމްތަކުގައި މިހާރު އެންމެ - [އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުން](https://addana.mv/5941) - ކޮންމެ ޤައުމެއްގެވެސް އެންމެ އަގުބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާން ޖީލެވެ. ޤައުމުގެ މުސްތަޤުބަލު އުޖާލާވެގެންދަނީ އެ ޤައުމެއްގައި ތިބި ކުދިންނާއި ޒުވާނުންނަކީ އަޚުލާޤީ ގޮތުން ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ވެގެންނެވެ. އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމަކީ ހަމައެކަނި ތަޢުލީމީ ފެންވަރު މަތިކުރުމެއް ނޫނެވެ. އެއީ އިންސާނާގެ ކިބައިގައި ހުންނަންޖެހޭ އިންސާނީވަންތަ ރަނގަޅު އާދަތަކާއި، ދީނީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ބޯލަނބާނެ ބަޔަކު އުފެއްދުމެވެ. އަޚުލާޤު ރަނގަޅު، ހެޔޮލަފާ ޖީލެއް ބިނާކުރުމަކީ މުޖުތަމަޢެއްގެ ކުރިއެރުމާއި - [ދަރަނި 39 ޑްރިލިއަނުން މަތީގައި: އެމެރިކާ، އެންމެ ބޮޑު އިގުތިސާދަށްވަނީ ކީއްވެ؟](https://addana.mv/5966) - މިއަދުގެ ދުނިޔޭގައި އިޤްތިޞާދީ ގޮތުން އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ބެލެވޭ އެމެރިކާ މިވަނީ ނުރައްކާތެރި މާލީ ފައްތަރެއްގައެވެ. އެމެރިކާގެ ޤައުމީ ދަރަނި 39 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ، އަމިއްލައަށް ފައިސާ ޗާޕުކުރުމުގެ ހުރިހާ ބާރެއް އެމެރިކާއަށް ލިބިފައި އޮތް އިރު، މިހާ ބޮޑަށް ދަރަނިވެރި ޙާލަތަކަށް އެ ޤައުމު ވެއްޓެންޖެހުނީ ކީއްވެގެންތޯއެވެ؟ މިއީ ވަރަށް ބޮޑު ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ގުޅިފައިވަނީ އިޤްތިޞާދީ - [އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ ކޮބައިހެއްޔެވެ؟](https://addana.mv/5975) - ހިތުގެ ހަމަޖެހުމާއި އަމާންކަން ހޯދުމަށްޓަކައި، ދިރިއުޅުމުގެ ކަންކަމުގައި ހަމަހަމަކަން ނުވަތަ 'ބެލެންސް' ހިފެހެއްޓުން އިންތިހާއަށް މުހިންމެވެ. މިގޮތުން މަސައްކަތާއި މުނިފޫހިފިލުވުމާއި، އަމަލީ ގޮތުން ކަންކަން ކުރުމާއި ކެތްތެރިވުމާއި، ހޭދަކުރުމާއި އިގްތިސާދުކުރުމާއި، ސަމާސާކުރުމާއި ސީރިއަސްވުމުގެ ދެމެދުގައި ފުރިހަމަ ހަމަހަމަކަމެއް ބަހައްޓަންޖެހެއެވެ. ދިރިއުޅުމުގެ އެކި ހާލަތްތަކުގައި މިފަދަ ހަމަހަމަކަމެއް ނުބެހެއްޓިއްޖެނަމަ، އިންސާނާ އިންތިހާއަށް ވަރުބަލިވެ، ނުރަނގަޅު އިހުސާސް ފަދަ ނޭދެވޭ ޖަޒުބާތުތަކާ ކުރިމަތިލާންޖެހެއެވެ. މިސާލަކަށް، އަމަލީ ގޮތުން ފިޔަވަޅު އެޅުމާއި ކެތްތެރިވުމާއި ދެމެދުގައި އޮންނަ ހަމަހަމަކަމަށް ބަލާލަމާ ހިނގާށެވެ. ތިޔައީ - [އާޓިމިސް 2:ހަނދަށް ކުރާ އިންސާނީ ދަތުރުތަކުގެ އާ ފެށުމެއް](https://addana.mv/5954) - އިންސާނުން ހަނދަށް ދިޔަކަމަށް ޤަބޫލުނުކުރާ މީހުން ދުނިޔޭގައި ވަރަށް ގިނައެވެ. އަދި އިންސާނުންނަށް ދުވަހަކު ވެސް ހަނދަށް ނުދެވޭނެ ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އެބަ އުޅެއެވެ. އެކަމަކު ޢިލްމީ ގޮތުން އިންސާނުން ހޯދާފައިވާ ކުރިއެރުމަށް ބަލާއިރު މިއީ ބަހުސެއް އޮތް މައްސަލައެއް ނޫނެވެ. "އާޓިމިސް" ޕްރޮޖެކްޓަކީ އިންސާނުން އަނެއް ކާ ވެސް ހަނދަށްދިއުމަށް ކުރާ ދަތުރުތަކުގެ މުޅިން އާ ފެށުމެކެވެ. އެންމެ ފުރަތަމަ ހަނދަށް ކުރި ދަތުރު ހަނދަށް އިންސާނުން އެންމެ ފުރަތަމަ ކުރި ދަތުރާ - [އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟](https://addana.mv/5949) - މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ - [މާތްޞަޙާބީއަބޫޙުރައިރާ (ރަޟިޔަﷲ ޢަންހު)](https://addana.mv/5920) - އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) އަކީ އިސްލާމީ ތާރީޚުގައި އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި މާތް ސަހާބީއެވެ. އެކަލޭގެފާނަކީ ކީރިތި ރަސޫލާގެ އެންމެ ގާތް އެއް ސަހާބީއެވެ. އަބޫ ހުރައިރާގެފާނު ނިސްބަތްވަނީ "އައްދައުސް" ކިޔާ ޔަމަނުގެ ޤަބީލާއަކަށެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ އުމުރުފުޅުން 30 އަހަރުގައި ހިޖުރައިން 7 ވަނަ އަހަރުގައި ދައުސް ޤަބީލާގެވެރިޔާ އައްޠުފައިލް ބުން ޢަމްރު އައްދައުސީގެ އަތްޕުޅުމައްޗަށެވެ. އަބޫހުރެއިރާގެ އިސްލާމް ވުމުގެ ކުރީގެ ނަންފުޅަކީ ޢަބްދުއްސަމްސު އެވެ. އެ ނަންފުޅު ޢަބްދުއްރަޙްމާނަށް ބަދަލުކުރެއްވީ ކީރިތި - ["އިސްރާއީލަކީ މެދުއިރުމަތީގެ ސުލްހަ ހަލާކުކުރާ 'ވިހަގަދަ ސޫތްޕެއް'!"](https://addana.mv/5916) - އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި، ޖޯ ކެންޓް، ދާދިފަހުން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމަކީ އެމެރިކާގެ ސިޔާސީ މަސްރަހަށް އައި ބާރުގަދަ ލޮޅުމެކެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައިގެ 'ބުންބެރު' ޖަހަމުންދާ މި ނާޒުކު ދަނޑިވަޅުގައި، ދައުލަތުގެ އެންމެ މުހިންމު އެއް މުއައްސަސާގެ ވެރިޔަކު މިފަދަ ނިންމުމެއް ނިންމެވުމަކީ ޓްރަމްޕުގެ ސަރުކާރަށް ލިބުނު ބޮޑު ލަދެކެވެ. ކެންޓްގެ އިސްތިއުފާއަށް ވުރެ ވެސް ބޮޑު ސިހުމެއް ދުނިޔެއަށް ލިބުނީ، އިސްތިއުފާއަށް ފަހު - [މާތް ޞަޙާބީ އަބޫ ޢުބައިދާ ބުނު ޖައްރާޙް](https://addana.mv/5911) - އަބޫ އުބައިދާ ބުނު ޖައްރާޙް (ރަޟިޔަﷲ ޢަންހު) އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީ ބޭކަލުންގެ ތެރެއިން ފާހަގަ ކޮށްލެވޭ މަޝްހޫރު ބޭކަލެކެވެ. ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެގައި އެކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ. ކީރިތި ރަސޫލާ "އަމީނުލް އުއްމަތި" ނުވަތަ "މި އުންމަތުގެ އަމާނާތްތެރިޔާ" ގެ ލަޤަބު ދެއްވާފައިވާ އަބޫ އުބައިދާގެފާނަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަމާނާތްތެރި ބޭކަލެކެވެ. އާދަޔާޚިލާފު ހިތްވަރާއި ޖޯޝެއް ހުރި ސާދާ ދިރިއުޅުމަށް ލޯބި ކުރެއްވި - [ކެއުން މަދުކުރުމާއި ރޯދަހިފުން: މުސްކުޅިވުން ލަސްކޮށްދޭ އުކުޅުތަކެއް](https://addana.mv/5901) - އިންސާނާގެ އުމުރު ދިގުވެ، ދުޅަހެޔޮކަންމަތީ ދެމިހުރުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. ސައިންސްވެރިން ބުނާގޮތުގައި، ދުޅަހެޔޮކަން އިތުރުކޮށް އުމުރު ދިގުކުރުމަށް އެހީތެރިވާ ވަސީލަތެއްގެ ގޮތުގައި ހަރުކަށި ތިން ޝަރުތެއް ފުރިހަމަވާންޖެހެއެވެ. އެއީ: 1- ސިއްޙަތާއި ޢުމުރު ދިގުކުރުމަށް އެހީތެރިވުން، 2- މަދުވެގެން ތިން ބާވަތެއްގެ ދިރޭ އެއްޗެއްގައި (model organisms) މިކަން ސާބިތުވުން، އަދި 3- މަދުވެގެން ތަފާތު ތިން ލެބޯޓްރީއަކުން މިކަން ކަށަވަރުކޮށްދިނުމެވެ. ރޯދަހިފުމާއި ކެލޮރީ މަދުކުރުމަކީ މި ހުރިހާ ޝަރުތެއް ފުރިހަމަވާ، ޢިލްމީ ގޮތުން - [އީރާނުގެ 'މޮޒައިކް' ޑިފެންސް](https://addana.mv/5887) - 2026 ވަނަ އަހަރުގެ ފެބުރުވަރީ 28 ވަނަ ދުވަހަކީ މުޅި ދުނިޔެއާއި މެދުއިރުމައްޗަށް ސިހުން ގެނުވި، ކަޅު ދުވަހެކެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކާ އެކު، ބާރުގަދަ ގޮވުންތަކުން އެ ގައުމުގެ އުޑުމަތި ގުގުމާލިއެވެ. ދުމާއި އަލިފާނުން ކަޅުކޮށްލިއެވެ. ހަނގުރާމަ ފެށުނު އިރު، އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ އިސްތިރާޖު ބިނާވެފައި އޮތީ "ރެޖީމް ޗޭންޖު" ނުވަތަ އީރާނުގެ އެންމެ އިސްވެރިން ނައްތާލައި އެ ގައުމުގެ 'ބޯ' ބުރިކޮށްލުމަށެވެ. ކުއްލި - [ރޯދަ ހިފުމާއެކު ސިއްޙީގޮތުން ރަނގަޅު އާދަތައް ގެންގުޅެންޖެހޭ](https://addana.mv/5854) - ރަމަޟާން މަހުގެ ރޯދައަކީ ހަމައެކަނި ކެއުންބުއިމުގެ އާދަތަކަށް ގެންނަ ބަދަލުތަކާއި ހިސާބުން ނިމޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ހުޅުތަކާއި، ކަށިތަކާއި މަސްތަކުގެ ދުޅަހެޔޮކަމަށް ބޮޑެތި ފައިދާތަކެއް ކުރާކަން ދިރާސާތަކުން ދަނީ ހާމަވަމުންނެވެ. މީގެ ތެރޭގައި ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން (ދުޅަވުން) ކުޑަކޮށްދިނުމާއި، ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވުމާއި، ހުޅުތަކުގެ ދުޅަވުމުގެ ބަލިތައް (އިންފްލެމޭޓަރީ އާތުރައިޓިސް) ހުންނަ މީހުންނަށް ދިމާވާ އުނދަގޫތަކަށް ލުއި ލިބުން ހިމެނެއެވެ. ހުޅުތަކަށް ލިބޭ ލުއިތަކެއް: ރޯދަހިފުމުގެ ސަބަބުން ހަށިގަނޑުގައި - [ރަމަޟާން މަހުގެ ސިއްހީ ފައިދާތަކާއި ބަރުދަން ލުއިވުން](https://addana.mv/5868) - ރަމަޟާން މަހަކީ ހަމައެކަނި ރޫހާނީ ކަންކަމަށް އޮތް މަހެއް ނޫނެވެ. މިއީ ހަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށް، ބަރުދަން ލުއިކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. ކީރިތި ޤުރުއާނުގެ އިރުޝާދު މާތް الله ވަހީކުރައްވާފައިވެއެވެ: "އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ." (ސޫރަތުލް އަޢުރާފް: 31) މި އާޔަތުން އެނގެނީ ކެއިންބުއިމުގައި މެދުމިންގަނޑެއް - [ސްކޭން ނުކުރެވެންޏާ އެމްއާރުއައި ހަދަންވީނު..!!](https://addana.mv/5862) - ވަރަށް ބިޒީކަމަށް ދަޢުވާ ކުރާ މާލޭގައި ވަޒަންވެރިވެގެން އުޅޭ ގާތް ރައްޓެއްސެކެވެ. ނާޒިމް (އަސްލުނަމެއް ނޫން) އަބަދުވެސް އުޅުއްވަނީ އޭނާގެ ބަހުން ނަމަ ވަރަށް ބިޒީ ޝެޑިއުލެއްގައެވެ. އެއީ އޮފީހުގައި ކަމަށްވިޔަސް ނުވަތަ އޮފީހުން ބޭރުގައި ކަމަށްވިޔަސް ވަރަށް ބިޒީއެވެ. ދަރިން ގިނަ ބައްޕައެއްކަމުން ސްކޫލް ދަތުރުތައް ވެސް އިންތިހާއަށް އޮވެއެވެ. ސައިކަލުން ފައިބާނެ ވަގުތެއް ނުވެއެވެ. ސްކޫލް ދަތުރެއް ނެތިއްޔާ ދޭތެރެ ދޭތެރެއިން އަންހެނުންނާއި ދަރިން ގޮވައިގެން ހުޅުމާލެއާއި މާލެއާ ދޭތެރޭ ދުއްވާލަން ދެއެވެ. އެންމެ - [މާތްޞަޙާބީއަބޫމޫސަލްޢަޝްޢަރީ](https://addana.mv/5859) - އަބޫ މޫސަލް ޢަޝްޢަރީ ރަޟިޔަﷲ ޢަންހު އަކީ ކީރިތި ރަސޫލާގެ މާތް ސަހާބީންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭކަލެކެވެ. އިސްލާމީ ތާރީޚުގައި އެކަލޭގެފާނު ފާހަގަ ކުރެވިފައިވަނީ އިސްލާމީ ދައުލަތުގެ ބިންގާ އެޅިގެން އައި ދުވަސްވަރު ވެރިކަން ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވައި، އިސްލާމީ ފިޤުހުއާއި އިލްމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި މަޝްހޫރު ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. އަބޫ މޫސަލް ޢަޝްޢަރީ އަކީ ޢިލްމުވެރި، ހިކުމަތްތެރި ބޭކަލެކެވެ. ދީނަށް ލޯބިކުރެއްވުމުގައި ޢަމަލުން މިސާލު ދެއްކެވި ޒުހުދުވެރި، ތަޤްވާވެރި ބޭކަލެކެވެ. - [މުޖުތަބާ ޚާމަނާއީ: އީރާނުގެ އައު ރޫހާނީ ލީޑަރު](https://addana.mv/5843) - އީރާނުގެ ސިޔާސީ މަޝްރަހުން މިއަދު ފެންނަމުންދަނީ ތާރީޚީ އަދި ނުފޫޒުގަދަ ބަދަލުތަކެކެވެ. ހަނގުރާމައިގެ ބިރުވެރިކަމާއި ގައުމީ އެއްބައިވަންތަކަން އިސްކުރަންޖެހިފައިވާ މި ނާޒުކު ދަނޑިވަޅުގައި، އައު ރޫހާނީ ލީޑަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައި އެވަނީ ޝަހީދުކޮށްލި އާޔަތުﷲ ޢަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ކަމުގައި އީރާނުގެ ގައުމީ ޓީވީން ވަނީ އިޢުލާނުކޮށްފައެވެ. މި ދަނޑިވަޅުގައި އީރާނުގެ އައު ރޫހާނީ ލީޑަރުގެ މަގާމާ އާޔަތުﷲ ޢަލީ ޚާމަނާއީގެ ފުރިހަމަ ސިފަފުޅުތަކާއި ޚިކުމަތްތެރިކަން ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ހަވާލުވެވަޑައިގަތުމަކީ، މިފަދަ - [ޖަމަލު ހަނގުރާމަ](https://addana.mv/5851) - ޖަމަލު ހަނގުރާމާއަކީ ހިޖުރައިން 36 ވަނަ އަހަރު (މީލާދީން 656 ވަނަ އަހަރު) ހިނގި ހަނގުރާމައެކެވެ. މި ހަނގުރާމަ ހިނގީ މުސްލިމުންގެ ތިންވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުޘްމާނުގެފާނުގެފާނު ޝަހީދު ކޮށްލުމާ ގުޅިގެން ހިނގި ފިތުނައިގެ ތެރޭގައެވެ. މިއީ އެ ހަނގުރާމައަކަށްފަހު މުސްލިމުންގެ މެދުގައި ފުން ބައިބައިވުންތަކެއް އުފެދުނު އަދި މުސްލިމު އުންމަތުގައި ހިނގި ފުރަތަމަ ދާޚިލީ ހަނގުރާމަ ވެސް މެއެވެ. ޖަމަލު ހަނގުރާމަ ހިނގީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢަލީގެފާނާއި އެކަލޭގެފާނަށް ބައިޢަތުހިފައިގެން - [އަންހެނުންގެ ދުވަހު ދިން މަލުން ހިތް ކަތިލައިފި!](https://addana.mv/5848) - ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 8 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރާ މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުސަދަކީ އަންހެނުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްގުތައް ރައްކާތެރިކޮށް ހަމަހަމަކަން ޤާއިމުކުރުމެވެ. ދިވެހިރާއްޖޭގައި ވެސް މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކުން އަންހެނުން ބާރުވެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު - [ޚާމަނާއީ ޝަހީދުކޮށްލުމާއި،"ގްރޭޓަރ އިސްރާއީލް"ގެ ބިރުވެރި ހިޔަނި](https://addana.mv/5833) - މެދުއިރުމަތީގެ ސިޔާސީ އުދަރެހުން މިއަދު ފެންނަމުންދަނީ ބިރުވެރި އަދި އެހާމެ ނުތަނަވަސް މަންޒަރެކެވެ. އިސްލާމީ އުންމަތަށް ސިހުން ގެނުވީ، އީރާނުގެ ރޫހާނީ ލީޑަރު އަދި އެންމެ މަތީ ވެރިޔާ، އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި ޚަބަރާ އެކުގައެވެ. މި ހާދިސާއިން ބުނެދެނީ، ހަމައެކަނި އީރާނުގެ ރޫހާނީ ލީޑަރު ޝަހީދުކޮށްލުން އެކަންޏެއް ނޫނެވެ. މި ހާދިސާ ވެގެންދަނީ، މުޅި ސަރަހައްދުގެ ބާރުގެ ތިލަފަތް ބަދަލުކޮށްލައި، ޒަޔަނިސްޓުންގެ "ގްރޭޓަރ އިސްރާއީލް" - [މާތް ޞަޙާބީ އަބޫޛައްރުލް ޣިފާރީ](https://addana.mv/5823) - މި އުންމަތުގެ މާތް ނަބިއްޔާގެ ޞަޙާބީންގެ ތެރެއިން، އަބޫ ޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެއީ ތެދުވެރިކަމާއި، ސާދާކަމާއި، އަދި ދުނިޔޭގެ ޒީނަތްތެރިކަމުން ދުރުހެލިވެވަޑައިގެން އާޚިރަތަށް ޓަކައި މަސައްކަތް ކުރެއްވި ނަމޫނާ ބޭކަލެކެވެ. އަބޫޛައްރުލް ޣިފާރީގެ އަސްލު ނަންފުޅަކީ ޖުންދުބު ބިން ޖުނާދާ އެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ ޣިފާރު ވަންހައަށެވެ. މިބައި މީހުންނަކީ މައްކާއާއި ސީރިއާ އާ ދެމެދުގައި އޮންނަ ވަދާންވާދީގައި ދިރިއުޅުނު - [އެޕްސްޓީން ފައިލްސް](https://addana.mv/5810) - މިއީ މީސްމީޑިއާގެ މަންސަތަކުގައި މި ދުވަސްވަރު ވަރަށް ގިނައިން ފެންނަ ޕޯސްޓްތަކެކެވެ. ކޮފީ މޭޒުތަކުގައި ވަރަށް ގިނައިން ދައްކާ ވާހަކައެކެވެ. ނޫސްތަކުގައި ވަރަށް ގިނައިން ލިޔެވެމުންދާ ޚަބަރުތަކެކެވެ. އާދެ، އެޕްސްޓީން ފައިލްސްގެ ވާހަކައެވެ. އެޕްސްޓީން ފައިލްސްގެ ވާހަކައަކީ ދުނިޔޭގެ މަސްރަޙަށް ބޮޑު ސިހުމެއް ގެނުވި ވާހަކަތަކެެކެވެ. "އެޕްސްޓީން ފައިލްސް" އޭ މި ކިޔަނީ އެމެރިކާގެ މަހުޖަނެއް ކަމުގައިވާ ޖެފްރީ އެޕްސްޓީން ހިންގާފައިވާ ޖަރީމާތަކާ ގުޅުންހުރި ކޯޓު މަރުހަލާތަކުގެ ތެރެއިން އާންމުވި ލިޔެކިޔުންތަކަށް ނިސްބަތްކޮށެވެ. އެ ފައިލްތަކުން ހާމަވެގެންދިޔަ - [ރަމަޟާންމަހާއި ނަފްސާނީ ދުޅަހެޔޮކަން](https://addana.mv/5817) - ރަމަޟާން މަހަކީ މުޅި ދުނިޔޭގެ މުސްލިމުން ރޯދަހިފުމާއި، ނަމާދުކުރުމާއި، އަމިއްލަ ނަފްސު މުހާސަބާކުރުމާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގައި ހޭދަކުރާ މޫސުމެކެވެ. ރަމަޟާން މަހަކީ މައިގަނޑު ގޮތެއްގައި ރޫހާނީ ކުރިއެރުމާއި ދީނީ އަޅުކަމުގެ ވަގުތެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މިއީ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މުހިންމު ފައިދާތަކެއް ލިބިދޭ މަހެކެވެ. މި މަހުގެ ތެރޭގައި ކުރެވޭ ކަންކަން (ރޯދަހިފުން، ދީނީ ކަންކަމަށް އިސްކަންދިނުން، ނަފްސު ކޮންޓްރޯލްކުރުން އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުން) ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް - [ބާޒާރުކޮށްލަން ހުޅުމާލެއިން މާލެއަށް!](https://addana.mv/5820) - އިބްރާހީމް (އަސްލުނަމެއް ނޫން) އަކީ ބާސްކެޓުގެ ދުނިޔޭގައި ނަން ހިނގާ ފަހުލަވާނެެކެވެ. ޔުނިޓުތަކުގެ މެދުގައި ބާއްވާ އިންޓަރ ޔުނިޓް ބާސްކެޓް ބޯލް މުބާރާތްތަކުގައި އިބްރާހީމްމެންގެ ޓީމަކީ އިދިކޮޅަށް އަބަދުވެސް ނުރައްކަލެކެވެ. ބާސްކެޓުގެ ރޮނގުން ޔުނިޓަށް ލިބިފައިވާ ގިނަ ތައްޓަކީ އިބްރާހީމްގެ ވަރަށް ބޮޑު ޙިއްސާއެއް އޮވެގެން ހޯދާފައިވާ ކާމިޔާބީތަކެކެވެ. ބާސްކެޓް މޮޅު ކުޅުންތެރިއެެއްގެ އިތުރުން އިބްރާހީމަކީ މޮޅު އިންޖިނިއަރެއްވެސް މެއެވެ. ވަރަށް ކުޅަދާނަ މެކޭނިކެކެވެ. އިންޖީނަކަށް ބޮޑު މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކުރެވޭނެ މީހަކަށް ހުންނާނީ އޭނާއެވެ. - [ޕޮލިޝް އަސްކަރިއްޔާގެ ޕްރައިވެޓް: ވޮއިޓެކް ނަމަކަށް ކިޔުނު ސާރިދޯޅު](https://addana.mv/5814) - މީގެ އެތަކެއް ޒަމާންތަކެއް ކުރީން ވެސް ހަނގުރާމައިގެ މައިދާނުގައި އަސްކަރިއްޔާތަކުން ވަނީ ޖަނަވާރުތަކުގެ މަދަދު ހޯދާފައެވެ. އަހާއި، އެތާއި، ބާޒު ފަދަ ޖަނަވާރުތައް ހަނގުރާމައިގައި ބޭނުންކުރި ނަމަ ވެސް، ސާރިދޯޅެއް އެ ފަދަ މައިދާނަކުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނާނޭ މަންޒަރެކެވެ. ސޫރިޔާގެ ހިސާބުތަކަށް ނިސްބަތްވާ "ވޮއިޓެކް" ނަމަކަށް ކިޔުނު ސާރިދޯޅު، ސެކަންޑް ޕޮލިޝް ކޯރގެ ސިފައިންގެ ކޭމްޕަށް ގެންދިޔައީ 1943ވަނަ އަހަރުއެވެ. ޝިކާރަވެރީންތަކެއްގެ އަތްދަށުވެ ވޮއިޓެކްގެ މަންމަ މަރުވެފައިވުމާ އެކު، ސެކަންޑް ޕޮލިޝް ކޯރއިން - [ލޭ ހަދިޔާކުރުން](https://addana.mv/5805) - ލޭ ހަދިޔާކުރުމަކީ އެންމެ ބޮޑު އެއް އިންސާނީ ޚިދުމަތެވެ. އެއީ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ކުރެވޭ ވަރަށް ބޮޑު ހެޔޮ ޢަމަލެކެވެ. އެންމެ ލޭ ޕައިންޓަކުން ތިން މީހުންގެ ފުރާނަ ސަލާމަތް ކުރެވޭކަމަށް ދިރާސާތަކުން ދައްކައެވެ. ދީނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ މުޅި އުންމަތް ނުމަރައި ދޫކޮށްލުން ފަދަ ހެޔޮ ކަމެކެވެ. ލޭ ހަދިޔާކުރުމަކީ ދެމިހުންނަނިވި ޞަދަޤާތް (ޞަދަޤާތުލް ޖާރިޔާ) އެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ލޭ ހަދިޔާކުރުމަކީ އިންސާނިޔަތައް ކުރެވޭ މަތިވެރި ޚިދުމަތެއްގެ - [އެއްލާލަން ނެރުނު އައިސް އަލަމާރި!](https://addana.mv/5802) - ޒަވާޖީ ޙަޔާތެއްގެ ފޮނިމީރު ކަމަކީ ދެމަފިރިންގެ މެދުގައި އޮންނަ ލޯތްބާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އަޅާލުން ކަމުގައި ބުނެވެއެވެ. ޖައުފަރު (އަސްލުނަމެއް ނޫން) ކުޑަ ޢާއިލާއަކާއެކު ދިރިއުޅެމުންދަނީ ކޮއްޓަކަށް ނިސްބަތްވާ ސަރަޙައްދަކުން ވަގުތީގޮތުން ދިރިއުޅެން ލިބިފައިވާ ގެއެއްގައެވެ. ޖައުފަރުގެ އަންހެނުން އައިޝާ (އަސްލުނަމެއް ނޫން) ގޮވައިގެން ވަރަށް އާދައިގެ ގޮތަކަށް ހަދާލައިގެން ދިރިއުޅެމުންދަނީ ވަރަށް ސާދާ ދިރިއުޅުމެކެވެ. ޖައުފަރު އޭނާގެ އަންހެނުން ދެކެ ވަރަށް ލޯބިއެވެ. މި ޒަމާނުގައި މިވާގޮތަށް ފޭސް ބުކް ނުވަތަ ޓިކްޓޮކުން މި - [އިހުގެ ދިވެހީންގެ އާދަކާދަތަކުގެ ތެރެއިން: އޮށްވަޅުގޮނޑި ކުޅުން](https://addana.mv/5799) - އިހުގެ ކުޅިވަރުތަކުގެ ތެރެއިން "އޮށްވަޅުގޮނޑި" ކުޅުމަކީ ރޯދަ ކުރުކުރުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލުވި ކުޅިވަރެކެވެ. އެއީ، ވިސްނުންތޫނުކަން ބޭނުންވާ ކުޅިވަރެކެވެ. އިހުޒަމާނުގައި މި ކުޅިވަރު އާންމުކޮށް ކުޅެނީ ގޭގެ އަށިމަތީގައި ނުވަތަ ރަށްރަށުގައި މީހުން ޖަމާވާ ހޮޅުއަށީގައި ތިބެގެންނެވެ. ބިންމަތީ މިގޮތަށް ވަޅުކޮނެގެން އެއަށް ފުނައޮށް ފަދަ ބައެއް ވައްތަރުގެ އޮށް އަޅައިގެން ވެސް މި ކުޅިވަރު ކުޅެއެވެ. މި ކުޅިވަރަކީ ދެ މީހުންގެ މެދުގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅުމަށް ބޭނުންކުރާ - [އަންބަލަން](https://addana.mv/5795) - އަންބަލަމަކީ މޭވާއާއި މާމެލާމެލިން ކުރެހުން އަޅައި ޒީނަތްތެރިކުރާ ވެލިފުންޏެކެވެ. މިއީ ކުރީ ޒަމާނުގައި ރޯދައަށް ހަނދުބަލާ ރެއަށް ދިވެހިރާއްޖޭގެ ރަށްރަށުގައި ޒުވާނުން އިސްވެ ކޮށް އުޅުނު ކަމެކެވެ. ރޯދައަށް ހަނދުފެނުމުން ވެލިފުނި ފަތުރައި އެ ވެލިގަނޑުގައި އޮންނަނީ ރޯދަމަހުގެ ރޭގަނޑު ކުޅިވަރުކުޅުމެވެ. އަންބަލަންތަކަކީ އެ ޒަމާނުގައި ރޯދަމަހު ކުޅިވަރާއި، ފޫހިފިލުވުމުގައި، ރޭގަނޑުގެ ވަގުތުތައް ދެ ޖިންސުގެ ޒުވާނުން ހޭދަކުރާ މައިދާންތަކެކެވެ. އާންމުކޮށް އަންބަލަން ޖަހަނީ ނުވަތަ އަންބަލަން ލަނީ ރަށުތެރެއިން އަތިރިމައްޗަށް ފޭބެން ހުންނަ މަގުތަކުގައެވެ. އާބާދީ - [ރޯދަމަހަށް ތައްޔާރުވުން](https://addana.mv/5792) - ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޒަމާނުއްސުރެ ދިވެހީން ކަންތައްތަކެއް ކުރަމުން އައެވެ. އެ އާދަކާދަ މިއަދު ވަނީ ބަދަލުތަކެއް އައިސް ފައެވެ. ނަމަވެސް އެ އާދަކާދަތަކުގެ ތެރެއިން މިހާރު ވެސް ބައެއް އެއްގޮތް ކަންތައްތައް ދިވެހީންގެ ސަގާފަތުން ފާހަގަވެއެވެ. އެންމެ ކުރީ ޒަމާނުން ފެށިގެންވެސް ދިވެހީންނަކީ ދެގޮތަކަށް ރޯދައަށް ތައްޔާރުވާ ބައެކެވެ. އެއްގޮތަކީ ދީނީގޮތުން ނުވަތަ ރޫޙާނީގޮތުން ތައްޔާރުވާ ތައްޔާރުވުމެވެ. އަނެއް ގޮތަކީ ދިވެހީންގެ އާދަކާދައާއި ސަގާފަތާ ގުޅުންހުރި ކަންތައްތަކެވެ. މި ޒަމާނުގައި ގޭގޭގެ އާބާތުރަ ފިލުވައި - [ހާރލޯގެ ރާމާމަކުނު ދިރާސާ ސަރޮގޭޓް މަދަރ އެކްސްޕެރިމަންޓް އަދި އޭގެ އެޕްލިކޭޝަން](https://addana.mv/5782) - އިންޓްރޮޑަކްޝަން 1905 ވަނަ އަހަރު އެމެރިކާއަށް އުފަންވި ހެރީ ފްރެޑްރިކް ހާރލޯއަކީ ޔުނިވަރސިޓީ އޮފް ވިސްކޯސިން – މެޑިސަން އިން ސައިކޮލޮޖީ (ޑިވެލޮޕްމެންޓަލް އެންޑް އެކްސްޕްރިމެންޓަލް ސައިކޮލޮޖީ) ކިޔަވައިގެންހުރި އެ ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބުއުސް ސައިކޮލޮޖިސްޓެކެވެ. ހާރލޯ އެ ދާއިރާއިން މަޝްހޫރުވެގެންދިޔައީ 1950 އާއި 1960 ދެމެދު، ރީސަސް ރާމާމަކުނު ތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ އެކްސްޕްރިމަންޓެއްގެ ސަބަބުންނެވެ. "ސަރޮގޭޓް މަދަރ އެކްސްޕްރިމެންޓް" ގެ ނަމުން ނަންދެވިގެންދިޔަ މި އެކްސްޕްރިމަންޓް ކުރިޔަށްގެންދިޔުމުގައި ބޭނުންކޮށްފައިވަނީ އިންފެންޓް ރީސަސް ރާމާމަކުނުތަކަކާއި އެ - [ލީޑަރޝިޕްގެ 7 ސީ](https://addana.mv/5775) - މިއީ މޮންގޯލިއާގެ ވެރިކަން ކުރެއްވި މުޝްހޫރު ޖެންގިސް ޚާނުގެ އިސްވާރުކަމުގެ (ލީޑަރޝިޕްގެ) ހަތް ސީއެވެ. މީލާދުން 13 ވަނަ ޤަރުނުގައި އުޅުއްވި ޖެންގިސް ޚާނުގެ ލީޑަރޝިޕްގެ މި އަސާސްތައް މިހާރު ވެސް ދިރާސާކުރެއެވެ. ދުނިޔޭގެ ތާރީޚުގައި އެތައް ތަނެއް ފަތަޙަކޮށްފައިވާ މި ވަރުގަދަ ލީޑަރުގެ ލީޑަޝިޕް އަސާސްތަކަކީ މިޒަމާނަށް ވެސް ރަނގަޅު ފިލާވަޅުތަކެކެވެ. ޖެންގިސް ޚާން ވަނީ އޭނާގެ ތަސައްވުރަށް އިތުބާރާއި، ޔަގީންކަން ހޯދާފައެވެ. އަނިޔާވެރި ޢަމަލުތައް ހިންގާފައި ވިޔަސް ތަފާތު ގަބީލާތައް އެއްބައިވަންތަ ކުރުވާފައެވެ. އަސްކަރީ - [ބްރިކްސްއަކީ ދުނިޔެއަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ. (2)](https://addana.mv/5763) - ކުރީގެ އާޓިކަލްއާ ގުޅޭ މި އާޓިކަލްގެ ފުރަތަމަ ބައިގައި ބްރިކްސްއަކީ ކޮބައިކަމާއި، ބްރިކްސް ވުޖޫދުވުމުގެ ކުރިން ދުނިޔޭގެ އިގުތިސާދީ އޯޑަރ ތަރުތީބުކުރެވިފައި އޮތް ގޮތާއި، އަދި ބްރިކްސް ވުޖޫދުވުމުން ދުނިޔެއަށް އަންނަން ފެށި ބައެއް ބަދަލުތަކާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފައިވާނެއެވެ. އެހެންކަމުން، ދެން އިތުރަށް އަލިއަޅުވާލެވޭތޯ މި ގަސްތުކުރަނީ، ބްރިކްސް އުފެދުމުން ފޮރިން ކަރަންސީގެ ނުފޫޒާއި އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާއި، ގްލޯބަލް ސައުތަށް އޭގެ ސަބަބުން ކުރާނެ އަސަރުތަކާ މެދުގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ބްރެޒިލް، ރަޝިޔާ، - [ފިކުރީ މުދާ](https://addana.mv/5766) - ފިކުރީ މުދާ ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ އަކީ، މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލާއި ވިސްނުން ބޭނުންކޮށްގެން އުފައްދާ އާ އީޖާދުތަކާއި، އަދަބީ އަދި ފަންނީ މަސައްކަތްތަކާއި، ފަރުމާތަކާއި، ވިޔަފާރީގައި ބޭނުންކުރާ ނިޝާންތަކާއި ނަންތަކާއި ތަސްވީރުތަކެވެ. މިގޮތުން ޓްރޭޑްމާރކްތަކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެނީ ފިކުރީ މުދަލުގެ ތެރޭގައެވެ. ފިކުރީ މުދާ އުފެއްދުމާއި އެފަދަ މުދާ ޙިމާޔަތްކުރުމަށް ބާރުއަޅައި ފިކުރީ މުދަލާމެދު މީހުން ހޭލުންތެރިކުރުމަށް ދުނިޔޭގައި އަންނަނީ "ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަސް" (ވޯލްޑް - [ޑްރޮނައިޒޭޝަން ހަނގުރާމައިގެ މުސްތަގުބަލު!](https://addana.mv/5756) - 21ވަނަ ގަރުނުގެ ފަހުގެ ތާރީހްގައި ކުރިޔަށްދިޔަ ހަނގުރާމަތަކުގެ ތެރެއިން ދެވަނަ ނަގޯރނޯ – ކަރަބަކް ހަނގުރާމަ (2020)، ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ (2022)، އިސްރާއިލާއި އީރާނާ ދެމެދު ކުރިޔަށްދިޔަ 12 ދުވަހުގެ ހަނގުރާމަ (2025) ފަދަ ހަނގުރާމަތަކުގައި ޑްރޯންސް ބޭނުންކޮށްގެން ހަނގުރާމަ ކުރިޔަށްގެންދިޔަ މަންޒަރު ވަނީ ފެނިގެންގޮސްފައެވެ. ޑްރޮނައިޒޭޝަން، ހަނގުރާމައިގެ މައިދާނުގައި ޓާރގެޓިންގ، ސްޓްރައިކިންގ އަދި އިންޓެލިޖެންސް ކަލެކްޝަން ފަދަ ކަންކަމުގައި އަންމޭންޑް އޭރިޔަލް ވެހިކަލްސް (ޔޫއޭވީ) ބޭނުންކުރުން މިއީ 21ވަނަ ގަރުނުގައި، ފަހުގެ ތާރީޚެއްގައި، - [އަމިއްލަ ނަފުސަށް ކުރާ އިތުބާރު އުފެއްދިދާނެ ގޮތްތަކެއް!](https://addana.mv/5741) - ކަންކަމުގައި ކާމިޔާބު ގިނަ މީހުން އެމީހުންގެ ކާމިޔާބީގެ ސިއްރަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި އަމިއްލަ ޤާބިލުކަމަށް އޮންނަ ޔަޤީންކަން ކަމުގައި ބުނެއެވެ. ނަމަވެސް މަދު ބަޔަކު މެނުވީ އިތުބާރު އުފެއްދޭނެ ގޮތްތަކާއި އިތުބާރު ހުރި މީހަކަށް ވެވޭނެ ގޮތްތައް ބަލާ ހޯދާކަށް ނޫޅެއެވެ. މިއީ އުނދަގޫ ކަމެކެވެ. ސަބަބަކީ އިތުބާރު ބިނާވެފައި އޮންނަނީ ތަފާތު ކަންތައްތަކުގެ މައްޗަށް ކަމަށްވާތީއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި އިތުބާރު ބިނާވެފައި އޮންނަނީ ތިމާގެ ޝައުޤުވެރިކަން އިތުރުކޮށްދޭ، އަދި ތިމާއަކީ ކާކުކަން - [ބްރިކްސްއަކީ ދުނިޔެއަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ.](https://addana.mv/5731) - ދެވަނަ ބޮޑުހަނގުރާމަ ނިމުމާ ހަމައިން ފެށިގެން، ދުނިޔޭގެ ޖިއޮޕޮލިޓިކްސްއާއި އިގުތިސާދީ ބާރުވެރިކަން ކޮންޓްރޯލްކުރަމުން އަންނަ ބަޔަކީ ހުޅަނގެވެ. މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އެކަން އެގޮތުގައި ދެމިއޮތުމަށް މެދުވެރިވާ އެންމެ މުހިންމު މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ އިގުތިސާދު، ހުޅަނގުން ކޮންޓްރޯލްކުރަމުން ގެންދިޔުމެވެ. ނަމަވެސް، އެ މަންޒަރު މިއަދު ބަދަލުވަމުން އަންނާތީ ދަނީ ފެންނަމުންނެވެ. ހުޅަނގާ ވާދަވެރި ދުނިޔޭގެ ބާރުތައް، އިގުތިސާދީ ގޮތުން ހޯދަމުންދާ އިސްތިރާޖީ ކުރިއެރުންތަކާއި، ދުނިޔެއަށް އަންނަމުންދާ ޖިއޯޕޮލިޓިކަލް ބަދަލުތަކާ އެކު ހުޅަނގުން ކޮންޓްރޯލްކުރަމުން - [ޕޮޒިޓިވް އެޓިޓިއުޑްގެ ބާރު](https://addana.mv/3414) - ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ ތެރެއިން ކާމިޔާބީގެ އުސްމިނަށް ވާސިލުވުމަށް އެންމެ މުހިންމު އެއް ސަވާރީއަކީ އެމީހާގެ ކިބައިގައި ހުންނަ ޕޮޒިޓިވް އެޓިޓިއުޑެވެ. ޕޮޒިޓިވް އެޓިޓިއުޑަކީ ކޮންމެ ޙާލަތެއްގައި ވެސް ހެޔޮ ކަންކަން ދެނެގަނެ، އުއްމީދާއެކު ކުރިމަގާ ކުރިމަތިލުމުގެ ޤާބިލުކަމެވެ. މިއީ އިންސާނީ ކާމިޔާބީގެ އެއް ތަޅުދަނޑިއެވެ. ޕޮޒިޓިވް އެޓިޓިއުޑެއް އަށަގެންނެވުމުގެ ފިކުރަކީ އައު ޚިޔާލެއް ނޫނެވެ. އެހެނަސް، އަދުގެ ދުނިޔޭގައި މީގެ މުހިންމުކަން އިތުރަށް ފާހަގަކުރެވެއެވެ. ގިނަ މީހުން ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތަކުގެ ސަބަބުން - [އަމިއްލަ ނަފުސު ދެނެގަތުމާއި އަމިއްލަ ނަފުސު ކޮންޓްރޯލްކުރުން](https://addana.mv/5719) - އަމިއްލަ ނަފުސު ދެނެގަތުމާއި އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމުގެ ޤާބިލްކަމަކީ ކޮންމެ ސިފައިންގެ މީހެއްގެ ކިބައިގައި ހުރުން ލާޒިމްވާ ސިފައެކެވެ. މި ކަންކަން ތިމާގެ ގައިގައި އަށަގެންފައިވޭތޯ ބެލުމަކީ ލީޑަރެއްގެ ހައިސިއްޔަތުން ކޮންމެ މީހަކަށް ވެސް ބެލިދާނެ ކަންކަމެވެ. އަދި މިއީ އަސްކަރިއްޔާގެ ކޮންމެ ސިފައިންގެ މީހަކަށް ވެސް މުހިންމުކަމެކެވެ. މިކަން އަމިއްލަ ނަފުސަށް ދެނެގަނެވިދާނެ އެއް ގޮތަކީ އިމޯޝަނަލް އިންޓެލިޖެންސެވެ. މިއީ އެފެކްޓިވް ލީޑަރުން ތަފާތުކޮށްދޭ އެއް ކަމެވެ. ހަމަ އެހެންމެ އިމޯޝަނަލް އިންޓެލިޖެންސަކީ ލީޑަރޝިޕްގެ އެންމެ - [ނޮވެންބަރު ތިނެއްގައި ލުތުފީ ގެނައި ޕްލޯޓް ޖަމާޢަތް](https://addana.mv/5727) - ނޮވެންބަރު 3، 1988ގައި ދިވެހީންގެ 19 މީހުން ޝަހީދުކޮށްލި އުދުވާނީ ޙަމަލާއަކީ ސްރީލަންކާގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް)އާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާ ދެމެދުގައި ވީ އެއްބަސްވުމެއްގެ ދަށުން ދުރާލައި ރާވައިގެން ދިވެހިރާއްޖެ މިނިވަންކަން ނަގާލައި ވެރިކަން ފިރާލުމަށް ދިން ވަރަށް ބިރުވެރި އަދި އެހާމެ ނުރައްކާތެރި ޢުދުވާނީ ހަމަލާއެކެވެ. ޕްލޯޓް ޖަމާޢަތަކީ ސްރީލަންކާގެ އުތުރާއި އިރުމަތީގައި އޭރު ތަމަޅައިންގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރި - [ފަލަސްތީނުގެ ތާރީޚަށް ކަޅިއެއް!](https://addana.mv/5690) - ފަލަސްތީނަކީ ގަދީމީ ތާރީޚެއް އޮތް ބިމެކެވެ. އިސްލާމީ ތާރީޚާ ވެސް ގުޅިފައިވާ މާތް ބިމެކެވެ. މާތްﷲ މި ބިންމައްޗަށް އިސްލާމްދީނުގެ ހިދާޔަތާއިގެން ފޮނުއްވުނު ރަސޫލުންނާއި ނަބިއްޔުންނާއި ގުޅިފައިވާ މާތް ބިމެކެވެ. މުސްލިމުންގެ ޤިބްލައަކަށް މަސްޖިދުލް ޙަރަމް ވުމުގެ ކުރީގައި، މުސްލިމުންގެ ޤިބްލަ ކަމުގައިވި މަސްޖިދުލް އަޤްޞާ ހުންނަނީ ވެސް ފަލަސްތީނުގައެވެ. އިސްލާމީ ތާރީޚުގައި ފަވާލެވިފައިވާ މި މާތް ބިމުގެ ތާރީޚަކީ މުސްލިމު ކޮންމެ ފަރުދަކަށް ވެސް އެނގުން ލާޒިމު ކަމެއްކަމުގައި ގަބޫލުކުރަމެވެ. އެގޮތުން ފަލަސްތީނަށް ތާރީޚީ ކަޅިއެއް - [ފަސްދީދިޔަ ދުވަސްތަކުން ކިޔައިދިނީ އިބުރަތުގެ ވާހަކައެއް](https://addana.mv/4278) - ތާރީޚަކީ މާޒީކިޔައިދޭ އެކުވެރިއެކެވެ. ފަސްދީ ދިޔަ ދުވަސްތައް ސިފަކޮށްދޭ ތަސްވީރެކެވެ. އެއިން ތިބާއަށް ތަފާތު މަންޒަރުތަކާއި ކުލަތައް ފެންނާނެއެވެ. ތިބާ ހިތްއެދޭ މަންޒަރުތަކާއި ހިތްނޭދޭ މަންޒަރުތަކެވެ. ތިބާ ފަޚުރުވެރިވާންޖެހޭ ފަދަ ޚިދުމަތްތެރިންނާއި ޣައްދާރުންނެވެ. ޤައުމަށް ޓަކައި ޤައުމީލޯބި އިސްކުޅަ ހީރޯއިންނާއި، އަޅުވެތިކަމުގެ ހިތިރަހަ ފަރުދުންގެ އަރުގައިލެއްވި ޒީރޯއިންނެވެ. ޤައުމީ މަސްލަހަތު ފަސްކޮށް، ތިމާގެ މަސްލަހަތު އިސްކުރި “ލީޑަރުން”ނެވެ. އަމިއްލައެދުމުން ފޯވެފައިވާ ޚިޔާނަތްތެރިންނާއި ޤައުމަށް ޓަކައި ފުރާނަ ދުއްވާލި ޝަހީދުންނެވެ. އެއީ ތާރީޚުގެ ފަތްފުށްތަކުން ދައްކާ ޙަޤީޤަތްތަކެވެ. ފެންނަ - [ދިވެއްސެއްގެ ފުރެއްދެ ވިސްނުން](https://addana.mv/5618) - އިހަށްރޭ ވަރަށް ގާތް އެކުވެރީންތަކަކާ ބައްދަލުވިއެވެ. އެންމެ އުފާވީ ރިސާޖާ ބައްދަލުވީމައެވެ. ޖަނާޒާއަކަށް ފަހުއެވެ. އެ ޖަނާޒާއަށް އަހުރެންނަކަށް ނުދެވުނެވެ. ދަތުރެއްގެ މަތީ އުޅެނިކޮށް ޖަނާޒާގެ ވަގުތު ފާއިތުވީއެވެ. މާލެ އައި ތަނާ ހެން އެކުވެރި ފަސިއްޔު ގުޅީމާ ދިޔައީއެވެ. ވާހަކަތައް ވަރަށް އޮލައެވެ. ރަށުގެ ތަރައްގީގެ ވާހަކަތަކާއި ނުވެ ހުރި ކަންކަމުގެ ވާހަކައެވެ. އެ ކަންކަމުގައި އަހަރެމެންގެ އޮތް ހިއްސާގެ ބޮޑުކަމުގެ ވާހަކަ ވެސް ދެކެވުނެވެ. އަދި އެންމެ ބާރުލައިފައި ދެކެވުނީ ސަރުކާރުގެ މަތީ މަގާމުތަކުގައި - [ގައުމުގެ ސިޔާދަތީ ރުކުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން](https://addana.mv/5644) - ކޮންމެ މިނިވަން ދައުލަތަކަށް ވެސް އެންމެ އަސާސީ އަދި އެންމެ މުހިންމު އެއް ކަމަކީ އެ ގައުމުގެ ސިޔާދަތެވެ. ދިވެހި ބަހުގެ ރަދީފުގައި "ސިޔާދަތު" ގެ މާނަކަމުގައި ބަޔާންކޮށްފައިވަނީ "ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން" މިހެންނެވެ. ސިޔާދަތަކީ ގައުމެއްގެ އަމިއްލަ މިނިވަންކަމާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރާއި، އެތެރޭގެ ކަންކަން ހިންގުމުގައި އެއްވެސް ބޭރު ބައެއްގެ ނުފޫޒެއް ނެތި އަމިއްލައަށް ކަންކުރުމުގެ ފުރިހަމަ ބާރެވެ. ގައުމެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ މުޖުތަމަޢުގައި ދެމި އޮތުމަށް ޓަކައި ސިޔާދަތު - [ނަޞްރާއި ނަސީބު](https://addana.mv/5641) - ތާރީޚުގައި 1988 ނޮވެންބަރު ތިންވަނަ ދުވަހަކީ ދިވެހީން ދުށް ވަރަށް ބިރުވެރި އަދި އެހާމެ ނުރައްކާތެރި ދުވަހެކެވެ. އެއީ ދިވެހީންގެ މިނިވަންކަމަށް ހަމަލާދިން ދުވަހެކެވެ. އެއީ ދިވެހީންގެ ސިޔާދަތާއި އިސްތިގުލާލަށް ހަމަލާދިން ދުވަހެކެވެ. އެ ދުވަހު ދިވެހީންގެ ތެރެއިން 19 މީހުން ޝަހީދުވެ، ދުޝްމަނުން ޖެހި ބަޑީގެ ވަޒަން އަރައިގެން 39 މީހުން ޒަޚަމުވިއެވެ. އެތައް ބަޔަކަށް ނަފުސާނީގޮތުން ގެއްލުން ލިބުނެވެ. އެ ދުވަހު ދިވެހިރާއްޖެ ހިފުމަށް ދުޝްމަނުން ކުރި މަސައްކަތާ ދެކޮޅަށް ދިވެހި ސިފައިން ވަރުގަދަ - [ނޮވެންބަރު ތިނެއްގެ ހަނދާންތައް](https://addana.mv/5638) - ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިއާދަތާ ކުޅެފައިވާ އެކި ފަހަރުތަކުގެ ތެރެއިން ވެސް ދިވެހީންގެ ވެރިކަން އެހެން ބައެއްގެ އަތްމައްޗަށް އެހައި ދިގު މުއްދަތަކަށް ގޮސްފައި ވަނީ މީލާދީން 1558އިން 1573އަށް ޕޯޗުގީޒުންގެ އަތްމައްޗަށެވެ. އޭގެ ފަހުން ދިވެހީން އުޅެމުންއައީ އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައެވެ. އޭގެ އެތައް އަހަރެއްގެ ފަހުން 1988ވަނަ އަހަރުގެ ނޮވެންބަރު 3ވީ ބުރާސްފަތި ވިލޭރޭ މާލޭގެ އެންމެން ހޭލައްވައިލީ ބޮނޑު ބަޑިޔާއި ރޮކެޓުގެ އަޑުފަށްގަނޑަށެވެ. މިއީ، ރާއްޖޭގެ ރައްޔިތުން ކައިރި މާޒީއެއްގައި ވެސް ދެކެފައިވާ - [ދިރިތިބި ބަޔެކެ ޝަހީދުނީ](https://addana.mv/5633) - "އިލާހީ މި ބިން ކުރައްވާށޭ އަމާން، މި އަޅާގެ އުފަން ދިވެހީންގެ މި ބިންތިބާ ޙަޟުރަތުން އޮހޭ މަދަދުން، ފިލާ ނުމެދާ ދިވެހީންގެ މި ބިން" ~ އޮނަރަބަލް ޢަބުދުއްރަޝީދު ޙުސައިން ނ.ޢ.ވ. ~ ނަޞްރުގެ ދުވަހޭ ބުނުމުން އަޅުގަނޑުގެ ހިތަށް ވެރިވަނީ އުފަލާއި ހިތާމައާއި މޮޅިވެރިކަމެވެ. އުފަލަކީ ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެ ދުވަހު މުސްލިމު ދިވެހިންނަށް ދެއްވި މަތިވެރި ނަޞްރުގެ އުފާވެރި ކަމެވެ. ހިތާމައަކީ އަޅުގަނޑާ އެއް ސުފުރާމަތިން ކައިއުޅުނު ގާތް - ["ގައުމެއް ދިރޭނީ ގައުމުގައި ހުރެގެންނެ ރޫޙެއް ހަމަ ދިރޭ، އައުދާނަ ގައުމީ ލޯބި ހިތްތަކުގައި އުފެދިގެންނޭ ދިރޭ"](https://addana.mv/5630) - އަޅުގަނޑުމެން ދިވެހީން ކުރިއަރުވައި ތަރައްގީކުރުވައި ތަހުޒީބުކުރުވާން ބޭނުންވަނީ ގައުމަށް ހެވާއި ލާބަ ހޯދައިދިނުމުގެ ރޫހާއި ޖޯޝާއި ފޯރި ހުރި ދިވެހިވަންތަ ދިވެހި ދަރީންނެވެ. ދަރީންގެ ހިތްތަކުގައި ގައުމީލޯތްބަށް ހިތްޖެއްސުވުމާ މެދު ވާހަކަދައްކަވާ ބޭބޭފުޅުންގެ ނަޒަރުގައި ގައުމީ ލޯތްބަކީ އެ މީހެއްގެ ގައުމާ އެ މީހަކާ ދެމެދު އޮންނަ ވަރަށް ފުން ޒާތީ ގުޅުމެކެވެ. އެހެންކަމުން މި ގުޅުން އުފެއްދުމަށް މަސައްކަތްކުރަން ވާނީ ވިސްނުންތެރިކަމާ އެކުގައެވެ. ހަރުދަނާކަމާ އެކުގައެވެ. ކެތްތެރިކަމާ އެކުގައެވެ. އަދި މިކަން ކުރާން ވާނީ ދަރީންގެ - [ގައުމީ ވިންދުޖަހާ ހިތެއްގެ އިހުސާސް](https://addana.mv/5627) - ގައުމީ ލޯތްބަކީ، ހިތުގެ އެންމެ އަޑިން ގައުމަށް ޓަކައި ކުރެވޭ އިހުސާސްތަކެކެވެ. ހިތުގައި އުފެދޭ ޝުއޫރުތަކެވެ. ވަތަނީ ބިމަށް ދެވިފައިވާ ޢިއްޒަތާއި ޤަދަރަކީ ޚާއްޞަ މަގާމެއް ދެވިފައިވާ އެއްޗެކެވެ. އަގުކުރެވޭ ވަރަށް ވުރެ އެތައް ގުނައެއް މަތިވެރި، ދުނިޔެވީ އެއްވެސް އެއްޗަކާ ބަދަލު ކުރެވޭނެ އެއްޗަކަށް ނުވެއެވެ. ވަތަނީ ލޯބީގެ ވިންދު ޖަހާ ހިތެއްގެ ވެރިޔަކަށްވެވުމަކީ އެ ނޫން މީހަކަށް ވުރެ ގައުމުގެ ކޮންމެ ކަމަކާ މެދު އިހުސާސްތައް ގަދަފަދަ ވާނެ ކަމެކެވެ. ދިރިއުޅުމުގެ ކޮންމެ ހިނދެއްގައި - [ދެވަނަ ބޮޑުހަނގުރާމައިގައި ދުސްމިނުންގެ ދެވަނަ ހަމަލާއެއް އައްޑުއަތޮޅަށް ނުދެވުނީ ކީއްވެ؟](https://addana.mv/5624) - ހަނގުރާމައިގެ ބޮޑު މައިދާނަކަށް ދުނިޔޭގެ ބޮޑެތި ކަނޑުތައް ބަދަލުކޮށްލީ ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައެވެ. އެހެންކަމުން، އެ ހަނގުރާމައަކީ، އެއްގަމުގެ އެންމެ ބޮޑު ހަނގުރާމައަށް ވީފަދައިން، ދުނިޔޭގެ ބޮޑެތި ކަނޑުތަކުގައި ވެސް މިހާތަނަށް ކުރި އެންމެ ބޮޑު ހަނގުރާމައެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ވޭނީ އަސަރު، ރާއްޖެއާ އަރައި ހަމަކުރީ ކަނޑުގެ ހަނގުރާމައިގެ ތެރެއިންނެވެ. ދުޝްމަނުންގެ ސަބުމެރިން ހަމަލާތަކުން، އިންޑިއާ ކަނޑުގައި ފައްތާލެވުނު އިއްތިހާދީންގެ ބައެއް އުޅަނދުފަހަރުގެ ކަނދުފަތިތައް، ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަން ފެށި ހިސާބުންނެވެ. - [ޅެމަކީ ބައެއް ބަލިތަކުގެ ފަރުވާއެއް، މިއީ ޖޯކެއް ނޫން!](https://addana.mv/5621) - އަޅުގަނޑަކީ ޅެންވެރިއެކޭ ބުނެފި ނަމަ މިއަދު އަޅުގަނޑަށް ފުރައްސާރަކޮށް މަލާމާތުގެ ބަސްތައް ރައްދުވުމީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑަކީ ޅެންވެރިއެކެވެ. ޑޮކްޓަރެއް ނޫނެވެ. ބުނަން މި އުޅޭ ވާހަކައަކީ ޅެންވެރިކަމުން ފަރުވާދޭ ވާހަކައެވެ. ތެދެކެވެ. ޅެންވެރިކަމަކީ ނަފުސަށް ލިބޭ ޝިފާއެކެވެ. އެއީ ހިތްހަމަޖެހުމެވެ. މި ކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރުވާއެއްގެ ގޮތުގައި ޒަމާނުއްސުރެ ވެސް ދެމުން އަންނަ ކަމެކެވެ. އެހެންކަމުން މި ލިޔުމުގައި ޅެންވެރިކަމުގެ ފަރުވާ ނުވަތަ ޕޮއެޓްރީ ތެރަޕީއާ ބެހޭ - [ގައުމު ދެކެ ލޯބިވާ ބަޔަކު ބިނާކުރުމަށް، ދިވެހި ތާރީޚު ކިޔަވަދޭން ޖެހެއެވެ.](https://addana.mv/5615) - ލޯތްބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. މީގެ އަސަރުތައް ކުރިލައި ވަރުގަދަ ވަނީ ސަބަބުތަކެއް އޮވެގެންނެވެ. ހިތް އެދޭ ކަންތައްތަކެއް ހުރެގެންނެވެ. މައިވަންތަ ލޯތްބާއި ގައުމީ ލޯތްބާއި ވަޠަނީ ލޯބީގެ ބާރަކީ ވެސް ސަބަބުގެ މައްޗަށް ބަރޯސާވާ ކަމެކެވެ. މިއިން ކޮންމެ ބައެއް ވެސް، ތިމާއަށް މުހިންމުވާ މިންވަރެއްގެ މައްޗަށް ލޯބީގެ ކުލުނާއި ގަދަރު ބޮޑުވެގެން އާދެއެވެ. އެކަމަށްދޭ ސަމާލުކަމާއި އިސްކަން އިތުރުވާނެއެވެ. މި ހުރިހާ ކަމެއް ވެސް ގުޅިލާމެހެނީ ބުނެދިނުމާއި އޮޅުންފިލުވައިދިނުމުގެ މައްޗަށެވެ. ކިޔަވައިދިނުމާއި ދަސްކޮށްދިނުމުގެ މައްޗަށެވެ. - [ދުނިޔޭގައި ހުރި ހިރިގަލުގެ އެންމެ ފުރިހަމަ ބިނާ](https://addana.mv/5612) - މާލޭގެ ޒަމާންވީ މިސްކިތާއި އެ މިސްކިތުގެ ގޯއްޗާއި ގޯތިތެރޭގައިވާ ތަންތަނަކީ ރާއްޖޭގެ ވަރަށް މުހިންމު ތަރިކައެކެވެ. އަދި މި މިސްކިތަކީ މުޅި ދުނިޔޭގައި ވެސް ހުރި، ހިރިގަލުން ބިނާކޮށްފައިވާ އެންމެ ރީތި އެންމެ ބޮޑު ބިނާއެވެ. މި މިސްކިތުން ދައްކުވައިދެނީ ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަމާއި ހިރިގަލު ވަޑާމުގެ ފުރިހަމަކަމެވެ. ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތް ބިނާކުރުމުގެ އާކިޓެކްޗަރއަށް އައިސްފައި އޮތް ނުފޫޒަކީ އިންޑިއާ ކަނޑުގެ ގައުމުތަކުން ދިވެހިރާއްޖެއަށް ފޯރި ނުފޫޒާއި އަސަރުތަކުގެ ނަތީޖާއެވެ. ހަމަ އެހެންމެ، ރާއްޖޭގެ ޒަމާންވީ - [ސެކިޔުލަރިޒަމް (ލާދީނީ ފިކުރު)](https://addana.mv/5609) - ސެކިޔުލަރިޒަމް (ލާދީނީ ފިކުރު) ޔޫރަޕުގެ މުޖުތަމަޢުގައި ފެތުރެމުންދާކަމުގެ ނިޝާންތައް ފެންނަމުންދިޔައީ، ވިހިވަނަ ޤަރުނުގެ މެދަކާ ހިސާބުންނެވެ. ނަވާރަވަނަ ޤަރުނުގެ ފުރަތަމަކޮޅު، ފަރަންސޭސި ފިލޯސަފަރ އަދި ސޯޝިއޮލޮޖިސްޓް [އޮގަސްޓޭ ކޮމްޓެ] "AUGUSTE COMTE" އަށް ސައިންސުގެ އިރު އަރަމުންދާ މަންޒަރާއި ދީނަށް އެކަމުގެ ސަބަބުން ހިޔަނި އެޅެމުންދާ މަންޒަރު ފެނުމާ އެކުގައެވެ. ހުޅަނގުގެ ފަލްސަފާ ކުރިއަރައިގެންދިޔުމުގެ ތެރެއިން، ސެކިޔުލަރ މަންޠިޤުން ނުވަތަ ލޮޖިކުން ވިސްނާ އިރު، ބޯދާ ޚުރާފީ ކަންކަމުން މިންޖުވެ، ތަރައްޤީގެ ޒަމާނަކަށް ހޭލެވި، މުޖުތަމަޢުތައް ތަރައްޤީވަމުން - [މައްކާ ޗާޓަރ](https://addana.mv/5599) - ހަރުކަށިފިކުރާއި ޙައްދުފަހަނަ އަޅައިދިޔުމާއި ޓެރަރިޒަމްގެ ކަންތައްތަކުން މުޅި އިސްލާމީ އުންމަތް ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމުން އެއް ޚިޔާލެއް ގެންގުޅުމަށް ބޭއްވި ބައްދަލުވުމުގައި ފާސްކުރި ޤަރާރު الحمد لله وحده، والصلاة والسلام على نبينا وسيد نا محمد وعلى آله وصحبه، أما بعد: އެއްކައުވަންތަ މާތް ﷲއަށް ޙަމްދު ކުރަމެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އަހަރެމެންގެ ސާހިބާ އަދި ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަށެވެ. މި ޞަލަވާތުގައި - [ޕާލް ހާބަރ 1941](https://addana.mv/5596) - 1941ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހަކީ ދުނިޔޭގެ އަސްކަރީ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. އެ ދުވަހަކީ، ޖަޕާނުން އެމެރިކާގެ ހަވާއީގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒަށް ހަމަލާދިން ދުވަހެވެ. އެއީ މީގެ 83 އަހަރު ކުރިއެވެ. އެމެރިކާގެ ޕާލް ހާބަރގައި ގާއިމުކޮށްފައިވާ ނޭވަލް ބޭސް ފެންނަނީ، އެހެން ދުވަސްތަކެކޭ އެއްފަދައިން އާންމު ދުވަހެއްގެ ގޮތުގައެވެ. އެ މަރުކަޒުގައި ޑިޕްލޯއީކުރެވިފައި ތިބި ކަލާސީނުން، މެސްރޫމްތަކުގައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔަ އިރު، އެއް ބަޔަކު ތިބީ ނިދާފައެވެ. - [ފިނިހަނގުރާމައާއި ސޯވިއެޓުންގެ ނިމުން](https://addana.mv/5585) - ފިނިހަނގުރާމައަކީ، ދެ ސްޕަރޕަވަރުންގެ މެދުގައި ހިނގި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ދުވަސްވަރަށް ނިސްބަތްކުރާ ފިކުރީ، ސިޔާސީ، އަދި އަސްކަރީ ވާދަވެރި ރޭހެކެވެ. މި ހަނގުރާމައަކީ، އެހެނިހެން ހަނގުރާމަތައް ފަދައިން ދެ ސްޕަރޕަވަރުން ސީދާ އަސްކަރީ ކުރިމަތިލުމަކަށް ގޮސްގެން ކުރި ހަނގުރާމައެއް ނޫނެވެ. ފިކުރީ ބައިބައިވުން ފިނިހަނގުރާމައަކީ، ކެޕިޓަލިޒަމާއި، ޑިމޮކްރެޓިކް ފިކުރު އޮތް އެމެރިކާއާއި، ކޮމިއުނިޒަމާއި އޮތޯރިޓޭރިއަން ފިކުރު ގެންގުޅުނު ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގި ދުނިޔޭގެ ކޯޅުންތަކެކެވެ. މި ވާދަވެރިކަމުގައި މުޅި ދުނިޔޭގެ ބާރުތައް ދެ ބްލޮކަކަށް ބެހިގެން - [ސައިބަރ އަދި ޖައްވު: ޒަމާނީ ހަނގުރާމައިގެ އެންމެ ފުރަތަމަ ސަފު](https://addana.mv/5582) - ބަދަލުވަމުންދާ ދުނިޔޭގައި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތައް އިތުރުވަމުން ދާއިރު، ސައިބަރ އަދި ސްޕޭސްއަކީ ސިފައިންގެ ފުރާނަ ސީދާ ނުރައްކަލަށް ހުށަނާޅާ ހަމަނުޖެހުންތަކުގެ ނަތީޖާ ކަނޑައެޅޭނެ މުހިންމު ހަނގުރާމައިގެ ވަސީލަތެއް ގޮތުގައި ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ. އަސްކަރީ އިސްތިރާޖް ކުރިއެރުވުމުގައި، އެއްގަމާއި، ކަނޑު އަދި ވައިގެ ސަރަޙައްދުތައް ހިމެނޭ ޓްރައި-ސަރވިސަސް އޮނިގަނޑުގެ ތެރެއަށް، ސައިބަރ އަދި ޖައްވު ހިމެނޭގޮތަށް ފުޅާވެގެން ހިނގައްޖެއެވެ. މި ޑޮމެއިންތަކަކީ ޒަމާނީ ހަނގުރާމައިގެ އެންމެ މަތީ ދަރަޖަ ރަމްޒުކޮށްދޭ ޑޮމެއިންތަކެކެވެ. މި ބަދަލުގެ ސަބަބުން އިންފޮމޭޝަން - [ޢުޘްމާނީ ޚިލާފަތު](https://addana.mv/5579) - އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު، އެންމެ ދިގު އަދި އެންމެ ފަހުގެ އިސްލާމީ ޚިލާފަތަކީ ޢުޘްމާނީ ޚިލާފަތު (އޮޓަމަން އެމްޕަޔަރ)އެވެ. އިސްލާމީ ޚިލާފަތަކީ ޚަލީފާއެއް ނުވަތަ އަމީރުލްމުއުމިނީނެއްގެ ދަށުގައި (އެއް ވެރިޔެއްގެ ވެރިކަމުގެ ދަށުގައި) މުޅި އިސްލާމީ އުންމަތުގެ ޤިޔާދަތު އޮތް ނިޒާމެވެ. އެކި ދުވަސްވަރު އެކި ނަންނަމުގައި އެކި ސަރަޙައްދުތަކުގައި އޮތް އިސްލާމީ ޚިލާފަތުތަކުގެ ތެރެއިން ޢުޘްމާނީ ޚިލާފާތަކީ މިހާރުގެ ތުރުކީގައި އެ ޚިލާފަތުގެ ބިންގާ އެޅުނު ތާރީޚަށް ބަލާ އިރު ހަ ގަރުނަށް - [އާއިލީ ގުޅުމާއި ވަޒީފާގެ މަސްއޫލިއްޔަތު](https://addana.mv/5576) - ދިރިއުޅުމުގައި އެކި މީހުންނަން މުހިންމުވާ ކަންކަން ވަރަށް ތަފާތެވެ. އެއް ބަޔަކަށް އާއިލާ މުހިންމު ވާއިރު، އަނެއް ބަޔަކަށް މުހިންމު ވަނީ އެބައިމީހުންގެ ވަޒީފާއެވެ. ނަމަވެސް މި ދެ ކަމަކީ ތިމާ އުފުލަންޖެހޭ ޒިންމާއެއް ކަމުގައި ވިޔަސް އިސްކަންދޭ ތަރުތީބު ތަފާތުވާން ޖެހޭނެ ދެ ކަމެވެ. އާއިލާއަކީ ތިމާގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހިތްހަމަޖެހުމެވެ. ލޭގެ ގުޅުންތަކަކީ ދުވަހަކު ވެސް ކެނޑޭނެ ގުޅުމެއް ނޫނެވެ. ނަމަވެސް ވަޒީފާގެ ޒިންމާއަކީ އެ ކަމުގައި ދެމިހުރި ނަމަ އުފުލަންޖެހޭނެ މަސްއޫލިއްޔަތެކެވެ. - [ނިސްބަތްވުން](https://addana.mv/5573) - އިންސާނުންގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަމަކީ ނިސްބަތްވުމެވެ. އަޅުގަނޑުމެން އުފަންވާ ހިސާބުން ފެށިގެން ވަކި ގައުމަކަށް، ރަށަކަށް، އަދި އާއިލާއަކަށް ނިސްބަތްވެއެވެ. މި ނިސްބަތްވުމަކީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، ކާކުކަން އަންގައިދޭ މުހިންމު ބައެކެވެ. ނަމަވެސް، މި ނިސްބަތްވުން އެކި މީހުންނަށް އެކި ގޮތްގޮތަށް މާނަކުރެވެއެވެ. ގައުމަކަށް ނިސްބަތްވުމަކީ އެ ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ދެކި، އެ ގައުމެއްގެ ސަގާފަތާއި އާދަކާދަތަކަށް ލޯބިކުރުމެވެ. މިއީ ގައުމީ ރޫހު އާލާކޮށް، ގައުމަށް ޓަކައި ޤުރުބާންވުމުގެ ރޫހު އުފެއްދުމަށް ވަރަށް - [ނަފުސާނީ ދުޅަހެޔޮކަމަށް ކަސްރަތުގެ މުހިންމުކަން](https://addana.mv/5570) - އިންސާނާގެ ދިރިއުޅުމުގައި ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަކީ، ނަފުސާނީ ގޮތުން ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްޞަކޮށް މިކަމުގެ މުހިންމުކަން ސިފައިންނަށް ބޮޑެވެ. ކަސްރަތުކުރުމަކީ ހަށިގަނޑަށް ލިބޭ ފައިދާތަކުގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ފުން އަސަރުތަކެއް ކުރާ ކަމެކެވެ. މި ލިޔުމުގައި ކަސްރަތުކުރުމުން ހަށިގަނޑުގެ އެތެރޭގައި ހިނގާ އަހަރުމެންނަށް އެނގުން ވަރަށް މުހިންމު ބައެއް ކަންކަމާ ބެހޭގޮތުން އަލިއަޅުވާލާނަމެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުން އެންޑޯފިންއޭ ކިޔާ ވަރަށް މުހިންމު މާއްދާއެއް ބޭރުވެއެވެ. - [ހަނދާނާއި ތާރީޚުގެ ތެރެއިން… ބަޑިބޭހުގެ ކުޅިވަރު](https://addana.mv/5563) - ސިފައިން އުފެދުނު އިރުވެސް ދިވެހިންގެ ތެރޭގައި ބަޑިބޭސް އުފައްދައި ކުޅިވަރަށް ބަޑިބޭސް ބޭނުން ކުރަމުން އައިސްފައިވެއެވެ. ނޫރައްދީން ބަންޑާރައިން ސިފައިން އުފައްދަވައި، 1892 އެޕްރީލު 21ވަނަ ދުވަހުގެރޭ ހެންވޭރު ބޮޑުހިއްޗަށް ވަޑައިގެންނެވި އިރު ރަދުންގެ އަރިހުގައި ސިފައިން ހިނގަމުންދަނިކޮށް، ނޫމަރާގަނޑުވަރު މަލިން މަނިއްޕުޅު ބަޑިބޭހުން ތައްޔާރުކޮށްފައިވާ އަތުއޮނުގަނޑެއް (އަލިހޮޅިއެއް) ރޯކޮށް، ސިފައިންގެ ބޮލާ ދިމާވާގޮތަށް ހިންގައި ސިފައިންގެ ބޮލަށް އަލިފާން ކަނި ބުރުވިއެވެ. ބަޑިބޭހުގައި ރޯކުރުމުން މާތަކެއް ފޮޅިގެންދާ ގޮތަށް ކުޅޭ މި ކުޅިވަރު އެ ޒަމާނުގައި - [ފިޒިއޮތެރަޕީ (ކަސްރަތުފަރުވާ)](https://addana.mv/5566) - ފިޒިއޮތެރަޕީ ނުވަތަ ފިޒިކަލް ތެރަޕީ (ކަސްރަތުފަރުވާ) އަކީ، އަނިޔާއެއް، ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އަސަރުކޮށްފައިވާ މީހުންގެ ހަރަކާތްތެރިކަމާއި ނުކުޅެދުންތެރިކަން އަލުން އަނބުރާ އިޔާދަކުރުމަށް އަމާޒުކޮށްގެން ފަރުވާ ދެވޭ ޞިއްޙީ ދާއިރާގެ ފަންނެކެވެ. ކަސްރަތުފަރުވާ ތެރޭގައި ކަސްރަތުކުރުމާއި، މެނުއަލްތެރަޕީ (އަތުފަރުވާ)އާއި، އިލެކްޓްރޯތެރަޕީ (ކަރަންޓްފަރުވާ) އާއި ހައިޑްރޮތެރަޕީ (ފެންފަރުވާ) އާއި ގުދުރަތީ ގޮތްތަކާއި، ސައިންޓިފިކް ހޯދުންތަކަށް ބިނާވެގެން ތަރައްޤީކޮށްފައިވާ އުސޫލުތައް ބޭނުންކުރެވެއެވެ. ކަސްރަތުފަރުވާގެ މައިގަނޑު މަގުސަދަކީ، ބަލިމީހުންގެ ހަރަކާތްތެރިކަމާއި ހެލިފެލިވެއުޅުމުގައި ދިމާވާ އުނދަގޫތަކާއި ދަތިތަކާއި ވޭންތަކާއި ރިހުންތައް ކުޑަކުރުމާއި، - [ދިފާޢީ އައްޑަނަ](https://addana.mv/2843) - ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމިއޮތީ ދިވެހީންގެ ލެއިން އަގުއަދާކުރީތީއެވެ. ޤައުމީ ލޯތްބާއި ހުއްބުލްވަޠަންގެ ރޫޙު ދިވެހީންގެ ތެރޭގައި ދެމި އޮތީތީއެވެ. ދިވެހީންގެ ދިވެހިވަންތަކަމަށް ދިވެހީން ލޯބިކުރީތީއެވެ. ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް އިޙުތިރާމުކުރީތީއެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހިތާރީޚާއި ދިވެހީންގެ ޘަޤާފަތާއި ދިވެހީންގެ އާދަކާދައަށް ދޭންވާ އަހުމިއްޔަތުކަން ދިނީތީއެވެ. ދިވެހީންގެ މިނިވަންކަމުގެ ދިގު ތާރީޚުން ހެކި ދެނީ މި ޤައުމުދެކެ ދިވެހި ކާބަފައިން ވެފައިވަނީ ވަރަށް މަތިވެރި ލޯތްބެއްކަމެވެ. ދިވެހިރާއްޖެއަށް ކުރިމަތިވި ކޮންމެ ނުރައްކަލަކާއި ޢުދުވާނަކާ ދެކޮޅަށް - [ބޭދާޅި (މިހާރުގެ ބޭޕޫރު)](https://addana.mv/5539) - ބޮޑުތަކުރުފާނު ކިޔަވާ ވިދާޅުވަން ވަޑައިގެންނެވި ބޭދާޅިއަކީ އިންޑިއާގެ މިހާރުގެ ކެރެލާ ސްޓޭޓުގެ ބަނދަރުމަތީ ރަށެއްކަމުގައިވާ ބޭޕޫރު (Beypore) އެވެ. މިއީ އިންޑިއާގެ ކޭރަލާ ސްޓޭޓުގެ ކޮޒިކޯޑް ޑިސްޓްރިކްޓުގައި ހިމެނޭ ޒަމާންވީ ބަނދަރުމަތީ ރަށެކެވެ. މި ރަށް އޮންނަނީ ޗަލިޔަރު ކޯރުގެ އަރަބި ކަނޑާ ގުޅޭ ސަރަޙައްދުގައެވެ. ޗަލިޔަރު ކޯރުގެ އަނެއް ފަރާތުގައި އޮންނަނީ ޗަލިޔަމް އެވެ. ބޭޕޫރު އޮންނަނީ ކޮޒިކޯޑް ސިޓީން 10 ކިލޯމީޓަރު (6.2 މޭލު) ދުރުގައެވެ. މި ރަށަށް ކުރީގައި ވައިޕޫރާ ނުވަތަ ވަޑަޕަރަޕަނާޑު - [ކަންނަންނޫރު](https://addana.mv/5536) - އިންޑިއާގެ ކެރެލާ ސްޓޭޓުގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ކަންނަންނޫރަކީ ދިވެހި ތާރީޚާ ގުޅިފައިވާ ރަށެކެވެ. އިނގިރޭސިބަހުން ކިޔާ ކެނަނޯރު (Cannanore)އަށް މަލަޔާޅަމު ބަހުން އެތަނުގެ އަހުލުވެރިން ކިޔަނީ ކަންނޫރު (Kannurއެވެ. ކަންނަންނޫރު އޮންނަނީ މުހިންމު ވިޔަފާރީގެ މަރުކަޒެއް ކަމުގައިވާ ކޮޗިންގެ 274 ކިލޯމީޓަރު (170 މޭލު) އުތުރުގައެވެ. އަދި މަންގަލޯރުން 137 ކިލޯމީޓަރު (85 މޭލު) ދެކުނުގައެވެ. ކަންނަންނޫރަކީ ކެރަލާގެ ފަސްވަނައަށް އެންމެ ބޮޑު ސިޓީއެވެ. ތާރީޚީ ގޮތުން ބަލާ އިރު ކަންނަންނޫރަކީ މަލަބާރު ކަރައިގެ ވަރަށް - [ޢަބުދުލްޙަކީމް ޙުސައިން މަނިކު](https://addana.mv/4095) - ޢަބުދުލްޙަކީމް ޙުސައިން މަނިކަކީ ވިޔަފާރިވެރިއެކެވެ. ވާހަކަދެއްކުން ތެރިއެކެވެ. ދޫހިނގާ މުޤައްރިރެކެވެ. ލިޔުއްވުން ތެރިއެކެވެ. މުވައްރިޚެކެވެ. އެޑިޓަރެކެވެ. މަސްއޫލުވެރިއެކެވެ. އުސްތާޛެކެވެ. މުދައްރިސެކެވެ. އޭނާގެ ގަލަންކޮޅު ނުހިނގަނީ ވަކިމިވެނި ރޮގެއްގައޭ ދެންނެވޭކަށް ނެތެވެ. ޢަބުދުލްހަކީމް ޙުސައިން މަނިކު ރައްޔިތުންގެ މަޖުލިސްގެ މެންބަރުކަމުގެ އިތުރުން އެހެނިހެން ބައެއް ކޮމެޓީތަކުގެ މެންބަރުކަން ކުރެއްވިއެވެ. ޢަބުދުލްޙަކީމު ޙުސައިން މަނިކު ރާއްޖޭގެ ގަދީމީ ތާރީޚު ދެނެލައްވައެވެ. ރަސްކަންކުރެއްވި ރަސް ބޭބޭފުޅުންނާއި އެ ބޭބޭފުޅުންގެ ދަރިކޮޅުތައް ދެނެލައްވައެވެ. ޢަބުދުލްހަކީމް ޙުސައިން މަނިކަކީ އޭނާގެ ލިޔުއްވުންތަކުގައި ވަރަށް ސާބިތުވެ - [ޚާލިދު ބިން އަލް ވަލީދު ތުއްޕުޅު ޙަޔާތް](https://addana.mv/4377) - ޚާލިދުގެފާނު އަދި ދިގު ފިރިހެންކުއްޖާ އެކަކު އަނެކަކާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އެއަށްފަހު މަޑުމަޑުން ދެމީހުން ވައްބުރެއްވާގޮތަށް އެނބުރެންފެށިއެވެ. އެކަކު އަނެކަކަށް ސަމާލުކަމާއެކު ބަލަހައްޓައިގެން ތިބެއެވެ. ދެކުދިންވެސް ތިބީ ޙަމަލާދޭނެ ވަގުތަކަށް ބަލަބަލައެވެ. އަދި އަނެކާ ބޭނުންކޮށްފާނެ އުކުޅަކަށް ހުޝިޔާރުވެގެންނެވެ. އެއްވެސް ބޭކަލެއްގެ ހިތުގައި ހަތުރުވެރިކަމެއް ނުވެއެވެ. ނަމަވެސް، ކޮންމެ ބޭކަލެއްވެސް އެދިއެދި ހުންނެވީ މި ރެސްލިން މެޗުން މޮޅުވުމަށެވެ. ޚާލިދުގެފާނު ހުންނެވީ އިތުރަށް ހުޝިޔާރުވެގެންނެވެ. ސަބަބަކީ، އިދިކޮޅު ބައިވެރިޔާއަކީ ވާތަށް ގަދަ ބޭކަލަކަށްވާތީ، އެކަމުގެ ސަބަބުން - [މިނިވަން ވަޠަން  ](https://addana.mv/4253) - ދިވެހިރާއްޖެއަކީ ދިވެހިންގެ ވަޠަނެވެ. ދިވެހިންގެ ރާއްޖެއެވެ. ދިވެހިންގެ ވަޠަނަށް ދިވެހިރާއްޖެ ވަނީ އެ ބިމަށް ދިވެހިން އުފަންވީމައެވެ. ދިވެހިން އެތަނަކަށް ވިހާ ބޮޑުވީމައެވެ. ދިވެހިން ދިރިއުޅޭ ޤައުމަށް ވީތީއެވެ. ޖުމުލަގޮތެއްގައި މިހެން މާނަ ކުރެވުނަސް ދިވެއްސަކު ބޭރު ޤައުމެއްގައި އުފަންވެފައި ހުރެދާނެއެވެ. ވިހާ ބޮޑުވެފައި ވެސް ހުރެދާނެއެވެ. ދިވެއްސަކު ބޭރު ޤައުމެއްގައި ދިރިއުޅެމުން ވެސް ހިނގައިދާނެއެވެ. އެކަމަކު މި ޤައުމަށް ނިސްބަތްވާ ކޮންމެ ރައްޔިތެއްގެ ޙަޤީޤީ ވަޠަނަކީ ދިވެހިރާއްޖެއެވެ. މިއީ ދިވެހިންގެ ޤައުމެވެ. މިއީ އަޅުގަނޑުމެން ދިވެހިންގެ - [ވިއެޓްނާމް ހަނގުރާމަ: ކުޑަ ޤައުމަކާ ދެކޮޅަށް އެމެރިކާއިން ކުރި ނާކާމިޔާބު ހަނގުރާމަ!](https://addana.mv/4016) - މި ހަނގުރާމައިގެ ގެއްލުން ބޮޑުވެގެން ދިޔައީ، އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަދެ، ދެކުނުގެ ސިފައިންނަށް އެއްބާރުން ދޭން ފެށި ހިސާބުންނެވެ. އުތުރު ވިއެޓްނާމުން މި ހަނގުރާމަ ސިފަކުރީ، އަޅުވެތިކަމާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއްގެ ގޮތުގައެވެ. އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް ވަތް މައިގަނޑު ސަބަބަކީ، ވިއެޓްނާމް ހިމެނޭ ސައުތު އީސްޓް އޭޝިއާއަށް ކޮމިޔުނިޒަމް ފެތުރިދާނެކަމުގެ ބިރު ހީވެފައި އޮތުމެވެ. މި ހަނގުރާމައިގެ މިސްރާބު ބަދަލުވެގެންދިޔަ މައިގަނޑު އަނެއް ސަބަބަކީ، އެމެރިކާއާއި އޭރުގެ ސޯވިއެޓް ޔޫނިއަންއާ ދެމެދު ކުރިއަށްދިޔަ - [އީރާނާއި އިރާގު ހަނގުރާމަ](https://addana.mv/5287) - މެދުއިރުމަތީގައި 20ވަނަ ގަރުނުގެ ފަހުކޮޅު ހިނގި އެންމެ ބޮޑު ހަނގުރާމައަކީ މުސްލިމު ދެ ޤައުމުކަމުގައިވާ އީރާނާއި އިރާގާ ދެމެދުގައި ހިނގި ހަނގުރާމަ (1980-1988) އެވެ. އަށް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް މި ހަނގުރާމަ ދިގުލައިގެން ދިޔައެވެ. މި ހަނގުރާމައިގެ ސަބަބުން އީރާނަށާއި އިރާގަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މި ހަނގުރާމައިގެ އަސަރު މުޅި ސަރަހައްދަށް ފޯރިއެވެ. އީރާނާއި އިރާގުގެ ހަނގުރާމަ ފެށުނީ އީރާނުގައި ހުޅަނގަށް ބަރޯސާވެފައި އޮތް ޒަމާންވީ ރަސްކަން 1979ވަނަ އަހަރު - [އީދުހުޅާއި ދިވެހީންގެ ސަގާފަތް](https://addana.mv/5233) - އީދުހުޅު ނުވަތަ އީދުމަޅިއަކީ ދިވެހީންގެ އާދަކާދައާ ގުޅިފައިވާ އަދި ޒަމާނާ އެއްގޮތަށް މިއަދު ބަދަލުވެފައިވާ ދިވެހި ސަގާފަތެކެވެ. އީދުހުޅަކީ އިހުޒަމާނުގައި ހަނދުފެނުމުން ކައިރި ރަށްރަށަށް އެކަން އަންގަން އަތިރިމަތީގައި އަންދާ އުޅުނު އަލިފާނެކެވެ. ނުވަތަ ޖަހާއުޅުނު ހުޅެކެވެ. މީގެއިތުރުން އީދުވިލޭރޭ ފަތިހު އީދުނަމާދަށް ފެންވަރާއިރު އަލިކުރުމަށާއި އީދުގެ އުފަލުގައި އީދުވިލޭރޭ އަންދާއުޅުނު އަލިފާނަށް ވެސް އީދުހުޅުކިޔައެވެ. ތާރީޚީ ގޮތުން ބަލާއިރު، އީދުހުޅު ރޯކުރުމުގެ މައިގަނޑު ބޭނުމަކީ އީދަށް ހަނދު ފެނިއްޖެކަން އެއް ރަށުން އަނެއް ރަށަށް އަންގައިދިނުމެވެ. - [ދޮށިމޭނާކަމާއި ދޮށިމޭނާ ބިލްޑިންގ](https://addana.mv/5481) - ދޮށިމޭނާކަމަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގައި ކޮލިލެވޭ ދަރަޖައެކެވެ. މިއީ އިހުގައި ހަވަރު ބެހިފައިވާ ބައިތަކުގެ ތެރެއިން ދޮށިމޭނާވަރުގެ ވެރިކަމަށް އިސްކުރައްވާފައިވާ ބޭކަލެއްގެ ދަރަޖައެވެ. ދޮށިމޭނާކަން ހިމެނެނީ ފަންސަފުރަދާނަ ނުވަތަ އިހުގައި ރަސްކަމުގެ ކަންތައް ހިންގަވަން ތިއްބަވާ ފަސް ވަޒީރުގެ ތެރޭގައެވެ. ވަޒީރުކަމަށް ކޮލިލާފައި ތިއްބަވާ ބޮޑުބޭކަލުންގެ ތެރެއިން ބޮޑުމުސްކުޅި ޢިއްޒަތުގެ ދަރަޖައެއްގެ ގޮތުގައި ވެސް ދޮށިމޭނާކަން އޮވެއެވެ. ދޮށިމޭނާ ކިލެގެ ކަމަކީ ހަތްދޮށުކޮލީގެ ނަމެކެވެ. އެއީ ފަންސަފުރަދާނަކަން ނުވަތަ ބޮޑުފުރަދާނަކަން ދެއްވާފައިވާ ކިލެގެބޭކަލެކެވެ. ރަސްކަމުގެ ޒަމާނުގައި ދޮށިމޭނާކިލެގެ - [އަޚުލާޤީ ވާޖިބުތަކުގެ ތެރެއިން ތެދުވެރިކަން](https://addana.mv/5492) - ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތަކުގެ އަލީގައި ސިފައިންގެ ޢަމަލުތައް ބައްޓަންކުރެވޭ އަޚުލާޤީ ވާޖިބުތަކެއް ނުވަތަ އެތިކަލް އޮބްލިގޭޝަންތަކުގެ ގޮތުގައި 7 ކަމެއް ކަނޑައެޅި ޢަމަލުކުރެވެމުންދެއެވެ. މި 7 އަޚްލާޤީ ވާޖިބުގެ ތެރެއިން މި ލިޔުމުގައި އަލިއަޅުވައިލަން ގަސްތުކުރަނީ ތެދުވެރިކަމުގެ މައްޗަށެވެ. ތެދުވެރިކަމަކީ އިންސާނީވަންތަ ސިފަތަކުގެ ތެރެއިން މުހިންމު ސިފައެކެވެ. ހުރިހައި ޒަމާނެއްގައި ވެސް ރިވެތި ސިފައެއްގެ ގޮތުގައި ޤަބޫލުކުރާ ސިފައެކެވެ. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އެ ކަމަކަށް ނުހަނު ބޮޑަށް ބާރު އަޅާފައިވާ - [އަޚުލާޤީ ވާޖިބުތަކުގެ ތެރެއިން ތަޤުވާވެރިކަން](https://addana.mv/5533) - ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތަކުގެ އަލީގައި ސިފައިންގެ ޢަމަލުތައް ބައްޓަންކުރެވޭ އަޚުލާޤީ ވާޖިބުގެ ތެރެއިން މި ލިޔުމުގައި އަލިއަޅުވައިލަން ގަސްތުކުރަނީ ތަޤުވާވެރިކަމުގެ މައްޗަށެވެ. "ތަޤުވާވެރިކަމަކީ ސިއްރުގައްޔާއި ފާޅުގައި ގަދަ ކީރިތިވަންތަ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތަކުން ދުރުވެގަތުމެވެ." (ޖަމީލު، 1939). ތަޤުވާވެރިކަމަކީ އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ އެންމެހައި އަޅުކަންތައް އޭގެ މަތީގައި ބިނާކުރަންޖެހޭ އެންމެ މުހިންމު ކަންތަކެވެ. އަދި އިންސާނާގެ މުޅި ދިރިއުޅުން އޭގެ މަތީގައި ބިނާކުރަންޖެހޭ އެއްޗަކީ ތަޤުވާވެރިކަމެވެ. އެހެނީ، - [ކުރިން އޮތް އަސްކަރީ ނިޒާމު](https://addana.mv/5527) - ދިވެހި ދައުލަތަށް ވީހާ ދުވަހެއް ދިވެހި އަސްކަރިއްޔާއަށް ވެދާނެއެވެ. އެއް އަސާސްތަކެއް ޤަބޫލުކޮށް އަޅުގަނޑުމެންނަކީ ދިވެހީންކަމުގައި ބުނާ ހިސާބުން ދިވެހި ޤައުމު ވާނީ އުފެދިފައެވެ. މި ޤައުމުގެ ސަރަޙައްދަކީ ދިވެހީން ކަނޑައަޅައި ހިމާޔަތްކުރަމުން އައިސްފައިވާ ދިވެހީންގެ ރާއްޖެއެވެ. މި ޤައުމާއި މި ރާއްޖެގެ ހުރިހާ އިންތިޒާމުތަކެއް ބަލަހައްޓައި ހިންގަނީ ދިވެހީން އެކުލަވާލާ ދިވެހި ދައުލަތުންނެވެ. ދިވެހި ޤައުމާއި ދިވެހީންގެ ރާއްޖެއާއި ދިވެހީންގެ ދައުލަތް ދިފާޢުކުރުމަށް އުފައްދާ ދިވެހީންގެ ލަޝްކަރަކީ އޭރެއްގައި އޮންނަ ދިވެހި އަސްކަރިއްޔާއެވެ. އެހެންކަމުން ދިވެހި - [ޢަލީ ތަކުރުފާނުގެ ދުޢާފުޅު](https://addana.mv/5523) - ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތިކުރީ ހިޖުރައިން 01 ޝަޢުބާން 965 (މީލާދީން 19 މޭ 1558) ގައެވެ. އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުން ނުވަތަ ދިވެހީންގެ ތެރޭގައި މަޝްހޫރު "އަލިރަސްގެފާނު" ޝަހީދުކުރުމަށްފަހުގައެވެ. ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ 1 ރަބީޢުލްއައްވަލް 981 (މީލާދީން 2 ޖުލައި 1573) ގައި އުތީމު މުޙައްމަދު ތަކުރުފާނު ނުވަތަ ބޮޑުތަކުރުފާނެއެވެ. އެއީ ފަހުން އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ - [ހިރޯޝިމާ އަދި ނަގަސާކީއަށް އެޓޮމިކް ބޮން ވައްޓާލިތާ 80 އަހަރު: ދުނިޔެއަށް ކުރި އަސަރުތައް](https://addana.mv/5513) - އެއީ، 1945ވަނަ އަހަރުގެ އޮގަސްޓު މަހެވެ. މީގެ 80 އަހަރު ކުރިއެވެ. އެމެރިކާއިން، 1945ވަނަ އަހަރުގެ އޮގަސްޓު 6ވަނަ ދުވަހު ޖަޕާނުގެ ހިރޯޝިމާއަށް އަދި އޭގެ ދެ ދުވަސްފަހުން، އާދެ 1945ވަނަ އަހަރުގެ އޮގަސްޓު 9ވަނަ ދުވަހު ނަގަސާކީއަށް އެޓޮމިކް ބޮން ވައްޓާލިއެވެ. މިއީ ހަނގުރާމައެއްގައި ފުރަތަމަ ފަހަރަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވުނު ފަހަރެވެ. އަދި، މިހާތަނަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވުނު ހަމައެކަނި ފަހަރު ވެސް މެއެވެ. މި ހަމަލާތަކުގެ ސަބަބުން ދެވަނަ ބޮޑުހަނގުރާމައިގައި އޭޝިއާގެ ބާރުގެ - [ޙުސައިން ޚަޠީބު ތަކުރުފާނުގެ ވަސިއްޔަތް](https://addana.mv/5516) - އުތީމު ޙުސައިން ޚަޠީބުތަކުރުފާނަކީ އުތީމު މަހާރަދުން، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ބައްޕާފުޅެވެ. އުތީމު ޙުސައިން ޚަޠީބުތަކުރުފާނުގެ ބައްޕާފުޅަކީ ކަޅު ޙަސަން ކަލޭގެ ގެ ދަރިކަލުން ކަޅު ޢަލީ ޚަޠީބުތަކުރުފާނެވެ. މަންމާފުޅަކީ މާޅޮސްމަޑުލު ދެކުނުބުރީ ހޮރުނބަދޫ ބޭކަނބަލެކެވެ. ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިއްބެވީ ދެ ބަނޑަކަށް ލިބިވަޑައިގެންފައިވާ ހަތަރު ބޭފުޅުންނެވެ. އެއީ ޝަހީދު ޢަލީތަކުރުފާނާއި ފާތުމާފާނާއި މުޙައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) އާއި ޙަސަން ތަކުރުފާނެވެ. ޙުސައިން ޚަޠީބުތަކުރުފާނުގެ ވަޞިއްޔަތަކީ އެ ތަކުރުފާނުގެ ހަތަރު ބޭފުޅުންނަށް - [މިނިވަން ފަސްދޮޅަސް](https://addana.mv/5505) - ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16ވަނަ ދުވަހު، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)ގެ ރަސްކަމުގައެވެ. މި ރަދުން މަޝްހޫރުވެފައިވަނީ "ކުޑަބަންޑާރައިން"ގެ ނަންފުޅުންނެވެ. ދެ ދައުލަތުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީފުޅުތަކެއްގެ ޒަރީޢާއިން މި އެއްބަސްވުމުން ޤާއިމުވެގެންދިޔަ އިރު އިނގިރޭސި ދައުލަތުން ފޮނުވި ސިޓީފުޅުގައި ސޮއިކުރައްވާފައި ވަނީ ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު އާތާ ހެމިލްޓަން ގޯޑުންނެވެ. އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދުގައި 1948ވަނަ އަހަރުގެ އެޕްރީލް މަހުގެ 24ވަނަ ދުވަހު - [ތައިލެންޑް-ކެމްބޯޑިއާގެ ޒަމާންވީ ހަމަނުޖެހުމާއި ފަހުގެ ކޯޅުމަށް ނަޒަރެއް](https://addana.mv/5495) - ތައިލެންޑާއި ކެމްބޯޑިއާ ބޯޑަރުގެ މައްސަލައަކީ ޒަމާންތަކެއް ވެފައިވާ ސަރަހައްދީ މައްސަލައެކެވެ. އެ މައްސަލައިގެ މައިގަނޑު އަސްލަކީ، 817 ކިލޯމީޓަރު ހިމެނޭ، ދެ ގައުމުން ހިއްސާކުރާ ބޯޑަރު ސަރަހައްދާއި، ޚާއްސަކޮށް ގަދީމީ ޚުމޭރު މީހުން ބިނާކުރި ފައްޅިތައް ކަމުގައިވާ "ޕްރޭއާ ވިހެއާ"އާއި "ޕްރަސަތު ޓާ މޮއާން ތޯމް" ނަމުން މުޚާޠަބުކުރާ ފައްޅިތަކުގެ ވަށައިގެންވާ ސަރަހައްދުތަކަށް މި ދެ ގައުމުން ކުރާ ދައުވާތަކެވެ. މި ކޯޅުންތައް ފެށިގެން އައީ، 1904ވަނަ އަހަރާއި، 1907ވަނަ އަހަރު ކަނޑައެޅި "ފްރޭންކޯ-ސިއާމީ" މުއާހަދާތަކުގައި، ސިއާމް - [ވޮރަންޓް އޮފިސަރ 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލްގެ އަސްކަރީ ޚިދުމަތް](https://addana.mv/5489) - ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) އިބްރާހީމް ޒަމީލަކީ 2000ވަނަ އަހަރުގެ މޭ 28ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގައި ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާސްތެރިކަމާ އެކު 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭކަލެކެވެ. ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ އެ ދާއިރާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. އަދި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާ ގާތް އެކުވެރި ގުޅުމެއް ބާއްވާ - [ކާނަލް (ރިޓަޔަރޑް) ސަޢުދުﷲ ވަޙީދުގެ އަސްކަރީ ޚިދުމަތް](https://addana.mv/5486) - ކާނަލް (ރިޓަޔަރޑް) ސަޢުދުﷲ ވަޙީދަކީ 1995ވަނަ އަހަރުގެ އެޕްރީލު މަހުގެ 3ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގައި ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާސްތެރިކަމާ އެކު 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭކަލެކެވެ. އަސްކަރީ ހަޔާތުގައި ހޭދަކުރި މުއްދަތުގައި، ކާނަލް (ރިޓަޔަރޑް) ސަޢުދުﷲ ވަޙީދު ވަނީ ގިނަ ތަމްރީންތަކެއް ފުރިހަމަކުރައްވާފައެވެ.އެގޮތުން، ވޮރަންޓް އޮފިސަރ ޑްރިލް ކޯހާއި، ސީނިއަރ އިންސްޓްރަކްޓަރ ކޯހާއި، ބޭސް ކޮމާންޑަރ ބޭސިކް ކޯހާއި، އިންޖިނިއަރ އޮފިސަރސް ރެފްރިޖެރޭޝަން އަނެޑް އެއަރކޮންޑިޝަނިންގ ކޯހާއި، - [ދުރޫޒުން ނުވަތަ އަލް މުވައްހިދޫން](https://addana.mv/5476) - ދުރޫޒުން ނުވަތަ އަލް މުވައްހިދޫންނަކީ މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީން ގަބޫލުކުރާ ފިކުރުތައް މަސްހުނިކޮށްގެން އުފައްދާފައިވާ ބާޠިލު ދީނެވެ. މި ދީނަށް ހިންދޫ ދީނުގެ އަސަރުތައް ވެސް ވައްދާފައިވެއެވެ. އިސްލާމްދީނުގެ ޝިޔައީންގެ އިސްމާޢީލީ މަޒުހަބުން ވަކިވެގަނެގެން އުފެއްދި މި ދީނަށް އުޅޭ މީހުންގެ އާބާދީގައި ދެ މިލިއަނެއްހާ މީހުން ދުނިޔޭގައި އުޅެއެވެ. ދުރޫޒުން އެންމެ ގިނައީ ސީރިއާއާއި ލުބްނާނާއި އުރުދުންއާއި އިޒްރޭލުގައެވެ. ދުރޫޒުންނަށް އެންމެ ބޮޑަށް އެހީތެރިވަނީ އިޒުރޭލުންނެވެ. ފަލަސްތީނުގެ ބިމުގައި 1948ވަނަ އަހަރު އިޒުރޭލުގެ ދައުލަތް ޤާއިމުކޮށް - [ހަނދާނާއި ތާރީޚްގެ ތެރެއިން: ހުޅުލޭ އެއަރޕޯޓް ހެދުން](https://addana.mv/5442) - ހުޅުލޭގައި އެއަރޕޯޓެއް އެންމެ ފުރަތަމަ ހެދީ، ދިވެހި ދައުލަތުގެ ހުއްދައާ އެކު، އިނގިރޭސީންނެވެ. އިނގިރޭސިވިލާތުގެ ޓީމަކުން ހުޅުލެ ސަރވޭކޮށް ހުޅުލޭގައި އެއަރޕޯޓެއް ހެދުމުގެ މަސައްކަތް ފެށީ 1960 އެޕްރީލު 4ވަނަ ދުވަހުއެވެ. އެއަރޕޯޓުގެ ރަންވޭ ހެދުމަށް ބޭނުންވާ ސަރަހައްދުގައި ހުރި ރުއްގަސް ކަނޑައި، ބިން އެއްވަރުކޮށް، ބިން ހަރުކުރުމަށްފަހު، ލޯވަޅުތަކެއް އަޅާފައިހުރި ދަގަނޑު ފިލާތަކެއް ރަންވޭމަތީގައި އަތުރައިގެން، އިނގިރޭސިން ހެދީ ދިގުމިނުގައި 3000 ފޫޓް، ފުޅާމިނުގައި 75 ފޫޓް ހުންނަ ވަރުގެ އެއަރސްޓްރިޕެކެވެ. މިތަން ބޭނުންކުރަން ފެށީ - [ނޮވެންބަރު ތިނެއްގެ ސިފައިންގެ އެތެރޭގެ ކޮމާންޑަރ](https://addana.mv/5463) - 1988 ނޮވެމްބަރ ދެވަނަ ދުވަހާއި އެރޭގެ ގިނަ ވަގުތުތަކެއްގައި ވަރަށް ބުރަކޮށް އުޅުއްވުމުގެ ސަބަބުން ވެފައިވާ ވަރުބަލިކަމާއެކު އަރާމު ފުންނިންޖަކަށް ހަށިގަނޑުވަނީ ބޭނުންވެފައެވެ. "ތެދުވޭ ! ތެދުވޭ! އަވަހަށް ތެދުވޭ!" އެއީ ކެޕްޓަން ހުޅުލޭ މޫސަގެ ވަރުގަދަ އަޑެވެ. އޭރު 1988 ނޮވެމްބަރު ތިނެއްގެ ބިރުވެރި ޢުދުވާނީ ޙަމަލާވަނީ ފެށިފަ އެވެ. އިވެމުންދަނީ ބަޑީގެއަޑެވެ. އޭރު މޭޖަރ ރޭންކުގައި ހުންނެވި މުޙައްމަދު ޒާހިރަށް ލިބިވަޑައިގަތީ ކުއްލި ހައިރާންކަމެކެވެ. ހިތުގައި އުފެދެމުންދިޔައީ ގިނަގުނަ ސުވާލުތަކެވެ. އަވަސްއަވަހަށް ބެރެކްސްއިން ބޭރަށް - [ދިވެހިންގެ ޤައުމިއްޔަތާއި މިނިވަންކަން](https://addana.mv/5459) - ޤައުމިއްޔަތަކީ އެ ޤައުމެއްގެ ވަކިވަކި ފަރުދުންނާއި މުޖްތަމަޢުން ޤަބޫލުކޮށް ހަރުދަނާކަމާއެކު ހިފަހައްޓާ އެބައެއްގެ ސިޔާސީ އައިޑިއޮލޮޖީ ނުވަތަ އެބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. ނޭޝަނަލިޒަމް ނުވަތަ ޤައުމިއްޔަތަކީ އިންސާނުން އުފައްދާފައިވާ ފިކުރީ މަޛުހަބެކެވެ. ޤައުމިއްޔަތު ނިސްބަތްވަނީ އެމީހެއްގެ ނުވަތަ އެބައެއްގެ ޤައުމަށެވެ. ޤައުމިއްޔަތު ބިނާވަނީ އެބައެއްގެ ދީނާއި، ސަގާފަތާއި، ބަހާއި، އަދި އެބައެއްގެ ތެރޭގައި ހުންނަ ޚާއްޞަ ސިފަތަކުގެ މައްޗަށެވެ. އެއީ ތަފާތު ޚިޔާލާއި ފިކުރާއި ވިސްނުންތަކުގެ ތެރެއިން އެބަޔަކު އެއްގަލަކަށް އަރުވައިދޭ ސިފަތަކެވެ. މިގޮތުން ބަލާއިރު ދިވެހި - [އަސްކަރީ ނިޒާމް – އެއްބައިވަންތަ ކަމަށް އަމާޒުކޮށްފައިވާ ނިޒާމެއް](https://addana.mv/5455) - އެކުވެރިކަމާއި އެއްބައިވަންތަކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރެވެމުން އަންނަ ބަސްތަކެވެ. މިބަސްތަކުން ދޭހަކޮށްދޭ މާނަޔާއި މިބަސްތަކުގެ މައިގަނޑު އަމާޒަކީވެސް އަޅުގަނޑުމެންނަށް އައު އެއްޗެއް ނޫނެވެ. ކުދިކުދި ޖަމާޢަތްތަކުގެ ފެންވަރުގައްޔާއި، މާސިންގާ ބޮޑެތި ފާރމްތަކުގައިވެސް މިބަސްތައް ހަމަ މިބީދައިން ބޭނުންކުރެވެއެވެ. ހަމައެއާއެކު ކުދި ޤައުމުތަކުންފެށިގެން މުޅި ދުނިޔެވަރުގެ ބޮޑެތި ޤައުމުތަކުންވެސް ދަނީ މިބަސްތައް ހަމަ މިގޮތައް ބޭނުންކުރަމުންނެވެ. ސަބަބަކީތޯއެވެ. މިބަސްތަކުން ހުރިހާ އެންމެންނަށްވެސް މޭރުންވާ މާނައަކީ އެކައްޗެއްކަމުގައިވާތީއެވެ. ގުޅިގެން އުޅުމަކީ ހުރިހާ ޢުމުރުފުރައެއްގައިވެސް، އަދި ހުރިހާ ޤައުމުތަކުންވެސް ޤަބޫލުކުރާ - [ރައްޔިތުންގެ ޚިދުމަތުގަ](https://addana.mv/5449) - ސިފައިންގެ އިޖްތިމާޢީ ޚިދުމަތްތަކަކީ ސިފައިން އުފެދުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށް ވެސް ތަފާތު އެކި ސިފަސިފައިގާ ރައްޔިތުންނަށް ފޯރުކޮށްދެވެމުން އައިސްފައިވާ ޚިދުމަތްތަކެކެވެ. އެއިރެއްގައި މިޤައުމަށް ނުވަތަ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުން ބޮޑު ދިމަދިމާއިން ސިފައިން އައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިހަށް ޖެހިލާއިރު ރާއްޖޭގައި ފެތުރުނު ތަފާތު ރޯގާތަކާއި ގުޅިގެން ސިފައިންގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. ހަމައެއާއިއެކު އެކިދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ޤުދުރަތީ ކާރިސާތަކުން، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ލިބުމާއި ގުޅިގެން އެ ފަހަރު ތަކުގައި - [މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ](https://addana.mv/5445) - 2012 ސެޕްޓެމްބަރ 8 ވަނަ ދުވަހުގެ ހަވީރުގެ ވަގުތުން ފެށިގެން ދިޔައީ މެދުނުކެނޑި ޑިސްޓްރެސް ކޯލްތައް ލިބެމުންނެވެ. ނޮދަން އޭރިއާގެ އަތޮޅުތަކުން ފެށިގެން ސެންޓްރަލް އޭރިއާގެ އަތޮޅުތަކުގައިވެސް ކަނޑުމަތީގެ ހިތާމަވެރި ގިނަ ޙާދިސާތަކެއް އެދުވަހުގައި ހިނގާފައިވެއެެެވެ. އދ އަތޮޅު ތެރޭގައި ދޯންޏެއް އަޑިއަށްގޮސް އޭގައިތިބި މީހުން ކަނޑުވެފައިވާ އިރު ޅ.އަތޮޅުންވެސް ދެދޯންޏެއް އަޑިއަށް ގޮސް އޭގައި ތިބި މީހުން ތިބީ ކަނޑުވެފައެެވެ. ށ. އަތޮޅުން ކުޑަ ދޯންޏެއްގެ ޚަބަރު ނުވެގެން އެދޯނި ނިސްބަތްވާ ރަށުގެ މީހުން ހިތާމަ - [ޢުޒުރުދެއްކުން](https://addana.mv/5439) - ކަންކަމުގައި ޢުޒުރުދެއްކުމަކީ، އިންސާނާގެ ޠަބީޢަތުގައި ހުންނަ ނުރަނގަޅު ސިފައެކެވެ. މިއީ، ތިމާއާ ޙަވާލުވެފައިވާ ޒިންމާއިން ރެކުމަށް، ނުވަތަ ފަސޭހަމަގު ޚިޔާރުކުރުމަށް ވަރަށް ގިނަ ފަހަރު ކުރާކަމެކެވެ. މިގޮތުން، އެ ކަމެއްގައި ހުރި އެންމެހައި ދަތިތަކުގެ ވާހަކަދައްކައި، އެ ކަމެއް ނުކޮށްވާނެ ގޮތް ހޯދަން އިންސާނާ މަސައްކަތްކުރެއެވެ. އަދި، ކޮންމެހެން ކުރަންޖެހޭ ކަމެއް ނުކުރެވުމުން، ނުވަތަ ތިމާގެ ފަރުވާކުޑަކަމުން ކަމެއް ގޯސްމަގުން ދިއުމުން، އެ ކަމެއް ފޫބެއްދުމަށް ވެސް އިންސާނާ ޢުޒުރުތައްދައްކައެވެ. ކަންކަމުގައި، ގިނައިން ޢުޒުރުދެއްކުމަކީ، ރަނގަޅު ލީޑަރެއްގެ - [އެކްސިޑެންޓުތައް ގިނަވެއްޖެ، ފަރުދީ ޒިންމާ އަދާކުރަންޖެހޭ!](https://addana.mv/5436) - މިހާރަކަށް އައިސް މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެއްޖެއެވެ. ހިތާމަވެރި އެކްސިޑެންޓުތަކުގައި ފުރާނައަށް ނުރައްކާވާ ކިތަންމެ ހާދިސާއެއް ކޮންމެވެސް ބައެއްގެ ފަރުވާކުޑަކަމުން މި ކުޑަކުޑަ މުޖުތަމަޢުގައި ހިނގާކަމީ ހިތާމަހުރި ކަމެވެ. އެކްސިޑެންޓުތައް ހިނގަން އާންމުކޮށް މެދުވެރި ވަނީ ޤާނޫނާއި ގަވާއިދުތަކަށް ޢަމަލުކުރުމުގައި އިހުމާލުވެ ފަރުވާކުޑަކުރެވޭތީއެވެ. މަގުމަތީގައި ހިނގާބިނގާވުމާއި މަގު ހުރަސްކުރާ އިރު އަދި އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެވެ. މަގުހުރަސްކުރާ ޒިބްރާކްރޮސް ފާހަގަޖަހާފައި ހުންނަނީ މަގުހުރަސްކުރަން ޖެހޭތަން އެންގުމުގެ - [ތަމަޅަ ހަތިޔާރު ބޯޓުގެ ހާދިސާ](https://addana.mv/5433) - 2007ވަނަ އަހަރުގެ މެއިމަހުގެ 15ވަނަ ދުވަހު ހުވަދޫ ކަނޑުތެރޭގައި މަހަށް ނުކުމެއުޅުނު ގއ.ވިލިނގިލީ [ޓޫނާ] ދޯންޏަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި (ގއ.ވިލިނގިލީގެ އިރު އުތުރުން 14 މޭލު ބޭރުގައި) ބޭރު ޤައުމެއްގެ ބޯޓަކުން ބަޑިން ހަމަލާދިނެވެ. އެ ދުވަހު މެންދުރު ފަހު 1:00 ހާއިރު ދިން މި ޙަމަލާގައި ޓޫނާ މަސްދޯންޏަށް ވަނީ ވަޒަންއަރާފައެވެ. މި މަޢުލޫމާތު ލިބުމާ އެކު "އޮޕަރޭޝަން ދެރަހަ"އިގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ސިފައިން ފެށިއެވެ. މި އޮޕަރޭޝަނުގައި އެ ބޯޓާ އިންޓަސެޕްޓްކުރުމަށް - [ޢުޘްމާނީ ޚިލާފަތު](https://addana.mv/5429) - އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު، އެންމެ ދިގު އަދި އެންމެ ފަހުގެ އިސްލާމީ ޚިލާފަތަކީ ޢުޘްމާނީ ޚިލާފަތު (އޮޓަމަން އެމްޕަޔަރ) އެވެ. އިސްލާމީ ޚިލާފަތަކީ ޚަލީފާއެއް ނުވަތަ އަމީރުލްމުއުމިނީންއެއްގެ ދަށުގައި (އެއް ވެރިޔެއްގެ ވެރިކަމުގެ ދަށުގައި) މުޅި އިސްލާމީ އުންމަތުގެ ޤިޔާދަތު އޮތް ނިޒާމެވެ. އެކި ދުވަސްވަރު އެކި ނަންނަމުގައި އެކި ސަރަޙައްދުތަކުގައި އޮތް އިސްލާމީ ޚިލާފަތުތަކުގެ ތެރެއިން ޢުޘްމާނީ ޚިލާފާތަކީ މިހާރުގެ ތުރުކީގައި އެ ޚިލާފަތުގެ ބިންގާ އެޅުނު ތާރީޚަށް ބަލާއިރު ހަ ގަރުނަށް - [ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރުގެ އަގުހުރި އަސްކަރީ ޚިދުމަތް](https://addana.mv/5418) - ވޮރަންޓް އޮފިސަރ ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ގިނަ މީހުންނަށް އެނގި މަޝްހޫރުވެފައި ވަނީ "ބޮޑު ހަސަނު" ގެ ނަމުންނެވެ. ޙަޤީޤަތުގައި ވެސް އާންމު ދިވެހީންނާ އަޅާ ބަލާއިރު ޙަސަންބެގެ އިސްކޮޅާއި ރޫފަ ބޮޑެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ޝަރީޢަތްތައް ކުރިއަށް ދިޔައިރު އެ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ކުށްވެރިން ގޮވައިގެން ކޯޓަށް ދިއުމަށް ސިފައިންގެއިން ނެންގެވި "ބޮޑެތި" ބޭފުޅުންގެ ތެރޭގައި ޙަސަންބެ ހިމެނިވަޑައިގަތެވެ. ޙަސަންބެއަކީ ނޮވެންބަރު ތިންވަނަ ދުވަހު މާލެތެރޭގައި ދުޝްމަނުންނާ - [އެތިކްސްއަކީ ހެވާއި ނުބައި ދެނެގަތުމުގެ ފަލްސަފާ ޢިލްމު - އަސްކަރީ އަދަބު އަޚްލާޤު](https://addana.mv/5423) - އިންސާނުންގެ ޢަމަލުތަކާއި ސުލޫކު ވަޒަންކޮށް، ރަނގަޅާއި ނުބައި ވަކިކުރުމުގެ މައްޗަށް ބިނާވެފައިވާ ފަލްސަފާ ޢިލްމަކީ އެތިކްސްއެވެ. ފަލްސަފީ ދިރާސާގެ ދާއިރާއެއްގެ ގޮތުގައި، އެތިކްސްއަކީ ހެވާއި ނުބައި ކަންކަން ދެނެގަތުމަށާއި، ދިރާސާކުރުމަށާއި، ތަފާތުކޮށް ވަކިކުރުމަށް ގެންގުޅޭ ހަރުދަނާ ޢިލްމެކެވެ. އަދި ތަޢުރީފާއި ފާޑުކިޔުން ޙައްޤުވާ ކަންކަން ދެނެގަތުމަށާއި، ތަޙްލީލުކުރުމަށާއި، އަދި ތަފާތުކޮށް ވަކިކުރުމަށް ގެންގުޅޭ އުސޫލެކެވެ. ތާރީޚީގޮތުން ބަލާ އިރު އެތިކްސް އައިސްފައިވަނީ "ގްރީކް އީތޯސް ނުވަތަ ދިރިއުޅެންވީ ގޮތް" މީގެ ތެރެއިން މުޖުތަމަޢެއްގައި އިންސާނުން ދިރިއުޅޭގޮތް ދަސްކުރުމަށް - [ވަގުތު ފާއިތުވި ފަހުން](https://addana.mv/5415) - "އެރޭ ވަރަށް ރުއީމެވެ. އެރޭ ހިތައް އެރިއެވެ. މި ދުވަސް ނުފެނި މަރުވި ނަމައެވެ. ވަށައިގެންވާ މުޅި ކާއިނާތުވެސް އަހަރެންގެ ހިތާމައިގައި ހިއްސާވާ ފަދައެވެ. ވިދާބަބުޅަމުންދާ ތަރިތަކާއި ސާދަވިލޭރޭގެ ފުރިހަމަ ހަނދަށް ބޯކަޅު ވިލާގަނޑެއް ވެރިވެގަތީ ބަސްބުނާހާ ހިނދުކޮޅެއްތެރޭގައެވެ. އަހަރެންގެ ހަޔާތަށް އައި ހިތާމަވެރި ތޫފާން ފަދައިން އިންޒާރެއްވެސް ނެތިއެވެ. އެއީ ރަށް އެފުއްމިފުށަށް ޖަހާލި އެ ބިރުވެރި ރެއެވެ. އެހެނަސް އެ ވިއްސާރައާއި އަހަރެންގެ ހަޔާތަށް އައި ތޫފާނަކާއި އެއްވެސް ގުޅުމެއް ނެތެވެ."ލޮލުން އޮހެމުންދިޔަ ކަރުނަތައް - [ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަހީރުގެ ޚިދުމަތް](https://addana.mv/5409) - ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރު 1985 ޖޫން 18 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވުމަށްފަހު 1992 އޭޕްރީލް 21 ވަނަދުވަހު ކޮމިޝަން ކުރެއްވުމާއި ހަމައަށްވެސް ޚިދުމަތުގައި ފުރިހަމަ ނަމޫނާއެއް ދައްކަވާފައިވެއެވެ.ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގައި 25 އަހަރުގެ ދިގު މާޒީއެއް ފުރުއްވާފައިވާއިރު، އެންލިސްޓެޑް ރޭންކްތަކުގައިވެސް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ވަނީ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތުޝަހީރު ކޮށްދެއްވާފައެވެ. ލާންސް ކޯޕްރަލްގެ ރޭންކްގައި ޚިދުމަތް ކުރައްވަން ފެއްޓެވުމަށްފަހު، 1988 ވަނައަހަރުގެ ޖޫންމަހުގެ 6 ވަނަދުވަހު ކޯޕްރަލްރޭކަށް، 1988 - [މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލުގެ ޚިދުމަތް](https://addana.mv/5402) - މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު (ސާރވިސް ނަމްބަރ:601) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 03 ޖުލައި 1980 ގައެވެ. ސިފައިންގެ ޚިދުމަތުގައިވީ ދިގުމުއްދަތުގެ ތެރޭގައި ތަފާތު ރޭންކްތަކުގައި މަސައްކަތްކުރައްވާ، ހަމަ އެހެންމެ ތަފާތު ޔުނިޓްތަކުގެ އެކިފެންވަރުގެ މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ބައެއް ޔުނިޓްތަކުގެ ކޮމާންޑިންގ އޮފިސަރ ގެ މަޤާމްވެސް އަދާކުރައްވާފައިވެއެވެ.މޭޖަރ ޖެނެރަލް (ރޓ) މޫސާޢަލީ ޖަލީލު އަކީ އަސްކަރީ ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސިންގަޕޯ އާރމްޑް ފޯރސަސް ޓްރައިނިންގ އިންސްޓިޓިއުޓްގައި - [އަވަސް ކަޅިއަކުން ބަޣުދާދު ހަލާކުކޮށްލުން-1258 ސީއީ.](https://addana.mv/5398) - ސީއީ. އިން 8 ވަނަ ގަރުނުގައި ބަޣުދާދު ޢިމާރާތްކުރެވުނުފަހުން ބަޣުދާދަކީ ފަޚުރުވެރި ޘަޤާފަތަކާއި މަޝްހޫރު އެތައްތަންތަނަކާއި މިސްކިތްތަކާއި މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި އެތަކެއް ސަތޭކަ ޕަބްލިކް އަދި ޕްރައިވެޓް ކުދި، ބޮޑު ލައިބްރަރީތައް ހިމެނިފަވާ މުސްލިމުންގެ ފަޚުރެވެ. އެއީ، ޢައްބާސީ ޑައިނަސިޓީ ފަށްސަތޭކަ އަހަރުވެރިކަންކުރި ކެޕިޓަލްއެވެ. ބޮޑެތި ޚަލީފާއިން، ވަޒީރުން، ލިޔުންތެރިން، ފިލޯސަފަރުން، ދީނީ އިމާމުން އެންމެން އެތާ ދިރިއުޅުއްވިތަނެވެ. އިމާމު އަލް ޣަޒާލީ ކިޔަވާ ވިދާޅުވީ މަޝްހޫރު ނިޒާމިޔާ ކޮލެޖްއާއި އަބޫ ޙަނީފާ (ރަޟިޔަ ﷲ ޢަންހު)، - [194 ހަނގުރާމަވެރިން ސަލާމަތްކުރި ކޮތަރު](https://addana.mv/5368) - ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަކީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ފެންނަން ފެށި ޒަމާނެވެ. ހަނގުރާމައިގެ މައިދާނުގައި ކޮމިޔުނިކޭޓްކުރަން ގެންގުޅޭ ޒަމާނީ ވަސީލަތްތައް އީޖާދުވެގެން އަންނަން ފެށި ޒަމާނެވެ. މިއާއެކު، އެ ދުވަސްވަރުގެ ހަނގުރާމަވެރިން ޤުދުރަތީ ވަސީލަތްތައް ވެސް ކޮންމެވެސް ވަރަކަށް ގެންގުޅުނެވެ. މިގޮތުން އެ ދުވަސްވަރު ހަނގުރާމައިގައި ކޮމިޔުނިކޭޓްކުރުމަށް ޓަކައި އިނގިރޭސިވިލާތުން ކޮތަރުތަކެއް ތަމްރީނުކުރި ވާހަކަ ފާހަގަކޮށްލަންޖެހެއެވެ. މި ކޮތަރުތަކުގެ ބޭނުންކުރަމުންދިޔައީ ހަނގުރާމައިގެ މައިދާނުގައި އެއްތަނުން އަނެއްތަނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދިނުމަށެވެ. ނުވަތަ ސިގްނަލް ފޯރުކޮށްދިނުމެވެ. - [ޒަމާނީ އަސްކަރިއްޔާތަކުގެ މިސާލުން ޤައުމު ބިނާކުރުމުގައި ސިފައިން](https://addana.mv/4968) - ޒަމާނީ ވިސްނުންތަކުން އަޅުގަނޑުމެން މިއަދު ކުރިއަރަމުންދާ އިރު، އަދުގެ އަސްކަރިއްޔާތަކަކީ ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްޙައަށް ލޯބިކުރާ އަސްކަރިއްޔާތަކެވެ. މިހާރުގެ އަސްކަރިއްޔާތަކަކީ ޞުލްހަވެރިކަމާ އެކު ބައިނަލުއަގްވާމީ މުޖުތަމަޢު ދެމެހެއްޓުމަށް އިސްކަންދޭ އަސްކަރިއްޔާތަކެވެ. އަސްކަރިއްޔާތަކުން އިސްކަންދެނީ ދުނިޔެއަކީ ރައްކާތެރި އަމާން ވެށްޓެއް އެކުލެވިފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތްތަކުގައެވެ. ދުނިޔެ ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކުގައެވެ. ދުނިޔެއަށް އެހީވުމުގައެވެ. އަސްކަރިއްޔާތަކުން މި ދެންނެވި ދައުރު އަދާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އަސްކަރިއްޔާގެ އިންޖިނިއަރުންނެވެ. މިއަދު އަސްކަރިއްޔާތަކުގެ - [އޮގަނައިޒޭޝަނަލް ބިހޭވިއަރ](https://addana.mv/4931) - ދެމީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެއްބައިވެގެން އެކަތިގަޑެއްގެ ގޮތުގައި ވަކި މަގުސަދެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށް އުފައްދާ ތަނަކީ "އޮގަނައިޒޭޝަން" އެކެވެ. އަހަރެމެން ދިވެހި ބަހުން މުއައްސަސާ އޭ ބުނަނީ އޮގަނައިޒޭޝަން އަށެވެ. މުއައްސަސާއަކީ ގްރޫޕެއްގެ ބަޔަކު ކަނޑައެޅޭ ދާއިރާއެއްގެ ކަންތައްތަކެއް ހާސިލްކުރުމަށް މަސައްކަތްކުރާ ކުރުމެވެ. އަދި އެހެންމެ މުއައްސަސާއަކީ އުފެދިފައިވާ އިންސާނީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ގްރޫޕް ތަކެއްގެމައްޗަށް އެކުލެވިގެން ވަކި "ގޯލް" އެއް ހޯދުމަށް މަސައްކަތްކުރާ ބަޔެކެވެ. އެހެން ގޮތަކަށް ބުނާނަމަ މުއައްސަސާއަކީ އަމަލީ ގޮތުން - [ސޯލާރ ޕެއިންޓް…](https://addana.mv/5361) - އާ އީޖާދުކުރުމާއި، މޮޅެތި ގޮތްތައް ހޯދުމަކީ އަބަދުވެސް ދުނިޔޭގައި ހިނގަމުންއަންނަ ޤާނޫނެއްކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެ ދުވަސްވަރަކަށް އެންމެ އެކަށޭނަ އާ ހޯދުމެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަކީ އިންސާނީ އާދައެކެވެ. ދާދި ފަހުން ފެނިގެންދިޔަ މިފަދަ އެއް މަސައްކަތަކީ "ސޯލާރ ޕެއިންޓް" ކިޔާ ދަވާދެއް އީޖާދުކުރުމެވެ. މާނައަކީ އިރުގެ ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާނެ އާގޮތެއް ހޯދުމެވެ. މީ އަދި ވަރަށް ފަހުގެ އީޖާދެކެވެ. ވަރަށް ޅަފަތުގައި ވާ ހޯދުމެކެވެ. ނަމަވެސް މި ހޯދުމަކީ - [ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް](https://addana.mv/5331) - ދިވެހިރާއްޖޭގައި މި ހިނގާ ޖުމްހޫރީ ވެރިކަމަކީ ދެވަނަ ފަހަރަށް މި ރާއްޖޭގައި އުފެދިގެންދިޔަ ޖުމްހޫރީ ވެރިކަމުގެ ނިޒާމެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަން ނިމުމާ އެކު އަނެއްކާ ވެސް ރާއްޖޭގައި އުފެދިގެން ދިޔައީ ރަސްކަމެކެވެ. މުޙައްމަދު ފަރީދު ދީދީ ރަސްކަމުގެ ތަހުތުގައި އިންނަވަނިކޮށް ދިވެހިން ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަން ބޭނުންވުމާ ގުޅިގެން ދެވަނަފަހަރަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައެވެ. ދެވަނަފަހަރަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ - [މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް](https://addana.mv/5292) - ތުއްތު ކުއްޖާ ވިހޭތާވީ ތިން ދުވަހެވެ. ނޭވާލާން އުނދަގޫވެ އެކަމަށް ދެވޭނެ ފަރުވާއެއް ނެތުމުން އެތުއްތު ކުއްޖާއަށް ފަރުވާ ދެވެމުންދާ ހޮސްޕިޓަލުން ލަފާދިނީ އިތުރު ފަރުވާއަށްް މާލެއަށް ގެންދިއުމަށެވެ. އާދަޔާ ޚިލާފަށް ކަނޑުގަނދަވެ ވައިގަދަވުމުގެ ސަބަބުން އުތުރުގެ އެރަށުން ފުރާނެ އެއްވެސް އުޅަނދެއްނުވިއެވެ. އެކުޑަ ދަރިފުޅުގެ ފުރާނައާއި ގުޅިފައިވާ މިދަތުރު ކުރެވޭނެ އެހެންގޮތެއް ނެތުމުން ޢާއިލާއިން ނިންމީ އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ އާއި ގުޅިގެން ކޯސްޓްގާޑުގެ އެހީތެރިކަން ހޯދުމަށެވެ. އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގައި އޭރު - [އަޅުގަނޑުމެންނަށް ވިސްނޭނީ ކޮންއިރަކުން ހެއްޔެވެ؟](https://addana.mv/5296) - ތިރީގައި މިވާ ހާދިސާއަކީ އަޅުގަނޑު އިންޑިޔާގެ މަހާރާސްތުރާ ސްޓޭޓްގެ ލޮނަވާލާގައި ކިޔަވަން ހުރިއިރު ދިމާވެފައިވާ ހާދިސާއެކެވެ. ދުވަހަކީ 2010ވަނަ އަހަރުގެ ފިނިމޫސުމުގެ ދުވަހެކެވެ. ދުންފިނީގެ ސަބަބުން މުޅި ޖައްވު ވަނީ ބަނަވެފައެވެ. އާދީއްތަ ދުވަހަކީ ހަފުތާބަންދު ދުވަހަކަށްވުމާ އެކު ފޫހިފިލުވާލުމަށާއި ބާޒާރުކޮށްލުމަށް ލޮނަވާލާއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ދުރުގައިވާ ޕޫނާއަށް ދިއުމަށް އަޅުގަނޑާއި އަޅުގަނޑުގެ ދެ އެކުވެރިން ނިންމައިފީމެވެ. ހެނދުނު 11 ޖެހިއިރު ޕޫނާއަށް ދިއުމަށް އަޅުގަނޑުމެން ދަތުރުފެށީ ޕޫނާއާއި ލޮނަވާލާ ދެމެދު ދަތުރުކުރުމަށް ޚާއްޞަކުރެވިފައިވާ ރޭލެއްގައެވެ. - [ޤައުމީ ދިދަ](https://addana.mv/5299) - "ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެންއައުދާނަކަން ލިބިގެންއެވާ ދިދައަށް ކުރީމެ ސަލާމްނަޞްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭފެއްސާ ރަތާއި ހުދާއެކީ ފެނުމުން ކުރީމެ ސަލާމް" އާދޭހެވެ. އަޅުގަނޑުމެންގެ ޤައުމީ ދިދައެވެ. އަޅުގަނޑުމެންގެ ޤައުމީ ދިދައަކީ އަޅުގަނޑުމެންގެ ޤައުމީ ނިޝާނެވެ. ފެއްސާއި ރަތާއި ހުދުން ސިފަކޮށްދޭ މިލޮބުވެތި ޤައުމުގެ ނަޞްރާއި ނަސީބާއި ކާމިޔާބުގެ ރަމްޒެވެ. ޤައުމުގެ އެންމެ މަތީ ވެރިޔާއާއި ޤައުމު ދިފާޢު ކުރާބާރުތަކުގެ އެންމެންނާއި އެންމެހައި ދިވެހިން އެޝަރަފުވެރި އައުދާނަކަން ލިބިގެންވާ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން - [ހިންޏަކީ މިސާލެކެވެ.](https://addana.mv/5304) - ހިންޏަކީ މިދުނިޔޭގައި ދިރިހުޅޭ އެކިއެކި ތަފާތު ނަސްލުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ނަސްލެެވެ. މީގެ ސަތޭކަ މިލިއަން އަހަރު ކުރިންވެސް މިބިމުގައި ހިނި އުޅުނެވެ. ބުނެވޭ ގޮތުގައި ހިނީގެ ތަފާތު ވިހިހާސް ވައްތަރު، ދުނިޔޭގެ އެކިކަންކޮޅުގައި މިހާރުވެސް ދިރިއުޅެއެވެ. އެހެންކަމުން ހިނި ހިމެނިގެން ދަނީ މަޙުލޫޤުންގެ ތެރެއިން އެންމެ ނަސްލުގިނަ އަދި އެންމެ ޤަދީމީ އެއް ވައްތަރު ކަމުގައެވެ. ހިންޏަކީ ދިރިއުޅުމަށް ނުހަނު ބުރަ މަސައްކަތްކުރާ އެހާމެ ހީވާގި އެއްޗެކެވެ. ހިންޏަކީ އެކުވެރިކަމުގެ ލާމަސީލު މިސާލެއްވެސްމެއެވެ. - [ފިކުރީ ހަނގުރާމައިގައި ރަހީނު ނުވާށެވެ!](https://addana.mv/5383) - ދުނިޔޭގެ އެކި ހިސާބުތަކުން އަޅުގަނޑުމެންނަށް މިއަދު ފެންނަމުންދާ މަންޒަރުތަކަކީ އެއް ޤައުމަށްވުރެ އަނެއް ޤައުމު، އެކަކަށްވުރެ އަނެކާ ކުރިއަރައިގެން ދިއުމަށްޓަކައި އެބަޔަކަށް ނުވަތަ އެމީހަކަށް ބޭނުން ކުރެވެންހުރި ވަޞީލަތްތަށް ބޭނުންކޮށްގެން އެހެން މީހަކަށް ނުވަތަ ބަޔަކަށްވުރެ ކުރިއަރައިގެން ދިއުމަށް މަސައްކަތްކުރަމުންދާ މަންޒަރުތަކެވެ. ބާރާއި މޮޅުކަމާއި ނުފޫޒަކީ ކޮންމެ ބަޔަކަށްވެސް ހޯދުމަށްޓަކައި ކަރުހިއްކައިގެންފައިވާ ތަކެއްޗެވެ. ބައެއްމީހުން ހަމަޔާއި ހުދޫދުގެ ތެރޭގައި މިކަމަށް މަސައްކަތްކުރި ކަމުގައިވީނަމަވެސް ގިނަބަޔަކު މިކަންކުރަމުންދަނީ ހަމަޔާއި ޙުދޫދުތަކުގެ ބޭރުންކަން އަޅުގަނޑުމެންދެކެމުއެވެ. މިގޮތުން މޮޅުކަމާއި ބާރާ ނުފޫޒު - [ބޮޑު ފެންގަނޑު](https://addana.mv/5379) - ރާއްޖޭގައި މީހުންއުޅޭ ރަށްތަކުގެތެރެއިން ހައްދުންމަތީ ގަމަކީ، ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ ރަށެކެވެ. ބެލެވޭ ގޮތުގައި މިރަށަކީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެވޭލާ ޒަމާނުގެ ޤަދީމީ އާޘާރުތަކާއި ތަންތަން މިރަށުގައި މިއަދުވެސް ހުރިކަމީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ. އަދި މިތަންތަން ހުރުމުން ދޭހަކޮށްދެނީ، މިރަށަކީ އެޒަމާނުގެ ދީނީ، އިޤްތިޞާދީ، އަދި ޘަޤާފީ މުހިއްމު ހިއްޞާއެއް އަދާކުރަމުންދިޔަ ރަށެއްކަމެވެ. މިރަށުގައިހުރި އާޘާރީ ތަންތަނުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުޤުވެރިކަން - [މާދަރީ ބަހަށްޓަކައި ޝަހީދުވި ބައެއްގެ ވާހަކަ](https://addana.mv/5373) - އެއީ މާދަރީ ބަހަށްޓަކައި ޤުރުބާންވި ދަރިންތަކެއް އުފަންވި ޤައުމެކެވެ. ޤައުމެއްގެ ގޮތުގައި އެޤައުމު އުފެދެން ދިމާވި އަސްލު ސަބަބަކީވެސް މާދަރީ ބަހަށްޓަކައި ކުރެވުނު ހަނގުރާމައެވެ. ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް (21 ފެބްރުއަރީ) ފާހަގަ ކުރަނީ އެހަނގުރާމައިގައި "މާދަރީ ބަހަށްޓަކައި" ޝަހީދުވި މީހުންގެ ހަނދާނާއެކުގައެވެ. އެއީ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްކަމަށްވާ ބަންގްލަދޭޝްއެވެ. މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ ބަންގްލަދޭޝް އުފެދެން ދިމާވި އަސްލު ސަބަބާއި މާދަރީ ބަހަށްހުރި ކުލުނާއި ލޯބި ދައްކުވައިދީ ޖާނާއި ފުރާނައިން ޤުރުބާންވި ހިތްވަރުގަދަ ފަހުލަވާނުންތަކެއް - [ކީރިތި ރަސޫލާގެ ލީޑަރޝިޕް](https://addana.mv/5364) - ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި އިތުރު އެކަލޭގެފާނު ކޮމާންޑަރެއްގެ ގޮތުން ނެންގެވި ޑިސިޝަންތަކާއި ޢަމަލުކުރެއްވި ގޮތްތައް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. އަސްކަރީ އެކިއެކި ހާދިސާތަކާގުޅިގެން ކީރިތި ރަސޫލާ އެޅުއްވި ފިޔަވަޅުތަކާއި ނެންގެވި ޑިސިޝަންތައް ތަފާތު ފަންތީގެ އިސްލާމީ އަސްކަރީ ކޮމާންޑަރުންނަށް އެނގުމަކީވެސް މުހިންމު ކަމެކެވެ. ކީރިތި ރަސޫލާގެ ލީޑަރޝިޕް ކޮމާންޑް ފިލޯސަފީގެ މައިގަނޑަކީ އިތުރު އެކަލޭގެފާނާ ﷲ ޞުބުހާނަހޫ ވަތަޢާލާ ޙަވާލުކުރައްވާފައިވާ މަތިވެރި ވާޖިބު އަދާކުރެއްވުމަށް އިސްކަން - [އެކަކު މަތިން ހަނދާން ކުރިއިރު އަނެކާގެ މަތިން ހަނދާން ނައްތާލީ ކީއްވެ؟](https://addana.mv/5357) - ސްޓީވް ޖޮބްސް މަރުވުމާއެކު މުޅިދުނިޔެއެއަށް ކުރިމަތިވި ހިތާމާގައި އެތައް ބަޔަކު ބައިވެރިވެ އޭނާގެ ހަނދާންތައް އެތައް ސިފަސިފައެއްގައި އާކުރަމުންދިޔައެވެ. ޓުވިޓާގެ ޓްވީޓްސްތަކުގައި "ސްޓީވް ޖޮބްސް" ގެނަން އެތައް ހާސްފަހަރަކު ބޭނުންކުރަމުންދިޔުމާއެކު އޭނަގެ ނަން އެތައް ގަޑިއިރަކަށް ޓްރެންޑްވެގެންދިޔައެވެ. ފޭސްބުކުގައި "ސްޓީވް ޖޮބްސް.. ސްޓީވް ޖޮބްސް" ނަން ނޫނީ ނުފެންނަ ފީޑެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ނިމުނީކި ނޫނެވެ. މީޑިއާގެ ފަލަ ސުރުޚީތަކާއި ރިޕޯޓުތަކުގައި އެނާގެ ވާހަކަ ފަވާލިއެވެ. ޓެކް ބޮލޮގްތަކުގެ ވާހަކަ ދެން ނުދެއްކިއަސް - [ޤައުމުގެ އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ދިވެެއްސަކުވެސް ވަނީ ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި](https://addana.mv/5353) - ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ނޫމުތީގެ ހާރެއްގެ ގޮތުގައި ދުނިޔޭގެ ޗާޓުން ފާހަގަކުރަމުން އަންނަ ފަޚްރުވެރި މާޒީއެއްއޮތް ޤައުމެކެވެ. އަންޒަމާނުއްސުރެން މިލޮބުވެތި ޤައުމު ފަތުރުވެރިން ސިފަކުރަމުން އައިސްފައިވަނީ ސުލްޙަވެރި އަމާން ތަނެއްގެ ގޮތުގައެވެ. ފާއިތުވި ދިގުމާޒީގައި އަޅުގަނޑުމެން އުފާފާޅުކޮށް އުޅުނު ނަމަވެސް ނަވާރަސަތޭކައިގެ ފަހުކޮޅު އަޅުގަނޑުމެންގެ މިއަމާން ޤައުމަށް މަސްތުވާތަކެތީގެ ނާމާންކަން ކުރިމަތިވިއެވެ.މަސްތުވާތަކެތީގެ ވަބާ މުޅި ޤައުމުގައި ވަކި ހިއްޕާލުމާއެކު ދެން ފެނިގެން ދިޔައީ ވެރިކަންކުރާ މާލެއާއި އާބާދީ ބޮޑެތި އަަތޮޅުތަކުގައި ނުރައްކާތެރި - [ތަރައްޤީއާއިއެކު ތަހުޒީބުވެސް ވާންޖެހެއެވެ.](https://addana.mv/5350) - ދުނިޔެއަށް ޖެހެމުން މިދާ ތަރައްޤީގެ ހަމަވައި ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެން ދިވެހިންނަށްވެސް އައީ ލިބެމުންނެވެ. އެކި މޫސުމުގައި އެކިވަރަށެވެ. ދުވެލި މަޑުވާ ފަހަރާއި ބާރުވާ ފަހަރެވެ. ޔަޤީނުންވެސް އެނގޭ އެއްޗަކީ ތަރައްޤީ އަންނަކަމެވެ. ނަމަވެސް މިތަރައްޤީ އަޅުގަނޑުމެންނާއި ހަމައަށް އަންނަނީ ދުނިޔޭގެ އެހެންވެސް ތަރައްޤީ ވެފައިވާ ޤައުމުތަކަށް އައިސްފައިވާ ބީދައިންތޯ ބަލާލުން އެއީ އަޅުގަނޑު ހިތުން ނެތްކަމެއް ނޫނެވެ. އެބައިމީހުންގެ ތަރައްޤީ އާއި އަޅުގަނޑުމެން މިކިޔާ ތަރައްޤިއާއި ހުރި ތަފާތަކީ ކޮބައިތޯ މިނެކިރާލަންޖެހެއެވެ. ޝައްކެއް ނެތްގޮތުގައި މިތަރައްޤީ - [ސާރޖަންޓް ފަސްޓް ކްލާސް ޙުސެން ރިޔާޒް ރާއްޖޭގެ 1 ވަނަ އެތުލީޓް](https://addana.mv/5342) - ދިވެހިރާއްޖޭގެ އެއްވަނަ އެތުލީޓަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކަނޑައެޅިގެންއެއީ ކާކުކަން ބުނަން ނޭނގިދާނެއެވެ. ނަމަވެސް އެންމެ ފުރަތަމަވެސް ހިތަށް ގެނެވޭނެ ނަމަކީ ސާރޖަންޓް ފަސްޓްކްލާސް ހުސެއިން ރިޔާޒް ނުވަތަ "ބޭބެރިޔާ"ގެ ނަމެވެ. އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތެއް ބޭއްވުމަށްޓަކައި ސްކޫލްތަކުން ހޮވިއިރު އެކަމަށް ޝައުޤުވެރިވެގެން އަހުމަދިއްޔާ ސްކޫލުން ނެގި ކުދިންތަކުގެ ތެރޭގައި އެސްއެފްސީ ޙުސައިން ރިޔާޒްވެސް އަމިއްލައަށް ހިމެނުނެވެ. 1990ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 800މީޓަރ އަދި 1500މީޓަރ ދުވުމުން އެއްވަނަ - [ބޮޑުކިލެގެފާނު މާލެއާ ދެކޮޅަށް ކުރެއްވި ހަނގުރާމަ](https://addana.mv/5338) - އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން ސިރީ މުތެއި ރަންމަނިލޯކަ މަހާރަދުން (1701މ–1705މ، 1113ހ–1116ހ) ނަކީ އިސްދޫ ދަރިކޮޅުން ރަސްކަމަށް ވަޑައިގެންނެވި ތިންވަނަ ރަސްގެފާނެވެ. މިއީ އިސްދޫ އިބްރާހީމް ޝާހުބަންދަރު (ވެލާނާ މަނިކުފާނު) ގެ ދަރިކަލުން ޙަސަން މާފަތްތަކުރުފާނުގެ ދަރިކަލެކެވެ. މަންމާފުޅަކީ އަތިރީ ކަމަނާއެވެ. މިރަދުންނަކީ އިސްކޮޅުފުޅުން ބޮޑު ބޭފުޅަކަށް ވުމާއެކު، މީނާއަށް 'ބޮޑުކިލެގެފާނު" ގެ ނަންފުޅުންވެސް ކިޔާފައިވެއެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، މަކަރުވެރި ރޭވުމެއްގެ ދަށުން، މިމަނިކުފާނާ ދެބޭންގެ ދެދަރި އައްސުލްޠާން ޙަސަން (ދިހަ ވަނަ) ރަސްކަމުން ދުރުކުރައްވާފައެވެ. - [ސިފައިންނަށް ޞިއްޚީ ޚިދުމަތް ދިނުން](https://addana.mv/5334) - ސިފައިންނަށް ޞިއްޙީ ޚިދުމަތް ދޭން ފައްޓާފައިވަނީ ވަރަށް ހަނި އަދި ވަރަށް ނިކަމެތި ގޮތެއްގައެވެ. ނަމަވެސް ސިފައިންނަށް މިޚިދުމަތް ދޭން ފެއްޓުމަށްފަހު ދިޔައީ އެއްދުވަހުން އަނެއްދުވަހަށް އެޚިދުމަތް ތަރައްޤީވެ ކުރިއަރަމުންނެވެ. ދުނިޔޭގެ ހުރިހާ އަސްކަރިއްޔާއެއްގައިވެސް ޞިއްޙީ ޚިދުމަތަކީ ވަރަށް ފުޅާދާއިރާ އެއްގައި ދެމުންއަންނަ ޚިދުމަތެކެވެ. އަދި މިޚިދުމަތަކީ ސިފައިންގެ މީހުންގެ އިތުރުން އެމީހެއްގެ ޒިންމާގެ ދަށުގައިވާ އާއިލާއަށް ވެސް ވަކި އުޞޫލުތަކަކާއި ހަމަތަކެއްގެ މަތިން ދެވޭ ޚިދުމަތެކެވެ. ދިވެހި ސިފައިން އުފެދިގެން އައިއިރު ސިފައިންނަށް - [އަސްކަރީ ތާރީޚު އެކުލަވާ ލުމައްޓަކައި ކުރެވޭ މަސައްކަތަށް އަވަސްކަޅިއެއް](https://addana.mv/5328) - ތާރީޚް ޢިލްމަކީ ދުނިޔޭގައި ވަރަށް މުހިންމު މަޤާމެއް ދެވިފައިވާ ޢިލްމެކެވެ. އިންސާނާގެ ދިރިއުޅުން ތަރައްޤީ ކުރުމާއި ދަށަށް ދިއުން ޢިބްރަތްތެރި ގޮތެއްގައި ސިފަކޮށްދޭ ޢިލްމަކީ ތާރީޚް ޢިލްމެވެ. ވޭތުވެދިޔަ ޒަމާންތަކުގައި އެކިއެކި ކަންތައްތައް ހިނގާދިޔަގޮތް ބަޔާންކޮށްދޭއިރު ބަޔާން ކޮށްދެނީ އިންސާނުންގެ ތާރީޚް އެކަންޏެއް ނޫނެވެ. ވަނިވިހައި ތަނެއްގައި ވެދިޔަ ހައިކަމެއްގެއެވެ. މިގޮތުން ތާރީޚް ޢިލްމު ބައިބައަށް ބަހާލާއިރު ތާރީޚް ޢިލްމު އެތައް ބަޔަކަށް ބެހިގެން ދާކަން ފާހަގަ ކުރެވެއެވެ. އެއްބަޔަކީ މީސްތަކުންގެ ތާރީޚްއެވެ. އަނެއްބައަކީ ޤައުމުތަކުގެ ތާރިޚްއެވެ. - [އެޒަމާން  ހިތަށް  ގެނެސްބަލާށެވެ. ދެލޮލުން ކަރުނަ  ފޫދިގެނެއް ނުދޭހެއްޔެވެ.](https://addana.mv/5324) - ޒަމާނަކީ ދިރާސާކުރަން ހުރި ފޮތްތަކެކެވެ. އެއީ ޢިބުރަތްތަކުން ފުރިފައިވި ފިލާވަޅު ތަކެކެވެ. މުސްތަޤްބަލަށް ހުޅުވާލަދޭ ދޮރުތަކެކެވެ. އެކަމަކު އެއީ އެޒަމާންތަކުން ޢިބުރަތް ލިބިގަންނަން ބޭނުންވާ މީހުންނަށެވެ. ޤަޢުމެއްގެ ޙަޔާތަށް ބަލާއިރު އެޤަޢުމެއްގެ އެންމެ އަގުހުރި ތަރިކައަކީ އެޤަޢުމެއްގެ އަފުރާދުންނެވެ. އެއަފުރާދުންގެ ދިރިއުޅުން އަބަދުވެސް ބިނާކުރަމުން ގެންގޮސްފައިވަނީ އެޤަޢުމެއްގެ ހާލާއި ވެއްޓަށްވެސް ސަމާލުކަންދީގެންނެވެ. ޤަޢުމާއި ޤަޢުމިއްޔަތަށް އިސްކަންދީގެންނެވެ. ޤަޢުމިއްޔަތަކީ އެޤަޢުމެއްފަނާނުވެ، އަދިވެސް ދުނިޔޭގައި އެބައޮތްކަން ދައްކައިދޭ ހެއްކެކެވެ. ޤަޢުމުތަކުގެ ޤަޢުމިއްޔަތު ބިނާކުރަމުން، ހަރުދަނާކުރަމުން އަބަދުވެސް ގެންގޮސްފައި އޮތްކަމަށް ދައްކަނީ - [މެޑިކަލް އިވެކުއޭޝަން ކަމުދާ އައްސޭރިއަކަށް](https://addana.mv/5320) - ދުރުހަނދާނަކަށް އަންނަނީ، 13 މޭ 1979 ގައި، ޤައުމީ މަސައްކަތެއްގައި ބައިވެރިވި ސިފައިންގެ ބަޔަކު މާލެއަށް ވެލި ގެނައުމުގެ މަސައްކަތުގައި އުޅެނިކޮށް އެމީހުން ދަތުރުކުރި ބަނޑު އަޑިއަށްދިޔަ ވާހަކައެވެ. އެދުވަހު، 06 ފުރާނައެއް ގެއްލި އަދި އަޅުގަނޑުމެންނާއި ވަކިވެގެންދިޔައެވެ. ފަހުން ގދ.ތިނަދޫގައި 17 މާރޗް 2004 ގައި ހިނގާދިޔަ 'އެނަމާ' ބޯޓުއަޑިއަށްދިޔަ ހާދިސާގައި އަދި 2004 ޑިސެމްބަރ 24 ސުނާމީގެ ހިތާމަވެރި ކާރިސާގައި ގެއްލުނު މީހުންނާއި އެމީހުންގެތެރޭން ސަލާމަތްވި މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވި ގޮތެވެ. ސިފައިން، މެޑިކަލް - [ބަންޑުންވި ކިރު ތައްޓާމެދު ދެރަނުވާށެވެ!](https://addana.mv/5317) - ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އެމީހުންގެ ކިބާގައި ހުންނަ ސިފަތަކަކީ، އަދި ކުރަށް އާދަވެފައި ހުންނަ ކަންކަމަކީ ބަދަލުކުރެވޭނެ ކަންމެއް ނޫން ކަމަށެވެ. އަމިއްލަ ގައިގެ ކުލައާއި އިސްކޮޅު ބަދަލުކޮށް ނުލެވޭނެ ފަދައިންނެވެ. އެހެން ނަމަވެސް، ބުއްދިވެރީންނާއި ޙިކުމަތްތެރީން މިކަމާ އެއްބަހެއް ނުވެއެވެ. ޙިކުމަތްތެރީން ޤަބޫލު ކުރާގޮތުގައި އިިިންސާނާގެ ކިބާގައި ހުންނަ އަޚްލާޤީ ސިފަތަކާއި، އާދަވެފައިހުންނަ ކަންކަމަކީ، ހެދުމެއް ބަދަލުކޮށްލެވޭހައި ފަސޭހަކަމާއެކު ބަދަލުކޮށްލެވިދާނެ ސިފަތަކެކެވެ. އަހަރެމެންގެ ގައިގާ ހަރުލާ އަޚްލާޤީ ސިފަތަކަކީ، ބިންމައްޗަށް ބަންޑުވި ކިރުތައްފަދައިން އަލުން - [ކަސްރަތުން މުޖުތަމައުއަށްލިބޭ ފައިދާ](https://addana.mv/5313) - މާތްﷲ އިންސާނުންނަށް ގުނާ ހުސްނުވާހާވެސް ގިނަގުނަ ނިޢުމަތްތައްވަނީ ދެއްވާފައެވެ. އަދި ކޮންމެ އިންސާނަކަށްވެސް ބުއްދި ދެއްވިއެވެ. ރަނގަޅާއި ނުބައި ދަނެގަތުމަށެވެ. އަދި ރަނގަޅުމަގު ޚިޔާރު ކުރުމަށްޓަކައެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް 'މެނުއަލް' އެއްވެސް މިންވަރުކުރެއްވިއެވެ. އެމެނުއަލްއަކީ ކީރިތި ޤުރުއާނެއެވެ. އަދި އިންސާނުން ދިރިއުޅެންވީ ރިވެތިގޮތް ދެއްކެވުމަށްޓަކައި، 'ރޯލް މޮޑެލް' އެއްވެސް ފޮނުއްވިއެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙަންމަދުގެފާނުއެެވެ. އެހެންކަމުން ޙަޤީޤަތުގައި މަގުއޮޅިގެން ދާކަށް ނުޖެހެއެވެ. މަގުއޮޅެނީ، އިސްވެ ދެންނެވުނު، 'މެނުއަލް' އަދި އެމެނުއަލްއަށް ބަލައިގެން ދިރިއުޅުމުގެ - [ބުނަންވީ ކީކޭ؟ ކިހިނެއް؟](https://addana.mv/5308) - ބަހަކީ ހަމަ އެކަނި މުވާޞަލާތު ކުރުމުގެ މެދުވެރިއެއް ނޫނެވެ. އެކަމަކު ބަހަކީ އިންސާނާގެ މުޅިޙަޔާތާ ގުޅިފައިވާ ބައިވެރިއެކެވެ. 19 ވަނަ ޤަރުނުގެ ހޯދުންތައް ބުނާގޮތުން ބަހުގައި ވަރަށް ބޮޑު ޢިލްމީ ޙަޤީޤަތްތަކެއް (Scientific factors) ހިމެނެއެވެ. އެ ޙަޤީޤަތްތައް ދެނެގަނެގެން އޭގެ އަލީގައި ބަސް ބޭނުންކުރާ މީހުން އެ މީހުންގެ މަޤުޞަދުތައް ނުހަނު ފަސޭހަކަމާއެކު ޙާޞިލްކުރެއެވެ. ނަމަވެސް މި ޙަޤީޤަތްތަކަށް ފަރުވާތެރިނުވެ ބަސް ބޭނުން ކުރީމާ، ވަރަށް ގިނަ ފަހަރު ބޮޑެތި ނާކާމިޔާބީތަކާއި ދެރަ ކަންތައްތަކާ ކުރިމަތިލާން - [ނިކް ވޫއިޗިޗްގެ ޙަޔާތުން ލިބޭ ދަރެސް](https://addana.mv/5280) - ގައިގެ ތަނެއް ހިރުވައިގަންނަ ހިނދު، ކަހައިލާނެ އަތެއް ނެތް ޙާލަތު ހިތަށް ގެނެސްބަލާށެވެ. ލޯބިވާ މީހުންގެ ގައިގައި ލޯބިން ބައްދާލާނެ އަތެއް، މީރު ކާއެއްޗެއް ފެނުމުން އެ އެއްޗެއް ނަގާނެ އަތެއް، އަދި އަމިއްލައަށް ކަންކަންކޮށް އުޅުމަށް އެންމެ މުހިންމު އެއް ގުނަވަންކަމުގައި ވާ ދެ އަތް ޤުދުރަތުން ލިބިފައިނެތް ޙާލަތު ނިކަން ހިތަށް ތަޞައްވުރުކޮށްބަލާށެވެ. އެހެން ހުރިހައި ހިއްސުތަކެއް ސަލާމަތުންހުރެ، ހިނގާބިނގާވެ އުޅޭނެ ދެ ފައި ނެތް ޙާލަތު ހިތަށް ގެނެސްބަލާށެވެ. އަދިވެސް ނިކަން ހިތަށް - [ޢައިން ޖާލޫތު ހަނގުރާމަ](https://addana.mv/5274) - ޢައިން ޖާލޫތު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ހަނގުރާމައެކެވެ. މި ހަނގުރާމައަކީ މިޞްރުގައި އޮތް މަމްލޫކުން (މަމާލިކުން)ގެ އިސްލާމީ ލަޝްކަރާއި މޮންގޯލިޔާ މީހުން (ތަތާރުން)ނާ ދެމެދު ހިޖުރައިން 658 ރަމަޟާން 25 ވަނަ ދުވަހު (މީލާދުން 1260 ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު) ކުރެވުނު ހަނގުރާމައެކެވެ. މި ހަނގުރާމައަކީ މޮންގޯލުން ލަޝްކަރުން، މެދުއިރުމަތީގެ އިސްލާމީ ޤައުމަކަށްފަހު ޤައުމެއް ނުވަތަ ރަށަކަށްފަހު ރަށެއް ހިފަމުން އައި އައުން ނިކުމަކަށް ގެނައި ހަނގުރާމައެވެ. މި ހަނގުރާމައަށް ޢައިން - [ފަރުދީ ފުދުންތެރިކަން](https://addana.mv/5271) - ހުރިހާ މާނައެއްގައި ވެސް ފަރުދީ ފުދުންތެރިކަން ހާސިލުކުރުމަށް ކޮންމެ މީހަކު ވެސް ކަށީން ހިތްވަރު ނެރެ މަސައްކަތްކުރަން ޖެހެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، އެހެން މީހުންގެ އެހީތެރިކަމަކާ ނުލައި ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. ނަމަވެސް، މި މަޤްޞަދު ހާސިލުކުރުމަށް ފަރުދީ ހައިސިއްޔަތުން އަޅާ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެތަކެއް ދުވަހަށް ދެމިގެން ދެއެވެ. މާއުފާވެރި މާދަމާއެއް ހޯދުމަށް ކުރެވޭ އުއްމީދުތަކުގައި މުޅީން އެހެން ކުލައެއް ޖެހިގެން - [އެމެރިކާއިން އީރާނަށް ހަމަލާދިނުން: ކުރިމަގުގެ އަންދާޒާތައް](https://addana.mv/5266) - ނޯޓް: މި ލިޔުމަކީ، 2025 ޖޫން 22ވަނަ ދުވަހުގެ ނިޔަލަށް ލިބެންހުރި މަޢުލޫމާތާއި، ތަޖުރިބާކާރުންގެ އެނަލިސިސްތަކުގެ މައްޗަށް ބިނާކޮށް އަންދާޒާކުރެވިފައިވާ ކަންކަމާ ގުޅޭގޮތަށް ލިޔެފައިވާ ލިޔުމެކެވެ. މިހާރު ކުރިއަށްދާ އިޒްރޭލް-އީރާން ކޮންފްލިކްޓަކީ ވަރަށް އަވަސްކަމާ އެކު ނިއުޅެމުންދާ ކޮންފްލިކްޓެއް ކަމުގައިވާތީ، މި ލިޔުމުގައި ހިމަނާފައިވާ ބައެއް މަޢުލޫމާތު ފަހުން ބަދަލުވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. 2025 ޖޫން 22ވަނަ ދުވަހަކީ އީރާން-އިޒްރޭލް ކޮންފްލިކްޓްގެ މިސްރާބު ބަދަލުކޮށްލި ދުވަހެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށް، އެމެރިކާއިން ވަނީ، - [ބާންއައުޓް](https://addana.mv/5252) - ބާންއައުޓަކީ މަސައްކަތުގެ މާޙައުލުގައި ތިމާއަށް ދިމާވާ ނަފުސާނީ އަދި ޖިސްމާނީ ވަރުބަލިކަމެކެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑަށް ނުކަތާވަރަށް ތިމާ އުފުލާ ނަފުސާނީ ބުރައިގެ ސަބަބުން ކުރިމަތިވާ ޙާލަތެކެވެ. މީގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ތިމާ ކުރާ މަސައްކަތުގެ ފެންވަރު ދަށްވެ، އަމިއްލަ ނަފުސާމެދު ނޭދެވޭ ޝުޢޫރުތައް އުފެދި، އަދި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ވަރުބަލިކަން އިހުސާސްކުރެވެއެވެ. މިހެން މިކަން ދިމާވުމުގެ އެއްމެބޮޑު އެއް ސަބަބަކީ މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން - [ލިޔުމުގައި ބޭރު ލަފުޒު ބޭނުންކުރުން](https://addana.mv/5249) - ދިވެހިބަހުގެ ލިޔެކިޔުމޭ ނަންގަތަސް މި ޒަމާނުގައި، މިއަދުގެ ލިޔުންތަކުގައި ގިނައިން ފެންނާނީ ތާނައަކުރުން ލިޔެފައި ހުންނަ ބޭރު ބަސްބަހުގެ ލަފުޒެވެ. އަދި މިގޮތަށް ބޭރު ލަފުޒު ބޭނުންކުރުމުގައި ދިވެހިބަހުގައި ބޭނުންކުރާ އަކުރު ބޭނުންކޮށްފައި ހުންނަ ހުރުން ގިނަ ފަހަރަށް ރަނގަޅެއް ނޫނެވެ. ލިޔުންތަކުން ފެންނާން ހުންނަނީ ބޭރު ބަހުގެ ލަފުޒެއް ލިޔުމަށް ފަހު ދިވެހިބަހުގައި ގުޅުވުމަށް ބޭނުން މި ކުރާ އަކުރުތައް އޭގެ ފަހަތުގައި ލިޔެފައި އޮންނަ ތަނެވެ. އެ އަކުރު ލިޔުމުގައި އަންނަން ޖެހޭ ބަދަލުތައް - [އީރާން-އިޒްރޭލު ކޮންފްލިކްޓް: ވާދަވެރި ރޭހަށް އިތުރުވި އައު ބާބެއް!](https://addana.mv/5256) - 2025 ޖޫން 13 ވަނަ ދުވަހު އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކަށް ފަހު، އެ ދެ ބާރުގެ މެދުގައި ވަނީ އަސްކަރީ ވަރުގަދަ ކުރިމަތިލުންތަކެއް ފެށިފައެވެ. މެދުއިރުމަތީގެ އެންމެ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ މަޝްރަހް އޮތީ ނުރައްކަލުގެ ތެރޭގައެވެ. "އޮޕަރޭޝަން ރެއިސިންގް ލަޔަން" ނަމުގައި އިޒްރޭލުން ފެށި އަސްކަރީ އޮޕަރޭޝަނަކީ، މިހާތަނަށް އީރާނާ ދެކޮޅަށް އިޒްރޭލުން ފެށި އެންމެ ފުޅާ އަސްކަރީ އޮޕަރޭޝަން ކަމުގައި އިޒްރޭލުން ސިފަކުރެއެވެ. - [އީރާނުގެ ބަދަލުހިފުމުގެ ރަތް ދިދަ](https://addana.mv/5260) - އިސްލާމީ އުންމަތުގެ މުހިންމު ޤައުމެއް ކަމުގައިވާ އީރާނުގައި ނަގާ ބަދަލު ހިފުމުގެ ރަތް ދިދަ ނުވަތަ އިންތިޤާމުގެ ދިދައަކީ އެ ޤައުމުގެ އަޤީދާއާއި ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މި ދިދަ އާންމުކޮށް ނަގާ އުޅެނީ މުޙައްރަމް މަހުއެވެ. އެއީ ކަރްބަލާ ހަނގުރާމައިގައި ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު (10 އޮކްޓޫބަރު 680މ.ގައި) ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން އިމާމް ޙުސައިން ބިން ޢަލީ (ރަޟިޔަﷲ ޢަންހު) ޝަހީދުކޮށްލި - [ދިވެހީންގެ ތާރީޚާ ގުޅިފައިވާ ބޮޑު މައިދާނުގައި ޢީދުނަމާދުކުރުން](https://addana.mv/5238) - ރާއްޖޭގައި އެންމެ އިހުޒަމާނުން ފެށިގެން ވެސް އެކި ރަށްރަށުގައި ޚާއްޞަކޮށްފައި އޮންނަ މައިދާންތަކުގައި ޢީދުނަމާދު ކުރަމުން އައިސްފައިވެއެވެ. އެއީ ދިވެހީންގެ ދީންވެރިކަމާ ގުޅިފައިވާ ކަމެއްގެ އިތުރުން، ދިވެހީންގެ އާދަކާދައާއި ސަގާފަތުގެ ތެރެއަށް ވެސް ވަދެފައި އޮތް ކަމެކެވެ. ޒަމާންތަކެއް ވާންދެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިތުރު ޢީދާއި އަޟްހާ ޢީދު ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ މައިދާންތަކަށް އެ ރަށްރަށުގެ ކުދިބޮޑު އެންމެން ޖަމާވެ، ޢީދު ނަމާދުގައި ބައިވެރިވެ، ރޫހާނީ ގޮތުން މުޖުތަމަޢުގެ އެއްބައިވަންތަކަން އުފައްދަމުން ގޮސްފައި ވެއެވެ. - [ނަމަށް ބަދަލު އަންނާނެ](https://addana.mv/5230) - ނަމަށް ބަދަލު އަންނާނެއެވެ. ނަމަށް ބަދަލު އަންނާނެއޭ މި ނަންގަތީ ނަމުގެ ފަހަތަށް މެހޭ އަކުރެއް ގުޅުވުމުން ނަމަށް ބަދަލު އަންނަ ވާހަކައެވެ. ނަމުގެ ފަހަތަށް މެހޭ އަކުރެއް އައުމުން ދެ ހާލަތެއް އާދެއެވެ. އެއީ ނަމަށް މެހޭ އަކުރެއް އަންނަ ހާލަތުގައި ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތާއި ނާންނަ ހާލަތެވެ. އަޅުގަނޑު މި ލިޔުމުގައި އޮޅުން ފިލުވައިދޭން ބޭނުންވާ ބަޔަކީ މި ތަނުން ލަފުޒުގެ އަސްލަށް ބަދަލު އަންނަ ހާލަތެވެ. ބައެއް ސިޓީބިޓީ ކިޔާ - [މުދާ ހޯދުމުގައި ޙަލާލު މަގުތައް ޚިޔާރުކުރުން](https://addana.mv/5227) - ދުނިޔޭގެ މާލީ ނިޒާމަށް އައި ތަފާތު އެކިއެކި ކުރިއެރުންތަކާއި ބަދަލުތަކާ އެކު، އާމްދަނީ ހޯދުމުގެ މަގުތަކާއި ވަޞީލަތްތަކާއި، މާލީ އެކިއެކި މުޢާމަލާތުތައް ކުރުމުގެ ވައްޓަފާޅިއަށް ވެސް މިވަނީ އިންޤިލާބީ ބަދަލުތަކަކާ ކުރިއެރުންތަކެއް އައިސްފައެވެ. ބޭންކުތައް ވެސް މިއަދު މިވަނީ މާލީ މުޢާމަލާތުތަކުގެ ތަފާތު ބާވަތްތައް ތަޢާރަފްކޮށްފައެވެ. އިސްލާމީ ޝަރީޢާ ހުއްދަކުރާ ބާވަތްތަކާއި، ޝަރީޢާ ހުއްދަނޫން ބާވަތްތަކުގެ މުޢާމަލާތުތައް ވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު ފެންނަމުން ދެއެވެ. ހުރިހައި އެންމެން ވެސް އިއްތިފާޤުވާ ޙަޤީޤަތަކީ، ޝަރީޢާ ހުއްދަނޫން ކޮންމެ - [އިސްލާމީ ފުރަތަމަ ލަޝްކަރު](https://addana.mv/5224) - ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އިސްލާމީ ލަޝްކަރު އެންމެ ފުރަތަމަ އެކުލަވާލައްވައި އެ ލަޝްކަރަށް ތަރުބިއްޔަތާއި ތަމްރީނު ދެއްވައި ބިނާކުރެއްވި ގޮތަކީ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. އަދި އެހާމެ މަތިވެރި ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިބޭ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު ކަމެކެވެ. ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރައްވައި، މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އިސްލާމީ ލަޝްކަރެއް އެކުލަވާލެއްވުމެވެ. އިސްލާމީ ލަޝްކަރެއްގެ ބިނާކުރެއްވި - [މި ޖީލަށް ކުރިމަތިލާން ޖެހިފައިވާ ޞިއްޙީ ނުރައްކާތަކަކީ މުޅިން އައު ބާވަތުގެ ކަންކަން!!!](https://addana.mv/5236) - ޒުވާން އުމުރަކީ ގިނަގުނަ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުން ފުރިގެންވާ އުމުރެކެވެ. އެހެންނަމަވެސް، އަދުގެ ޒުވާނުން ކުރިމަތިލާން ޖެހިފައި މި ވަނީ އިހުގެ އެއްވެސް ޖީލަކަށް ދިމާނުވާ ފަދަ ނުރައްކާތަކާ ކަމަށް، ޒުވާނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމާ ގުޅޭގޮތުން ޝާއިޢުކުރެވުނު ތަފުޞީލީ ދިރާސާ ރިޕޯޓެއްގައި ފާހަގަކޮށްފައި ވެއެވެ. މި ރިޕޯޓުގައި، މި ޒަމާނުގެ ޒުވާނުންނަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކާއި، އެ ކަންކަމުގެ ސަބަބުން އެ މީހުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް ވަނީ ތަފުޞީލުކޮށް ބަޔާންކޮށްފައެވެ. 2030ވަނަ އަހަރާ - [ދޮގުހެދުން](https://addana.mv/5218) - ދޮގުހެދުމަކީ ވަރަށް ޢާންމު އެހެނަސް ވަރަށް ނުރައްކާތެރި ނުބައި އަމަލެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވަހުގެ 4 ދަމުން އެއްދަމުން އެއްދަން ހޭދަވަނީ ދޮގުހެދުމުގައެވެ. ގިނަފަހަރަށް މީހުން ދޮގުހަދަނީ ކޮންމެވެސް ކަމަކުން މިންޖުވުމުގެ ބޭނުމުގައެވެ. ނުވަތަ ތިމާގެ އަގުވެއްޓިދާނެތީއެވެ. ނަމަވެސް، ސަމާސާއަށް ދޮގުހަދާ މީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުން ގިނައިން މީހުން ދޮގުހަދާ އުޅެނީ ފޯނުން ވާހަކަ ދައްކާއިރުއެވެ. ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާގޮތުގައި މީހުން ފޯނުފަދަ އާލާތްތަކުން ދޮގުހަދަނީ ދޮގުހެދުމުގެ ސަބަބުން ލިބޭ ނުތަނަވަސްކަން - [ޖޯޖް ވޮޝިންގޓަން (2)](https://addana.mv/5208) - އެޕްރީލް 1775 ގައި އެމެރިކާގެ އެތެރޭގެ ހަމަ ނުޖެހުންތައް ފެށުމަށްފަހު ބޭއްވުނު ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް އަށް ޖޯޖް ވޮޝިންގޓަން ކުރިމަތިލީ އަސްކަރީ ޔުނީފޯމްގައެވެ. މިއިން ދައްކައިދިނީ ޖޯޖް ވޮޝިންގޓަން ހުރީ ހަގުރާމައަށް ކުރިމަތިލުމަށް ތައްޔާރު ވެގެން ކަމެވެ. ޖޯޖް ވޮޝިންގޓަން އަށް އިހްތިރާމާއި، އަސްކަރީ ތަޖުރިބާއާއި، އަސްކަރީ ތަޙައްމަލު ކުރުން އަދި ވަރުގަދަ މުވާޠިނަކަށް ވުމުގެ ޝަރަފް ލިބިފައިވުމުގެ ނަތީޖާއަކީ އެމެރިކާގެ ދެކުނުން ޚާއްޞަކޮށް ވާޖީނިއާ އިން ޖޯޖް ވޮޝިންގޓަން އަށް ފުރިހަމަ ތާއީދު ލިބިފައި - [ޖޯޖް ވޮޝިންގޓަން (1)](https://addana.mv/5203) - ޖޯޖް ވޮޝިންގޓަން މަޝްހޫރުވެފައިވަނީ އެމެރިކާގެ ބާނީގެ ގޮތުގައެވެ. އަދި އެމެރިކާގެ ބައްޕަގެ ގޮތުގައެވެ. 22 ފެބުރުވަރީ 1732 ގައި އުފަންވެ ވަޑައިގަތް ޖޯޖް ވޮޝިންގޓަންއަކީ އިނގިރޭސިންނާ ދެކޮޅަށް މީލާދީން 1775އިން 1783އަށް ހިންގި އެމެރިކާގެ އިންޤިލާބީ ހަނގުރާމާގައި އެމެރިކާގެ ކޮންޓިނެންޓަލް އާރމީންނަށް ކާމިޔާބު ހޯއްދަވައި، އެމެރިކާ މިނިވަންކުރެއްވި މޭސްތިރިއެވެ. އެމެރިކަން އިންޤިލާބުގެ ކާމިޔާބަށް ފަހު އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޖޯޖް ވޮޝިންގޓަން އިސްވެ ވަޑައިގެންނެވީ 30 އެޕްރީލު 1789ގައެވެ. ޖެހިޖެހިގެން ދެ ދައުރުގައި ރައީސްކަން ކުރައްވައި - [ޖޯޖް ވޮޝިންގޓަން (3)](https://addana.mv/5212) - 4 މާރޗް 1797 ގައި ރިޔާސަތުގެ ދެވަނަ ދައުރު ފުރިހަމަ ކުރައްވައި ރައީސް ކަމުން ވަކިވެ ވަޑައިގަތުމަށްފަހު އެނބުރި މައުންޓް ވާނޮން އަށް ވަޑައިގެންނެވި އެވެ. އެއަހަރުގެ ތެރޭގައި 2250 އަކަ ފޫޓްގެ ޑިސްޓިލަރީ އެއް ބިނާކުރެއްވިއެވެ. ދެއަހަރު ފަހުން ވޮޝިންގޓަން ގެ ޑިސްޓިލަރީ (ބަނގުރާ ފަދަ ބުއިން އުފައްދާ ތަންތަން) އިން 11 ހާސް ގެލަންގެ މިފަދަ ބުއިންތައް އުފައްދާފައި ވެއެވެ. ވޮޝިންގޓަން ޑިސްޓިލަރީ އަކީ އެމެރިކަން ވިސްކީ ޓްރެއިލްގެ ބައެކެވެ.މައުންޓް ވާނޮން ގައި 30 - [އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ގަވާއިދު](https://addana.mv/5194) - މި ގަވާއިދަކީ، ރަސްމީ ލިޔެކިޔުމުގަައި ބޭނުންނުކުރާ، މިހާރުގެ މުޖުތަމައަށް އެންމެ މުހިންމު ގަވާއިދަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ކޮންމެ ވެސް ވަރަކަށް، އަމިއްލަ ބޭނުންތަކަށް، އޮފީސް މާހައުލުގައި އަމިއްލަ ރަސްމީ ކަންކަމުގައި ފޮނުވާލާ މެސެޖެއްގެ ސިފައިގައި، އަދިވެސް އިނގިރޭސި (ލެޓިން) އަކުރުން ލިޔެއުޅެއެވެ. މިއީ މި ފަދަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ބޭނުންވާ ގަވާއިދުގެ ފިލާވަޅުތަކެކެވެ. މި ހަފުތާގައި މި ގަވާއިދުގެ ފިލާވަޅުތައް އަޅުގަނޑަށް އެނގިފައިވާ މިންވަރަކުން ތި އެންމެ ބޭފުޅުންނަށް އޮޅުންފިލުވައި ދެވޭތޯ ބަލާނަމެވެ. މި - [ސިފައިންގެ ޢާއިލާތަކުންވާ ޤުރުބާނީ: ރިނބުދޫ އަޙްމަދު ޒަކަރިއްޔާގެ 3 ދަރިންނާއި 2 ކާފަދަރިން ސިފައިންގެ ޚިދުމަތުގައި](https://addana.mv/5191) - ޤައުމު ދިފާޢުކުރުމުގައާއި ރައްޔިތުންނަށް އެންމެ ބޭނުންވާ ހިނދު އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރު އެންމެންނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް ސިފައިންގެ މީހުންގެ ޚިދުމަތުގެ ފަހަތުގައި ތިބޭ ސިފައިންގެ ޚިދުމަތަށް އެންމެ ބޮޑަށް ހިތްވަރުދޭ އަދި އެންމެ ބޮޑު ޤުރުބާނީއެއްވާ ސިފައިންގެ މީހުންގެ ޢާއިލާގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކެނީ ވަރަށް މަދުންނެވެ. ވަކިން ޚާއްޞަކޮށް ސިފައިންގެ މީހުންގެ މައިންބަފައިން ވަމުންދާ ޤުރުބާނީ ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ. ސިފައިންގެ މީހުންގެ މައިންބަފައިން - [އަސްލު މައްސަލަ](https://addana.mv/5188) - ޢުމަރުގެފާނު ވިދާޅުވެފައި ވެއެވެ. މީހަކު ބަލިކޮށްލެވޭނެ އެންމެ މޮޅު ހަތިޔާރަކީ ރިވެތި އަޚުލާޤެވެ. މިއަދު، މި ލޮބުވެތި ވަޠަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، މަކާރިމުލް އަޚުލާޤުގެ ސިފަތައް އަދުގެ ޖީލުގެ ގިނަ ބައެއްގެ ކިބައިގައި ނެތުމެވެ. އަޅުގަނޑުގެ ނަޒަރުގައި، މި ދީބުގެ ހަމަ ކޮންމެ މީހަކުމެ މި ޙަޤީޤަތް ޤަބޫލުކުރާނެއެވެ. ފެންނާން އޮތް ޙަޤީޤަތަކީ، މާތްވި އިސްލާމް ދީނުން މި ޤައުމަށް ލިބިދިން އަޚުލާޤީ ހަމަތަކާއި، ޢިޖުތިމާޢީ މިންގަނޑުތަކާއި، ކާބަފައިން ތުރުކުރެއްވި ފަސްބައި ރީތި ޢިޖުތިމާޢީ - [އޮސްލޯ މުއާހަދާ](https://addana.mv/5184) - އޮސްލޯ މުއާހަދާއާ ހަމައަށް އާދެވުނީ ފަލަސްތީނާއި އިޒުރޭލާ ދެމެދުގައި 1982އިން 1993ވަނަ އަހަރާ ދެމެދުގައި ދެކެވުނު ސިއްރު ވާހަކަތަކަށް ފަހުގައެވެ. ނޯވޭއިން މެދުވެރިއެއްގެ ދައުރު އަދާކުރި މި ވާހަކަތަކަށް ފަހު 13 ސެޕްޓެންބަރު 1993ގައި މަޝްހޫރު އޮސްލޯ މުއާހަދާ (Oslo Accords)ގައި ސޮއިކުރެވުނެވެ. މި މުއާހަދާގެ ސަބަބުން ފަލަސްތީނާއި އިޒުރޭލާ މެދުގައި ސުލުހަ ގާއިމުކުރެވިދާނެކަމުގެ އުންމީދު ލިބިގެން ދިޔައެވެ. އޮސްލޯ މުއާހަދާ ހަދާފައި ފަލަސްތީނާއި އިޒުރޭލުން ސޮއިކުރީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ގޯތިތެރޭގައެވެ. އެމެރިކާގެ - [ ތިނެއް ނޮވެންބަރު އޭގެކުރިން ދެކެފައިނުވާ މަންޒަރުތައް، އަހާފައިނުވާ އަޑުތަކެއް، ކުރެވިފައިނުވާ އިޙްސާސްތަކެއް](https://addana.mv/5179) - އަޅުގަނޑުމެން ދިވެހިންނަކީ ޒަމާނުއްސުރެ "ހިންދު އެމާ ކަނޑުތެރޭ، އަލި ރަން މުތް ހެން ދިރޭ، މީ މަގޭ އުފަން ބިމޭ، ދީބު ދިވެހި މީ" އޭ ބުނެ ފަޚުރުވެރިކަމާއެކު މިނިވަންކަން ފާހަގަ ކުރަމުން އައި ބަޔެކެވެ. ކޮންމެ ކަމެއްގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަން އިޚްތިޔާރުކުރާ ބަޔެކެވެ. ނަމަވެސް ދިވެހީންގެ ދިވެހިއްޔަތާއި ޤައުމިއްޔަތާއި މިނިވަންކަން ނިގުޅައިގަތުމަށްޓަކައި ބޭރުގެ ހަނގުރާމަވެރި ޖަމާޢަތަކާ ގުޅިގެން ދިވެހީންގެ ތެރެއިން ބަޔަކު މަސައްކަތްކުރަމުން ދާކަމަށް ހީކުރާނީ ކާކުތޯއެވެ؟ އާދަވެގެންވާ ގޮތާ ޚިލާފަށް އެދުވަހު މާލޭގެ ރައްޔިތުންނަށް - [ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ](https://addana.mv/5176) - 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިނެއް ވީ ބުރާސްފަތި ދުވަހު އަރައިގެން އައި އިރާއެކު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. ބިރުވެރި ޚަބަރުތަކެކެވެ. އެއީ ދިވެހިންގެ ތެރޭގައި ތިބި ޚާއިނުންތަކެއް މި ދިވެހި ވަޠަނަށް ކުރިމަތިކުރުވި ނާމާން ދުވަހެކެވެ. އެއީ އެއްވެސް ދިވެހި ރައްޔިތެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއްނޫނެވެ. ދިވެހި ތާރީޚުގައި އަބަދުގެ އަބަދަށް ކަޅުއަކުރުން ފަވާލެވިފައި އޮންނާނެ ދުވަހެކެވެ. އޭގެކުރިން ފިލްމެއްގެ މަންޒަރަކުން ނޫނީ އާންމުންނަށް އިވިފައިނުވާފަދަ ބިރުވެރި އަޑުތަކާއެކު މާލެތެރެ - [ނޮވެންބަރު ތިނެއްގެ ހާދިސާއިން ލިބޭ ޢިބްރަތްތައް](https://addana.mv/5173) - ހިންދުކަނޑުގެ މެދުގައި، ހަވާދުމަގުގެ ހިތުގައިވާ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 50 އަހަރުވީ ރަންޔޫބީލް ފާހަގަކުރީ ދާދި މިދާކަށް ދުވަހުއެވެ. ދިވެހިންގެ މިނިވަންކަމުގެ ރަމްޒެއް ކަމުގައިވާ ރަސްމީ ބޮޑު ދިދަ، ޖުމްހޫރީ މައިދާނުގައި ފަޚުރުވެރިކަމާއި މިނިވަންކަމާއެކު ވިހުރެމުންދާއިރު ދިދައިގެ ފަހަތުން ފެންނަނީ މިނިވަންކަމުގެ އެހެން ރަމްޒެކެވެ. "ޝަހީދު ޙުސައިން އާދަމް ބިލްޑިންގ" ފެނުމުން އަޅުގަނޑުމެންނަށް އާވަނީ އެހެން ހަނދާންތަކެކެވެ. ހިތުން ޝުކުރާއި ތަޢުރީފުގެ ބަސްތައް ވެދުން ކުރެވި، އަލުން ޤައުމީ އަސަރު އަޅުގަނޑުމެންގެ ހިތްތަކުގައި - [ނޮވެންބަރު 3 - ދިވެހިން ހޭލައްވާލި ދުވަހެއް](https://addana.mv/5170) - ހުދުކުލައިގެ މުތީތަކަކުން ޒީނަތްތެރި ކުރެވިފައިވާ ފެހިކުލަގަދަ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ކޮންމެ ދިވެހި ދަރިއަކު ފަޚުރުވެރިވުން ޙައްޤު މާޒީއެއް އެކުލެވިފައިވާ ގައުމެއްކަން ދިވެހި ތާރީޚުގެ ފަތްފުށްތަކުން ހެކިދެއެވެ. ވޭތުވެދިޔަ 800 އަހަރުގެ ތާރީޚަށް ބަލާއިރު ދިވެހިންގެ އަމިއްލަ މިނިވަން ކަމާއި ސިޔާދަތު، ދެފަހަރެއްގެ މަތިން ބީވެގެންދިޔަ ކަމުގައި ވިޔަސް ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަމެއްގެ މަތީ ފައިތިލަ ސާބިތުކޮށްފައިވާ ބައެކެވެ. އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދައި، އދ ގައި ދިވެހިރާއްޖޭގެ މިނިވަން ދިދަ ފޮޅުވާލިތާ 23 އަހަރު ފުރިފައި - [ކަޅުފޮއި ރެއެއްގެ ޖިންނީންގެ ކުޅިގަނޑު](https://addana.mv/5167) - އެއީ 1993 ވަނަ އަހަރުގެ މެދެއްހާ ހިސާބެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 20 އަހަރެވެ. އަހަރެންނަކީ ހެލްކަޕްޓަރުގެ ކެބިން ކުރޫ އެއްގެގޮތުގައި މަސައްކަތްކުރާ މީހެކެވެ.އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެންނާއި ބޯޓްގެ ކެޕްޓަނާއި އިންޖިނޭރާއި ތިންމީހުން ފަތުރުވެރިން ގޮވައިގެން އއ. ކަނދޮޅުދޫއަށް ދިއުމަށް ހުޅުލެއިން ފުރީމެވެ. ގާތްގަނޑަކަށް 30 މިނެޓްގެ ކުރު ރާސްތާއަކަށްފަހު އެރަށަށް ދެވިއެްޖެއެވެ. ރަށަށް ދެވުނީ އެދުވަހު ހަވީރު 5:30 ހާއިރު އެވެ. އެރަށުގައި ކުޑަކުޑަ ހެލްޕޭޑެއް އޮވެއެވެ. ރަށަށް ބޯޑު ޖެއްސުމާއިއެކު ކައިރި - [މަގޭ ގޭގެ ހުވަފެއް ނެތޭ!](https://addana.mv/5164) - މިއީ ފަހަރެއްގައި ދެނެގަތުމަށް އުނދަގޫ ވާހަކައަކަށް ވެދާނެއެވެ. ނޫންނަމަ ވިސްނާލަން ދަތިކަމަކަށް ވެދާނެއެވެ. ސަބަބަކަށްވަނީ މިއީ ފުޅަފުގެ ޒަމާނަށް ނުވުމެވެ. އިންފާރުގެ ޒަމާނަށް ވުމެވެ. އެކަން ބާއްވަމާ ހިގާށެވެ. ކޮންމެ މީހަކުވެސް ނިވާވުމަށް އެދޭނެއެވެ. ތިމާގެ ގޭގެ "ފުޅައް" ސަލާމަތުން ބެހެއްޓުމަށް އަބަދުވެސް އެދޭނެއެވެ. ހައިއަޅާނެ އެންމެ ތަންކޮޅެއް ވެސް ބޭއްވުމަކަށް ބޭނުމެއް ނުވާނެއެވެ. އަންނައުނު ލުމުގެ ބޭނުމަކީ ވެސް މިއީއެވެ. ނިވައިކަން ހޯދުމެވެ. މިއީ އިންސާނީ ޠަބީއަތެވެ. ފިޠުރީގޮތުން އިންސާނާ ޤަބޫލުކުރާ ހަމައެވެ. ދުނިޔޭގެ އެންމެންގެ - [ޙަޔާތުގެ އެންމެ ފަހު މަންޒިލަށް ކުރި ދަތުރު](https://addana.mv/5157) - މާލެއަތޮޅު ދިއްފުށީ ތަނބުރުމާގޭ ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު (ޢާންމު ނަމުން ނަމަ ދޮންމަނިކުބެ) އަކީ ހެޔޮލަފާ މަޑުމައިތިރި ބޭކަލެކެވެ. ދިއްފުށީ އެ އުމުރުގެ ކޮންމެ މީހަކުވެސް، ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނު ފާހަގަ ކުރަނީ، އެންމެންނާ ގުޅޭ، ހިތްހެޔޮ، ރާވެރިއެއް، އަދި މަސްވެރިއެއްގެ ގޮތުގަ އެވެ. އޭނާގެ އެކުވެރިންނާ ގާތްތިމާގެ މީހުން ވެސް އޭނާއާ މުޚާޠަބު ކުރަނީ "ދޮންމަނިކުބޭ"ގެ ނަމުންނެވެ. ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙުމާނަަކީ މޮޅު ރާވެރިއެކެވެ. މޮޅު ރޭނުންތެރިއެކެވެ. އަދި ވަރަށް މޮޅު - [އުޙުދު ހަނގުރާމައިގައި ރަސޫލާގެ ޤިޔާދަތު](https://addana.mv/5151) - ހިތްހަމަޖެހުން ލިބިފައިވާ، އަމާންކަން ޝާމިލު، ބާއްޖަވެރި މުޖްތަމަޢެއް ޤާއިމު ކުރެއްވުމުގައި ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ރޭވުންތެރިކަމާއި، ޢަބްޤަރިއްޔަތަކީ ލިޔުންތެރީންނާއި، މުފައްކިރުންގެ ޚިޔާލުގައި މެނުވީ ތަޞައްވުރު ކުރެވޭނެ ކަމެއް ނޫނެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ އެތައް ހަނގުރާމަތަކެއް ދެކެވަޑައިގެންފަ އެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ޤަބީލާގެ މީހުންނާއެކުގަ އެވެ. އެއަށް ފަހު މަދީނާއާއި މަދީނާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި އުޅޭ މީހުންނާއި، އަވަށްޓެރި ޔަހޫދީންނާ އެކުގައި ވެސް - [1988 ނޮވެންބަރު 3 އަޅުގަނޑަށް ފެނުނު ގޮތް](https://addana.mv/5145) - އަޅުގަނޑުމެން މި ތައްޔާރުވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ރިޔާސީ 3 ވަނަ ދައުރާ ޙަވާލުވެވަޑައިގަތުމުގެ ދުވަހަށެވެ. އާދޭހެވެ. ހުރިހައި ތައްޔާރީތަކެއް ކުރެވެނީ 11 ނޮވެންބަރު 1988 ދުވަހު ރައީސުލްޖުމްހޫރިއްޔާ 3 ވަނަ ރިޔާސީ ދައުރަކަށް ހަވާލުވެވަޑައިގަތުމުގެ ގޮތުން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އެހެންކަމުން މިދުވަސްކޮޅަކީ އޮފީހުގައި ވެސް ވަރަށް މަސައްކަތް ބޮޑު ދުވަސްކޮޅެކެވެ. ކޮންމެ ދުވަހަކުހެން ހަވީރު ވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ވަޑައިގަންނަވައެވެ. އަދަކީ 2 ނޮވެންބަރު 1988 ވީ ބުދަ ދުވަހެވެ. މިއަދު - [އަމާން ވެއްޓަކަށް ތިމާގެ ވެށި ހެދުމުގައި ފަރުދީ ޒިންމާ](https://addana.mv/5138) - ވިލާތު ޤައުމުތަކުގައި ވެސް އަދި ބޭރުގެ އެހެނިހެން ކަރަތަކުގައި ވެސް ދިވެހިރާއްޖެ މަޝްހޫރުވެފައި ވަނީ ޤުދުރަތީ ގޮތުން ރީތި، އަމާން ސުލްޙަމަސަލަސް އޮތް، ތަނެއްގެ ގޮތުގަ އެވެ. އަދި މިރާއްޖޭގެ އަހުލުވެރިންނަކީ މެހެމާންދާރީ އަދާކުރުމުގައި އެފަދަ ދެވަނައެއްނުވާ ރިވެތި ނަމޫނާތަކެއް ލިބިގެންވާ ހެޔޮލަފާ ބަޔަކު ދިރިއުޅޭ ސުވަރުގެއެއްގެ ގޮތުގަ އެވެ. ބައެއް ފަހަރު އަޅުގަނޑުމެންގެ ބަސްމަގު ހުންނަގޮތަކުން ޤައުމު ފަޟީހަތް ވެގެންދާއިރު މާރާމާރީއާއި ބޮޑެތި ޖަރީމާތަށް ހިންގާ ނުރައްކާތެރި ނުބައި ނުލަފާ ބައެއްގެ ތޫނު ޚަންޖަރު ތަކުން - [ހުވަފެނެއް ޙަޤީޤަތަކަށް ހަދާނީ ކިހިނެއް؟](https://addana.mv/5134) - ދެކެމުން އަންނަ ހުވަފެނެއް ޙަޤީޤަތަކަށް ހަދަން ޢަޒުމް ކަނޑައަޅާށެވެ. މި ދަނޑިވަޅަކީ މިކަމަށް އެންމެ އެކަށިގެންވާ ވަގުތެވެ. ކަނޑައަޅާފައިވާ ހިސާބަށް ވާސިލުވުމަށް މަސައްކަތް ފަށާށެވެ. ރޭވުންތެރިކަމާއެކު ކުރިޔަށްދާނެ މަގު ކޮށަން ފަށާށެވެ. ފަށައިގަންނައިރު އެންމެ ފަސޭހަވާނީ އެންމެ ފުރަތަމަ އެކަމަކަށް އެޅެންހުރި ފިޔަވަޅުތައް "ބޭބީ ސްޓެޕްސް" އިން ފަށައިގަތުމުންނެވެ. އޭރުން އިސާހިތަކު ކާމިޔާބުވާނެ ކަމުގެ ކުލަވަރު ފެންނަން ފަށާނެއެވެ. މި ގޮތުގެމަތިން ކަންކަން ކުރި ކަމުގައި ވީ ނަމަވެސް އުނދަގޫތަކާއި އަޑިގުޑަންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އާދޭހެވެ. ކަމަކާ - [ހީލާ! ހީލާ! ހުނުމަކީ ފަރުވާއެއް](https://addana.mv/5130) - އަވަދިނެތި ބުރަ ތާވަލަކަށް މަސައްކަތް ކުރުމުގައި ކޮންމެ ދުވަހެއް ހޭދަކުރަމުން ދިއުމީ މިއަދުގެ އަޅުގަނޑުމެންގެ މުޖުތަމަޢު އަޅުގަނޑުމެންނަށް ދައްކުވައިދޭ މަންޒަރެވެ. ފަތިހާ ތެދުވެ ކިޔެވުމަށާއި މަސައްކަތަށް ދިއުމަށް އަވަސްވެގަތުމާއި މަސައްކަތުގެ މައިދާނުގައި ގޮނޑިއަށް ފޫހަރައިލައިގެން ކޮމްޕިއުޓަރތަކަށް ލޯހަރައިގެން ތިބޭ އަޅުގަނޑުމެންގެ ޒުވާނުންނަށް ވަގުތު ހިނގާ މިންވަރު ވެސް އިހުސާސްނުވެ، އިރު އެރީއްސުރެ އިރު އޮއްސެންދެން ތިބުމީ އަޅުގަނޑުމެންގެ މުޖުތަމަޢުއިން އަޅުގަނޑުމެންނަށް ފެންނަ ޙަޤީޤަތެވެ. އޮފީސް ވިޔާފާރި ބަންދު ކުރާ ވަގުތު ޖެހުމުން ގެއަށް އައިސް ބަނޑުފުރާނަ މުއްތިކުރުމާއެކު - [އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާދަޔާޚިލާފު މަސައްކަތެއް!](https://addana.mv/5127) - ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ރަންޔޫބީލްގެ ހެވިކަމާއި ކުޅިވަރުތަކުގެ ކުލަގަދަ ހަފުލާގެ މަންޒަރުތައް ދުށީމެއް ނޫންތޯއެވެ! އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ޔަޤީނުންވެސް އެ ހަފުލާގެ ތެރެއިން ދިވެހި ސިފައިން ދައްކާލި "މިޔުޒިކަލް ޑްރިލް ޑިސްޕްލޭ" ގެ ހަރަކާތްތައް ގިނަ ދިވެހިންގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައި ވާނެއެވެ. އެއީ ދިވެހިން ހައިރާންކޮށްލި ހަރަކާތެކެވެ. މޫނުމައްޗަށް އުފާވެރިކަން ގެނެސްދިން ހަރަކާތެކެވެ. އެރޭ ކުޅިބަލަން ރަސްމީ ދަނޑަށް ވަދެ ތިބި އެތަކެއް ހާސް މީހުންގެ ތަރުހީބުގެ ހަޅޭކުން އެކަން - [“ރާބޮއި ޒިނޭކުރާ” ޞާލިޙް އަޅުވެރިޔާ](https://addana.mv/5124) - މީލާދީ ސަނަތުން 1623 އާއި 1640ގެ އަހަރު ތަކުގައި، އުސްމާނީ ޚިލާފަތުގެ ޚަލީފާއަކަށް ހުންނެވީ ސުލްޠާން މުރާދު ރާބިޢު (ހަތަރުވަނަ) އެވެ. އުސްމާނީ ޚިލާފަތުގެ ވެރިކަން ކުރަމުން އޭރު ދިޔައީ ތުރުކީ ވިލާތުގައެވެ. ސިފަބަދަލު ކުރައްވައިގެެން އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން އުޅުއްވައި އެމީހުންގެ ހާލު އަހުވާލު ބެއްލެވުމަކީ ސުލްޠާން މުރާދު އާދަވެގެން ކޮށްއުޅުއްވި ކަމެކެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ސުލްޠާން މުރާދަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެއީ ފޫހިފުޅުވެ، ހިތްޕުޅު ނުތަނަވަސް ވާކަހަލަ - ["ހާދަރު"](https://addana.mv/5121) - ތިނެއް ނޮވެންބަރުގެ ހަމަލާއަކީ ފަހުގެ ތާރީޚުގައި ދިވެހި ޤައުމަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނާމާން އަދި ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝަހީދުވެގެން ދިޔަ ޢުދުވާނީ ހަމަލާއެވެ. އެދުވަސް ދެކި ތަޖުރިބާ ކުރި ފަރާތްތަކަށް އެއީ ހަނދާން ނައްތާލަން ފަސޭހަ ދުވަހެއް ނޫނެވެ. ނަމަވެސް އޭގެފަހުން އުފަންވެ އެ ދުވަހުގެ އެތަޖުރިބާ ކުރެވިފައިނުވާ މިއަދުގެ ޒުވާން ޖީލަށް އެ ހާދިސާ ކިޔައިދޭން ޖެހެއެވެ. ދީނާއި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީ - [އެންމެ ރީތި އެއް މިސްކިތް ސިފައިން ގޭގައި!](https://addana.mv/5115) - ސިފައިންނަކީ ޒަމާނުއްސުރެވެސް ދީނީ ކަންތައްތަކަށް އަހަންމިއްޔަތުކަމެއް ދެމުންދިޔަ ބައެކެވެ. ސިފައިންގެ ކޮންމެ މަރުކަޒެއްގައި މިސްކިތެއް ނުވަތަ ނަމާދު ކުރުމަށް ޚާއްޞަ ވަކި ތަނެއް ހުރެއެވެ. އެހެންނަމަވެސް މިހާތަނަށް ސިފައިންގެ މަރުކަޒެއްގައި މިހާ ރީތި އަދި މިހާ ފުރިހަމަ މިސްކިތެއް ޢިމާރާތް ކުރެވިފައެއް ނުވެއެވެ. މިއީ ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭހާ ރީތި ފުރިހަމަ މިސްކިތެކެވެ. މިއީ ސިފައިންގެ މަރުކަޒު، ކަޅުތުއްކަލާކޮށީގައި ޢިމާރާތްކޮށް މިއަހަރު ހުޅުވި "މަސްޖިދިލް ވަފާއު" އެވެ. މި މިސްކިތުގެ ބިންގާ 2013 އެޕްރީލް - [އުޙުދު ހަނގުރާމައިގެ ތައްޔާރީތައް](https://addana.mv/5112) - ހިޖުރައިން 2 ވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައަކީ މުޝްރިކުންނާއި މުސްލިމުންނާ ދެމެދު ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. ވަރުގަދަ އީމާންކަމެއް ހިތުގައި ބިންވަޅު ނެގިފައިވާ 313 ޞަޙާބީންގެ ކުޑަކުޑަ ލަޝްކަރާއި މުޝްރިކުންގެ 1000 ހަނގުރާމަވެރީންނާ ކުރެވުނު މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ޢިބުރަތުން ފުރިގެންވާ ހަނގުރާމަ އެކެވެ. މި ހަނގުރާމައިގައި މުޝްރިކުންގެ 70 މީހުން ޤަތުލުވެގެން ދިޔައިރު މުސްލިމުންގެ ލަޝްކަރުން ޝަހީދުވީ 14 ބޭކަލުނެވެ. ޚާލިދު ބިން ވަލީދުގެ ތިމާގެ ބޭކަލުންގެ ތެރެއިން 17 ބޭކަލުން - [ބަހުގައި މުއްސަނދިކަން ނެތުމުން ވާގޮތެއް ނޫނެވެ. ބަހުގެ މުއްސަނދިކަން ތިމާގެ ކިބައިގައި ނެތުމުން ވާގޮތެކެވެ.](https://addana.mv/5109) - ލިއުންތެރިކަމަކީ ދިވެހިބަހުގެ ވަރަށް ޚާއްޞަ ފަންނެކެވެ. މިފަންނު ޚާއްޞަވާ އެއްސަބަބަކީ ދިވެހިބަހުގެ ހުރި މުއްސަނދިކަމާއި ފަށުވި ކަމާއި ބަލާޣާތްތެރިކަން އެހެން ފަރާތްތަކަށް ހާމަކޮށްދޭ އެކައްޗަކީ ދިވެހިބަހުން ލިޔެވިފައި ހުންނަ ލިއުންތައް ކަމަށްވާތީއެވެ. ރަނގަޅު ފެންވަރުގެ ލިއުމެއްނަމަ މި ދެންނެވި ސިފަތައް ހުންނާނެއެވެ. ނަމަވެސް ހިތާމައަކީ މިފަހަކަށް އައިސް ނޫސްތަކުގަ އާއި އަދި އެނޫން ވެސް އެފަދަ ވަޞީލަތްތައް މެދުވެރިގެން ކިޔުންތެރިންނާއި ހަމައަށް ވާޞިލްވަމުން އަންނަ ބައެއް ލިއުންތަކަކީ ދިވެހި ބަހުގެ ފެންވަރު ރަނގަޅުކަން ހާމަވުމުގެ ބަދަލުގައި ދިވެހި - [އަލިފާން ނިއްވުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ހަލުވިކަމެއް](https://addana.mv/5103) - އަލިފާން ނިއްވުމުގެ ޚިދުމަތް ރާއްޖޭގައި ދެމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އިންނެވެ. 1990 ވަނަ އަހަރު މި ޔުނިޓް އުފެއްދެވި އިރުވެސް މާލެސިޓީގައި ސިފައިން އަލިފާން ނިއްވުމުގެ ޚިދުމަތް ދެމުން ގެންދިޔައެވެ. އެ ދުވަސްވަރު އަލިފާން ރޯވުމުން ފަޔަރ ޕަމްޕުތައް ވެހިކަލަކަށް އަރުވައިގެން އަލިފާން ރޯވެފައިވާ ސަރަޙައްދަކަށް ދެއެވެ. އެއަށްފަހު މޫދުންނާއި ގޭގޭގެ ވަޅުންފެންނަގައިގެން އަލިފާންނިއްވުމުގެ މަސައްކަތްކުރެއެވެ. މާލެސިޓީ އަކީ ރާއްޖޭގެ ވެރިރަށަށް ވެފައި، ބިނާވެށިއޮތް ގޮތުންނާއި، ދިރިއުޅޭ މީހުންގެ ގިނަކަމާއި، މީހުންގެ ދިރިއުޅުމުގެ - [ޤައުމީ ސަލާމަތް](https://addana.mv/5096) - ދުނިޔެއަށް ދަނީ އަވަސް ބަދަލުތަކެއް އަންނަމުންނެވެ. ޚާއްޞަކޮށް ދުނިޔޭގެ އިސްތިރާޖީ މަސްރަޙުން ނަގާ، ހިރަފުހުގެ ތެރެއިން އަންނަމުންދާ ބަދަލުތަކުގެ ކަންތައްތައް ފެންނަލެއް އެހާ ސާފެއް ނޫނެވެ. ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ވެށި ކިލަނބުވެފައިވާލެއް ބޮޑުކަމުން އެއްވެސް ޤައުމަކީ ރައްކާތެރިކަން ކަށަވަރުވެފައިވާ ޤައުމެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑެތި އަސްކަރީ ބާރުތަކާއި ދިވެހިރާއްޖެފަދަ ކުދި ޤައުމުތަކަށް ވެސް މި ގޮންޖެހުން އެބައޮތެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިޔާއާއަށް ނަޒަރެއްދޭއިރު މި ސަރައްހައްދު ޤައުމުތަކުގެ ދީނީ، ސަޤާފީ، އިޤްތިޞާދީ، އިޖްތިމާޢީ - [ގެއްލުމެއް ލިބިގަތުމެއް އަދި ގެއްލުމެއް ދިނުމެއްވެސް ނެތް](https://addana.mv/5092) - އަޅުގަނޑުމެންގެ ތެރޭގައި އެކިމީހުންގެ ވިސްނުމާއި ޚިޔާލު ތަފާތެވެ. އަދި ކުރާ ހިތްވާ ކަންކަމާއި ކަންކަން ކުރެވޭ މިންވަރު ވެސް ތަފާތެވެ. ކަންކަން ދަސްކުރުމާއި ކަންކަމުގެ މަޢުލޫމާތު ލިބިގަތުމާއި އަނެކުންނަށްް ފޯރުކޮށްދިނުން ވެސް ތަފާތެވެ. މަޢުލޫމާތު ލިބިގަންނަ ހިނދު އެކަމެއް ފަހުމްވާ މިންވަރު ވެސް އެކިމީހުން ތަފާތެވެ. ޝައުޤުވެރިވާ ކަންކަން ތަފާތުވެފައި ވާއިރު ކަމުގެ ޙަޤީޤަތް އޮޅުން ފިލުވުމަށް މަސައްކަތް ކުރުމުންދާ ބަޔަކުވެއެވެ. ހަމެ އެހެންމެ ކަންކަން ކުރުމަށް ތޫނުފިލި ބަޔަކު ވާކަން ވެސް ޤަބޫލު ކުރެވެއެވެ. މިސިފަތައް - [ކުޑަރިކިލުގައި ބޮން ގޮވި ހާދިސާ](https://addana.mv/5086) - ބ. އަތޮޅު ކުޑަރިކިލުގައި "ބޮން ގޮވި ހާދިސާ" ގެ ނަމުން މަޝްހޫރުވެފައިވާ ހާދިސާ ހިނގީ މީލާދުން 2 އެޕްރީލު 1915 (ހިޖުރައިން 17 ޖުމާދިލްއައްވަލް 1333) ވީ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. ކުޑަރިކިލުގައި ގޮވީ ބޮމެއް ކަމުގައި ކިޔަމުން އައިކަމުގައި ވިޔަސް އޭގެ ސިފަތައްކަމަށް ދޫދޫމަތިން ކިޔަމުންދާ ސިފަތަކަށް ބަލާއިރު އެއީ ކަނޑުގެ މައިނެއްކަން އެނގެއެވެ. އެ މައިނަކީ އޭރު ހިނގަމުން ދިޔަ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރޭގައި ކަނޑު އުޅަނދުފަހަރަށް ހަމަލާ ދިނުމަށް އަޅާފައިވާ - [އޮރެންޖު ހިޔާ ޕްރޮޖެކްޓް](https://addana.mv/5083) - މާލޭގައި ހުރި މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ އިމާރާތް ބައުވެ ހަލާކުވުމާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ކުރިމަތިވި ދަތިތައް ޙައްލުކުރުމަށް ހުޅުމާލޭގެ އޮރެންޖް ހިޔާގައި އެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ފަށައި، އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި އެ މަސައްކަތް ކުރިއަށް ނުދާތީ، އެ މަސައްކަތް ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ސިފައިންނާ އެ މަސައްކަތް ހަވާލުކުރެއްވީ މާރިޗު - [ކުރީގެ އިސްލާމީ އުއްމަތުގައި އޮތް ހައިބަތު މިހާރު ނެތީ ކީއްވެ؟](https://addana.mv/5077) - ދުވަސްވަރަކީ އިސްލާމީ ރަންޒަމާނުގެ އެންމެ އަލިގަދަ ދުވަސްވަރެވެ. ޚާތިމުލް އަންބިޔާޢު މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ރޯޝަންކުރެއްވި އިސްލާމީ ދަންމަރުން މުޅި އިސްލާމީ އުއްމަތް ހުޅުދާންވެގެން ދިޔައެވެ. އަރަބިކަރައިގެ ވާދީތަކުން ދިއްލާލި އިލާހީ ނޫރުން ދުނިޔޭގެ އުތުރާއި ދެކުނުގައި އިސްލާމީ ހުވަނދުން މުޅި ފަޒާ އެއްވަސްކުރުވިއެވެ. މައްކާގައި ރަސޫލާގެ "ދާރުލްއަރުގަމުން" ޢިލްމް އުނގެނިވަޑައިގެންނެވި ޚުލަފާއުއްރާޝިދޫންގެ ކިބައިން ދާރިސްވެވަޑައިގެންނެވި ދައުލަތްތަކުގެ ވެރިން ވަނީ "ބައިތުލް ހިކްމާ" ބިނާކޮށްފައިއެވެ. އަދުޔާނުގެ ޢިލްމާއި، އަބްދާނުގެ ޢިލްމުން ކުރެ ވަކި ފަރާތަކަށް - [ނުލިބުނު އުފާ](https://addana.mv/4992) - މަންމާ އެކީއްވެ؟ އޭނަ ކިހާ ރަނގަޅު ! ލައިހާ ފުރަތަމަ ފަހަރަށް މަންމަ އާ ކުރިމަތިލިއެވެ." ދަރިފުޅާ " މަންމަގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. ދަރިފުޅާ މަންމަ އަށް ވެސް އޭނަ ކަމުދެޔޭ، އެކަމަކު ކައިވެންޏަކީ ހާދަ ބޮޑުކަމެކޭ، މަންމަ ކިހިނެތް ދަރިފުޅު ކައިވެނި ކޮއްދޭނީ، ވޭނީ ރިހުމެއް އެއަޑުގައި އެކުލެވިފައިވާއިރު ، ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދެއެވެ. ލައިހާއަށް ލިބުނީ ހައިރާން ކަމެވެ. " ނުވިސްނުނު" ލައިހާ ބުނެލިއެވެ. "މަންމައަށް އެނގޭ މިދުވަހާ ކުރިމަތިލާން ޖެހޭނެކަން، - [ސިފައިންނަށް މުސާރަ ހަލާލުވޭ ހެއްޔެވެ؟](https://addana.mv/5007) - މުސާރަ ހަލާލުވާވަރަށް މަސައްކަތް ކުރެވޭ ހެއްޔެވެ؟ މިއީ ވަރަށް ގިނައިން އަޅުގަނޑުމެން ސިފައިންނާ ކުރިމަތިވާ ސުވާލުތަކެކެވެ. ބައެއް ފަހަރު ރައްޓެހިންގެ ފަރާތުންނެވެ. އަނެއްބައި ފަހަރު އާންމު ރައްޔިތުންގެ ފަރާތުންނެވެ. އަދި މަދުން ނަމަވެސް ސިފައިންގެ ބައެއް މީހުންގެ ފަރާތުންނެވެ. މިފަދަ ސުވާލުތައް ކުރާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިފައިންނަށް މުސާރަ ލިބެނީ ސިފައިންނާ ހަވާލުވެފައިވާ ބުރަ މަސްޢޫލިއްޔަތެއްގެ ސަބަބުންނެވެ. ސިފައިން މި ލޮބުވެތި ދީނާއި ޤައުމަށް ޓަކައި ކޮށްދީފައިވަނީ އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެކެވެ. އަދި - [ކުރިމަގަށް ތައްޔާރުވުން](https://addana.mv/5071) - ދުނިޔޭގެ މަސްރަޙު އަދުމިވަނީ އެންމެންވެސް ފޯކާސްޓްކުރިފަދައިން ނޭގުމުގެ މާހައުލެއްގެ ތެރޭގައިއޮވެ، ތަސައްވުރު ކުރެވިފައިނުވާ ތަފާތުގިނަ ހާދިސާތަކާއި ކާރިސާތަކުން ފުރިފައެވެ. މިކަންކަމުގެ ތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤުތިޞާދީ، އިންސާނީ އަދި ތިމާވެއްޓާއި ގުޅުންހުރި ގިނަކަންކަން ފާހަގަކުރެވެއެވެ. މިލިޔުންލިޔަމުންދާއިރު ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙުން އެންމެ ހައިރާން ކުރަނިވިގޮތަކަށް ބަދަލުވަމުންދަނީ މެދުއިރުމައްޗެވެ. ކުއްލިއަކަށް ގިނަޤައުމުތަކެއްގެ ހާލަތު ބަދަލުކުރުމަށް، ރައްޔިތުންގެބާރު ބޭނުންކުރަމުންދާ މަންޒަރެވެ. އަދިއެކަމަށް އެކިޤައުމުތަކުގައި ދެކޮޅަށާއި އެއްކޮޅަށް ރައްޔިތުންތެދުވެ އޭގެސަބަބުން އިޖްތިމާޢީ އިޤްތިޞާދީ އަދި އިންސާނީ މުޞީބާތްތައްވެސް ނުކުންނަމުންދާ މަންޒަރެވެ. މިމަންޒަރުތައް - [ހަށިހެޔޮކަން، ސޯލްޖަރެއްގެ މުސްތަގްބަލް](https://addana.mv/5066) - އިސްލާމްދީނާއި، ޤައުމު ދިފާޢު ކުރުމުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހިނދެއްގައި ޤުރުބާންވާން ތައްޔާރަށްތިބި ހަމައެކަނި ބަޔަކީ އެޤައުމެއްގެ އަސްކަރިއްޔާއެވެ. އާދެ، ސިފައިންނެވެ. 1988 ގެއުދުވާނީ ހަމަލާގައި ޤައުމައްޓަކައި ޤުރުބާންވާންޖެހުމުން ދިވެހިސިފައިންވަނީ އެކަން ކިތަންމެ ރަނގަޅަކަށްވެސް ދީނާއި، ޤައުމަށްޓަކައި ކޮށްފައެވެ. ސިފައިންނަކީ މިފަދަ ބޮޑު ޒިންމާއެއް ބޮލުގައި ހެޔޮހިތުން އަޅައިގެން އުޅެންޖެހޭ، އަދި އުޅޭވެސް ބައެކެވެ. މިފަދަ ބޮޑު ޒިންމާއެއް އުފުލުމުގައި ސޯލްޖަރެއްގައި ހުންނަންޖެހޭ އެތަކެއް ސިފަތަކެއްހުރެއެވެ. ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޢިލްމީ އަދި ހުނަރުވެރި ސިފައިން - [ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ޓެރަރިޒަމްގެ ތުހްމަތު](https://addana.mv/5013) - މިހާރަކަށް އައިސް އެންމެގަދައަށް ދެކެވޭ އެއްވާހަކައަކީ ޓެރަރިޒަމްގެ ވާހަކައެވެ. އެއީ މިއަދުދުނިޔެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަކަމުގައި ބައެއް މީހުން ބުނެއެވެ. ޓެރަރިޒަމުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ތަފާތު ހަރަކާތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި މެދުނުކެނޑި ކުރިއަށް ދެއެވެ. އެއިން ސަލާމަތްވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ޓެރަރިޒަމަކީ އެންމެންގެ ވިސްނުމުގައި އެކައްޗެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މިސުވާލު އުފެދެނީ ދެކެވޭ ވާހަކަތަކުންނާއި އިވޭ އަޑުތަކުންނެވެ. އެކި މީހުންއޭގެ މާނަކުރަނީ އެކިގޮތަށެވެ. ބައެއްމީހުންގެ ވިސްނުމުގައި އިސްލާމްދީނަކީ އަލިފުން - [ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި އެމްއެންޑީއެފް](https://addana.mv/5063) - ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަވަނަ ބާބުގެ 243 ވަނަ މާއްދާގެ ހ އަދި ށ ގައި ސިފައިންގެ ޚިދުމަތުގެ މަޤްޞަދުތައް ވަރަށްވެސް ފުޅާވެފައި ބޮޑެވެ. އަދި މިޤާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ސިފައިންގެ ޤާނޫނުގެ ހަތްވަނަ މާއްދާގައި ސިފައިންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ ކަމެކޭ ދެންނެވިދާނެއެވެ. އެހާވެސް ދިވެހި ސިފައިންނާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް ގިނައެވެ. މިހުރިހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ހަވާލުވެފައިވާ މުއައްސަސާއަކަށް ކުރިމަތިވާނެ ގޮންޖެހުންތައްވެސް ގިނަވާނެކަން ޔަގީނެވެ. ޤުދުރަތީގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތާއި - [މާވައިދޫ އާއި ކުނބުރުދޫ އަދި ފަރިދޫ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލު ކުރުމަށް ސިފައިން ހިންގި އޮޕަރޭޝަން](https://addana.mv/5060) - އެއްފަސް ކުރުމުގެ މަޝްރޫޢުގެ ދަށުން ހދ. މާވައިދޫ އާއި ހދ. ކުނބުރުދޫ އަދި ހދ. ފަރިދޫ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލު ކުރުމަށް އެރަށުގައި ވަނީ މި ތިން ރަށުގެ މީހުންނަށް 180 ގެ އަޅައިދީފައެވެ. އެރަށް ރަށުގެ ރައްޔިތުން އިންތިޒާރު ކުރަމުން ދިޔައީ ނޮޅިވަރަންފަރަށް ބަދަލުވެވޭނެ ދުވަހަކަށެވެ. މި ތިން ރަށަކީވެސް ގާމަތީ ތިންރަށެވެ. ލަފާފުރުންދަތި، ދިރިއުޅެން އުނދަގޫ، އަދި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވުމުގެ ސަބަބުން ރައްޔިތުން ބޭނުންވެފައިވަނީ ވީހާވެސް އަވަހަކަށް އެބައި - [ވެއްޓޭ ފަތް](https://addana.mv/5057) - ވަރަށް ފާގަތި ބުސްތާނެއްގައި ލިޔުންތެރިޔަކު ހިނގަމުން ދިޔަ އެވެ. ގަސްތައް ގިނަ ތިޔާގި ބުސްތާނެކެވެ. އޭގެ ތެރޭގައި ބިޔަ ގަސްތައް ހުއްޓެވެ. ފޮނި މޭވާގެ ގަސްތައް ހުއްޓެވެ. ވެޔޮ ގަސްތައް ހުއްޓެވެ. ހަރު ލަކުޑީގެ ބާވަތްތައް ވެސް ވެ އެވެ. ގަސްތައް ހެދިފައިވާލެއް ބޯކަމުން އަވިކޮޅެއް ލިބެނީ ވެސް މަދު ދިމާއަކުންނެވެ. އަވީގެ ހޫނުކަން އިޙްސާސް ކުރަން ނުޖެހުނަސް، ވަރުބަލިކަން އިޙްސާސް ކުރަން ޖެހުނެވެ. ވަރުބަލި ފިލުވައިލުމުގެ ބޭނުމުގައި ލިޔުންތެރިޔާ އެތާ ގަހެއްގެ ދަށުގައި އިށީނދެލިއެވެ. ''الحمد - [ބަދަލު ގެނުވަނީ ބަދަލުން، ބަދަލު ގެނެސްދެނީ ވެސް ބަދަލު، ބަދަލަކީ (ދުނިޔެ ދެމިއޮތްހާ ހިނދަކު) ދާއިމީ އެއްޗެއް!](https://addana.mv/4937) - އަސްކަރިއްޔާފަދަ ބޮޑެތި އަދި ކޮމްޕްލެކްސް އޮގަނައިޒޭޝަން ތަކުގައި "ބަދަލެއް" ތަންފީޒުކޮށް މެނޭޖްކުރުމަކީވެސް ޚުދު އޭގެ ޒާތުގައި ވަރަށް ކޮމްޕްލެކްސް މަސައްކަތެކެވެ. މާޒީގެ ތެރެއަށް ނަޒަރު ހިންގާލާއިރު، 1892 ވަނަ އަހަރު ދިވެހިރާއްޖޭގައި އަސްކަރީ ޙަރަކާތުގެ ބިންގާ އެޅުނުފަހުން، ތަފާތު އެކި މަރުޙަލާތަކުގައި ތަފާތު އެކިސަބަބުތަކާހުރެ އަސްކަރިއްޔާއައީ ބަދަލުވަމުންނެވެ. މަދަނީ ދިފާޢަށްޓަކައި ފެށުނު "ޙަރަކާތެއް"، ދިފާޢީ ބާރަކަށް ބަދަލުވެގެންދަނީ ލައްކަ ގިނަ މަސައްކަތް ކޮށްގެންނެވެ. ލައްކަ ގިނަ ވަގުތުވެސް ނަގައިގެންނެވެ. އެކިފެންވަރުގައި އެތައްބަޔަކު ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންނެވެ. - [ޙަޤީޤީ ތާރީޚަކީ ތެދުގެ މައްޗަށް ބިނާކުރަންޖެހޭ އެއްޗެކެވެ.](https://addana.mv/4941) - ތާރީޚާކީ އޭގެ އަމިއްލަ ނަފުސާ އިޔާދަކުރާ އެއްޗެއް ވެސްމެއެވެ. އެކަމަކު ތާރީޚަކީ އެ ލިޔާ ބަޔަކު އެއަށް ތެދުވެރިވާންޖެހޭ ވެސް އެއްޗެކެވެ. ޛަރޫރީ ސަބަބުތަކަށް ޓަކައި ލިޔެވޭ ތާރީޚެއްގެ ކުލަ ބަދަލުކޮށްގެން ނުވާނެއެވެ. ޒާތީ ތަޢައްޞަބަށް ޓަކައި ލިޔެވޭ ތާރީޚެއްގެ މަހުފޫމް ބަދަލުކޮށްގެން ނުވާނެއެވެ. އަމިއްލަ ހަސަދަވެރިކަމަށް ޓަކައި ލިޔެވޭ ތާރީޚެއްގެ ޙަޤީޤަތް އޮޅުވާލައިގެން ނުވާނެއެވެ. ތިމާގެ އަމިއްލަ މޮޅުކަން ދެއްކުމަށް ޓަކައި ލިޔެވޭ ތާރީޚެއްގެ ފަތްފުތްތަކުގައި ބޭނުންހާ އެއްޗެއް ލިޔެ ބޭނުންހާ ކުރެހުމެއް ކުރަހާ ހަދައިގެން - [ވަޠަނުގެ ރީތިނަން ދިފާޢުކޮށްދޭށެވެ.](https://addana.mv/5049) - ދިވެހި ޤައުމީ ދިދައާއި ދިމާލަށް ބަލައިލެވޭ ކޮންމެ ފަހަރަކު އަޅުގަނޑުގެ ހިތައް އަރައެވެ. ޖައްވުގެ ތެރޭގައި ވިހުރެމުން އެހެރަދަނީ ފެއްސާއި ރަތާއި ހުދު ގުޅާލެވިފައިވާ ފޮތިގަނޑެކެވެ. އޭގައި އެވަނީ ވަރަށް ތަފާތު ތިން ކުލައެވެ. އެކަމަކު ދިވެހި ޖައްވުގެ ތެރޭގައި ވިހުރެމުން އެދަނީ ޤައުމުގެ ކަރާމަތާއި، ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން، އެދިދަ ދެކޭ ކޮންމެ މީހަކަށް ދައްކައިދެމުންނެވެ. އިރުވައި މޫސުމުގައި ހަޅައިގެ ބާރު ވަޔާއި، ހުޅަނގު މޫސުމުގެ ގަދަ ކޮޅިގަނޑުތަކާއި ގުޅިގެން އެ އުފެދޭ ގަދަ ވައިގެ - [ދިވެހި އަސްކަރިއްޔާގައި އޮފިސަރ ޓްރޭނިންގ ވިންގެއް ޤާއިމުކުރުން!](https://addana.mv/5045) - މީގެ އަހަރުތަކެއް ކުރިން، 1892 ގައި އުފެދުނު "ސިފައިން" ތަފާތު ތަރީޚްތަކުގައި ތަފާތު ނަންނަމަށް ބަދަލުވެ، އެއްދުވަހުން އަނެއްދުވަހަށް ދަނީ ތަފާތު އޮޅިގަނޑުތައް ގިރާކޮށް ތަފާތު ކުރިއެރުންތައް ހޯދަމުންނެވެ. އެހެން ނަމަވެސް ވީއެންމެއަވަހަކަށް އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވެ ހިންދެމިލުމަކީ ކޮންމެ ބަޔަކުވެސް އެންމެބޮޑަށް ބޭނުންވާނެ އެއްކަމެކެވެ. އެހެންކަމުން ޒަމާނަށް އަންނަ ހެޔޮބަދަލުތަކާއެކު ސިފައިން ހޯދަމުންދާ ކުރިއެރުންތަކުގެ ތެރެއިން އެންމެފާހަގަކޮށްލެވޭ އެއްކަމަކީ އެމް.އެން.ޑީ.އެފްގައި އޮފިސަރ ޓްރޭނިންގ ވިންގެއް ޤާއިމުވެގެންދިއުމެވެ. މިޓްރޭނިންގ ވިންގު ޤާއިމުކުރުމުގެ ކުރިން އެމް.އެން.ޑީ.އެފް އަށް ބޭނުންވާ - [ކަނޑުމަތީގެ ސަލާމަތާއި ރައްކާތެެރިކަން، އެންމެންގެ ޒިންމާއެއް](https://addana.mv/4971) - ދިވެހިރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދެވެ. މި ރާއްޖޭގެ ރައްޔިތުންނަކީ ކަނޑުފަޅުތަކާ ނުލައި ދިރިއުޅުން އާރާސްތުކުރެވެން އޮތް ބައެއް ނޫނެވެ. ދިވެހިންގެ އިޤްތިޞާދު ބަރޯސާވެފައިވަނީ މި ޖަޒީރާ ޤައުމުގައި އޮތް ކަނޑުތަކާއި ކަނޑުއޮޅިތަކާއި ހާތަކާއި ގިރިތަކާއި ވިލުތަކާއި ފަރުތަކާއި ފަޅުތަކާއި މޫދުތަކުގެ މައްޗަށެވެ. އެހެންކަމުން ރެއާއިދުވާލު ދިވެހިންގެ ގިނަ ބައެއްގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރެވެމުން ދަނީ ކަނޑުމަތީގައެވެ. ޤުދުރަތީ ހާދިސާތަކާއި ކާރިސާތަކުގެ އިތުރުން ކަނޑުމަތީގެ ރައްކާތެރިކަމަށް ދޭންވީ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިނގާ ހިތާމަވެރި - [ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް](https://addana.mv/5040) - ދުވަހަކީ 2010 މާޗް މަހުގެ 24 ވަނަ ދުވަހެވެ. ގަޑިން މެންދުރު 01:30 އެވެ. ހއ. އުލިގަމު ކައިރިން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގައި އޮތް ކޯސްޓްގާޑް ޝިޕް ޣާޒީ، ރާއްޖޭގެ އެންމެ އުތުރުގެ ސަރަޙައްދު ޕެޓްރޯލް ކުރުމަށް ނިކުތެވެ. މި ޕެޓްރޯލް އަކީ ރާއްޖޭގެ ސަރަޙައްދުގެ ޤައުމީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށާއި ރާއްޖޭގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅޭ މަސްބޯޓްފަހަރު ހޯދުމަށާއި ރާއްޖޭގެ ސަރަޙައްދުގައި ދަތުރުކުރާ ބޭރުގެ އުޅަނދު ފަހަރުގެ ހަރަކާތްތައް ބަލާ މޮނީޓަރ ކުރުމާއި އެފަދައެއްވެސް - [ބަނގުރަލަކީ ޞިއްޙަތައް ގެއްލުން ހުރި އެއްޗެއްތަ؟!](https://addana.mv/5034) - މި ސުވާލުކުރުމުން މީހުން ޖަވާބުގައި ބުނާނީ ކީކޭ ބާވައޭ ހިތައް އަރައެވެ. އެހެންނަމަވެސް، ޑްރަގް ބޭނުންކުރުމަކީ ޞިއްޙަތައް ގެއްލުން ހުރިކަމެއްތޯ މީހަކާ ސުވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް އާއެކޭ ބުނާނެކަން ކަށަވަރެވެ. އެއީ، ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ޑްރަގުން ލިބޭ ގިނަ ގެއްލުންތައް ކިޔާދޭނެއެވެ. ޖިސްމާނީ ގެއްލުންތަކާއި މާލީގެއްލުމާއި ސައިކޮލޮޖިކަލް ގެއްލުން ތަކުގެ ވާހަކަތައް ކިޔާދޭނެއެވެ. ހަމަ މި މޭރުމުން ސިނގިރޭޓު ބުއިމަކީ، ނޫނީ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޞިއްޙަތައް ގެއްލުން ހުރިކަމެއްތޯ ސުވާލުކޮށްފިނަމަ އާއެކޭ ބުނުމުގެ އިތުރުން ސިނގިރޭޓު ފޮށީގެ - [އިސްލާމްދީނާއި ޓެރަރިޒަމް](https://addana.mv/5031) - މި ލިޔުމުގައި މިބަލާލަނީ، [އިސްލާމްދީނާއި ޓެރަރިޒަމް] މި މައުޟޫއަށް އިންސާފުކުރެވޭތޯއެވެ. މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވާނީ، އިސްލާމްދީނާއި ޓެރަރިޒަމްއާ ގުޅުމެއްވޭތޯ ބެލުމަށާއި، ދީނީގޮތުން ހައްދުފަހަނައަޅައިދިއުމަށް މެދުވެރިވާ ސަބަބުތަކާއި، އޭގެ ސަބަބުން ޓެރަރިޒަމްއަށް މަގުފަހިވެގެންދާގޮތުގެ މައްޗަށެވެ. މިލިޔުން އެކުލަވާލުމުގައި، ކީރިތި ޤުރުއާނާއި، ސުންނަތާއި، އަދިވެސް މި މައުޟޫއާގުޅޭގޮތުން އިސްލާމީ އުންމަތުގެ ޢިލްމުވެރިންގެ ބަޙުޘްތަކާއި، ކަމާގުޅޭ އެކިއެކި ލިޔުންތައް ދިރާސާކޮށް، ހަވާލާދެވިފައިވާނެއެވެ. ހައްދުފަހަނައަޅާދިއުމާއި ޓެރަރިޒަމް ޓެރަރިޒަމްގެ ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން މެދުވެރިވަނީ، ހައްދުފަހަނައަޅައި ދިއުމުގެ ސަބަބުންކަމަށް ވަރަށްބޮޑަށް - [ސިފައިން އުފެދުމުގެ ކުރިން އޮތް ޢަސްކަރީ ނިޒާމް ރޭވިފައި އޮތް ގޮތް](https://addana.mv/5028) - ދިވެހި ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެން ފެށިގެން، ރާއްޖެ ދިފާޢު ކުރުމުގެ މަސްއޫލިއްޔަތު އުފުލާބަޔަކު ތިބޭނޭކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެގޮތުން އޭރު އޮތް ދިފާޢީ ލަޝްކަރުގެ ވާހަކައަށް ބާލާއިރު ތަފާތު ލިޔުންތަކުން ދިވެހި ލަޝްކަރެއްގެ ވާހަކަ އައިސްފައި ވާކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ އެކިއެކި ބާރުތަކުން އިންޑިޔާކަނޑުގައި ހިންގި ގަދަފަދަ ކުރިމަތިލުން ތަކުގައި މިޤައުމުގެ ދީނާ މިނިވަންކަމާ ސިޔާދަތައްޓަކައި ވަރަށް ގިނަ ހަނގުރާމަތަކެއް އެލަޝްކަރުން ކޮށްފައިވާކަން ތާރީޚުން ސާބިތު ވެއެވެ. ދިވެހިންނާއި ކުރިމަތިވި އެފަދަ ކަންކަމާ - [ތިކިޖެހި ތާނަ](https://addana.mv/5025) - ތަހުޒީބާއި ތަމައްދުންގެ ތެރެއަށް ނޭވާލެވެންފެށުމާ ގުޅިގެން ދުނިޔޭގެ ކޮންމެކަމެއް މިއަންނަނީ ތަރައްޤީވެ ކުރިއަރަމުންނެވެ. އެގޮތުން އެކިމަރުޙަލާތައް ކަޑައްތުކޮށް ލިޔުންތެރިކަންވެސް މިއަންނަނީ ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ކަމުގައި ޤަބޫލުކުރަންޖެހެއެވެ. ދިވެހިންގެ މާދަރީބަސް [ދިވެހިބަސް] އުފެދިފައިވަނީ އެތައްބަހެއް މަސްހުނިވެގެންކަން ފަހުގެ ހޯދުންތަކުން އެގިހާމަވެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދިވެހިންގެ ލިޔުންތެރިކަމުގައި ކުރިން ލިޔެ އުޅުނު ގޮތައް ބަލާލުމުންނެވެ. ދިވެހި ބަހުން ސިޓީއެއް ލިޔާއިރު އަރަބިއަކުރުން ނުވަތަ އޮރުދޫ އަކުރުން ލިޔަންޖެހޭ ކިތައްމެ ޖުމްލައެއް ހުރެއެވެ. އެއީ އެބަސްބަހުން - [ސިފައިންގެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚާއްޞަ ޝަޙުސިއްޔަތެއް](https://addana.mv/5022) - ސިފައިންގެ ވެރިޔާގެ ނާއިބު އޮނަރަބަލް ޢަބްދުލް ޙަންނާނު ޙަލީމް (ސ.ނ: 75) އަކީ، އެއްވެސް މަޖުބޫރުކަމެއް ނެތި ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ މަތިވެރި ޢަޒުމްގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުގައި ހުރި ބުރަކަން ދެނެވަޑައިގެން ހުންނަވައިވެސް މި މުއައްސަސާގެ އެންމެ އާދައިގެ މީހެއްގެ ވަޒީފާއަށް ކުރިމަތިލެއްވީ، ލުއިފަސޭހަ ކަމުގައި، ޝަރަފުވެރި މަޤާމެއްގައި، ހުންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ. ޤައުމީ ޚިދުމަތައްޓަކައި ހެއު ނިޔަތުގައި ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތުމަށް - [ނިމުމެއްނެތް ރުއިން](https://addana.mv/5019) - "އެދުވަސްވަރު ހަނދާނަށް ގެނަައުމަކީ ވަރަށްވެސް ހިތްދަތިކަމެކެެވެ. ނަމަވެސް އަހަރެމެންގެ ހަޔާތުގެ މާޒީ އަހަރެންނަކަށް ހަނދާނަކުން ފޮހެއް ނުލެވޭނެއެވެ." ރަޝިޔާގެ ސޮވިއެޓް ޔޫނިއަން ގެ ދަށުގައިވާ ބެލެރެސްގެ ސިޓީއެއް ކަމަށްވާ މިންކު ސިޓީ އަށް އުފަން ނިއޯލީނާ އޮދޮނިނޮވާ އޭނާގެ ހަޔާތުގެ ފަތްފުއްތަށް ކިއުންތެރިންނަށް ހިއްސާކޮށްލިއެވެ. ނިއޯލީނާ ހައި ސްކޫލުގައި ތަޢުލީމު ހާސިލު ކުރަމުންދިޔަ ދުވަސްވަރެވެ. އެއްދުވަހަކު އޭނާ މެންދުރު ކައި އަވަދިވީތަނާހެން ސިފައިންގެ މީހަކު އެގެއަށް އައެވެ. އަދި ނިއޯލީނާ ޤައުމަށް ޚިދުމަތް ކުރުމަށްޓަކައި އޭނާއާއިއެކު ހަމަ - [ރޫޙާނީ ސިފައިން](https://addana.mv/5016) - އެއީ ބުނަންނޭނގެ، ކިޔާދޭން ނުކެރޭ ފަދަ ބިރުވެރި ދުވަހެކެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހެވެ. ރާއްޖެގަޑިން 9:20 ހިނގިވަގުތެވެ. ކުއްލިއަކަށް ބާރު އަޑުފައްގަނޑެއްއިވި ބިންގަނޑު ތުރުތުރު އަޅައިގަތެވެ. ބިންގަނޑަށްއެރި ލޮޅުމާއެކު ހީވީ ހަމަ ދެންމެދެންމެ ޢިމާރާތްތައް ބޯމައްޗަށް ވެއްޓިދާނެ ހެންނެވެ. ހަމައެއާއެކު ފެނިގެންދިޔައީ ބިރުން ފިތްކަނޑައިގެންދާފަދަ ބިޔަ ރާޅުތަކެކެވެ. ސުނާމީގެ ނަމުން ނަންދެވިފައިވާ ރާޅުތަކެކެވެ. އެރާޅުތަކާއެކު ރާއްޖޭގެ ޖަޒީރާ ރަށްތައް ދެފެން ދޭތެރެއަށް އަޑިޔަށް ދިޔައެވެ. އޭރު ރަށުތެރޭގެ ކުލަވެސް ވަނީ ކަނޑުގައި - [އައްސުލްޠާން ޝުޖާޢީ މުޙައްމަދު ޢިމާދުއްދީން 1 - ބޮޑުރަސްގެފާނު](https://addana.mv/5010) - ތަޢާރަފު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަކީ، އައްސުލްޠާން އިބްރާހީމް (ތިންވަނަ) އާއި ވަރަށް ތިމާގެ ބޭފުޅެކެވެ. ކަލާފާނުގެ ބޮޑުބޭބޭފުޅު، އުތީމު ޢަލީ ތަކުރުފާނަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ މަންމަ ފަރާތްޕުޅުގެ މުނިކާފާފުޅެވެ. ތުއްޕުޅު އިރުއްސުރެ އުޅުއްވީ ގަނޑުވަރުތެރޭގެ ވާސައިގައި (މާހައުލުގައި) އެވެ. އާންމު ގޮތެއްގައި މިބޭފުޅާއަށް ނިސްބަތްކޮށް އުޅުނީ "ކަޅުތުއްކަލާ" ގެ ނަންފުޅުންނެވެ. އެނގިފައިވާ ގޮތުގައި، "ތުއްކަލާ"ގެ މާނައަކީ "ޒުވާން އަމީރު"އެވެ. ފަހަކަށް އައިސް މިރަދުންނަށް ނިސްބަތްކޮށް އުޅުނީ - [2015 ވަނަ އަހަރު ސްމާޓް ފޯނުގެ މާކެޓް އޮންނާނީ ކިހިނެތް](https://addana.mv/5004) - މާކެޓް ރިސާޗު ފާމެއްކަމަށްވާ އިންޓަނޭޝަނަލް ޑާޓާ ކޯޕަރޭޝަނުން ލަފާކުރާގޮތުގައި 2015 ވަނަ އަހަރުގެ ސްމާޓް ފޯނުގެ ބާޒާރު 49 އިންސައްތައަށް ކުރިއަށްޖެހޭނެކަމުގައެވެ. 2010 ވަނަ އަހަރު 76.9 ބިލިއަން މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށްފައިވާއިރު 2014 ވަނަ އަހަރު 76.9 ބިލިއަން ޑައުންލޯޑްކުރާނެކަމަށް އައިޑީ.ސީގެ މި ހޯދުމުން ލަފާކުރެއެވެ. މީގެ އިތުރުން މޯބައިލް އޮޕަރޭޓިންގ ސިސްޓަމްތަކުގެ ހަނގުރާމައަށް ބަލާއިރު އެންމެ ބޮންތީގައި އުޅޭނެކަމަށް ލަފާކުރެވެނީ މިހާރުވެސް މޯބައިލް އޯއެސްގައި ރަސްކަންކުރަމުން އަންނަ ގޫގުލްގެ އެންރޮއިޑެވެ. އައިޑީސީގެ ހޯދުންތަކަށްބަލާއިރު އެންޑްރޮއިޑް - [ޖިންނީގެ ސަބަބުން ޢާއިލާއަކަށް ކުރިމަތިވި ބިރުވެރި ހާދިސާ](https://addana.mv/5001) - "އެއީ 2004 ވަނަ އަހަރުގެ ބޮޑު ޗުއްޓީ އެވެ. މާލޭގައި ވަޒީފާ އަދާކުރާ، ގދ. ފިޔޯރީއަށް އުފަން އާތިފް، ބޮޑު ޗުއްޓީގައި ރަށަށް ދިޔައީ މަޖާ ކޮށްލާށެވެ. ނަމަވެސް އޭނާއާ ކުރިމަތިވީ އިންތިހާ ދަރަޖައިގެ ހިތާމަ އާއި ބިރުވެރިކަމެވެ. އޭނާގެ ބައްޕަ ނިޔާވި ކަމުގެ ހިތާމައެވެ. ޖިންނީގެ ގޯނާގެ ސަބަބުން އުފަންވީއްސުރެ ދިރިއުޅުނު ގެއާ ތާއަބަދަށް ޢަލްވަދާޢު ކިޔަން ޖެހުނު ބިރުވެރި ހާދިސާއެވެ. އާތިފް ވަނީ މިވާހަކަތައް އައްޑަނަ މަޖައްލާއާ ހިއްސާ ކޮށްފައެވެ. މިވާހަކަ ލިޔެފައި ވަނީ - [ޤައުމުގެ ކުރިމަގު](https://addana.mv/4998) - އަބަދުވެސް މިޤައުމަށް ފާގަތިކަމާއި ރައްކާތެރިކަމޭ އެދެނީ މަދަދުތައް ﷲ ދެއްވުން އެދި ދެއަތް އުފުލާ ދުޢާ ކުރަނީ ރާއްޖެ އާރާސްތުކޮށްފައިވަނީ އެކަތައިގެ ހަރުދާ ގަދަފަދަ ބިންގަލެއްގެ މައްޗަށެވެ. މާތްވެގެންވާ އިސްލާމްދީން ސައްތައިން ސައްތަމުސްލިމު ޤައުމަކަށްވުން ދިވެހިންގެ ޤައުމީ ބަސް ދިވެހި ބަހަށްވުން އަމިއްލަ ސަޤާފަތެއް ރާއްޖޭގައި އޮތުން އިންސާނިއްޔަތުކަމަށް ދިވެހިން ލޯބިކޮށް އަހުލުވެރިވުން މިކަންތައްތަކާއި މިނޫންވެސް މިފަދަ އެތައްކަންތައްތަކެއްވަނީ ދިވެހިންގެ ޤައުމިއްޔަތާއި ގުޅިފައެވެ. މާތްވެގެންވާ އިސްލާމްދީން މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުންނާއި އަމިއްލަ ފަރާތްތަކުން ދީން ކުރިއަރުވާ - [ދިވެހި ސިފައިން އަދިވެސްތިބީ ގަލޮޅު ދަނޑަށް ކުޅެން ނިކުތުމުގެ އުއްމީދު ގައި](https://addana.mv/4995) - ދިވެހި ސިފައިން ފުޓްބޯޅަ ކުޅެން ފަށާފައިވަނީ 1940ގެ އަހަރުތަކުގެ ފަހުކޮޅު ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރުގައި ކަމަށް ތާރީޚީ ބައެއް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. ރާއްޖޭގައި އޭރު ރަސްމީ ސިފައެއްގައި ފުޓްބޯޅަ ކުޅެވެމުން އައިސްފައިވަނީ މާލޭގެ އަވަށްތަކުގެ މެދުގައެވެ. އެދުވަސްވަރު ސިފައިންނަށްވެސް މެޗްތައްކުޅުމުގެ ދައުވަތު ލިބި މާލޭގެ އަވަށްތަކާއެކު މެޗްތައް ކުޅެފައިވާކަން ތާރީޚް ހެކިދެއެވެ. މިފަހުގެ ތާރީޚެއްގައި ސިފައިން ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކޮށްފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް - [ލޫދިފާ ބެލުމަށްފަހު...!!](https://addana.mv/4989) - މިޤައުމުގެ ހާލަތު އަމިއްލަ ނަފުސުގެ ދުލުން މިނާލެވުނީ އެރެއަށް ފަހުއެވެ. އަޅުގަނޑު އުޅެބޮޑުވަމުންދިޔަ މާހައުލަކީ އަޚުލާޤީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކުށްވެރިންގެ ހާއްޔެއްކަން "ހަމަވިސްނުނީ" އެރެއަށް ފަހުއެވެ. މުޖުތަމަޢުގައި ހިނގަމުންދިޔަ ކަންތައްތަކަށް "ވިސްނުމުގެ ފިކުރުން" މީގެ ކުރިން ބަލާނުލެވުނީ ކީއްވެބާއޭ އެރޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. ޒުވާންކަމުގެ ޚިޔާލުގައި އަޅުގަނޑުމެންގެ ވިސްނުންކޮށި ސިނކުޑިތައް ޣަރަޤުވެގެންދާ މަންޒަރު ހަމަ ލޮލަށް ދައްކުވައިދިނީ އެރެއެވެ. އާދެ! އެރެއަކީ ދިވެހިފިލްމު "ލޫދިފާ" އޮލިމްޕަހުން ނެރެ، އެތީނާ ސިނަމާގައި ދައްކަންފެށި ފުރަތަމަ - [މި ލޮބުވެތި ޤައުމުގެ އަގަކީ ކޮބައިތޯއެވެ!](https://addana.mv/4983) - ޤައުމު ދެކެވާ ލޯތްބަކީ ފައިސާއަކުން އަގުކުރެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ އެ ލޯބި އަމިއްލަ ފުރާނައާ ގުޅިފައިވުމެވެ. މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ޤައުމު ޙިމާޔަތްކުރުމާ ދިފާޢުކުރުމާ އެ ލޯބި ގުޅިފައިވުމެވެ. ދުނިޔޭގެ އެންމެ އަމާން ޤައުމަށް އުފަން ދަރިއަކަށް ވުމުން ފަޚުރުވެރި ނުވޭތޯއެވެ. މި ކުޑަކުޑަ، ނަލަނަލަ ރާއްޖެއަކީ "ކުޑަ" ޤައުމެއް ކަމަކަށްް އަޅުގަނޑުމެން ނުދެކެމުއެވެ. ދިވެހިންނަށް ދިވެހި ޤައުމުގެ ބޮޑެވެ. އެހާމެ ފުރިހަމައެވެ. އަދި ޤައުމުގެ ފުދުންތެރިކަމާއި ތަނަވަސްކަމާއި، ކުރިއެރުމަށް ޝުކުރުވެރިވަމުއެވެ. މާތްވެގެންވާ އިސްލާމްދީނުގެ - [ދިވެހި ޤައުމިއްޔަތާއި ސިފައިންގެ ޚިދުމަތް](https://addana.mv/4980) - ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމެވެ. ދިވެހި ޤައުމިއްޔަތަކީ ދިވެހިން ނިސްބަތްމިވާ މި ދިވެހިރާއްޖޭގެ ދިވެހިވަންތަކަން ދައްކައިދޭ ސިފަތަކެވެ. އެ ސިފަތަކާނުލައި ދިވެހި ޤައުމިއްޔަތު ފުރިހަމަނުވާ ޚާއްޞަ ސިފަތަކެއެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނެވެ. އެއަށްފަހު އެންމެ މުހިންމު މަސްދަރަކީ ދިވެހިންގެ މާދަރީ ބަސް ކަމުގައިވާ ދިވެހިބަހެވެ. ދެން ދިވެހިންގެ ތާރީޚާއި ސަޤާފަތާއި އާދަކާދައެވެ. މިއިން ކޮންމެ ސިފައަކުން ދިވެހި ޤައުމިއްޔަތު ދައްކުވައިދެއެވެ. ސުވާލަކީ ދިވެހި ޤައުމިއްޔަތާއި ސިފައިންގެ ޚިދުމަތާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ ސިފައިންގެ ހުވާގައި ބުނެއެވެ. - [ސެނަހިޔައިގެ ތަރައްޤީއާ ގުޅިފައިވާ ސިފައިންގެ ޑޮކްޓަރުން](https://addana.mv/4977) - ސެނަހިޔަ ހުޅުވިގެންދިޔައީ 2012 ސެޕްޓެންބަރު 16 ވަނަ ދުވަހުއެވެ. ސެނެހިޔަ ހުޅުވުނު ދުވަހުން ފެށިގެން ވެސް މިހާތަނަށް މަސައްކަތްކޮށްފައިވަނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ވީހާވެސް ބޮޑަކަށް ރަނގަޅުކޮށް ތަރައްޤީކުރެއްވުމެވެ. ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހިންގަމުން އަންނަ ސެނަހިޔަ އިން ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި، ފުލުހުންގެ އިތުރުން ޔުނީފޯމްއެޅި މުއައްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވަމުން ދާއިރު، އެ ތަން ހުޅުވިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޚިދުމަތުގެ - [ތިމާމެންގެ ކުރީގައި ޤާނޫނު، ޤާނޫނުގެ ފަހަތުގައި ތިމާމެން](https://addana.mv/4974) - ޤާނޫނަކީ ވަރަށްމުހިންމު އެހާމެ ބޭނުންތެރި އެއްޗެކެވެ. ތިމާމެންނާ ގުޅުންހުރި އެތައް ޤާނޫނެއް ތަޢާރަފް ވެފައި ހުރުމުގެ ސަބަބުން އެޤާނޫނުތައް ދެނެގަތުން ތިމާމެނަށް ލާޒިމްވެއެވެ. ޝައްކެއްނެތެވެ. ޤާނޫނަކީ އެއާއިނުލައި ދިރިއުޅެވެން ނެތް އެއްޗެކެވެ. އެއީ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ އިންސާނީ އިޖްތިމާޢީ ފާލަމެއްފަދަ ބޭނުންތެރި އެއްޗެކެވެ. އިޤްތިޞާދީ އެތައް މަންފާތަކެއް ޤާނޫނުގެ ސަބަބުން ޙާސިލްވެއެވެ. ޤައުމެއްގެ ތަރައްޤީ އަށް ޤާނޫނު ކުރިމަގު އާރާސްތުކޮށްދެއެވެ. އިޤްތިޞާދީ ގޮތުން އެހީތެރިވެ ތަނަވަސް މާހަޢުލެއް ޤާއިމްކޮށްދެއެވެ. އެކަންކޮށްދިނުމުގައި ވާގިވެރިންނަކީ އެޤާނޫނުތަކާއި ގުޅުންހުރި ފަރާތްތަކެވެ. - [އިޖްތިމާޢީ ކަންކަމުގެ ތެރެއިން ދިވެހި ސިފައިންގެ ޚިދުމަތަށް ބަލާލުމެއް](https://addana.mv/4965) - 1892 ވަނައަހަރު 21 އޭޕްރީލްގައި ސިފައިން ރަސްމީސިފައެއްގައި އުފެދުނު ހިސާބުންފެށިގެން އެޒަމާނެއްގައި ސިފައިންގެ ޤާބިލްކަން ހުރިމިންވަރެއްގެ މައްޗަށް ބިނާކޮށް އަބަދުވެސް އައީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަފާތު އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށް ދެމުންނެވެ. މިފަދަ ކަންކަމުގެ ތެރެއިން ފަހުގެ ތާރީޚްތަކުގައި ސިފައިން ކޮށްފައިވާ އިޖްތިމާޢީ މަސައްކަތްތަކަށް ކުރުގޮތަކަށް އަލިއަޅުވާލަން ގަސްތުކުރަމެވެ. 1979 ވަނަ އަހަރު މާލޭގެ ބިންހިއްކުމުގެ ޕްރޮގްރާމަށް އެހީތެރި ވުމުގެގޮތުން، ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގައި ސިފައިން ދެދަންފަޅިއަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރިއެވެ. ކ.ދޫނިދޫން ވެލި، - [މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ތަޢުލީމާއި ތަމްރީނު](https://addana.mv/4962) - ސިފައިންނަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާއުކުރުމުގައި އަދި ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދަޢުލަތް ސަލާމަތް ކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ތައްޔާރަށް ތިބޭ ބައެކެވެ. މިމަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި އެންމެ މުހިންމީ އެމީހަކު ނުވަތަ އެބަޔަކު މަސައްކަތްކުރާ ދާއިރާއިން ތަމްރީނުވުމޭ ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ. ފުރިހަމަ ޚިދުމަތެއް ކުރެވޭނީ ތަޢްލީމާއި ތަމްރީނުގެ ތެރެއިން ކަމާމެދު ޝައްކެއްނެތެވެ. 1988 ނޮވެމްބަރ 03 ގައި ކުރިމަތިވި ހިތާމަވެރި ޙާދިސާ ވެގެންދިޔައީ ދިވެހި އަސްކަރިއްޔާގެ - [ދިވެހި ޝަޚްސިއްޔަތުންގެ ތެރެއިން: ދޮންމަނިކުގެ އިސްމާޢީލް ދީދީ](https://addana.mv/4958) - ވިހި ވަނަ ޤަރުނު ފެށުނުއިރު ދިވެހިންގެ ތެރޭގައި ޤައުމީ ސަލާމަތުގެ ރޮނގުން އެންމެ އިސް ދެތިން ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ، ދޮންމަނިކުގެ އިސްމާޢީލް ދީދީ ( މީރުބަހުރު އިސްމާޢީލް ދީދީ) އެވެ. ބައްޕައަކީ ހޮޅުދޫ ނެވިގޭ ދޮންކޮއްކޮގެ ޙާޖީ ޙަސަން ދޮންމަނިކު އެވެ. މަންމައަކީ ހުރާގޭ ދޮން އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ޚަދީޖާދީދީއެވެ. އިސްމާޢީލް ދީދީ އުފަންވީ 1861 ވަނަ އަހަރުގެ ތެރޭގައެވެ. ޅަފަތުގެ ދުވަސްތައް ހޭދަވެގެން ދިޔައީ އެއްބަނޑު އެއްބަފާ ދެންތިއްބެވި ބޭފުޅުންނާއެކު ބޮޑުބޭބެ ގަލޮޅުގޭ - [ދިވެހިން ގެނބެނީ](https://addana.mv/4955) - ދުނިޔޭގެ ކަންކޮޅުތަކާ ގުދުރަތީ ކާރިސާތައް ކުރިމަތިލަނީއެވެ. އެއް ބަޔަކަށް، ފިނި މޫސުން އާދަޔާއި ޚިލާފަށް ދިގުލައި ފިނިގަދަވެ ދިރިއުޅުމަށް ދަތިވާއިރު އަނެއް ބަޔަކު ހޫނުން ފިހި ހަނާވަނީއެވެ. ބޮޑެތި ޖަންގަލިތަކުގައި ހުޅުފަޅައި ރޯވެއަނދަމުން ދަނީއެވެ. އެއް ސަރަހައްދަކަށް ފެން ނުލިބި ދަނޑުބިންތައް ފަނާވެ ދާއިރު، އަނެއް ހިސާބުގައި ވާރޭވެހި ފެންބޮޑުވެ ކޯރުތައް ފުރި ބަންޑުންވަމުން ދަނީއެވެ. އަނެއްބައެއް ހިސާބުތަކަށް ބޮޑެތި ބިންހެލުންތައް އައިސް ބިންގަނޑު ކަނޑަކަނޑައިގެން ގޮސް ބައެއް ސަރަހައްދުތައް ބިމުގައި ވަޅުލެވި ފޮރުވިގެން ދާއިރު، އަނެއް - [އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް!](https://addana.mv/4951) - ކުއްލި ނުރައްކަލުގެ ޙާދިސާއެއްގައި ނުވަތަ އަލިފާނުގެ ޙާދިސާއެއްގައި، ގެއްލިގެންދާ ކޮންމެ ސިކުންތަކީ، އެޙާދިސާއެއްގައި ހިމެނޭ ފަރާތްތަކުން ސަލާމަތްވުމަށް ކޮންމެވެސް މަގެއް ހިޔާލުކުރަމުންދާނެވަގުތެކެވެ. އެގޮތުން ފަޔަރ އެސްކޭޕް ޕްލޭނަކީ އަވަސްކަމާއެކު ހާދިސާއެއް ހިނގައިފައިވާ މާހައުލަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ހެދިފައިވާ ޕްރޮސީޖަރއެކެވެ. އޮބިނޯންނަވަރުގެ އަލިފާނަކަށް ވުމަށް އެންމެ 30 ސިކުންތަކީ ވެސް ވަރަށް ކުޑަވަގުތުކޮޅެކެވެ. އަދިއެއަށްފަހު އެއަލިފާން ކޮންޓްރޯލުން ނެއްޓި ހުޅުފަޅައިގެންގޮސް މުޅިތަނަށް ފެތުރިގެންދެއެވެ. މިގޮތަށް ބޮޑު ހުޅުގަނޑެއް ފަޅައިގެން ދިޔުމާއިއެކު މިނެޓެއް ނުވަނީސް މުޅި މާހައުލަށް ހޫނު ކަޅު - [ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ލިބުނު ނަޞްރަށް ބަލާއިރު...!](https://addana.mv/4947) - މިޒަމާނުގެ ތާރީޚުގެ ތެރެއިން 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ސިފައިންކޮށްފައިވާ ތަޖުރިބާއަކީ ހަނދާނުން ފޮހެވިގެން ދާނެ ކަމެއް ބާއޭ ހިތަށް އަރައެވެ. ދުވަސްތައް ހަފުތާތަކަށް، ހަފުތާތަށް މަސްތަކަށް މަސްތައް އަހަރުތަކަކަށް ބަދަލުވަމުންގޮސް އެޢުދުވާނަށް ބާވީހަކަށް އަހަރު ވޭތުވެ ދިޔައިރު، މިހާރު އެދުވަހަކީ ހުރަވީ ދުވަސް، ޝަހީދުންގެ ދުވަސް، ރާއްޖެ އިސްލާމްވި ދުވަސް ފަދައިން ނަޞްރުގެ ދުވަހުގެ ނަމުގައި ފާހަގަ ކުރެވޭދުވަހެކެވެ. ނަމަވެސް އަދި މިއަދުވެސް އެޢުދުވާނުގައި ހަށިގަނޑާއި ފުރާނަޔަށް ނުބަލާ އިސްލާމްދީނާ ދިވެހިޤައުމާ ރައްޔިތުންގެ ޙައްޤުގައި - [އިސްލާމިކް ލީޑަރޝިޕް](https://addana.mv/4944) - އިސްލާމްދީނަކީ އެދީނުގައި އިންސާނާ ދިރިއުޅުމުގެ ހުރިހާ ބައިތަކެއް ހިމެނިފައިވާ ހުރިހާ ޒަމާނަކަށް އަދި ހުރިހާ ތަނަކަށް އެންމެ އެކަށީގެންވާ ދީނެވެ. އެހެންކަމުން އެދީނުގައި ނެތް އާކަމެއް އިންސާނިއްޔަތަކަށް ރަނގަޅަކަށްޓަކައި އީޖާދުކޮށް ހޯދައިގަތުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބިގެނެއްނުވެއެވެ. އެގޮތުން އިސްލާމްދީނުގައި ލީޑަރޝިޕްގެ ހުރިހާ ބައިތަކެއްވެސް އެންމެ ފުރިހަމައަށްވަނީ ހިމެނިފައެވެ. އިސްލާމިކް ލީޑަރޝިޕަކީ ތިމާ މީހަކު ނުވަތަ ބަޔަކުލައްވާ ކުރުވަން ބޭނުންވާކަމެއް އެބަޔަކު ކުރަންޖެހޭކަމެއްކަން ހިތުގެ އަޑިން ޤަބޫލުކޮށްގެން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެކަމެއް ކުރާހިތުން ކުރުވުމުގެ ޤާބިލުކަމެކެވެ. އިސްލާމިކް - [ދިވެހި އަސްކަރިއްޔާގެ މާޒީން ޢިބުރަތް ލިބިގަތުން!](https://addana.mv/4934) - ޤަރުނަކަށް ވުރެ ދިގު މާޒީވެފައިވާ ދިވެހި އަސްކަރިއްޔާ ގެ ބަދަހިސަފުތަކަކީ ދިވެހި ޤައުމު ގެ ފަޚުރެވެ. އިސްލާމް ދީނާއި ދިވެހި ޤައުމު ގެ ދިފާއީ އައްޑަނައެވެ. ދިވެހި ރައްޔިތުންގެ ހިތްހަމަޖެހުމާއި ދިވެހި ދީބުގެ އަމާންކަމެވެ. ޤައުމަށްޓަކައި ކެރިގެން ޖިހާދު ކުރުމުގައި ފަސްނުޖެހި އެތުރިގެން ތިބި ދިވެހި އަސްކަރިއްޔާގެ ބަދަހިސަފުތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ ކޮން އެއްޗެއްތޯއެވެ. ހަމަޔަގީނުންވެސް ހާމަކަން ބޮޑު ގޮތެއްގައި އެނގެނީ މާޒީންެ އިބްރަތް ހޯދުމަށް މަޖްބޫރު ކުރުވާފައިވާކަމެވެ. ކާބަފައިންގެ އަގުހުރި މަސަަައްކަތަށް ޝުުކުރުވެރި ހިތަކާއިގެން - [ރާއްޖޭގެ ކަނޑުތައް ޙިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތުގައި 25 އަހަރު](https://addana.mv/4928) - ކަނޑުމައްޗަށް ނުކުންނަ ކޮންމެ ދުވަހަކީވެސް ބިރުވެރި ދުވަހެއްގެ ގޮތުގައި ދެކިލެއްވި ނަމަވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެވުމުގެ މަސައްްކަތުގައި 25އަހަރު ހޭދަކުރެއްވިއެވެ. މުޅި ޒުވާން ޢުމުރު ކަނޑުމަތީގައި ހޭދަކުރެއްވީ އެއްވެސް މަޖުބޫރުކަމެއްނެތި ކުރާހިތުން ކުރައްވާ ކަމެއްގެ ގޮތުގައެވެ. އަނބިކަނބަލަކާއި އަންހެން ތިންބޭކަނބަލުން އަދި ދެފިރިހެން ބޭކަލުން ލިބިލައްވާފައިވީ ނަމަވެސް އެބޭފުޅުންނާއި ދުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން ގެންގޮސްފައިވަނީ ޤައުމީ ވާޖިބެއްގެ ގޮތުގައެވެ. އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގަޔާއި ރައީސްކަމުގައި ވެލާނާގޭގައި ތަފާތު މަޤާމްތައް ފުރުއްވާފައިވާ މޭޖަރ - [އައްސުލްޠާން އިބްރާހީމް (ތިންވަނަ) ކަލާފާނުސިރީ ސުއްދަ ސުވަރުދަ މަހާރަދުން1585މ – 1609މ، 993ހ – 1017ހ.](https://addana.mv/4925) - އައްސުލްޠާން އިބްރާހީމް ސިރީ ސުއްދަ ސުވަރުދަ މަހާރަދުންނަކީ އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނުގެ ދަރިކަލެކެވެ. މަންމާފުޅަކީ ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ބޯށިވަލު ބުޅާ ފާތިމާގެ ރެހެންދި ގޮއްޔެއެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ 1585މ ވަނަ އަހަރު (993ހ.) އެވެ. ތާރީޚުގައި މިރަދުން މަޝްހޫރުވެވަޑައިގެންފައިވަނީ ކަލާފާނުގެ ނަންފުޅުންނެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، ބައްޕާފުޅު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަވަހާރަވުމުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގައި ކަލާފާނު ހުންނެވީ ފާށަނާކިލެގެ ކަމުގައެވެ. ކަލާފާނު ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ މާފިލާފުށީ ކަނބާޢައިޝާ - [ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު](https://addana.mv/4922) - ހުރާގޭ ޚާންދާނަކީ ރާއްޖޭގެ ތާރީޚުގެ ޞަފްޙާތަކުން މުހިންމު މަޤާމެއް ޙާސިލުކުރި ޚާންދާނެކެވެ. ޚިދުމަތްތެރި އެތައް ދަރިންތަކެއް ހިމެނިގެންވީ ޚާންދާނެކެވެ. ދަރިކޮޅުގެ ޗާޓަށް ބަލާލުމުން ރާއްޖޭގެ ތާރީޚުގެ ފަތްފުއްތަކުން ޖާގަހޯއްދެވި ލީޑަރުންގެ ނަންފުޅުތައް ފާހަގަ ކުރެވެއެވެ. އެ ޚާންދާނަށް ނިސްބަތްވާ 12 ރަސްކަލަކު ހިމެނިގެންވާއިރު އެތައް ބޮޑުވަޒީރުންނަކާ އަމީރުންނެއް ޤައުމީ ޚިދުމަތަށް އުފަންވެފައި ވެއެވެ. ނަމަވެސް މިލިއުމުގައި މިބަލާލަނީ ހުރާދަރިކޮޅުން އުފަންވި އަލިގަދަ ތަރިންތަކުގެ މިޒަމާނަށް އައިއިރު އެބޭފުޅެއްގެ ޚިދުމަތް ޤައުމުގެ ކަންކޮޅުތަކުގައި އެތައް ރޮނގުތަކަކުން ފެންނަންހުރި ފަޚުރުވެރި - [ހައްދުންމަތީގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން ގަމު ހަތްތެލި](https://addana.mv/4919) - ލ.ގަމުގެ މުކުރިމަގު އަވަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ބައިމޭލެއްހާ ދެކުނަށް އިރުމަތީފަރާތު އަތިރިމަތީގައި ހުންނަ އުސްފަސް ފުންޏަކީ ގަމަށް ޒިޔާރަތްކުރާ އެންމެން ވެސް ޝަޢުޤުވެރިކަމާއެކު ބަލާލުމަށް ދާ އެއްތަނެވެ. މިއީ ގަމު "ހަތްތެލި" އެވެ. ދިވެހިބަހުގެ ރަދީފުގައި އޮންނަގޮތުންނަމަ "ހައްތެލި" އެވެ. ހައްތެލީގެ މާނައަކީ "ހަވިއްތަ" ކަމަށް ރަދީފުގައި ބުނެފައިވެއެވެ. އަދި ރަދީފުގައިވާގޮތުން ހަވިއްތަގެ މާނައަކީ: 1. ބުދުދީނުގެ މީހުން އަޅުކަންކުރުމަށް ހަދާފައި ހުންނަ ބައެއްކަހަލަ ތަންތަން. 2. ބައެއް ރަށްރަށުގައި އަކިރިޔާއި ވެލިން ފޮރުވިފައި ހުންނަ - [މާޒީގެ ތެރެއިން ދޫނިދޫ](https://addana.mv/4915) - ކ.ދޫނިދޫ އޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށްވެސް ސިފަވެގެން ދަނީ އެއީ ކުށްވެރިން ބައިތިއްބާ ޖަލެއްގެ ގޮތުގައެވެ. ނަމަވެސް ކ.ދޫނިދޫގެ ޒަމާންވީ މާޒީއަށް ނަޒަރު ހިންގާލާއިރު މިމަންޒަރު ތަފާތެވެ. އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު އަމީން ދީދީ ޗުއްޓީ ހޭދަކުރައްވާ ރަށެއްގެ ގޮތުގައި މިރަށް ބޭނުން ކުރެއްވިއެވެ. އެއަށްފަހު ބޭރުގައުމަކުން ރާއްޖެއަށް ފުރަތަމަ ކަޑައެޅުއްވި ސަފީރަކީ އިނގިރޭސި ސަރުކާރުން ކަނޑައެޅުއްވި ސަފީރު މރ.އާރތިންގ ޓަންޑޭވީ އެވެ. އެއީ މީލާދީން 1960 - [މޫސުމް ހަމަ ރަނގަޅުބާއެވެ؟](https://addana.mv/4909) - ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސް ވަރެކެވެ. ހޫނު ކަމުން އަޅުގަނޑުމެން އުޅެނީ މެންދުރު ނުކައެވެ. އެހެނީ ކައިފިނަމަ ބޭރުންނާއި އެތެރެހަށިން އެއަރާ ހޫނާއި، އުދާހަށް ކެތްނުކުރެވޭތީއެވެ. ވާރޭ ކޮޅެއް ނުވޭހޭތާ ކެރި ގަނޑެއް، ކޮޅިގަނޑެއް ނާންނަތާ ވިލާގަނޑެއް ހިސާބު އިރު ދަށުން ނުހިނގާކަހަލައެވެ. މާލެ އާއި މުޅިރާއްޖެ ވަނީ ހިކި ހަނަފަސްވެ ހިރަފުން ފުރިފައެވެ. އަޅުގަނޑުމެންގެ މުޅި އިޤުތިޞާދު އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް އެއެއްޗަކާއި ގުޅި ލާމެހިފައިވާ ކަނޑުގެ ގިރި ފަރުތަކާއި ހާހަލުގެ ރީތި މުރަކަތައް، އޭގެ - [އިސްލާމީ ތާރީޚްގެ ދިރިހުރި މިސާލުތައް ކޮޕީކުރުން](https://addana.mv/4702) - އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ޓަކައި ރިވެތި އަޚުލާޤަކީ އެންމެ މުހިންމު އެއް ސިފައެވެ. ﷲގެ ރުއްސެވުން އެދި މަސައްކަތްކުރުމަށް ނަފުސު ތަރުބިޔަތުކޮށްދޭ ސިފައަކީ މަކާރިމުލް އަޚްލާޤެވެ. ވަކިވަކި ފަރުދުންނާއި ހަމައިން ބޮޑެތި ޖަމާޢަތްތަކާއި ޢަސްކަރީ އަދަބު އަޚުލާޤަށް ބަލައިލިއަސް އަޅުގަނޑުމެންނަށް ފެންނަނީ، ރިވެތި އަޚްލާޤް އެ ތަނަކުން ނެތިއްޖެ ނަމަ އެ މުޖުތަމަޢުއެއް ފަސާދަވެގެން ހިނގައިދާނެ ކަމެވެ. އެ މުޖުތަމަޢެއްގައި އޮންނަން ޖެހޭ ބަދަހި ގުޅުމާއި މާތް ސިފަތައް ނެތިފަނޑުވެގެން ދަނީ މަކާރިމުލް އަޚްލާޤު އެތަނަކުން - [ރިލޭ ރޭހުގެ ބެޓްން މިހާރު މިއޮތީ އަހަރެންގެ އަތުގައެވެ.](https://addana.mv/4802) - ތިޔައީ ކާކު ހެއްޔެވެ؟ ތިބާގެ ޤައުމަށް ޓަކައި ތިބާ ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކަށް އިންތިޒާރުކުރާ އިރު އަދި އެހެން އަޑެއް ވެސް އަޅުގަޑުމެންގެ ކަންފަތަށް އެބަ އިވެއެވެ. "ކަލެއަށް ކަލޭގެ ޤައުމު ކޮށްދިނީ ކޮން ކަމެއްތޯ ސުވާލު ނުކުރާށެވެ. އެކަމަކު ކަލޭ، ކަލޭގެ ޤައުމަށް ކޮށްދޭންވީ ކޮން ކަމެއްތޯ އަހައިބަލާށެވެ." މިއީ 1961 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯން އެފް. ކެނެޑީ އޭނާގެ ޤައުމާ މުޚާޠަބު ކުރެއްވި ތަޤްރީރެއްގައި ވިދާޅުވި ވާހަކަފުޅެކެވެ. - [ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓިންގ](https://addana.mv/4823) - ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓިންގ އަކީ ރާއްޖެ ފަދަ ކުޑަ އަދި ގިނަރައްތަކެއްގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށް ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގަ ބިންބޮޑު އަދި އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމުތަކުގައިވެސް ަދައުރަކީ ވަރަށް ބޮޑު ދައުރެކެވެ. ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރާފައިވާ އެމެރިކާގައިވެސް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުންގެ ދައުރު ނުހަނު ބޮޑެވެ. އެމެރިކާގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން އުފެދިގެންއައީ 1954 އޯގަސްޓް 12 ގައެވެ. އެއީ ހޯސްޓަން ސިޓީއާއި ވަރަށްދުރުގައި ދިރިއުޅެމުންއައި ދަނޑުވެރިންގެ ފަސްމީހަކުވެގެން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް - [އަލިފާން ނިއްވުމުގެ ޚިދުމަތް ރާއްޖޭގައި ފުޅާވެ ތަރައްޤީވަމުން އައިގޮތް](https://addana.mv/4820) - އަލިފާން ނިއްވުމުގެ ޚިދުމަތް ރާއްޖޭގައި ފުޅާވެ ތަރައްޤީވަމުން އައިސްފާވަނީ އެދުވަސްވަރަކަށް އެކަށޭނެގޮތެއްގައެވެ. ދިވެހި ތާރީޚީ ފަތްފުއްތަކުން ފެންނަންގޮތްގޮތުގައި އަލިފާންނިއްވުމުގެ ޚިދުމަތަކީ 1950ގެ އަހަރުތަކުގެ ތެރޭގައި ސިފައިންގެ މީހުން ދޭންފައްޓާފައިވާ ޚިދުމަތެކެވެ. އެހެންނަމަވެސް އޭގެކުރިންވެސް ކޮންމެވެސް ގޮތަކަށް ރާއްޖޭގައި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. 1950ގެެ އަހަރުތަކުގެ ތެރޭގައި ސިފައިން އަލިފާންނިއްވުމުގެ މަސައްކަތްކުރީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ބާލިދީތަކެއް ބޭނުންކޮށްގެންނެވެ. އެބާލިދީތައް ހުންނަނީ އެތެރެއާއި ބޭރުގައި ރަތްދަވާދުލާ، ފުލައްވާބައިގައި ކަޅުބަންދެއްއަޅައި، ބާލިދީ ތަކުގެ ބޭރުގައި ނަމްބަރެއް ޖަހާފައެވެ. - [ރަށްރަށަށް ބޮޑު ބަދަލުތަކެއް ގެންނަމުންދާ އެމްއެންޑީއެފްގެ މަލްޓިމީޑިއާ ޕްރޮގްރާމް](https://addana.mv/4753) - އެއީ ރަށްރަށުގެ އިޖްތިމާޢީ ގުޅުންތައް ހަރުދަނާކޮށް، ބައިބައިވެފައިވާ މުޖްތަމަޢުތައް އެކަތިގަނޑަކަށް ހަދާ ޕްރޮގްރާމެކެވެ. ރަށްރަށުގެ ޒުވާނުންނާއި ރައްޔިތުން އެރަށްރަށް މުސްތަޤްބަލުގައި އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރު ކުރަހައި އެނިމޭޓްކޮށް ޕްލޭންކުރާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ރޭވިފައިވާގޮތުން ދަރިވަރުންގެ އަޚްލާޤާއި ސުލޫކު ވަކި އިންތަކެއްގައި ބެހެއްޓުމަށް ދަސްކޮށްދީ ޒަމާނީ ތަޢުލީމުގެ ވިސްނުމުގެ ތެރެއަށް ދަރިވަރު ގެންގޮސްދެވެ. ކަންތައްތަކާމެދު ވިސްނާގޮތާއި ދެކޭގޮތް ތަފާތުވިނަމަވެސް އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ރަށުގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރުމުގެ ރޫޙު މި ޕްރޮގްރާމުން އުފައްދައިދެއެވެ. މި - [ހައްދުންމަތީގައިހުރި އާޘާރީތަންތަނުގެ ތެރެއިން: "ބުންބެރަ"](https://addana.mv/4724) - ގަމާއި މާންދޫއާއި ދެމެދު ގުޅުވާލުމުގެ ކުރިން މިދެރަށް ވަކިވެފައި އޮންނަނީ ގަމުމީހުން "ކުޑަދޭތެރެ" އޭ ކިޔާ ތިލަ ފަޅުންނެވެ. ކުޑަދޭތެރޭގެ އިރުމަތީކޮޅުން ނާއި ހުޅަނގުކޮޅުން ހިކިދިޔައިގައި ނުތެމި މިދޭތެރެ ހުރަސްކުރެވޭ ވަރަށް ތިލަ ނަމަވެސް، މެދުގައި އޮންނަނީ ރިތްނުޖެހޭވަރުގެ ފުންވިލެކެވެ. ކުރީ ޒަމާނުގައި ބޭނުންކުރާ 17 ރިޔަނުގެ މަސްދޯނީގެ 6 ގަނޑެތި މިތާގައި އަޅާފައި ބޭއްވޭ ކަމަށް ވެއެވެ. އޮއިބާރު މިދޭތެރެއަށް ބޮޑު ދިޔަވަރުގައި ދަށޭ ފަރާތުން ދޯނި ފަހަރު ވެއްދުމަށްފަހު، ދަރު، ވަކަރު ކޮށާ ދޯނި - [އިނގިރޭސިވިލާތުގައި އެންމެ ފަހުން ދަންޖެއްސި އަންހެނާ - ރުތު އެލިސް](https://addana.mv/4721) - ރުތު ނެލްސަން އުފަންވީ 9 އޮކްޓޯބަރ 1926 ގައި ވެލްޝްގެ ސީ ސައިޑް ރިސޯޓެއްކަމުގަވާ ރައިލް ގައެވެ. އޭނާއަކީ އެއާއިލާގެ ތިންވަނަ ކުއްޖާއެވެ. އެލިސް ކުޑައިރު އެ އާއިލާ ބޭސިންގސްޓޯކް އަށް ބަދަލުވިއެވެ. އެލިސްގެ މަންމައަކީ ބެލްޖިއަމްގެ ރެފިއުޖީއެކެވެ. ނަމަކީ އެލިސްބަރޓާ (ބާތާ) ކޯތަލްސް އެވެ. އެލިސްގެ ބައްޕަ އާތަރ ހޮމްބީ އަކީ މެންޗެސްޓަރ ގެ ޗެލޯ ކުޅޭމީހެކެވެ. އޭނަ ގިނަވަގުތު ހޭދަކުރަނީ އެޓްލާންޓިކް ކްރޫޒް ލައިނަރ ތަކުގައެވެ. އެލިސް ތަޢުލީމު ހާސިލްކުރީ ބޭސިންގސްޓޯކްގެ ފެއަރފީލްޑްސް ސީނިއަރ - [ރާއްޖޭގެ މޫސުމާއި އޮޔާއި ވިލަޔާއި ރާޅުގެ ޙަޤީޤަތް](https://addana.mv/4718) - ހުންގާނުދޫނި އައްސާލައި "އޮޓޯޕައިލެޓަށް ލުމަށްފަހު ވިހިފޫޓުގެ ކުޑަ މަސްދޯނީގައި ދަތުރުކުރަމުންދިޔަ ފަޅުވެރިން ތިބީ ތާސްކުޅެ މަޖާ ކުރުމުގައެވެ. އެސަރަހައްދުގައި ދަތުރު ކުރަމުންދަނީ ތިމާމެން އެކަނިކަމުގައި ދެކި އިތުރު އުޅަނދަކަށް، މޫސުމަށް އަތުވެދާނެ ކުއްލި ބަދަލަކަށް ބެލުމެއްނެތި އެއްވެސް ފިކުރެއްނެތި އެކުޑަ މަސްދޯނި އުދުވަހުގެ ދަތުރު ނިންމާލީ ނިޔާމަ ދަތުރެކެވެ. ކުދިކުދި ބޮއްކުރާ ފަހަރުގައި އެކަނި މާއެކަނި ތަފާތު ވައްތަރުގެ މަސްވެރިކަމުގައި ކަނޑަށް ނުކުމެ އުޅޭ މަސްވެރިންވެސް ހިތާމަވެރި ޙާދިސާއެއް ކުރިމަތިނުވާހާ ހިނދު އެކުރެވެނީ މޮޅު ކަމެއްގެ ގޮތުގައި - [ޗިމަލްސީ އާއި ރަސްގެފާނު!](https://addana.mv/4714) - އެއްދުވަސްވަރެއްގައި ވިސްނުންތޫނު ޙިލްމުން ފުރިގެންވާ ޗިމަލްސީ ނަމަކަށް ކިޔާ މީހަކު އެފްރިކާގެ ރަށެއްގައި ދިރިއުޅުނެވެ. އޭނާއަކީ ދުވަހަކުވެސް އޭނާގެ ޙަޔާތުގައި ދޮގެއް ހަދާފައިވާ މީހެއްނޫނެވެ. މުޅި އެފްރިކާ ބައްރުގައި އޭނާއަކީ ތެދުވެރި ދޮގުނުހަދާ މީހެއްކަމަށް މަޝްހޫރުވެ، މީހުންގެ އިޙްތިރާމް ލިބިގެންވީ މީހެކެވެ. އެދުވަސްވަރު އޭނާ ދިރިއުޅޭ ސަހަރު ވަށައިގެންވާ ރަށްތަކުގެ މީހުންނާއި، މިނޫންވެސް އެފްރިކާގެ އެކިހިސާބުތަކުގެ މީހުންގެ މެދުގައި އޭނާއަކީ ވަރަށް މަޝްހޫރުކަން ލިބިގެންވީ މީހެކެވެ. ޗިމަލްސީގެ މިޚަބަރު އެދުވަސްވަރު އެފްރިކާގެ ބައްރެއްގައި ރަސްކަން ކުރެއްވި، ރަސްކަލަށް - [ދޮންބަންޑާރައިން: ދިވެހި އުންމަތުގެ ޢުމަރު ބިން ޢަބްދުލްޢަޒީޒު](https://addana.mv/4711) - އިޚްލާޞްތެރީންނަކީ ތިބޭ ބައެކެވެ. އިޙްސާންތެރީންނަކީ ދުނިޔެ ދެކެފައި ވާ ބައެކެވެ. ޤައުމުޤައުމަށް ހެޔޮ އެދޭ ފަހުލަވާނުންނަކީ، ޒަމާނުގެ ފުރޮޅުންތަކުގެ ތެރެއިން ހާމަވެ ފާޅުވެފައި ވާ، އަދި ފާޅުވަމުން ދާނެ ބައެކެވެ. އަގުހުރި މަޢުދަންތަކުން ފުރިފައި ވާ ބިންބިމުންނާއި، ވެލައި ކަހަނބު ބިސްއަޅައި އުޅޭ ދޮންވެލި [ފުށިރަށްތަކުން] ވެސް މެއެވެ. އައްޞުލްނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) އަކީ ދިވެހި ތާރީޚުގައި މި ފަދަ މަތިވެރި ޝަޚުޞިއްޔަތެކެވެ. އެ ރަދުން ތާރީޚަށް ދޫކުރައްވައިފައި ވަނީ އަޖާބެއް ފަދަ ރީތި ނަމޫނާއެވެ. - [ފުރަތަމަ ފާހަގަ ކުރި ސިފައިންގެ އަހަރީ ދުވަހަކީ ސިފައިންގެ ޙަޔާތުގައި އައި ވަރަށްބޮޑު ތާރީޚީ ޢީދެއް](https://addana.mv/4708) - ދިވެހި ސިފައިން އުފެދުނީ އައްސުލްޠާނު އިބްރާހީމް ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ ދެވަނަ ފަހަރު މީލާދީން 1892 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ގައިކަމަށް މިވަނީ ސަރުކާރުން ކަނޑައަޅާފައެވެ. މިއުފެދުނު ސިފައިންގެ މަސައްކަތެއްގެ ގޮތުގައި އެއްމެ ފުރަތަމަ ވެފައި އޮތީ ރަދުންގެ އަރިހުގައި ފައި އެއްވަރުކޮށް ހިނގުމެވެ. ނަމަވެސް ދުވަސްތައް މާޒީވަމުން ދިޔަދިޔަހެން އަދާކުރަންޖެހޭ ދައުރާއި މަސްއޫލިއްޔަތު ދިޔައީ އިތުރު ވަމުންނެވެ. ސިފައިން އުފެދުނުތާ ގާތްގަނޑަކަށް 17 އަހަރުފަހުން ކުރިމަތިވި އެންމެ ބޮޑު އެއްކަމަކީ "ޕިޝޯރީންނާއި ކުރަންޖެހުނު - [އަލްމަރުޚޫމް ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމުގެ ޚިދުމަތަށް އަވަސް ކަޅިއެއް](https://addana.mv/4894) - ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1964 ޖަނަވަރީ 14 ވަނަ ދުވަހުއެވެ. ސިފައިންގެ ސާރވިސް ނަންބަރަކީ 153 އެވެ. ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވިއިރު ދިވެހި ރައްޔިތުންގެ މިނިވަންކަމަށްޓަކައި ކުރަމުންދިޔަ ގަދަފަދަ މަސައްކަތް ފޯރިއާއެކު ކުރިއަށް ދެއެވެ. ހުޅުލޭ އެއަރޕޯޓް ހެދުމަށް އެޅުނު ފުރަތަމަ ބިންގާ އެ އަހަރު އެޅުނެވެ. ދިވެހީން އިނގިރޭސީންގެ އަތް ދަށުން މިނިވަންވުމަށް މަސައްކަތްފެށުމާއި، ދެކުނު ބަޣާވާތުގެ މައްސަލައިގައި އިނގިރޭސީން ދެކެ ދިވެހީން އައިސްފައިވާ - [ކަސޫރުގެ ކުޑަކުޑަ ޒައިނަބު](https://addana.mv/4890) - ކަސޫރު އަކީ ޕަންޖާބުގެ ޕްރޮވިންސަކަށް ނިސްބަތްވާ ސިޓީއެކެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ގުޅޭ ބޯޑަރު ކައިރީގައިވާ މި ސިޓީއަކީ، ޕާކިސްތާނުގެ ސަތޭކަ ނުވަދިހަ ތިން މިލިއަން މީހުންގެ އާބާދީގެ ވިހި އިންސައްތަ މީހުން ދިރިއުޅޭ ސިޓީ ވެސް މެއެވެ. މި ސިޓީގެ މީހުންނަކީ މައިގަނޑުގެ ގޮތެއްގައި ޕަސްތުން ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ. ޕާކިސްތާނުގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލުމަށްފަހު، ކުނިގޮނޑެއްގެ ތެރޭގައި އެއްލާލާފައި އޮއްވައި ފެނުނު ވާހަކަ އަޅުގަނޑުމެން ވާނީ އަޑުއަހާފައެވެ. ޒައިނަބު އަންސާރީ ނަމަކަށް - [ހުސް ނޫނަކީ ދިވެހި ބަހުގައި ފޮނީމެއް ހެއްޔެވެ؟](https://addana.mv/4885) - ދިވެހިބަހުން ވާހަކަދެއްކުމުގައި ބައެއް ލަފުޒުތައް ކިޔައި އުޅެނީ ނޯށަށް އަރުވައިގެންނެވެ. މިގޮތަށް ކިޔާ އަކުރުތަކުގެ ނޯށުގެ އަޑު ލިޔުމަށްޓަކައި ތާނައިގައި ބޭނުންކޮށް އުޅެނީ ފިލި ނުޖަހާ ނޫނެކެވެ. ލަފުޒުތައް ކިޔާއިރު ނޯށަށް އަރުވައިގެން ކިޔޭލަފުޒުތައް ލިޔުމުގައި ނޯށުގެ އަޑު ރަމްޒުކޮށްދިނުމަށް ބޭނުންކުރާ ހުސްނޫނު ނުޖަހައި ލިޔެފިނަމަ ބައެއް ހާލަތްތަކުގައި ލަފުޒުން ދޭހަވާ މާނަ ބަދަލުވެގެންދެއެވެ. ރާއްޖޭގެ ބަހުރުވަތަކުގައި ހުންނަ ވާހަކަދެއްކުމުގެ ތަފާތުތަކުގެ ތެރެއިން ނޯށުގެ އަޑަކީ އެންމެ ފާހަގަކުރެވޭ އެއް ތަފާތެވެ. މި ލިޔުމުގައި ބަލާލެވިފައިވާނީ - [“ސިފަކޮއި” ލަވަ ސިލްސިލާ](https://addana.mv/4881) - ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މިވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ވީޑިއޯ ލަވަތަކެއް ހިމެނޭ ލަވަ އަލްބަމް ''ސިފަކޮއި ސިލްސިލާ 2'' މިއަހަރު ވެސް ނެރެފައެވެ. ދިވެހި ބަހުގެ އެކަޑެމީގެ އެހީތެރިކަން ވެސް ލިބިގެންދިޔަ މި ލަވަ ސިލްސިލާ އެންމެ ފުރަތަމަ ނެރެފައިވަނީ މިދިޔަ އަހަރު ފާހަގަކުރި 125 ވަނަ ސިފައިންގެ ދުވަހު އެވެ. ސިފައިންގެއިން އުފައްދާ މި ލަވަ ސިލްސިލާ ވުޖޫދަށް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރައްވައި ކޮންސެޕްޓް - [މި ފޮޓޯއިން އެތައް އިޙުސާސްތަކެއް!](https://addana.mv/4873) - އެމްއެންޑީއެފް ޑްރިލް ސްކޮޑުގެ ހަރަކާތެއް އޮވެއްޖެނަމަ، އަބަދުވެސް ތަފާތު މަންޒަރުތަކެއް ފެންނާނެއެވެ. އާންމުންނާއި ޑްރިލް ސްކޮޑުގެ މެދުގައި އޮންނަ ބަދަހިކަން ފެނިގެންދަނީ އެ ދެމެދުގައި އުފެދިފައިވާ ހިތުލޯތްބެއްގެ ތެރެއިންނެވެ. ޑްރިލް ސްކޮޑުގެ ހުށަހެޅުންތައް ބަލާލަންދާ އާންމުންގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ފޮޓޯ ސެޝަންގައި އެކަން ވަރަށްބޮޑަށް ފާހަގަވެގެންދެއެވެ. އެހެނަސް، މިފަހަރު ދައްކަން މި އުޅެނީ އެ ވާހަކައެއް ނޫނެވެ. މިފަހަރު ދައްކަން މި އުޅެނީ، އެމްއެންޑީއެފް ޑްރިލް ސްކޮޑާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ އޮންނަ - [ބޯގަ ފަތްކޮޅުތަކުން އެނގެނީ ކޯއްޗެއް؟](https://addana.mv/4870) - އިހު ޒަމާނުގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތައް ބައުވެ އިންދިރާސްވިޔަނުދީ އާބާތުރަ ފިލުވުމަށާއި ފޮޅާސާފުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް ފޫބައްދައި އުޅެނީ މިސްކިތަށް ދީފައިވާ ބޯގައިންނެވެ. ދިވެހިބަހުގެ އެކަޑަމީ (2014) ބަޔާންކުރަނީ ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތްފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. ބޯގަ ދެއްވިކަމުގެ މައްޗަށް ރަސްކަމުގެ ފަރާތުން ނުވަތަ ވެރިކަމުގެ ފަރާތުން ދެއްވާ ލިޔުމަކީ ބޯގަފަތްކޮޅެކެވެ. ބޯގަފަތެވެ. ވަޤުފު ފަތޭވެސް ކިޔައެވެ. ޢަބުދުﷲ ޙިލްމީ (2012) ވިދާޅުވަނީ ވަޤުފުފަތަކީ ކޮށްފައިވާ ވަޤުފެއްގެ - [ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ ކޮންމެ މީހަކު، "މީހަކަށް" ނުހެދޭނެކަން](https://addana.mv/4866) - "މީހުން މީހުންނަށް ވަނީ މީހުން މީހުންނަށް ހެދީމަ" އެވެ. މިއީ ދިވެހިރާއްޖޭގެ ގައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު ނުވަތަ އުތީމު މަހާރަދުން) ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހެން ބޮޑުތަކުރުފާނު ވިދާޅުވީ ކަޅުއޮށްފުންމިއަށް ދުވާފަރު ޢަލީ ދަންޑަހެލު ލެއްވި ދުވަހުއެވެ. ބޮޑުތަކުރުފާނާއި ޙަސަން ތަކުރުފާނާ ދެބޭފުޅުން ދުވާފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އެ ރަށުން "ކަސްއަޅައި ރިޑީވެފައި" ވާ ސާދަ ފަނަރަވަރަކަށް އަހަރުގެ ކުއްޖަކު ފެނިވަޑައިގަތެވެ. ބޮޑު ތަކުރުފާނު، އެ - [ތަވާޟުޢުވެރިކަމުގެ މާތްކަން](https://addana.mv/4855) - ތަވާޟުޢުވެރިވުމަކީ ބޮޑާވެނުގަތުމާއި މަޑުމައިތިރިވެގަތުމެވެ (ޖަމީލު، 1939). ތަވާޟުޢުވެރިކަމަކީ، މާތް ﷲގެ ކުރިފުޅުމަތީގައި އިންސާނާގެ ބަލިކަށިކަން ވަޒަންކޮށް ދެނެގަތުމާއި، އެކަލާނގެ ކުރިފުޅުމަތީގައި ނިކަމެތިވެގަތުމާ އެކު އިންތިހާއަށް ކިޔަމަންވެ ބޯލެނބުމާއި، މާތް ﷲއަށް ކިޔަމަންވެގަތުމުގައި އޭނާ އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުގެ އިތުރުން އެހެނިހެން އިންސާނުންނާ ކުރެވޭ މުޢާމަލާތްތައް މި ވަޒަންކުރުމުގެ މައްޗަށް ރިޢާޔަތްކޮށް ބައްޓަންކުރުމެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ، ތަވާޟުޢުވެރިވުމަކީ، ތިމާ ވަރުގަދަޔަސް ވަރުގަދަކަމަށް ނުދެކުމާއި، ތިމާ މޮޅަސް މޮޅުކަމަށް ނުދެކުމާއި، ތިމާ މުއްސަންޖަސް މުއްސަނދިކަމަށް ނުދެކުމާއި، ހަސަބާއި - [އަޅުގަނޑުގެ ޤަލަމުން ސިފައިންނާއި ފުލުހުން](https://addana.mv/4808) - ދިވެހި ސިފައިން ދިވެހި ސިފައިން އުފެދީ 1882 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އަޅުގަނޑަށް ފަސޭހަވެފައި ޞައްޙަކަން އެންމެ ބޮޑުވާނީ އަޅުގަނޑު ދުށްތަން ދުށްގޮތަށް ލިޔުނީމައެވެ. ވީމާ، 1954 ފެބްރުވަރީ 01 އިން 1978 ޑިސެންބަރ 27 އަށް އެ މުއްދަތުގެތެރޭގައި އަޅުގަނޑު ދުށްތަން ދުށްގޮތަށް ލިއެވޭތޯ ބަލާނަމެވެ. ދިވެހިރާއްޖެއަށް 2000 އަހަރަށްވުރެ ގިނަވެއްޖެކަން ތާރީޚް ލިއުންތެރިން ބަޔާންކުރެއެވެ. އެމުއްދަތުގެ ތެރޭގައި މިރާއްޖޭގައި ދިވެހީން އުޅެފައިވެއެވެ. ވެރިންވެސް އުޅެފައިވެއެވެ. ކޮންމެ ނަމެއްގައި ނަމަވެސް - [މާޒީގައި ކާބަފައިންގެ ދައުރު](https://addana.mv/4630) - ރާގު! މެރި ޒިންދަގީމެ އާތޭ... ކެރިގެންނެ ކުރި ޖިހާދުން ނަޞްރާއި ނަސީބު ހޯދީ (ނަޞްރާއި ނަސީބު ހޯދީ) ހެރިގެންނެ ތޫނު ކަށިތައް ފޮނި ކާމިޔާބު ހޯދީ (ފޮނި ކާމިޔާބު ހޯދީ) މާޒީވި ކާބަފައިން ކުރި ގަދަހިތްވަރުން ގައުމަށް 2 ސާބިތުކަމާ އެކީ ތިބެ ޤުރުބާންވެގެންނެ ވަޠަނަށް ތާރީފުވާ ގޮތެއްގައި މާރީތި ނަން އެ ހޯދީ (މާރީތި ނަން އެ ހޯދީ) އަމަނާއި އަދި އަމާނާ ޞުލުޙައިގެ ރީތި ޝާނާ 2 ދަމަހައްޓަވައިމި ގައުމުގެ ޝަރަފާ އަދި ނިޝާނާ - [ގައުމީ ލޯބި ހުރިހައި ލޯތްބެއް ފަތަޙަ ކުރެއެވެ.](https://addana.mv/4624) - ކުޑަކުއްޖަކު ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މި ކުއްޖާ މުދައްރިސަކަށް، ޢިލްމުވެރިޔަކަށް، ބަސްވާރަކަށް، މަސްވެރިއަކަށް ދަނޑުވެރިއަކަށް ތާރީޚު ޢިލްމުވެރިއަކަށް، ދީންވެރިއަކަށް، ތެދުވެރިޔަކަށް، މިނިސްޓަރަކަށް ރައީސަކަށް މި ހަދަނީ އަޅުގަނޑުމެންނެވެ. މިހެން ގޮސް އަޅުގަނޑުމެން ގައުމަށް ޚިދުމަތްކުރާން އެކި ދާއިރާތަކަށް މީހުން އުފައްދާން އަޅުގަނޑުމެން ބޭނުންވެއެވެ. މި ދެންނެވި ބޭނުމުގައި އަޅުގަނޑުމެން މިކުރާ ކަމަކީ ތަޢުލީމު ދިނުމެވެ. ވަރަށް ބޮޑަށް ތަޢުލީމު ދިނުމެވެ. ތަޢުލީމު ދިނުމުގައި އަޅުގަނޑުމެންނަށް ހަނދާންނެތިފައި އޮންނަ ކުޑަކުޑަ ތަންކޮޅެއް އެބަ އޮވެއެވެ. އެއީ އެއަށް - [ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު](https://addana.mv/4620) - ދިވެހި ގައުމު ދިފާޢުކުރުމުގައި ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ބާރާއި ކަނޑުމަތީގެ ބާރު ހަރަކާތްތެރިވާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ދިވެހި އަސްކަރީ ތާރީޚުގައި ގައުމު ދިފާޢުކުރުމުގެ ގޮތުން ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ބާރާއި ކަނޑުމަތީގެ ބާރުން ބޮޑެތި ހަނގުރާމަތަކެއް ވަނީ ކޮށްފައެވެ. މިގޮތުން ކުރި ގިނަ ހަނގުރާމަތަކެއްގައި ދިވެހި ލަޝްކަރުން ވަނީ ކާމިޔާބާއި ނަޞްރު ހޯދާފައެވެ. ދިވެހީންނަށް މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވަނީ މި ގައުމުގެ އަސްކަރިއްޔާއިން ވެފައިވާ މަތިވެރި ޤުރުބާނީތަކުގެ ސަބަބުންނެވެ. ދިވެހި އަސްކަރިއްޔާގައި އެއްގަމުގެ ބާރާއި - [ދިވެހިރާއްޖެއަށް އަސްކަރީ ވައިގެ ބާރެއް މުހިންމު ވަނީ ކީއްވެ؟](https://addana.mv/4616) - ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮންނަ، ކުދިކުދި ޖަޒީރާތަކުން އެކުލެވިގެންވާ ޤައުމެކެވެ. މި ޤައުމުގެ ޖިއޮގްރަފީ ވަނީ އެހެން ގިނަ ޤައުމުތަކާ ތަފާތު ގޮތަކަށެވެ. މި ފަދަ ޚާއްޞަ ސިފަތައް އެކުލެވިފައިވާ ވެށްޓެއްގައި އޮންނަ ޤައުމަކަށް ވައިގެ ބާރެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު ދުނިޔޭގެ ޤައުމުތަކުގެ ދިފާޢީ އައްޑަނަ ވަރުގަދަކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އެއްގަމާއި ކަނޑުގެ ބާރު ވަރުގަދަ ކުރުމާ އެކު ފުރިހަމަ އަސްކަރީ ވައިގެ ބާރެއް ބޭއްވުމަށް ވެސް ނުހަނު - [ތާރީޚީ ނަޒަރަކުން: ދިވެހީންގެ ސަގާފީ ކުޅިވަރުތައް](https://addana.mv/4852) - ދިވެހީންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވި ޘަޤާފީ ގިނަ ކުޅިވަރުތަކެއް މަޑުމަޑުން ގެއްލެމުން ނެތެމުން ދަނީއެވެ. އަދި އެކަމާމެދު ވިސްނައި، އެފަދަ ޘަޤާފީ ކުޅިވަރުތައް ދިރުވައި އާލާކުރަން އެއްވެސް މަސައްކަތެއް ކުރެވޭބާވައޭ ވެސް ހިތަށް އަރައެވެ. އިހުޒަމާނުގައި މިފަދަ ކުޅިވަރުތައް ކުޅުއްވުމުގައި އުޅުއްވި، އަދި އަނެކުންނަށް ދަސްކޮށްދެއްވަން އުޅުއްވި އިސް މުދީރުން އަޅުގަނޑުމެންނާ ވަކިވެގެން ހިނގައްޖެއެވެ. އެބޭބޭފުޅުންނާމެދު މާބޮޑު ސަމާލުކަމެއް ނުދެވި ތިއްބައި، އެ އެންމެން ވެސް މިހާރު ވަނީ އަޅުގަނޑުމެންނާ ވަކިވެފައެވެ. އެކަމަކު އަދިވެސް ބައެއް - [ގައުމިއްޔަތާއި މިނިވަންކަން ވަކިކުރެވިދާނެ ހެއްޔެވެ؟](https://addana.mv/4848) - ކޮންމެ ޤައުމެއްގައި ވެސް އެ ބައެއްގެ އަމިއްލަވަންތަކަމެއް ނުވަތަ އެ ބަޔަކު ގަބޫލުކުރާ ކަންތައްތަކެއްގެ މައްޗަށް ބިނާވާ ޤައުމިއްޔަތެއް އޮންނާނެއެވެ. ކިތަންމެ ބޮޑު ޤައުމަކަށް ނުވަތަ ކިތަންމެ މަދު އާބާދީއެއް އޮތް ކުޑަ ޤައުމެއް ކަމުގައި ވީ ނަމަވެސް މިކަން އޮތީ ހަމަ މި ބީދައިންނެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް މި ދެންނެވި ފަދަ، އެއްބައިވަންތަ، މުއްސަނދި ތާރީޚެއް އޮތް، އަމިއްލަ ސަގާފަތެއްގެ ވެރި ބައެކެވެ. އެއްބައިވަންތަކަމާ އެކު ޤައުމުދެކެ ލޯބިވާ ބައެއްގެ ގޮތުގައި - [ފުށެތިކާލުންގެ އަތްދަށަށް ދިވެހިރާއްޖެ ދިޔަ ހާދިސާއިން ދަސްކުރަންވީ ފިލާވަޅުތައް](https://addana.mv/4845) - ގައުމެއް ދެމިއޮތުމުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރާ އެކައްޗަކީ އެ ގައުމެއްގެ ގައުމިއްޔަތު އޭގެ މައްޗަށް ބިނާވެގެންދާ ގައުމިއްޔަތުގެ ބަހާތަކެވެ. ދިވެހި ގައުމިއްޔަތުގެ މައިގަނޑު ބަހާތައް ކަމަށް އަޅުގަނޑުމެން މި ބަލަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ތާރީޚާއި އާދަކާދައާ ސަގާފަތެވެ. މި ސިފަތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްބައެއްވަންތަ ސިފަތަކާ އެކު، ގައުމެއްގެ އާބާދީ އެކަތިގަނޑެއްގެ ގޮތުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ނަގަހައްޓައި ދަމަހައްޓަން ބޭނުންވާނޭ މައިގަނޑު ސިފަތަކެވެ. މި ސިފަތައް ވިއްސިވިހާލިވެއްޖެ ނަމަ - [ފްލީޓް އެޑްމިރަލް އިސްމާޢީލް ދީދީ](https://addana.mv/4841) - އަލްފާޟިލް މުޙައްމަދު އިސްމާޢީލު ދީދީ ލިޔުއްވި "ދޮންތުއްކަލާގެ ބައެއްގެ ހަނދާން" ފޮތުގައި 'ދިވެހިރާއްޖޭގެ ފުރަތަމަ ސިފައިން' މި ހެޑިންގގެ ދަށުގައި ލިޔުއްވާފައިވެއެވެ. އެ ދުވަސްވަރަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ކުލަ ސުންދަރަ ބަވަނަ މަހާރަދުން (1886 - 1892) މާލޭގެ ބޮޑުންގެ ދަރީންކޮޅަކަށް ހެވިކަން ދަސްކޮށްދެއްވާ ތަރުބިއްޔަތު ކުރައްވަމުން ގެންދެވި ދުވަސްވަރެވެ. އެކުދިންކޮޅުގެ ތެރޭގައި ދޮންމަނިކުގެ އިސްމާޢީލު ދީދީ ހިމެނިވަޑައިގެންނެވިއެވެ. މުޙައްމަދު އިސްމާޢީލު ދީދީގެ ލިޔުއްވުމުން، ނޫރައްދީން ބަންޑާރައިން ތަރުބިއްޔަތު ކުރައްވަމުން ގެންދެވި ބޭފުޅުންގެ ތެރޭގައި - [ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިން ދިވެހިރާއްޖެއަށް ގެނުވީ ކޮން ބަދަލެއް؟](https://addana.mv/4836) - ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައަކީ 1939 އިން 1945 އަށް ހިނގި ހަނގުރާމައެކެވެ. ޖަރުމަނުވިލާތުގެ ސިފައިން ޕޮލެންޑަށް އެރި ދުވަހު (1939 ގެ ސެޕްޓެންބަރު 1 ގައި) ޔޫރަޕްގައި ފެށުނު މި ހަނގުރާމައިގެ ތެރެއަށް ގައުމަކަށް ފަހު ގައުމެއް ވަންނަމުން ގޮސް، އެންމެ ފަހުން، ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ބޮޑު ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއަށް މުޅި ދުނިޔެ ވައްޓާލިއެވެ. ހަނގުރާމައިގައި ދުނިޔޭގެ އެތައް މިލިޔަން މީހުންނެއް މަރުވެ، ގައުމުތަކުގެ އިގުތިސާދު އެ ފުށްމިފުށަށް ޖެހި، ނިކަމެތިކަމުގެ - [ލިޔުންތެރިކަމާއި މުއާމަލާތު ކުރުމުގެ ސަގާފަތް](https://addana.mv/4830) - ބަވަނަވެފައިވާ މި ދުނިޔޭގައި އިންފާރުތައް ތެޅި އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު މުއާމަލާތުކުރުންތައް މި ވަނީ ތަންމިނަށް ހުޅުވިފައެވެ. އެހެންނަމަވެސް ގައުމުތަކުގެ ސަގާފަތުގެ ތަފާތުތަކުގެ ހުރަސްތަކެއް ހުރެއެވެ. އެގޮތުން ދެ ސަގާފަތެއްގެ މެދުގައި ވެސް މުއާމަލާތުކުރުމުގައި ތަފާތުތަކެއް ހުރެއެވެ. އެހެނީ މި ކަންކަން ގުޅިފައި ވަނީ އެ ތަނެއްގައި އޮންނަ ސަގާފަތާއި އެ މީހުންގެ ޤަބޫލުކުރުންތަކާއި ދޭދޭ ގުޅުންތަކުގެ މައްޗަށެވެ. މި ފަދަ ސަގާފަތްތަކުގައި ލިޔެ ކިޔައި އުޅޭ ގޮތުގައި ވެސް ތަފާތުތަކެއް ހުރެއެވެ. އަދި - [އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!](https://addana.mv/4831) - ރާއްޖޭގެ ރަންބިސްއަޅާ ކުކުޅުކަމަށް އެންމެންވެސް ގަބޫލުކުރާ ފަތުރުވެރިކަމުގެ ދާއިރާއަކީ، އެއްގޮތަކަށްވެސް ވަކިބަޔަކަށް ފައިދާވަމުންދާ ސިނާއަތެއްނޫނެވެ. އެއީ މުޅިޤައުމުގެ ހުރިހާ ރައްޔިތުންގެ އިޙްސާސްތަކާއި ގުޅިގައިވާ، އެއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާ ކުރާ ސިނާއަތެކެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ލިބޭ ކިތައްމެ ކުޑަ ގެއްލުމަކީވެސް އޭގެ ގެއްލުން އެތައް ޒަމާނަކަށް ދެމިގެން ހިގައިދާނެފަދަ ނާޒުކު ގެއްލުންތަކެކެވެ. އެހެންކަމުން އަލިފާނުގެ ސަބަބުން މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމާއި އަދި އަލިފާނުގެ ސަބަބުން މިފަދަ ޚިދުމަތް މެދުކެނޑުނަނުދިނުމުގެ ގޮތުން - ["އަމީނޭ މަޒާރު" އިވުނު ހިނދު...](https://addana.mv/4818) - އަމީނޭ މަޒާރަކީ ޅެމެކެވެ. ދިވެހިރާއްޖެ ޒަމާނީ ތަރައްގީއާއި ތަހުޒީބާއި ތަމައްދުންތަކަށް ހުޅުއްވައިދެއްވި ގައުމީ ޒަޢީމު އަންނަބީލް މުޙައްމަދު އަމީން ދީދީގެ ހަނދާނުގައި ހ. ކަރަންކާމާގޭ މުޙައްމަދު ރަފީޢު ރަޙިމަހުﷲ ހެއްދެވި ޅެމެކެވެ. މި ރީތި ޅެމަށް ފުރާނަ އަޅުއްވައި ލަވައެއްގެ ރޫހާއި ޖޯޝުގައި ވަރަށް އަސަރު ހުރި ގޮތަކަށް ވިދާޅުވެ ހުށަހަޅުއްވައިފައި ވަނީ އަލްފާޟިލް ރޯނުގޭ ޙަސަން މަނިކެވެ. އޭނާ ލަވައެއްގެ ގޮތުގައި މި ޅެން ހުށަހެޅުއްވީ 2016ވަނަ އަހަރު ސަރުކާރުން ފާހަގަކުރެއްވި ޅެންވެރީންގެ ދުވަހުގެ ރަސްމީ - [ރުއިމާއި ޝަކުވާގެ އަޑު ކެނޑިދާނެބާ؟](https://addana.mv/4813) - އިންސާނާއަކީ، ރުއިމުގެ އަޑާ އެކު ދުނިޔެއަށް އަންނަ، އަދި ޝަކުވާކުރަމުން ދުނިޔެ ދޫކޮށްދާ މަޚްލޫޤެކޭ ބުނެވެނީ ކީއްވެބާވައެވެ؟ އެއީ އިންސާނާ ދުނިޔެއަށް އުފަންވުމާ އެކު އެންމެ ފުރަތަމަ އިވޭ އަޑަކީ ރުއިމުގެ އަޑުކަމުގައިވެފައި، ޙަޔާތުގެ މަރުޙަލާތައް ގިރާކުރަމުން ދިޔަދިޔަހެން ކުރިމަތިވާ ހިތްހަމަނުޖެހުންތަކުން އުފަންވާ ޝަކުވާތަކަށް ނިމުމެއް ނާންނާތީކަމުގައި ވެދާނެއެވެ. މީގެ އިތުރުން، މާތް ﷲ އުފެއްދެވިހާ މަޚްލޫޤުންކުރެ ރުއިމުގެ ޚާއްޞަ ޠަބީޢަތެއް ވާރުތަވެގެންވާ ހަމަ އެކަނި މަޚްލޫޤަކީ އިންސާނާކަމުގައިވުމީ ވެސް މީގެ ސަބަބެއްކަމުގައި ވެދާނެއެވެ. ރުއިމުގެ އަޑު - [މަންމައާއި ފިރިހެން ދަރިފުޅުގެ ގުޅުން: ގައުމަށް ކުރެވޭ އިންވެސްޓްމަންޓެއް](https://addana.mv/4809) - މަންމައަކާއި ދަރިއެއްގެ ގުޅުމަކީ އިންސާނީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ޚާއްޞަ ގުޅުމެވެ. މި ގުޅުމަކީ ދަރިފުޅު ލިބުމާ ހިސާބުން ފެށިގެން އުމުރުގެ އެންމެ ފަހު ދުވަހާ ހަމައަށް ދެމިގެންދާ ގުޅުމެކެވެ. ޚާއްޞަކޮށް ފިރިހެން ދަރިފުޅަކާއި މަންމައާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ނާޒުކު އަދި މުހިންމު ގުޅުމެކެވެ. ކުޑަ އިރު މަންމައާއި ދަރިފުޅާ އޮންނަ ގުޅުމަކީ ވަރަށް ގާތް ގުޅުމެކެވެ. މި އުމުރުގައި ދަރިފުޅު އެންމެ ބޮޑަށް ބަރޯސާވަނީ މަންމައަށެވެ. ކާންދިނުމާއި، ސާފުތާހިރުކޮށް - [ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައަކީ ހަޤީޤީ ވާހަކައަކަށް ވާ ނަމަ، ދޮންފަނަކީ ދޮންއައިސަގެ ރަށް ކަމަށް ބެލެވިދާނެ ހެއްޔެވެ؟](https://addana.mv/4801) - ދިވެހި ތާރީޚީ ވާހަކަތަކުގެ ތެރެއިން ތުންތުންމަތިން ކިޔާ އުޅޭ ވާހަކަތަކަކީ ދުންފިނީގެ ތެރެއަށް ގެއްލިފައިވާ ޒަމާންވީ ތަރިކަތަކެވެ. ތާރީޚުގައި މާސާފު އިބާރާތުން ލިޔެވި، ތައްގަނޑު ޖަހާފައިނުވި ނަމަވެސް ''ދޮންފަނު ދޮންއައިސަގެ ވާހަކަ'' މިއީ ގަދީމީ ޒަމާނުއްސުރެ އިވެމުން އަންނަ އަނގަމަތީ ވާހަކައެކެވެ. ވަކިން ޚާއްޞަކޮށް ''ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ''އެވެ. އެހެންކަމުން ނޭގުމެއްގެ ތެރޭގައި ފޮރުވިފައިވާ ދޮންފަނުގެ މި ތާރީޚީ ވާހަކަ ހޯދާލުމަށް ރަށަށް ކުރި ދަތުރުވަރިއެއްގައި އަޅުގަނޑުގެ އުފަން ރަށާއި ޖެހިގެން އޮންނަ ބ. ދޮންފަނަށް މިކަމުގެ - [އަސްކަރީ ބޯކޮށުން މުހިންމުވަނީ ކީއްވެ؟](https://addana.mv/4795) - ޑޭވިޑް ބެކަމްއާއި ބްރެޑް ޕިޓް ފަދަ ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތުން ވެސް އަސްކަރިއްޔާ މީހުން ބޯކޮށާފައި ހުންނަ ގޮތަށް ބޯކޮށާފައި ހުރެއެވެ. އަދި ޑްވޭން “ދަ ރޮކް” ޖޯންސަން ފަދަ މި ޒަމާނުގެ ނުފޫޒު ގަދަ ޝަޚުޞިއްޔަތުން ވެސް ވަނީ އަސްކަރިއްޔާތަކުގައި ބޯކޮށާ ސްޓައިލު (އަސްކަރީ ބޯކޮށުން) ކޮޕީކޮށް އެއީ މަގުބޫލު ވައްޓަފާޅިއަކަށް ބަދަލުކޮށްފައެވެ. މިފަދަ ކަންކަމުގެ ސަބަބުން، ބޯ ކުރުކޮށް ކޮށުމާ މެދު އޮތް ވިސްނުން ފައްސިވެ، "އަސްކަރީ ބޯކޮށުމުގެ" މަންފާ ލިބިގަންނަން އެތައް ބަޔަކު ވަނީ - [ފަލަސްތީނުގެ ބިމުން، ނަކަލު ނުކުރެވުނު އެއްޗެއް](https://addana.mv/4791) - 13ވަނަ ގަރުނުގައި ޗައިނާއިން އީޖާދުކުރި "ހޭންޑް ކެނަން" އިން ފެށިގެން 21ވަނަ ޤަރުނުގައި ދުނިޔެ މި ދެކެމުންދާ އާޓިފިޝަލް އިންޓެލިޖެންސްއާ ހަމައަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން ދިޔައީ އެހެން ބައެއްގެ އުފެއްދުންތައް ނަކަލު ކުރެވޭތޯ ބަލަމުންނެވެ. ހަނގުރާމައިގެ އާލާތްތަކުގެ އިތުރުން ސިއްހީ ދާއިރާއާއި، ތައުލީމާއި، ކުޅިވަރާއި، އުމްރާނީ ތަރައްގީގެ ދާއިރާއިން ވެސް ދުނިޔޭގެ ބާޒާރުގައި އެތައް ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. އިންސާނުންނާ ދާދި އެއް ފަދަ އާޓިފިޝަލް އިންޓެލިޖެންސް ހިއުމަނޮއިޑް ރޮބަޓްސް ވެސް މިހާރު ވަނީ ދުނިޔޭގައި - [ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ހަމަލާ ދިނުން: ހިޓްލަރުގެ އާރާއި ބާރުގެ ނިމުން](https://addana.mv/4787) - އެޑޮލްފް ހިޓްލަރަކީ، ދުނިޔެ ދުށް ވަރަށް މަޝްހޫރު ޝަޚުޞިއްޔަތެކެވެ. ވަރުގަދަ އަސްކަރީ ލީޑަރެއްކަމަށް ބައެއް މީހުން ޤަބޫލުކުރާ އިރު، އަނެއްބަޔަކު ދެކެނީ، އެވަރުގެ އަނިޔާވެރިއެއް ދުނިޔެ ނުދެކޭ ކަމަށެވެ. ދުނިޔޭގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ޖަރުމަންވިލާތުގައި އޭނާއަކީ ވަރުގަދަ ސިޔާސީ އަދި އަސްކަރީ ލީޑަރެކެވެ. އެޑޮލްފް ހިޓްލަރ އުފަންވެފައިވަނީ 1889 އެޕްރީލު 20ވަނަ ދުވަހު، އޮސްޓްރިއާ-ހަންގޭރީގެ ބްރައުންއޯ އަމް އިން ކިޔާ އަވަށަކަށެވެ. އަދި 1913ވަނަ އަހަރު ޖަރުމަނަށް ހިޖުރަކުރިއެވެ. 1919ވަނަ އަހަރު ނޭޝަނަލް - [ސިފައިންގެ ލަޝްކަރުގައި އަންހެން ސިފައިން: ކުރިމަތިވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެ އުޖާލާ މުސްތަގުބަލަކާ ދިމާއަށް](https://addana.mv/4783) - ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ސިފައިންގެ ލަޝްކަރުގައި އަންހެން ސިފައިންގެ ދައުރު ވަނީ ބަދަލުވަމުން އައިސްފައެވެ. އަންހެން ސިފައިންގެ ކުޅަދާނަކަމާއި ކަންކަމުގައި ހައްލު ހޯދުމުގައި އެމީހުން ގެންގުޅެމުންދާ ވައްޓަފާޅިއާއި އެމީހުންގެ ކެތްތެރިކަން ދަނީ ފިރިހެނުން ގިނަ މި ދާއިރާގައި، މި މާހައުލުގައި ބަލައިގަންނަމުންނެވެ. ހަމަމިއާއެކު ސިފައިންގެ ވަޒީފާއަށް ވަންނަމުންދާ އަންހެނުންގެ އަދަދު ގިނަވުމާއިއެކު، އަންހެން ސިފައިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ރިއާޔަތްކުރުމަކީ ވެސް މުހިންމު ކަމެކެވެ. ފުރަތަމަ ބޮޑުހަނގުރާމައަށްފަހު އަންހެނުން ވެސް ސިފައިންގެ ލަޝްކަރަށް މުހިންމުކަން - [ޝިފްޓް ޑިއުޓީއާއި ދިރިއުޅުން](https://addana.mv/4779) - ދިރިއުޅުމަށްޓަކައި އެކި މީހުން ކުރަނީ އެކިއެކި މަސައްކަތްތަކެވެ. އަދި ހަމަ އެހެންމެ އެކި މީހުން މަސައްކަތްކުރާ ގޮތާއި، މަސައްކަތުގައި ހޭދަކުރާ ވަގުތާއި ހާލަތު ވެސް ތަފާތެވެ. ބައެއް މީހުން ދުވާލުގެ ގަޑިތަކުގައި މަސައްކަތްކުރާ އިރު އަނެއްބައި މީހުން މަސައްކަތް ކުރަނީ ދުވަހުގެ ގަޑިތައް ބަހާލައިގެން ޝިފްޓް ޑިއުޓީ އުސޫލުންނެވެ. އާންމުކޮން ޝިފްޓް ޑިއުޓީ ކުރަމުން އަންނަނީ ތިނެއް ނުވަތަ ހަތަރު ދަންފަޅިއަށް ވާނޭހެން ވަގުތު ބަހާލައިގެންނެވެ. މިހެން މަސައްކަތް ކުރަމުން އަންނަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދޭންޖެހޭ - [ދިވެހި އަސްކަރިއްޔާގެ ލަވަ: ގައުމީ ޚިދުމަތް](https://addana.mv/4767) - މި ލިޔުން ޚާއްޞަކޮށްލާނީ ދިވެހި އަސްކަރިއްޔާގެ ލަވައިގެ ކަޑިތަކުގައި އެވާ އަސްކަރިއްޔާއެއްގެ ދައުރުގެ މައްޗަށެވެ. އަޅުގަނޑަށް ފަހުމުވާ މިންވަރަކުން ކުޑަ މިންވަރަކަށް މި ކަޑިތަކުގައި އެވާ ލަފުޒުތައް ބަޔާންކޮށްދެވޭތޯ މަސައްކަތްކުރާނަމެވެ. އެހެނަސް މި ލިޔުމަކީ ޅެމަށް ފާޑުކިޔުމުގައި ހިމަނާ މިންވަރަށް ވުރެ ތިލަކޮށް ބަލައިލާފައިވާ ލިޔުމެކެވެ. އަސްކަރިއްޔާގެ ދައުރު ދިވެހި އަސްކަރިއްޔާގެ ލަވައިގެ އެކި ކަޑިތަކުގައި ވަރަށް ސާފު އިބާރާތުން ހާމަކޮށްފައި އެބަވެއެވެ. އަސްކަރިއްޔާއެއްގެ އެންމެ މައިގަނޑު ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ ލަވައިގެ އެންމެ ފަހު ކަޑީގައި - [ތާރީޚުގެ ތެރެއިން... ގުޅަކުޅޭ ފަސްގަނޑު](https://addana.mv/4749) - ތަޢާރަފު ބައެއް ޤައުމުތަކުގައި ހުންނަ ތާރީޚީ ތަންތަނަކީ، އެ ޤައުމެއްގެ ހަނދާނާއި، ތާރީޚާއި، ސަޤާފަތާ ގުޅިފައިވާ ތަންތަނެވެ. މިކަމުގެ ވަރަށް ފުރިހަމަ އެއް މިސާލަކީ މާލޭގައި އިހުގައި އޮތް "ގުޅަކުޅޭފަސްގަނޑެ" ވެ. މިތަނަކީ އިހުގެ ބޮޑުގަނޑުވަރު (މިހާރު ސަލްޓަން ޕާކު އޮތް ތަން) ކުރިމަތީގައި، އެކިއެކި ރަސްމީ ބޭނުންތަކަށް ބާއްވައިފައި އޮންނަ ހުސް ބިމެކެވެ. ގުޅަކުޅޭފަސްގަނޑަކީ ގަނޑުވަރާ ގުޅިފައިވާ މައިދާނެކޭވެސް ދެންނެވިދާނެއެވެ. އެތަނަކީ ދިވެހި ތާރީޚާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ތަނެކެވެ. ގުޅަކުޅޭ ފަސްގަނޑަކީ - [މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް މުޅިން އައު ރޮބަޓެއް](https://addana.mv/4729) - އާ އީޖާދު ކުރުމާއި، މޮޅެތި ގޮތްތައް ހޯދުމަކީ އަބަދުވެސް އިންސާނުން ދުނިޔޭގައި ކުރަމުން އައި ކަމެއް ކަމާމެދު ދެބަހެއް ނުވެވޭނެއެވެ. އެ ދުވަސްވަރަކަށް އެންމެ އެކަށޭނަ އާ ހޯދުމެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ އިންސާނީ އާދައެކެވެ. އީރާނުގެ ރިސާޗް ސެންޓަރަކުން މިފަދަ އާ އީޖާދެއް ކޮށްފިއެވެ. ލައިފް ގާރޑްގެ ގޮތުގައި ރިމޯޓް ކޮންޓްރޯލް ރޮބޮޓް ބޭނުން ކުރުމަކީ އެމީހުންގެ ވިސްނުމެވެ. މި މަސްރޫއު ކާމިޔާބުވެއްޖެނަމަ އެއްގަމާއި ކަނޑުގައި ހާލުގައި ޖެހޭމީހުންނަށް އަވަސްކަމާއި އެކު އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. - [ނަފުސުގެ އަގު](https://addana.mv/4739) - ނަފުސޭ މި ދެންނެވީ އޭގެ އެންމެ ތަނަވަސް މާނައިގައެވެ. ދިވެހީން ހަށިގަނޑަށް ވެސް ނަފުސޭ ކިޔައެވެ. އެ ހަށިގަނޑުގެ ތެރޭގައި އުފެދޭ މާނަވީ އަދި ޖަޒުބާތީ އަސަރުތަކަށް ތަރުޙީބުދޭ ރަނގަޅު ނުރަނގަޅު ބާރަށް ވެސް ނަފުސޭ ކިޔައެވެ. ނަފުސުގެ ޢިއްޒަތާއި ކަރާމާތް ގެއްލި، އަގު ވެއްޓެނީ ނުރަނގަޅު ގޮވައިލުންތަކަށް ތިމާގެ ނަފުސުގެ އެދުންތައް ދީލައިލުމުންނެވެ. ޢަމަލުތައް ސޮއްސައިލުމުންނެވެ. ބައެއް ފަހަރަށް ހެޔޮ ނިޔަތުގައެވެ. ބައެއް ފަހަރަށް ނުބައި ނިޔަތުގައެވެ. އަނެއްބައި ފަހަރަށް ކޮންމެވެސް ބާވަތެއްގެ ނުރައްކާތެރި މަޖުބޫރީ - [ސޮއިޗީރޯ ހޮންޑާގެ ވާހަކަ](https://addana.mv/4705) - ޙަޤީޤީ ކާމިޔާބު މީހުންނަކީ ކޮބައިކަން ބުނެދެވޭނީ ކާކަށް ހެއްޔެވެ؟ ކާމިޔާބު މީހެކޭ ބުނެއުޅެނީ އެމީހަކު އެ މަސައްކަތްކުރާ ދާއިރާއަކުން އާދަޔާ ޚިލާފް ކުރިއެރުންތަކެއް ހޯދާފައިވާ ފަރާތްތަކަށެވެ. ދިރިއުޅުމާއި ވިޔަފާރީގެ ދާއިރާގައެވެ. ނަމަވެސް ކާމިޔާބު މީހަކަށް ވުމަށް ޓަކައި ކިހާވަރެއްގެ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އެނގެނީ ކާކަށް ހެއްޔެވެ؟ މި ދެންނެވި ކާމިޔާބު މީހުން ކުރިއަރައި ދިއުމުގައި ފެއިލްވެފައިވަނީ ކިތައް ފަހަރުކަން އެނގެނީ ކާކަށް ހެއްޔެވެ؟ މި ލިޔުމުގައި މި ބަލާލަނީ މޮޓޯސް އުފެއްދުމުގައި ދުނިޔޭގައި އެންމެ ނުފޫޒުގަދަ - [...ޣަޒަލް ރަސްގެފާނު މެހެދީ ހަސަނަށް ހަނދާނުގެ ޖިޒީއެއް](https://addana.mv/4759) - މަޝްހޫރު ޣަޒަލް ލަވަކިޔުންތެރިޔާ މެހެދީ ޙަސަން ދުނިޔެ ދޫކުރެއްވިފަހުން މިހާރު އަހަރަކާ ގާތްވަނީއެވެ. ނަމަވެސް އިންޑިޔާގައިވެސް ޕާކިސްތާނުގައި ވެސް އަދި އޭނާގެ ޣަޒަލްތަކަށް ލޯބިކުރާ ފަރާތްތަކަށްވެސް މިހިތާމަ ފަނޑުވެގެންނެއް ނުދެއެވެ. އޭނާގެ ހަނދާންތަކަށް ބަދަލެއް ނާދެއެވެ. ހިތްތަކުގައިވަނީ، އެރީތި ޖާދުވީ ރާގުތައް ކުޅެވިކުޅެވިއެވެ. ތެދެކެވެ. މިފަދަ ހަނދާންތަކަކީ، ވޭތުވެގެންދާ ދުވަސްތަކަކުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަކުން އޭގެ އަސަރަށް އެއްވެސް ތަފާތެއް އަންނާނޭ ހަނދާންތަކެއް ނޫނެވެ. ދުނިޔޭގެ އެންމެ ނަން ހިނގާ ޣަޒަލު ލަވަ ކިޔުމުގެ އެންމެ ކުޅަދާނަ - [ފަސޭހައިން ލިބޭ އަގުހެޔޮ ތަކެތިން ހަށިގަނޑަށް ފަރުވާ ހޯދުން](https://addana.mv/4756) - އަޅުގަނޑުމެން ކޮންމެ މީހަކީވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާނެ މީހެކެވެ. ހަށިގަނޑަށް ފަރުވާ ހޯދުމުގައި ދިވެހިންނަކީ އިސްރާފު ކުރާ ބައެކެވެ. އަޅުގަނޑުމެން ވަށައިގެންވާ މާހައުލަކީ ހަށިގަނޑަށް ބޭނުންވާ އެތައް ފަރުވާއެއް ކުރެވިދާނެ ވަޞީލަތް ހުރި މާހައުލެކެވެ. އަގުބޮޑު ކްރީމްފަދަ ތަކެތި ގަންނާކަށް ނުޖެހެއެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި އެމީހުންވަނީ މިފަދަ ނަމޫނާއެއް ދައްކާފައެވެ. ނަމަވެސް މިޖީލުގެ ޒުވާނުންނަށް އެއީ މާ ކަމުދާ އެއްޗެއް ކަމުގައި ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުން ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން - [ދުނިޔޭގެ ޤަދީމީ ބިނާތަކުގެ ތެރެއިން: ޚޫފޫ ޕިރަމިޑް](https://addana.mv/4746) - މިސްރުގެ ވެރިރަށް ޤާހިރާގެ ހުޅަނގު ދެކުނަށް އޮންނަ ޖީޒާގައިވާ ބޮޑެތި ތިން ޕިރަމިޑްގެ ތެރެއިން އެންމެ ބޮޑު ޕިރަމިޑަކީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން މިހާތަނަށް މުޅިން ސަލާމަތުންހުރި ހަމައެކަނި އަޖައިބުކަމުގައި ވަނީ ބެލެވިފައެވެ. މިޕިރަމިޑަށް ދެވިފައިވާ ނަމަކީ "ޚޫފޫ ޕިރަމިޑް" އެވެ. ޚޫފޫ ޕިރަމިޑް ފިޔަވައި ދެން ހުރި ޕިރަމިޑްތަކަކީ "ޚަފްރީ" ނުވަތަ "ޚަފްރަޢު" އަދި "މެންކޫރީ" ނުވަތަ "މުންޤަރަޢު" ގެ ނަމުން ނަންދެވިފައިވާ ޕިރަމިޑްތަކެވެ. ޚޫފޫ ޕިރަމިޑް ބިނާކުރުމަށް 20 އަހަރު ހޭދަވިކަމުގައިވެއެވެ. ބިނާކުރުމަށް - [އިސްލާމިކް ކައުންސެލިން](https://addana.mv/4743) - އިސްލާމިކް ކައުންސެލިންގެ އަމާޒަކީ ދީނީ އަޤީދާ އޮޅުންފިލުވައިދީ، ރޫޙާނީ ހިތްވަރު ލިއްބައިދީ، ތެދުމަގު ޚިޔާރުކޮށްގެން ކުރިއަށްދިއުމަށް އެހީތެރިވެދިނުމެވެ. އިންސާނާ އުފައްދަވައި އެ އިންސާނާ އުޅެންވީގޮތް ބަޔާންކުރައްވައި ބާވާލެއްވި ޙައްޤު ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން އެދީނުގައިވަނީ އިންސާނާއަށް އެންމެ ރަނގަޅުގޮތް ބަޔާންކުރައްވައި އިންސާނާގެ ބުއްދިއާއި ޖިސްމާއި ނަފްސަށް ގެއްލުން ލިބެނިވި ކަންތައްތައް މަނާކުރައްވާފައެވެ. އިސްލާމީ ކައުންސެލިންއަކީ ރޫޙާނިއްޔަތު ތަރައްޤީކޮށް އުޅުމާއި އަޚްލާޤު ބައްޓަންކުރުމަށް މަގުދައްކައިދީ ދީނީ އިރުޝާދާއި އެހީހިމެނޭ ކައުންސެލިންނެވެ. އިސްލާމީ ކައުންސެލިންގައި، މަޤްޞަދަށް ވާސިލުވެވެނީ ކައުންސެލީ ނުވަތަ - [ކަނޑުގެ ސިފައިންނާއި މެރިން ޕޮލިސް](https://addana.mv/4735) - ދިވެހިރާއްޖެއަކީ މާސިންގާ ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ކުޑަ ޖަޒީރާ ޤައުމެކެވެ. ހިކިފަސް ބިންތަކަށްވުރެ ކަނޑުގެ ސަރަހައްދު ވަރަށްވެސް ބޮޑެވެ. ސިފައިންނާއި ފުލުހުން އުފެދުނީއްސުރެ ފެށިގެން ސިފައިންގެ ޚިދުމަތް ބޮޑަށް އަމާޒުވެފައިއޮތީ މާލޭގައި އަމަން އަމާންކަން ޤާއިމްކުރުމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެއިރަކަށް ގޮވާލި ކޮންމެ ކަމަކަށް ސިފައިން އަބަދުވެސް ތިބެނީ ތައްޔާރަށެވެ. އޭރު ސިފައިންނާއި ފުލުހުންނަކީ އެއްބައެކެވެ. މިގޮތުން 1960 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަރަޙައްދަށް އުރެމުންދިޔަ - [ދިވެހި ސިފައިން ދިވެހި ފުޓްބޯޅައަށް ޚިދުމަތް ކުރުމުގެ އުއްމީދުގައި](https://addana.mv/4732) - "ވޮރިއަރސް ފުޓްބޯލް ކްލަބް" މިއީ އޭޝިއާގެ ނަމޫނާ ޤައުމެއް ކަމުގައިވާ ސިންގަޕޫރުގެ އާރމްޑް ފޯސަސް އަށް ނިސްބަތްވާ ކްލަބް އެކެވެ. މި ކްލަބް ސިންގަޕޫރުގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ވާދަކުރަމުން އަންނަތާ މިހާރު މިވަނީ އެތަކެއް އަހަރު ވެފައެވެ. ސިންގަޕޫރުގެ ފުޓްބޯޅަ ތަރައްޤީ ކޮށް ކުރިއެރުވުމަށް ސިންގަޕޫރުގެ އާރމްޑް ފޯސަސް އިން ފުޓްބޯޅައިގެ ތެރެއަށް ނިކުމެފައިވަނީ 1975ވަނަ އަހަރުއެވެ. އަދި ސިންގަޕޫރުގެ އެންމެ މަތީ ލީގު ކަމުގައިވާ " އެސް ލީގް " 1996ވަނަ އަހަރު - [ފުށިދިއްގަރު ފަރުމަތީގައި 5 މީހުން މަރުވެ، އެކަކު ގެއްލުނު ހާދިސާ](https://addana.mv/4694) - ވ. ކެޔޮދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ގަލޮޅު ޕެންޒީމާގޭ މުޙައްމަދު ޝާކިރުގެ ޔޮޓު ދޯނީގައި 13 މީހުން ތިއްބެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެވެ. ކުއްލިއަކަށްއައި ކޮޅިގަނޑު މަޑުވެލަންދެން ދޯނި މަޑުކޮށްލީ ކ. ގުޅީކައިރީގައި އޮންނަ ފުށިދިއްގަރު ފަރު ކައިރީގައެވެ. ބައެއް މީހުންތިބީ ނިދާފައެވެ. އެހެންތިއްބާ ކުއްލިއަކަށް ނެގި ބިޔަރާޅަކާއެކު ދޯނި ފަރުމައްޗަށް ބަންޑުންޖަހާލިއެވެ. އެ ހާދިސާގައި ގަލޮޅު ޕެންޒީމާގޭ މުޙައްމަދު ޝާކިރާއި އޭނާގެ އަނބިކަނބަލުން މުއުމީނާ ޢަލިދީދީ އާއި ގަލޮޅު އާކަކާގޭ ޢާރިފާ އާއި އޭނާގެ - [ތާރީޚު އުނގެނުމުގެ ބޭނުން](https://addana.mv/4682) - އަޅުގަނޑުމެންނަކީ ފަހެ ކޮން ބައެއްތޯ އެވެ؟ ހަމަ ކަށަވަރުންވެސް އަޅުގަނޑުމެންނީ އިންސާނުންނީމުއެވެ. އާދޭހެވެ. އިންސާނުންނީމު އެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަކީ އިންސާނުން ކަން އެނގެއެވެ. ދިރޭ އެހެން އެއްޗެއްސާ ޚިލާފަށް އެއެއްޗިއްސަށް ނޭނގޭ، އިންސާނުންނަށް އެނގޭ ކިތަންމެ އެނގުންތަކެއް ހުރެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކޮންމެ މީހެއްގެ މަންމައެއް ބައްޕައެއް ވާކަން އެނގެއެވެ. އުފަންވި ތަނެއް، އުޅެބޮޑުވި މުޖުތަމަޢެއް ވާކަން އެނގެއެވެ. އެ މުޖުތަމަޢުގައި އަޅުގަނޑުމެންނަށްވުރެ ކުރީން ކިތަށްމެބަޔަކު އުޅެފައިވާކަން ވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އޭގެ ތެރެއިން މީގެ އެތަކެއް - [މާދަރީ ބަސް އަށަގަތުން](https://addana.mv/4687) - ތުއްތުކުއްޖެއް ދުނިޔެއަށް އުފަންވާއިރު އެކުއްޖާގެ ކިބައިގައި ވަކި ޚާއްޞަ ބަހަކުން ވާހަކަ ދައްކާ މުޢާމަލާތް ކުރުމުގެ ޤާބިލްކަމެއް ނުހުރެއެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން މުޢާމަލާތް ކުރަން ބޭނުންވާކަން އެނގެއެވެ. އެހެނީ ބަނޑުހައިވުމުންނާއި މިނޫންވެސް ޒަރޫރީ ބޭނުންތައް މަންމަ ނުވަތަ އެނޫންވެސް އެހެން ފަރާތެއްގެ މަދަދުވެރިކަމާއެކު ކުރަންޖެހޭނެތީއެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހު އެކުއްޖާގެ ކިބާގައި އެންމެ ފުރަތަމަ އަށަގަންނަ ބަހަކީ މާދަރީ ބަހެވެ. އެހެންނަމަވެސް މާދަރީ ބަސް އަށަގަނެ، އެބަހުގެ ޤަވާޢިދަށް ފައްތައިގެން ފަރިތަކަމާއެކު ވާހަކަދައްކަނީ ކިހިނެތްކަމާމެދު ސުވާލު - [އީ ސިނގިރޭޓަކީ އާދައިގެ ސިނގިރޭޓަށް ވުރެ ރައްކާތެރި އެއްޗެއްތަ؟](https://addana.mv/4690) - އިލެކްޓްރޯނިކް ސިނގިރޭޓު ނުވަތަ އީ ސިނގިރޭޓަކީ އާދައިގެ ސިނގިރޭޓެއްގެ ވައްތަރު ޖަހާނޭހެން ޑިޒައިން ކުރެވިފައިވާ، ކުޑަ ބެޓެރީއެއްގެ ބާރުން މަސައްކަތްކުރާ އެއްޗެކެވެ. އެހެން ސިނގިރޭޓެކޭ އެއްފަދައިން، އީ ސިނގިރޭޓުގައި ވެސް ނިކޮޓިންއޭ މި ކިޔާ މާއްދާ ހިމެނެއެވެ. މީގައި ހިމެނޭ "އެޓޮމައިޒޭ'' އަކުން ނިކޮޓިން ހިމެނޭ މާއްދާ ހޫނުކޮށް އާތްވަށް ބަދަލުކޮށްލައެވެ. އަދި އެތެރެއަށް ދަމާލާ އިރު މި އާވިގަނޑު ހަށިގަނޑު އެތެރެއަށް ވަދެގެންދެއެވެ. މި އާވި ދުންކޮޅު ފެންނާނީ ސިނގިރޭޓު ދުމުގެ ސިފައިގައެވެ. އިލެކްޓްރޯނިކް ސިނގިރޭޓާއި، - [ހުވަފެން](https://addana.mv/4679) - އާއިޒްއާއި ޝައުނާއާ ދެމީހުން އޮތީ ނިދާށެވެ. މެދުކެޑުމެއްނެތި ވިއްސާރަވެހި ގުގުރަމުން ގެންދެއެވެ. އާއިޒްގެ ތުއްތުތުއްތު ދަރިއަކު ހުރެވެ. އާއިޒްއަކީ ސިފައިންގޭގައި މަސައްކުރާ މީހެކެވެ. އާއިޒްގެ ދެމަފިރިން ގައިދޮށަށް އެ ތުއްތު ދަރިފުޅު ލައިގެންއޮވެ ނިދި ހަމަކުރަމުން ގެންދިޔައެވެ. އެ ކުޑަ މައުސޫމު ދަރިފުޅު، ގުގުރާ ކޮންމެފަހަރަކު ސިއްސައިގެން ގޮސް ރޯން ފަށައެވެ. އާއިޒް ހަދާނެގޮތް ބޮޑުވެއްޖެއެވެ. ގުގުރާ ވަރުން ނުނިދިފައި އޮތްވާ ފަތިސްވެ ހާ ގޮވާއަޑު އިވެން ފަށައިފިއެވެ. އާއިޒް ޕީޓީއަށް ދާން ތައްޔާރުވެލައިގެން ގެއިން ނިކުމެގެން - [ސިފައިންނާއި ހަށިހެޔޮކަން](https://addana.mv/4676) - ހަށިހެޔޮކަމަކީ ކޮންމެ އިންސާނަކު ވެސް އެންމެ އެދޭނެ އެއް ކަމެވެ. ހަށިހެޔޮކަންމަތީ ތިބުމަކީ ކޮންމެ އިންސާނަކަށްވެސް ލިބޭނެ އެހާމެ އުފާވެރި އަދި ހިންހަމަޖެހުމެކެވެ. ހަށިހެޔޮކަން އެކި ގޮތްގޮތަށް މާނަ ކުރެވިދާނެވެ. ޖުމްލަކޮށް ބަލިތަކުން ދުރުހެލިވެ ހުރުމާއެކު، އާންމު ގޮތެއްގައި މަސައްކަތްކޮށް ކޮށް ނިމިގެން އިތުރަށް ކުޅިވަރު ކުޅެ، ނުވަތަ އެހެނިހެން ފިޒިކަލް މަސައްކަތް ކުރުމުގެ ހަކަތަ ހަށިގަނޑުގައި ހުރުމަކީ ހަށިހެޔޮކޮށް ހުރުން ކަމަށް ބެލެވިދާނެއެވެ. ބަލިތަކުން ދުރުހެލިވެ ހުރުމަށް މާނަކޮށް އުޅެނީ ދުޅަހެޔޮ ވުމަށެވެ. ހަށިހެޔޮކަމަށް ބެލެވެނީ، - [ޕްރިފެރެންޝަލް ވޯޓިންގ ނިޒާމު](https://addana.mv/4671) - ޕްރިފެރެންޝަލް ވޯޓިންގ ނިޒާމަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓުލާ މީހާއަށް އެންމެ ކަމުދާ ކެންޑިޑޭޓުންނަށް ތަރުތީބުން ނަންބަރު ޖަހައިގެން ވޯޓުލުމުގެ ފުރުސަތު އޮންނަ ނިޒާމެކެވެ. ޕްރިފެރެންޝަލް ވޯޓިންގގައި ވޯޓު ކަރުދާހުގައި އޮންނަ ކެންޑިޑޭޓުންގެ ނަންތަކުގެ ތެރެއިން ވޯޓުލާ މީހަކަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި 1 ޖަހައި، ދެން ކަމުދާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި 2 ޖަހައި މިގޮތަށް ހުރިހާ ކެންޑިޑޭޓުން ތަރުތީބުކުރެއެވެ. ޕްރިފެރެންޝަލް ވޯޓިންގ އޮންނަ ބައެއް ގައުމުތަކުގައި ހުރިހާ ކެންޑިޑޭޓުން ތަރުތީބުކުރުމުގެ - [ޕަހަލްގަމް ހަމަލާ: އިންޑިއާއާއި ޕާކިސްތާނު، ހަނގުރާމައަކަށް!؟](https://addana.mv/4661) - މި ސަރަހައްދުގެ އެންމެ ވާދަވެރި ހަތުރުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އިންޑިއާއާއި ޕާކިސްތާނު މި ދުވަސްވަރު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މި ނުތަނަވަސްކަން މެދުވެރިވި ސަބަބަކީ އެޕްރީލު 22ވަނަ ދުވަހު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގައި ދިން ނިރުބަވެރި ހަމަލާއަކާ ގުޅިގެން އެއްބަޔަކު އަނެއް ބަޔަަކަށް ކުރާ ތުހުމަތުތަކެވެ. މި ލިޔުމުގައި މި ބަލާލަނީ، މި ހަމަލާއާ ގުޅިގެން އުފެދިފައިވާ އެންމެ ފަހުގެ ޓެންޝަންތަކުގެ މައްޗަށެވެ. ޕަހަލްގަމް ހަމަލާ އޭޕްރީލް - [ދިވެހި އަސްކަރިއްޔާ ކުރިއަށެވެ! ލަޝްކަރީން ތައްޔާރެވެ.](https://addana.mv/4656) - އާދެ! އަޅުގަނޑުމެން ސިފައިންގެ އަޒުމް ގުޑުވާލެވިފައިވާތީއެއް ނުފެނެއެވެ. ބަންޑާރަކޮށީގެ ބޮޑުގޭޓުން ވަންނަ އިރު ހިތަށް އަރައެވެ. ސެނގަރުގައި ހުރީ ޝަހީދު ޙުސައިން އާދަމް ނަމަ، ގޭޓުން ވަދެގެންދާ ކޮންމެ ފަހަރަކު ދާނީ ކުރުނީހެއް ވެސް ކޮށްފައެވެ. އެ ނަސީބު ނުލިބުނު ނަމަވެސް އަޅުގަނޑުމެން ސިފައިންނާއި އާންމު ރައްޔިތުންގެ ފަރާތުން ޝަހީދު ޙުސައިން އާދަމަށް ދެވިފައިވާ ޤަދަރަކީ ދުވަހަކު ވެސް ފަނޑުވެގެން ނުދާނެ ފަދަ މާތް ޤަދަރެކެވެ. އާދެ! ދިވެހީން މި މިނިވަން ޖައްވަށް ނޭވާލަމުންދާ ކޮންމެ ހިނދެއްގައި - [ބިލާލު ބިން ރަބާޙް رضي الله عنه](https://addana.mv/4652) - ބިލާލު ބިން ރަބާޙް رضي الله عنه (ބިލާލުގެފާނު) އުފަންވެވަޑައިގަތީ މީލާދީން 580 ވަނަ އަހަރުއެވެ. ބިލާލުގެފާނުގެ ބައްޕާފުޅަކީ ރަބާޙްއެވެ. މަންމާފުޅަކީ ހަބުޝްކަރައަށް ނިސްބަތްވާ ހަމާމާ ކިޔާ ބޭކަނބަލެކެވެ. ބިލާލުގެފާނަކީ ހަންގަނޑު ކަޅު، އިސްކޮޅުންދިގު ހިމަތޮޅި ބޭފުޅެކެވެ. ބިލާލުގެފާނު އަޅެއްގެ ގޮތުގައި ގެންގުޅުނީ ބަނީ ޖުމުޢާ ވަންހައިގެ ބޮޑެއް ކަމުގައިވާ އުމައްޔާ ބިން ޚަލަފެވެ. އޭނާގެ ކިބައިން ބިލާލުގެފާނު މިނިވަން ކުރެއްވީ އަބޫބަކުރުގެފާނެވެ. ބިލާލުގެފާނަކީ މީސްތަކުންނަށް ނަމާދަށް ގޮވާލެއްވި މުސްލިމުންގެ ފުރަތަމަ މުދިމެވެ. ބިލާލުގެފާނަކީ އިސްލާމްދީނުގެ ކުރީކޮޅު - [ސަޢުދު ބިން މުޢާޛު رضي الله عنه](https://addana.mv/4648) - ސަޢުދު ބިން މުޢާޛު رضي الله عنه އުފަންވެވަޑައިގަތީ މީލާދީން 590 ވަނަ އަހަރު މަދީނާގައެވެ. ބައްޕާފުޅަކީ އައުސް ވަންހައިގެ ޢަބްދުލްއަޝްޙާލް ދަރިކޮޅުގެ މުޢާޛު ބިން އަލް ނޫމާނެވެ. މަންމާފުޅަކީ ޔަހޫދީންގެ ބަނޫ އަލްޙަރީޘް ވަންހައިގެ ކަބްޝާ ބިންތު ރާފީ އެވެ. ސަޢުދު ބިން މުޢާޛު رضي الله عنه އިސްލާމްވެ ވަޑައިގަތީ އުމުރުން 31 އަހަރުފުޅުގައެވެ. އަދި ޝަހީދުވެވަޑައިގެންނެވީ އުމުރުން 37 އަހަރުފުޅުގައެވެ. ސަޢުދުގެފާނަކީ އިސްކޮޅުން ދިގު އަލި މޫނެއްގެ ވެރިއެކެވެ. ސަޢުދުގެފާނު އިސްލާމްވެވަޑައިގެންނެވީ މާތް - [ރަމަޟާން މަހަށް މަރުޙަބާކިޔުން](https://addana.mv/4644) - ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުން އެންމެ ބޮޑަށް ތައްޔާރުވެ އެ މަހަކަށް މަރުޙަބާ ކިޔާ މަހަކީ ބަރަކާތްތެރި ރަމަޟާންމަހެވެ. އެކި މުޖުތަމަޢުތަކުގައި ހުންނަ ސަޤާފީ އާދަކާދަތަކާއެކު ކޮންމެ މުޖުތަމަޢަކުން ވެސް ރަމަޟާންމަހަށް މަރުޙަބާ ކިޔައެވެ. މިގޮތުން ބަލާއިރު ދިވެހީންގެ ތެރޭގައި ވެސް ވަރަށް ވަރުގަދަ ސަޤާފީ އާދަކާދަތަކެއް ހުރެއެވެ. ދިވެހީން ރޯދަމަހަށް ތައްޔާރުވުމަށް ކުރާ މައިގަނޑު އެއް ކަމަކީ ދިރިއުޅޭ ގޯތިގެދޮރާއި އާންމު މައިދާންތައް ސާފުކުރުމެވެ. ހިފާގެންގުޅޭ ސާމާނު ދޮވެ ރީތި ކުރުމެވެ. ގޯތިގެދޮރާއި މިސްކިތްތަކުގައި - [މިނިވަންކަމުން އަޅުވެތިކަމަށް... ނުދާނަމޭ!!](https://addana.mv/4597) - ލިބިފައިވާ ނިޢުމަތެއްގެ މަތިވެރިކަން އިޙްސާސް ކުރެވޭނީ އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ. މިއީ ޙިކުމަތްތެރި، ދޮށީ މީހުން ބުނެއުޅޭ ބުނުމެކެވެ. ޝައްކެއްވެސް ނެތެވެ. މިއާމެދު ވިސްނައިފިނަމަ މިއީ ވަރަށް ޢިބުރަތްތެރި ވާހަކައެކެވެ. އޭގައި ފުން މާނަތަކެއް އެކުލެވިގެންވާ ބުނުމެކެވެ. އެހެނީ، އިންސާނީ ޠަބީޢަތަކީ ނިޢުމަތުގައި ދެމިހުންނައިރު، ތިމާއަށް ލިބިފައިވާ މަތިވެރިކަމުގެ މަތިން ހަނދާން ނެތުމެވެ. އެ ނިޢުމަތްތަކުގެ މުހިއްމުކަމާއި ބޮޑުކަން އިޙްސާސް ނުކުރެވުމެވެ. ގިނަފަހަރަށް މިކަން އިޙްސާސް ކުރެވެނީ އެއިންކަމެއް ފުރޮޅިގެން ދިޔުމުންނެވެ. ގެއްލި ދިޔުމުންނެވެ. މިނިވަންކަމަކީ - [ކިތަންމެ ކުޑަ ރައްކަލަކުން ވެސް ބޮޑު ގެއްލުމަކުން ސަލާމަތް ވެވިދާނެ!](https://addana.mv/4603) - މާލޭއަކީ މިހާރު ކޮންކްރީޓް ޖަންގަޔެއްފަދަ ވަށައިގެން ބިލްޑިންގ ތައް މަތިމައްޗަށް އަރަމުންދާ ރަށެކެވެ. ބިރުވެރިކަމަކީ މަތިމައްޗަށް އިމާރާތް އެރުމެއް ނޫނެވެ. ބިރުވެރިކަމަކީ އެފަދަ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާވުމެވެ. އިމާރާތް ބޭނުންކުރަން ފަށާއިރު ގާއިމްކޮށްފައިވާ އަލިފާންނިވުމުގެ ނިޒާމް އިތުރަށް ނުބެލެހެއްޓި އޭގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވެ ވީރާނާ ވެގެންދިޔުމެވެ. އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ދިމާވާ ވަގުތު ބޭނުންކުރުމަށް އެއްވެސް އިތުބާރެއް ނެތް އެއްޗަކަށް އަލިފާންނިވާ ނިޒާމް ވެގެން ދިޔުމެވެ. އަދި އަލިފާނާއި އެނޫންވެސް ނުރައްކާތެރި ހާދިސާއެއް - [ދަރިން ބެލުމުގައި މައިންބަފައިންގެ ޒިންމާ އާއި އިހުމާލު! ދަރިފުޅުގެ ފަރާތުން ލޯބިވާ ބައްޕައާއި މަންމަ އަށް!](https://addana.mv/4609) - އަޅުގަނޑު ރަންފުތު ނުކުރާށެވެ. އަޅުގަނޑަށް އެނގޭ އަޅުގަނޑު ބޭނުންވާ ކޮންމެ އެއްޗެއް މައިންބަފައިންނަށް ހޯދައި ނުދެވޭނެކަން. ނަމަވެސް ބޭނުންވާ އެއްޗެތީގެ ވާހަކަ ބުނަނީ މައިންބަފައިން އަޅުގަނޑުދެކެ ވާ ލޯބި އަޖުމަ ބަލާލުމަށެވެ. އަޅުގަނޑުގެ އުމުރާއި ނުގުޅޭ އަމުރާއި އިންޒާރު ދީ ނުހަދާށެވެ. އަދި އަޅުގަނޑު އުމުރަށްވުރެ ކުޑަ ނުކުރާށެވެ. އެކަމުގެ ސަބަބުން ފަހަރުގައި އަޅުގަނޑުގެ އުޅުމަށް ބަދަލު އައިސް އަޅުގަނޑަކީ ބޮޑު މީހެއްކަމަށް އަޅުގަނޑަށް ވިސްނިދާނެއެވެ. އަޅުގަނޑުގެ އުޅުން ރަނގަޅު ކުރުމަށް މީހުންގެ ކުރިމަތީގައި އަދަބުދީ ރުޅިވެރިކަމުގެ - [އެނަމާ ބޯޓް ބަންޑުން ޖަހާލި ހިތާމަ ވެރި ހާދިސާގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ މެޑިކް](https://addana.mv/4606) - ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އެ ހާދިސާއެއްގެ އަޑުއިވުމުން އަދިވެސް ދިވެހީން ހިތާމަކުރާ އެއް ހާދިސާއަކީ 17 މާރޗް 2004 ވީ ބުދަ ދުވަހުގެ ރޭ 20:45 ގައި ހިނގާދިޔަ ގދ.ތިނަދޫ އެނަމާބޯޓް ބަންޑުން ޖަހާލި ހާދިސާއެވެ. މި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު އެންމެނަށް ޞިއްޙީ ފަރުވާދޭން ހުންނެވި ބޭކަލަކީ އޭރުގެ ކޯޕްރަލް އިލްޔާސް ޢަބްދުﷲ (2734) އެވެ. ލެފްޓިނަންޓް ޑރ. އިލްޔާސް ޢަބްދުﷲއަކީ ސިފައިންގެ ޚިދުމަތަށް ބޭނުންވެގެން ސިފައިންގެ ވަޒީފާއަށް ގެނެވުނު ބޭކަލެކެވެ. ލެފްޓިނަންޓް ޑރ.އިލްޔާސް - [ކާބަފައިންގެ ޖިހާދުން ހިތްވަރު ލިބިގެން، ސިފައިން ޤައުމަށް ޓަކައި](https://addana.mv/4612) - ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ފަޚުރުވެރި ޤައުމެކެވެ. ޤައުމު ކުޑަވެފައި މީސްކޮޅު މަދުވެފައި، ވަސީލަތްތަކާއި ފުރުސަތުތައް ހަނިވިޔަސް، ދުނިޔޭގެ ޗާޓުން ރާއްޖެއަށް ލިބިފައިވާ މަޤާމުގެ މުހިންމުކަން ކުޑައެއް ނޫނެވެ. އެކަން އެނގެނީ ދުނިޔޭގެ ބާރުތަކުންނާއި އަވައްޓެރިންގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކާތަކާއި ރާއްޖެ އަޅުވެތި ކުރުމަށް ކޮށްފައިވާ ހަނގުރާމަތަކާއި ދީފައިވާ ނުރައްކާތެރި ޙަމަލާތަކުންނެވެ. ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ، އަދި ދީނާއި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ކޮންމެ އަގެއް ވެސް އަދާކޮށްފާނެ ކެރޭ ހިތްވަރުގަދަ ރައްޔިތެއްކަން އަންގައިދެނީ ދިވެހި - [ސިފައިންގެ ލަވައިގެ ޝަރަހަ، ޝާއިރުގެ ގަލަމުން](https://addana.mv/4600) - ސިފައިންގެ ލަވައިގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރެވެމުން އައީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހެއްދެވި ލަވައެކެވެ. އެމަނިކުފާނަކީ އޭރު ސިފައިންގެ އެންމެ މަތީވެރިޔާއެވެ. މި ލަވަ އޭރު ސިފައިންގެ އެކިއެކި ކަންކަމުގައި ބޭނުންކޮށް އުޅުނެވެ. ސިފައިންގެ ޚިދުމަތަށް ސަތޭކަ އަހަރު ފުރުނު އިރު ސިފައިންގެ ޚިދުމަތް ތަރައްޤީވަމުން އައިސް ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ޒިންމާތައް ބޮޑުވެ ސިފައިންގެ ޚިދުމަތްތައް އެތައް ތަނެއް ވަނީ ކުރިއަރައިފައެވެ. ނަމަވެސް މި ބަދަލުތައް ސިފައިން އެހާތަނަށް ބޭނުންކުރަމުން - [ގެވެށި ހަދިޔާ - ކިހިނެއް ދޭންވީ، ކޮން އެއްޗެއް؟](https://addana.mv/4594) - ފުރަ މެންދަމެއްގައި މެދު އުޑުން ފިޔަޖަހާ ތަރިތަކަށް ވުރެ އުޖާލާކޮށް، ފިނި ހެނދުނެއްގައި ފަރިވާ ފިނިފެން މަލަށް ވުރެ ލޮބުވެތިކޮށް، ބަހާރު މޫސުމެއްގައި ހެދެމުން ދާ ބުސްތާނަކަށް ވުރެ އުއްމީދީކޮށް، ހަމަ ކޮންމެ ބެލެނިވެރިޔަކަށް މެ ފެންނަ އެންމެ މަތިވެރި އެއް ނިޢުމަތަކީ އޭނާއަށް މާތް ﷲ ދެއްވި ދަރީންނެވެ. މައިންބަފައިންނާއި ބެލެނިވެރީންގެ ހުރިހައި ޤުރުބާނީއެއް ގުޅިފައި ވަނީ އެ ކުދީންނާއެވެ. އަޅުގަނޑުމެން ނިދި ނަގައިލަނީ، މަސައްކަތުގައި ވަރުބަލި ވަނީ، ބައެއް ފަހަރަށް އެކި ވަރުގެ ލޯނުތައް - [މިނިވަން ފަންސާހުގެ ދޯދި ތަކުން ޤައުމަށް އަލިކޮށްދެނީއެވެ.](https://addana.mv/4591) - ތާރީޚްގެ ގަނޑުތައް އުކެމުން ދަނީއެވެ. ދިވެހި އުދަރެހުގައި ބޯކުރަމުންދިޔަ ކަޅުވިލާތައް ކެހިގެން ދިޔަތާ އަހަރު ތަކެއް ވަނީއެވެ. މިނިވަން އުފާވެރި ޖައްވަކަށް ދިވެހީން ނޭވާލަމުން އަންނަތާ ފަންސާސް އަހަރު ވަނީއެވެ. އެއީ މިއަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެދުވަހުގެ ހެނދުނުގެ އެންމެ ހެޔޮ ސާޢަތެވެ. އެއީ ގަޑިން ދިހައެއް ޖަހާވަގުތެވެ. އެދުވަހަކީ، ދުވަހަކުވެސް ދިވެހީން ހަނދާން ނައްތައިލާނޭ ދުވަހެއް ނޫނެވެ. މުޅިދުނިޔެ އިސްތިޢުމާރު ކުރަމުން ދިޔަ އިނގިރޭސީންގެ އަތްދަށުން ދިވެހީން މިނިވަންވެ، ފުރިހަމަ މިނިވަން - [ވެހިކަލް ޓްރެކިންގ ސިސްޓަމް](https://addana.mv/4588) - ވެހިކަލް ޓްރެކިންގ ސިސްޓަމަކީ ސޮފްޓްވެއަރ އެއްގެ އެހީގައި އިންޓަނެޓް މެދުވެރިކޮށް ވެހިކަލްގެ ލޮކޭޝަން ދެނެގަނެވޭ ނިޒާމެކެވެ. އެންމެ ޒަމާނީ ވެހިކަލްތަކުގައި ބޭނުންކުރާ ޓްރެކިންގ ސިސްޓަމަކީ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް ނުވަތަ ގްލޯބަލް ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް އެވެ. އަދި މިނޫންވެސް އޮޓޮމެޓިކް ވެހިކަލް ލޮކޭޝަން ޓެކްނޮލޮޖީ މިޒަމާނުގައި ބޭނުންކޮށް އުޅެއެވެ. ވެހިކަލް ޓްރެކިންގ ސިސްޓަމުގައި ވެހިކަލާއި ބެހޭ ހުރިހާ މައުލޫމާތެއް ބަލަނީ އެކަމަށް ހާއްސަކުރެވިފައިވާ އިންޓަރނެޓް ސޮފްޓް ވެއަރއެއްގެ އެހީގައެވެ. މީހުންގިނަ ބޮޑެތި ސިޓީތަކުގައި ޓްރާންސްޕޯރޓް އޮތޯރިޓީޒްތަކުން - ["ހަތަރެތިން އެކަތި"](https://addana.mv/4585) - ދިވެހި ކާބަފައިންނަކީ، އެމީހުންގެ ގޮތާއި ފޮތުގައި އުޅުމާއި ގުޅުމުގައި ނިކަން ހަރުދަނާ ގޮތްތަކަކާއި ސިފަތަކެއްގައި ހިފަހައްޓައިގެން ތިބި ބަޔެކެއެވެ. އެކަން ބޯދާ ބުނުންތަކުން ދޭހަވެއެވެ. ހަރުދަނާ ބަހެއް ބުނެވޭނީ ހަރުދަނާ ކަމެއް ކުރެވޭނީ ހަރުދަނާ ބަޔަކަށެވެ. ހަރުދަނާ މީހަކަށެވެ. ދުވާލަކު ދެ ދަޅަޔަށް ދެގޮތަށް ވާހަކަދައްކާ ދެފަހަރު އެކައްޗެއް ނުކިޔާ، ދީނެއް މަޛުހަބެއް މިއްލަތެއް ނުހިފާ ތެޅިފޮޅި ހޫރޭ މީހަކަށް، ބަޔަކަށް ނޫނެވެ. ހަނދު ބޮޑުވާ ދުވަސްވަރަށް މޮޔަފަރިވެފައި ހުންނަ މީހަކުފަދަ މީހަކުކަމުގައި ވުމަކީ ދިވެހި ހަރުދަނާ - [ފުލުސް ކޯޓް](https://addana.mv/4582) - ފުލުސް ކޯޓަކީ ފުލުސް އޮފީހަށާއި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އަށް ހުށަހެޅޭ މައްސަލަތަކަށް އަވަސް އަދި އިންސާފުވެރި ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި 1979 ފެބުރުއަރީ 11 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މަޢުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި ކޯޓެކެވެ. މިކޯޓް ހިނގަމުން ދިޔައީ މިނިސްޓްރީ އޮފް ޕްބަލިކް ސޭފްޓީ (މިހާރުގެ ނަމުން ނަމަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ގެ ދަށުންނެވެ. އޭރު މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމްގައި - [މުހިންމު އަދި އަސާސީ ޙަޤީޤަތްތައް (ނިޓީ-ގްރިޓީ)](https://addana.mv/4577) - އަސްކަރީ ވިސްނުމުގައި އެއްޗެއް ނުވަތަ ކަމެއްގެ އެންމެ މުހިންމު އަދި އަސާސީ ޙަޤީޤަތްތައް (nitty-gritty) ދެނެގަނެ އެ ކަންކަމަށް ސަމާލުކަން ދިނުމަކީ އަސްކަރީ އޮޕަރޭޝަންތައް ކާމިޔާބުކުރުމުގައި ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ މިއީ އަސްކަރީ ކަމެއްގައި ނޫނަސް ކަންތައްތައް ރާވައި ޕްލޭންކޮށްގެން އޮމާންކަމާ އެކު ކުރިއަށް ގެންދަން ބޭނުން ނަމަ ސަމާލުކަން ދެވިދާނެ ކަމެކެވެ. އަސްކަރީ ނަޒަރުން ބަލާ އިރު "ނިޓީ-ގްރިޓީ" އަށް ނިސްބަތްވަނީ އޮޕަރޭޝަންތަކާއި، ލޮޖިސްޓިކްސް ނުވަތަ ޕްލޭނިންގގެ ވަކި، އަމަލީ، އަދި މުހިންމު ތަފުސީލުތަކަށެވެ. - [ލަފުޒު ދުރުކުރުމުގެ ގަވާއިދުގެ 5ވަނަ ނުކުތާ](https://addana.mv/4574) - މި ހަފުތާގެ ލިޔުން ޚާއްޞަކޮށްލަން ބޭނުން ވަނީ ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަކުރެވުނު އަދި އެ ގަވާއިދަކާ ބެހޭ ގޮތުން ކުޑަކޮށް މަޝްވަރާކުރެވި ފޮތްތައް ހުޅުވައި މައުލޫމާތުތަށް އެއްކުރެވުނު, ގަވާއިދެއްގެ ނުކުތާއަކަށެވެ. އާދެ! މި ލިޔުމުގައި ބަލައިލާނީ 2024ވަނަ އަހަރުގެ އެޕްރީލު މަހުގެ 14ވަނަ ދުވަހު ދިވެހިބަހުގެ އެކެޑަމީން ޝާއިޢުކޮށްފައިވާ، ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުގެ އާ އިސްދާރުގައި ހިމަނާފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދުތަކުގެ ތެރެއިން 5ވަނަ ނުކުތާ (ވިޔައަކުރާއި ހިސާބު - [އެޑިއުކޭޝަނުން ބުނީ ކީކޭ؟](https://addana.mv/4547) - ޒަމާނުންސުރެ ދިވެހިން ސަރުކާރަށާއި ސަރުކާރުގެ ތަންތަނަށް ނިސްބަތްކޮށް ބަސްތައް ބޭނުން ކޮށްއުޅުނީ އެންމެ މާތް ބަހުރަވައިންނެވެ. މިކަން މިގޮތުގައި ދެމެހެއްޓުމަށް ޓަކައި "ބަހުގެ ހަމައިގެ" 49 ވަނަ ދެންނެވުމުގައި މިކަމަށް ބާރު އަޅުއްވައި އޮފީސްތަކަށް ފޮނުއްވާފައިވެއެވެ. ސަރުކާރާ ސަރުކާރުގެ އޮފީސްތަކަށް ނިޞްބަތްވާގޮތަށް ވާހަކަދެކެވެމުންދަނީ އެންމެ މާތްކޮށެވެ. މިސާލަކަށް: ހ. ރައީސް އޮފީހުން އަންގަވަނީ ސަރުކާރުގެ އޮފީސް އޮފީހުން ދޫކުރައްވާ އެކިއެކި ރަސްމީ ލިޔުންތަކަށް އުނިއިތުރެއް ގެންނަވައިފައި ދޫނުކުރެއްވުމަށެވެ. ށ. ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތުން އަންގަވަނީ ސާފުފެން - [ޙަޤީޤީ މިނިވަންކަން… ﷲއަށް އަޅުވެތިވުން](https://addana.mv/4550) - އަޅުގަނޑުމެންގެ އަގު ބޮޑު މިނިވަން ރަން ދިހަ ފަހެއް ފާހަގަކުރަމުންދާ އުފާވެރި މި އަހަރުގެ ތަހްނިޔާއާއި ތަބްރީކާތުތައް، އެންމެހާ އަޚުންނަށާއި އުޚްތުންނަށް އަރިސްކުރަމެވެ. މިނިވަންކަމުގެ މި އިޙްތިފާލުތަކުގެ ތެރޭގައި ޙަޤީޤީ މިނިވަންކަމާ މެދު ބަލައިލަން ޖެހެއެވެ. ހުޅަނގުގެ މާއްދީ ރަން ދަޅައިގައި ޖެހި އަވާރާވެފައިވާ އިންސާނުން ވަނީ އެ ޙަޟާރަތުގެ ޓެކްނޮލޮޖީގެ އަރުތަތަކުގެ ކުރިމަތީގައި އިނދަޖެހި ބަލިވެފައެވެ. މި ނަފްސާނީ ބަލީގެ ތެރޭގައި ދީވާނާވެގެން ބައެއް މީހުން އިސްލާމީ މާތް ޝަރީޢަތާ މިފަދަ ލާދީނީ ނިޒާމުތައް އެއްފަސްކުރެވޭތޯ - [ގދ. ނަޑެއްލާ ވިލުތެރޭގައި ތާށިވި ކޯމަސްތައް ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަން](https://addana.mv/4532) - ގދ. ނަޑައްލާ ރަށު ކައުންސިލުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި ކޯމަސްތައް ތާށިވީ ގދ. ނަޑެއްލާގެ އުތުރު ފަރާތުން މޭލެއްހާ ބޭރުގައި އޮންނަ ވިލުތެރޭގައެވެ. މި ވިލު ސަރަޙައްދަކީ ވަށައިގެން ބޭރުން ފަރު އޮންނަ ސަރަޙައްދަކަށް ވެފައި އެތެރޭގައި ގިނައަދަދެއްގެ ތިލަ ތަންތަންނާއި ގާތައް ހުރި ސަރަޙައްދެކެވެ. މި އޮޕަރޭޝަނަށް ކޯސްޓްގާޑް ޝިޕް ޣާޒީ ހަރަކާތްތެރިވާން ފެށީ 2015 ފެބުރުވަރީ 5ވަނަ ދުވަހު މެންދުރުފަހު 14:30 ގައެވެ. މިގޮތުން ކޯމަސްތައް ސަލާމަތްކުރުމަށް ކޯސްޓްގާޑް ޝިޕް - [އެއިޑްސް ބައްޔަށް ފަރުވާއެއް ހޯދަން އެހާ އުނދަގުލީ ކީއްވެ؟](https://addana.mv/4483) - އެއިޑްސް ބައްޔަށް ޑޮކްޓަރީ ބޭހެއް ހޯދުމަށްކުރި ދިރާސާތަކެއްގެ މައްޗަށް ޕީއެޗްޑީ ތީސިސް ހެދި ފަރާތެއްގެ ހައިސިއްޔަތުން ވަރަށް ކުރުކޮށް މިވާހަކަ ދަންނަވާލާނަމެވެ. އެއިޑްސް ބަލި ޖެހިފައވާ މީހަކަށް ރަނގަޅުވި ކަމަށް ސާބިތުވާން އޮތީ އެންމެ މީހެކެވެ. މިހެން ދަންނަވާ އިރު ވެސް ވަރަށް ގިނަ މީހުން ތަފާތު އެތައް ވާހަކަތައް އެއިޑްސް ބައްޔާ ބެހޭ ގޮތުން ގަބޫލުކުރާކަން އަޅުގަނޑަށް ވެސް އެނގެއެވެ. ސާބިތު ނުކުރެވުނަސް އެތައް ބަޔަކަށް ޝިފާލިބިފައިވާ ކަމަށާއި ނުވަތަ އެއިޑްސް ބައްޔަށް މި ހިސާބަށް - [ޢަލީ ރަސްގެފާނުގެ ފުރާނަފުޅު ޤުރުބާން ކޮށްލެއްވި ޖިހާދު](https://addana.mv/4495) - ދިވެހިރާއްޖޭގެ ތާރީޚުގައި ޤައުމަށްޓަކައި ޝަހީދުވެގެން ދިޔަ، ހިތްވަރުގަދަ ބަޠަލުން ވަރަށް ގިނައެވެ. އޭގެ ތެރެއިން އެންމެ އަރާހުންނެވި އެއް ބަޠަލަކީ، އައްސުލްޠާން ޢަލީ (6 ވަނަ) މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، މީލާދީން 1557 ގައެވެ. ޤައުމީ ޖިހާދުގައި ޝަހީދުވީ، މީލާދީން 1558 ވަނަ އަހަރުގައެވެ. އެއީ ހިޖުރައިން 1 ޝަޢުބާން 965 އެވެ. އެފަހަރު ދިވެހިރާއްޖެއާ ދެކޮޅަށް އައިސް މާލެއާ ހަމަލަދިނީ، ޕޯޗުގީޒުންގެ ވަރަށް ވަރުގަދަ ފައުޖަކުންނެވެ. ވަރަށް ގިނަ ނާތަކެއްގައި އައިހެވެ. - [ދީނީ މިނިވަންކަމާއި ދީނެއް އިޚްތިޔާރުކުރުން](https://addana.mv/4556) - އިންސާނީ ޙައްޤުތަކާބެހޭގޮތުން ކުރެވޭ ބަޙުޘުތަކުގެ އެންމެ ފަލަ ސުރުޚީތަކުގެތެރޭގައި ހިމެނޭ އެއް ސުރުޚީއަކީ، ދީނީ މިނިވަންކަމުގެ ބަޙުޘެވެ. ވަކީން ޚާއްޞަގޮތެއްގައި މުސްލިމުންގެ އާބާދީ ގިނަ ޤައުމުތަކާއި އެ ޤައުމުތަކުގެ ދުސްތޫރީ ނިޒާމު ނިޔާ ކުރާގޮތުގެމަތީން އިސްލާމް ދީނަށް ދެވޭ ޚާއްޞަކަމާގުޅޭ ގޮތުން ދީނީ މިނިވަންކަމުގެ ބަޙުޘަކީ ވަރަށް ހޫނު ބަޙުޘަކަށްވެގެން ދެއެވެ. ދީނީ މިނިވަންކަމުގެ މައްސަލަ ޖުމްލަގޮތެއްގައި އަމާޒުވެގެންވަނީ ދުނިޔޭގައި މިހާރު އޮތް ތަފާތު ދީންތަކުގެތެރެއިންވެސް އިސްލާމް ދީނަށެވެ. ދީނީ މިނިވަންކަމާގުޅޭ ގޮތުން ކުރެވޭ ގިނަ ޒުވާބުތަކާއި - [އެންމެން ޝާމިލްކުރާށެވެ. މާދަރީ ބަސް އިސްކުރާށެވެ.](https://addana.mv/4553) - ތިމާގެ އަމިއްލަ ބަސް ނޫން އެހެން ބަހެއް ތިމާއަށް ދޭހަނުވުމަކީ، ނުވަތަ އެބަހަކަށް ތިމާ ކޮށިވުމަކީ، ނުވަތަ އެބަހެއް ތިމާއަށް ނޭނގުމަކީ، އެބަހަކާ ހުރެ ތިމާ ތިމާގެ މުޖުތަމަޢުގެ އެއްވެސް ކަމަކުން ބާކީވެ އެކަހެރިވާން ޖެހޭނޭ ސަބަބެއް ނޫނެނެވެ. ބަހަކީ އިލާހީ އެއްޗެކެވެ. އެއީ އިންސާނުނަށް ﷲ ދެއްވި އަގުބޮޑު ނިޢުމަތެވެ. ކޮންމެ ބަޔަކަށް ވެސް އެބަޔެއްގެ ޝުޢޫރާއި އިޙުސާސްތައް ފާޅުކޮށް ބަޔާންކުޅައުމަށް ﷲވަނީ ބަހެއް ދެއްވައިފައެވެ. އެބަޔަކަށް ﷲދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި - [މިނިވަން 50 އަށް ކުރިމަތިލާއިރު ... ރާއްޖޭގެ ތަޢުލީމު 1965](https://addana.mv/4544) - ރާއްޖޭގެ ދަތުރުފަތުރާއި މުވާޞަލާތު 1965 ގައި އޮތް ޙާލަތުގެ މައްޗަށް "އައްޑަނަ" އިގެ 16 ވަނަ ޢަދަދުގައި އަޅުގަނޑު ބަލައިލީމެވެ. ޔޫއެންޑީޕީގެ ވަފުދެއް ރާއްޖެއައިސް އޭރު ރާއްޖޭގެ ޙާލަތު އޮތްގޮތް ދިރާސާކުރުމަށްފަހު ދިވެހި ސަރުކާރަށް ހުށައެޅި ރިޕޯޓަކުން މަޢުލޫމާތު ހޯދައިގެންނެވެ. މިލިޔުމުގައި މިވަނީ ރާއްޖޭގެ ތަޢުލީމީޙާލަތު 1965 ގައި އޮތް ގޮތް ކަމަށް އެރިޕޯޓުގައި ލިޔެފައިވާ ގޮތެވެ. 133 - ތަރައްޤީވަމުން އަންނަ ޤައުމަކަށް ފުދޭވަރަކަށް ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމުގެ ވަސީލަތް ތަކެއް ޤާއިމުވެފައެއް ނެތެވެ. ރާއްޖޭގައި - [ބަވަނަވުމުން ދުނިޔެއަށް އަންނާނީ ކޮން ބަދަލެއް؟](https://addana.mv/4541) - އެއީ ތަކުރެއް ނޫނެވެ. އަނދެ އުޅުނު މުންޑުގެ ބަދަލުގައި ލައިގެން ހުރީ ލިވައިސް ޖިންސެކެވެ. ލާ އުޅުނު ގަންޖިފަރާސް ދޫކޮށްލުމަށްފަހު ލައިގެން ހުރީ ބުރެެޒިލްގެ ދިދަ ޖަހާފައިވާ އެޑިޑާސް ޓީޝާޓެކެވެ. ބޮލުގައި އަޅަމުން އައި ތާކިހާގެ ބަދަލުގައި ނައިކްގެ ހުދު، ހެޔޮފާހަގަ ލާފައިވާ ތޮތްޕަކުން ބޯވަނީ ފޮރުވާފައެވެ. ލޮލުގައި އަޅާފައިވާ ރޭބަން އައިނު ނަގަމުން އޭނާ ވަނީ ރެސްޓޯރަންޓަކަށެވެ. އަހަރެންގެ ކުރިމަތިން ހުރަސްކޮށްލުމަށްފަހު، އޯޑަރު ދިނީ ކޯކުފުޅިއަކާއި ބަރގަރ އަކަށެވެ. އޭރު އޭނާގެ ލޯ ހުއްޓިފައިވަނީ އަތުގައި - [ސިފައިންގެ ޚިދުމަތާއި ޒުވާނުން](https://addana.mv/4538) - ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ މި ޤައުމުގައި ހުރި އެންމެ ގިނަދުވަސްވީ އެއް މުއައްސަސާއެވެ. އެހެންނަމަވެސް މިއަދު މި މުއައްސަސާގައި ޤައުމަށް ޚިދުމަތްކުރާ ޚިދުމަތްތެރިންގެ ގިނަ ބަޔަކީ ޒުވާނުންނެވެ. ސިފައިންގެއަކީ ޒުވާނުންނަށް ފަހި ފުރުސަތުތައްހުރި، ޒުވާން ޢުމުރުގައި ޤައުމަށް ޚިދުމަތްކުރަން އެންމެ ރަނގަޅު މުއައްސަސާއެވެ. އަދި މިއީ ޒުވާނުން ބިނާކޮށް ޒުވާނުންނަށް ރަނގަޅު މަގުދައްކައިދީ، އަދުގެ ޒުވާންޖީލު އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ މުއައްސަސާއެކެވެ. ސިފައިންގެ ޚިދުމަތް 1892 ވަނަ - [ދެރަނުވާށެވެ! ހިތާމަނުކުރާށެވެ!](https://addana.mv/4535) - ދުނިޔޭގެ ޙަޔާތް ވޭތުކުރަމުންދާއިރުގައި އަބަދާއި އަބަދު އުފަލުގައި ޙަޔާތް ވޭތުކުރުމުގެ ނަޞީބު ލިބުމަކީ މުސްތަޙީލުކަމެކެވެ. މިވަގުތީ ޙަޔާތުގައި ދެރަވާންޖެހޭ ކަންކަމާއި ހިތާމައާއި ވެސް ކުރިމަތިލާން ޖެހެއެވެ. ނަމަވެސް، އެހިތާމަތަކުގެ އަޅުންކަމުގައި އަޅުގަނޑުމެން ވެއްޖެނަމަ ދިިރިއުޅުމުގެ ހިތާމަ ދިގުދެމިގެންދާ މުޞީބާތެއްކަމުގައި ވެގެންދެއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދީފައިވާ ތަރުބަވީ އުޞޫލަކީ، މިފަދަ ދެރަވާންޖެހޭ ކަންކަމާއި ޙަޔާތުގެ ހިތާމަތަކަށް ކެތްތެރިވުމާއެކު އެފަދަ ހިތާމަތަކުން ނަފްސު ސަލާމަތްކުރުމަށްޓަކައ،ި އިލާހީ ތަރުބިއްޔަތާއި ނަބަވީ މަދަރުސާއިން ލިބިދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޙަޔާތް ބައްޓަންކުރުމެވެ. - [އިބުނުބަޠޫތާެގެ ދަތުރުނާމާ](https://addana.mv/4528) - ޝަމްސުއްދީނު މުޙައްމަދު ނުވަތަ އިބުނު ބަޠޫތާ (ބަޠޫތާގެ ދަރި) އަކީ މޮރޮކޯގައި އުފެދުނު މުސްލިމު ދަތުރުރުވެރިއެކެވެ. ޢިލްމީ ޢާއިލާ އަކަށް އުފަން އިބުނު ބަޠޫތާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މޮރޮކޯ ނުވަތަ މަޣުރިބު ކަރައިގެ "ޓެންޖިއާ" އޭ ކިއުނު އަވަށަކެށެވެ. އެއީ ހިޖުރީ ސަނަތުން 703 ވަނަ އަހަރުގެ ރަޖަބު މަހުން 17 ގައެވެ. މީލާދީ ސަނަތުން 24 ފެބުރުއަރީ 1304 ގައެވެ. އިބުނުބަޠޫތާ ވަނީދުނިޔޭގެ އެތައް ބައްރުތަކަށް ދަތުރުކޮށް އެޒަމާނުގައި މުސްލިމުވެރިކަމެއް ހިނގާ އެންމެހާ ރަށްތަކަށް - [ބަބުރު ވަނުން - ކިހާވަރެއްގެ ހަޤީގަތެއްބާ؟](https://addana.mv/4525) - ބަބުރު ވަނުމޭ އަޅުގަނޑު މި ނިސްބަތް ކުރަނީ ނިދާފައި އޮއްވައި ކުރިމަތިވާ ބިރުވެރި ކަންތައްތަކަކަށެވެ. ތިޔައިގެ ތެރެއިން ބައެއް ފަރާތްތަކަށް ބަބުރު ވަނުމަކީ ކޮބައިކަން ނޭނގިދާނެއެވެ. ނުވަތަ މިފަދަ ވަހަކައެއް އަޑުނީވި އޮވެދާނެއެވެ. އެހެންނަމަވެސް ބަބުރު ވަނުމަކީ ބައެއް ދިވެހިން ތަޖްރިބާ ކޮށްފައިވާ ކަމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިވާހަކަ އެކި ގޮތްގޮތަށް ދައްކައި އުޅެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބަބުރު ވަނުމަށް އެކި ނަންނަން ބޭނުން ކުރެއެވެ. އެހެނަސް ތަޖްރިބާ ކުރަނީ އެއް ކަންތައްތަކެކެވެ. ބަބުރަކީ - [ޤައުމީ ރޫޙު](https://addana.mv/4522) - "ޤައުމީ ލޯބި ދަރިންގެ ހިތުގައި އަށަގަންނަވައިގެން ނޫނީ ރައްޔިތުންނާ ސަރުކާރާ ދެމެދު އޮންނަ ދުރުމިން ކައިރިއެއް ނުކުރެވޭނެއެވެ." މިއީ ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީކްއަންޔޫ ވިދާޅުވެފައިވާ ބަސްފުޅެކެވެ. ރޫޙަކީ ފުރާނައެވެ. އެއީ ދިރިހުރުމުގެ ބާރެވެ. މަޖާޒީގޮތުން ރޫޙަކީ ޖޯޝާއި ހަރަކާތެވެ. ޤައުމީ ރޫޙަކީ ޤައުމީ ޖޯޝެވެ. ޤައުމީ ކަންކަމުގައި ހުންނަ ފޯރިއާއި ހަރަކާތްތެރިކަމެވެ. އެމީހެއްގެ ފުށުން ޤައުމީ ރޫޙު ފެނިގެންދާ މިންވަރު ބިނާވަނީ ޤައުމީ ކަންކަމުގައި އެމީހަކު ދެކޭގޮތެއްގެ މައްޗަށެވެ. ޤައުމަށްޓަކައި ޖިހާދުކޮށް ޤުރުބާންވި އަބުޠާލުންނަކީ އެބޭފުޅުންގެ - [ނެތިމޮށުމާއި ދެބައޮޑުވުން](https://addana.mv/4489) - ދިވެހި ބަސްފޮތުން ބަލާއިރު "ނެތި މޮށުމަކީ" ނެތި ނުބައި ކިޔުމެވެ. މާނައަކީ މީހާ ނެތް ތަންތާގައި އެ މީހާގެ ގޯސްވާހަކަ ދެއްކުމެވެ. "ދެބައޮޑުވުން" އެއީ މީހެއްގެ ގާތުގައި ދޭތެރެޖެހޭގޮތަށް އަނެކަކު ބަދުނާމުކޮށް ވާހަކަ ދެއްކުމެވެ. ވާހަކަދެއްކުމާއި ވާހަކަދެއްކުންތެރިކަމަކީ ޤުދުރަތުން އިންސާނާއަށް ދެއްވާފައިވާ މުހިންމު ހުނަރެކެވެ. އަދި އެހާމެ ބޮޑު ނިޢުމަތެކެވެ. ޤާނޫނީ ގޮތުން ބަލާއިރު ވެސް ވަކި ޙައްދުތަކެއްގެ ތެރެއިން ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ލިބިގަތުމާއި މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަސާސީ ބޮޑު ޙައްޤެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުއަށް - [މިނިވަންކަން ދެމެހެއްޓުމުގައި ސިފައިންގެ ދައުރު](https://addana.mv/4516) - ދިވެހިސިފައިންނަކީ، ސިފައިން އަދާކުރަންޖެހޭ އެންމެހާ ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ޒިންމާދާރުގޮތެއްގައި އުފުލަމުންދާ ބައެކެވެ. އެއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަންމަތީގައި ދެމިތިބި ބައެކެވެ. ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވުމަށް ދިވެހި ސިފައިން ތިބެނީ މާތްﷲ ގަންދީ ހުވާކޮށްގެންނެވެ. ތާރީޚަށް ބަލާއިރު، ފެންނަންއޮތް ޙަޤީޤަތަކީ ދިވެހި ސިފައިން އެކަން ސާބިތުކޮށްދީފައިވާކަމެވެ. މީލާދީން 1892 ވަނަ އަހަރުގެ އެޕްރީލުމަހުގެ - [އުފަލާއި ކާމިޔާބު އެދޭނަމަ...](https://addana.mv/4513) - މާތް ﷲ އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވާފައިވަނީ ޚަލީފާއިންގެ ގޮތުގައެވެ. އެއީ، ދުނިޔެ އާރާސްތު ކުރުމުގެ ބުރަ ޒިންމާ މަތިކުރުމާ އެކުގައެެވެ. އަދި، ކަނޑައެޅިފައިވާ ނިޒާމްތަކެއްގެ ދަށުން، އެކަށަ އެޅިފައިވާ ހަމަތަކެއްގެ މަތީގައި ދުނިޔޭގެ އެންމެހައި ކަންކަން މާތް ﷲ ވަނީ ލައްވާފައެވެ. މިގޮތުން، މި ނިޒާމްތަކުގެ ދަށުން މާތް ﷲ އިރާދަކުރައްވަވާ ގޮތެއްގެ މަތީން ދައުރުވުމާއި، ޙަރަކާތްތަކާއި، ހާދިސާތަކާއި، އުފަލާއި ހިތާމަ މިހެންގޮސް ތަފާތު ކަންކަން މެދުވެރިވަމުން އާދެއެވެ. މިއަށް، ޤުދުރަތުގެ ނިޒާމޭ ކިޔައެވެ. މި - [ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތައް ބަލައިގަތުން!](https://addana.mv/4510) - އާދެ، ވަގުތުގެ އެހީތެރިކަމާއި އެކު މައްސަލަ ހައްލުކުރެވެއެވެ. ބައެއް ފަހަރު ކުރިމަތިވަމުންދާ ކަންކަމުން ހައްލު ހޯދުމަށް ފިކުރު ބޮޑުވެ ހާސްވުން ކުރިމަތިވެއެވެ. އަދި ހައްލު ނުލިބިގެން އިތުރު ތަކުލީފުތަކެއް ކުރިމަތިވެއެވެ. ތިބާގެ އަމިއްލަ ޒިންމާ އޮންނަ ކަންކަމުގައި ހައްލުހޯދުމަށް ހުރަސްތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. ނަމަވެސް ވަޒީފާގެ ތެރެއިން ގިނަ ބައެއްގެ ޚިޔާލާއެކު މައްސަލަ ހައްލުކުރުމަށް ފަސޭހަވެއެވެ. މައްސަލަ ކުރިމަތިވަނީ ހަރުދަނާ ޤަވާއިދެއް ނެތިގެން ނޫނެވެ. ނުވަތަ ޢަމަލުކުރަން ޖެހޭ އުސޫލު އޮޅިގެން ވެސް ނޫނެވެ. ޙަޤީގަތުގައި - [ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމުގައި ހޭލުންތެރިވަމާ!](https://addana.mv/4507) - ދިވެހިރާއްޖޭގެ ވަކިވަކި ރައްތަކެއްގައި މީހުން ދިރިއުޅެމުން ގެންދާކަމީ ކޮންމެ ރަށެއްގައިވެސް ސަލާމަތާއި ރައްކާތެރިކަން އިންތިހާއަށް ވިސްނާ ދުރާލާ ފިޔަވަޅު އަޅަންޖެހޭނެ ކަމެކެވެ. ކޮންމެ ރަށަކީވެސް ރިސްކުއޮތް ރަށެކެވެ. އެހެންކަމުން ސަލާމަތީގޮތުން ރައްކާތެރި ވެއްޓެ އޮތުމަކީ ހުރިހާ ދިވެހިންގެވެސް އުފަލެކެވެ. އަދި ފަޚުރެކެވެ. މިކަން ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. މިގޮތުން ތެލުގެ ބާވަތްތައް އުފުލާ ގެންގުޅެވެނީ ރައްކާތެރިކަމުގެ ގޮތުން އެކަމަށް ދޭންވާ ވަރަށް ސަމާލުކަން އެންމެ ފުރިހަމައަށް ދީގެނެއް ނޫނެވެ. މިކަމަށް ނިމުމަކަށް މިއައީ 2015 އޮގަސްޓް - [ރައީސުންގެ ފޮޓޯގުރާފަރު - ޚިދުމަތުގައި 20 އަހަރު](https://addana.mv/4504) - ޤައުމުތަކުގެ ވެރިންގެ ފޮޓޯގްރާފަރުންނަކީ ވަރަށް ފަޚުރުވެރި ޝަރަފުވެރި ބައެކެވެ. އެހެން މީސްމީހުނަށް ނުލިބޭ ކިތަންމެ ޝަރަފެއް ފޮޓޯގްރާފަރުންނަށް ލިބެއެވެ. ޤައުމުގެ އެންމެ އިސް ވެރިޔާގެ އަރިހުގައި އެންމެ ކައިރިން މަސައްކަތް ކުރުމުގެ ޝަރަފެވެ. ޤައުމުގެ އެންމެ އިސްވެރިޔާގެ އަރިހުގައި ޤައުމާއި ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް ޤައުމުތަކުގެ އެތައް ވެރިންނެއް ހަމަލޮލުން ފެނުމުގެ ޝަރަފެވެ. ކުރުކޮށް ބުނާނަމަ އެފަދަ ފޮޓޯގްރާފަރަކަށް އެ ލިބުނީ މުޅި ދުނިޔެ ބަލާލުން ފަދަ ފުރުޞަތެކެވެ. ރާއްޖޭގެ ރައީސުންގެ ފޮޓޯގްރާފަރުންގެ ތެރެއިން އެންމެ ގިނަ - [ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބޭ ފުޓްބޯޅަ ކުޅުންތެރިން - 2015](https://addana.mv/4501) - މިއަދު ދުނިޔޭގެ ބައެއް ފުޓްބޯޅަ ކުޅުންތެރިންނަކީ އެމީހުންގެ މުސާރައާއި، އެހެނިހެން ޙަރަކާތްތަކުންނާއި ސްޕޮންސަރ ތަކުން އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެމުން އަންނަ މުއްސަނދި ކުޅުންތެރިންނެވެ. މި ލިސްޓްގައި ބަލާލެވިފައި އެވަނީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ 10 ކުޅުންތެރިންނަށެވެ. ލުއިސް ސުއަރޭޒް އަދި ފެނާންޑޯ ޓޯރޭޒް ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބޭ ކުޅުންތެރިންގެ ލިސްޓުގެ 10 ވަނައިގައި ދެކުޅުން ތެރިއަކު ހިމެނެއެވެ. ލިވަރޕޫލުން ބާސެލޯނާއަށް ބަދަލުވި އުރުގުއޭގެ - [ދުންފަތުގެ އިސްތިޢުމާލު ކުރާ ސަރަޙައްދު](https://addana.mv/4498) - ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ދިވެހީންނަކީ ދުފަތުގެ އިސްތިޢުމާލު ކުރާ އަދި އެކަމަށް އާދަވެފައިވާ ބައެކެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންނަކީ މުޖުތަމަޢުގައި ކެރޭ ބައެއްކަމުގައި ނުބަލާ ދުވަސްވަރެއް ވެސް އައެވެ. ބިޑި ސުއްޓާ ބޯމީހުންނަކީ މަޝްހޫރު ބައެއްކަމަށް ދެކި މުޖުތަމަޢުގައި ނަމޫނާ ބައެއްކަމުގައި ޒުވާނުން ދެކުނު ދުވަސްވެސް މާޒީއާއި އެކުވެގެން ހިގައްޖެއެވެ. ބިޑި ސުއްޓާ ބޯ މީހުންނަކީ އެއަށް ދެވި ހިފާ ބައެކެވެ. ބައެއް މީހުންނަށް ލިބޭ އާމްދަނީން ބޮޑު ބައެއް ދުންފަތަށް ޚަރަދު ކުރާ - [އިއްތިފާޤު!](https://addana.mv/4486) - މި ދެ ޢުދުވާނުގެ ދެމެދުގައި 236 އަހަރު ހިގާފައި ވެއެވެ. މުކައްރަމް މުޙައްމަދު ޢިމާދުއްދީނަކީ ރާއްޖޭގެ ތާރީޚުން ނަންއެނގޭ 77ވަނަ ރަސްގެފާނެވެ. އެރަދުންގެ ފަހުން ދިވެހިރާއްޖޭގެ ތަޚުތުގައި 6 ރަސްކަލުން ރަސްކަން ކުރައްވާފައި ވެއެވެ. މީގެ އިތުރުން އެއް ބޭފުޅަކު ރާއްޖޭގެ ރަސްކަމަށް އިންތިޚާބު ކުރެވި އިންޤިލާބީ ކޮމެޓީގެ ދެ ކޮމެޓީން ރާއްޖޭގެ ވެރިކަން ހިންގަވާ ދެ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަން ގާއިމުކުރެވިފައި ވެއެވެ. 1988 ގެ ޢުދުވާނު ހިނގީ ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސްގެ - [ސިފައިންނާއި ހެވިކަން](https://addana.mv/4387) - ހެވިކަމަކީ، ހަނގުރާމަވެރި ފަންނެކެވެ. އަސްކަރިއްޔާއަށް ޚާއްޞަ ފަންނެކެވެ. އިހުގައި މި ހެވިކަމުގެ ދައްކާލުމަށް ކިޔަނީ ކުޅިޖެހުމެވެ. ކުޅިޖެހުމަކީ ވަކިހަމަޔަކާއި ތަރުތީބެއްގެ މަތިން ހަނގުރާމައިގެ އާލާތްތައް ހިފައިގެން މައިދާނަށް ނުކުމެ ކުޅިވަރެއްގެ ގޮތުގައި އެ ހަރަކާތްތައް ކުރުމެވެ. ކުޅިޖެހުން އޮންނަނީ ގުޅަކުޅޭ ފަސްގަނޑުގައެވެ. ސިފައިންގެ ހެވިކަމަކީ ސިފައިންކުރާ އެންމެ ސިފަވަންތަ ހުނަރުވެރި މަސައްކަތެވެ. ސިފައިންގެ މީހެއްގެ ގައިގާ ހުންނަންޖެހޭ ރަނގަޅު އަޚްލާޤާއި ސްލޫކު ފެއްޓޭ ތަނަކީ ހެވިކަމުގެ މައިދާނެވެ. ހެވި އެދުރުންގެ އަމުރަށް ކިޔަމަންވެ، އެންމެން އެކީ މަސައްކަތް - [ނޮވެންބަރު ތިނެއްގެ ފޮތުން - ސިފައިންގެ މީހަކު ދުސްމިނުންގެ އަތްދަށުވުން](https://addana.mv/4391) - ޙަމަލާ ދެމުންދިޔައިރު ވެގެންއުޅޭގޮތެއް ބެލުމަށާއި ދުސްމިނުންގެ ހަރަކާތްތައް ބެލެމަށް މާލެތެރޭގައި ކުލަ ހެދުމުގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ ލާންސް ކޯޕްރަލް އަޙްމަދު ޝިޔާމް (ސނ:941) އެވެ. ބަޑިޖަހަންފެށި އަޑާއެކު ސިފައިންގެއަށް ދިއުމަށް ބައިސްކަލުގައި މުލިއާގެ ހުޅަނގު ގޯޅިން މެދުޒިޔާރަތްމަގަށް ނިކުތެވެ. އެވަގުތު އޭނާއާ ދިމާލަށް މެދުޒިޔާރަތްމަގުގެ ހުޅަނގުކޮޅުގައި ތިބި ދުސްމިނުން ބަޑިޖެހިއެވެ. ބާރަށް ދުއްވާފައިގޮސް ބަނޑޭރިގޭ ހިނގުމަށް އެޅިއެވެ. ބަނޑޭރިގޭ ހިނގުމަށް އެޅިތަނުން އެ މަގުގެ އުތުރުކޮޅުގައި ހުރި - [އަލްމަރުޙޫމް މޭޖަރ އަޙްމަދު އާތިފްގެ ވަކިވުމެއްނެތް ހަނދާންތައް](https://addana.mv/4397) - 2017 އޮގަސްޓް 20 ވަނަ ދުވަހުގެ މެންދުރު ވަގުތުގައި ދިވެހިރާއްޖެއަށް ފެތުރިގެންދިޔަ ހިތާމަވެރި ކުއްލި ޚަބަރަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވި، އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަޙްމަދު އާތިފް (ސނ: 953) ކުއްލިގޮތަކަށް ނިޔާވެއްޖެ ކަމުގެ ޚަބަރެކެވެ. ރާއްޖޭގެ މީޑިއާތަކާއި ނޫސްތަކުގެ ފަލަ ސުރުޚީގައި ލިޔެވުނު މި ޚަބަރަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. މަރުޙޫމް މޭޖަރ އަޙްމަދު އާތިފަކީ ވަރަށް ގިނަ ރައްޓެހިން ތިބި، އަދި - [އިސްރާފުކުރެވޭ ކާބޯތަކެތި، ތިމާވެއްޓަށް ހުރި ނުރައްކަލެއް!](https://addana.mv/4400) - ދިވެހިރާއްޖެއަކީ ތިމާވެށީގެ ވަރަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ކާބޯތަކެތި އިސްރާފުކުރުމުން ތިމާވެއްޓަށް ކުރާ އަސަރުތަކަކީ އެކަމާމެދު ދުނިޔެ ކަންބޮޑުވުން ފާޅުކުރަމުންދާ ބޮޑު މައްސަލައެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ސަމާލުކަން ހުއްޓިފައިވާ މައުޟޫއެކެވެ. ކާބޯތަކެތި އިސްރާފުކުރުމަކީ އަޅުގަނޑުމެންގެ ޤުދުރަތީ ވަސީލަތްތަކަށް ބާރުބޮޑުވެ، ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އަހަރެއްގެ މައްޗަށް - [ދިރިހުރުމަކީ ނުހަނު އެދޭ ކަމެކެވެ. އެހެނަސް އެއީ ދީނާއި ޤައުމަށްޓަކައި ފުރާނަ ދޭންޖެހޭ ވަގުތު އަތުވެއްޖައުމަށް ދާންދެނެވެ.](https://addana.mv/4403) - މި ރާއްޖޭގެ ޤަދީމީ ދިގު ތާރީޚުގެ ތެރެއަށް ފީނާލި ކޮންމެ ފަހަރަކުމެ ފެނިގެންދާނެ އެންމެ ހިތްދަތި ކަންކަމަކީ ދުނިޔޭގެ އެތައްމިތަނުން ބޭރުގެ ގަދަފަދަ ބާރުވެރި ފަރާތްތަކުން އަޅުގަނޑުމެންގެ މި ނޫކަނޑުތަކަށް އައިސް، މި ރީތި ދޮންވެލި ތުނޑީގެ ރަތްމުތް ތަކެއްފަދަ ރީތި ރަށްތަކާއި، ފުރަމާލެއަށް އަރައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފޭރިގަނެފައިވާ މަންޒަރެވެ. ސުލްހަވެރި ކަމާއި، އެއްބައިވަންތަކަމާއެކު ދިރިއުޅެމުންދިޔަ ދިވެހިންގެ ސަފުތައް ބައިބައި ކުރުމަށް މަސައްކަތް ކުރި މަންޒަރެވެ. އެ ފަރަންޖީން ބުނިހާގޮތެއް ނުހެދި ދިވެހިން، މި - [ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަށް އޮނަތިރީސް އަހަރު](https://addana.mv/4406) - ނަޞްރުގެ ދުވަހަކީ ދިވެހި ސިފައިންގެ ހިތްވަރާއި ޢަޒުމާއި ސާބިތުކަން ހަނދާންކޮށްދޭ ދުވަހެކެވެ. މި ލޮބުވެތި ވަޠަނާއި ދީނަށް ޓަކައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި، މި ހަންހާރަވެތި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ދިވެހިން ބޭނުންވާ މިންވަރު ދިވެހިންގެ ފުރާނައާއި ލެއިން އަންގައިދިން ދުވަހެކެވެ. ދީނާއި ޤައުމުގެ ދުޝްމަނުންގެ ކުރިމަތީގައި ދިވެހިންނަކީ ދުވަހަކު ވެސް އަމާންނުދޭނެ ބައެއްކަން ސާބިތުކޮށްދީފައިވާ ދުވަހެކެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއްގައި ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި ތެދުވާނެކަން ހާމަކޮށްދިން ދުވަހެކެވެ. ނަޞްރުގެ ދުވަސް - [މޭޖަރ ޖެނެރަލް ރިޓަޔަރޑް އާދަމް ޒާހިރު – ނިޝާން ޢަސްކަރީގެ ވެރިކަން (ނ.ޢ.ވ)](https://addana.mv/4409) - މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރުވަނީ ސިފައިންގެ ލެފްޓިނަންޓް ކަމާއި، ފަސްޓް - [ލެފްޓިނަންޓް ޖެނެރަލް ރިޓަޔަރޑް ޢަބްދުއްސައްތާރު އާދަމް – ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)](https://addana.mv/4412) - ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް (އަންބަރީ) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ނޮވެންބަރު 11 ވަނަ ދުވަހުއެވެ. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު، ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމުގެ ކުރިން 12 އަހަރު ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައިވެއެވެ. - [ޤައުމީ ޚިދުމަތުގައި ސިފައިން](https://addana.mv/4415) - ސިފައިންގެ ޤައުމީ ޚިދުމަތް ގުޅިފައިވަނީ އެބައިމީހުންގެ ފުރާނައާއެވެ. ފުރާނައަކީ އިންސާނާއަށް މާތްﷲ ދެއްވި އެންމެ އަގުހުރި ނިޢުމަތެވެ. އެ ނިޢުމަތުން މަޙުރޫމްވާން ޖެހިއްޖެނަމަ ޤައުމަށްޓަކައި އެކަމަށް ވެސް ސިފައިން ތިބެނީ ތައްޔާރަށެވެ. ސިފައިންގެ ކުރިމަތީގައި ދީނާއި ޤައުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯވެއެވެ. ސިފައިންގެ ޤައުމީ ޚިދުމަތަކީ އެއްވެސް އަމިއްލަ އެދުމެއްނެތި ދެވޭ ޚިދުމަތެކެވެ. އެ ޚިދުމަތަކީ މީހަކު ބުނާނެ ޝުކުރުގެ ބަހަކާ ގުޅިފައިވާ ޚިދުމަތެއް ނޫނެވެ. އެއީ ލިބިދާނެ މާއްދީ މަންފާއަކާ ގުޅިފައިވާ ޚިދުމަތެއް ނޫނެވެ. - [ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހަައްޓަންޖެހޭ ބަހެކެވެ.](https://addana.mv/4418) - ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި ދުނިޔެ ދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ. ތަފާތު އާ އީޖާދުތައް ތަޢާރަފުކުރެވި، އެ އީޖާދުތަކުގެ އަލީގައި އުފައްދާ އުފެއްދުންތަކުން ދުނިޔެއަށް ވަނީ ސިނާޢީ އިންޤިލާބެއް އައިސްފައެވެ. ކޮންމެ ޤައުމަކުން ވެސް ބަލަމުން ދަނީ މި ތަރައްޤީގެ އޮއިވަރުގައި ފައިހަމަކުރެވި ފަހަތަށް ސޮއްސައިގެން ނުގޮސް ތިބެވޭނެ ގޮތްތަކެއް ހޯދޭތޯއެވެ. މި ގޮތުން މި ދިވެހިރާއްޖެއަކީ ވެސް ބަވަނަވަމުން މިދާ ދުނިޔޭގައި ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކެކޭ އެއްގޮތަށް އެ ޤައުމުތަކާ އެއް ސަފެއްގައި - [ފަސާދަކުރުމަށް ބުނާ ތެދަށް ވުރެ، ސުލްހަ ކުރުމަށް ހަދާ ދޮގު ވެސް މާ ރަނގަޅޭ](https://addana.mv/4099) - އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ އިބުރަތްތެރި ވާހަކައެއްގައި ވެއެވެ. އެއްދުވަހަކު ރަސްކަލެއްގެ ދަރުބާރަށް ޙާޟިރު ކުރެވުނު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު ރަސްގެފާނު ނެރުއްވިއެވެ. މިކަން އެނގުމުން ދިރިހުރުމުގެ އުފަލުން އުންމީދު ކެނޑިގެންދިޔަ ކުށްވެރިޔާ، ރަސްގެފާނަށް ވަރަށް ހުތުރު ބަސްތަކެއް ގޮވައިފިއެވެ. އޭނާގެ ބަހެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންވުމުން ރަސްގެފާނު ވަޒީރަކަށް ވިދާޅުވިއެވެ. އޭނާ އެ ކިޔަނީ ކީކޭހެއްޔެވެ. އެ ތާނގައި ހުރި ވަޒީރަކު ރަސްގެފާނަށް ދެންނެވިއެވެ. އޭނާ އެ ކިޔަނީ ރުޅިމަޑު ކުޅައުމާއި ޢަފޫ - [މަހާ އައުޝަދި ނުވަތަ އިނގުރު](https://addana.mv/4103) - އިނގުރަކީ ޖަމައިކާގައި އަދި ޗައިނާގައި އެބައި މީހުންގެ ގައުމީ ގަހެވެ. އެހެނަސް މިހާރު މުޅި ދުނިޔޭގައި ވެސް އެކި ކަންކަމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ބޭހެއްގެ ގޮތުގައްޔާއި ހަވާދުގެ ބާވަތެއްގެ ގޮތުގައެވެ. އިނގުރަށް "ޒިންގިބާރ"އޭ ވެސް ކިޔައެވެ. ސާންސްކްރިތް ބަހުން އިނގުރަށް ކިޔަނީ "ސްރިންގވޭރާ" އެވެ. އަޔޫވެދިކް ބޭހުގެ ތެރޭގައި އިގުރަކީ ވަރަށްގިނައިން ބޭނުންކުރާ އެއްޗެކެވެ. އަދި އިނގުރަށް އެވެރިން ކިޔަނީ މަހާ އައުޝަދުއެވެ. މާނައިކީ "މޮޅު ބޭސް" އެވެ. އިނގުރު ބޭހެއްގެ ގޮތުގައި ބޭނުންކުރަނީ ބަނޑުގައި - [އިއްޔެގެ ބިރުވެރި މިއަދުގެ އުފާވެރި އިރުވައި މޫސުން](https://addana.mv/4110) - ދިވެހިރާއްޖޭގެ ތާރީޚުގެ ޞަފުޙާތައް ހުޅުވައިލުމުން އިރުވައި މޫސުމުގެ ދުވަސްތަކަކީ މާޒީގައި ދިވެހިން ވަރަށް ޖެހިލުންވި ދުވަސްތަކެއްކަން އެނގެއެވެ. އެއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށްގިނަ ފިޔަވަޅުތައް އަޅައިގެން ފާރަޔަށް ހޭލައި ތިބި ދުވަސްތަކެކެވެ. އެހެންވާންޖެހުނު ސަބަބުތައް ތާރީޚުން ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ. އާދޭހެވެ! ރާއްޖެއާ ޙަމަލާދޭން ރާއްޖެ ހިފައި އަޅުވެތިކުރާން ރާއްޖެއާ ދެކޮޅަށް މީހުން އެންމެ ގިނައިން އައިސް އުޅުނީ އިރުވައި މޫސުމުގެ ދުވަސްވަރުގައެވެ. ސަބަބު މި ދަންނަވަނީއެވެ. ތާރީޚު ބައްލަވައިލެއްވީމާ އެނގިވަޑައިގަންނަވާނެއެވެ. 3 ނޮވެންބަރު - [އިޙްތިރާމްކުރުމާއި އިޙްތިރާމް ލިބިގަތުން](https://addana.mv/4467) - މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ޝާއިޢު ކުރައްވަމުން ގެންދަވާ "އައްޑަނަ" އަށް މަޒުމޫނެއް ލިޔުމުގެ ފުރުސަތު ލިބުމުން އަޅުގަނޑު ހިތަށް އެންމެ ފުރަތަމަ ވެސް އެރީ އިޙްތިރާމް ކުރުމާ ގުޅޭ ގޮތުން މަޒުމޫނެއް ލިޔުމަށެވެ. ސަބަބަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މީހުންނަށް އޮންނަ އެންމެ ވަރުގަދަ މަޢުނަވީ އައްޑަނައަކީ އިޙްތިރާމްކަމަށް ވާކަމެވެ. މީހުންނަށް ކުރާ އިޙްތިރާމް ގެއްލިއްޖެ ނަމަ މީހުންގެ އަބުރާއި ޢިއްޒަތެއް ނޯންނާނެއެވެ. މީހުންނަށް ކުރެވޭ ޤަދަރެއް ވެސް ނޯންނާނެއެވެ. އަދި އެހެންވުމުގެ ނަތީޖާއަކަށް - [ބައްޕާފުޅާއި މަންމާފުޅު](https://addana.mv/4106) - ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ދަރަޖަތަކަކީ ބައެއް މީހުން ނުރުހޭ ކަމެކެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި ވާހަކަދެއްކުމުގެ އަދަބުތައް ދަމަހައްޓަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަ ހުރިކަން ގަބޫލުކުރާން ޖެހެއެވެ. ބަޔަކު ރުހުނަސް ނުރުހުނަސް ހަގީގަތަކީ މިއީއެވެ. ބައެއް ސަބަބުތައް ދަންނަވައިލާނަމެވެ. ވާހަކަދެއްކުމުގެ އަދަބަކީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގައި ހިމެނޭ އެހެން ޤައުމުތަކުގައި މޮށެއުޅޭ ބަސްބަހުގައި ވެސް އޮންނަ ކަމަކަށްވުމަކީ މި ކަން ދަމަހައްޓަން ޖެހޭ އެއް ސަބަބެވެ. އެހެނީ ދިވެހިބަހަކީ ވެސް ބަހަކަށް ލިބިފައިވާ ހުރިހާ ޝަރުޠުތަކެއް - [ބަސް މަރުވެދާނެތޯ؟ ބަސް މަރުވުމަށް ފަހު ވާނީ ކިހިނެއްބާ؟](https://addana.mv/4119) - ބަހަކީ ދިރުންހުރި އެއްޗެކެވެ. ބަހަކީ އިތުރުވަމުން ކުރިއަރަމުންދާ އެއްޗެކެވެ. ބޭނުންކުރާ ބަސްކޮށާރު އުވި އާ ބަސްކޮށާރުތައް އުފެދި ބޭނުންކުރަމުންދާ އެއްޗެކެވެ. ލަފުޒުތައް ބޭނުންކުރާ ބަސްމަގު އުވި އާ ބަސްމަގުތައް އުފެދެމުންދާ އެއްޗެކެވެ. ބަހަށް އަންނަ މިފަދަ ބަދަލުތަކާ މެދު ވިސްނާލައްވަނީ ކިތައް ބޭފުޅުންތޯ؟ މިފަދަ ބަދަލުތަކަކީ މުޖުތަމައު ބަލައިގަތުމަށް އެންމެ އެކަށޭނަ ބަދަލުތަކެއްތޯ؟ މިފަދަ ބަދަލުތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކީ ކޮބައިތޯ؟ މި ސުވާލުތައް އުފެދެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންގެ ހިތުގައި ތޯއެވެ؟ ހަމަ ޔަގީނުން - [ދަގަސް - ލަކުޑިން ބިންވަޅު ކަނޑާ ނެގުމުގައި ސިފައިން ކުރި ނަމޫނާ މަސައްކަތެއް](https://addana.mv/4125) - ރަސްރަނި ބަގީޗާގައި ސިފައިން ކުރި މަސައްކަތްތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ "ދަގަސް" އަކީ ރާއްޖޭގައި ކިޔާއުޅޭ ފުލޯކް ވާހަކަތަކުގައި ސިފަކުރާ ގަހެކެވެ. އެ ފުލޯކު ވާހަކަތަކުގައި މި ގަސް ހުންނަކަމަށް ބުނެއުޅެނީ ދުނިޔެއިން ބޭރުގައެވެ. ރަސްރަނި ބަގީޗާގައި ކަނޑާ ނަގާފައިވާ މި ގަހަކީ ކުރީގެ ސަލްޓަންޕާކު އަދި މިހާރުގެ ރަސްރަނި ބަގީޗާގައި ހުރި ފިތުރޯނު ގަހެކެވެ. މި ބަގީޗާ ހެދުމުގެ މަސައްކަތް ސިފައިން ކުރަމުން ދިޔައިރު އެ ގަސް ކަނޑާލަން ވެސް ނިންމިއެވެ. - [ބައިލައްކަ](https://addana.mv/4464) - ދުނިޔެއަށް އަންނަމުންމިދާ ތަރައްޤީއާއި ތަހުޛީބުގެ ކުލަތައް އަޅުގަނޑުމެންގެ މިލޮބުވެތި ޖަޒީރާ ރަށްތަކަށްވެސް މިއަދު މިވަނީ ކުރަންފަށާފައެފައެވެ. މިގޮތުން ފޭސްބުކަކީ ދުނިޔެ ގުޅުވައިދޭ އިޖްތިމާޢީ އެންމެ ބޮޑު އެއް ވިއުގައެވެ. ފޭސްބުކާއި އެފަދަ އެހެނިހެން އިޖްތިމާޢީ ވިއުގަތަށް ބޭނުންކުރުން އާންމުވެފައިވާއިރު، ފޭސްބުކު މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމާ ވަކިނުކުރެވޭ ފަދަ، އެއްޗަކަށް ވެފައެވެ. ހަމަ އެހެންމެ އެންމެ ފޯރިޔާއެކު ބައެއް ޒުވާނުން ފޭސްބުކުގައި ކުރާއެއްކަމަކީ ފޮޓޯ އަޕްލޯޑްކުރުމެވެ. ނަމަވެސް ހިތާމައަކީ ފޭސް ބުކް ޕްރޮފައިލް ފޮޓޯއާއި އަލްބަމަށް ފޮޓޯލާއިރު ފަރުވާތެރި - [އެންމެ މަތިވެރި ޤައުމީ ޚިދުމަތް](https://addana.mv/4461) - ދިވެހިރާއްޖެ މި އޮތީ އިންޑިއާ ކަނޑުގެ މެދުގައެވެ. ދުނިޔޭގެ އިސްތިރާޖީ މުހިއްމު ނުކުތާއެއްގައެވެ. އިރުމަތީން ހުޅަނގަށް، ހުޅަނގުން އިރުމައްޗަށް ދަތުރުކުރާ މައި މަގުގައެވެ. މި ޙާލަތުގައި އަޅުގަނޑުމެންގެ ޤައުމު އޮތް އިރު، މުޅިރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑެވެ. މުޅި ޤައުމުގެ އިޤުތިޞާދު ބިނާވެފައި މިވަނީ ކަނޑު ރޯއްޖަށެވެ. ދިވެހީންގެ މައި ރޯއްޖަކީ ކަނޑު ރޯއްޖެވެ. މަސްވެރިކަމާއި ފަތުރުވެރިކަމަކީ ދިވެހީންގެ އެންމެ މުހިއްމު ދެ ޞިނާޢަތެވެ. ދިވެހީންނަކީ "ކަނޑުގެ ދަރީން" ކަމަށް ވާތީ، ދިވެހީންގެ ހުރިހާ ޞިނާޢަތަކާއި - [މިއަދާއި މާދަމާގެ ޢިބުރަތުގެ ފިލާވަޅު – ނޮވެންބަރު 3 ގެ ހާދިސާ](https://addana.mv/4453) - 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމުގައި ހިނގި ބޮޑު މުއާމަރާ ގައިވެސް، ދިވެހިޤައުމުގައި އޭރުއޮތް ވެރިކަމާދެކޮޅަށް އިސްވެ ނުކުމެ ތިބީ ހަމަ ދިވެހީންނެވެ. އޭގެ ތެރޭގައި، ދިވެހީންގެ ސިފައިންގެ ޙާލަތު ދެފުށުން ކިޔަވައިގެން ތިބި މީހުން ތިއްބެވެ. ދިވެހި ތާރީޚުގެ ޙަޤީޤަތް ތައް ރަނގަޅަށް ދަންނަ، ދިވެހި ބަފައިންނާއި މައިންނަށް އުފަން ދިވެހި ދަރީންވެސް އޭގެތެރޭގައި ތިއްބެވެ. ދިރާސާ ކުރެވުނު ވަރަކަށް މިކަމުގެއަޑީގައިވާ ޙީލަތްތެރި ރޭވުން ތެރިކަން ފެނެއެވެ. އާދޭހެވެ. - [ނަޞްރުގެ ދުވަހު ނަޞްރާ ފަތަޙައިން ލިބުނު ފިލާވަޅު ތަކުގެ މައްޗަށް  ބަލައިލަމުން ...](https://addana.mv/4443) - ރާއްޖޭގެ ރައްޔިތުންނަށް 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާ ގެވާހަކަ އެއީ އާވާހަކައަކަށް ނުވާނެއެވެ. އެ ޢުދުވާނަށްފަހު، ސައްބީހަކަށް އަހަރު މާޒީވެ ދިޔައިރު އެ ހާދިސާ އެހާ ބޮޑަށް ނޭގޭ އެތައް ދަރިންނެއް ތިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިފަދަ ތަފާތު ދުވަސް ތައް ދިވެހިންނާ ކުރިމަތިކުރުވީ، އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެވެ. އެއިން ކޮންމެ ފަހަރަކު ދިވެހިންގެ ބަޔަކު އަޑީގައި ތިބެއެވެ. އަމިއްލަ ޤައުމަށް ޣައްދާރުވެ އަމިއްލަ ޤައުމުގެ ފަސްގަނޑަށް - [ދިވެހި ލަޝްކަރުގެ އެހާރާއި މިހާރު](https://addana.mv/4447) - ކުރީގެ ޒަމާންތަކަށް ބަލާއިރު ދިވެހި ލަޝްކަރަކީ، އެޒަމާނަކަށް ފުދެވިގެންވާގޮތަކަށް ހަމަޖެހިގެންވާ، އެއްގަމާއި ކަނޑުގެ ލަޝްކަރެކެވެ. ޤައުމުގެ ދިފާޢުގައި ސަރަޙައްދީ ކަނޑުމަތީ ހަނގުރާމަތައްކުރީ، ދިވެހިންގެ ކަނޑުމަތީ އުޅަނދު ފަހަރުގައެވެ. އެއްގަމުގައި ހަނގުރާމަކުރީ އެކަމަށް ބިނާކުރި ކޯއްޓޭތަކާއި ބުރުޒުތަކާއި އަދި ވަގުތީ މައިދާންތަކުގައި ރުކުރުވިތިބެގެންނެވެ. ހަތިޔާރަކަށް ދުރުގެ ކާބަފައިން ބޭނުންކޮށްފައިވަނީ އެޒަމާނުގެ ބޭރުގެ ދުޝްމަނުންނާއި އެއްފަދަވަރެއްގެ ހަތިޔާރެވެ. އެންމެ އެވޭލާގައި ސާޅަނގައާއި، ދުނިދަނޑިއެވެ. ދެން ސިލޭހައާއި، ކަނޑި އައްޑަނައާއި، އަދި ބޭރުގެ ހަތުރުން ބަލިކޮށްގެން ޣަނީމާކުރި އެކިކަހަލަ ބޭރު ކަރަތަކުން - [އަލަނާސި](https://addana.mv/4457) - އަލަނާސި އަކީ މިއަދު ކޮންމެ ގްރޯސެރީ ފިހާރައަކުންވެސް އާންމުކޮށް ލިބެން ހުންނާނެ މޭވާއެކެވެ. ޚާއްޞަކޮށް ރޯދަމަހުގެ ތެރޭގައި ދިވެހިންގެ މެދުގައި މަޤްބޫލު މޭވާއެކެވެ. ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކާއި، ހުޅުގެ ބަލިތައް، އަދި ވައިނޮޅީގެ ކަފިދުޅަވުން ފަދަ ބަލިތަކުގެ ފަރުވާއަކަށްވެސް ދުނިޔޭގައި ވަރަށް ގިނަ ބަޔަކު އަލަނާސި ބޭނުންކުރެއެވެ. އަލަނާސިއަކީ ވިޓަމިންސް އާއި މިނެރަލްސް ވަރަށް މުއްސަދި އަދި އޭގެ އިތުރުން ކެލްސިއަމް، ޕޮޓޭސިއަމް، ފައިބަރ އަދި ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. އަލަނާސީގައި ތެލާއި ސަރުބީ އެކުލެވެނީ - [ދިވެހީންގެ ދޮން ރަޙުމަތްތެރިޔާ](https://addana.mv/4450) - މި އަހަރަކީ އަޅުގަނޑުމެން ވަރަށް މުހިންމު ދައުވާއެއް ކުރަމުން އަންނަ އަހަރެކެވެ. އެ ދައުވާއަކީ ދިވެހިރާއްޖެއަށް ސިޔާސީ ގޮތުން މިނިވަންކަން ލިބުނުތާ ފަންސާސް އަހަރު ވެއްޖެކަމުގެ ދައުވާއެވެ. ވަރަށް ބުރަ މަސައްކަތުން އަޅުގަނޑުމެން އެ މިނިވަންކަން ހޯދައިގަތީ އިނގިރޭސި ދައުލަތުގެ ކިބައިންނެވެ. މަޤުޞަދަކީ އޭގެ ސަބަބުން ދިވެހި ޤައުމުގެ މައްޗަށް ދިވެހީންގެ އަމިއްލަ އިޚްތިޔާރާއި ބާރާއި މަނަސް ފުރިހަމައަށް ހިނގުމެވެ. އެ ޙައްޤު ދިވެހީންނަށް ފުރިހަމައަށް ލިބިފައި އޮތުމެވެ. އެހެނީ މޫސާ ފަތުޙީ (1983) ވިދާޅުވާ ގޮތުގައި - [ތިބާގެ ޤައުމީ ޒިންމާ](https://addana.mv/4427) - ރާއްޖޭގެ ތާރީޚުގެ ދިގު މަޒީގެ މައްޗަށް ބަލާލަމާތޯއެވެ. ދިވެހި ޤައުމަށް ޣައްދާރުވި މީހުންގެ ލިސްޓަށް ވެސް ނަޒަރު ހިންގާލަަމާތޯއެވެ. ދިވެހި ތާރީޚުގައި ލިޔެވި މާޒީވެގެންދިޔަ މިޤައުމުގެ އަޅުވަތިކަމުގެ އަނިޔާވެރިކަމާއި، މިނިވަންކަމުގެ އުފާ ތަހައްމަލު ކޮށްލަމާތޯއެވެ. ދިވެހީންގެ އެއްބައިވަންތަ ކަމާއި އަޚުވަންތަ ގުޅުމުގެ މައްޗަށް ފުންކޮށް ވިސްނާ ޚިޔާލު ހިންގާލަމާތޯއެވެ. ދިވެހިންގެ ސާދާ ދިރިއުޅުމުގެ މަަތިން މިއަދުގެ ޖީލު ޢިބްރަތް ލިބިގަންނަމާތޯއެވެ. އާދެ މިއީ ވެސް ހަމަ ކޮންމެ ދިވެހި ފަރުދަކުމެ ފަރުދީ ވިސްނުމުން އަމިއްލަ ނަފުސާ ކޮށްލުން - [އެމްބިއުލޯންޗުގެ ޚިދުމަތް - ސިފައިން ފޯރުކޮށްދޭ ނަމޫނާ ޚިދުމަތެއް](https://addana.mv/4424) - ދިވެހިރާއްޖެއަކީ އާބާދީއާއި ބިމުގެ ގޮތުން ކުޑަ ނަމަވެސް ކަނޑުގެ ބޮޑު ސަރަހައްދެއް އޮތް ޤައުމެކެވެ. އިޤްތިޞާދީ ވަސީލަތްތައް މަދު، ރާއްޖޭގެ ކުޑަކުޑަ އާބާދީ 202 ރަށަށް ބެހިފައިވުމުން ނާޒުކު އިޤްތިޞާދުން ލިބޭ މަދު ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އަސާސީ ޚިދުމަތްތަކުގެ ތެރެއިން ވެސް ޞިއްޙީ ޚިދުމަތަކީ ހުރިހާ އުމުރެއްގެ ހުރިހާ އެންމެނަށް ވެސް ބޭނުންވާނެ އެންމެ މުހިންމު އެއް ޚިދުމަތެވެ. އެ ޚިދުމަތަކާ ނުލައި ނޫޅެވޭނެ އަދި - [ޖުމްހޫރީ 50](https://addana.mv/4421) - ޖުމްހޫރީ ވެރިކަމެއްގެ އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ނުވަތަ ރައްޔިތުންގެ ސަރުކާރެއް އޮތުމެވެ. އެއީ ރައްޔިތުން އިންތިޚާބު ކޮށްގެން ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ސަރުކާރު ހިންގުމެވެ. އެފަދަ ވެރިކަމެއްގައި ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ ޚާދިމެކެވެ. އެއާ ޚިލާފަށް ވިރާސީ ރަސްކަމެއްގައި އެންމެހާ ބާރުތަކުގެ އިސްފަރާތަކީ ރަދުންނެވެ. ރައްޔިތުންނަކީ ރަދުންގެ ޚާދިމުންނެވެ. ޤައުމުގެ ވަލިއްޔުލްއަމްރު ކަމަށް އިސްކުރެވޭ ފަރާތެއް އިސްކުރުމުގައި ރައްޔިތުންގެ މާބޮޑު - [ރަސްރަނި ބަގީޗާ ތަރައްޤީ ކުރުމަށް ސިފައިން ކުރި ނަމޫނާ މަސައްކަތް](https://addana.mv/4394) - ރަސްރަނި ބަގީޗާ އަކީ ދިވެހިރާއްޖޭގެ ތާރީޚާ ވަރަށްބޮޑު ގުޅުމެއް ވާ ތަނެކެވެ. އެހެންނަމަވެސް، އެތަނަށް އެކަށީގެންވާ ގޮތުގައި މީގެ ކުރިން އަޅާލެވިފައި ނެތުމުގެ ސަބަބުން، ތަނުގެ ދިރުން އޮތީ ގެއްލިގެން ގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީންގެ ދުރު ވިސްނުންފުޅާއެކު، ސަރަޙައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ތަނެއްގެ ގޮތުގައި އެތަން ތަރައްޤީ ކުރުމަށް މުޅިން އާ ޕްލޭންތަކެއް ރޭވި، މަސައްކަތް ފަށައިގަނެވުނެވެ. މިގޮތުގެ މަތިން ފެށުނު މަސައްކަތް އެކިއެކި ސަބަބުތަކާހުރެ މަޑުޖެހެމުން އައިސް، ސިފައިންނާ މި މަސައްކަތް - [ސިފައިންގެ ފޮޓޯ މައުރަޒު ތަފާތު ރަހަތަކެއް، ތަފާތު މަންޒަރުތަކެއް](https://addana.mv/4372) - ސިފައިންގެ ފޮޓޯ މައުރަޒުގެ ތާރީޚު ގުޅެނީ ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމާއެވެ. ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނީ 1992 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހާ ގުޅިގެން ރާއްވަވައި ހިންގެވި ހަރަކާތްތަކުގެ ތެރޭގައި ހިމެނުނު ސިފައިންގެ ފުރަތަމަ ފޮޓޯ މައުރަޒަށް ބޭނުންވާ ފޮޓޯ ޕްރިންޓްކޮށް، ފްރޭމްތަކާއި ސްކްރީންތައް ތައްޔާރުކޮށް ނިންމައި އެ ފޮޓޯ މައުރަޒު ބޭއްވުނީ 1993 ވަނަ އަހަރެވެ. އެ ހަރުދަނާ ބިންގަލުގެ މަތީގައި ސިފައިންގެ ފޮޓޯ - [ތާރީޚީގޮތުން ހައްދުންމަތީ ކަލައިދޫ](https://addana.mv/4367) - މިވަގުތު ދިވެހިރާއްޖޭގައި އެއްފަސްގަނޑެއްގައި އޮވެމެ ވަކި ދެރަށެއްގެގޮތުގައި ބެލި އިދާރީގޮތުން ވަކިން ހިންގާ ދެކައުންސިލެއް އޮތީ ހަމައެކަނި ހައްދުންމަތީ އިސްދޫ އާއި ކަލައިދޫ ގައެވެ. ކަލައިދޫ އާބެހޭގޮތުން ވާހަކަދައްކާއިރު ރިޢާޔަތްކުރަންހުރި ތާރީޚީ މަސްދަރުތަކަކީ މިރަށުން ފެނިފައިވާ ބުޑިސްޓުދީނުގެ ނުވަތަ ހިންދޫދީނުގެ އާސާރުތަކާއި ހައްދުންމައްޗަށް ނިސްބަތްވާ ބައެއް ލޯމާފާނެވެ. މިރަށުގެ މިސްކިތު ގޯތިތެރެ ކޮންނަމުން ދަނިކޮށް، ދެފަހަރެއްގެ މަތީން ވަނީ ބުދުތަކެއް ފެނިފައެވެ. ފުރަތަމަ ފެނިފައިވަނީ 1982މ. ގައެވެ. ފަހުން ފެނުނީ 2018 މާރިޗު 15 ވަނަ ދުވަހުއެވެ. - [ދިވެހިރާއްޖޭގައި ރަސްމީކޮށް ދެވޭ ޢިއްޒަތާއި ލަޤަބު](https://addana.mv/4363) - ދިވެހީންގެ ތެރެއިން ފާހަގަ ކުރެވޭ ފެންވަރަކަށް ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ އެތަކެއް އަބުޠާލުންނެއް އެކިއެކި ޒަމާންތަކުގައި ފެނިގެން ގޮސްފައިވެއެވެ. އަދި މިހާރު ވެސް މި ރާއްޖޭގައި އެފަދަ ޚިދުމަތްތެރީން އެބައުޅުއްވައެވެ. މިފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ޙައްޤުވާ ޢިއްޒަތާއި ޝަރަފު އެރުވުމަކީ ދިވެހި ދައުލަތުން ރަސްމީ ސިފައިގައި ޤައުމީ އެންމެ މަތީ ފެންވަރުގައި ކުރައްވާ ކަމެކެވެ. މިގޮތުން ދެއްވާ އެންމެހައި ޢިއްޒަތާއި، މެޑެއްޔާއި، ލަޤަބު ކަނޑައަޅުއްވައި އެ ފަރާތްތަކަށް މި ތަކެތި ދެއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި - [ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުން](https://addana.mv/4359) - ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުން (Economy of effort) މިއީ، މީހުންނާއި ވަސީލަތްތައް ވިސްނުންތެރިކަމާ އެކު ބޭނުންކުރުމާއި، އެންމެ މުހިންމު މަގުސަދުތައް ހާސިލުކުރެވޭގޮތަށް ބާރުތަކާއި ވަސީލަތްތައް އެކަށައެޅުމެވެ. ނުވަތަ އެކަމެއް ހާސިލުކުރަން ބޭނުންވާ މިންވަރަށް މީހުންނާއި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރަނގަޅު ނަތީޖާއެއް ހާސިލުކުރުމެވެ. އަސްކަރިއްޔާގައި ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމަށް "އިކޮނޮމީ އޮފް އެފަރޓް" އަދި "އިކޮނޮމީ އޮފް ފޯސް" ވެސް ބޭނުންކުރެއެވެ. އަސްކަރީ ނަޒަރަކުން ބަލާ އިރު ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމަކީ ނުވަތަ އިކޮނޮމީ އޮފް އެފަރޓަކީ - [ޕާޕަލް އަޕް! ފޯ މިލިޓަރީ ކިޑްސް ޑޭ](https://addana.mv/4352) - ލިޔުމެއް ލިޔަން ހިތަށް އަރައި މޭޒު ދޮށުގަ އިށީނުމުން ލިޔާނެ މައުލޫއެއް ނުވިސްނުނެވެ. ފޯނަށް ބަލައިލި އިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެޕްރީލު 13 އެވެ. އެޕްރީލު 13 އަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ހަމަ އެވަގުތު ލިޔުމެއް ލިޔާނެ ސުރުޚީއެއް ހިތަށް ވަނެވެ. މިއީ އެޕްރީލު މަހެވެ. މި މަހުގެ ޚާއްޞަ ދުވަސްތަކެއް އާދެއެވެ. މި މަހުގައި އަންނަ ޚާއްޞަ ދުވަހަކަށް ލިޔެވިދާނެ ނޫންތޯއެވެ. އެއަށް ވުރެ ހަނިކޮށްލާ ނަމަ މި - [އިސްދާނަކަން - ކާމިޔާބީގެ މަގު](https://addana.mv/4348) - ލީޑަރޝިޕް ނުވަތަ އިސްދާނަކަމަކީ ޓީމެއް ނުވަތަ ގުރޫޕަކާ އެކު ވަކި މަގުސަދެއް ހާސިލު ކުރުމަށް ޓަކައި ދާންވީ މިސްރާބު ދައްކައިދީ، އެ މީހުން ބާރުވެރިކޮށް ޝައުގު އާލާކުރުމުގެ ގާބިލުކަމެވެ. ޓީމެއްގެ ގޮތުގައި ކަމެއް ހާސިލުކުރުމަށް ޓަކައި އިސްވާރެއްގެ ނުވަތަ ލީޑަރެއްގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. ކާމިޔާބަށް ވާސިލުވުމުގެ އެއް އަސާސެވެ. ރަނގަޅު އިސްވާރަކީ އޭނާގެ ޓީމު މެންބަރުންގެ ހުނަރާއި ގާބިލުކަން ދެނެގަނެ، އެ ހުނަރުތަކާއި، ގާބިލިއްޔަތުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ މަގު ދައްކާ - [އެމްއެންޑީއެފް ބަހުސް ޓީމުގެ ފަޚުރުވެރި ކާމިޔާބީ](https://addana.mv/4330) - ކޮންމެ ޤައުމެއްގެ އަސްކަރިއްޔާއެއްގައި ވެސް ތަފާތު އެތަކެއް ފަޚުރުވެރިން އުފެދި، އެ ފަންނުވެރިންނަކީ އެ ޤައުމެއްގައި ފާހަގަކޮށްލެވޭ ފަދަ ބަޔަކަށް ވެގެން ދެއެވެ. އޭގެ ތެރޭގައި އިންޖީނެރުންނާއި، ތަފާތު އައު އީޖާދުތައް އުފައްދާ ފަރާތްތަކާއި، މަޤްބޫލު ވާހަކަދެއްކުންތެރިންނާއި، ހުނަރުވެރި މިޔުޒީޝަނުން ފާހަގަކޮށްލެވެއެވެ. އަޅުގަނޑުމެންގެ މި މުއައްސަސާގައި ވެސް ކަންހުރީ މިހެންނެވެ. މި މުއައްސަސާއަކީ ވެސް މިއަދު މުޖުތަމަޢު ބަލައިގަންނަ ފަދަ ކުޅަދާނަ ވާހަކަދެއްކުންތެރިން އުފެދިފައިވާ މުއައްސަސާއެކެވެ. ވާހަކަދެއްކުންތެރިންނާއި، ބަހުސްކުރުންތެރިން އުފެދި، ޤައުމީ އަދި އެހެނިހެން ބޮޑެތި މުބާރާތްތަކުގައި - [ވިހިވަނަ ޤަރުނު ބައްޓަން ކުރި ފުރަތަމަ ބޮޑު ހަނގުރާމަ](https://addana.mv/4337) - ބޮޑު ހަނގުރާމައަށް “ފުރަތަމަ ބޮޑު ހަނގުރާމަ” ނުވަތަ “ވޯލްޑް ވޯރ 1” މި ނަމުން ނަންދެވުނީ، ދެވަނަ ބޮޑު ހަނގުރާމަ ފެށުމަށް ފަހުއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން މި ހަނގުރާމަ އަށް، ތާރީޚީ ޢިލްމުވެރިން ދީފައިވާ ނަމަކީ، “ބޮޑު ހަނގުރާމަ” ނުވަތަ “ގްރޭޓް ވޯރ” އެވެ. “ފުރަތަމަ ބޮޑު ހަނގުރާމަ” މި ނަން ކުރިން މުޚާތަބުކުރަމުން ނުދެއެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ހަތަރު އަހަރު ވާންދެން ދެމިގެން ދިޔައެވެ. ފެށުނީ، 28 ޖުލައި - [އަލޯވެރާ](https://addana.mv/4324) - ތެދުތެދަށް ދަންނަވަނީ ނަމަ އަލޯވެރާއަކީ މުޅި ދުނިޔޭގައި ވެސް ސަކިއުލެންޓް ޕްލާންޓްތަކުގެ ތެރެއިން އެންމެ ގިނައިން ވިކޭ ގަހެވެ. މި ގަހަކީ މީގެ ގާތްގަނޑަކަށް 1000 އަހަރު ކުރިން ފެށިގެން އަދާހަމައަށް ވެސް އެންމެ މަޤުބޫލުކަން ލިބިފައިވާ އެއް ގަހެވެ. މި ގަހުން ތަފާތު ގިނަ ބޭނުންތައް ކުރެވެއެވެ. އެގޮތުން މި ގަހުންކުރާ ބޭނުންތަކާ ގުޅޭގޮތުން އެންމެ ފުރަތަމަ ލިޔުމެއް ފެނިފައިވަނީ ބީސީއިން ދެ ޤަރުނު ކުރިންނެވެ. އަލޯވެރާ ގަހަކީ ދުނިޔޭގައި ބޭސްވެރިކަމުގެ ގޮތުގައި އެންމެ ގިނައިން - [ފީފާ ވޯލްޑްކަޕް ޓްރޮފީ އާއި މިފަހަރުގެ ވޯލްޑްކަޕަށް ނަޒަރެއް](https://addana.mv/4315) - ފީފާ ވޯލްޑްކަޕް ޓްރޮފީ އަކީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާ ޓީމަކަށް ދޭ ޓްރޮފީއެކެވެ. 1930 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕް ބާއްވަމުން އަންނައިރު މިހާތަނަށް ދެ ޓްރޮފީއެއް ވޯލްޑްކަޕްގައި ބޭނުންކޮށްފައި ވެއެވެ. މިގޮތުން އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ "ޖޫލްސް ރިމެޓް" ކިޔާ ޓްރޮފީއެކެވެ. މި ޓްރޮފީ ބޭނުންކޮށްފައި ވަނީ 1930 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާއި ދެމެދުގައެވެ. ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފީފާ ވޯލްޑްކަޕް ދެވަނަ ޓްރޮފީ އަދި - [ކުޑައިގެ ހުރިހައި މިރިއެއް ހަމަވާން ޖެހެއެވެ.](https://addana.mv/4312) - ކުޑައެއްގެ ފޮތިގަނޑު އޭގެ ދުނިބައިގެ މަތީގައި އޮންނަނީ ހުރިހައި ދުންޏެއްގެ މައްޗަށް ފެތުރިގެންވާ ގޮތުގައެވެ. މުޅި ދުނިބައި ފުރައިލެވިގެންނެވެ. އެއްވެސް މިރިއެއް (ދެދުނި ދެމެދު) ހުހަކަށް ނޯވެއެވެ. ހުހަށް އޮވެއްޖެ ނަމަ، އެ ކުޑައަކީ ބޭނުމެއް ނުހިފޭނެ އުނި އެއްޗެކެވެ. އެހެނީ ކުޑައެއްގެ ބޭނުމަކީ އެ ފޮޅުވައިލުމުން އެއިން ހިޔާލިބުމެވެ. ހަމަ އެ ފަދައިން ދަރިވަރަކު މަދްރަސީ ޙަޔާތް ނިމިގެން މުޖުތަމަޢަށް ނިކުންނަ ދުވަހު އޭނާގެ ކިބައިން މުޖުތަމަޢަށާއި ޤައުމަށް ލާބަހުރިގޮތުގައި ޚިދުމަތްލިބެންޖެހެއެވެ. މި ފަދަ ބޭނުންހިފެވޭ - [އެ ހަނދާން ހިތަކުން ނުފިލިއެވެ.](https://addana.mv/4309) - އަހަރެންނަކީ ޢުމުރުން 25 އަހަރުގެ ފިރިހެނަކީމެވެ. އަހަރެންގެ އާއިލާގައި އަހަރެންނާ އެކު ޖުމުލަ 5 ބެއިން ތިބެއެވެ. އަހަރެންގެ ދޮށްޓަށް 2 އަންހެންކުދިން ތިބޭއިރު އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. މިއަދު އަހަރެންނަކީ މުޅި އާއިލާގެ ޒިންމާ އުފުލަން ހުރި މީހާއެވެ. މި ކިޔައިދެނީ އަހަރެންގެ މާޒީއެވެ. އަހަރެންގެ ދިރިއުޅުމުގެ ޙާލަތެވެ. އަހަރެންގެ ޢުމުރުން އެންމެ 5 އަހަރުގައި އަހަރެންގެ ބައްޕަ އަބަދުގެ އަބަދަށް މިދުނިޔެއާ އަލްވަދާޢު ކިޔެވެ. ބައްޕަ ދުނިޔޭގައި - [ޤައުމިއްޔަތުގެ ބަހާތަކުގެ ތެރެއިން، ޤައުމުދެކެ ވޯބިވުން](https://addana.mv/4303) - އަޅުގަނޑުމެންގެ ޤައުމަކީ މިހާރު ތަފާތު ސިޔާސީ ޕާޓީތައް އުފެދިފައިވާ ޤައުމެކެވެ. ސިޔާސީގޮތުން އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންނަށް މިއަދު މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފިކުރާއި އަޅުގަނޑުމެންގެ އުޅުމަށް މިވަމުންދާ ގޮތްތަކުގެ ސަބަބުން ކޮންމެ މީހަކުވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވަނީ ކިހާވަރަކަށްތޯ ވިސްނައިލުމަށް މިއަދު މިއޮތީ ޖެހިފައެވެ. އަދި ޤައުމުދެކެ ލޯބިވުމަށްޓަކައި ކޮންމެ މީހަކުވެސް ކުރަންޖެހެނީ ކޮންކަމެއްތޯއާއި، ވިސްނުން ސީދާކުރަންޖެހެނީ ކިހިނެއްތޯ ވެސް - [ޚުޠުބާކިޔުން، ޚުޠުބާއިއްވުން، ޚުޠުބާދިނުން، ޚުޠުބާހުށަހެޅުން](https://addana.mv/4300) - ހުކުރު ދުވަހަކީ އެންމެ މާތް މަތިވެރި އަދި ބަރަކާތްތެރި ދުވަސްކަމީ އެކަމާމެދަކު އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ލިބިފައިވެއެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައި ވަސައްލަމް) ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ". ހުކުރުދުވަހުގެ އެންމެ ޚާއްޞަ އަޅުކަމަކީ ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ ހަފުތާއަކު - [ހެޔޮ އެދުމަކީ ...؟](https://addana.mv/4296) - ދަންނަވަން މިއުޅެވޭ ވާހަކައެއްގެ ބޮޑުކަމުން މި ވާހަކަ ދައްކަން ފަށާނެ ހިސާބެއް ވިސްނުމަކަށް ނުގެނެވެއެވެ. ދިވެހިންނަށްެެ ހެޔޮ އެދޭ ހާދަބަޔަކު ތިބިހެން ހީވެއެވެ! އެއްބަޔަކު ދެކެނީ ދިވެހިންގެ މިހުރި ހަންކަޅު ކަމާއެކުވެސް ދިވެހިންނަކީ ޔޫރަޕް ދޮން މީހުންގެ ގޮތުގައެވެ. އަނެއްބަޔަކު ދިވެހިން ހުޅަނގަށް ނިސްބަތްކުރާ ކަހަލައެެވެ. އޭސިޔާ ބައްރުގެ، ދޮންގޮދަން ކުލައިގެ ހަމުގެ ވެރިން ވެސް ދެކެނީ ދިވެހިންނަކީ އެބައިމީހުންގެ މީހުންގެ ގޮތުގައެވެ. ދިވެހިން ތެރެއިން މަދުބަޔަކަށް ނުލިބިގެން އުނިވެގެން އުޅޭ ޙައްޤު ހޯދައިދޭން ދަޢުވާ ކުރަނީއެވެ. - [ނައިޓް ވިޗެސް](https://addana.mv/4293) - "ނައިޓް ވިޗެސް" މި ލަފްޒު އަޑުއިވުމުން މިއީ ކިހާ ވަރުގަދަ ތާރީޚެއް އޮތް ބަޔެއްކަން ގިނަ ބަޔަކަށް ނޭނގޭނެއެވެ. އަދި ވެސް މި ދައްކަނީ "ވިޗުން" ގެ ވާހަކަ އެއް ނޫނެވެ. ގިނަ ބަޔަކު ދަންނަ ވިޗުންނަކީ "ބްލެކް މެޖިކް" ހަދާ ބަޔެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް ޖެހިލައިގެން ނޫނީ "ނައިޓް ވިޗެސް" އެންމެ ފުރިހަމައަށް ކިޔައިދެވޭކަށް ނެތެވެ. މިލިޓަރީ ނުވަތަ ސިފައިންގެ ތެރެއަށް އަންހެނުން ވެއްދުމަކީ ކުރިން ސުރެވެސް ކުރުން އެހާ ރަނގަޅު ކަމެއް - [ޤައުމުދެކެ ލޯބިވުން](https://addana.mv/4288) - އަޅުގަނޑުމެންނަކީ ދިވެހީންނީމުއެވެ. ޒަމާނުއްސުރެ ޝަރަފުވެރި ދިރިއުޅުމެއް އުޅެމުން އައި ބަޔަކީމުއެވެ. އަބުރުވެރި، އަދި އިޙުތިރާމް ލިބިގެންވި ދިރިއުޅުމެކެވެ. ދަނޑުގޮވާން ކޮށްލައިގެން ލިބޭ އޮއްޓަރުކޮޅަކާއި، ގޮނޑުދޮށު މަސްވެރިކަމުން ލިބޭ މަސްކޮޅަކާއި، ރުއްރުކުން ލިބެންހުންނަ ގަބުޅިއާއި، ކާށްޓާއި، ދިޔާހަކުރުން ބަނޑުފުރާނަ މުއްތި ކޮށްގެން އުޅެމުން އައި ބަޔަކީމުއެވެ. އެފަދަ ނިކަމެތި ޙާލުގައި ދިރިއުޅުން ބިނާކުރަމުން އައިއިރު ވެސް މީހަކަށް ނުދަރަމުއެވެ. އަނެކުންގެ ޙައްޤުތަކަށް ރައްކައުތެރި ވީމުއެވެ. މީހުންގެ އަބުރަށް އަރައިގަނެ، ހަޑިހުތުރު ޢަމަލުތަކެއް ކޮށެއް ނޫޅެމުއެވެ. ސިއްރު ކަންތަކާ ދުރުހެލިވީމުއެވެ. - [ޤައުމުގެ ޝަރަފާ ޢިއްޒަތާމެދު ވިސްނައި ޤައުމީ ޒިންމާ އަދާކުރުން](https://addana.mv/4274) - އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާގެ މަތިން ހަނދާން ކޮށްލަމާތޯއެވެ. ދިވެހި ރައްޔިތުންގެ ޙައްޤުގައި އުފުލަންޖެހޭ ޒިންމާއެއް އޮތްތޯއެވެ؟ ދިވެހިންގެ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ވަންތަކަމުގައި ދިވެހި ފަރުދީ ޒިންމާގެ މަތިން ހަނދާން އާކޮށްލަމާތޯއެވެ. ޤައުމުގެ އަމާންކަމާއި މިނިވަންކަމާއި ދިވެހިންގެ ސަޤާފަތް ދެމެހެއްޓުމަށް ޒިންމާވާން ޖެހެނީ ކޮންބައެއްތޯއެވެ؟ ޤައުމުގެ ކަންކަން އިންތިޒާމުގެ މަގުން ހިންގުމުގައި ދިވެހިން ޒިންމާވާން ޖެހެއެވެ. މި ޤައުމު އަންނަށް އޮތް ޖީލަށް ވާސިލު ކޮށްދިނުމަށް މިއަދުގެ ޖީލު އަދާކުރަންޖެހޭ ޒިންމާތަކެއް - [އަލިފާނުން ރައްކާތެރިވުމަށް ޕްލޭނެއް ހެދުން!](https://addana.mv/4270) - އަލިފާނުން ރައްކާތެރިވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ގޮތެވެ. އަލިފާނުން ރައްކާތެރިވުމަށް އެކިމީހުން ޢަމަލުކުރާނީ ވެސް އެކި ހާލަތުގައި އެކި ގޮތްގޮތަށެވެ. އެއްބަޔަކު އެމީހުންގެ އަމިއްލަ ނަފްސު ހަމައެކަނި ސަލާމަތްވުމަށް މަސައްކަތް ކުރެއެވެ. އަދި އަނެއްބަޔަކު ވަރަށް ބޮޑަށް ޕެނިކުވެ ހަނދާނެ ގޮތްނޭނގި ގޮތް ހުސްވެއެވެ. އެހެންކަމުން މިފަދަ ހުރިހާ ހާލަތަކަށް ވިސްނައި ދުރާލާ ފަޔަރ އިމަރޖެންސީ ޕްލޭނެއް ހެދިފައި އޮތުމަކީ ބުއްދިވެރި ކަމެކެވެ. މިފަދަ ޕްލޭނެއްގައި ވެދާނެކަންތައްތަކަށް ބަލައި ތިމާއަށާއި ތިމާ ވަށައިގެންވާ މާހައުލުގައިވާ ތަކެއްޗަށާއި އެފަދަ - [އަޅުގަނޑު ބޭނުންވީ ކޮންމެވެސް ގޮތަކުން ސިފައިންގެއަށް ވަދެވޭތޯ ބަލަން](https://addana.mv/4263) - 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް (އަންބަރީ ޢަބްދުއްސައްތާރު) ހުންނެވީ މޭޖަރ ރޭންކުގައެވެ. އެއީ އޭރު ސިފައިންގޭގައި ތިއްބެވި އެންމެ ސީނިއަރ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭރު އެއީ ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާ ވެސް މެއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑިރެކްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީއެވެ. މިއީ، 2012 ވަނަ އަހަރު އެމްއެންޑީއެފުން - [ޓެކްސްޓް ނެކް؟](https://addana.mv/4258) - ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެނިގެންދަނީ އިސްޖަހައިގެން ތިބި ބައެކެވެ. މަގުމަތީގައި ހިނގާފައި ދިޔަސް، ތަނެއްގައި އިށީނދެލައިގެން އެކަނި އިނަސް، އަދި ބައެއްގެ ތެރޭގައި ވިޔަސް، އިސްއުފުލާލައިގެން އިންނަ މަދު މީހަކު ނޫނީ ނުފެނެއެވެ. މިބައި މީހުން މިކުރަނީ ކޮން ހިތާމައެއްބާއޭ އަޅެ ހިތަށް ނާރާހެއްޔެވެ؟ މި މާޔޫސީގެ ފަހަތުގައި ވަނީ ކޮން ސަބަބެއްބާއެވެ. ނަމަވެސް މިއީ އެކަހަލަ އެއްވެސް ކަމެއް އަދި ކަމަކާ ގުޅުމެއް ހުރި ކަމެއް ވެސް ނޫނެވެ. އެ މީހުންގެ އިސް ތިރިއަށް - [ރާއްޖެއަށް އެންމެ ގިނަ ވަނަތައް ހޯދައިދީފައިވާ ބޮޑީބިލްޑަރ](https://addana.mv/4244) - ބޮޑީބިލްޑިންގ ކެރިއަރ ފެށުމުގެ ކުރިން ކުޅުނީ ފުޓްބޯޅަ! ސްޓާފް ސާޖަންޓް މަޙުމޫދު ޒިޔާދުގެ ކުޅިވަރާއި ފިޓްނަސްގެ ދާއިރާ ފެށިގެން އަންނަނީ ތ. ވިލިފުށި މަދަރުސާގައި އޭނާ ތަޢުލީމު ހާސިލުކުރި ދުވަސްވަރުން ފެށިގެންނެވެ. އޭރު އޭނާ ފެނިގެން ދިޔައީ ފޯރިއާއެކު ފުޓުބޯޅަ ކުޅޭ ފަރާތެއްގެ ގޮތުގައެވެ. ސްކޫލުގައި އެންމެ މޮޅަށް ފުޓުބޯޅަ ކުޅޭމީހުންގެ ލިސްޓް ނަގާއިރު، ސްޓާފް ސާޖަންޓް މަޙުމޫދު ޒިޔާދުގެ ނަން ވެސް އޭރު ހިމެނެއެވެ. ސްކޫލުގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރު، ރަށު ފުޓުބޯޅަ ޓީމުގައި ހިމެނި، - [ޑިޖިޓަލް ޑިވައިޑަކީ ކޮބާ؟](https://addana.mv/4238) - އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބަޔަކަށް އަދުގެ ދުނިޔޭގައި ޑިޖިޓަލް ޓެކްނޮލޮޖީ އޮތީ ވެފައެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ބޭނުންތަކަށާއި، އުނގެނި ދަސްކުރާ އަދި ތަޖުރިބާކުރަމުންދާ ކޮންމެ ކަމެއްގައި މިއަދު ޑިޖިޓަލް ޓެކްނޮލޮޖީގެ ނުފޫޒު ބޮޑެވެ. ޓެކްނޮލޮޖީއާއެކު ދުނިޔެ ހިނގަމުންދަނީ ވަރަށް އަވަސް ދުވެއްޔެއްގައެވެ. ދުނިޔޭގައި އިޖްތިމާޢީ ގޮތުންނާއި، ސަޤާފީ ގޮތުން އަދި އިޤްތިޞާދީ ގޮތުން ހޯދާ ކުރިއެރުމާއި، އެކަންކަމުގެ ތެރެއިން އުފެދެމުންދާ ގިނަ މައްސަލަތަކާ ވެސް އެ މުޖުތަމަޢުއެއްގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރާ ގުޅުމެއް އުފެދިފައިވެއެވެ (މެކްނަޔަރ - [ކުޑަކުދީންނަށް ބަސް ކިޔަވައިދިނުމުގައި އީޖާދީ އައު ގޮތްތައް ބޭނުންކުރުން](https://addana.mv/4233) - ބަހަކީ އިންސާނީ ޝުޢޫރު ފާޅުކޮށް ޖަޒުބާތީ އަސަރުތައް ހާމަކުރުމުގެ އެންމެ ފަސޭހަ އެންމެ އުފެއްދުންތެރި ވަސީލަތެވެ. ހިކުމަތާއި ކާމިޔާބީގެ އުސްކުރިބޯށިތަކަށް ވާސިލްވުމުގައި ބަސް އަދާކުރާ ދައުރު ވަރަށް ބޮޑެވެ. މިހެންވުމުން ފުރިހަމަ ޖީލެއް ބިނާކުޅައުމަށް ޓަކައި ކުޑަކުދީންނަށް ބަސް ކިޔަވައިދޭން ޖެހެއެވެ. ގިނަ ބަސްބަސް އެނގުނުއެނގުނުހެން ވިސްނުން ފުޅާވާނެއެވެ. ކުޑަކުދިންނަށް ބަސް ކިޔަވައިދިނުމަކީ އެ ކުދިންގެ މުސްތަޤްބަލަށް ވަރަށް މުހިންމު ކަމެކެވެ. ބަސް ދަސްކުރުމަކީ ހަމައެކަނި ލިޔަން ކިޔަން ދަސްކުރުމެއް ނޫނެވެ. އެއީ ވިސްނުން ތަރައްޤީކޮށް، މުޢާމަލާތްކުރަން - [އައްސައްޔިދާ ޒައިނަބު ބިންތު ޢަލީ ރަޟިޔަﷲ ޢަންހާ](https://addana.mv/4230) - އައްސައްޔިދާ ޒައިނަބު ބިންތު ޢަލީ ރަޟިޔަﷲ ޢަންހާއަކީ ކީރިތި ރަސޫލާ މުޙައްމަދު صلّى اللّه عليه وسلّم ގެ ކާފަ ދަރިކަނބަލެކެވެ. އެ ކަމަނާގެ ބައްޕާފުޅަކީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު (ޢަލީގެފާނު) އެވެ. މަންމާފުޅަކީ ކީރިތި ރަސޫލާގެ ދަރިކަނބަލުން އައްސައްޔިދާ ފާޠިމާ ރަޟިޔަﷲ ޢަންހާ (ފާތިމަތުގެފާނު) އެވެ. ޒައިނަބުގެފާނަކީ ޢަލީގެފާނާއި ފާތުމަތުގެފާނުގެ ތިންވަނަ ދަރިކަލުންނެވެ. އެއީ ޙަސަންގެފާނާއި ޙުސައިންގެފާނުގެ ކޮއްކޯފުޅެވެ. އިސްލާމީ ތާރީޚުގައި އައްސައްޔިދާ ޒައިނަބު - [ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާގެ އައްސޭރިފަށާ އޮތް ތާރީޚީ ގުޅުންތައް -2](https://addana.mv/4224) - ދިވެހިބޮލީގެ ވިޔަފާރި ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާއާ ދެމެދުގައި އޮތް ދިވެހިބޮލީގެ ވިޔަފާރީގެ ގުޅުންތަކަކީ މީގެކުރިން ފާހަގަ ކުރެވިފައިނުވާ ކަމެއް ކަމަށް ވިޔަސް މި ގުޅުމަކީ ހައިރާން ކުރުވަނިވި ގޮތަކަށް ދިގު މުއްދަތަކަށް އޮތް ގުޅުމެކެވެ. މީލާދީން ހަތަރުވަނަ ޤަރުނާއި ފަސްވަނަ ޤަރުނުގެ ތެރޭގައި އިންޑޮނޭޝިއާ (އަސޭކަރަ) އިން އިރުމަތީ އެފްރިކާއާއި މަޑަގަސްކަރައަށް ހިޖުރަކުރި ކަމަށް ބެލެވޭ މީހުން ދަތުރުމަތީގައި ދިވެހިރާއްޖެއާއި ސީޝެލްސްގައި ބަޑަހަޖަހާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިކަމުގައި އިތުބާރުކުރެވޭ ހަރުދަނާ ހެކިތަކެއް ނުފެންނަހާ ހިނދަކު މި ފަދަ - [ދުނިޔޭގެ ހޫނުމިން އިތުރުވުމުގެ ސަބަބުން ދުނިޔޭގައިވާ ދިރުންތަކަށް ކުރަމުންދާ އަސަރު](https://addana.mv/4215) - ދުނިޔެ ހޫނުވަމުންދާކަމުގެ ނިޝާންތައް ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް ފެންނަން އެބަހުއްޓެވެ. އަދި މިކަމަކީ ހަމައެކަނި ފިނިހޫނުމިން މައްޗަށް ދިއުމަށް ވުރެ މާބޮޑަށް އުނދަގޫ އަދި އާންމު ދިރިއުޅުމާ ވެސް ގުޅިލާމެހިފައިވާ ކަމެކެވެ. ދުނިޔެ އަވަސް ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފަދައިން, ދުނިޔެ އަވަސް ދުވެއްޔެއްގައި ހޫނުވަމުންދާކަން ފާހަގަ ނުކުރެވޭ ހަމަ އެކަކު ވެސް ނެތެވެ. ސިނާއީ މަސައްކަތުގެ ދާއިރާއަށްއައި އިންޤިލާބުގެ ފަހުން, ޚާއްޞަކޮށް ހަކަތަ އުފެއްދުމާއި ދަތުރުފަތުރުގެ ދާއިރާގައި ފޮސިލް ފިއުލް ބޭނުންކުރަން ފެށުމާ ގުޅިގެން - [އުޙުދު ހަނގުރާމައިން ލިބިދޭ ފިލާވަޅު](https://addana.mv/4205) - ހިޖުރައިން 3 ވަނަ އަހަރުގެ ޝައްވާލު މަހުގެ 7 ވަނަ ދުވަހު މުސްލިމުންނާއި މައްކާގެ ޤުރައިޝުންގެ މެދުގައި ހިނގި އުޙުދު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ހިނގި އެންމެ މުހިންމު އެއް ހަނގުރާމައެވެ. މިއީ އިސްލާމީ ތާރީޚުގައި ހިނގި ދެވަނަ ހަނގުރާމައެވެ. އެ ހަނގުރާމައިން މުސްލިމް އުންމަތަށް ފުން ޢިބްރަތްތަކެއް ގެނެސްދިނެވެ. ޖަމާޢަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ވެރިންގެ އަމުރަށް ކިޔަމަންތެރިވުމާއި، ނުގުޑާފަދަ އަޚްލާޤާއި އީމާންތެރިކަން ހިތްތަކުގައި އަށަގެންނެވުމާއި، ﷲ ޞުބްހާނަހޫ ވަޠަޢާލާއަށް ބަރޯސާވުމުގެ މުހިންމުކަން އެ ހަނގުރާމައިން ދަސްކޮށްދެއެވެ. - [އަންހެން ސިފައިންގެ ޚިދުމަތް](https://addana.mv/4196) - ތާރީޚުގެ ތެރެއަށް ރަނގަޅަށް ބަލާއިރު ރާއްޖޭގައި އަންހެން ސިފައިން އުފެއްދެވުމަށް ދެފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާކަމަށް ތާރީޚުން ފެނެއެވެ. ފުރަތަމަ 1960 ގެ ތެރޭގައި ސިފައިންގެ ވަޒީފާއަށް އަންހެނުން ގެންނެވުމަށް ވިސްނާ ވަޑައިގެން އެ ވަޒީފާއަށް ޝައުޤުވެރިވާ އަންހެނުންނަށް ފުރުޞަތު އޮތްކަމަށް އެންގެވުމުން އޭރުގެ ނިސްބަތުން ވަރަށް ގިނަ ޢަދަދެއްގެ އަންހެނުން ސިޓީ ލީކަމަށް ތާރީޚު ބުނެއެވެ. އަދި ސިޓީ ލީ މީހުންގެ ތެރެއިން އެކަކު ވެސް ސިފައިންގެ ވަޒީފާއަކަށް ނުގެންނަވައެވެ. މިގޮތަށް ދުވަސްތަކެއް ވޭތުވުމަށްފަހު 3 - [ކޯސްޓްގާޑުގެ ޚިދުމަތް](https://addana.mv/4189) - ކޯސްޓްގާޑްގެ ނަމުގައި ސިފައިންގެ ޔުނިޓެއް 1980 ގެ ކުރިން އުފެއްދިފައި ނެތްނަމަވެސް ކަނޑުމަތީގެ ޚާއްޞަ މަސައްކަތްތަކެއް ވަރަށް ކުރީއްސުރެ ދިވެހި ސިފައިން އައީ ކުރަމުންނެވެ. މިގޮތުން ފަރަށް އަރާ ބޯޓްފަހަރު ފުންކުރުމަށް ޓަކައި ކުރެވިފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލަންޖެހޭ ފަދަ މަސައްކަތްތަކެކެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ފުރަތަމަ ފަހަރަށް ޙަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ލ.ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް ބޭރުމީހުން ވަދެ - [އެނަމާބޯޓް ބަންޑުން ޖަހާލި ހާދިސާގައި ސިފައިން ހަރަކާތްތެރިވި ގޮތް](https://addana.mv/4144) - 2004 މާރިޗު 17 ދުވަހުގެ ރޭ ގާތްގަނޑަކަށް 08:45 އެހާކަންހާ އިރު ހިނގި މި ހިތާމަވެރި ހާދިސާގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އެނަމާބޯޓް ބަންޑުން ޖަހާލައި އެ ބޯޓުން ދަތުރުކުރި އެންމެން ކަނޑުވެ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނާ އެކު ޖުމްލަ 22 މީހުން މަރުވެ، 2 ކުދިން ގެއްލުނެވެ. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކުޅުނު ފުޓްބޯޅަ މެޗެއް ބަލަންދިޔަ ތިނަދޫ ސަޕޯޓަރުން ދަތުރުކުރި އެނަމާބޯޓް ބަންޑުންޖަހާލީ އެ ބޯޓާ ގާތްގަނޑަކަށް ސާޅީހަކަށް ފޫޓް ދުރުން - [އުރަމަތީގެ ކެންސަރު](https://addana.mv/4155) - އެމެރިކާގައި ކޮންމެ 8 އަންހެނަކުން އެކަކު އެމީހެއްގެ ހަޔާތުގެ ކޮންމެވެސް އެއްހިސާބެއްގައި އުރަމަތީގެ ކެންސަރު ޖެހެއެވެ. ކޮންމެ 3 މިނިޓަކުން އެކަކު އުރަމަތީ ކެންސަރު ޖެހިފައިވާކަން ޑޮކްޓަރެއްގެ އެހީތެރިކަމާއިއެކު ކަށަވަރުކުރެވިގެންދެއެވެ. ކޮންމެ 13 މިނިޓަކުން އެކަކު އުރަމަތީގެ ކެންސަރު ގެ ސަބަބުން ދުނިޔެ ދޫކުރެއެވެ. އަދި މަދުން އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށް ފިރިހެނުން ވީނަމަވެސް އަންދާޒާ ކުރެވޭގޮތުގައި 2470 ފިރިހެނުންނަށް ކޮންމެ އަހަރަކު އުރަމަތީގެ ކެންސަރު ޖެހި ފަރުވާ ކުރެވެއެވެ. ތިމާ އަކީ އުރަމަތީ ކެންސަރު އަމިއްލައަށް - [އިންޓަރނޭޝަނަލް ބާސްކެޓްބޯޅަ ރެފްރީ](https://addana.mv/4148) - ބައިނަލްއަޤްވާމީ ރެފްރީއަކަށް ވުމަކީ ކުޑަ ޝަރަފެއް ނޫނެވެ. އުފަން ޤައުމާއި ވަޒީފާ އަދާކުރާ މުއައްސަސާއާއި ތިމާގެ އުފަން ރަށުގެ އިތުރުން އާއިލާގެ އެތައް ބަޔަކު ވެސް އެފަދަ ރެފްރީ އަކަށްޓަކައި ފަޚުރުވެރިވާނެކަން ޔަޤީނެވެ. އެމްއެންޑީއެފްގައި މަސައްކަތްކުރާ އެކި ދާއިރާތަކުގެ ރެފްރީންގެ ތެރެއިން މިފަހަރު މިބަލާލަނީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އިންޓަރނޭޝަނަލް ބާސްކެޓް ބޯލް ރެފްރީ، ޤައުމަށާއި މުއައްސަސާއަށާއި ރާއްޖޭގެ ބާސްކެޓްބޯޅައަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ މައްޗަށެވެ. ކުޅިވަރު ކުޅެން ފެށުން އަދި އެރޮނގުން ކުރިއަރައި ދިއުން. ޅ.ނައިފަރަށް - [އަމިއްލަ ނަފުސަށް ވުރެ ޤައުމީ ވާޖިބު އިސްކުރުމުގެ ރިވެތި މިސާލެއް](https://addana.mv/4136) - ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ދިވެހި ސިފައިން ދައްކުވައިދީފައިވާ ރިވެތި ނަމޫނާއަށް ޙަޤީޤަތަށް ލޯބިކުރާ ކޮންމެ ދިވެހި ދަރިޔަކުު ތަޢުރީފްކުރާނެއެވެ. ސިފައިން މަސައްކަތްކުރަމުން ގެންދިޔައީ އެމީހުންގެ އާއިލާތަކާއި އެމީހުންގެ އަމިއްލަ ކަންތައްތައް އެއްފަރާތްކުރުމަށްފަހު ޤައުމީ ވާޖިބު ކުރިއަށް ނެރެގެންނެވެ. އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައެވެ. ތިމާމެންގެ އާއިލާތަކަށް ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކަކީ ކޮބައިތޯވެސް ބަލާލާނެ ފުރުޞަތު ނުލިބި މުޅިން މަސައްކަތުގައެވެ. 2004 ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ސިފައިން - [ޕޮޒެޓިވް ލޯ އާއި ނެޗުރަލް ލޯ، އަދި ޤުދުރަތީ ޤާނޫނަކީ ކޮބާ؟](https://addana.mv/4129) - ޕޮޒެޓިވް ލޯ ޕޮޒެޓިވް ލޯއަކީ އިންސާނުން ހަދާ ޤާނޫނުތަކެވެ. މިއަށް "ވަޟޫޢީ ޤާނޫނު" އޭ ވެސް ކިޔައެވެ. މިފަދަ ޤާނޫނުތަކަކީ: ޤާނޫނުއަސާސީއާއި އަދި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތް ހިންގުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭ ބިލު ތަކެކެވެ. މިފަދަ ބިލުތައް ޤާނޫނަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމުންނެވެ. މިފަދަ ޤާނޫނުގެ ތެރޭގައި އިދާރީ ޤާނޫނު ތަކާއި ޖިނާއީ ޤާނޫނުތައް ހުރެއެވެ. އިދާރީ ޤާނޫނު ތަކަކީ ޖިނާއީ ކުށާއި ގުޅުންނެތް ދާއިރާތަކުގައި - [ފުރަތަމަ ވޮއިސް އޮފް އެމްއެންޑީއެފް ތާރީޚުގެ ތެރެއަށް](https://addana.mv/4122) - ސިފައިންގޭގައި ލަވަކިޔުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވެފައިތިބި ސިފައިންނަށް ފުރުޞަތު ދިނުމުގެ ގޮތުން މިހިނގާ 2017 ވަނަ އަހަރު އެމްއެންޑީއެފްގައި ބޭއްވި ފުރަތަމަ "ވޮއިސް އޮފް އެމްއެންޑީއެފް" މުބާރާތަކީ ތާރީޚީ މުބާރާތެކެވެ. މުނިފޫހި ފިލުވުމުގެ ދާއިރާއިން ސިފައިން ކުރިއަށް އެޅި އިތުރު ފިޔަވަޅެކެވެ. މި ތާރީޚީ މުބާރާތް ކުރިއަށްދިޔަ ގޮތް ތާރީޚަށްޓަކައި ކުރު ގޮތަކަށް ލިޔެލުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން އެންމެ ފުރަތަމަ އެމްއެންޑީއެފްގައި ބޭއްވި "ވޮއިސް އޮފް އެމްއެންޑީއެފް" ގެ މައްޗަށް - [ފެން އިސްރާފު ކުރުމުގެ ކުރިން ވިސްނާލާ!](https://addana.mv/4116) - ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް، ކަނޑައަޅާ ވަކި ޝިޢާރެއްގެ ދަށުން މި ދުވަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ފާހަގަކުރަމުންނެވެ. 2017 ވަނަ އަހަރު، ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ އިން ކަނޑައަޅާފައިވަނީ “ވައި ވޭސްޓް ވޯޓަރ” މި ޝިއާރެވެ. އދ އިން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ 663 މިލިއަން މީހުންނަކީ އެމީހުންގެ ގެދޮރާ ހަމައަށް ސާފު ބޯފެން - [ހެނދުނުގެ ނާސްތާ ދޫކޮށް ނުލައްވާ!](https://addana.mv/4113) - އަހަރެމެން ކޮންމެ މީހަކަށް ވެސް އެނގިފައި އޮންނަ ގޮތުން ހެނދުނުގެ ނާސްތާ އަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އެއީ ކީއްވެކަން ބަލައިލުން ވަނީ ބޮޑު ކަމަކަށެވެ. މި އާޓިކަލްގައި މި ބަލައިލަނީ ހެނދުނުގެ ނާސްތާ ކޮންމެ ދުވަހަކު ވެސް މުހިންމުވާ ބައެއް ސަބަބުތަކަށެވެ. މަޤްޞަދަކީ މި މަޢުލޫމާތުތަކަށް ފަހު ހެނދުނުގެ ނާސްތާ އަކީ މުހިންމު އެއްޗަކަށް ވީ ސަބަބު އެނގި ހެނދުނުގެ ނާސްތާ ދޫކޮށްލުން މަދުކުރުމެވެ. ދުވަސް ފަށައިގަތުމަށް ރަނގަޅު ކާނާއަކީ - [އެ ހިތި މާޒީ](https://addana.mv/4092) - މިއީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭ ދެވޭ ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކިޔުންތެރިން މިފަދަ ހާދިޘާތަކުން އިބްރަތެއް ހާޞިލްކުރުމުގެ ހެޔޮ ނިޔަތުގައި ލިޔެފައިވާ ހަޤީޤީ ވާހަކައެކެވެ. އެންމެންގެ މަސްލަހަތަށް ޓަކައި މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަން ވާނީ ސިއްރު ކުރެވިފައެވެ. އަޅުގަނޑަކީ މާލޭގައި ވަރަށް ވެސް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަޅުގަނޑުގެ މަންމަގެ ހަތް ދަރިން ތިބެއެވެ. އަޅުގަނޑަކީ މަންމަގެ އެންމެ ދޮށީ އަންހެން ދަރިއެވެ. - [އައްސައްޔިދާ ސުމައްޔާ ރަޟިޔަﷲ ޢަންހާ](https://addana.mv/4076) - އައްސައްޔިދާ ސުމައްޔާ ބިންތި ޚައްޔާތު (ބައެއް ރިވާތަކުގައި ސުމައްޔާ ބިންތު ޚުއްބާޠު) ރަޟިޔަﷲ ޢަންހާއަކީ މި އުންމަތުގެ އެންމެ ފުރަތަމަ ޝަހީދެވެ. އެ ކަމަނާގެ ކުއްނިއްޔަ ލަޤަބުފުޅަކީ "އުންމު ޢައްމާރު" އެވެ. އަބޫ ޚުޛައިފާ ބުން އަލްމުޣީރާ ބުން ޢަބްދުﷲ ބުން ޢަމްރު ބުން މަޚްޒޫމުގެ އަޅެއްގެ ގޮތުގައި ބޮޑުފުޅުވި ސުމައްޔާ މިނިވަންކޮށްދެއްވައި ޔާސިރު ބިން ޢާމިރާ ކައިވެނިކޮށްދެއްވިއެވެ. ސުމައްޔާ ނިސްބަތްވެވަޑައިގަންނަވަނީ ޙަބުޝްކަރައަށް ކަމަށް ބުނެވެއެވެ. ކީރިތި ރަސޫލާ އިސްލާމްދީނަށް ގޮވާލެއްވުމާއެކު ހަތްވަނައަށް އިސްލާމްދީން ޤަބޫލުކުރެއްވީ އެކަމަނާއެވެ. - [ހަނދާނާއި ތާރީޚުގެ ތެރެއިން: އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ސިފައިން](https://addana.mv/4071) - ޓެލެވިޜަން މޯލްޑިވްސްއިން 1995 ވަނަ އަހަރު ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބޭއްވި ފުރަތަމަ ޓެލެޑްރާމާ މުބާރާތުގައި ސިފައިން ބައިވެރިވިއެވެ. ޕްރައިވެޓް ޢަބްދުލް ފައްތާޙް ލިޔުނު ވާހަކައެއްގެ މައްޗަށް ކުޅުނު "މާބުރުގެ އުސޫލު" މި ޑްރާމާ ޑައިރެކްޓް ކުރީ ޕްރައިވެޓް އަމްޖަދު އިބްރާހީމެވެ. މި ޑްރާމާގެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވީ ޕްރައިވެޓް މުޙައްމަދު މަނިކާއި، ޕްރައިވެޓް ޝިރުމީނާއާއި، ޕްރައިވެޓް އަޙްމަދު ޝާޒްއާއި ލާންސް ކޯޕްރަލް އީނާސް ޙުސައިނާއި، ޕްރައިވެޓް ފާޠުމަތު އަޙްމަދާއި، ޕްރައިވެޓް މުޙައްމަދު ސަޢީދާއި، ޕްރައިވެޓް ޝަކީބާއެވެ. - [ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާގެ އައްސޭރިފަށާ އޮތް ތާރީޚީ ގުޅުންތައް -1](https://addana.mv/4067) - ނޯޓު: މިއީ، ޔުނިވަރސިޓީ އޮފް ލަންޑަންގެ ދަރިވަރެއްކަމަށްވާ އެންޑްރޫ ފޯބްސް އާއި ސައުތު އެމެރިކާގެ ޤައުމެއް ކަމަށްވާ ގަޔާނާގެ ޓީޗަރެއް ކަމުގައިވާ ފައުޒިއްޔާ ޢަލީ، "ދަ މޯލްޑިވް އައިލެންޑްސް އެންޑް ދެއަރ ހިސްޓޮރިކަލް ލިންކްސް ވިތު ދަ ކޯސްޓް އޮފް އީސްޓަން އެފްރިކާ" މި ލިޔުން އަސްލަކަށް ބަލައިގެން ބައެއް އުނިއިތުރާއެކު ލިޔެފައިވާ ލިޔުމެކެވެ. 1980 ވަނަ އަހަރު މި ދެ ލިޔުންތެރިން ލިޔެފައިވާ މި ލިޔުން ވަނީ ސަބިނެޓް އެފްރިކަން ޖާނަލްގައި 2013 ވަނަ އަހަރު - [ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު](https://addana.mv/4063) - ދަރިންނަކީ މާތްﷲ އިންސާނާއަށް ދެއްވާ ވަރަށް މާތް މަތިވެރި ނިޢުމަތެކެވެ. އަމާނާތެކެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔަކަށް އަދި ބަފަޔަކަށް ލާޒިމުވެގެންވާ ކަމެކެވެ. ފިތުރަތުގެ ސާފުޠާހިރުކަންމަތީ ކުއްޖާ ދުނިޔެއަށް އުފަންވުމަށް ފަހު އެކުއްޖާ ތަރުބިއްޔަތު ވެގެން އަންނަނީ އެކުއްޖާގެ މައިންބަފައިން ނުވަތަ ބަލައިބޮޑުކުރާ މީހުންގެ ފަރާތުން ކަންކަން އުނގެނި ދަސްކޮށްގެންނެވެ. ގޯސް އާދަތަކާއި ރަނގަޅު އާދަތައް ވެސް ދަސްވަނީ ކުއްޖާ އުޅެ ބޮޑުވާ މާހައުލުން ކުއްޖާއަށް ފެންނަ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. އަހަރެމެން - [ކުރުދީންނާއި ކުރުދިސްތާނު](https://addana.mv/3636) - ކުރުދީންނަކީ އަމިއްލަ ބަހަކާއި ސަގާފަތަކާއި ތާރީޚެއް އޮތް ޤައުމެކެވެ. ޒަމާނުއްސުރެ އެބައި މީހުން ދިރިއުޅެމުން އަންނަނީ އެއް ސަރަޙައްދެއްގައެވެ. އެއީ ތުރުކީގެ އިރުން، އިރާގާއި ސީރިއާގެ އުތުރުން، އީރާނުގެ ހުޅަނގުން އަދި އަރުމީނިއާގެ ދެކުނުގޮތް ޖޯގުރަފީ ސަރަޙައްދެވެ. އެއީ ކުރުދިސްތާނެވެ. އެ މީހުންނަކީ ކުރުދީންނެވެ. އެއީ ހިތްވަރުގަދަކަމަށާއި ޢަޒުމު ވަރުގަދަކަމަށް މަޝްހޫރު ބައެކެވެ. ކުރުދީންގެ ތެރޭގައި ގިނައީ ސުންނީ މުސްލިމުންނެވެ. ކުރުދީންގެ މާދަރީ ބަހަކީ ކުރުދީބަހެވެ. ކުރުދީ ބަހަކީ ފާރިސީ ބަހާއި ޕޮސްތޫ ބަހާ ގާތް ގުޅުމެއް - [އިމާމް ބުޚާރީއާއި އެއްހާސް ދީނާރު](https://addana.mv/4046) - ޢިލްމު ހާސިލުކުރެއްވުމުގެ ބޭނުމުގައި، އިމާމް ބުޚާރީ (رَحِمَهُ ٱللَّٰهُ) އެއް ފަހަރަކު ކަނޑުމަގުން ދަތުރެއް ފެށްޓެވިއެވެ. މި ދަތުރުފުޅުގައި، އެކަލޭގެފާނު އެއްކުރައްވައިގެން ގެންގުޅުއްވާ އެއްހާސް ދީނާރު ވެސް ގެންދެވިއެވެ. ދަތުރުފުޅުގައި ބައިވެރިވި އެހެން މީހަކު، އިމާމް ބުޚާރީއަށް ތައާރަފުވެ، އެކަލޭގެފާނުގެ އަރިހުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ފަށައިފިއެވެ. ރާސްތާ ދިގު މި ދަތުރުފުޅުގައި އިމާމް ބުޚާރީއާއި އެމީހާއާ ދެމެދު ބަދަހި ގުޅުމެއް ގާއިމުވެ، އިމާމް ބުޚާރީގެ އަރިހުގައިވާ އެއްހާސް ދީނާރުގެ ވާހަކަ ވެސް އެމީހާއަށް ކިޔައިދީފިއެވެ. އިމާމް - [ހިޖުރީ ކަލަންޑަރު](https://addana.mv/4042) - އިސްލާމީ ކަލަންޑަރުގެ ގޮތުގައި ބޭނުންކުރާ "ހިޖުރީ ކަލަންޑަރު" ގެ ފެށުން އައިސްފައިވަނީ، މި އުންމަތުގެ މާތް ނަބިއްޔާ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުންގެ އަސްޙާބުން، ޤުރައިސުންގެ އަނިޔާވެރިކަމުން ސަލާމަތްވެ ވަޑައިގެން، މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި އަހަރާ ގުޅުވައިގެންނެވެ. އެއީ މީލާދީ ސަނަތުން ބަލާނަމަ، 622 ވަނަ އަހަރެވެ. މައްކާއިން މަދީނާއަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އެ ހިޖުރައިގައި ބައިވެރިވެވަޑައިގެންނެވި އެކަލޭގެފާނުގެ އަޞްޙާބުންނަކީ، ފުރަތަމަ އިސްލާމީ ޖަމާޢަތެވެ. - [އައްސައްޔިދާ އަސްމާ ބިންތި އަބީބަކުރު (ރޢ)](https://addana.mv/4039) - އިސްލާމްދީނުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެތައް މަތިވެރި އަންހެން ބޭކަނބަލުންނެއް ވެއެވެ. އޭގެ ތެރެއިން އެއް ބޭކަނބަލަކީ އަސްމާ ބިންތި އަބޫބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހާއެވެ. މި ކަމަނާއަކީ ކީރިތި ރަސޫލާގެ އެންމެ ގާތް ސަހާބީ ކަމުގައިވާ އަބޫބަކުރުގެފާނުގެ ދަރިކަނބަލެކެވެ. އަސްމާގެފާނުގެ މައިކަނބަލަކީ އަބޫބަކުރުގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޤަތީލާ ބިންތި ޢަބްދުލްޢުއްޒާއެވެ. އަސްމާގެފާނަކީ ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ދައްތާފުޅެކެވެ. އަދި މިއީ ޢަބްދުﷲ ބިން ޒުބައިރުގެ މަންމާފުޅެވެ. އަސްމާގެފާނުގެ ފިރިކަލުންނަކީ އައް ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުއެވެ. - [ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރި މަސައްކަތް](https://addana.mv/3988) - ކޮންމެ ސިފައިންގެ މީހަކީ ވެސް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް 24 ގަޑިއިރު ތައްޔާރަށް ހުންނަ މީހެކެވެ. އެކަންވަނީ ޕްރައިވެޓް އިބްރާހީމް ސިނާން ސާބިތުކޮށްދީފައެވެ. 2019 ސެޕްޓެންބަރު 7 ވަނަ ދުވަހު ޕްރައިވެޓް އިބްރާހީމް ސިނާނަށް އެފަދަ ކަމެއް ކުރިމަތިވީ އޭނާ ދިރިއުޅެމުންދާ ގެއިންނެވެ. ދުވަސް ނުފުރައި ވިހާފައިވާ ތުއްތު ކުއްޖަކު ނޭވާ ހުއްޓުނީއެވެ. އޭރު ސިނާން އޮތީ އެގޭގައި ނިދާފައެވެ. އޭނާއަށް ހޭލެވުނީ މީހަކު ރޯއަޑަށެވެ. "ނޭވައެއް ނުލައޭ. ނޭވައެއް ނުލައޭ" ކިޔާ އަޑަށެވެ. އެއީ - [ތިބާގެ ކާމިޔާބުގެ މަގު ކޮށާނީ ތިބާ އަމިއްލައަށެވެ.](https://addana.mv/4025) - އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ކާމިޔާބަށް އެދިގެން ގަދަ އަޅާ މަސައްކަތް ކުރާ ދުވަހެކެވެ. އަދި ދިރިއުޅުން ބިނާކުރުމުގައި އިސްކަން ދެނީ ކާމިޔާބު ހޯދުމަށް ތަފާތު ގޮތްތައް ހޯދުމުގައެވެ. އަދި ނާކާމިޔާބީއެއް ކުރިމަތި ނުވާނެ އެންމެހައި ކަންކަމަށް އަބަދުވެސް ފުންކޮށް ވިސްނާ ފިކުރުކޮށް ހެދުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ. ކާމިޔާބީއަށް މަސައްކަތް ކުރުމުގައި ވަކި ޖިންސެއް ނެތެވެ. އަދި ކާމިޔާބު އެދިގެން ނޫންގޮތަކަށް މަސައްކަތެއް ބިނައެއް ނުކުރެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުން ބިނާވެގެން ދަނީ ގުޅިލާމެހިގެންދާ މިސާލުންނެވެ. - [ގިނައިން ފެން ބުއިމުން ހަށިގަނޑަށް ލިބޭ 5 ފައިދާއެއް](https://addana.mv/3992) - ކަސްރަތުކުރާ އިރު ގިނައިން ފެން ބުއިން މުހިންމު! ގިނައިރު ކަސްރަތު ކުރާނަމަ ނުވަތަ ގިނައިރު އަވީގައި މަސައްކަތްކުރާ ނަމަ، ހަށިގަނޑަށް ވަރަށް ގިނައިން ފެން ބޭނުންވެއެވެ. ގިނަވަގުތު ކަސްރަތުގައި އުޅޭ އިރު އިންސާނާގެ ހަށިގަނޑުން 2 އިންސަންތަ ފެން ބޭރުވިޔަސް ހަށިގަނޑަށް އެކަމުން އަސަރު ކުރެއެވެ. އަދި އެތުލީޓެއްގެ ހަށިގަނޑުން 6 ނުވަތަ 10 އިންސައްތައިގެ އަދަދަކަށް ހަށިގަނޑުން ދަލުގެ ގޮތުގައި، ފެން ބޭރުވެއެވެ. އެހެންވީމާ، ކަސްރަތުކުރާ އިރު ގިނައިން ފެންބުއިމަކީ އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް - [ކެޕްސްޓޯން ޑޮކްޓްރިންއަށް އަވަސް ކަޅިއެއް...](https://addana.mv/4022) - 127 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރެދެއްވި އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓްރިންއަކީ އެމްއެންޑީއެފް ޤާބިލް، ޒިންމާދާރު، ޒަމާނީ އަދި ޕްރޮފެޝަނަލް އަސްކަރިއްޔާއަކަށްވުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު އެއް ތަނބެވެ. ޑޮކްޓްރިންތަކުގެ ތަރުތީބުގައި، ކެޕްސްޓޯން ޑޮކްޓްރިންއަކީ އެންމެ އިސް، އަދި އޭގެ ދަށުން އެކުލަވާލެވޭ އެހެން ޑޮކްޓްރިންތަކަށް މަގުދައްކައިދޭ އަސާސީ ޑޮކްޓްރިންއެވެ. މިހެންކަމުން، ކެޕްސްޓޯން ޑޮކްޓްރިން ވުޖޫދަށް އައުމާއެކު، އެމްއެންޑީއެފްގެ - [ދިވެހި އަސްކަރިއްޔާގެ އައު އިސްތިރާޖީ އަމާޒު](https://addana.mv/4019) - މީލާދީން 1892 ވަނަ އަހަރު ދިވެހި ސިފައިން އުފެދުނިއްސުރެ، އެ ޒަމާނަކާ އެކަށީގެންވާ ގޮތަކަށް ދިވެހި އަސްކަރިއްޔާއަށް ބަދަލުތައް ދަނީ ގެންނަވަމުންނެވެ. ދުނިޔެއާއި ރާއްޖޭގެ ކަންތައްތަކަށް އަންނަ ބަދަލުތަކާއި އެއިރެއްގެ ހާލަތަށް ބަލައި، ދިވެހި ދައުލަތުގެ އެންމެ އިސް ވެރިންނާއި އެއިރެއްގައި އަސްކަރިއްޔާގެ ކަންތައްތަކާ ހަވާލުވެ ތިއްބެވި ވެރިން ގެންނެވި ބަދަލުތަކުގެ ހެޔޮ އަސަރުތައް މާޒީގައި ވަނީ ފެނިގެން ގޮސްފައެވެ. މިއިން ކޮންމެ ބަދަލެއްގެ ވެސް މައިގަނޑު މަޤްޞަދަކީ ޤައުމީ މަޞްލަޙަތު ދަމަހައްޓައި، އަމަންއަމާންކަން ޤާއިމުކޮށް ދިވެހިންގެ - [އެކްޓިވް އަދި ޕެސިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް](https://addana.mv/4013) - ކުއްލިއަކަށް ދިމާވާ އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންވެގެން ދެއެވެ. މީހާގެ ފުރާނަ އާއި އަގުބޮޑު މުދާ އަޅިއަށް ވެގެންދެއެވެ. ކައްކަން ބޭނުންކުރާ ގޭސް ބަރުކުރުމުގެ ތެރޭގައި ގޭސް ލީކުވެގެން ހިތާމަވެރި ހާދިސާތައް ހިނގައެވެ. އަދި އުސް އިމާރާތްތަކުގައި ތިބެ ސިނގިރެޓް ބުއިމަށްފަހު ސިނގިރެޓް ބަޓްބުރި ނިއްވާނުލައި އެއްލާލުމުގެ ސަބަބުން ޖެހިގެން ހުންނަ ގޭގޭގެ ފުރާޅުމަތީގައި ނުވަތަ ދެ އިމާރާތެއްގެ ދޭތެރޭގައި ހުންނަ ކުނިބުނީގައި ހުޅުހިފައި އަލިފާނުގެ ހާދިސާތައް ހިނގައެވެ. ކަރަންޓުގެ ކޮންމެ - [ގޫސް ލީޑަރޝިޕް](https://addana.mv/4010) - އިސްވާރުކަން، އިސްވާރުކަމުގެ ވައްތަރުތައް، އިސްވާރުންގެ ގައިގައި ހުންނަންޖެހޭ ސިފަތައް މިއީ އަޅުގަނޑުމެން އިވި ފަރިތަ ފިލާވަޅުތަކެކެވެ. އަޅުގަނޑުމެންގެ މައިންބަފައިންގެ އަގުހުރި ނަސޭހަތުގެ ބަސްތަކުންނާއި މަދަރުސީ ހަޔާތުގެ ފިލާވަޅުތަކުން އެކަމެއް ކިޔަވައިދީފައިވާ އަދި އެކަން ކޮންމެ ދުވަހަކު ޢަމަލީ މައިދާނުގައި ކުރަމުން އަންނަ ކަމެކެވެ. ކިޔެވުމުގެ މާހައުލުގަޔާއި އޮފީހުގެ މަސައްކަތުގެ މާހައުލުގައެވެ. މީގެ އިތުރުން ރައްޓެހިންނާ އެކު އުޅޭއުޅުމުގަޔާއި އާއިލާގެ ކަންކަން ބެލެހެއްޓުމުގައެވެ. ބައެއް ބޭކަލުންންނަށް އޮޓޯކްރަޓިކް ލީޑަރޝިޕް ކަމުދާއިރު މި ޒަމާނުގައި އެންމެ ގަޔާވާނީ ޑިމޮކުރަޓިކް ލީޑަރޝިޕޭ - [ހ. ތިލަފުށީގޭ ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ: ސިފައިން ދެއްކި ނަމޫނާ](https://addana.mv/4007) - 2019 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ.ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ މާލޭގައި ފަހަކަށް އައިސް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އަށް ލިބުނީ އެރޭގެ 19:26 ގައެވެ. އެ ފޯނުކޯލް ލިބުނުތާ 6 މިނިޓުގެ ތެރޭގައި ފަޔަރ ފައިޓަރުންގެ ފުރަތަމަ ޓީމު އެ ސަރަޙައްދަށް ގޮސް - [މީހުން ސަލާމަތްކުރުމުގައި ސިފައިން ދެއްކި އާދަޔާ ޚިލާފު ހިތްވަރު](https://addana.mv/4004) - ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ގެތަކެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު، 2019 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެ ރޭ 19:26 އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮންޓްރޯލް ރޫމުގެ 118 ނަންބަރު ފޯނަށް ގުޅައި ފުރަތަމަ ދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ ނާޝިދު އަޙުމަދެވެ. އޭގެފަހުން އެ ހާދިސާއާ ގުޅޭ އެތައް ކޯލެއް އެ ނަންބަރަށް ލިބެމުންދިޔައެވެ. ހާދިސާގެ ބޮޑުކަމާއި ނުރައްކާތެރިކަން ހަމައެކަނި އެ ކޯލްތަކުން ވެސް އެނގުނެވެ. އެމްއެންޑީއެފްގެ - [ނޮޅިވަރަންފަރު ލޯންޗު ބަންޑުންޖަހާލިހާދިސާގައި ސިފައިން ހަރަކާތްތެރިވި ގޮތް](https://addana.mv/4001) - 2019 އޮގަސްޓް 29 ވީ ބުރާސްފަތި ދުވަހަކީ ރާއްޖޭގެ ތާރީޚުގައި ކަޅު އަކުރުން ލިޔެވިގެންދިޔަ ހިތާމަވެރި ދުވަހެކެވެ. އެ ދުވަހު ދިހަ މީހުންނާއެކު ހދ.ނޮޅިވަރަންފަރުން ފުރައިގެން، ހދ.ހަނިމާދޫއަށް ދަތުރުކުރި "އައި ސްޕީޑް" ކިޔާ ލޯންޗު ވަނީ، ހަނިމާދޫއަށް ވަންނަން އުޅުމުގެ ތެރޭގައި ބަނޑުން ޖަހާލާފައެވެ. މި ހާދިސާގައި އެ ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެއިން ފަސް މީހުން ނިޔާވިއެވެ. މި ފަސް މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނުނުއިރު ތިން އަހަރުގެ ތުއްތު - [ގާންދީގެ ސޯލްޓް މާޗު: އިންޑިއާގެ މިނިވަންކަމުގެ ފެށުން](https://addana.mv/3997) - އިންޑިއާގެ ޕްރޮވިންސްތައް އިސްތިޢުމާރުކޮށްގެން ތިބި އިނގިރޭސިން، 1882 ވަނަ އަހަރު އުފެއްދި “ސޯލްޓް އެކްޓް” ނުވަތަ “ލޮނާ ބެހޭ ޤާނޫނު” ގެ ދަށުން، އިންޑިއާގެ ބިމުން ލޮނު ނެގުމާއި، އުފެއްދުމާއި އަދި ލޮނު ވިއްކުމަކީ އިންޑިއާގެ ރައްޔިތުންނަށް މަނާކަމެއް ކަމުގައި ހަމަޖެއްސިއެވެ. އިންޑިއާގެ އެއްވެސް ރައްޔިތަކު އިންޑިއާގެ ފަސްގަނޑުގައި ލޮނު އުފެއްދުމާއި، ވިއްކުންފަދަ އަމަލެއް ކުރުމަކީ، މަދުވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެއްގެ ގޮތުގައި އޮތީ ލިޔެވިފައެވެ. ކަންމިހެން ހުރިއިރު، އިންޑިއާގެ ރައްޔިތުން - [ހަނދާނާއި ތާރީޚުގެ ތެރެއިން: "އޯޑިއޯން" ސިފައިންގެ މަރުކަޒު](https://addana.mv/3974) - 1961 ޖުލައި 28 ވަނަ ދުވަހު "އެންޓަރޓެއިންމަންޓްސް" ގެ ނަމުގައި މާލޭގައި ފިލްމު ދައްކާ ސިނަމާއެއް ހުޅުވުނެވެ. މިއީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ބިނާކުރެއްވި އެ މަނިކުފާނުގެ އަމިއްލަފުޅު ސިނަމާއެކެވެ. މި ތަނުގެ ނަން ފަހުން ބަދަލުވެގެންދިޔައީ "އޯޑިއޯން" އަށެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދައުރު 1978 ވަނަ އަހަރު ނިމުމަށް ފަހު އެ މަނިކުފާނުގެ ނަންފުޅުގައި ހުރި ބިންތައް ސަރުކާރަށް ނެންގެވުމުގެ ތެރޭގައި އޯޑިއޯން ވެސް ވަނީ ސަރުކާރަށް ނަންގަވާފައެވެ. - [ލާންސް ކޯޕްރަލް ޢަލީ ސަލީމް އިބްރާހީމުގެ ހިތްވަރު](https://addana.mv/3966) - މުޅި މީސްމީޑިއާގައި، ސިފައިންގެ ބޭކަލަކަށް ޝުކުރާއި ތަޢުރީފް އޮހިގެން ދިޔަ ރެއެކެވެ. އެއީ 2019 އޮގަސްޓު 8 ވަނަ ދުވަހުގެ ރެއެވެ. އެ ބޭކަލަކީ ލާންސް ކޯޕްރަލް ޢަލީ ސަލީމް އިބްރާހީމެވެ. އެކަން ޑިފެންސް މިނިސްޓަރ، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ފާހަގަ ކުރެއްވިއެވެ. މާލޭ ހެންވޭރުގައި ހުންނަ ތެލަސީމިއާ ސެންޓަރު ކައިރިން މަޖީދީމަގުން ހިނގާފައި ދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ - [އިސްލާމްދީނުގެ ނަމުގައި ހިންގާ ލާއިންސާނީ ޢަމަލުތައް](https://addana.mv/3778) - އަނިޔާވެރިކަމާއި އިންސާނީ ލޭ އޮހޮރުވާލުމުގެ ނޭއްގާނީ ޢަމަލުތައް ހިންގުމުގައި އިސްލާމްދީނަށް ނިސްބަތްވެގެންވާ ބައެއް ޖަމާޢަތްތަކާއި ގުރޫޕުތައް ބައިވެރިވުމަކީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެކެވެ. މި ބާވަތުގެ ޢަމަލުތައް ހިންގުމުގައި މުސްލިމުން ބައިވެރިވުމަކީ، އިސްލާމްދީން ބަދުނާމުކުރުމަށް ޢަދާވާތްތެރީންނަށް ތަނަވަސް ދޮރުތައް ހުޅުވިގެންދާ ކަމެއްކަމުގައި ވާތީއެވެ. މި ބާވަތުގެ ހުރިހާ ނޭއްގާނީ ޢަމަލުތަކާއި އިސްލާމްދީނާ އެއްވެސް ޙާލެއްގައި ގުޅުމެއް ނުވާ ޙާލުގައެވެ. އިސްލާމް ދީނަކީ، އެއްވެސް ޙައްޤަކާ ނުލައި އިންސާނުންގެ ލޭ އޮހޮޮރުވާލައި، ތަންތަނާއި ތަކެއްޗަށް ގެއްލުންދީ، ބިމުގައި ފަސާދަ - [އެންމެ ދުވަސްވީ ޖެނެރަލް](https://addana.mv/3955) - ކުޅަދާނަ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ސްކޫލު ދުވަސްވަރުން ފެށިގެން އަދަބީ ހަރަކާތްތަކުގައި ޝާމިލްވެ އުޅުއްވިއެވެ. މަދަރުސީ ދައުރަށްފަހު ނިންމަވައިގެން ހުންނެވީ ހެޑްމާސްޓަރެއްގެ ގޮތުގައި އުފަން ރަށަށާއި އަތޮޅަށް ޚިދުމަތް ކޮށްދެއްވާށެވެ. އެކަމަކު ގުޅިވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ އަސްކަރީ ޚިދުމަތާއެވެ. މިއީ ދިވެހި ސިފައިންގެ ތެރޭގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ޖެނެރަލެވެ. އާދެ! ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ތަޢުލީމީ ހަޔާތުން ފައްޓަމާ ހިންގަވާށެވެ. ދ.އަތޮޅުގެ - [ކިޔަވައިދިނުމުގައި ޕްރޮފެޝަނަލިޒަމް](https://addana.mv/3978) - ކިޔަވައިދިނުމުގައި ޕްރޮފެޝަނަލިޒަމް (Professionalism in Teaching) ނުވަތަ ޕްރޮފެޝަނަލްކޮށް ކިޔަވައިދިނުމަކީ މުދައްރިސުން ކިޔަވައިދޭ މާއްދާއަށް އަހުލުވެރިވެ ޢިލްމުވެރިވުމާއި، ކިޔަވައިދިނުމުގައި އުނގެނުމުގެ ހެޔޮ މާޙައުލެއް އުފެއްދުމާއި، ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ރިވެތި ނަމޫނާއަކަށް ވުމެވެ. މުދައްރިސުންގެ ޕްރޮފެޝަނަލިޒަމް މިންކުރެވެނީ ލިބިފައިވާ ސަނަދުތަކަށްވުރެ ބޮޑަށް ކިޔަވައިދިނުމުގެ ޢަމަލީ މައިދާނުގައި ޢަމަލާއި ސުލޫކު ގެންގުޅޭ ގޮތުގެ މައްޗަށެވެ. ޕްރޮފެޝަނަލިޒަމަކީ އެ މީހަކު އަދާ ކުރާ ވަޒީފާގެ ފުރިހަމަ ހުނަރާއި ޤާބިލިއްޔަތާ އެކު އެ ކަމެއް ކުރަންޖެހޭ ފުރިހަމަ ގޮތަކަށް ކުރުމެވެ. - [ސަގަލަ ސަންފަ ވާހަކަ](https://addana.mv/3963) - ސަގަލަ ސަންފައަކީ ކޮޅުމަޑުލު ކަނިމީދޫގައި އުޅުނު ސަންފަ ކިޔާ ވަރަށް ރީތި ޒުވާން އަންހެން ކުއްޖެކެވެ. ވަރަށް ސަމައްތަރު ހެޔޮ ރީތި އިސްކޮޅެއްހުރި އަންހެންވަންތަ އަންހެން ކުއްޖެކެވެ. އަދި އެއީ ބަޣަލްޤީރަށް ނެށުމަށް (ބޯލްރޫމް ޑާންސަށް) ވަރަށް ކުޅަދާނަކަމާއެކު ނަށާ ކުއްޖެކެވެ. ސަގަލަ ސަންފައަކީ އޭރު އެ ރަށުގައި އުޅުނު އެންމެ މުއްސަނދި އާއިލާތަކުގެ ތެރެއިން އާއިލާއެއްގެ ކުއްޖެކެވެ. ސަގަލަ ސަންފަ މަޝްހޫރުވެފައި ވަނީ އީދުގައި ހިތް އުފާކުރުމަށް ބާއްވާ ބޮޑު ނެށުމުގެ ހަރަކާތުގެ ސަބަބުންނެވެ. އެއީ - [ހަނދާނާއި ތާރީޚުގެ ތެރެއިން…: ޝޫޓިންގް އެސޯސިއޭޝަން](https://addana.mv/3956) - ސިފައިންގޭގައި ޝޫޓިންގ އެސޯސިއޭޝަން އުފެދުނީ 1993 ވަނަ އަހަރުގެ ނޮވެންބަރު 27 ވަނަ ދުވަހުއެވެ. އެ އެސޯސިއޭޝަން އުފެދުނީ ރާއްޖޭގައި ކުޅިވަރުގެ ތަފާތު ދާއިރާތަކުން އެސޯސިއޭޝަންތައް އޮލިމްޕިކް ކޮމެޓީގެ ދަށުން ހައްދަވަމުން ގެންދެވި ދުވަސްވަރު ސިފައިންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ހުރި ބޭފުޅުންކޮޅެއްގެ އިސްނެގުމުގެ މަތިންނެވެ. ޝޫޓިންގ އެސޯސިއޭޝަން އުފެދުނީ ލެފްޓިނެންޓް އިބްރާހީމް ޚަލީލާއި މޭޖަރ އަޙްމަދު ނަޢީމް މުޙައްމަދު އޮލިމްޕިކް ކޮމެޓީގެ ރައީސް އަލްފާޟިލް ޒާހިރު ނަޞީރާ ބައްދަލު ކުރައްވައި ސިފައިންގެ ތެރޭގައި ހުނަރުވެރި ޝޫޓަރުން - [ހަމްދަރުދީވުމުގެ އިސްވާރުކަން (އެމްޕަތެޓިކް ލީޑަރޝިޕް)](https://addana.mv/3949) - ހަމްދަރުދީވުމުގެ އިސްވާރުކަން (އެމްޕަތެޓިކް ލީޑަރޝިޕް) އަކީ އެހެން މީހުންގެ ފިކުރުތަކާއި އިހުސާސްތަކާއި ޖަޒުބާތުތަކާއި ތަހަންމަލުކުރާ ހާލަތު ދަނެގަނެގެން އެކަންކަމަށް ރިޢާޔަތްކުރާ އިސްވާރުކަމުގެ ވައްޓަފާޅިއެކެވެ. ހަމްދަރުދީވުމުގެ އިސްވާރުކަން ގެންގުޅޭ އިސްވާރުން އޭނާގެ ޓީމުގެ މެންބަރުންގެ ދިރިއުޅުމުގެ ހާލަތާއި، އެ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ މީހުންގެ ޞިއްޙަތާއި ޖަޒުބާތުތަކަށް ފަރުވާތެރިވެއެވެ. އެ މީހުންގެ ބޭރުފުށުގެ ހަރަކާތްތަކުން ނުވަތަ ފެންނަ ފެނުމުންނާއި، ދައްކާ ވާހަކަތަކުން އެ މީހުންގެ ޖަޒުބާތުތަކާއި އިހުސާސްތައް ދެނެގަނެއެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި - [އަލްމަރުޙޫމް ސްޓާފް ސާޖަންޓް ޢަލީ ރިޔާޟް - ނަމޫނާ މެރީންއެއް!](https://addana.mv/3943) - 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ދިވެހި އަސްކަރިއްޔާއަށް ކުއްލި ސިހުމެއް ގެނުވީ، މި މުއައްސަސާއަށް އަގުހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މެރީންއެއް ނިޔާވި ޚަބަރުންނެވެ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ހުންނަ ނޮން ކޮމިޝަންޑް އޮފިސަރސް އެކެޑަމީގައި "އެންސީއޯ ކެރިއަރ ކޯސް" ފުރިހަމަ ކުރަމުން ދަނިކޮށް ނިޔާވީ މެރިން ޑިޕްލޯއިމަންޓް ޔުނިޓް (އެމްޑީޔޫ 2) ގެ ސްޓާފް ސާޖަންޓް އަލީ ރިޔާޟް (ސނ. 5055) އެވެ. ކޯހަށް ދިޔައިރު އޭނާ ހުރީ މެރިން - [ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް](https://addana.mv/3937) - ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ސިފައިންގޭގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެންމެ އަގުހުރި އަދި އެންމެ ޚާއްޞަ ޚިދުމަތްތަކެއް ކުރައްވާފައިވަނީ ކަނޑުމަތީގައެވެ. އެންމެ އާދައިގެ ސިފައިންގެ މީހެއްގެ ވަޒީފާއިން ފެށި ޤައުމީ ޚިދުމަތް ނިންމާލެއްވީ ކޯސްޓްގާޑުގެ ކެޕްޓަނެއްގެ ގޮތުގައި ހުންނަވައި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ކެޕްޓަން ރޭންކުގައެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތުގެ ކާމިޔާބީތައް ގުޅިފައިވަނީ އޭނާގެ ހިތްވަރު ގަދަކަމާއި މުރާލިކަމާއި ވެރިންގެ އަމުރަށް ތަބާވުމުގައި ގެންގުޅުއްވި ވަފާތެރިކަމާއެވެ. ވަރަށް ކުދިކުދި އުޅަނދު ފަހަރުގައި - [ރޫޙާނީ ދިފާޢީ ބާރު](https://addana.mv/3908) - އިންސާނާގެ ހަށިގަނޑުގައިވަނީ ހަމައެކަނި މާއްދީ ދިފާޢީ ބާރެއްނޫނެވެ. ރޫޙާނީ ދިފާޢީ ބާރު ވެސް އިންސާނާގެ ހަށިގަނޑުގައި ވަނީ ލައްވާފައެވެ. ފުރިހަމަ ޞިއްޙަތެއްގައި ދުޅަހެޔޮކަމާއެކު ނަފްސާއި ޖިސްމު ދެމެހެއްޓޭނީ ޤުދުރަތީގޮތުން އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ މި ދެ ބާރު ހަރުދަނާވެގެންނެވެ. ހަމައެކަނި މާއްދިއްޔަތަށް ތަބާވާ މީހުން ޤަބޫލުކުރަނީ އިންސާނާގެ ހަށިގަނޑުގައިވާ ދިފާޢީ ބާރަކީ ހަމައެކަނި ވައިޓް ބްލަޑް ސެލްތަކުގެ މާއްދީ ބާރު ކަމަށެވެ. މިއީ ޙަޤީޤަތެއްނޫނެވެ. ރޫޙަކީ ފުރާނަ ނުވަތަ ދިރިހުރުމުގެ ބާރެވެ. ރޫޙާނީކަމަކީ ފުރާނައިގެ ބާރުގަދަކަމެވެ. ރޫޙާނީ - [ސިކުނޑީގެ ދުޅަހެޔޮކަމަށް ސަމާލުކަން ދޭންވީ ކަންކަން](https://addana.mv/3925) - ބޭކާރު ކަންކަމާ ވިސްނަން ހެއްޔެވެ؟ އެފަދަ ކަންކަމުން މީހާ ސަލާމަތްވާނެ ނަމައޭ ހިތަށް އަރާ ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކަށް ވެސް ދިމާވާނެ ކަންކަމެވެ. ތަފާތަކީ އެކި މީހުން މިކަމުން ސަލާމަތްވާން ގެންގުޅޭ އުކުޅުތަކެވެ. އަމިއްލަ ނަފުސަށް ދެވޭ މިފަދަ އަނިޔާތަކުން ދުރަށް ދިޔުމަކީ ގިނަ ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ. ޙަޤީޤަތުގައި މިހެން ކަންކަން ދިމާވަމުންދާނަމަ، މީހާގެ ސިކުނޑިއަށް ކުރާ އަަސަރު ބޮޑުވެގެން ދާނެއެވެ. މީގެ ސަބަބުން ސިކުނޑީގެ ބަލިތަކާ ކުރިމަތި ލާން ޖެހިދާނެއެވެ. - [ނޭޕާލްގެ ތޮރާންގް ފަރުބަދައިގެ އެންމެ އުހަށް!](https://addana.mv/3913) - "އެންމެ އުހަށް އެރީމަ އެއަށްވުރެ ތިރި ފެންނަނީ ވަރަށް ހިތްގައިމުކޮށް، ވިލާތައް ހުންނަނީ އަހަރެމެން ތިބި ހިސާބަށް ވުރެ ވެސް ތިރީގައި، ދުންފިނި ފައިބާއިރު މުޅި ސަރަޙައްދަށް އޮންނަނީ ރީތި ފުސްކަމެއް އަރާފަ. ބަލާފޫހި ނުވާ މަންޒަރެއް އެއީ." ނޭޕާލުގެ ތޮރާންގް ޕީކަށް 2018 ސެޕްޓެންބަރު 13 ވަނަ ދުވަހު އެރި ކޯޕްރަލް ޙަސަން ޢަބްދުﷲ (ސނ: 6974) އެތަނުގެ މަންޒަރު ސިފަކޮށްދެމުން ބުންޏެވެ. ކޯޕްރަލް ޙަސަން ވަނީ އޭނާގެ ޙަޔާތުގައި ކުރި އެންމެ ތަފާތު ތަޖުރިބާ - [ތަލްބީނާ އަދި ހިމަގޮދަން - ބާރްލީ](https://addana.mv/3901) - ފަތްޕިލާވެލީގެ ބޭސްވެރީން ކިޔައިއުޅޭ ހޯރދިއަމް ވަލްގެއަރ ނުވަތަ ހިމަގޮދަނަކީ ޕޯސީއީ އާއިލާއަށް ނިސްބަތްވާ ވިނައަކުން ނުކުންނަ ކުރާގަނޑެއްގައި އަޅާ ގޮވާމެކެވެ. މި ވިނަ ގާތްގަނޑަކަށް ދޮޅު ފޫޓާއި 4 ފޫޓަށް ހެދޭއިރު މިއީ ބަނަފިނި މޫސުމުގައި ގޮވާން އަޅާ ވިނައެކެވެ. ހިމަގޮދަނުގެ އަސްލު ފެނިފައިވަނީ ދުނިޔޭގެ ކޮން ހިސާބަކުންކަން ހޯދިފައި ނުވިކަމުގައިވީ ނަމަވެސް މީލާދީ ސަނަތުގެ 7000 އަހަރު ކުރީން އީރާނުން އަދި މީލާދީ ސަނަތުން 5000 އަހަރު ކުރީން ގަދީމީ މިސުރުން އަދި ސުމޭރިއަން ލިޔުންތަކުން - [ކުރިއަރަމުންދާ ޓެކްނޮލޮޖީއާ އެކު ސައިބަރ ނުރައްކާ ބޮޑު!](https://addana.mv/3879) - ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ ޒަމާނެއްގައި ޓެކްނޮލޮޖީއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ ވަރަށް ވެސް މުހިންމު ކަމަކަށް ވަނީ ވެފައެވެ. ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތަކަށް އިސްކަންދީ އެފަދަ ޓެކްނޮލޮޖީ ދެނެގަނެ ބޭނުން ކުރުމަށް އެހާމެ ޝަޢުޤުވެރިކަން އުފެދިފައިވަނީ ޒަމާނި ތަރައްޤީއާއި ޓެކްނޮލޮޖީއާ ގުޅިފައިވާތީ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ދަންނަންވީ ޙަޤީޤަތަކީ، މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. އިތުރުވެފައިވާ ސައިބަރ ތުރެޓްތަކެވެ. ޓެކްނޮލޮޖީގެ - [ޔަދާން](https://addana.mv/3894) - އޮޕަރޭޝަން ތިއޭޓަރުން ޑޮކްޓަރު ނުކުތުމާއެކު ޝާވީން ގޮސް ޑޮކްޓަރުގެ ގައިގައި އޮޅުލައިގަތެވެ. ޝާވީން ދެލޯ ވަނީ ކަރުނުން ތެމި ފޯވެފައެވެ. ޑޮކްޓަރު ބެލީ ޝާވީން ހަމައަކަށް އަޅުވާލެވޭތޯއެވެ. ''ޝާވީން، ކޮންމެ އިންސާނަކަށް ވެސް މިދުވަސް އަންނާނެ ކެތްކުރޭ. ހިތްވަރުކުރޭ.'' ޑޮކްޓަރުގެ މި ޖުމްލައާއެކު ޝާވީންގެ އަޑުން އަޑުނަގާ ރޯން ފެށިއެވެ. ކުޑަކަކޫ މައްޗަށް ތިރިވިއެވެ. ކައިވެނިކުރިތާ 3 އަހަރު ފުރުނު ދުވަހަކީ ޝާވީންގެ ދިރިއުޅުމުގައި ބޮޑު ލައްގަނޑެއް ޖެހިގެންދިޔަ ދުވަހަކަށްވިއެވެ. ޔަދާން ދުނިޔެއާ ވަކިވެގެން ދިޔައީތީއެވެ. ޔަދާން - [އުންމު އަންމާރާ](https://addana.mv/3893) - އުންމު އަންމާރާގެ ފުރިހަމަ ނަންފުޅަކީ އައްސައްޔިދާ ނުސައިބާ ބިންތި ކަޢުބު އަލްމާޒިނިއްޔާ ރަޟިޔަﷲ ޢަންހާ އެވެ. މިއީ މިއީ އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަކުރެއްވި ހިތްވަރުގަދަ، ޢަޒުމުވަރުގަދަ އަންހެން ޞަޙާބީއެވެ. އުޙުދު ހަނގުރާމައާއި ހުނައިނު ހަނގުރާމައާއި މުރުތައްދުވީ މީހުންނާ ދެކޮޅަށް ކުރެވުނު ޔަމާމާ ހަނގުރާމައިގައި ވެސް އެކަމަނާގެ ކަނޑިކޮޅުގެ ފެންވަރު ވަނީ ދައްކާލާފައެވެ. އަދި ސުލްޙަލް ހުދައިބިއްޔާގެ ދަތުރުފުޅުގައި އެ ކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. ނުސައިބާ ބިންތި ކަޢުބަކީ މަދީނާގެ ބަނުން ނަޒީރު ވަންހައަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އެ ކަމަނާގެ - [ރަމަޟާން މަހު ޞަދަޤާތްކުރުމުގެ މަތިވެރިކަން](https://addana.mv/3889) - ‎ޞަދަޤާތް ކުރުމަކީ އިސްލާމީ މި މުޖުތަމަޢުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އޯގާތެރިވުން އިތުރުވެގެންދެއެވެ. މިއީ އިސްލާމްދީނުގެ މަތިވެރި އަޚްލާޤުތަކުގެ ތެރެއިން އެއް އަޚްލާޤެވެ. ޞަދަޤާތް ކުރުމަކީ ބަދަލުގައި އެހެން އެއްޗެއް ނުވަތަ އެހެން ކަމެއް ލިބުމުގެ އެއްވެސް އެދުމެއް ނުވަތަ ދަހިވެތިކަމެއް ނެތި، ތިމާގެ އަތުގައިވާ މުދަލަކުން އަނެކާއަށް ހޭދަ ކުރުމެވެ. އެ މުދަލުގެ ބޭނުންތެރިކަން ތިމާއަށް ޖެހިފައިވާ ހިނދު - [ބަދުރު ހަނގުރާމައިން ލިބޭ ފިލާވަޅު](https://addana.mv/3881) - ބަދުރު ހަނގުރާމައަކީ، އިސްލާމީ އުންމަތަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެސްދިން މުހިންމު ހަނގުރާމައެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ކުރެވުނު އެ ހަނގުރާމައިގެ ހަނދާންތައް މިއަދު އައުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ހިޖުރައިގެ ދެވަނަ އަހަރު (މީލާދީން 624) ގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިނގި ބަދުރު ހަނގުރާމައަކީ ބާރުގެ ގޮތުން ވަރަށް ނިކަމެތި ހާލެއްގައި އޮތް މުސްލިމު އުންމަތުގެ ކުރިމަގު ބަދަލުކޮށްލި ހަނގުރާމައެވެ. މުސްލިމުންނަށް އެ ހަނގުރާމައިން އަގުހުރި ފިލާވަޅުތަކެއް ލިއްބައިދިނެވެ. - [އުންމުލް މުއުމިނީން އައްސައްޔިދާ އުންމު ސަލަމާ](https://addana.mv/3876) - އުންމުލް މުއުމިނީން އައްސައްޔިދާ އުންމު ސަލަމާ (ރަޟިޔަﷲ ޢަންހާ) ގެ ނަންފުޅަކީ ހިންދު ބިންތު އަބީ އުމައްޔާއެވެ. ޤުރައިޝްވަންހައިގެ މަޚްޒޫމު ދަރިކޮޅަށް ނިސްބަތްވާ އެ ކަމަނާގެ ބައްޕައަކީ އަބޫ އުމައްޔާ ބުން މުޣީރާއެވެ. މަންމައަކީ ޢާތިކާ ބިންތި ޢާމިރެވެ. އައްސައްޔިދާ އުންމު ސަލަމާގެ ފުރަތަމަ ފިރިކަލަކީ ރީތި އަދި މުއްސަނދި ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން ޢަބްދުލް އަސަދުލް މަޚްޒޫމީ ނުވަތަ އަބޫ ސަލަމާ (ރަޟިޔަﷲ ޢަންހު) އެވެ. މި ދެކަނބަލުން އިސްލާމްވެވަޑައިގެންނެވީ ކީރިތި ރަސޫލާ ސިއްރިޔާތުގައި ދީނަށް - [ޤައުމީ ލޯބި ތާރީޚާ ވަތްކެއް ނުކުރެވޭނެއެވެ.](https://addana.mv/3860) - ޤައުމީ ލޯބީގެ ބާރު ގަދަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެ ލޯބީގައި އެތައް ބަޔަކު ޤުރުބާންވީ ވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެވެ. އެ ލޯބީގެ ސަބަބުން ޤައުމުތަކަށް ލިބުނު މިނިވަންކަމާއި ކުރިއެރުމަކީ ވެސް ޤައުމުގެތަކުގެ ރަން ޞަފުޙާތަކުގައި ނުލިޔެވި ހުރި ތާރީޚުތަކެއް ވެސް ނޫނެވެ. ނަމަވެސް ޚިޔާލަށް ނުގެނެވެނީ މިދެންވި ކަންކަން ހިނގި ތާރީޚުގެ މުހިންމުކަމެވެ. އެ ހާދިސާތަކާއި ހަނދާން ގުޅިފައިވާ މާޒީގެ ބޭނުންތެރިކަމެވެ. ޤައުމީ ލޯތްބެއް ފުރިހަމަވުމުގައި އެ ތާރީޚުން އަދާކޮށްދޭ ދައުރެވެ. - [3 ނޮވެންބަރު 1988](https://addana.mv/3830) - އެއީ ބިރުވެރިކަމާ ނާމާން ކަމުން ހިތްތައް ސިހުނު ދުވަހެއްއެއީ ޤައުމީ ސިފައިން ކެރިގެން އަމާޒަށް ދަތުރު ކުރި ދުވަހެއް އެއީ ޤައުމިއްޔަ މޭ ވޭނާއި ހޫނުން ވިރި އޮހުނު ދުވަހެއްއެއީ ދިވެހީންގެ ލޯ ލޭކަރުނައިން ޤައުމީ ފުރުނު ދުވަހެއް ޖަހާ ލޯބީގެ ވިންދާ ނާރުތަކުގައި ހިނގަހިނގާ ހުރި ލޭއަހާލަން ޖެހުނު ހިތި ޚަބަރުން ހަމައިން ދިޔަ ނެއްޓިގެން ދުވަހެއް ހިތުން ދަހިވެތި އުފަންވާ އެދުމަކުން މަގު ކަތިވެދާ ގޮތަކުންފިތުންތައް އަންނަ ގޮތް ޤައުމަށް އެއީ ތަމްސީލު ވީ - [ބަރުދަން ލުއިނުވި ކަސްރަތު](https://addana.mv/3855) - މަނިކުފާނާއި ޙަސަން ދީދީ އެތަކެއް އަހަރުތަކެއް ވުމަށްފަހު ބައްދަލުވީ ޓްރެކް ދަނޑުންނެވެ. މަނިކުފާނަކީ ޙަސަން ދީދީ ސްކޫލް ދައުރުގެ ރައްޓެއްސެކެވެ. މަނިކުފާނު ފެނުމުން ޙަސަން ދީދީ އަހާލިއެވެ. ޙަސަން ދީދީ: ކޮބާ މިހާރު ހާދަ ފަލަވެއްޖޭ ދޯ!؟ މަނިކުފާނު: އާން ...! (ހޭން ފެށުމަށްފަހު) ފަލަ މީހުން އަންނަ ތަނެކޭ މީ..!! މިކަމެއް ނެތް ކުރެވޭކަށް....!! މީ ވާވަރުގެ ކަމެއް ނޫން..!! އެކަމު، މިކަން ނުކޮށެއް ވެސް ނުވާނެ ..!! ޑޮކްޓަރ ބުނީ ހަނޑޫ، ހަކުރު، ފުށް - [ނޮވެންބަރު 3](https://addana.mv/3852) - 1988 ނޮވެންބަރު 3 ވަނަ ދުވަހަކީ ހަނދާނުން ފިލައިގެން ނުދާނެ ތާރީޚެކެވެ. އެ ތާރީޚު މީހަކު ބުނާ އަޑު އިވުނަސް ވެސް ކަންފަތުގައި ގުގުމައިގެންދަނީ އެ ދުވަހު އެތަންމިތަނުން ގޮވަމުން ދިޔަ ވަޒަންތަކާއި އުންޑަތަކުގެ އަޑެވެ. އެ ރެއާއި އެ ދުވަހުގެ އެ ނާމާން ބިރުވެރި ވަގުުތުކޮޅު ސިފައިންގެ ތެރޭގައި ދެމިގެން ދިއައީ ކުޑަކުޑަ ހިނދުކޮޅަކަށެވެ. ކަނޑުވާ މީހާ ކަނޑުވާ ވަގުތު ބިރުގަންނަ ފަދައިންނެވެ. އަދި ކަނޑުވުމުން އެ މީހާގެ ކިބައިން ކަނޑުވުމުގެ ބިރުވެރިކަން ފިލައިގެންދާ ފަދައިންނެވެ. - [ނަޞްރުގެ ދުވަހުގެ ބަޠަލުން](https://addana.mv/3843) - 1988 ނޮވެންބަރު 3 ވަނަ ދުވަހަކީ މި ފަހުގެ ތާރީޚުގައި ދިވެހިން ދުށް އެންމެ ބިރުވެރި ދުވަހެވެ. އަރާމު ތަންމަތިތަކުގައި ނިދިފައި ތިބި ދިވެހިންނަށް ކުއްލި ސިހުމެއް އައިސް ހޭލެވުނީ ޤައުމަށް ޣައްދާރުވި ދެތިން ދިވެހިންނާ ގުޅިގެން ތަމަޅަ ބާޣީން ޖަހަމުން ދިޔަ ބާރު ބާޑީގެ އަޑަށެވެ. މި ޢުދުވާނުގައި 19 ދިވެހިން ޝަހީދުވި އިރު އޭގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ 8 ބަޠަލުން ވެސް ހިމެނެއެވެ. ދިވެހި ޤައުމު ދެމިއޮތްހާ ހިނދަކު މި ދެންނެވި ޝަހީދުންގެ - [ޚަލްޤުތަކުންގެ ޙައްޤުތައް](https://addana.mv/3820) - ކާއިނާތާއި މުޅި ކާއިނާތުގައިވާ އެންމެހައި ތަކެއްޗެއް އުފެއްދެވި ޚާލިޤަކީ ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަޙޫ ވަތަޢާލާއެވެ. އެކަލާންގެއީ ޚާލިޤުވަންތަ އެއްކައުވަންތަ އިލާހެވެ. އެކަލާނގެ ފިޔަވައި އެންމެހައި ތަކެއްޗަކީ ޚަލްޤުތަކެވެ. އިސްލާމްދީނުގައި ވަނީ އެންމެހައި ޚަލްޤުތަކުންގެ ޙައްޤުތަކަށް އިޙްތިރާމްކުރަން ގޮވާލައްވާފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައި އަންގަވަނީ "ބިމުގައި ހިނގާބިނގާ އުޅޭ، ދިރޭ ކޮންމެ އެއްޗެއް ވިޔަސް، އަދި އޭގެ ދެ ފިޔައިން އުދުހޭ ދޫންޏެއް ވިޔަސް، ތިޔަބައިމީހުން ފަދަ އުންމަތްތަކެއް ކަމުގައި ނޫނީ ނުވެއެވެ. ފޮތުގައި - [ދިވެހީންގެ މެދުގައި ބަހުސް ކުރެވިގެން ނުވާނެ މައުޟޫޢެއް](https://addana.mv/3839) - ދިވެހިންގެ ތާރީޚު ޞައްޙަ މަގުން އެނގެން ފެށިތާ ނުވަ ޤަރުނު ވަނީއެވެ. މި ދިގު މުއްދަތުގައި ދިވެހިން ވަނީ ފަޚުރުވެރި ތާރީޚެއް މާޒީއަށް ދޫކޮށްފައެވެ. ދުނިޔޭގެ ބިޔަ ޤައުމުތަކުގެ ބަނޑުދޮށުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކަނޑުގައި، އިޝްތިރާޖީ މުހިންމު މަޤާމެއްގައި އޮވެ، ދިވެހީން ވަނީ އެބައި މީހުންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ދަމަހައްޓައިފައެވެ. އެ މީހުން ޤަބޫލުކުރާ ފަލްސަފާ ޙިމާޔަތްކޮށްފައެވެ. އަމިއްލަ ޙަޟާރަތަކާއި ޤައުމިއްޔަތެއް ވަނީ ޤާއިމުކޮށްފައެވެ. ދިވެހީންގެ އަމިއްލަ ވަންތަކަމާއި ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތްކުރެވިފައިވަނީ ކާބަފައިންގެ - [ޒަމާނީ ބަދަލާ އެކު ސިކުނޑިއަށް އިތުރު ބަރެއް](https://addana.mv/3831) - ޒަމާން ބަދަލުވަމުން ދަނީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. އާދަކާދައާއި ސަޤާފަތް ބަދަލުވެގެން ދަނީ ހިނދުކޮޅެއްގެ ތެރޭގައެވެ. ހަނދާނާއި ތާރީޚުގެ ތެރެއަށް ޖެހިލާ އިރު ރޯދަމަހު އަސުރުން ނިމިގެން ރޭޒަރު ތިލައާއި ކުދި ކަޓަރު ފަދަ ތޫނު އާލަތްތަކާ އެކު މިސްރާބު ޖަހަނީ ވަލުތެރެއަށެވެ. ރީތި ކެރަފަތްކޮޅެއް ކަނޑައިގެން ކުޑަކުދިންނާއި ޒުވާނުން ބޮޑުމަގުކޮޅަށް އެއްވެ ކެރަފަތު ދޯނި ހަދަން ފަށައެވެ. އެކި ކިއްސަރުތަކަށް ހަދާ ދޯނިތަކުގެ މަސައްކަތް ނިމިގެން ގެއަށް އާދެވޭނީ ރޯދަވީއްލާ ގަޑިއަށެވެ. ރޯދަ ވީއްލާ ނިމި - [އުސްއިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ނިންވުމަށް، މިހާރު ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުން](https://addana.mv/3756) - ގެދޮރު އިމާރާތްކުރުމަށް ބިންލިބުމުގައި ދަތިވުމާއި އާބާދީ އިތުރުވުމުގެ ސަބަބުން އުސް އިމާރާތްތަކުގެ ޑިމާންޑް ދަނީ ދުވަހެއްދުވަހަކަށް އިތުރުވެފައެވެ. އަދި އުސް އިމާރާތްތަކުގައި ފަޔަރ ސޭފްޓީއަށް ނުވިސްނައި އިމާރާތްކުރުމުގެ ސަބަބުން، ހިނގާ އަލިފާން ނިއްވުމަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ހަމައެކަނި ސިޑިއެއް ނުވަތަ ލިފްޓެއް ބޭނުންކޮށްގެން އިމާރާތްތަކުގައި ދިރިއުޅޭ މީހުން ސަލާމަތުން އެތަނުން ނެރެން ބެލިކަމުގައި ވިޔަސް މިއީ ވަރަށް ގިނަ ވަގުތާއި މަސައްކަތެވެ. މި ދެންނެވި ސަބަބުތަކަށްޓަކައި ފަޔަރ ސޭފްޓީއަށް ވިސްނައިގެން އިމާރާތްތައް ހެދުމާއި - [އަންހެން ސިފައިންގެ ކުރިއެރުން](https://addana.mv/3762) - ފާއިތުވި 31 އަހަރުގެ ތެރޭގައި އަންހެން ސިފައިން ވަނީ ތަފާތު ދާއިރާތަކުން ކުރިއެރުންތައް ހޯދާފައެވެ. މިގޮތުން އެކި ދާއިރާތަކުން ޚާއްޞަ ތަޢުލީމާއި ތަމްރީނު ހޯދާފައިވާ އަންހެން ސިފައިން މަދެއް ނޫނެވެ. ސިފައިންގެ ތެރޭގައި ހިންގާ ކޯސްތަކުންނާއި ސިފައިންގެއިން ބޭރުން ފުރިހަމަކުރާ ކޯސްތަކުން ރަންވަނަތައް ހޯއްދަވާފައިވާ ކަނބަލުން ނިސްބަތުން ބަލާނަމަ މަދު ނުވާނެކަން ޔަޤީނެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތާރީޚުން 128 ވަނަ އަހަރު ގުނަމުންދާއިރު އަންހެން ސިފައިން ހިމެނިގެންދަނީ ޚިދުމަތުގައި ވަރަށް ހަގު ބައެއްގެ ގޮތުގައެވެ. - [ބައްޕައެއްގެ ސަބަބުން ޖިންނީންނާ ހަނގުރާމަ ކުރަމުންދާ އަންހެނެއްގެ ދިރިއުޅުން](https://addana.mv/3815) - މިއީ ހަޤީޤީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އިންސާނުންނެކޭ އެއްފަދައިން ޖިންނި ޝައިޠާނުންނަކީ ވެސް މާތްﷲ އުފައްދަވާފައިވާ މަޚުލޫޤުންނެވެ. ބައެއްފަހަރު ޖިންނި ޝައިޠާނުންގެ ކިބައިން އިންސީންނަށް އުނދަގުލާއި ގެއްލުން ކުރިމަތިވެއެވެ. ނަމަވެސް ޖިންނީންގެ ކިބައިން ރައްކާތެރިވުމަށް އިންސީންނަށް ކުރެވޭނެ ކަންކަން ވަނީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައެވެ. އަހަރެންނަކީ މާލޭގެ އުތުރު ރަށަކަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. ދިރިއުޅެނީ މާލޭގައެވެ. މީލާދީން 2010 ވަނަ - [ކޯވިޑް 19 އަށް ސިފައިންގެ ހިއްސާ ބޮޑު](https://addana.mv/3808) - މުޅި ދުނިޔެ އެ ބަލިމަޑުކަމެއް ތަޙައްމަލު ކުރަމުންދާ ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށް، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް، ޤައުމީ ދިފާޢީ ބާރުން 24 ގަޑިއިރު ކުރަމުންގެންދާ މަސައްކަތަށް ތަޢުރީފު ޙައްޤެވެ. ޤައުމީ މަސައްކަތުގައި ސިފައިންގެ ހިތްވަރާއި ފަންވަރުން މަސައްކަތުގެ މައިދާނުގައި ކުރަމުންގެންދަނީ ވަރަށް ބޮޑު ހިއްސާއެކެވެ. މި އޮޕަރޭޝަނާ ގުޅިގެން ކަންކަން ރާވައި ހިންގުމުގެ އަމަލީ މަސައްކަތުގައި ސިފައިން ދައްކަމުންދާ ހުނަރާއި ޤާބިލުކަން ފާހަގަކޮށްލެވެއެވެ. ވަގުތާއި ހާލަތަށް ބަލައި ކުރަމުންގެންދާ ބުރަ މަސައްކަތުން ވެސް ސިފައިން - [ޤައުމީ ސަލާމަތީ މަޞްލަޙަތު ހިމާޔަތްކުރުން](https://addana.mv/3799) - ކޮންމެ ޤައުމެއްގައި ވެސް ޤައުމީ ސަލާމަތް ބިނާވަނީ އެ ދައުލަތުގެ ރައްކާތެރިކަމަށާއި އެތެރެއާއި ބޭރުގެ އެންމެހާ ނުރައްކާތަކުން އެ ދައުލަތާއި އެ ދައުލަތުގެ މަޞްލަޙަތުތައް ހިމާޔަތްކުރުމުގެ މައްޗަށެވެ. ޤައުމީ މަޞްލަޙަތު ނުވަތަ ޤައުމީ ސަލާމަތީ މަޞްލަޙަތަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ލަނޑުދަނޑިތަކާއި ތަޞައްވުރުތަކަށް އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އިސްކަންދީ ކުރިއެރުވުމެވެ. ޤައުމީ ސަލާމަތީ މަޞްލަޙަތު ގުޅެނީ ޤައުމު، ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިންމުވާ ބަހާތަކުގެ މައްޗަށެވެ. ޤައުމީ ސަލާމަތީ މަޞްލަޙަތުތައް ހާސިލުކުރަނީ ޤައުމީ ބާރުގެ - [ހިނދުކޮޅެއް ކުރިން..](https://addana.mv/3794) - ކޮންމެ ކަމެއް ވެސް ވުމުގެ ކުރިން މިވެނިކަމެއް ނުވަތަ އެވެނިކަމެއް ކުރެވުނުނަމަ އޭ ހިތަށް އަރައެވެ. ހާދިސާތައް ހިނގާނެއެވެ. ނަމަވެސް ލިބޭގެއްލުންތައް ކުޑަކުރެވިދާނެއެވެ. އެއީ ދުރާލައި ތައްޔާރު ވެގެންނެވެ. ކަމެއްވުމުން ކުރެވޭނެކަމަކީ ސަލާމަތްވުމަށް މަސައްކަތް ކުރުމެވެ. ދެން ކުރިން ދުރާލައި އެޅިފައިވާ ފިޔަވަޅުތަކުގެ ފައިދާ ނެގުމެވެ. ކޮންމެ ކަމެއް ވެސް ގޯހުންގޯހަށް ދިޔުމުން، ހާދިސާގެ ހިނދުކޮޅެއްގެ ކުރިއަށް ވިސްނާލުން ބުއްދިވެއެވެ. މާލޭގެ ކޮންމެ 1500 މީހަކަށް ގުދަނެއް އެބަހުއްޓެވެ. ގުދަންތަކުގައި ރައްކާކުރާ ތަކެތީގެ ތެރޭގައި ޕީވީސީ، ޓަޔަރު، - [ޤައުމީ ބަޠަލުންގެ ޙުރުމަތް](https://addana.mv/3791) - ޝައްކެއްނެތެވެ. ޤައުމީ ބަޠަލުންނަކީ އެ ބޭފުޅުންނަށް ޓަކައި އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭ ބަޔެކެވެ. އެ ބޭފުޅުންގެ އުޅުއްވުމުގެ ރަނގަޅު ގޮތްތައް ބަލައި، އެ ބޭފުޅުން ޤައުމަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، އެކަންކަމުން ޢިބްރަތް ލިބިގަންނަންޖެހޭ ބައެކެވެ. މިދެންނެވިގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި، މިހާރަކަށްއައިސް މަދުންނަމަވެސް މިއިވޭ ބައެއްކަހަލަ އަޑުތަކަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ އެކަކު ވެސް އަހާހިތްވާނޭ އަޑުތަކެއް ނޫނެވެ. މިދެންނެވި ޒާތުގެ ވާހަކަތައް ދެކެވުނީ ޙަޤީޤަތް އެއްގޮތަކަށް ވެސް ނޭނގިތިބެއެވެ. އެކަން އެހެންވަނީ، ތާރީޚު ރަނގަޅަށް ދިރާސާނުކޮށް، - ["ބަސްނާހަންޏާ ގެންދާނީ ސިފައިންގެއަށް!"](https://addana.mv/3787) - ވާނީވެސް އެހެންތާއެވެ. ސިފައިންގެއަކީ "ބިރުވެރި"، "ނާމާން" ތަނެއް ވިއްޔާއެވެ. ހަތިޔާރާއި ބަޑީގެ ގުދަނެއް ވިއްޔާއެވެ. އެފަދަ ތަނަކަށް ދާން އެދޭނީ ކާކު ހެއްޔެވެ؟ ދެން ވީގޮތަކީ، އަޅުގަނޑު ބޮޑުވީއެވެ. ޒުވާނަކަށް ވީއެވެ. ސިފައިންގޭގެ ހައިބަތާއި ޤަދަރު ވިސްނިއްޖެއެވެ. އެތަނަކީ ޙަޤީޤަތުގައި ކޮންތަނެއްކަން ރޯފިލައިފިއެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. އަޅުގަނޑުމެންގެ ޙިމާޔަތުގެ މަރުކަޒެވެ. މި ދީބުގެ ދަގަނޑު ދަހަނާއެވެ. މި ފަސްގަނޑުގެ މައްޗަށްވާ ރައްކާތެރިކަމުގެ ފޭރާމެވެ. ދަޢުލަތުގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް - [ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި ޒަޚަމުވި ޕްރައިވެޓް ޢަބްދުއްނާޞިރު ޔޫސުފް – އަދިވެސް އެ ވޭނުގައި](https://addana.mv/3783) - 1988 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފަކީ ހިތްވަރު ގަދަ ބަޠަލެކެވެ. ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ދުޝްމަނުންގެ ކިބައިން މި ލޮބުވެތި ވަޠަން ސަލާމަތްކުރުމުގައި ދުޝްމަނުން އަމާޒު ފަތްގަނޑަކަށް ވި ނަމަވެސް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި މަސައްކަތްކޮށްފައިވާ ކުޅަދާނަ، އަދި މި ދިވެހި ޤައުމާއި ދިވެހި ރައްޔިތުން މިއަދު ފަޚުރުވެރިވާފަދަ ބަޠަލެކެވެ. ޢަބުދުއްނާޞިރު ޔޫސުފު ސިފައިންގެ ޚިދުމަތަށް ނިކުންނަވާފައިވަނީ - [އެލިޒަބަތު ބޯޔާގެ ފުވައްމުލަކު ދަތުރު](https://addana.mv/3719) - ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުކަމަށްވާ ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅު ގުޅިގެން [ޔުނައިޓެޑް ސުވަދީބު އައިލެންޑް] ގެ ނަމުގައި ވަކި ދައުލަތެއް 1959 މާރިޗު މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރިއެވެ. އެއީ އައްޑު އަތޮޅުގައި އޭރު ތިބި އިނގިރޭސީން އަޑީގައި ތިބެގެން 1958 ޑިސެންބަރު 31 ވަނަ ދުވަހުގެރޭ އައްޑު އަތޮޅު ހިތަދޫގައި ފެށި ހަރަކާތުގެ ނަތީޖާއެވެ. 1959 ޖަނަވަރީ 1 ވަނަ ދުވަހު އައްޑު އަތޮޅުގެ ރައްޔިތުން ދިވެހި ސަރުކާރުން - [އަސްކަރިއްޔާއިން އަންހެނުން ހޯދި އަރުތަ](https://addana.mv/3727) - ގަދީމީ ދުނިޔޭގައި އަންހެނުންގެ ވާހަކަތައް ލިޔެވުނީ ސަފުހާތަކުގެ ހަވާސާގައެވެ. އެ މީހުންގެ ޚިދުމަތްތަކަށް ބެލީ ކަނު ލޯތަކުންނެވެ. އެ މީހުންގެ ވާހަކަތައް އެހީ ބީރު ކަންފަތްތަކުންނެވެ. އެ މީހުންގެ މަތިވެރި ގުރުބާނީ އޮތީ އަނދިރިކަމެއްގެ ތެރޭގައެވެ. ނަތީޖާއަކަށްވީ ގަރުނުތަކެއް ފަހުން ދުނިޔެއަށް ހިންދެމިލައި، ޙައްޤުގެ މައިދާނަށް ނުކުންނަން އަންހެނުންނަށް މަޖުބޫރުވުމެވެ. އެ މީހުންގެ މަސައްކަތުން އެ ހިތްވަރު ހުރި ވާހަކަތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމެވެ. ފިރިހެނުންނެކޭ އެއްފަދައިން ޤައުމީ ޚިދުމަތުގެ ސަފުން ޖާގަ ކަށަވަރު ކުރުމެވެ. އެންމެ - [ސްޓޫޑަންޓް ލީޑަރޝިޕް ޕްރޮގްރާމުގައި އަޅުގަނޑުގެ ތަޖުރިބާ](https://addana.mv/3724) - ދިވެހި އަސްކަރިއްޔާއަކީ އިޖުތިމާޢީ އަދި ޢިލްމީ ކަންތައްތަކަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ މުއައްސަސާއެކެވެ. ޤައުމީ ވާޖިބުތަކުން ފެށިގެން ފަރުދީ ޒިންމާތަކާއި ހަމައަށް ސިފައިންނަކީ ލާމަސީލު ބައެކެވެ. އެގޮތުން ބަލާއިރު ސިފައިންނާއި ސްކޫލުތައް ގުޅިގެން ހިންގާ "ސްޓޫޑަންޓް ލީޑަރޝިޕް ޑިވަލޮޕްމަންޓް ޕްރޮގްރާމް" ނުވަތަ ލީޑަރޝިޕް ކޭމްޕަކީ ސިފައިންގެ ޤާބިލްކަން ފެނިގެންދާ ހަރަކާތެކެވެ. 2019 ވަނަ އަހަރު އެމްއެންޑީއެފް މާލެ އޭރިއާ އާއި ތާޖުއްދީން ސްކޫލް ގުޅިގެން ހިންގި ސްޓޫޑަންޓް ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ނަސީބު އަޅުގަނޑަށް - [އުމުރުން 18 އަހަރުގައި ފެށްޓެވި ސިފައިންގެ ޚިދުމަތުން އަސްކަރިއްޔާގެ އެންމެ މަތީމަޤާމަށް!](https://addana.mv/3767) - ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ސަރވިސް ނަންބަރު: 1089، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ވޭތުވެދިޔަ 32 އަހަރުގެ ދިގު މާޒީގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެކި މަޤާމުތައް ފުރުއްވައި، ދިވެހި ޤައުމަށާއި މުއައްސަސާއަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާ އެކު ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާ ޙަވާލުވެވަޑައިގެން - [އިސްލާމިކް ސްޓޭޓް](https://addana.mv/3739) - ރީތި ނަންނަމާއި، ނިޝާންތަކާއި ރަނގަޅު ޝިޢާރުތައް ބޭނުންކޮށްގެން ނުބައި އަނިޔާވެރި ޖަރީމާތައް ދުނިޔޭގައި ހިންގުމަކީ އައު ކަމެއް ނޫނެވެ. މިގޮތުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުން މުޚާޠަބު ކުރެވޭ ޣައިރުޤާނޫނީ ނިރުބަވެރި އަދި ތަކުފީރީ ފިކުރުގެ ޖަމާޢަތަކީ ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ހަރުކަށި، އެންމެ މުއްސަނދި އަދި ނުރައްކާތެރި ޖަމާޢަތެވެ. ތަކުފީރީ ފިކުރަކީ ފިގުހީ އަދި މަޒުހަބީ ކަންކަމުގައި އެބަޔަކު ގެންގުޅޭ ފިކުރާ ވިސްނުން ފިޔަވައި އެހެން ވިސްނުމެއް ގެންގުޅޭ ކޮންމެ މީހަކީ - [ދިވެހި ސިފައިންނަށް ސަތޭކަ އަހަރު ފުރުން](https://addana.mv/3693) - ސިފައިން އުފެދުނު ތާރީޚަކީ 1982 ކަމުގައި ތާރީޚީ ލިޔުންތަކުން ފެންނަން އޮތުމާއި، ސިފައިން އެ އަހަރުގެ "ހިތީގެ ކުޅިވަރު"ތަކުގައި ބައިވެރިވިކަން އެ ލިޔުންތަކުން އެނގެން، އޮތުމާއެކު، އެ މުނާސަބަތު އުފެދުނު ތާރިީޚުކަމަށް ސަރުކާރުން ކަނޑައެޅުއްވިއެވެ. މިގޮތުން ސަރުކާރުން ކަނޑައެޅުއްވުމާ ގުޅިގެން 1992 އޭޕްރީލް 21 ވަނަދުވަހު ސިފައިންގެ ޚިދުމަތަށް 100 އަހުރު ފުރުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވުނެވެ. އެ މުނާސަބަތުގައި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާ، ސިފައިންނާއި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް މިހާރަށްްވުރެއް - [ކޯސްޓްގާޑުގެ ޚިދުމަތަށް ފަޚުރުވެރި 40 އަހަރު!](https://addana.mv/3748) - ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑުގެ ޚިދުމަތަކީ ޤައުމީ ދިފާޢުއާއި ސަލާމަތާއި ރައްކާތެރިިކަމުގެ އިތުރުން އިންސާނީ ވަރަށް މުހިންމު ޚިދުމަތެކެވެ. 1980 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ރަސްމީ ގޮތުން ދިވެހި އަސްކަރިއްޔާގައި ފެށުނު ކޯސްޓްގާޑުގެ ޚިދުމަތަކީ ފަޚުރުވެރި ތާރީޚެއް ލިބިފައިވާ އަގުހުރި ޤައުމީ ޚިދުމަތެކެވެ. މި ޚިދުމަތް ތަރައްޤީކޮށް މިހިސާބަށް ގެނެސްދީފައިވަނީ ދިވެހި އަސްކަރިއްޔާގައާއި ކޯސްޓްގާޑުގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި ވެރިންނާއި، ކޯސްޓްގާޑުގައި ޚިދުމަތްކުރެވި މާލިމީންނާއި ނެވިން، އަދި ކަލާސީނުންގެ އިޚްލާޞްތެރި - [ފައުޖީ އަތިރީގެ އަޙްމަދު ދީދީ](https://addana.mv/3714) - "މަތިވެރި އެ މާތް ބަޠަލުގެ ހަނދާން ހިތުގައި މިއަދު އައު ކޮށްލުމުންމަތިވެރި އެ ރޫޙާ ގުޅުވަނީ ހިތްތައް މިދެން ރޫޙީ ގޮތުން" އަޅުގަނޑުމެން ސިފައިން (ރިޓައަރީން ވެސް ހިމަނައިގެން)، ސިފައިންގެ ޚިދުމަތުގެ ތެރެއިން އުފެއްދި ހަރުދަނާ ޝަޚްޞިއްޔަތުންގެ ޙަޔާތްޕުޅު ވީވަރަކުން ބަލައި، ހޯދައި ދަސްކުރަންވާނެއެވެ. އެ ބޭފުޅުންގެ ޙަޔާތްޕުޅުން ފިލާވަޅު ލިބިގަންނަން ވާނެއެވެ. ސިފައިން އުފެއްދި ބޭނުމާއި ސިފައިންނަށް ޤައުމަށް ޓަކައި އުފުލަން ޖެހިފައިވާ ޒިންމާގެ އަގު ވަޒަން ކުރެވޭނީ އޭރުންނެވެ. މާޒީވެ ދިޔަތަނަށް ފަސް އެނބުރި - [ރާއްޖޭގެ އެންމެ ފުރަތަމަ ގޯލްޑަން ގޯލް ޖެހި ފަޚުރުވެރި ކުޅުންތެރިޔާ](https://addana.mv/3697) - ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް (ސނ: 1412) އަކީ ކުޅިވަރުގެ ދާއިރާއިން މި މުއައްސަސާ ފަޚުރުވެރިވާފަދަ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ސްޕޯޓްސްމަނެކެވެ. ރާއްޖޭގެ ފުޓްބޯޅަ ޤަވާޢިދަށް ގެނައި ބަދަލާއެކު، ރާއްޖެއަށް ގޯލްޑަން ގޯލް ތަޢާރަފުކޮށްގެން ކުޅުނު ފުރަތަމަ މުބާރާތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ގޯލްޑަން ގޯލް ޖަހައި ތާރީޚުން ޖާގަ ހޯދި ދިވެހި ކުޅުންތެރިޔާއެވެ. މި މުއައްސަސާ ފަޚުރުވެރިކޮށްދިން މި ކުޅުންތެރިޔާއަކީ ފުޓްބޯޅަ މުބާރާތެއްގެ ތަށްޓެއް އެންމެ ފުރަތަމަ ސިފައިންނަށް ލިބުނު ފަހަރު ސިފައިންގެ ޓީމުގެ ކެޕްޓަނެވެ. - [ކޯޕްރަލް މުޙައްމަދު ޒައިދާންގެ ހަނދާނުގައި](https://addana.mv/1688) - ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވުމުގެ ފުން ހިތާމައިގައި ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރެއްވިއެވެ. އެ ޒުވާނާގެ ޖަނާޒާ ކުރިއަށް ގެންދެވީ ސިފައިންގެ ރަސްމީ ޢިއްޒަތުގައެވެ. ސަންދޯއްމަތިން ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދިދަ އޮތީ އަޅާފައެވެ. ސަންދޯއް އުފުލީ ޔުނީފޯމުގައި ތިބި ސިފައިންނެވެ. ކޯޕްރަލް ޒައިދާނަށް އެންމެ ފަހުގެ އިހުތިރާމު ސިފައިން އަދާކުރީ ހަތްބަޑީގެ ސަލާމަކުންނެވެ. ކޯޕްރަލް ޒައިދާންގެ ސަންދޯއްމަތީގައި އަޅާފައި އޮތް ގައުމީ ދިދަ އޭނާގެ ލޮބުވެތި ޢާއިލާއާ ހަވާލުކުރެއްވިއެވެ. ކޯޕްރަލް މުޙައްމަދު ޒައިދާނުގެ އަގުމާތް ގައުމީ - [އަލްމަރުޙޫމް ސްޓާފް ސާޖަންޓް ޔައުޤޫބް އަޙްމަދުގެ ގައުމީ ޚިދުމަތް](https://addana.mv/3680) - އެތުލެޓިކްސްއަކީ އޭނާގެ ޕެޝަނެކެވެ. ދުވުމާއި އެތުލެޓިކްސްގެ ތެރެއިން ކުޅޭ ކުޅިވަރުތަކާ ދެމެދު އޭނާގެ އޮތީ ހިތާހިތުގެ ގުޅުމެކެވެ. ދިވެހިރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޤައުމީ އެތުލެޓިކްސް ޕޫލުގައި ވެސް ހިމެނުނެވެ. އެތުލެޓިކްސްގެ ބައެއް މުބާރާތްތަކުގައި ސިފައިންގެ ތަމްސީލުކުރައްވައި، ރަންވަނަތައް ހޯއްދެވިއެވެ. ސިފައިންގެއަށް އެތައް ފަހަރަކު ރީތި ނަމާއި ޝަރަފު ހޯއްދަވައިދެއްވިއެވެ. އެތުލެޓިކްސްގެ އިތުރުން އޭނާގެ ޝައުޤުވެރިކަން ގުޅިފައިއޮތީ ރާއްޖޭގެ ހިތްގައިމު ރީތި މޫދާއި ކަނޑެވެ. ފްރީ ޑައިވިންގއަކީ އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށް އެންމެ ކުރާހިތުން ކުރެއްވި ކަމަކަށް ހެއްދެވިއެވެ. - [ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ](https://addana.mv/3677) - އެއީ ޑިސެންބަރު މަހު 3 ވަނަ ދުވަހެވެ. އޮފީހުގެ މަސައްކަތުގައި އުޅެފައި ލިބުނު ހުސް ވަގުތެއްގައި ބަލާލެވުނީ މީސް މީޑިއާގެ މަންސަ "ފޭސްބުކް" އަށެވެ. މުޅި ފޭސްބުކްގައި އޮތީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ސާޖަންޓް ޙަސަން ސާޢިދަށް މަރުޙަބާ ކިޔުމެވެ. ރަނގަޅަށް ބަލާލިއިރު، މިއުޅެނީ ސްޓާފް ސާޖަންޓް ސާޢިދު ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާގެ މަޤާމު ހޯއްދަވައިގެންނެވެ. އާދެ، މިހާރު ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން - [ސަވައިވަރޝިޕް ބަޔާސް](https://addana.mv/3658) - ސަވައިވަރޝިޕް ބަޔާސްއަކީ ފަހަރުގައި ކިޔާލަން ފަސޭހަ ބަހަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް، މިއީ، ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކޮންމެހެން އެނގެންޖެހޭ އެއްޗެއްކަމަށް ޤަބޫލުކުރެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ސަވައިވަރޝިޕް ބަޔާސްއަކީ ކޮބައިތޯއެވެ؟ ކުރުގޮތަކަށް ދަންނަވަނީ ނަމަ، ސަވައިވަރޝިޕް ބަޔާސް ނުވަތަ ސަރވައިވަލް ބަޔާސްއަކީ ލޮޖިކަލް ރީސަނިންގގައި ޖެހޭ މައްސަލައެއް ބަޔާންކޮށްދިނުމަށް ބޭނުންކުރެވޭ ނުވަތަ ކޮށްއުޅޭ ޖުމްލައެކެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ، ވަކި ކަމަކާ ބެހޭގޮތުން އެއްކުރެވިފައިވާ ސްޓެޓިސްޓިކަލް ޑާޓާ ޖުމްލަ ގޮތެއްގައި އެކަމަކާ މެދު، - [އަންހެނުންގެ ޙައްޤުތައް](https://addana.mv/3652) - އަންހެނުންގެ ޙައްޤުތަކުގެ ވާހަކައަކީ ބައިނަލްއަގުވާމީ މުޖުތަމަޢުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދެކެވި، ވަކާލާތުކުރެވެމުންދާ މަޢުޟޫ އެކެވެ. ދިވެހިރާއްޖޭގައި އެކުލަވާލެއްވި 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއަށް ފަހު ދިވެހި މުޖުތަމަޢުގައި ވެސް ޖެންޑަރ އީކުއަލިޓީ (މިންތީ ހަމަހަމަކަން) އާއި އަންހެނުންގެ ޙައްޤުތަކުގެ ވާހަކައިގެ އަޑު އޮތީ ގަދަވެގެން ގޮސްފައެވެ. އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމާ ބެހޭގޮތުން ކުރެވޭ އެ ބަހުސްގައި، ބައެއް ފަރާތްތަކުން ކުރާ އެއް ސުވާލަކީ، “ހަމައެކަނި އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟” މިއެވެ. އެ - [ފޭކް ނިއުސް - ދެނެގަންނާނީ ކިހިނެއް؟](https://addana.mv/3648) - ފޭކް ނިއުސްއަކީ، ނިއުސް ސްޓޯރީއެއްގައި ހިމެނޭ ޙަޤީޤީ މަޢުލޫމާތުގެ އޮއްޓަރު އޮޅުވާލައިގެން، މީހުންގެ ޖަޒުބާތާއި އިހުސާސްތަކަށް އަސަރު ފޯރުވުމަށް ފަތުރާ ޚަބަރެވެ. މި ޒާތުގެ ނިއުސް ސްޓޯރީތައް، ޙަޤީޤަތާ އެއްގޮތް ކުރުމަށް ޓަކައި، ބާރުދޭ ހެކިތަކާއި، ތިއަރީތައް ހިމަނައިގެން މީހުންގެ ބޮލަށް 'ވަސްވާސް' ވެއްދުމަށް މަސައްކަތްކޮށްފައި ހުރެއެވެ. ކަންކަމުގެ ފުރިހަމަ މަޢުލޫމާތާއި ވިސްނުން ނެތް ބައެއް މީހުންނަށް މި ޒާތުގެ ނިއުސް ސްޓޯރީތައް ވަރަށް ފަސޭހައިން ޤަބޫލުކުރެވެއެވެ. "ފޭކް ނިއުސް" - މި ޓާމަކީ، ވަރަށް ފަހަކުން - [ރާއްޖެ ޒިޔާރަތްކުރާ މޫސުމީ ފްލެމިންގޯ](https://addana.mv/3624) - ފްލެމިންގޯ ނުވަތަ ދިވެހިން ކިޔާ ގުޑުގުޑާދޫންޏަކީ މާކަނާ ގޮތަށް ތިންގުދު ނޮޅިއާ ވައްތަރު ގޮތަކަށް ކަރު ހުންނަ ބޮޑު ދޫންޏެކެވެ. ފިޔަތަކުގައި ހުންނަ ހިތްގައިމު ފިޔާތޮށިކުލައި ސަބަބުން ކުދިބޮޑު އެންމެންގެ މެދުގައި ވެސް މަޤުބޫލު މި ދޫނި ދޭތެރެއަކުން މޫސުމީ ގޮތެއްގައި ދިވެހިރާއްޖެއިން ވެސް ފެންނަމުންދެއެވެ. ޚާއްޞަކޮށް އެ ސަރަހައްދެއްގެ ވެއްޓާއި ތިމާވެށީގެ ތަފާތު ބަދަލުތައް ދެނެގަތުމަށް އެ ސޮރުމެން ހިޖުރަކުރާ ވައްޓަފާޅިން މުހިންމު ކަންތައްތަކެއް ބުނެދެއެވެ. ވެށީގެ ފިނިހޫނުމިނާއި، ކާނާ ލިބެންހުރި މިންވަރާއި، ބްރީޑިންގ ކޮންޑިޝަން - [ދުންފަތަކީ ނުރައްކާތެރި އެއްޗެއް! ހުއްޓާލާ!!](https://addana.mv/3621) - ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާކަމުގައި ދެންނެވިދާނެއެވެ. ވަކި ޖިންސެއް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. ބައްޕައިންނާއި މަންމައިންނެވެ. މާމައިންނާއި ކާފައިންނާއި ޒުވާނުންނެވެ. މުއްސަނދިންނާއި ފަޤީރުންނެވެ. މާބަނޑު އަންހެނުންނެވެ. މި ނުރައްކާތެރި ވަބާގެ ސަބަބުން އިންސާނާގެ ހަށިގަނޑު ވަރަށްގިނަ ބަލިތަކުގެ ޝިކާރައަކަށް ހުށަހެޅެއެވެ. އަދި ހަމަ އެހެންމެ ދުންފަތުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގައި އަހަރެއްގެ މައްޗަށް 8 މިލިއަން މީހުން ދުނިޔެ ދޫކުރެއެވެ. ސިނގިރޭޓަކީ އެތައް ވިހަ މާއްދާތަކެއް - [ޓައިފޮއިޑް ހުން](https://addana.mv/3618) - ޓައިފޮއިޑް ފީވަރ، ޓައިފޮއިޑް ހުން ނުވަތަ އެންޓެރިކް ފީވަރއަކީ "ސަލްމޮނެއްލާ ޓައިފައި" ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ، ބައެއްފަހަރު ވަރަށް ނުރައްކާތެރި ބައްޔެކެވެ. ޓައިފޮއިޑް ހުން ޖައްސާ ޖަރާސީމް ފުރަތަމަ ހޯދާފައިވަނީ 1879 ގައި އެމެރިކާގެ ޕެތޮލޮޖިސްޓެއްކަމަށްވާ ކާލް ޖޯސަފެވެ. ނަމަވެސް ކަމާބެހޭ މާހިރުން ބުނާގޮތުގައި 430 ވަނަ ޤަރުނުގައި އެތެންސްއަށް ކުރިމަތިވި ބޮޑު ބަލިމަޑުކަމަކީ ވެސް މި ޖަރާސީމުގެ ސަބަބުން ދިމާވި ކަމެކެވެ. މި ބަލިމަޑުކަމުގައި ތިން އަހަރު ދުވަހުގެ ތެރޭގައި ގްރީސްގެ އެތެންސް އިން - [ހިމަބިހި](https://addana.mv/3615) - ހިމަބިހި (Measles virus) އަކީ ވައިރަހެއްގެ ސަބަބުންޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް (Measles) ގެ ސަބަބުންނެވެ. މި ބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި، މި ބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ. މި ބައްޔަކީ ކުޑަކުދިންނާއި އާންމު ގޮތެއްގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޖެހޭ ބައްޔެކެވެ. މި ބަލިން - ["ވަންތަކަން" ނެތިވުމުން އެކަމުގެ ހިތާމަކުރަން ޖެހޭނެއެވެ.](https://addana.mv/3610) - ދިވެހިންނަކީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގައި ނަމޫނާ ބައެކެވެ. ކޮންމެ ކަމެއްގައިމެ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ އެކުވެރި ބައެއް ވެސް މެއެވެ. މަސައްކަތްތެރިކަމުގެ ގޮތުން ލިބޭ އާމްދަނީއަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރާ، ރޭވުންތެރި، ހިންގުންތެރި، ޤާބިލު ބައެއް ވެސް މެއެވެ. އެންމެ އެވޭލާ ޒަމާނުންސުރެ ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން ކުރަމުން އައީ މައިގަނޑުގޮތެއްގައި ދަނޑުވެރިކަމާއި މަސްވެރިކަމެވެ. މިއަދު އެންމެ އަގުބޮޑު އަދި އެންމެ އާމްދަނީ ރަނގަޅު މަސައްކަތަކަށް ފަތުރުވެރިކަން ވީކަމީ އަޅުގަނޑުމެން ދިވެހިންގެ ނަސީބެވެ. - [ކުށްވެރިކުރަންވީ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ހެއްޔެވެ؟](https://addana.mv/3606) - ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައި ނުވިކަމުގައި ވީނަމަވެސް ނުރަނގަޅު އަމަލެއް އެއީ ރަނގަޅު އަމަލަކަށް ނުވާނެއެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަމުންމިދާ ޤާނޫނުތަކާއި ގަވާއިދުތައް ވުޖޫދަށް އައުމުގެ މާކުރިން އިލާހީ ޤާނޫނު އޮތީ ވުޖޫދުވެފައެވެ. އިސްލާމްދީނުގައި ދިރިއުޅުމުގެ ރީތި އެންމެހާ ސިފަތައް އަންގަވާފައިވެއެވެ. ކޮންމެ ދުވަހަކު އަޅުގަނޑުމެންނާ ދިމާވާ މަގުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށް މަގުމަތީގެ އަދަބުތަކެއް ވެއެވެ. އާދެ! މަގުމައްޗަކީ، އެ ތަނެއްގައި އަޅުގަނޑުމެން ހިނގާބިނގާވެ، އަދި ދިރިއުޅުމުގެ ބޮޑެތި އަދި މުހިންމު ބޭނުންތައް ކުރާ މުހިންމު ތަނެކެވެ. - [ކޮވިޑް-19 އޮޕަރޭޝަންގައި ސިފައިން](https://addana.mv/3599) - މި ލޮބުވެތި ޤައުމު އެދިގޮވާލި ކޮންމެ މަސައްކަތަކަށް އަދި ކޮންމެ ހާލަތަކަށް ފަސްޖެހުމެއްނެތި ސިފައިން ދަނީ ޤައުމަށް ޓަކައި މަތިވެރި ގުރުބާނީތަކެއް ވަމުންނެވެ. ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގައި ސިފައިންގެ އޭރިއާތަކުން ދަނީ ވަކި މޫސުމަކަށް ބެލުމެއްނެތި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންނެވެ. ދިވެހި ސިފައިންނަކީ އަބަދުވެސް ޤައުމީ ވާޖިބަކަށް އިސްކަންދީގެން، ޙަވާލުކުރެވުނު ކޮންމެ މަސައްކަތެއް ކުރަމުން އަންނަ ހީވާގި ބައެކެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ - [ދިވެހި ސިފައިންގެ ޤުރުބާނީ](https://addana.mv/3586) - މި ޤައުމަށް ޓަކައި ދިވެހި ސިފައިން ވެފައިވާ ވަރުގެ ޤުރުބާނީއެއްވީ ބަޔަކު މި ޤައުމަކު ނެތެވެ. ޤުރުބާންވުމަކީ ހަށިގަނޑާއި މުދަލާއި ފުރާނައިން ހޭދަކުރުމެވެ. ހަށިގަނޑާއި މުދަލާއި ފުރާނައިން ޤުރުބާންވެވޭ އިރު އޭގެ އެންމެމަތިވެރި ދަރަޖައަކީ ފުރާނައިން ވެވޭ ޤުރުބާނީއެވެ. ދީނާއި ޤައުމަށް ޓަކައި ވެވޭ ފިދާއެވެ. ފުރާނައަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ އެންމެ ޚާއްޞަ ނިޢުމަތެވެ. އެ ނިޢުމަތް އެއްވެސް އަމިއްލަ އެދުމެއްނެތި ދީނާއި ޤައުމަށް ޓަކައި ޤުރުބާންކޮށްލާ މީހާއަށް ވުރެ ހިތްވަރުގަދަ، ޢަޒުމް ވަރުގަދަ - [ދިވެހިން އާބާދުވުން، ސުވާލުމާކެއްގެ ތެރޭގައި!؟](https://addana.mv/3390) - ޢާންމުގޮތެއްގައި، "ތާރީޚު" މި ލަފުޒުގެ ތަޢާރަފުގައި މުވައްރިޚުން ގަބޫލުކުރައްވަނީ ތާރީޚު ފެށެނީ ޑޮކިއުމެންޓް ކުރެވެންފެށި ހިސާބުން ކަމަށެވެ. އިންސާނާ އޭނާގެ ޝުޢޫރުތައް ލިޔުމުން ހާމަކުރަން ފެށީ އިންސާނީ މުޖުތަމަޢު ތަރައްޤީވެ ކުރިއަރައިގެން އައުމުންނެވެ. މި ސްޓޭޖަށް އިންސާނާ ކުރިއަރައިގެން އައީ ހިސްޓޮރިކް ޕީރިއޮޑް އަށެވެ. އިންސާނުން ލިޔުމުން ޝުޢޫރުތައް ފާޅުކުރަން ފެށި ހިސާބުން ފެށިގެން ކުރީގެ ދުވަސްވަރަކީ "ޕްރީ-ހިސްޓޮރިކް ޕީރިއަޑް" ނުވަތަ ތާރީޚުގެ ކުރި ކަމުގައެވެ. މުވައްރިޚުން ވިދާޅުވަނީ "މީހުން ނެތް ބިމެއްގެ ތާރީޚެއް ނުވެއެވެ". "ލޭންޑްސް - [އިސްލާމީ މަރުކަޒު ބުނެއެވެ!](https://addana.mv/3483) - ފެނުމާއެކު ހިތް މަޑުމޮޅިވެ ހިމޭންވާނެއެވެ. ބުނެދެން ނޭނގޭ ޝުޢޫރުތަކަކުން ވަށާލާނެއެވެ. ފެންނަ ފެނުމަށް ހުދު ސާފު ބޯކިރުފޮދެއް ފަދައެވެ. އެއްވެސް ކުލައެއް މިލައެއްނެތް ރީތިކަމާއި ސާފުކަމެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނާނީ ރަންކުލައިގެ ބޮޑު ގުއްބެވެ. ހިތް ބުނާނެއެވެ. އެއީ ހާލިސް ރަނެވެ. އެހާވެސް ރަނާ އެއްކުލައެވެ. އޮމާންކަމުގެ ސަބަބުން އަރާފައި ހުންނަ އޮފާއި ދަޅައިން ތިބާގެ ދެ ލޯ އަޖައިބުވާނެއެވެ. އެ އަޖައިބުކަމުގައި ހުއްޓާ ދެން ފެންނާނީ އޮލަނބަށް ހިމޭން ކަމާއެކު ތެދަށް ހުންނަ - [ބޮޑުރާޅު ކާރިސާއާ ގުޅިގެން ސިފައިންގެ ޤައުމީ ޚިދުމަތް](https://addana.mv/3531) - 2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހަކީ ދިވެހި ތާރީޚު ދުށް އެންމެ ބިރުވެރި އެންމެ ނުރައްކާތެރި ޤުދުރަތީ މުސީބާތް ދިވެހިންނަށް ކުރިމަތިވި ދުވަހެވެ. އިންޑޮނޭޝިޔާގެ ސްމަޓްރާ ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީއޭ ކިޔާ ވައްތަރުގެ ބޮޑުރާޅުގެ ސަބަބުން 82 މީހުން މަރުވެ 26 މީހުން ގެއްލި އެތައް ރަށަކުން މީހުން އެހެން ރަށްރަށަށް ބަދަލުވާން ޖެހުނެވެ. ގޯތިގެދޮރު ބިމާ ހަމަވެ، ރުއްގަސް ވެއްޓި ބައެއް ރަށްރަށަށް ގަލާއި ކުނިބުނި ފުނިތަކެއްގެ ސިފައިގައި - [ރިލީފް ސެންޓަރުތަކުގައި ސިފައިން ހަރަކާތްތެރިވީ ކިހިނެއް؟](https://addana.mv/3539) - ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްދަތިކަމަށް ވާނީ އެމީހެއްގެ އަމިއްލަ ވަޒަނުން، އަމިއްލަ ގޯތިގެދޮރުން ނުކުންނަން ޖެހުމެވެ. ގެދޮރު ގެއްލި ރެފިއުޖީންގެ ގޮތުގައި އުޅެންޖެހުމެވެ. އުމުރު ދުވަހު ދާ އޮހޮރުވާގެން ކުރިމަސައްކަތުން ހޯދި ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެވުމެވެ. ފަލަސްތީނަށް ނުވަތަ އިތިއޯޕިއާއަށް ނުވަތަ އަފްޣާނިސްތާނަށް އުފަންވެފައިވާ ރައްޔިތަކަށް މި ތަޖުރިބާއަކީ އާކަމަކަށް ނުވާނެއެވެ. މި ހާލަތު މީގެކުރިން ތަޖުރިބާ ކޮށްފައިނުވާ މި “ދީވީން” ނުވަތަ ދިވެހިން އެ ހިތި ތަޖުރިބާ، - [ފޯވަރޑް ކޯޑިނޭޝަން ސެންޓަރ](https://addana.mv/3546) - ހާދަ ކިޔަމަންތެރިއެވެ. ދުވާލެއް ރޭގަނޑެއް، އަތްވެއް ވާރެއެއް ނެތެވެ. ވަރުބަލިކަމެއް ނެތެވެ. ޝަކުވާއެއް ނެތެވެ. ޝައުޤުވެރިކަމާ އެކީ އަރާމެއްނެތި ދިވެހި ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރަމުން އެދަނީ ހިތްހެޔޮކަމާ އެކީގައެވެ. ހާދަ ހިތްވަރުގަދައެވެ. ސާބަހެވެ. ދަރިފުޅުމެންނަށް ހަމަ ސާބަހެވެ. މިއީ ފޯވަރޑް ކޯޑިނޭޝަން ސެންޓަރ (އެފްސީސީ) 2، މ. މުލަކުގައި މަސައްކަތްކުރި ދިވެހި ސިފައިންނާ މުޚާޠަބުކޮށް އެ ރަށުގެ ރައްޔިތުން ފާޅުކުރަމުން ގެންދިޔަ ޝުޢޫރެވެ. މިފަދަ އަޑުތަކަކީ އެފްސީސީތަކުގައި މަސައްކަތް ކުރި ކޮންމެ ސިފައިންގެ މީހެއްގެ ކަންފަތުގައި ވެސް - [ދެގޮތެއް ނުވާ ޚިދުމަތުގައި ދިވެހި ސިފައިން](https://addana.mv/3341) - ދިވެހިރާއްޖެއަކީ ވަރަށް ދުވަސްވީ ޤަދީމީ ރާއްޖެއެކެވެ. ރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެންފެށި ވަކި ދުވަސްވަރެއް ކަނޑައަޅައި ނޭގުނު ނަމަވެސް ރާއްޖޭގައި ބަޔަކު ވަޒަންވެރިވެގެން އުޅޭތާ އެތަކެއް ހާސް އަހަރު ވެއްޖެއެވެ. “ދިވެހިރާއްޖޭގެ ވާހަކަ” ގައި ކިޔާ ފަދައިން ދިވެހިރާއްޖެއަކީ ބަހުރު ހިންދުގެ ތެރޭގައި އުތުރުން ދެކުނަށް އޮންނަ ރާއްޖެއެކެވެ. އިންޑިއާ ކަނޑުގައި ފަތުރާލެވިފައިވާ ސާލެއްގެ ގޮތުގައި އަމާންކަމާއެކު ރާއްޖެ އޮންނަ އޮތުމުގައި އަރަބި ކަނޑުގައި އުފެދޭ ބައެއް ތޫފާނުގެ އަސަރު ދޭތެރެ ދޭތެރެއިން ކުރެއެވެ. އެހެންމެ ރާއްޖޭގެ - [ފަޚުރުވެރި ދިވެހި ސިފައިން](https://addana.mv/3209) - މީހުން ނޫޅޭ ބިމެއްގައި ތާރީޚެއް ނުވެއެވެ. ބައެއްގެ މެދުގައި ނޫނީ ވެރިކަމެއް ނޯންނާނެއެވެ. ދިވެހިރާއްޖޭގައި މީހުން އުޅޭތާ ތިންހާހެއްހާ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެކަމަށް ބެލެވެއެވެ. ޢީސާގެފާނުގެ ތާރީޚުގެ ފަސްސަތޭކަ ވަރަކަށް އަހަރު ކުރިން ވެސް ދިވެހިރާއްޖޭގައި މީހުން އުޅޭކަމާއި އެ މީހުންގެ މެދުގައި ވެރިކަމެއް އޮތްކަން ބޭރުގެ މުވައްރިޚުންގެ ލިޔުންތަކުން އެނގެއެވެ. ވެރިންގެ ވެރިކަން ދިފާޢުކުރުމަށާއި އެ ވެރިންގެ ރައްޔިތުން ރައްކައުތެރި ކުރުމަށް މަސައްކަތްކުރާނެ ބަޔަކު ކޮންމެ ޒަމާނެއްގައި ވެސް ކޮންމެވެސް ނަމެއްގައި ތިބޭނެކަމަށް - [އަސްކަރީ ދާއިރާގައި އަންހެނުން: ސަގާފަތާއި މިންތީގެ ގޮންޖެހުންތައް](https://addana.mv/2595) - ދުނިޔޭގައި އަސްކަރީ ދާއިރާގައި އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހަމައެކަނި އަދަދެއް ނޫނެވެ. އަސްކަރިއްޔާތަކުގައި އަންހެނުންގެ ދައުރު ވެސް ދަނީ ފުޅާވަމުންނެވެ. މި ބަދަލާއެކު ވަރަށް މުހިންމު ސުވާލެއް ދިރާސާވެރިން އުފައްދައެވެ. އަސްކަރީ ޚިދުމަތުގައި އަންހެން ސިފައިންނަށް ހުރި ގޮންޖެހުންތައް ނިމުމަކަށް އައީތޯއެވެ؟ ޒަމާންވީ އަސްކަރީ ސަގާފަތް ބަދަލުވީތޯއެވެ؟ މި ސުވާލުތައް ކުރެވެނީ އަސްކަރިއްޔާގެ ތެރޭގައި އަންހެނުންގެ އަދަދު އިތުރުވުމުން އަސްކަރީ އޮޕަރޭޝަންތަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެކަމަށް ޒަމާނުއްސުރެ ބައެއް ފަރާތްތަކުން ޤަބޫލުކުރަމުން އަންނާތީއެވެ. އަދި - [ހާބަރކްރާފްޓްގެ ކުރޫންގެ ގޮތުގައި ހިތްވަރުގަދަ ކަނބަލުން](https://addana.mv/1841) - ކޯސްޓްގާޑަކީ، ޚިދުމަތުގެ ދާއިރާގައި ވަރަށް ބޮޑަށް ފިރިހެނުންގެ ޑޮމިނޭޝަން އޮތް ކަނޑުގެ ބާރެކެވެ. ކޯސްޓްގާޑުގެ ޚިދުމަތްތަކަށް ބަލާއިރު، ސާޗް އެންޑް ރެސްކިޔުއާއި، ކަނޑުމަތީގެ އެކިއެކި ހާދިސާތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި މި ނޫންވެސް އޮޕަރޭޝަނަލް ދާއިރާތަކުގައި މުޅިން ވެސް ފެންނަމުން ދިޔައީ ފިރިހެން ސިފައިންގެ ދައުރެވެ. ކޯސްޓްގާޑުގެ ޚިދުމަތުގައި އަންހެން ސިފައިން ހަރަކާތްތެރިވަމުން އަންނަތާ ޒަމާންތަކެއް ވީނަމަވެސް، މީގެކުރިން އެ ކަނބަލުންގެ ދައުރު ބޮޑަށް ފެންނަމުން ދިޔައީ އިދާރީ ހިންގުމުގެ ދާއިރާގައެވެ. ނަމަވެސް - [ސައިކުރާ އިބްރާހީމް ނަޢީމް: ޤައުމީ ޚިދުމަތުގައި އެންމެ ފަހު ވަގުތަށް ވެސް ދެމިހުންނެވި އަލިގަދަ ތަރިއެއް](https://addana.mv/1423) - އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމުން ގެއްލިގެންދިޔައީ އަގުހުރި ދިވެހި ދަރިއެކެވެ. މަޢުލޫމާތުގެ ފުންޚަޒާނާއެކެވެ. ތަޖުރިބާގެ މާސިންގާ ކަނޑެކެވެ. ބައިޤަރުނަށްވުރެ ދިގު ޚިދުމަތުގެ ފުންމާޒީއެއް ދޫކުރައްވާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ކުއްލި އާލާސްކަންފުޅަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ 2008 ޖުލައި 22 އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެ އާލާސްކަންފުޅަށް ފަރުވާ ދެމުންދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:56 ހާއިރު އޭނާ ވަނީ ދެމިއޮތުމުގެ - [ސިފައިންގެ ޤާބިލުކަން ގުޅިފައި ވަނީ ގައުމިއްޔަތު ދެމެހެއްޓުމުގެ މައްޗަށް](https://addana.mv/1538) - އަޅުގަނޑުމެންގެ ހަންހާރަ ދިވެހި ޤައުމަކީ ވަރަށް ކުޑަ ޤައުމެކެވެ. އެހާމެ ނާޒުކު ޤައުމެކެވެ. ގޮންޖެހުންތައް ނުހަނު ބޮޑު ޤައުމެކެވެ. ރާއްޖޭގައި ގިނަ ރަށްތަކެއް އޮތް ނަމަވެސް، ރާއްޖޭގެ ހިކިފަސް ސަރަހައްދަކީ އެންމެ 298 އަކަ ކިލޯމީޓަރެވެ. 99.7 އިންސައްތަ އަކީ ކަނޑުގެ ސަރަހައްދެވެ. ރާއްޖޭގެ ސަރަހައްދަކީ ގާތްގަނޑަކަށް ނުވަދިހަ ހާސް އަކަ ކިލޯމީޓަރެވެ. މި ނަންބަރުތައް މިހެން ހުރުމާއެކު އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ވަރަށް - [ސުނާމީ ކާރިސާއަށް 20 އަހަރު: ސިފައިން ހިންގި އެންމެ ފުޅާ ހިޔުމެނިޓޭރިއަން އޮޕަރޭޝަން](https://addana.mv/3560) - ދިވެހިރާއްޖެއަށް އެރި "ސުނާމީ" ކާރިސާއަކީ، ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް ޤުދުރަތީ ކާރިސާއެވެ. އެ ކާރިސާގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގައިވާ ގިނަ ޤައުމުތަކަކަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. 2004 ޑިސެންބަރު 26 ވަނަ ދުވަހުގެ ހެނދުނު އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާގެ ހުޅަނގު އައްސޭރީގައި ކަނޑުއަޑިން ރެކްޓަރ މިންގަނޑުން 9 އާއި 9.3 ގެ ބާރުމިނުގައި އުފެދުނު ބޮޑު ބިންހެލުން އައިތާ 3 ގަޑިއިރާއި 21 މިނިޓް ފަހުން، ސުނާމީ ރާޅުތައް ދިވެހިރާއްޖޭގެ - [ލިޔުންތެރިކަމުގެ ދައުރުތައް](https://addana.mv/3580) - ދުނިޔޭގެ އެހެން ބަސްބަހުގައި ވެސް ކަނޑައަޅާފައި ހުންނަ ފަދައިން ދިވެހި ބަހުގައި ވެސް ލިޔުންތެރިކަމުގެ ދައުރުތަކެއް ޢިލްމުވެރީން ކަނޑައަޅުއްވާފައިވެއެވެ. ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދައުރުތައް ބައްސަވާފައިވަނީ ތިން ދައުރަކަށެވެ. އެއީ ދިވެހިބަހުގެ ޅަފަތުގެ ދައުރާއި، ފިރުކެންފެށި ދައުރާއި، ހިނގައިގަނެވުނު ދައުރެވެ. ދިވެހި ލިޔުންތެރިކަމުގެ މި ތިން ދައުރުގެ ތަފާތު އެންމެ ބޮޑަށް ފާހަގަވަނީ ލިޔުންތައް ޢިބާރާތްކޮށްފައި ހުންނަގޮތުންނެވެ. ނުވަތަ ޢިބާރާތްކުރުމުންނެވެ. ދިވެހި ލިޔުންތެރިކަމުގެ ފުރަތަމަ ދައުރަކީ ޅަފަތުގެ ދައުރެވެ. މިއީ ދިވެހި ލިޔުންތައް ޗާޕުނުވާ ޒަމާނެވެ. މިއީ އަދަބަށް - [ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިނގި، ކެލާއާ ގުޅުންހުރި ޙަޤީޤީ ހާދިސާ: ކަނޑުމަތީގައި ހޭދަވި 16 ދުވަސް](https://addana.mv/3246) - 2020 ވަނަ އަހަރަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 75 އަހަރު ފުރުނު އަހަރެވެ. އެ ހަނގުރާމައަކީ، 20 ވަނަ ޤަރުނު ދުށް އެންމެ ވަރުގަދަ ހަނގުރާމައެވެ. ހަނގުރާމައިގެ ބައެއް ހަރަކާތްތައް ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވެސް ހިނގި ހަނގުރާމައެކެވެ. ރާއްޖޭގެ އުތުރުން ކެލާގައި، ދެކުނުން އައްޑު އަތޮޅުގައި އިނގިރޭސީން ހަރަކާތްތެރިވަމުން ދިޔައެވެ. ވެރިރަށް، މާލޭގެ ބަނދަރު ކުރިމަތީ ކަނޑުގައި އޮތީ، މަތިންދާބޯޓު ޖެއްސޭނެ ގޮތަށް ބޮއި އަޅާފައެވެ. ކައިރީގައި އޮތް ދޫނިދޫގައި އިނގިރޭސިން ވަޔަރލެސް ސެޓް - [އަންހެނުންނަށް ވާނެ!](https://addana.mv/3227) - ފަތިހު ބަންގި ގޮވީ ވެސް ހަގު ދަރިފުޅު ހޭލައިގެން އުޅެނިކޮންނެވެ. ހެނދުނު 8 ޖަހާއިރަށް ފިރިމީހާ ވަޒީފާއަށް ދާންވާއިރަށް ސައިހަދަން ޖެހެއެވެ. ދޮށީ ދަރިފުޅުގެ ފިލާވަޅުތައް ނުނިމިގެންނާއި، ގޭތެރެއާއި ފާޚާނާ ސާފުކުރަން ޖެހިގެން މި ހަފުތާ ބަންދުގައި ފިރިމީހާގެ އެންމެ ގަމީހެއް ވެސް އިސްތިރިކުރެވިފައެއް ނުވެއެވެ. ނިދި ވެސް މުހިންމެވެ. ގޭތެރޭގެ މަސައްކަތާއި ފިރިމީހާއާއި ދަރިންގެ ކަންތައް ވެސް މުހިންމެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހަކަށްވެފައި މިއަދު އޮންނަ މީޓިންއަކަށް ތައްޔާރުވާން ވެސް ޖެހެއެވެ. ތިން މިނިޓަށް - [ތިންމައިން ރޫޙާނީ ބިރުވެރިކަމެއްގެ ތެރޭގައި...](https://addana.mv/3262) - މިއީ ހިނގާފައިވާ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައި އިހުޒަމާނުއްސުރެން ފެށިގެން ސިހުރު ހާހޫރަ ހެދުމުގެ ނުބައި ޢަމަލުތައް ހިންގަމުން ދިޔައެވެ. ބައެއް ފަހަރު ޒާތީ ހަސަދައެއް ފިލުވާލުމުގެ ބޭނުމުގައެވެ. ނުވަތަ އަނެކާގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ނިޔަތުގައެވެ. ނަމަވެސް މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ މިފަދަ ހާދިސާއެކެވެ. ފަހީމާ (އަސްލު ނަމެއް ނޫން) އަކީ ރާއްޖޭގެ - [އިންސާނިއްޔަވަންތަކަމާއި ޙައިވާނިއްޔަވަންތަކަމުގެ ތަފާތު](https://addana.mv/3271) - ޙައިވާނުންނާއި ޖަނަވާރުންނާ ދެމެދުގައި އެއްވެސް ތަފާތެއް ހުރޭތޯ ސުވާލުކުރެވިއްޖެ ނަމަ، ތިބާގެ ޖަވާބަކީ ކޮބައި ހެއްޔެވެ؟ ބައެއް މީހުން ބުނެފާނެއެވެ. ޙައިވާނަކާއި ޖަނަވާރަކާ ދޭތެރޭ އެއްވެސް ތަފާތެއް ނެތެވެ. ކޮންމެ ޙައިވާނަކީ ޖަނަވާރެކެވެ. އަދި ކޮންމެ ޖަނަވާރަކީ ޙައިވާނެކެވެ. ޙައިވާނުންނާއި ޖަނަވާރުންނާ ދެމެދުގައި ތަފާތުތަކެއް ހުރެއޭ ބުނެފިނަމަ، ޙައިރާން ނުވާށެވެ! ޙައިވާނަކީ، އިންސާނުންނާއި ޖަނަވާރުންނާ ދެމެދުގައި ގެތިފައިވާ ސިލްސިލާގެ މެދުގައި އިންނަ ބޮޅެކެވެ. މިސާލަކަށް، ސިންގާއާއި ހަރުފަ ފަދަ ދިރޭ ތަކެއްޗަކީ ޖަނަވާރެކެވެ. އަހާއި، ގެރިބަކަރިއާއި ކުކުޅުހާލާއި - [ދިވެހި ތާރީޚާ ގުޅިފައިވާ ކާޅު](https://addana.mv/3282) - ދިވެހި ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން، ދިވެހި ތާރީޚާ ގުޅުވަމުން ގެންދަވާ ކަޅު ދޫންޏާ (ކާޅު) ބެހޭގޮތުން، ދިވެހި ބަސްފޮތް 2006 (ސީޑީ) ގައި ބުނެފައިވާ އެއްޗެއް ބަލާލަމާ ހިންގަވާށެވެ. މި ބަހުގެ މާނައިގައި ވަނީ ކަޅުކުލައިގެ ދޫންޏެއް، މިއީ އިންސާނުން ކައިބޮއި އުޅޭ އެއްޗިއްސާއި ހަޑި ކުނިބުންޏާއި، ފުޅަ ވެސް ކައި އުޅޭ ދަހި، ލަދުކުޑަ އެއްޗެކެވެ. މީގެ ތުން ވަރުގަދަވެފައި ކަޅުވާނެއެވެ. ކާޅަކީ، އެއް ސިފައަކަށް ހަރަކާތްތެރިވެ އުޅޭ، އެކިއެކި ހިލަމަށް ސިހޭ، - [އަޖައިބު ކުރުވަނިވި ބިރުވެރި ދުވަހެއް!](https://addana.mv/968) - 2004 ޑިސެންބަރ 26 ވީ އާދީއްތަ ދުވަހަކީ އަޖައިބު ކުރުވަނިވި ބިރުވެރި ދުވަހެކެވެ. ބިރުވެރިކަމާއި ހައިރާންކަން އިންސާނުންގެ ހިތްތަކަށް ވެރިވެގަތް ނުރައްކާތެރި ދުވަހެކެވެ. އެތައް ލައްކަ ބަޔެއްގެ ދިރިއުޅުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިގެންދިޔަ، އަދި ހަމަ އެހާ ގިނަ ބަޔެއްގެ ފުރާނަ މި ދުނިޔެއާ އަލްވަދާޢުކީ ދުވަހެވެ. މާތް ﷲ މިފަދަ ދެވަނަ ދުވަހެއް އަޅަމެންނަށް ނުދައްކަވާށިއެވެ. ހަފުތާގެ އާދީއްތަ ދުވަހަކީ ރަސްމީކޮށް އޮފީސްތަކާއި ސްކޫލުތައް ހުޅުވިފައި ހުންނަ ދުވަހަކަށް ވާތީ ހެނދުނުގެ ވަގުތަކީ ގިނަ - [ޚިދުމަތަށް 128 އަހަރު، ސިފައިން ދެމިތިބީ "ކޮވިޑް އޮޕަރޭޝަން" ގެ ޤައުމީ މަސައްކަތުގައި](https://addana.mv/3517) - މިއަދަކީ އެޕްރީލް 21 ވަނަ ދުވަހެވެ. އާދެ، ސިފައިންގެ ދުވަހެވެ. އެ ޚިދުމަތަށް މިއަހަރު 128 އަހަރު ވީއެވެ. އެހެން އަހަރުތަކުގައި ސިފައިންގެ މަރުކަޒުތައް ހުންނަނީ ކުލަބޮކިތަކުން ޖަރީކޮށްފައެވެ. ޚާއްޞަ ރަސްމިއްޔާތުތަކާއި ސިފައިންގެ ހެވިކަން ދައްކާލުމުގެ ތަފާތު ކުޅިވަރުތައް އޮވެއެވެ. އެ ކުޅިވަރުތައް ބަލާލުމަށް އާންމު ރައްޔިތުން ވެސް ތިބެނީ ކެތްމަދުވެފައެވެ. އެހެން ނަމަވެސް ސިފައިންގެ ޚިދުމަތަށް 128 އަހަރު ފުރޭ، ސިފައިންގެ ދުވަސް މިފަހަރު މި ދިމާވީ، ދުނިޔެއަށް ކުރިމަތިވެފައިވާ އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ކުރިމަތިވެގެން - [ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީ ޢުމަރުގެ އަސްކަރީ އަގުހުރި ޚިދުމަތް](https://addana.mv/3506) - ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ހަލަވެލި ޢަބްދުލްޣަނީީ ޢުމަރަށް ސިފައިންގެ އެންމެން ވެސް ކިޔަނީ "ޣަނީބެ" އެވެ. ހުރިހާ ރޭންކެއްގެ ހުރިހާ ސިފައިން ވެސް ޣަނީބެއަށް ވަރަށް ބޮޑަށް އިޙުތިރާމު ކުރެއެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި ފަހުން ވެސް ދައުވަތު ފޮނުއްވައިގެން ކޯސްޓްގާޑާއި ސިފައިންގެ އެކިއެކި ޚާއްޞަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވިއެވެ. ކޯސްޓްގާޑުގެ 38 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް ޑިފެންސް ފޯސް މޭޖަރ - [ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކަ](https://addana.mv/3499) - ދިވެހިރާއްޖެ އިސްލާމްވީ ސަބަބާ ބެހޭ ގޮތުން އައިސްފައިވާ ވާހަކައަކީ ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކައެވެ. އެއީ ތުންތުންމަތިން ދެކެވެމުން އައި ފޯކުލޯރެކެވެ. މިއީ މި ވާހަކައަށް ދިވެހި ތާރީޚުން ޖާގަލިބޭ ސަބަބެކެވެ. އެކަމަކު މި ވާހަކަ ލިޔުމުން ފެންނަން އޮތް އެންމެ ދުރު ތާރީޚީ މަސްދަރަކީ އިބްނު ބަޠޫޠާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު އެއްކޮށްގެން "ރިހްލަތު އިބްނު ބަޠޫޠާ"ގެ ނަމުގައި 756 ވަނަ އަހަރު އެކުލަވާލެވިފައިވާ ދަތުރުނާމާއެވެ. އިބްނު ބަޠޫޠާ ޖިންނި ފުރޭތައިގެ ވާހަކަ ލިޔުއްވާފައިވަނީ - [މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟](https://addana.mv/3487) - އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ. އެ އެއްބަސްވުމަކީ 14 ފެބުރުވަރީ 1960ގައި - [ހަތް ދުވަހުގެ ތުއްތު ކުއްޖަކު އއ.ތޮއްޑުއަށް ގެންދިއުމަށް ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަން](https://addana.mv/3474) - ކޮވިޑް-19 އޮޕަރޭޝަންގައި ދިވެހި ސިފައިން އަންނަނީ ރައްޔިތުންގެ ޙައްޤުގައި އަގުނުކުރެވޭހާ ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ މި ވަބާގެ ތެރެއިން ދިވެހި ޤައުމަށް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ލޯބިވާ އާއިލާއާ ދުރުގައި އެތައް ދުވަހެއް ވަންދެން ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި މި ހަނގުރާމައިގެ އެންމެ ކުރީ ސަފަށް ނިކުމެ ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ލޯތްބާއި ތަޢުރީފު އަންނަނީ އޮހެމުންނެވެ. މިއީވެސް އެފަދަ އެއް ހާދިސާއެވެ. މާލޭ އޭރިއާގައި ހިމެނޭ ރަށްތަކުން ކޮވިޑް-19 - [ކޮވިޑް އޮޕަރޭޝަނުގައި އަޅުގަނޑުގެ ތަޖުރިބާ!](https://addana.mv/3462) - މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ބަލިމަޑުކަމާ އެކު، ދިވެހިރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ދިވެހި ސިފައިން ތިބީ ޤައުމީ ވާޖިބު އަދާކުރުމަށް ނިކުމެއެވެ. ދިމާވެދާނެ ކޮންމެ ކަމަކަށް ފުރިހަމައަށް ތައްޔާރުވެ، އެންމެ ފަހު މީހާއާ ޖެހެންދެން ވެސް "ހަނގުރާމަ" ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ. ރާއްޖެއިން މި ބައްޔަށް އެތައް ބަޔަކު ފައްސިވެ، އެތައް ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީނު ކުރެވުނު އިރު، މި ހުރިހާ ކަމެއްގައި ވެސް ފުރަންޓްލައިންގައި ހަރަކާތްތެރިވެ، ދިވެހި ސިފައިން ވަނީ ރައްޔިތުންގެ - [ނޫސްވެރިކަމުގައި އާންމު ފަރުދުންގެ ބައިވެރިވުން](https://addana.mv/3456) - މިއީ، "ޑިޖިޓައިޒޭޝަން" ގެ ޒަމާނެވެ. ހުރިހާ ކަމެއް އޮތީ އިންޓަރނެޓާ ގުޅިލާމެހިފައެވެ. ސޯޝަލް މީޑިއާގެ ތެރޭގައި އުފައްދާ ކޮންޓެންޓްގެ ނުފޫޒު ވަރުގަދަވެއްޖެއެވެ. އޭގެ އަސަރު އެންމެ ބޮޑަށް ފޯރަމުންދާ ދާއިރާއަކީ ނޫސްވެރިކަމުގެ ދާއިރާއެވެ. ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު، ދުނިޔޭގައި ޝާއިޢުކުރެވެމުންދިޔަ ޗާޕު ނޫސްތަކާއި، މަޖައްލާއާއި، ބްރޯޑްކާސްޓް ކުރެވެމުންދިޔަ ޓީވީ އަދި ރޭޑިއޯ ކޮންޓެންޓްތައް (ލިޔުމާއި، އަޑާއި މަންޒަރުތައް) މިއަދު ފެންނަމުންދަނީ 'އޮންލައިން' އަށް ބަދަލުވަމުންދާ ތަނެވެ. ނިއުމީޑިއާގެ ތެރެއަށް ޓްރޭޑިޝަނަލް (ދުވަސްވީ) މީޑިއާތައް ފައިހަމަކޮށް އައިސް، ޑިޖިޓަލް - [އެރަލް ކަނޑު - އިންސާނީ މުސީބާތެއް](https://addana.mv/3449) - އެރަލް ކަނޑަކީ މެދުތެރޭ އޭޝިޔާގެ އުތުރުން ކަޒަކިސްތާނާއި އެ ޤައުމުގެ ދެކުނުން އުޒްބެކިސްތާނުގެ މިނިވަން ސަރަހައްދެއްކަމަށްވާ، ކަރަކަލްޕަކްސްތާނާ ދެމެދުގައި އޮންނަ ކަނޑެކެވެ. 1960 ގެ އަހަރުތަކުގައި އެރަލް ކަނޑު ކުޑަވާން ފެށުމުގެ ކުރިން، އެ ކަނޑުގެ ބޮޑުމިނަކީ 68,000 އަކަ ކިލޯމީޓަރެވެ. އެރަލް ކަނޑަކީ ޙަޤީޤަތުގައި ކަނޑެއް ނޫނެވެ. އެއީ މަތީގައި އެވާ ފޮޓޯއިން ފެންނަ ފަދައިން އޮންނަ ހަނަފަސް ސަހަރާއެއް ވެސް ނޫނެވެ. އެރަލް ކަނޑަކީ ވަށައިގެން ހިކިފަސް ސަރަހައްދު ހިމެނޭ ބޮޑު ލޭކްއެކެވެ. ނުވަތަ - [ޤައުމު ދެކެ ލޯބިވޭ ހެއްޔެވެ؟](https://addana.mv/3444) - މިއީ ތީގެ ތެރެއިން ކޮންމެ ދިވެއްސަކާމެ މިއަދު މި ދިވެހި ބިން ކުރާ ސުވާލެކެވެ؟ ތިބާގެ އަމިއްލަ ޤައުމާ މެދު ލޯބި އޮތީ ކިހާ މިންވަރަކަށް ތޯއެވެ؟ ޖަވާބު އަމިއްލަ ތަލާގަނޑުން މިނެ ވަޒަންކޮށްލާށެވެ! އެނބުރި އައިސް ތިޔަ ތިބީ މި ފަސްގަނޑުގެ ކޮން ކުށެއް އޮވެގެން ތޯއެވެ؟ މި ދިވެހި ބިންގަނޑު މިއަދު ކަރުނަ އަޅައި އެބަ ރޮއެވެ! ސުވާލުކުރަނީއެވެ؟ ކީއްވެގެންތޯއެވެ؟ ޖަވާބު އިވެނީ މިނިވަންކަމާއެކު، އެ ކުލަތަކުން އަޅުގަނޑުމެން ފަޚުރުވެރި ކުރުވާ ފެހި، ރަތް، - [ދިވެހި އަކުރު](https://addana.mv/3440) - އިންސާނުން ކޮންމެ ބަހަކުން ވާހަކަ ދައްކައި މުއާމަލާތްކުރި ނަމަވެސް ލިޔެކިޔުމަށް އަކުރެއް ބޭނުންވެއެވެ. އެކަމަކު ކޮންމެ ބަހެއްގައި އަމިއްލަ ވަކި އަކުރެއް ނޯވެއެވެ. އެކަމަކު ދިވެހި ބަހަކީ ވަކި އަކުރެއް ލިބިގެންވާ ބަހެކެވެ. ދިވެހި ކާބަފައިން ދިވެހި ބަހަށް ޚާއްޞަ އަކުރުތަކެއް އެކި ދުވަސްވަރު ވަނީ އުފައްދައި ބޭނުން ކޮށްފައެވެ. ފުރަތަމަ އުފެއްދީ އެވޭލާ އަކުރެވެ. ދެން ދިވެސް އަކުރެވެ. އޭގެ ފަހުން މިހާރު ބޭނުންކުރާ ތާނަ އަކުރެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރު އެންމެ ކުރީ ޒަމާނުގެ - [ދިވެހީން ވައިގެމަގުން ކުރި ފުރަތަމަ ޙައްޖު ދަތުރު](https://addana.mv/3432) - މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވައިގެމަގުން ދިވެހީންގެ ބަޔަކު ޙައްޖަށްދިޔަ ފުރަތަމަ ދަތުރުގެ ވާހަކައެވެ. މި ދަތުރުގައި އަޅުގަނޑުގެ ބައްޕަ ފަރާތު މުނިކާފަ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނާއި، މުނިމާމަ ޢައިޝަތު ޤާސިމާއި، ކާފަ ޤާސިމް ހާރޫނު (މަނަދޫ ކާސިން ޙާޖީ) ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، މި ދަތުރުފުޅުގައި ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ) އާއި، ނޮޅިވަރަމް ދޮން ޢަލީ ކަތީބު ކަލޭފާނުގެ ދެކަނބަލުންނާއި ވިލާގެ ޗެއަރމަން ޤާސިމް އިބްރާހީމްގެ ބައްޕާފުޅު މާމިގިލީ އިބްރާހީމް މުޙައްމަދު ފަދަ އޭރުގެ ތަނަވަސް - [މަގު ވަރަށް ރީއްޗެވެ. އެކަމަކު...](https://addana.mv/3428) - ގަޑިން ހަވީރު 5:15 އެވެ. ގޭގެ ދޮރުން ނިކުމެގެން ބޮޑުމަގުގެ ދެކޮޅު ބަލާލާ އިރު ފެންނަނީ އެއްކޮޅުން ގެތަކުގެ ބޭރު ފާރެވެ. އަނެއް ފަރާތަށް އެނބުރި ބަލާލާ އިރު ކޮޅާއިކޮޅު ނުފެންނަވަރުގެ ދިގު މަގެކެވެ. މަގުގެ ދެ ފަރާތުގެ ފެހިކަން ފިޔަވައި ދެން މީހެއްގެ ލޮލުގައި އަޅައިގަންނާނެ އެންމެ ހިތްގައިމު މަންޒަރަކަށް ވާނީ އިރު އޮއްސުމަށް ތައްޔާރުގެން އަންނަ އިރު ދުނިޔެ މައްޗަށް އެ އަރާ ރީތި ކުލަތަކެވެ. ދެ ދުވަހަކު އެއްގޮތަށް ނުފެންނާނެ ހިތްގައިމު އުދަރެހެވެ. - [ދިވެހިންގެ މިނިވަންކަމުގެ ތާރީޚު](https://addana.mv/3424) - ދިވެހިރާއްޖެއަކީ 2500 އަހަރަށް ވުރެ ދޮށީ ޤައުމެކެވެ. ވާރިދުވެފައިވާ ވާހަކަތަކުން ރާއްޖޭގައި މީހުން ދިރިއުޅޭތާ 2300 އަހަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިންނަކީ މިނިވަންކަމުގެ ހެޔޮ ނަސީބު ދެއްވާފައިވާ ފަޚުރުވެރި ޤައުމެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަޤާފަތަކާއި ތާރީޚީ ތަރިކަތަކެއް ލިބިފައިވާ ހަލޯރަތެކެވެ. އެ ހަލޯރަތުން ފެންނަ އެއް ހަގީގަތަކީ ދިވެހިންގެ މިނިވަންކަމެވެ. މިނިވަންކަމުގައި ދިވެހިންނަށް ދެއްވި އިލާހީ ރަޙުމަތެވެ. މިނިވަންކަމަށް ޓަކައި ދިވެހިން ކޮށްފައިވާ ހަނގުރާމަތައް ފެށުނީ ދިވެހިރާއްޖެ އިސްލާމްވި ފަހަކުން ނޫނެވެ. ހުރިހާ އިރެއްގައި ވެސް - [ޝަހީދުވި ބައްޕަގެ ހަނދާންތައް އައުކުރަމުން ދެ ދަރިކަލުން ޤައުމީ ޚިދުމަތުގައި](https://addana.mv/3406) - ސިފައިންގެ ޚިދުމަތުގައި 27 އަހަރާއި އެއްމަހާއި 24 ދުވަސް މަސައްކަތްޕުޅު ކުރެއްވި ޝަހީދު ސާޖަންޓް ކުޑައާދަމް ކުޑަތުއްތުއަކީ އޭރު ސިފައިންގޭގެ ރަށުތެރެ ބަލަހައްޓާ އެއްނަންބަރު ސަރުދާރެވެ. ޤައުމުގެ އަމަންއަމާންކަން ބެލެހެއްޓުމަކީ އޭރު ޝަހީދު ސާޖަންޓް ކުޑަތުއްތުގެ އެންމެ އިސް ވާޖިބެވެ. ނަމަވެސް 1988 ނޮވެންބަރު 3 ވަނަ ދުވަހަކީ ކުޑަތުއްތުގެ ލޯބިވާ ދަރިންނާއި އާއިލާއަށް އަދި މުޅި ޤައުމަށް ވެސް ހިތާމަވެރި، ހިތްދަތި ދުވަހަކަށް ވިއެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ޒޯން ޑިއުޓީގައި މެދުޒިޔާރަތްމަގުގައި އުޅުއްވަމުން ގެންދަވަނިކޮށް - ["ޑިފެންސް މެކޭނިޒަމް" ނުވަތަ ދިފާޢީ ނިޒާމު](https://addana.mv/3398) - އަހަރެމެންގެ ޙަޔާތުގެ ކޮންމެ ދުވަހަކީ ވެސް، އެތައް ޙާދިޘާތަކަކުން ޞަފުޙާތަކެއް ލިޔެވެމުން، ފަތްޖެހެމުންދާ ދުވަހެކެވެ. މަގުމަތީގެ މާރާމާރީއާއި، ބާޒާރުމަތީގައި ހިނގާ ޒުވާބުތަކާއި އޮފީސްއޮފީހުގައި ބޮސްއާއި މުވައްޒަފުންނާ ދެމެދުގައި އުފެދޭ ނުތަނަވަސްކަމާއި، ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ބަދަލުކުރެވޭ ބަހުގެ ޙަމަލާތަކާއި، ޢަސްކަރީ ކުރިމަތިލުންތަކަކީ މިފަދަ ޙާދިޘާތަކެކެވެ. މިއިން ކޮންމެ ޙާދިޘާއެއް ވެސް އިންސާނީ ޠަބީޢަތާ އެކުވެފައިވާ ޤުދްރަތީ ޖަޒްބާތެއް ތަރުޖަމާކޮށްދޭކަން ކަށަވަރެވެ. އެ ޖަޒްބާތައް މި ކިޔަނީ، ދިފާޢީ ނިޒާމެވެ. ނުވަތަ - [ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ](https://addana.mv/3386) - ވަރަށް މަދުން ނޫނީ ނުފެންނަ ބިރުވެރި ގޮތަކަށް އޮތް އާދަޔާޚިލާފު ފައިދިގުމަކުނެއް ފެނި ޗައިނާގެ ދަނޑުވެރިއަކު ބިރުން ހަލާކުވިއެވެ. "ސައިކްލޮކޮސްމިއާ ރިކެޓީ" ނުވަތަ "ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ" ގެ ނަމުން މަޝްހޫރުވެފައިވާ މި ބާވަތުގެ މަކުނުގެ ބަނޑުގައި "އެބްޑޮމެން" ގައި ސްޓޭމްޕެއް ފަދަ ނިޝާނެއް ހުރެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި ބާވަތުގެ މަކުނު ދުޝްމަނުންގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އެ ތަކެތީގެ "އެބްޑޮމަން" ބޭނުންކުރެއެވެ. އަދި ހައިރާންކުރުވަނިވި ނިޝާންތަކެއް އެ ތަކެތީގެ "އެބްޑޮމަން"ގައި ވެއެވެ. އެހެން - ["އާދޭސްކޮށްފައި ބުނަން، އަހަންނަށް އަނިޔާ ނުދީ.. އަހަރެންގެ ދަރިފުޅު މަރާނުލާ!"](https://addana.mv/3379) - ނޯޓް: މިފަދަ ވާހަކަތައް ލިޔުމުގެ މަޤުޞަދަކީ މި ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނާމެދު ހިންގާ މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ހުއްޓުވައި މި ކަންކަމާ މެދު ޢާއްމު ރައްޔިތުން ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ވާހަކައަކީ ވެސް ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އަހަރެންނަކީ މާލެއިން އުތުރު ރަށެއްގެ ނިކަމެތި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ޢުމުރަކީ ވިހި އަހަރެވެ. އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. - [ކޮވިޑް މައިދާނުގައި އަސްކަރީ ލަޝްކަރު](https://addana.mv/3376) - 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވާ އިރު, އެ ވައިރަސް ވެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި އިމްތިހާނަކަށެވެ. ބާރުގަދަ ޤައުމުތަކާއި މުޅި ދުނިޔެއާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައިވާ، ބަލިކުރަން އުނދަގޫ ލަޝްކަރަކަށެވެ. އެ ލަޝްކަރާ ދެކޮޅަށް މުޅި ދުނިޔެ ތެދުވެފައިވާ އިރު ހަނގުރާމައިގެ އެ މައިދާނުގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ބަޔަކީ - [ސަކްސެޝަން ޕްލޭނިންގ](https://addana.mv/3372) - ސަކްސެޝަން ޕްލޭނިންގއަކީ މާދަމާގެ ލީޑަރުންނަކީ ކޮބައިކަން ފާހަގަކޮށް، އެ މީހުން މާދަމާގެ ލީޑަރުންނަށް ހެދުމަށް ޓަކައި ބޭނުންވާ ތަޢުލީމާއި ތަމްރީނުދީ، ލީޑުކުރަންޖެހޭ ވަގުތަށް ތައްޔާރަށް ބޭތިއްބުމަށް މުއައްސަސާއިން ކުރާ ދެމެހެއްޓެނިވި މަސައްކަތެކެވެ. މާދަމާގެ ލީޑަރުން މިއަދު ދެނެގަތުމަކީ އެއްވެސް ހާލެއްގައި ވަކި ބަޔަކަށް އިސްކަންދިނުމެއް ނޫނެވެ. އެކަމަކު އެއީ މުއައްސަސާގައި ތިބި އެންމެ ޤާބިލު މީހުން ދެނެގަނެ، އެ މީހުން އިތުރަށް ބިނާކުރުމަށް ކުރެވޭ މަސައްކަތެކެވެ. ސަކްސެޝަން ޕްލޭނެއް އޮންނަ ނަމަ މުއައްސަސާއިން ލީޑަރޝިޕް ޕޮޒިޝަނެއްގައި ހުންނަ - [އަލި](https://addana.mv/3363) - އައްޔަކީ ހަކަތައިގެ ބާވަތެކެވެ. މި ހަކަތައިގެ ބާވަތަކީ އެޓޮމަށް ކުރާ އަސަރުތަކެއްގެ ސަބަބުން ބޭރުވާ އެއްޗެކެވެ. ހަމައެއާއެކު އައްޔަކީ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންގެ ބާވަތްތަކުގެ ތެރެއިން ވެސް ބާވަތެކެވެ. އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންގައި ތަފާތު ބާވަތްތައް ހިމެނޭއިރު އައްޔަކީ އިންސާނުންގެ ހަމަ ލޮލަށް ފެންނަން ހުންނަ ހަމައެކަނި ބާވަތެވެ. ދުވާލުގެ ވަގުތު އަހަރުމެން ވަށައިގެން ހުރިހާ ތަނެއްގައި އަލިކަން ވިއެއް ކަމަކު އަލިކަން ބޭރުކޮށްދެނީ ނުވަތަ އަލިކަން ފޯރުކޮށްދެނީ ވަރަށް ވެސް މަދު އެއްޗަކުންނެވެ. އަލިކަން ފޯރުކޮށްދޭ އެއްޗެހީގެ ތެރޭގައި - [ބޮޑީބިލްޑިންގ މުބާރާތުން ސިފައިންނަށް ރީތިނަން](https://addana.mv/3347) - ބޮޑީބިލްޑިންގއަކީ އެ ދާއިރާއަކުން ސިފައިންނަށް ރީތި ނަން ހޯދައި ދެމުންދާ އެއް ދާއިރާއެވެ. ރާއްޖޭގައި ބާއްވާ މުބާރާތްތަކުންނާއި ޞަރަޙައްދީ މުބާރާތްތަކުން ރަންވަނަތަކެއް ހޯދައި ދިވެހިރާއްޖެއަށާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ރީތިނަން ހޯދައިދެމުންދާ ފަރާތްތަކަކީ މި ވަގުތު މި މުއައްސަސާގައި ވަޒީފާ އަދާކުރަމުންދާ ހީވާގި ބޮޑީބިލްޑަރުންނެވެ. ބޮޑީބިލްޑް ކުރުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އެކަމުގެ އަޚްލާޤް ރަނގަޅަށް ބަހައްޓައިފި ނަމައެވެ. ކެއުމުގެ އާދަތަކާއި ކަސްރަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތައް ބޮޑީބިލްޑްކުރުމުގެ މަސައްކަތަށް ބޭނުންވެއެވެ. 2006 ސެޕްޓެންބަރު މަހު - [ދިވެހި އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން](https://addana.mv/3337) - ދިވެހި އަސްކަރިއްޔާ އުފެދިގެން އައީ ހަމައެކަނި ފިރިހެނުން މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައެވެ. އެއީ ޒަމާންވީ ހުރިހާ އަސްކަރިއްޔާތަކެއްގައި ހެން އެކަން އޮތް ގޮތެވެ. ދިވެހި އަސްކަރިއްޔާގައި އެއްވެސް އަންހެނަކު ނެތި 97 އަހަރު ފާއިތުވެ ދިޔައެވެ. މީލާދީން 1892 ވަނަ އަހަރު އުފެދުނު ދިވެހި އަސްކަރިއްޔާގައި އަންހެނުން ޚިދުމަތްކުރަން ފެށީ 1989 ވަނަ އަހަރުއެވެ. ފުރަތަމަ ސިފައިންގެ ޚިދުމަތާ ގުޅުނު އަންހެނުންނަށް އޮތް ފުރުސަތާއި މާހައުލާއި ހާލަތަށް ފާއިތުވި 32 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި - [ދިމިޤްރާތީ މަދަނީ-އަސްކަރީ ގުޅުން](https://addana.mv/3328) - މުޖުތަމަޢުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ދާއިމީ އަސްކަރިއްޔާތައް ދެމެހެއްޓެން ފެށުމާ އެކު، މުޖުތަމަޢުއާއި އަސްކަރިއްޔާއާ ދެމެދު އޮންނަން ޖެހޭނެ ގުޅުމާ މެދު ސިޔާސީ މުފައްކިރުން ވިސްނާން ފެށިއެވެ. ޤާބިލު އަސްކަރިއްޔާއެއް ދެމެހެއްޓުމާ އެކުއެކީގައި، އެ އަސްކަރިއްޔާގެ 'ކަސިޔާރު' ވިސްނުންތަކާއި ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށް ޓަކައި ތަފާތު އިންތިޒާމުތައް އެކުލަވާލެވިފައިވެއެވެ. މިފަދަ ވިސްނުންތަކާއި، އިންތިޒާމުތަކާއި އަދި އިޖުރާޢާތުތަކަށް ޖުމުލަގޮތެއްގައި ކިޔަނީ 'މަދަނީ-އަސްކަރީ' ގުޅުމެވެ. މި ދާއިރާގައި މައިގަނޑު ނަޒަރިއްޔާތުތަކެއް ހުރި ނަމަވެސް، މިއީ ސިޔާސީ އަދި - [އެންމެގިނަ އަންހެން ސިފައިން ބައިވެރިވި ތާރީޚީ ރިޔާސީ ކުރުނީސް](https://addana.mv/3323) - ޤަރުނަކަށް ވުރެ ގިނަ ދުވަސްވީ މި މުއައްސަސާގެ ތަރައްޤީގެ ދުވެލި އޭގެ އެންމެ ހަލުވި މިނުގައި ތަރައްޤީވެ ކުރިއަރައިގެން ދިޔުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ބަޔަކީ، ޝައްކެއް ވެސް ނެތް ގޮތުގައި، މުއައްސަސާގެ ހީވާގި ކަނބަލުންނެވެ. ފަހަކަށްއައިސް، ދިފާޢީ ޚިދުމަތްތެރިންގެ ގޮތުގައާއި، އަނބިންގެ ގޮތުގައާއި، އަސްކަރީ އަދި މަދަނީ ޚިދުމަތް ފޯރުކޮށްދިނުމުގައާއި މުއައްސަސާއާއި ޢާއިލާތަކުގެ ގުޅުން ބަދަހިކޮށް ހަރުދަނާވެގެން ދިޔުމުގައި އަންހެން ސިފައިން އަދާކޮށްދީފައިވަނީ ވަރަށް ވެސް މުހިންމު ދައުރެކެވެ. ވޭތުވެދިޔަ ދިހައަހަރު ދުވަހުގެ - [މުއައްސަސާގެ ކުރިއެރުމާއި ތަރައްޤީގައި އަންހެން ސިފައިންގެ ދައުރު](https://addana.mv/3319) - ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތާރީޚުން 129 ވަނަ އަހަރު ގުނަމުންދާ އިރު އަންހެން ސިފައިން ހިމެނިގެންދަނީ އުމުރުން ވަރަށް ހަގު ބައެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ސިފައިންގެ ވަޒީފާއަށް އަންހެނުން ވެއްދުމަށް ސަރުކާރުން އިޢުލާނު ކުރެއްވީ 20 ނޮވެންބަރު 1988 ގައެވެ. މި އިޢުލާނާ އެކު ވަރަށް ގިނަ ބަޔަކު ވަޒީފާއަށް އެދި ސިޓީ ލީ ނަމަވެސް މީގެ ތެރެއިން އިންޓަވިއުކޮށް ސިފައިންގެ ވަޒީފާއަށް ހޮވުނީ 65 ކަނބަލުންނެވެ. މީގެތެރެއިން 64 ކަނބަލުން އަސާސީ ތަމްރީނު - [އެމްޕީއެލްގައި ހިނގި ނުރައްކާތެރި ހާދިސާ: ބިއްލޫރި ޝީޓު ވެއްޓި އަނިޔާވި މީހާ ސަލާމަތްކުރުމަށް އެފްއާރުއެސް ފަޔަރމަނުން ދެއްކި ހިތްވަރު](https://addana.mv/3307) - 2021 ޖަނަވަރީ 7 ވީ ބުރާސްފަތި ދުވަހަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަންގައި ފަޔަރމަނުންތަކެއް ފުރާނަ އަތްމައްޗަށް ލައިގެން ހަރަކާތްތެރިވި ދުވަހެކެވެ. މާލޭ ސިޓީގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބެލުމުގެ ދަށުން ހިންގާ ރާއްޖޭގެ އެންމެ ބޮޑު ޕޯޓު ތެރޭގައި ހުރި ކޮންޓޭނަރެއްގެ ތެރެއިން ބިއްލޫރި ޝީޓުތަކެއް ނެރެން އުޅުމުގެ ތެރޭގައި، އެމްޕީއެލް މުވައްޒަފެއްގެ ގަޔަށް ބިއްލޫރި ޝީޓްތައް ވެއްޓި ކޮންޓޭނަރު ތެރޭގައި ތާށިވެ، މުޅި ޤައުމަށް ސިހުން ގެނުވިއެވެ. މި - [ލާންސް ކޯޕްރަލް ޙުސައިން ފާރިޝްގެ ކުއްލި ވަކިވުން](https://addana.mv/3298) - ލ. ކައްދޫގެ އިރުމަތީ ފަރާތު މޫދަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ސިފައިންގެ މީހަކު ގެއްލުނު ޚަބަރު، ވެގެންދިޔައީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެގެން ދިޔަ ޚަބަރަކަށެވެ. ގެއްލިގެން ހޯދަމުންދަނީ، މަސް ހިފުމަށް ދިޔަ ހަތަރު ސިފައިންގެ ތެރެއިން، މެރިން ޑިޕްލޯއީމަންޓް ޔުނިޓް 1 ގައި މަސައްކަތްކުރެއްވި ލާންސް ކޯޕްރަލް ޙުސައިން ފާރިޝް (ސނ: 7613) ކަން ފަހުން އެނގުނެވެ. އެ ވާހަކަ އަޑުއިވުނުތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވަރު ފަހުން ދެން ލިބުނީ ހިތާމަވެރިއިން ފުރިގެންވީ ޚަބަރެކެވެ. - [ލާންސް ކޯޕްރަލް ޙުސައިން ފާރިޝްގެ ހަނދާނުގައި](https://addana.mv/3303) - އެކުވެރިންނާ ރައްޓެހިން މިތުރުންގެ ހިތް ކުދިކުދި ވިޔޭއެކުއުޅުނު އެންމެން ލޮލުން ލޭކަރުނަތައް ފޫއްދާލިޔޭ ޢާއިލާއާ ރަށުގެ އެންމެން ވަކިވުމުން ތިޔަ "ބޭފުޅާ"ދާއިމީ ތިޔަ މާތް ވަދާއަށް ހެޔޮ ދުޢާތައް ކޮށްފިޔޭ އަސްކަރީ ޚިދުމަތުގެ އަގުހުރި އެކުވެރިންނާ ބައިވެރިންލަޝްކަރަށް ކުރި އަސަރުގައި އަމަލީގޮތުން ބައިވެރިވިޔޭ ކުއްލި ހައިރާންކަން ގެނުވި ޚަބަރާއެކީ ހިތް ދަތިވެގެންދުއްލިސާ މި ޙަޔާތުގައި ނިވިދިޔަ ގޮތުން އޮހިގެންފިޔޭ ހިތްވަރާ ޢަޒުމުގެ ނަމޫނާ ދައްކަމުން ދިޔަ ތިޔަ "މެރިން"ހިތްތަކާ ރޫޙާއެކީގައި އެންމެ ފުނުގައި ވާނެޔޭ ކޮންމެ ކަމަކަށް - [ވެކްސިން](https://addana.mv/3293) - ވެކްސިނަކީ މުޅި ދުނިޔޭގައި ވެސް ކޮންމެ އަހަރަކު އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކުރާ އެއްޗެކެވެ. އެންމެ ފުރަތަމަ ވެކްސިނެއް ދުނިޔެއަށް ހޯދާފައިވަނީ ވެކްސިން ނުވަތަ އިމިއުނޮލޮޖީގެ ބައްޕަކަމަށްވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޑޮކްޓަރ (ފިޒިޝަން) އެޑްވާރޑް ޖެނަރއެވެ. ޖެނަރގެ މި ހޯދުން އޭނާ ހޯދާފައިވަނީ 1796 ވަނަ އަހަރުގައި މީގެ 224 އަހަރު ކުރިންނެވެ. އެ ދުވަސްވަރަކީ މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ކަށިވިދުރި ފެތުރެމުންދިޔަ ދުވަސްވަރެކެވެ. ބޮލުގައި ރިއްސައި، ވަރުބަލިވެ، ވަރަށް ގަދައަށް ހުންއައިސް ދޮސްފޮޅުތަކެއް - [އަސްކަރީ ޚިދުމަތާ ގުޅެންވީ ކީއްވެ؟](https://addana.mv/3288) - އަސްކަރީ ޚިދުމަތާ ގުޅެން ދުވަހަކު ވެސް ވިސްނަމު ހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ނަމަ ލިޔުމާ އެކު ކުރިއަށް ވަޑައިގަންނަވާށެވެ. ޖަވާބަކީ ނޫނެކޭ ނަމަ ތިޔަ ދޫކޮށްލައްވަނީ ރަނުގެ ފުރުޞަތެއްކަން ހަނދުމަފުޅު ބަހައްޓަވައިގެން މި ލިޔުން ވިދާޅުވާށެވެ. ޙަޤީޤަތަކީ އަސްކަރިއްޔާއަކީ މުޅި އުމުރު ދުވަހަށް ދެމިހުންނާނެ ފައިދާތަކެއް އެއާ ގުޅިފައިވާ ޚިދުމަތެއް ކަމެވެ. އަސްކަރީ ޚިދުމަތުގެ ހިތަކީ ޤައުމީ ލޯތްބެވެ. ޤައުމީ ޖޯޝާއި ފޯރިއެވެ. ޤައުމުގެ މިނިވަންކަމާއި އަމާންކަން ދެމެހެއްޓުމަށް ކުރެވޭ ހުވާގެ މަތީ ދެމިހުރުމެވެ. ކޮންމެ ފަދަ - [އަސްކަރީ އަޚްލާޤުގެ މާތް ސިފަ: ތާރީޚީ ފިލާވަޅެއް](https://addana.mv/3174) - އަސްކަރިއްޔާއެއްގައި މަސައްކަތްކުރުމަކީ ޚާއްޞަ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކެއް ހުރެގެން ނޫނީ މަސައްކަތްކުރަން އެކަށީގެންވާ ކަމެއް ނޫނެވެ. އަސްކަރީ ފަންނަކީ، މި މަތިވެރި އަޚުލާޤުގެ މަތީ ތަމްރީނުވެ، ސާބިތުވެ ތިބެގެންނޫނީ ކޮމާންޑު ޓާސްކުތަކާއި މިޝަންތައް އެންމެ އެކަށީގެންވާ ގޮތަށް ފުރިހަމަ ނުކުރެވޭނެ ކަމެއްކަން ތާރީޚުން ވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ. އަސްކަރީ އަޚްލާޤަކީ އަސްކަރީ ކޮމާންޑަރުން ކުރާ އަމުރުތަކަށާއި އަދި އަސްކަރީ މުއައްސަސާއިން ނެރެފައިވާ ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަނެ، ޢަމަލީ ގޮތުން ފުރިހަމަ ޔަޤީންކަމާ އެކު - [ދިވެހިންގެ މިނިވަންކަން ޙިމާޔަތްކުރާނީ ހަމަ ދިވެހިންނެވެ.](https://addana.mv/3055) - ދުނިޔެއަކީ އެއްހާލުން އަނެއް ހާލަށް ބަދަލުވެގެންދާ އެއްޗެއްކަމުން އެކި ދުވަސްވަރު ބާރުގަދަވެ ތަރައްޤީ ލިބެމުންދަނީ އެކި ޤައުމުތަކަށެވެ. މި ދެންނެވި ހަމައިގެ މަތިން އިސްލާމީ އުންމަތް ކުރިއަރައި އެބައިމީހުންގެ ޢިލްމާއި މަދަނިއްޔަތު އެ ދުވަސްވަރު ދުނިޔެއަށް ވެރިވިގޮތް ތާރީޚުން ފެންނަން އެބަހުއްޓެވެ. އެއަށްފަހު ކުރީގައި ދެންނެވި ބަދަލުވުން އެތައް ސަބަބުތަކެއް ކުރިމަތިވެ އިސްލާމީ އުންމަތަށްވުރެ ޔޫރަޕްގެ ދައުލަތްތައް ކުރިއަރައިފިއެވެ. ނަތީޖާއަކަށްވީ ޔޫރަޕްގެ ގިނަ ދައުލަތްތަކުގެ ވެރީންގެ ހިތްތަކުގައި ބަދަލު ހިފުމުގެ ހަސަދަވެރި އަލިފާންގަަނޑު ރޯވެ، އިސްލާމީ އުންމަތުގެ - [ޤައުމު ގޮވާލި ވަގުތު](https://addana.mv/3180) - ތަފާތު ދެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާން ސިފައިންނަށް ޤައުމު ގޮވާލި ވަގުތެކެވެ. އެއް އޮޕަރޭޝަނަކީ ލޮލަން ނުފެންނަ ވައިރަހަކާ ދެކޮޅަށް އަހަރަކަށްވުރެ ގިނަ ދުވަހު ވަރުބަލިކަމެއްނެތި ސިފައިން ހިންގަމުންދިޔަ އޮޕަރޭޝަން އާ ހިތްވަރަކާއެކު ލެވެލް މަތިކޮށް އޮޕަރޭޝަން ފުޅާކުރަން ޖެހުނު ޖެހުމެވެ. އެއީ ބަލީގައި ޤައުމުގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅެވެ. އަނެއް އޮޕަރޭޝަނަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 މޭ 6 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ސިފައިން - [ފަޚުރުވެރި ސިފައިންނަށް ވީމައެވެ!](https://addana.mv/3145) - ހުރިހާ ކުދިންގެ ބައްޕައިން އެތިބީ ގޭގައި، ކޮއްކޮގެ ބައްޕަ ގޭގައި ނެތީ ކީއްވެ؟ މިއީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ޕެންޑަމިކާ ގުޅިގެން ރާއްޖެ ލޮކްޑައުންކުރުމާ އެކު، ގާތްގަނޑަކަށް ހުރިހާ ގެއަކުންމެ އިވުނު އަޑެކެވެ. ތުއްތުތުއްތު ކުދިންގެ މި ޝަކުވާ މަޔަކަށް ނުވަތަ ބަފަޔަކަށް އަޑުއަހަން ކެތްނުވާނެކަން ޔަޤީނެވެ. އެންމެ ބޮޑު އަސަރެއް ހިތަށް ކުރީ ލޮކްޑައުންވުމާ އެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި ހުސްއަތާ އަނބިދަރިން، ޢާއިލާ ގާތަށް ދިޔަ ބައްޕައިން ފެނި، ދިވެހިރާއްޖޭގެ ޤައުމީ - [ޒުވާނުންގެ ތަރުބިއްޔަތާއި އަސްކަރީ ވެކްސިން](https://addana.mv/3155) - އެމެރިކާގެ 32 ވަނަ ރައީސް ފްރޭންކްލިންގ ޑީ ރޫޒްވެލްޓް ވިދާޅުވެފައިވެއެވެ. "އަހަރެމެންނަށް ކޮންމެ ފަހަރަކު ޒުވާނުންނަށް ޓަކައި މުސްތަގުބަލު ބިނާއެއް ނުކުރެވޭނެއެވެ. ނަމަވެސް މުސްތަގުބަލަށް ޓަކައި އަހަރެމެންނަށް ޒުވާނުން ބިނާ ކުރެވިދާނެއެވެ." މި ޙަޤީޤަތާ އަޅުގަނޑުމެންނަށް މި ވަނީ ކުރިމަތިލާން ޖެހިފައެވެ. ޒުވާން ޖީލަށް ތަރުބަވީ ހައްލެއް ހޯދަން މި ވަނީ މަޖުބޫރުވެފައެވެ. މިކަން ޙަޤީޤަތަކަށް ހެދޭނެ އެންމެ ފަސޭހަ ގޮތަކީ ސިފައިންގެ އެހީތެރިކަން ހޯދުން ނޫން ބާވައޭ ހިތަށް އަރައެވެ؟ ސިފައިންގެ އެހީތެރިކަމުގެ ވާހަކަ ދެއްކުމަކީ - [ޝަހީދުންގެ ދުވަސް](https://addana.mv/3279) - ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހި ތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާން މަހުގެ 1 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް - [ކުރިމަތިވާ ހުރަސްތަކާ އެކު އުންމީދު އައުކުރުން](https://addana.mv/3267) - ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ ކާމިޔާބީއަށް އޮތް ހުރަހެއް ނޫނެވެ. އަދި ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ކަންކަމަކީ ދިރިއުޅުގެ އެއްބައެވެ. ދިރިއުޅުމުގައި ގިރާކުރާ ކޮންމެ ހަރުފަތެއްގައި ކެތްތެރިކަމާއި އުންމީދު އައުކުރުން މަތީ ދެމިހުރުމަކީ ބުއްދި އިސްކުރަން ޖެހޭނެ ކަމެއްކަމުގައި ދެކޭށެވެ. އިންސާނުންގެ ބޭނުންތައް ފުއްދުމުގައި އެކި މީހުން މަސައްކަތްކުރުން އެކިވަރަށް ހިމެނޭކަން ދަންނާށެވެ. ޤުދުރަތީ ހާދިސާތަކާއި އެހެނިހެން ތަފާތު ގޮތްގޮތުން ކުއްލިއަކަށް ދިމާވާ އެކްސިޑެންޓްތަކަކީ ވެސް ކުރިމަތިވާ ކުއްލި ހިތާމައެވެ. އަދި މިފަދަ ކޮންމެ ހާދިސާތަކުގައި - [ޚާލިޞް ނިޔަތާއި ސީދާ ހިތް](https://addana.mv/3250) - އިމާމް މުޙައްމަދު އިބްނު ޢަބްދުﷲ ބިން ޝައިޚުލް އައިދަރުސް ވިދާޅުވެފައިވެއެވެ. "ރަނގަޅު ނިޔަތަކީ، ހުރިހައި ހެޔޮކަމެއްގެ އަޞްލެވެ." އިންސާނާގެ ހިތަކީ، ނިޔަތް އުފެދޭ ގުނަވަނެވެ. މިގޮތުން، ހިތާއި ބުއްދި ގުޅުމުން، ނިޔަތުގައިވާ ކަމެއްގެ ނުފޫޒު އެމީހެއްގެ ވިސްނުމަށާއި ޢަމަލުތަކަށް ކުރާނެއެވެ. ދިރިއުޅުމުގައި، އަހަރުމެން ކުރަން ބޭނުންވާ ކަންކަމާއި، ޙާޞިލްކުރަން ބޭނުންވާ ކަންތައްތައް ކާމިޔާބުކުރުމަށް މަސައްކަތްކުރާއިރު، އެކަންތައްތައް އެގޮތަށް ކުރުމުގެ ނިޔަތަކީ ކޮބައިކަމާއި، ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި ޙާޞިލުކުރުމުގެ މަޤްޞަދަކީ ކޮބައިކަމާއިމެދު ފިކުރުކުރުމަކީ، އެ ނިޔަތްގަތް ކަމަކުން އެންމެ - [ކާމިޔާބު މީހުންނާއި ނާކާމިޔާބު މީހުންގެ ތަފާތު](https://addana.mv/3238) - ކާމިޔާބު މީހުންނަކީ ފަތަޙަ ހޯދާ މީހުންނެވެ. ނަޞްރު ލިބޭ މީހުންނެވެ. ވާދަކުރާ ކަމެއްގައި މޮޅުވާ މީހުންނެވެ. އެ މީހަކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރާ މީހުންނެވެ. މުބާރާތްތަކުންނާއި އެކިއެކި ރޮނގުރޮނގުން ވަނަތައް ހާސިލުކުރާ "ވަނަވެރީން" (Winners) ނާއި "އަރުތަވެރީން" (Achievers) ނެވެ. ޙައްޤުގޮތުގައި ވަނަތައް ހާސިލުކުރާ ވަނަވެރީން އެބައިމީހުން ވަނަތައް ހާސިލުކުރަނީ އެތައް ވަގުތަކާއި އެތައް ހަކަތައެއް އެކަމަށް ހުސްކޮށްލައިގެންނެވެ. އެތައް ލެއަކާއި ދަލެއް އެކަމަށް އޮހޮރުވައިލައިގެންނެވެ. އެތައް ޤުރުބާނީއަކާއި ފިދާއެއް ވެގެންނެވެ. ވަނައެއް ހާސިލުކުރުމާއި ކާމިޔާބެއް - [ކޮއިމަލާކަލޯ](https://addana.mv/3231) - ދިވެހީންގެ ފޯކުލޯރު ވާހަކައިގައި ކިޔާ "ކޮއިމަލާކަލޯ"ގެ ނަން ރާދަވަޅިން ތިން ގޮތަކަށް ފެނެއެވެ. އެއްގޮތަކީ "ކޭއިމަލެއި" އެވެ. އަނެއްގޮތަކީ "ކޭމަލެއި" އެވެ. އަނެއް ގޮތަކީ "ކޭމަލާ" އެވެ. ތަފާތު ސީޣާތަކުން ކިޔުނަސް މިއީ އެއް ނަމެކެވެ. ކޮއިމަލާކަލޯއެވެ. ނުވަތަ މަލެއްފަދަކޮއިއެވެ. ކޮއިމަލާކަލޯއަކީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލެކެވެ. އެ ރަސްގެފާނަކީ "ސްވާސްތީ ސްރީ ސޯމަވަންސަ އާދިފަތި ސްރީ ތީމުގޭ ސްރީ މަހާބަރަނަ މަހާރަދުން" ކަމަށް ބައެއް މުއައްރިޚުން ވިދާޅުވެއެވެ. އެހެންކަމަށް ވާނަމަ މިއީ، ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅުގެ - [ލޭ ހަދިޔާ ކުރަންވީ ކީއްވެ؟](https://addana.mv/3220) - ކޮންމެ އަހަރެއްގެ ޖޫން 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރެވެނީ، އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި، އެއްވެސް ޢުޖޫރައެއް ނެތި، ލޭ ހަދިޔާކުރާ ދަރުމަވެރިން އެކަމަށް ހޭދަކުރާ އަގުނުކުރެވޭ ވަގުތުތައް ވަޒަންކޮށް، އެ ފަރާތްތަކަށް ޝުކުރުވެރިވާ ދުވަހުގެ ގޮތުގައެވެ. އަދި، އެ ދުވަސް ފާހަގަކުރެވެނީ، ރެގިޔުލަރކޮށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި، ލޭހަދިޔާ ކުރުމުގެ ސަބަބުން ލިބޭ އިޖުތިމާޢީ ފައިދާތަކާ - [ދިވެހިންގެ އިޖުތިމާޢީ ރީތި ސިފަތައް](https://addana.mv/3203) - ދިވެހިންނަކީ ވަރަށް ސާދާސީދާ ދިރިއުޅުމެއް އުޅެމުން އައި ބައެކެވެ. އިހުޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ރިވެތި އަޚުލާޤުގެ މައްޗަށެވެ. ދިރިއުޅުމުގެ އެންމެހާ ރީތި ގޮތްތަކާއި ސާދާ އަދަބުތަކަކީ ދިވެހިންނާ ވަރަށް ރައްޓެހި ކަންކަމެވެ. ޚާއްޞަ ގޮތެއްގައި ދިވެހިންގެ އިޖުތިމާޢީ ފޭރާމަކީ އެފަދަ ދެވަނައެއް ނުވާފަދަ މިސާލެކެވެ. ދިރިއުޅުމުގެ އެންމެހާ ރިވެތި އަދަބުތަކާއި ގޮތްތައް އެކުލެވިގެން ފައްކާވެ، ޖަރީވެފައިވާ ދިވެހިންގެ އިޖުތިމާޢީ ފޭރާމަކީ ހަރުދަނާ އިންސާނީ ދިރިއުޅުމަކަށް ބޭނުންވާނެ އެންމެހާ ކަންކަން ހިމެނިފައިވާ ފޭރާމެކެވެ. އެހެނަސް ޒަމާންތަކާ - [ކެޕްޓަން ހައިވަކަރު އަޙްމަދުފުޅުގެ ޤައުމީ ޚިދުމަތް](https://addana.mv/2800) - ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި މއ. ހައިވަކަރުގޭ އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅުގެ ފުރިހަމަ ނަންފުޅަކީ އަޙްމަދު ޔޫސުފެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 ސެޕްޓެންބަރު 1932 ގައެވެ. ބައްޕައަކީ ޔޫސުފް އާދަމެވެ. މަންމައަކީ ޢާއިޝަތު އަބޫބަކުރެވެ. ހައިވަކަރު އަޙްމަދުފުޅު ތަޢުލީމު ހާސިލު ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ފެށުމަކީ ދިވެހި އަސްކަރިއްޔާއެވެ. ހައިވަކަރު އަަޙުމަދުފުޅު ދިވެހި އަސްކަރިއްޔާއާ ގުޅިވަޑައިގަތީ 08 އޮކުޓޫބަރު 1953 ގައެވެ. އެ ދުވަހުން - [މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރުގެ އަސްކަރީ ޚިދުމަތް](https://addana.mv/2560) - މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1970 ވަނަ އަހަރު އެޕުރީލު މަހުގެ 06 ވަނަ ދުވަހުއެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިވެހި އަސްކަރިއްޔާގައި 41 އަހަރާއި 9 މަހާއި 16 ދުވަހު ޚިދުމަތް ކުރެއްވިއެވެ. މި ދިގު ޚިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. ސިފައިންގެ ސާރވިސް ނަންބަރު 214، މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް އާންމުކޮށް މުޚާޠަބު ކުރެވެނީ "ދޮންއެނބޫ ޅަހުއްތު" - [އިމާމު މާލިކު](https://addana.mv/3195) - ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބުގެ އިމާމުންގެ ތެރެއިން، އިމާމު މާލިކުގެފާނަކީ ދެވަނައަށް ދުނިޔެއަށް އުފަންވެވަޑައިގެންނެވި އިމާމެވެ. ފުރިހަމަ ނަންފުޅަކީ މާލިކު ބުނު އަނަސް ބުނު މާލިކު ބުނު އަބީ ޢާމިރު އަލްއަޞްބަޙީއެވެ. އެ ކަލޭގެފާނު ކުންޔާއަކީ "އަބޫ ޢަބްދުﷲ" އެވެ. އެ ކަލޭގެފާނު މަޝްހޫރުވެފައިވަނީ "އިމާމު ދާރުލް ހިޖުރަ" (މަދީނާގެ އިމާމުގެ) ނަމުންނެވެ. މާލިކީ މަޒުހަބުގެ އިމާމަކީ އިމާމު މާލިކުގެފާނެވެ. އެ މަޒުހަބު އުފެދުނީ މީލާދީ ސަނަތުން 746 ވަނަ އަހަރު މަދީނާގައެވެ. އިމާމު މާލިކުގެފާނު އުފަންވެވަޑައިގެންނެވީ - [ޚިދުމަތުގައި އަންހެނުން](https://addana.mv/3189) - އިންސާނުންނަކީ ތަބީޢީގޮތުން ވެސް ތަފާތުތަކެއް ލައްވާފައިވާ ބައެކެވެ. މިގޮތުން ފިރިހެނުންނަށް ޚާއްޞަ ކުރައްވާފައިވާ ކަންކަމާއި އަންހެނުންނަށް ޚާއްޞަ ކުރައްވާފައިވާ ކަންކަން އެބަހުއްޓެވެ. އިންސާނުންގެ ވިސްނުމުގައި ވެސް ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއް ހުންނަކަން އެއީ ޙަޤީޤަތެކެވެ. އަންހެނުންނަކީ ވަރަށް މަސައްކަތްތެރި ހުނަރުވެރި ބައެކެވެ. އަދި އެއީ ހިތްވަރުގަދަ ކެތްތެރި ވެސް ބައެކެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، ދަރިންގެ ކަންކަން ބެލެހެއްޓުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ އެއީ އަންހެނުންގެ ޒިންމާއެކެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް މި ކަންކަމަކީ - [ސަބުދެލި - ފައިދާއިން ފުރިގެންވާ މޭވާއެއް!](https://addana.mv/3149) - ސަބުދެލި، އިނގިރޭސި ބަހުންނަމަ (Sapodilla) އަކީ ގަހެއްގައި އަޅާ ފޮނިމޭވާ އެކެވެ. މި ދޮން ވީމާ ފުށްގޮތެއް ހުރެއެވެ. މީގެ ބޭރުތޮށި ހުންނަނީ ވިލާތު އަލުވީގެ ތޮށީގައި ހުންނަ ކުލަޔާ ގާތް ކުލައެއްގައެވެ. ސަބުދެލި ގަސް ފުރަތަމަ ފެނުނީ މެކްސިކޯއިންނެވެ. އެއަށްފަހު ފިލިޕީންސުންނެވެ. ސަބުދެލި ގަހަކީ 40-30 މީޓަރުގެ އުސްމިނަށް ހެދޭ ގަހެކެވެ. ސަބުދެލީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ބައެއް ވައްތަރުގެ ސަބުދެލި ހުންނަނީ ވަށްކޮށެވެ. އަނެއް ބައި ވައްތަރު ހުންނަނީ ދިގުކޮށެވެ. ވަށް ސަބުދެލީގެ ވަށަމިނުގައި - [ފަރުދީ މަސްލަހަތުގެ މައްޗަށް ޤައުމީ މަސްލަހަތު އިސްކުރުން](https://addana.mv/3033) - މާތް ރަސްކަލާންގެ އިންސާނާއާއި ދުނިޔެ އާރާސްތުކުރުމުގެ ބުރަ މަސްއޫލިއްޔަތު ޙަވާލުކުރެއްވީއްސުރެ، އިންސާނާގެ ކިބައިގައި އެކަލާނގެ ލައްވާފައިވާ މާއްދިއްޔަތަށް ލޯބިކުރުމުގެ ފިޠުރަތަކީ އެކަމުގެ މައްޗަށް އެ އިންސާނާއަށް ދެއްވާފައިވާ ބުއްދި އިސްކޮށް، އެ ކަމާމެދު ސަމާލު ނުވެއްޖެނަމަ، މާއްދިއްޔަތުގެ ކަނޑެއްގައި އެމީހަކު ޣަރަޤުވެ، މަގުއޮޅިގެން ހިނގާދާނެފަދަ އެއްޗެކެވެ. އަދި، މިކަމާމެދު ފަރުވާތެރި ނުވެއްޖެނަމަ، ދުނިޔޭގެ ޒީނަތްތެރިކަމަށް އިންސާނާގެ ކިބައިގައި ލައްވާފައިވާ ލޯބި، ޝައިޠާނާ އިތުރަށް ޒީނަތްތެރިކުރުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގައި އުފަލާއި އަރާމުގައި އުޅެންވީ ހަމައެކަނި ތިމާއޭ ހީވާ - [ހައްދުންމަތީ ބަހުރުވައިގެ ތެރެއިން: ގެންގަރަން - ގެންގެރެން](https://addana.mv/3094) - މޮށެއުޅޭ ބަހުރުވަތަކުގައި ހުންނަ ކުދިކުދި ތަފާތުތަކުގެ ސަބަބުން ބަހުގެ ބަސްކޮށާރުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ. ހައްދުންމަތީ ބަހުރުވައަކީ ހައްދުންމަތީގެ ވަކި ރަށެއްގެ ނުވަތަ ވަކި ސަރަހައްދެއްގެ މީހުން ވާހަކަ ދައްކައި އުޅޭ ގޮތެއް ނޫނެވެ. މި އަތޮޅުގެ ކޮންމެ ރަށެއްގެ ބަހުރުވައަކީ ވެސް ހަމަ ހައްދުންމަތީ ބަހުރުވައެވެ. ގެންގެރެން ބޭނުންކޮށް އުޅެނީ އެއްގަމުހުރި އެއްޗެއް އަތިރިޔަށް ގެންދިއުމަށެވެ. އަޅުގަނޑަށް ވިސްނެނީ ވެސް، އަހައިފައިވަނީ ވެސް އަންނަނިވި ގޮތަށެވެ. ހައްދުންމަތީގައި މި ލަފުޒު ބޭނުންކުރާ ރަށްރަށުގެ މީހުންނަކީ ހައްސަބައިގެން އޮޑި - [ހުވަދޫ ކަނޑުގައި 1300 އެއްހައި މީހުން މަރުވި ކާރިސާ](https://addana.mv/3070) - ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގައި ދިވެހިރާއްޖެއަކީ، އިއްތިހާދީންނާ އެކު އޮތް، ފުރިހަމަ ބައިވެރިއެކެވެ. އިއްތިހާދީންގެ އަސްކަރީ ބޭނުންތަކަށް، އިނގިރޭސި ސިފައިން ދިޔައީ އައްޑު އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. ތިލަދުންމަތި އުތުރުބުރި ކެލާތުނޑި ވެސް، 1943 އިން ފެށިގެން އިނގިރޭސި ވައިގެ ސިފައިންގެ ހަރަކާތްތަކަށް ސަރުކާރުން އޮތީ ހަމަޖައްސަވައިދެއްވާފައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދެ ފަރާތުގެ ސީދާ ކުރިމަތިލުމެއް ދިވެހިރާއްޖޭގެ ރަށެއްގައި ހިނގާފައި ނެތަސް، "ހަނގުރާމައިގެ އަސަރާއި ރަހަ" ވަނީ ރާއްޖެއާ ހަމައަށް ފޯރާފައެވެ. ރާއްޖޭގެ ރަށަކާ އެންމެ ކައިރިން ދެވުނު ހަމަލައަކީ، - [އދގެ ރިޔާސަތަށް ދިވެހިރާއްޖެ](https://addana.mv/3168) - އދގެ ރިޔާސަތަކީ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެންބްލީގެ ރައީސެވެ. އދގެ ޢާންމު މަޖިލިހުގެ ރައީސަކީ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން އިންތިޚާބުކުރެވޭ އދގެ ރައީސެވެ. އދގެ ސެކްރެޓަރީ ޖެނެރަލް ވެސް މަސައްކަތް ކުރައްވަނީ އެ ޖަމާޢަތުގެ ރައީސްގެ ދަށުންނެވެ. އދ ޢާންމު މަޖިލީހުގެ ރައީސުން އިންތިޚާބުކުރަނީ ދައުރުވާ އުސޫލުން އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ޤައުމުތަކުގެ މެދުގައެވެ. އދގެ ޢާންމު މަޖިލީހުގެ ރައީސެއްގެ ދައުރަކީ އެއް އަހަރު - [އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ނިއްވުމަށް މިހާރު ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުން](https://addana.mv/3163) - ގެދޮރު އިމާރާތް ކުރުމަށް ބިން ލިބުމުގެ ދަތިކަމާއި އާބާދީ އިތުރުވުމުގެ ސަބަބުން އުސް އިމާރާތްތަކުގެ ޑިމާންޑް ވަނީ ދުވަހެއް ދުވަހަކަށް އިތުރުވެފައެވެ. އަދި އުސް އިމާރާތްތަކުގައި ފަޔަރ ސޭފްޓީއަށް ނުވިސްނައި އިމާރާތް ކުރުމުގެ ސަބަބުން، ހިނގާ އަލިފާނުގެ ހާދިސާތައް ނިއްވުމަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ހަމައެކަނި ސިޑިއެއް ނުވަތަ ލިފްޓެއް ބޭނުންކޮށްގެން އިމާރާތްތަކުގައި ދިރިއުޅޭ މީހުން ސަލާމަތުން އެތަނުން ނެރެން ބެލިކަމުގައި ވިޔަސް މިއީ ވަރަށް ގިނަ ވަގުތާއި މަސައްކަތެވެ. މިހާރު ވެސް ލިފްޓް - [އެމްއެންޑީއެފް މެރިން ކޯރގެ ތާރީޚާއި ކުރިއެރުން](https://addana.mv/2943) - މިއަދު މިދެކޭ އެމްއެންޑީއެފް މެރިން ކޯރގެ ޚިދުމަތުގެ އަސްލަކީ، 1980 ވަނަ އަހަރުގެ ފެބުރުވަރީ މަހު އުފެއްދެވި ޓާސްކް ފޯހެވެ. މިގޮތަށް ދަންނަވަން ޖެހެނީ ސިފައިން, ބަޑި ހިފައިގެން ފުރަތަމަ ފޯރި މެރުން ނުވަތަ ބަޑި ހިފައިގެން ޑިއުޓީ އަދާކުރަން ފެށުނީ ޓާސްކް ފޯސް ޔުނިޓް އުފެއްދެވި ހިސާބުން ކަމަށްވާތީއެވެ. ޑިއުޓީ ސެކްޝަންގެ ދަށުގައި އޮތް ޓާސްކް ފޯހަކީ ބަޑިފޯރިއަށް ޚާއްޞަ ކުރެވިގެން، ވަކި ޚާއްޞަ މަޤާމުތަކެއްގައި ހަތިޔާރާއެކު ޑިއުޓީ ކުރި ބައެކެވެ. ޚާއްޞަކޮށް ޤައުމީ ސަލާމަތާ - [ސިފައިންގެ ޤައުމީ ޚިދުމަތުގެ ތެރެއިން...](https://addana.mv/2975) - ސިފައިންގެ ޚިދުމަތް ފަށައިފައި ވަނީ 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް ދިވެހި ސިފައިން ތިބީ ނުގުޑާ ފަދަ އަޒުމެއްގައެވެ. ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރާއިރު ސިފައިންގެ ޚިދުމަތުގެ ވާހަކައަކީ ކޮންމެހެން ވެސް ދައްކަންޖެހޭ ވާހަކައެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ސަބަބުތައް ބައިވަރެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ޚިދުމަތްކޮށްލުމަކީ ދިވެހި ދަރީންނަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެކެވެ. ޝައްކެއް ވެސް - [ރޫސީވިލާތާއި ޔޫކްރައިނުގެ ހަނގުރާމައިގައި ބަހުގެ ދައުރު](https://addana.mv/3008) - ޤައުމުތަކުގެ މެދުގައި ހަނގުރާމަތައް ހިނގަނީ، ތަފާތު ސަބަބުތަކާ ހެދިއެވެ. އެއް ބަޔަކު ބިން ހޯދުމަށް ހަނގުރާމަ ކުރާއިރު، އަނެއް ބަޔަކު ހަނގުރާމަ ކުރަނީ، އިސްތިޢުމާރީ މަންފާ ހޯދުމުގެ ނިޔަތުގައެވެ. ދީނަށް ނަޞްރު ހޯދައިދިނުމުގެ ނަމުގައި ވެސް އެތައް ހަނގުރާމައެއް ކުރެވިފައިވެއެވެ. މިއިން ކޮންމެ ހަނގުރާމައެއްގައި ވެސް ބަހުގެ ނުފޫޒާއި ބާރު އެކި މިންވަރަށް ހިނގާފައިވާއިރު ބަހަށް ޓަކައި ކުރެވުނު ހަނގުރާމަތައް ވެސް ފެނިފައިވެއެވެ. މިހާރު ކުރެވެމުންދާ ރޫސީވިލާތާއި ޔުކްރައިން ހަނގުރާމައަކީ އެފަދަ ހަނގުރާމައެއް ހެއްޔެވެ؟ މި ހަނގުރާމައިގައި - [ޛިކުރާ މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް ބިނާކުރުމަށް ސިފައިން ކުރި ބުރަ އަދި އަވަސް މަސައްކަތް!](https://addana.mv/3134) - ސިފައިންނަކީ ރައްޔިތުންނާ ގުޅުންހުރި އިޖުތިމާޢީ ކަންކަމުގައި އަވަސް އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުންދާ ބައެކެވެ. ފާއިތުވި މާޒީއަށް ބަލާއިރު އެކި ދުވަސްވަރު ލޯކަލް މާރުކޭޓްތައް ހެދުމަށް ސިފައިންކުރި ބުރަ މަސައްކަތްތަކާއި ވަގުތީ މިސްކިތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ބިނާކޮށް ނިންމުމަށް ސިފައިން ކުރި ބުރަ މަސައްކަތް ފަދަ އެތައް އިޖުތިމާޢީ މަސައްކަތްތަކެއް ކުރުމުގައި ސިފައިން ވަނީ ނަމޫނާ ދައްކާފައެވެ. އަވަހަށް ނިންމަން ބޭނުންވާ އެފަދަ މަސައްކަތް ސަރުކާރުން ސިފައިންނާ ހަވާލު ކުރަނީ ވެސް ސިފައިންނަށް އެ މަސައްކަތް ކުރެވޭނެ - [32 އަހަރުގެ ފަޚުރުވެރި ޚިދުމަތާ އެކު "ރެހެންދި އެވޯޑް"](https://addana.mv/3128) - ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ވަރަށް ހިތްދަތި ތަޖުރިބާތަކާއި ގޮންޖެހުންތަކާ ސާޖަންޓް ފަސްޓް ކްލާސް (ސފކ) ނަސްރީނާއާ ކުރިމަތިލައްވަން ޖެހިލެއްވިއެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކު ވެސް ހިތްވަރާއި ނުގުޑާ ފަދަ ޢަޒުމާ އެކު ހަމައިސްކޮޅަށް ތެދުވެ، ކުރިއަށް ހިންގަވައެވެ. މިހާ ދިގު މުއްދަތެއްގައި، ދެގޮތެއް ނުވެ ޚިދުމަތުގައި ދެމިހުންނެވުނީ، ދިމާވި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައްވައި، ކާމިޔާބަށް ވާސިލުވުމަށް ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންނެވެ. އެއީ ފަޚުރުވެރި ސިފައިންގެ ކަނބަލެކެވެ. ޤައުމު ގޮވާލި ކޮންމެ ކަމެއްގައި އަމިއްލަ ނަފުސަށް - [ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް: ސާޖަންޓް ފަސްޓް ކުލާސް އަޙްމަދު ޢަބްދުލްކަރީމް](https://addana.mv/3122) - 2021 ވަނަ އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮކްޓޫބަރ 23 ވަނަ ދުވަހުގެރޭ ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ޖަލްސާއަކީ، ރާއްޖޭގެ އެންމެ މަތީ ލެވެލްގައި ފާއިތުވި 17 އަހަރު ވޮލީބޯޅަ ކުޅުމުގައި ފުންނާބުއުސް ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ސާޖަންޓް ފަސްޓް ކުލާސް އަޙްމަދު ޢަބްދުލްކަރީމްއަށް ތާރީޚީ ޖަލްސާއެކެވެ. ޤައުމީ ވޮލީ ޓީމުގެ ކެޕްޓަނެއްގެ ގޮތުންނާއި އެންމެ ތަޖުރިބާކާރު ސީނިއަރ ކުޅުންތެރިޔާގެ ގޮތުގައި ދިވެހިރާއްޖެއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވައިދެއްވި ސފކ. އަޙްމަދު ޢަބްދުލްކަރީމަށް ކުޅިވަރަށް ޚިދުމަތްކުރުމުގެ - [ފެނިގެން ދިޔައީ ކެރުމާއި ހުޝިޔާރުކަން!](https://addana.mv/3118) - ދުވަހަކީ، 2021 ސެޕްޓެންބަރު 22 ވަނަ ދުވަހެވެ. އެމްއެންޑީއެފް މެރިން ޑިޕްލޯއީމަންޓް ޔުނިޓް 3 (އެމްޑީޔޫ 3) ގައި މަސައްކަތްކުރައްވާ ކޯޕްރަލް ޢަލީ ޝާޒިން (ސނ. 6949) އަށް އެ ދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. ބޮޑީގާޑު ޓްރެއިނިންގއަށް ދިޔުމަށް ތައްޔާރުވަމުން ދިޔަ، ޝާޒިން އުޅުއްވީ، ތަމްރީނަށް ފުރުމުގެ ކުރިން ހަމަކުރަން ޖެހޭ "ކިޓް ލިސްޓް" ހަމަކުރުމުގައެވެ. ބަންޑާރަކޮށިން ނުކުމެގެން އޭނާ ދިޔައީ، ކިޓް ލިސްޓަށް ހަމަކުރަންޖެހޭ ޓައީއެއް ހޯދުމަށް ލޮނުޒިޔާރަތްމަގުގައި ހުރި އޭނާގެ ރައްޓެއްސެއްގެ ގެއަށެވެ. - [ހިޖުރީ ތާރީޚު ޖަހަން ފެށުނީ ކިހިނެއް؟](https://addana.mv/3098) - ދިވެހިރާއްޖޭގައި ތާރީޚު ބަލާއުޅެނީ ދެ ގޮތަށެވެ. އެއީ މީލާދީ ތާރީޚާއި ހިޖުރީ ތާރީޚެވެ. މީގެ ތެރެއިން މީލާދީ ތާރީޚަކީ ހުރިހާ ޤައުމެއްގައި ވެސް ބޭނުންކުރާ ތާރީޚެކެވެ. ހިޖުރީ ތާރީޚު މައިގަނޑު ގޮތެއްގައި ބަލަނީ މުސްލިމުންނެވެ. މި ދެ ވައްތަރުގެ ތާރީޚުގެ ތެރެއިން މީލާދީ ތާރީޚު ބެލުމުގައި އިންސާނުން އަހަރެއްކަމުގައި ބަލާފައިވަނީ އިރުވަށައިގެން ދުނިޔެ ބުރެއްޖަހާ މުއްދަތަކީ އެއީ އެއް އަހަރު ކަމުގައި ބަލައިގެންނެވެ. މި ތާރީޚު ބެލުމުގައި ބަލާ ކަލަންޑަރަށް ގުރެގޮރީ ކަލަންޑަރު، ނުވަތަ ހުޅަނގުގެ ކަލަންޑަރު - [ދިރާސާކުރާ އިރު ސިކުނޑި ހުޅުވާލުން: ކިހާ މުހިންމު ކަމެއް؟](https://addana.mv/3107) - ދިރާސާއެއް ކުރުމުގެ މައިގަނޑު މަފްހޫމަކީ، ކަމެއްގެ ފުންމިން ދެނެގަނެ، ޢިލްމީ ގޮތުން ހޯދުންތަކެއް ހޯދުމެވެ. އާދެ، ޢިލްމު ފުޅާކޮށް ދެނެގަތުމެވެ. ކޮތާރީ (2004) ވިދާޅު ވަނީ، ދިރާސާއަކީ ވަކި ދާއިރާއެއްގެ ސްޓަޑީއަކަށް އެޕްލައިކުރެވިގެން ހެދޭ ސިސްޓެމެޓިކް އަދި ތިއޮރެޓިކަލް އެނެލިސެސްއެއް ކަމަށެވެ. ނުވަތަ މަޢުޟޫ އަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ހޯދުމަށް ސައިންޓިފިކް އުސޫލުތައް ބޭނުންކޮށްގެން ވަކި ތަރުތީބަކުން ކުރާ މަސައްކަތްކަމުގައި ބެލެވިދާނެ ކަމަށެވެ. ސެކަރަން (2003) ޢިލްމީ ދިރާސާ ސިފަކުރައްވަނީ، ވަކި މައްސަލައަކާ ގުޅޭ ގޮތުން - [ސިނަފްގެ ނަމުން މުޅި ރާއްޖެއަށް ތައާރަފުވި އަދީބު - މަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް](https://addana.mv/3060) - "މިހާރު ޢުމުރުގެ ދުވަސްތައް ނިމުމަކަށް އަންނަނީއެވެ. ޙަޔާތުގެ އިރު މެދުއުޑުން ލަނބައި، އަސުރުން ތިރިވެ، ފެނަށް އޮބުމުގެ އަސަރުތައް ފެންނަނީއެވެ. ޙަޔާތުގެ އުދަރެހަށް ރަތްވިލާތައް ގިނަވަނީއެވެ." މިއީ ޔަމަންގެ މައުސޫމާގެ އަސަރުގަދަ ލޯބީގެ ވާހަކަ ޅެންބަހުން ޝާއިޢު ކުރެއްވި ކުޅަދާނަ ޝާޢިރު އަލްމަރުޙޫމް ސައިކުރާ އިބުރާހީމް ނަޢީމް، އޭނާ ލިޔުއްވި "ރަތްވިލާ" ގައި ލިޔުއްވައިފައިވާ ޢިބާރާތްކޮޅެކެވެ. އޭނާ އެ ވިދާޅުވީ ތެދުފުޅެކެވެ. މިއަދަކު ސައިކުރާ އިބްރާހީމް ނަޢީމެއް ނެތެވެ. އޭނާ ވަނީ އޮއްސިގެންދިޔަ ރަތްވިލާތަކާ އެކު، އަޅުގަނޑުމެންނާ - [ޢަސްކަރީ ޢަދުލުގެ ނިޒާމުގެ ސަބަބުން ލިބިގެންދާ ފުރުޞަތުތަކަކީ ކޮބާ؟](https://addana.mv/2969) - ސިފައިންގެ ޢަސްކަރީ އަދަބު އަޚްލާޤު ނެގެހެއްޓުމާއި ދެމެހެއްޓުމަށް ޓަކައި، ސިފައިންގެ މީހުންގެ ތެރެއިން އަޚްލާޤާއި ސުލޫކާ ޚިލާފުވާ ފަރާތްތަކާ މެދު އެކަށޭނަ ފިޔަވަޅު އެޅުމަކީ 130 އަހަރު ހަމަކުރުމާ ދިމާއަށް ދަތުރުކުރަމުންދާ ދިވެހި ޢަސްކަރިއްޔާގެ ހަޔާތުގައި އަބަދުވެސް ކުރަމުން އައިސްފައިވާ ކަމެކެވެ. އެކި ޒަމާންތަކުގައި އެކި ގޮތަށެވެ. ދާދި ކައިރި މާޒީއަކަށް، ގާތްގަނޑަކަށް މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާނަމަވެސް، އޭރު ހުންނަވާ ކޮމާންޑަރެއްގެ ނުވަތަ ކަމިޝަން އޮފިސަރެއްގެ ވިސްނުމުން އޭނާގެ ދަށުން މަސައްކަތްކުރާ ސިފައިންގެ މީހެއްގެ - [ބަޑިހެލުން - ޤައުމުގެ ދިފާޢަށް ޓަކައި ކާބަފައިން އެޅި ހަރުދަނާ ފިޔަވަޅެއް](https://addana.mv/2984) - ދިވެހީންގެ ޒަމާންވީ އާދަކާދައިގެ ތެރެއިން ބަޑިހެލުމަކީ ދިވެހީން ވަރަށް ބޮޑު އިސްކަމެއް ދީގެން ވިހިވަނަ ޤަރުނާ ހަމައަށް ވެސް ކުރަމުން އައިސްފައިވާ ކަމެކެވެ. ބަޑިހެލުމަކީ އާދަކާދައިގެ ގޮތުން އިރުވައި މޫސުން ލައިގަތީމާ ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ ކަމެކެވެ. ބަޑިހެލުމުގެ ރަސްމިއްޔާތަކީ ދައުލަތުގެ ފަރާތުން ބާއްވަވަމުން އައި ވަރަށް ބޮޑު ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ރަސްގެފާނުން ފެށިގެން ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މިކަމުގެ ފަހަތުގައި އޮންނަނީ ޤައުމުގެ ސަލާމަތާ - [ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމްގެ ކުއްލި ވަކިވުން](https://addana.mv/3115) - ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނަކީ ސްކޫލު ދައުރުގައި އަޙްމަދިއްޔާ ސްކޫލުގެ ކެޑޭޓް ހަރަކާތުގައި އިސް ދައުރެއް އަދާކުރެއްވި ދަރިވަރެކެވެ. ގެއްލިގެން އެ ދިޔައީ ޤައުމަށް ޚިދުމަތްކުރުމުގައި އަތުކުރި އޮޅާލައިގެން ހުންނެވި ކެރޭ ހިތްވަރުގަދަ ފަހުލަވާނެކެވެ. ތަޢުލީމާއި ތަމްރީނު ހޯދުމަށް ގަދައަޅައި މަސައްކަތްކުރެއްވި ޒުވާނެކެވެ. އަސްކަރީ އަޚްލާޤާއި ސުލޫކު އޭގެ އެންމެ މަތީ ދަރަޖައިގައި ބަހައްޓަވައިގެން މަސައްކަތް ކުރައްވަމުންގެންދިޔަ ނަމޫނާ ބޭކަލެކެވެ. 2021 ސެޕްޓެންބަރު 25 ވަނަ ދުވަހު މުޅި ޤައުމަށް ސިހުން ގެނުވީ، އިންޑިއާގެ ޕޫނޭގައި ހުންނަ - [ސިފައިންގެ ވެރިޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު](https://addana.mv/2988) - މިއަދު އެނގިފެނި ދެންނެވިފައިވާ ފަދައިން ދިވެހި ސިފައިން އުފެދުނީ 1892 އަހަރުގެ އެޕްރީލް 21 ވަނަ ދުވަހުއެވެ. އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ބަރިކުސަ ލޯކަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުއެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ކުރިން ސިފައިންގެ ވެރިޔާގެ ފަޚުރުވެރި މަޤާމު، ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޡިއްޔަތުން އިތުރު ތިން ބޭފުޅަކު ފުރުއްވާފައި ވެއެވެ. އެއީ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު 5 ވަނައާއި އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު 3 ވަނަ އަދި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން - [ހިތްހެޔޮކަން](https://addana.mv/3051) - މި ދުނިޔެއަކީ ކިހައި ދުވަހަކު ދިރިއުޅެން ލިބިފައިވާ ތަނެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެތައް ކަމެއް ރާވައި އެތައް އުއްމީދެއް ކޮށްގެން ހުއްޓައި މިއަދު ވެސް މިރޭ ވެސް މާދަމާ ވެސް މަރުވެދާނެއެވެ. މަރުވުމުން މި ދުނިޔެއާ ވަކިވީއެވެ. އާޚިރަތުގެ ޙަޔާތުގެ ދުވަސްތައް ފެށުނީއެވެ. އެހެންވީމާ ދުނިޔޭގައި އުޅެން ލިބިފައިމިވާ ހިނދުކޮޅުގައި ތިމާގެ ނަފުސާ މެދު ތިމާގެ ޢާއިލާއާ މެދު ތިމާގެ އެކުވެރިންނާ މެދު ތިމާގެ އަވަށްޓެރިންނާ މެދު ހިތްހެޔޮކަން ބާއްވާށެވެ. ހިތްހެޔޮކަމަކީ ލޯބިވާކަމުގެ ސިފައެކެވެ. - [ޓީމެއްގެ ތެރޭގައި މައްސަލަޖެހޭ އާންމު ސަބަބުތައް](https://addana.mv/3090) - ޓީމެއްގެ ތެރޭގައި އޮންނަންވީ ބަދަހި ގުޅުން ކުޑަވެ، މައްސަލަތައް ޖެހި، ކޯޅުންތައް އުފެދޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ތިރީގައި މިވަނީ މި ސަބަބުތަކުގެ ތެރެއިން އެންމެ އާންމު ދިހަ ސަބަބެކެވެ. ޓީމެއްގެ ތެރޭގައި މައްސަލަތައް އުފެދޭ އެއް ސަބަބަކީ ރަނގަޅަށް މުވާސަލާތު ނުކެރެވުމެވެ. ޓީމުގެ ތެރޭގައި އެކަކު އަނެކަކާ ކަންކަމުގައި ރަނގަޅަށް ވާހަކަ ނުދެކެވުމެވެ. ޓީމުގެ ތެރޭގައި އެކިއެކި ކަންކަމުގައި އެކަކު އަނެކަކަށް ސާފުކޮށް އެނގި، އޮޅުންފިލާނޭހެން ވާހަކަ ދައްކައި މަޝްވަރާ ނުކުރެވޭނަމަ ނުވަތަ އެފަދަ - [ވޭޕް ކުރުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކާއި އެ ޢަމަލު ހުއްޓުމަށް އެޅިދާނެ ފިޔަވަޅުތައް](https://addana.mv/3082) - ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި ގެންގުޅުނު އާދައަށް އައި ބަދަލާ އެކު، ފާއިތުވި އަހަރުތަކުގައި ވޭޕްކުރުން އާންމުވެ، ޒުވާނުންގެ މެދުގައި އެކަން "މަގުބޫލު" ކަމަކަށް އޮތީ ވެފައެވެ. ނަމަވެސް، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން "ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟" މިއީ އެ ބޭނުންކުރާ ފަރާތްތަކުގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށް ޓަކައި، ވޭޕިންގއާ ގުޅޭ ޞިއްޙީ މައްސަލަތަކާއި އެ ޢަމަލު ހުއްޓުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބަލައިލުން މުހިންމެވެ. ވޭޕިންގގެ ސަބަބުން މެދުވެރިވާ - [ބަކަރި ހުއިހައްޕަން އުޅުނު އަޅުކުއްޖާގެ ފިކުރާއި ވިސްނުމަށް ކުރި ޤުރުއާނުގެ ތަރުބަވީ އަސަރު](https://addana.mv/2980) - މުސްލިމުންގެ ޢަމަލީ ހަޔާތް ބައްޓަންވެފައި އޮންނަންވީގޮތުގެ ތަރުބިއްޔަތު ކީރިތި ޤުރްއާނާއި ސުންނަތުގައި އޮންނަގޮތާއި، މުސްލިމުންގެ ހަޔާތުގައި ފެންނަމުންދާ ކަންކަމާ ވަރަށް ތަފާތެވެ. މުސްލިމުންގެ އިޖުތިމާޢީ ހަޔާތާއި ސިޔާސީ ހަޔާތް އޮންނަން ޖެހޭނެގޮތް ކަމަށް ޤުރްއާނާއި ސުންނަތް ދައްކައިދޭ މަގާއި، ވަރަށް ދުރު މަގަކުން ހިނގާތީ ފެނެއެވެ. ކީރިތި ޤުރްއާނާއި ސުންނަތުން އަޅުގަނޑުމެންނަށް ދަސްވެފައިވާ ހަޔާތުގެ މަޤްޞަދުތަކާއި އަޅުގަނޑުމެންގެ ޢަމަލީ ހަޔާތުގެ މަޤްޞަދުތަކާ ދިމާ އިދިކޮޅެވެ. ކުރުގޮތަކަށް ދަންނަވާނަމަ، ޤުރްއާނާއި ސުންނަތުގެ ޢާލަމީ މެސެޖުގައިވާ އިރުޝާދާއި، މި ޒަމާނުގެ - [އަލްޖިބްރާ ޢިލްމުގެ ބައްޕަ](https://addana.mv/2862) - ހިސާބު ޢިލްމާއި ނުޖޫމީ ޢިލްމުގެ ރޮނގުން ދުނިޔެއަށް އުފަންވި، ޢިލްމީ ޚަޒާނާގެ އެންމެ އާދަޔާއިޚިލާފު ސިކުނޑިކަމުގައިވާ އަބޫ ޖައުފަރު މުޙައްމަދު ބުން މޫސާ އަލް ޚުވާރިޒަމީގެ ނަމަކީ ޢިލްމީ ދުނިޔޭގައި ހަނދާން ނައްތާލެވޭނެ ނަމެއް ނޫނެވެ. ހަނދުގައިވާ "ބޮޑުވަޅުގަނޑު" (ކުރޭޓަރ އޮފް މޫން) އަށް ޚުވާރިޒަމީގެ ނަން ނިސްބަތްކުރެވިފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހިސާބު ޢިލްމު، ތަރައްޤީވެގެންދިޔަ އަސްލުކަމުގައިވާ "އަލްޖިބްރާ"، އަދުގެ ދުނިޔެއަށް ވުޖޫދުކޮށްދެއްވި މޭސްތިރިއަކީ، މުޅި ދުނިޔެ، އެ ނަމަކަށް ހެކިވާނެ އަލް ޚުވާރިޒަމީއެވެ. - [ދިވެހިރާއްޖޭގެ ނަން](https://addana.mv/2952) - ދިވެހިރާއްޖެއަށް އިނގިރޭސީން ކިޔަނީ "މޯލްޑިވްސް" އެވެ. ޢަރަބީން ކިޔަނީ "މާލްދީފް" އެވެ. އުރުދޫ، ހިންދީ އަދި ފާރިސީ ބަހުން ކިޔަނީ "މަހަލްދީބް" އެވެ. ދިވެހިރާއްޖޭގެ މާނައަކީ ކޮބައިތޯ ވިސްނާލާއިރު އެ ނަމުން ކުރެވޭ މާނައަކީ "ދިވެހީންގެ ރާއްޖެ"އެވެ. ރާއްޖޭގެ މާނައަކީ ޤައުމެވެ. ލަފުޒީ މާނައަށް ބަލާއިރު ރާއްޖެ މި ލަފުޒު މާނައަކީ ރަސްކަން ނުވަތަ ކިންގްޑަމް ކަމަށް ގަބޫލުކުރެވެއެވެ. ދިވެހިރާއްޖޭގެ ނަން އެކި ގޮތްގޮތަށް ބޭނުންކުރާއިރު ދިވެހި ދައުލަތުގެ ނަމެއް ވެސް އޮވެއެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ - ["ނޮވެންބަރު ތިންވަނަ ދުވަހު ފުލުސް އޮފީސް ފޫއަޅުވާލައި އެރި ހަމާލާއިން އަޅުގަނޑު ސަލާމަތްވީ ކިރިޔާ"](https://addana.mv/3040) - ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދަކީ ޤައުމަށް ޚިދުމަތް ކުޅައުމުގައި ދެގޮތެއް ނުވާ ބޭފުޅެކެވެ. ވަކިން ހާއްޞަކޮށް ސިފައިންގެ ޚިދުމަތުން ފެށިގެން ފުލުހުންގެ ތަޙުޤީޤު ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯއްދަވާފައިވާ ބޭފުޅެކެވެ. 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ދުޝްމަނުންގެ ކިބައިން މި ލޮބުވެތި ވަޠަން ސަލާމަތްކުރުމުގައި ސިފައިންގެ މީހެއްގެ ގޮތުން އޭރުގެ ޕްރައިވެޓް، ޢަލީ - [ދުނިޔޭގައި އުފެއްދި އެންމެކުޑަ މަތިންދާބޯޓް - ސްޓަރ ބަމްބަލް ބީ](https://addana.mv/3036) - ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ "ބަމްބަލް ބީ" އަކީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ކުޑަ މަތިންދާބޯޓެވެ. 1988 ވަނަ އަހަރު ރެކޯޑް ފޮތުން ޖާގަ ހޯދި އެ މަތިންދާބޯޓު އުފެއްދި ބާނީއަކީ، ރޮބަޓް ސްޓަރއެވެ. އޭނާ ވަނީ، ދުނިޔޭގެ ރެކޯޑް ފޮތުން "ބަމްބަލް ބީ" އަށް ޖާގަ ލިބުމުގެ ކުރިން އެފަދަ ކުޑަ މަތިންދާބޯޓްތަކެއް "ބޭބީ ބާޑް" ގެ ނަމުގައި އުފެއްދުމަށް 1949 ވަނަ އަހަރުގެ ފަހުން ދެ ފަހަރެއްގެ މަތިން ކުރި މަސައްކަތްތަކުގައި - [ސިފައިންގެ ޤާބިލުކަން އިތުރުކުރުން](https://addana.mv/3029) - ޝައްކެއްނެތެވެ. ދިވެހި ސިފައިން، ދިވެހި ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. މި އަހަރު އަޅުގަނޑުމެން މި ފާހަގަކުރަނީ ދިވެހި ސިފައިންގެ ޚިދުމަތުގެ 130 ވަނަ އަހަރެވެ. ދިވެހި ސިފައިންގެ ދިގު މާޒީއެއް އެބައޮތެވެ. އެއީ ދިވެހި ސިފައިން ފަޚުރުވެރިވާ މާޒީއެކެވެ. ސިފައިންގެ ލޮބުވެތި ޢާއިލާތައް ފަޚުރުވެރިވާފަދަ މާޒީއެކެވެ. އެ މާޒީގައި އެކުލެވިގެންވަނީ ނުހަނު އިޚްލާޞްތެރި ޤުރުބާނީތަކެވެ. ފަރުދީ ހިތްހަމަޖެހުމަށް ބެލުމެއްނެތި، ޤައުމީ ޚިދުމަތް އިސްކޮށްގެން، ކޮށްފައިވާ ވަފާތެރި ޚިދުމަތްތަކެވެ. ޤައުމުގެ ދުލުން ތާއަބަދު - [ފުރަތަމަ ބޮޑުހަނގުރާމައިގައި ދިވެހިރާއްޖެ](https://addana.mv/3012) - ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ހިނގާފައި ވަނީ 1914 އިން 1918 އަށެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، ދިވެހި އުދަރެހުން ފެންނަން އޮތީ، އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެއީ، "އުއްސަކުރުގެ" ޒަމާނެވެ. ފޮނި، އެހާމެ ކާހިތްވާ، ހިތަށް އުފާވެރިކަން ލިއްބައިދޭ އުއްސަކުރުން އެ ޒަމާން ސިފަކުރުމުން، އެއީ ރަން ޒަމާނެއްކަން ދޭހަވެއެވެ. އެހެނަސް، ފުރަތަމަ ބޮޑުހަނގުރާމަ އައުމާއެކު ކޮންމެވެސް ވަރެއްގެ ތަދެއް ރާއްޖެއަށް އައިކަމަށް ރާއްޖޭގެ ތާރީޚުގައި ލިޔެވިފައިވެއެވެ. ހަނގުރާމައިގެ އެ - [ހިސާޝީ އައޯޗީ: ނުރުހުމުގައި ދުނިޔޭގައި ބެހެއްޓި މީހާ](https://addana.mv/2881) - 1999 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ވަނަ ދުވަހު، ޖަޕާނުގައި ހުރި ނިއުކްލިއަރ ކޮންވާޝަން ޕްލާންޓްގައި ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގިއެވެ. މި ނުރައްކާތެރި ނިއުކްލިއަރ ހާދިސާގައި ދެ މީހަކު މަރުވިއެވެ. އޭގެތެރެއިން އެކަކަށް ކިޔާ ނަމަކީ، ހިސާޝީ އައޯޗީއެވެ. މި ލިޔުމުގައި މި ބަލާލަނީ އެ ހާދިސާގައި ހިސާޝީ އައޯޗީއަށް ލިބުނު ޒަޚަމްތަކާއި، އަޅަމުންދިޔަ ވޭނާއެކު ވެސް، ސައިންޓިފިކް ތަޙުޤީޤުތަކެއް ކުރުމަށް އޭނާގެ ދިރިހުރި، އެހެނަސް މަރުވެފައި އޮތް ހަށިގަނޑު ބޭނުންކުރި ގޮތުގެ ވާހަކައެވެ. ހިސާޝީ - [ފުރަތަމަ ބޮޑުހަނގުރާމަ ހުއްޓާލި އެއްބަސްވުން](https://addana.mv/2928) - ފުރަތަމަ ބޮޑުހަނގުރާމައިގައި ޖަރުމަނު ބަލިވެ, އަމާންދީ، ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާކަމަށް އެދުމާ އެކު، އެ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ހެދުނު އެއްބަސްވުމަށް ނުވަތަ މުއާހަދާއަށް ކިޔާ ނަމަކީ "ޓްރިޓީ އޮފް ވަރސޭ" (Treaty of Versailles) އެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ، ފުރަތަމަ ބޮޑުހަނގުރާމައިން ނަޞްރު ލިބުނު އިންތިހާދާއި އެ ހަނގުރާމައިން ބަލިވި ޖަރުމަނުވިލާތާ ދެމެދު، 1919 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ޞުލްޙައިގެ ޝަރުތުތަކެއް ކޯޑިފައިކޮށްފައިވާ މި އެއްބަސްވުމުގެ މުއާހަދާއަށް މި ނަން ދެވުނީ، އެ - [ދިވެހި ބަހަކީ ދިވެހީންގެ ފަޚުރެކެވެ. ބީވިޔަ ނުދޭށެވެ.](https://addana.mv/2746) - އަޅުގަނޑުމެން ދިވެހިންނަކީ ވަރަށް މަތިވެރި ނިޢުމަތްތަކެއް ލިބިފައިވާ ބައެކެވެ. ﷲގެ ހެޔޮ ރަޙުމަތުގައި އަޅުގަނޑުމެން އުޅެމުން މިދަނީ މިނިވަން ދިދައެއްގެ ހިޔަލުގެ ދަށުގައި މިނިވަންކަމާ އެކުގައެވެ. އަޅުގަނޑުމެންގެ ފަޚުރުވެރި މާޒީއެއް އެބައޮތެވެ. ފަޚުރުވެރި ތާރީޚެއް އެބައޮތެވެ. މި ފަޚުރުވެރި ތާރީޚު އަޅުގަނޑުމެންނާ ހަމައަށް އުފުލައިދިން ސަވާރީއަކީ އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހި ބަހެވެ. އާދެ އަޅުގަނޑުމެންގެ އަަމިއްލަވަންތަ އަމިއްލަ މާދަރީ ބަހެވެ. އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ފަޚުރެކެވެ. ފަޚުރުވެރި ބަހެއް ލިބިފައި - [އެންމެ ފިޓެސްޓް ސޯލްޖަރ](https://addana.mv/2637) - ރާއްޖޭގެ ޤައުމީ ޓީމުގެ އެތުލީޓުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގައި މަަސައްކަތްކުރައްވާ ސާޖަންޓް ޙުސައިން ފަޒީލް ހާރޫން (ސ.ނ6955) އަކީ ސިފައިންގެ އެންމެ ފިޓެސްޓް ސޯލްޖަރ މަޤާމު ހާސިލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅުން ކޮމެންޑޭޝަން ލެޓަރ ލިބިލެއްވި ސޯލްޖަރެވެ. ރާއްޖޭގައި ކުރިއަރަމުން އަންނަ އުންމީދީ އެތުލީޓެކެވެ. ޤައުމީ ލެވެލްގައި ކާމިޔާބު ގިނަ ރިކޯޑްތަކެއް ހަދާފައިވާ ދުވެލި ބާރު ދުވުންތެރިއެކެވެ. މި މަޒުމޫނުގައި މި ދުވުންތެރިޔާގެ ކެރިއަރުގެ މައްޗަށާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ މައްޗަށެވެ. ހއ. މުރައިދޫއަށް އުފަން - [ސިފައިންގެ ތަމްރީނު ހަދަން ބިރުގަނޭތަ؟ ހައްލު މިއޮތީ!](https://addana.mv/2768) - ސިފައިންގެއަށް ވަންނަ ހިތްވާ އެތައް ކުދިންނެއް އެންމެ ޖެހިލުން ވަނީ ސިފައިންގެއަށް ވަނުމަށް ހަދަން ޖެހޭ އަސާސީ ތަމުރީނު ނުވަތަ ރެކްރޫޓް ޓްރެއިނިންގ ހަދަން ޖެހޭތީއެވެ. މިއޮތީ ސިފައިންގެ އަސާސީ ތަމުރީނު ހެދުމަށް ޖެހިލުންވާ ކުދިންނަށް އެކަމުން އަރައި ގަނެވޭނެ ގޮތެވެ. ބިރަކީ އަސްކަރީ ޚިދުމަތަށް ގުޅެން އަންނަ ރެކްރޫޓެއްގެ އެއް ނަންބަރު ދުޝްމަނެވެ. އެ ބިރު މެނޭޖުކުރެވިއްޖެ ނަމަ ކޮންމެ ކުއްޖަކަށް ވެސް އަމިއްލައަށް އިތުބާރު ހޯދައި، ޤައުމަށް ޚިދުމަތް ކުރުމުގެ ދަތުރަށް ފެށިދާނެއެވެ. އަޅުގަނޑުގެ - [ސިފައިންގެ ދުވަސް](https://addana.mv/2965) - ދިވެހިރާއްޖޭގެ ސިފައިންގެ ދުވަހަކީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ. ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ސިފައިންގެ ވެރީންނަށާއި އޮފިސަރުންނަށާއި އެކި ދަރަޖަތަކުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ޢާންމުކޮށް ހުރިހާ ސިފައިންނަށް ރައްދުކުރަމެވެ. ދުނިޔޭގެ ފެންވަރުގައި ވެސް ރާއްޖޭގެ ފެންވަރުގައި ވެސް ފާހަގަކުރާ ދުވަސްތަކެއް ހުރެއެވެ. ޝަހީދުންގެ ދުވަހެވެ. ޤައުމީ ދުވަހެވެ. އަންހެނުންގެ ދުވަހެވެ. މާދަރީބަހުގެ ދުވަހެވެ. މަސްވެރީންގެ ދުވަހެވެ. ހަމައެންމެ ސިފައިންގެ ދުވަހެވެ. އަޅުގަނޑުގެ ސުވާލަކީ، މި ފަދަ ދުވަސްދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކޮބައި ބާވައެވެ؟ ދުވަހެއް - [ޖިންނި ލަޝްކަރުގެ ހަނގުރާމަ](https://addana.mv/2740) - ކުއްލިއަކަށް ކޮޓަރިތެރެ އެއްކޮށް އަނދިރިވެގެން ދިޔައެވެ. އެ ވަގުތު އިފްރީތު ޖިންނީންގެ ލަޝްކަރު ރުޤުޔާކުރާ މީހާއަށް ފާޅުވިއެވެ. އެ ލަޝްކަރުގައި ލައްކައެއްހާ ޖިންނި އުޅޭނެއެވެ. މިއީ ރާއްޖޭގައި ހިނގާފައިވާ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އެއީ މީގެ ތޭރަ އަހަރު ކުރިއެވެ. އެ ދުވަސްވަރު އަހަރެންނަކީ ޖިންނި މޮޔަވެފައި ތިބޭ ކުދިންނަށް ޝިފާއެއް ހޯދުމަށް ރުޤުޔާކުރާ މީހަކާ އެކު ކިޔަވަން ގޭގެއަށް ގޮސް އުޅުނު - [ޔަރުމޫކު ހަނގުރާމަ](https://addana.mv/2649) - މުސްލިމުންނާއި ރޫމީންގެ ދެމެދު ހިނގި "ޔަރްމޫކު" ހަނގުރާމަކީ އެ ހަނގުރާމައިގެ ސަބަބުން އެތައް ގިނަ ޢިބްރަތެއް ލިއްބައިދޭ ހަނގުރާމައެކެވެ. 636 ވަނަ އަހަރުގެ އޮގަސްޓް މަހު މިހާރުގެ ސީރިޔާ، ޖޯޑަން އަދި އިޒްރޭލް ބޯޑަރު ހިމެނޭ ސަރަހައްދުގެ ޔަރްމޫކު ނަމަކަށް ކިޔާ ކޯރެއްގެ ކައިރީ ހިނގި މި ހަނގުރާމާގައި މުސްލިމުން ވަނީ ހަ ދުވަސް ވަންދެއް ހަނގުރާމަކޮށް، ކާމިޔާބު ހޯދާފައެވެ. މި ހަނގުރާމަ ވެގެންދިޔައީ އަސްކަރީ ތާރީޚުގައި ހިނގައިދިޔަ އެންމެ ނިޔާމަ ހަނގުރާމަ އަށެވެ. އަދި މި - [ސުނާމީ: ސިފައިންގެ އަވަސް އެހީތެރިކަން މުޅި ރާއްޖެއަށް](https://addana.mv/2602) - އެއީ އާދައިގެ ދުވަހެކެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހެވެ. އެދުވަހުގެ އިރު އުދަރެހަށް އެރުމާއެކު ރާއްޖޭގެ ބައެއް މީހުންނަށް ބިންހެލުމެއްގެ އަސަރު ކުރިއެވެ. ދޭތެރެ ދޭތެރެއިން ބިންހެލުމެއްގެ ލޮޅުން ރާއްޖެއަށް އިޙްސާސް ކުރެވޭތީ އެއްވެސް ބަޔަކަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. އަނެއް ބަޔަކަށް އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމެއް ވެސް ނޭގެއެވެ. އެ ލޮޅުން ރާއްޖެއަށް އައި ވަގުތަކީ އެއްބަޔަކު ނިދާފައިތިބި ވަގުތަކަށް ވުމުން ކަމަށްވެސް - [ޝަހީދު ޙުސައިން އާދަމްގެ މަސައްކަތް އަސްކަރީ ނަޒަރަކުން](https://addana.mv/2494) - ދިވެހި ސިފައިންނަކީ ދިވެހި ޤައުމުގެ ދިފާޢީ އައްޑަނައެވެ. ދިވެހި ސިފައިންނަކީ ޤައުމީ ޚިދުމަތުގައި ނަފުސަށް ވުރެ ޤައުމީ ޚިދުމަތް އިސްކުރުމަށް އަބަދުވެސް ސަމާލުކަންދޭނެ ފަހުލަވާނުންނެވެ. ދިވެހި ސިފައިންނަކީ ޤައުމަށް ޓަކައި ތިމާގެ އަމިއްލަ ފުރާނަ ޤުރުބާންކުރަން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބޭ ބައެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ހިމާޔަތްކުރުމުގެ އެންމެ އިސް ވާޖިބު މަތިކޮށްފައިވާ މުއައްސަސާއެވެ. އެހެންކަމުން ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކީ ޤައުމީ ޚިދުމަތެވެ. ޤައުމުގެ - [ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން... ޤުރުއާން ކިޔެވުން](https://addana.mv/1695) - މަދަރުސީ ވެށްޓެއްގައި ކިޔެވުމުގެ ފުރުސަތު ލިބުމުގެ ކުރިން އޮތީ ދަންނަ މީހުން ކުރެން އަކުރު ދަސްކުރުމާއި ވިޔަކުރަން ދަސްކުރުމާއި ޤުރުއާން ކިޔަވަން ދަސްކުރުމެވެ. އަޅުގަނޑު ހިތުން މިއީ އެތައް ވޭލާއަކުއްސުރެ ވަރަށް ފަހަކާ ޖެހެންދެން ލިޔަންކިޔަންދަތުމުގެ އާދަ އޮތް ގޮތެވެ. މި ފަހަރު ހަނދާނުގެ ޑައިރީން މި ލިޔެލަނީ އަޅުގަނޑު ޤުރުއާން ކިޔެވުމުގެ ކަންކަން ކުރި ދުވަސްތަކާއި އެ ދުވަސްތަކުގައި ހިތުން ނުފިލާ ހުރި މުހިންމު ބައެއް ހަނދާންތަކުގެ ވާހަކައެވެ. އަޅުގަނޑަށް ކީރިތި ޤުރުއާނުގެ އަލިފުބާއާއި ފިލިތައް - [ވޮލީކޯޓުގައި ސާޖަންޓް އާދަމް ނަސީމް ފަސްޖެހުމެއް ނެތް](https://addana.mv/2955) - ސާޖަންޓް އާދަމް ނަސީމަކީ ބިޗުވޮލީ ކުޅޭ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. ގާއުމީ ޖާރޒީގައި ބޭރުގެ އެތައް މުބާރާތެއްގައި އަންނަނީ ވާދަކޮށް ޤައުމަށް ރީތި ނަން ހޯދައިދެމުންނެވެ. ސާޖަންޓް އާދަމް ނަސީމް ފާހަގަވެގެން ގޮސްފފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވޮލީގައި ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ދިޔަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެއީ ސާޖަންޓް އާދަމް ނަސީމްގެ ހިތުގައި ވޮލީއަށް ލޯތްބާއި ޝައުގުވެރިކަން ކަމުގައި ނޫނީ ނުވާނެވެ. ބުރަ މަސައްކަތާއި - [ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ](https://addana.mv/2924) - ކޮންމެ ފަރުދަކު ސިފައިންގެ މީހަކާ ތަފާތު ވަނީ އެ މީހާއަށް ދެވޭ ޓްރެއިނިންގއާ ލައިދެވޭ ޢިލްމުގެ ތެރެއިން އޭނާގެ ވިސްނުމަށާއި ފިކުރަށް އަންނަ ނުވަތަ ގެނުވާ ބަދަލުތަކެއްގެ ސަބަބުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސިފައިންގެ މީހެއްނަމަ އޭނާގެ ކިބައިގައި ޚާއްޞަ ހުނަރުތަކަކާއި ސިފަތަކެއް ހުންނަންޖެހެއެވެ. ސިފައިންގެ ތަމްރީނުތަކަކީ ވެސް އެކަމަށް އެކަށޭނަ މާހައުލަކާއި، އާލާތްތައް ފުރިހަމަނުވެ އެންމެ ރަނގަޅަށް ކުރެވޭނެ ކަމެއް ނޫނެވެ. ސިފައިން ތަމްރީނު ކުރުމުގައި ހުރި ދަތިކަން އިހުސާސް ކުރެވޭނީ މި ދާއިރާގައި މަސައްކަތްކުރާ - [ޕެޕިން ސިސްޓަރސް - ފްރާންސަށް ސިހުން ގެނުވި ރަޙުމްކުޑަ މަރުގެ ޢަމަލު ހިންގި ދެބެން](https://addana.mv/2904) - މިއީ 1933 ވަނަ އަހަރު ފުރާންސްގެ މުއްސަނދި ގެއެއްގައި މެއިޑުންގެ ގޮތުގައި މަސައްކަތްކުރި ދެބެން، އެ މީހުން ވެރިމީހާގެ އަންހެނުންނާއި އަދި އަންހެންދަރި ރަހުމްކުޑަ ގޮތަކަށް މަރާލި ހާދިސާއާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ އާޓިކަލެކެވެ. މީހަކު ކުށަކަށް އަރައިގެންފިނަމަ، އެ ކުރި ކުށަކާ އެމީހަކު ކުޑައިރު އުޅެ ބޮޑުވި މާޙައުލާ ކޮންމެވެސް ކަހަލަ ގުޅުންތަކެއްވާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މިއީ އާންމު ގޮތެއްގައި ކުށްކުރާ މީހުންގެ ކިބައިން ފެންނަ އެއްގޮތް ކަންތައްތައް ކަމަށް ވެސް މިފަދަ ދިރާސާތަކުން ދައްކައެވެ. - [ވިލްފްރެޑޯ ޕަރޭޓޯގެ 80/20 ރޫލް - "ޕަރޭޓޯ ޕްރިންސިޕަލް"](https://addana.mv/2900) - "80 އިންސައްތަ ނަތީޖާ ނެރުމަށް ޓަކައި ބޭނުންވަނީ 20 އިންސައްތަ މަސައްކަތެވެ." މިއީ ވިލްފްރެޑޯ ޕަރޭޓޯގެ "80/20 ރޫލް" ނޫންނަމަ "ޕަރޭޓޯ ޕްރިންސިޕަލް" އެވެ. ވިލްފްރެޑޯ ޕަރޭޓޯއަކީ، 1848 ވަނަ އަހަރު ދުނިޔެއަށް އުފަންވި ކުޅަދާނަ އިކޮނޮމިސްޓެއްގެ އިތުރުން ފިލޯސަފަރެކެވެ. މި ޕްރިންސިޕަލްގެ އަސްލު ގުޅިފައި އޮތީ ޕަރޭޓޯގެ ބަގީޗާގައި ހެދިފައިވާ ގަސްތަކަކާއެވެ. މުޅި ބަގީޗާގައި ހެދިފައިވާ 80 އިންސައްތަ ފީސް ފޮޑްސް ހެދުމަށް މެދުވެރިވީ އެންމެ 20 އިންސައްތަ ގަސްކޮޅުތަކެކެވެ. މީގެ ދެވަނަ މިސާލެއް އޭނާއަށް - [ބަފައެއްގެ ސަބަބުން ގެވެށި އަނިޔާ ލިބި، ވޭން ތަހައްމަލު ކުރަމުންދިޔަ ޢާއިލާއެއްގެ ވާހަކަ](https://addana.mv/2895) - ނޯޓް: މިއީ ޙަޤީޤީ ހާދިސާއެއް ނަމަވެސް މި ހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 14 އަހަރެވެ. އަހަރެން އުޅެމުން ދިޔައީ މަންމައާއެކު ދޮންބައްޕަ ކައިރީގައި މާލޭގައެވެ. އަހަރެންގެ އިތުރުން ދޮންބައްޕައަށް ލިބިފައިވާ 7 އަހަރުގެ އަންހެން ކޮއްކޮއެއް މަންމަގެ ހުރެއެވެ. ދޮންބައްޕައާއި އަހަރެން މުޚާޠަބުކޮށް ހަދަނީ ބައްޕަގެ ނަމުންނެވެ. ދޮންބައްޕަ ގޭގައި އަހަރެމެން އުޅެމުންދާއިރު އަހަރެންނާ އަހަރެންގެ ކޮއްކޮ ނިދާ ހަދަނީ މަންމަމެންނާ ވަކިން އެހެން ކޮޓަރިއެއްގައެވެ. މިގޮތުން - [ފަޔަރ ޕްރިވެންޝަން ވީކް: ކާމިޔާބު 10 އަހަރު](https://addana.mv/2889) - "ފަޔަރ ޕްރިވެންޝަން ވީކް" އަކީ އަލިފާނުގެ ނުރައްކަލަށް ހޭލުންތެރިކުރުމަށް ސިފައިން ކުރިއަށްގެންދާ އެންމެ ޚާއްޞަ ހަރަކާތެވެ. ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން ކުރިއަށްގެންދާ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާތާ މި އަހަރަށް މިވަނީ 10 އަހަރު ހަމަވެފައެވެ. 2012 ވަނަ އަހަރު ފެށި މި ހަރަކާތް އެންމެ ފުރަތަމަ ބޭއްވުނީ މާލޭގައެވެ. ހެންވޭރު އަޑިޕާކު ސަރަހައްދުން ފެށި "ފަޔަރ ޕްރިވެންޝަން ވީކް" ކާމިޔާބު ހަރަކާތެއްގެ ގޮތުގައި - [ހެޔޮލަފާ މައިންބަފައިންގެ އަސްކަނިދަށުން ބޯހިޔާވަހިކަން ލިބުމަކީ ކޮންފަދަ ހެޔޮ ރަޙްމަތެއްތޯ!](https://addana.mv/2886) - މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވަނީ އިމްތިޙާނު ކުރުމަށް ޓަކައެވެ. އަދި ދަރިންނަކީ މާތް ﷲ މައިންބަފައިންނަށް ޙަވާލުކޮށްފައިވާ އަމާނާތަކެވެ. ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި މައިންބަފައިން ވަރުބަލިކަމެއްނެތި އެހާބޮޑު ޤުރުބާނީއެއް އެ ވަނީ އެހެންވެއެވެ. މާތް ﷲގެ ޙައްޤުގައި މައިންބަފައިންނާއި އެކަލާންގެ ޙަވާލުކޮށްފައިވާ އަމާނާތަށް ހިޔާނާތްތެރި ނުވެ، އެ މަސައްކަތްކުރަނީ އެ ދަރިންގެ ވެސް ޙައްޤުގައެވެ. އެ ދަރިންގެ މުސްތަޤުބަލު އުޖާލާކުރުމުގެ ފޮނި އުންމީދުގައެވެ. ދަރިޔަކު ހެޔޮލަފާ ގޮތުގައި ބޮޑުކޮށްފިނަމަ އެ މަޔަކަށް ވެސް އޭގެ ހެޔޮ - [އިސްލާމީ ދައުލަތުގައި ސިފައިން](https://addana.mv/2858) - އިސްލާމްދީން އައުމުގެ ކުރިން ވެސް ދުނިޔޭގައި ބޮޑެތި ދައުލަތްތަކާއި ޙަޟާރަތްތައް އުފެދިފައިވެއެވެ. ހަތިޔާރުއެޅި އަސްކަރީ ބާރުތައް އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކޮށްފައިވެއެވެ. ބާރުގަދަ ފަރާތްތައް އެ މީހުންގެ ބާރާއި އާރު އެއަށްވުރެ ނިކަމެތިންގެ މައްޗަށް ފޯރުވާފައިވެއެވެ. އެ ބަޔަކު ބޭނުންވާ މަޤްޞަދެއް ހާސިލުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ބާރަކީ އަސްކަރީ ބާރަށްވެފައި އޮތެވެ. ބާރުގަދަ ފަރާތްތަކުން އެއަށްވުރެ ބާރު ދަށް ފަރާތްތައް އަޅުވެތިކުރަމުން ގެންދިޔައެވެ. އެ ބައެއްގެ އާރާއިބާރު ދުނިޔޭގައި ފަތުރައި ފުޅާކުރަމުން ގެންގޮސްފައިވެއެވެ. އިސްލާމްދީނައިގެން މި - [އިޚުލާސްތެރިކަމާ އެކު ކޮށްފި މަސައްކަތެއް ގެއްލިގެން ނުދާނެ!](https://addana.mv/2854) - ބޯޓެއްގައި ކުލަ ލުމަށް މީހަކާ ހަވާލުކުރެވުނެވެ. އަދި ބޯޓުގެ ވެރިފަރާތުން ބޯޓުގައި ލާނެ ކުލައާއި ފިހި ގެނެސްދީފިއެވެ. މި ތަކެތި ގެނެސް މަސައްކަތް ފެށުމަށް ބޯޓުގައި ކުލަލާން ހަވާލުކުރި މީހާ އަތަށް ދިނެވެ. އަދި ބުންޏެވެ. މި ބޯޓުގައި ލާން ވާނީ، ރީތި، އަލި ރަތް ކުލައެވެ. އެހެން ބުނުމަށް ފަހު، ކުލަ ލާ މީހާއާ ތަކެތި ހަވާލުކޮށް ބޯޓުގެ ވެރިފަރާތުން ހިނގައްޖެއެވެ. ކުލަ ލާ މީހާ ހަމަޖެހިގެން ކުލަލަމުން ދަނިކޮށް ބޯޓުގެ ހަލްގަނޑުން ތަންކޮޅެއް ހަލާކުވެފައި - [އައްސުލްޠާން ނާޞިރުއްދީން ސިރީ ވީރު އަބާރަނަ މަހާރަދުން (1408 އިން 1411 އަށް)](https://addana.mv/2837) - ބޮޑުތަކުރުފާނު ވާހަކަ ކިޔުމުގައި ބުރާރަ މުޙައްމަދުފުޅު، އައްސުލްޠާން ނާޞިރުއްދީން ސިރީ ވީރު އަބާރަނަ މަހާރަދުންނާއި ގުޅުވައިގެން ކިޔަމުން އަންނަ ހުވަދޫ ވާރުއޮޑީގެ ވާހަކައަކީ ތާރީޚީ ފުލޯކު ވާހަކައެއް ނަމަވެސް އެ ވާހަކައިގައި ތާރީޚީ ޙަޤީޤަތްތަކެއް ވާކަމަށް ޤަބޫލުކުރަމެވެ. ފުރަތަމައަށް ދިވެހި ތާރީޚުގައި އައްސުލްޠާން ނާޞިރުއްދީން ސިރީ ވީރު އަބާރަނަ މަހާރަދުން (1408 އިން 1411 އަށް) ގެ ނަންފުޅު ކިޔާ ރަސްކަލެއްގެ ނަންފުޅު ހިމެނިފައިވުމެވެ. ދެވަނައަށް ހުވަދޫ ވާރުއޮޑީގެ ވާހަކައެވެ. ތިންވަނައަށް ދިވެހި ރާވެރިކަމުގެ ވާހަކައެވެ. ހަތަރުވަނައަށް - [ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ތެރެއިން: ދިވެހިރާއްޖެ ހަނގުރާމައިގެ ނުރައްކަލަކަށް ހުށަހެޅިގެން ދިޔައީ ކިހިނެއް؟](https://addana.mv/2822) - 1939ގެ ސެޕްޓެމްބަރުގައި، ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ފެށުނުތާ ދެ މަހެއްގެ ތެރޭގައި އިނގިރޭސި އަސްކަރިއްޔާގެ މަތިންދާބޯޓެއް މާލޭކައިރީގައި ބަނދަރުކުރިއެވެ. ފްލައިޓް ލެފްޓިނެންޓަކު ވަޑައިގަތީ، ޖަރުމަނުވިލާތުގެ އުޅަނދެއް އައިތޯ އޮޅުންފިލުވާލުމަށެވެ. އޭގެ ފަހުން، އިނގިރޭސީންގެ އެކިވަރުގެ އޮފިސަރުންނާއި ކޮމާންޑަރުން ރާއްޖެއަށް އަންނަން ފެށިއެވެ. ރާއްޖޭގެ ސަރަހައްދުގައި ދުޝްމަނުންގެ ހަރަކާތްތައް ހިނގާތޯ ބެލުމަށެވެ. އިނގިރޭސި އަސްކަރިއްޔާއަށް ރާއްޖެއިން ވެދެވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބެލުމަށެވެ. ނަތީޖާއަކީ، ރާއްޖެ މަޑުމަޑުން ހަނގުރާމައަށް ތައްޔާރުވުމެވެ. ހަނގުރާމައިގެ ބައިވެރިޔަކަށް ވުމެވެ. ދެވަނަ ބޮޑުހަނގުރާމަ ފެށި، - [ހޭލުންތެރިޔާގެ ދަރި "ޙައްޔު" ގެ ޙިކުމަތްތެރި ބުއްދި](https://addana.mv/2816) - މި މަޒުމޫނަކީ ޚިޔާލީ ވާހަކައެއްގެ މައްޗަށް ލިޔެވިފައިވާ މަޒުމޫނެކެވެ. މި ޚިޔާލީ ވާހަކަ ލިޔުއްވީ، ހިޖުރައިން 506 ވަނަ އަހަރު، ސްޕެއިންގެ "ގްރެނޭޑާ" (ޣަރްނާޠާ)ގެ ކައިރީގައި އޮންނަ ކުޑަކުޑަ އަވަށެއްކަމުގައިވާ "އާޝީ" ގައި އުފަންވެ ވަޑައިގެންނެވި، އަބޫބަކުރު މުޙައްމަދު ބިން ޠުފައިލެވެ. އިބްނު ޠުފައިލު އަވަހާރަވީ، ހިޖުރައިން 581 ވަނަ އަހަރު މުރާކަޝްގައެވެ. އިބްނު ޠުފައިލުގެ ފުން ފަލްސަފާއާއި، ސަލާމަތްތެރި ފިކުރާއި ވިސްނުންތެރިކަމުގެ ހިޔަލުގައި، އަދި އޭނާގެ މަތިވެރި އަދަބިއްޔާތާއި ގެންގުޅުއްވި ޢަޖާއިބެއް ފަދަ އުސްލޫބާ އެކު - [ދިވެހި ސިފައިންނަށް ލިބުނު މަތިވެރި ޝަރަފެއް - ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް](https://addana.mv/2810) - އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު، ލިބިލެއްވި ހަމައެކަނި ދިވެއްސަކީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެމެރިކާ ފަދަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަސްކަރިއްޔާއަކުން މިފަދަ ޝަރަފެއް، މި ކުޑަކުޑަ ދިވެހިރާއްޖެއަށް ނިސްބަތްވާ ބޭފުޅަކަށް ލިބިވަޑައިގެންނެވުމަކީ، އޭގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ހަމަކޮންމެ ސިފައިންގެ މީހަކަށްމެ އުފާވެރިކަމުގެ ފުން އަސަރުތަކެއް ކުރުވި - [ދިވެހިންގެ ޢަޒުމް](https://addana.mv/2796) - މިނިވަން މަގޭ ޤައުމޭ މިއީ މިނިވަން ކަމާއެކުވާނަމޭމިނިވަން ރަމްޒު ފެއްސާ ރަތާ ހުދާ ދެ އަތުގެ ކޮޅަށް އުފުލާނަމޭ ފަސްދީ އެދާ ޢިބްރަތްތަކާ، ވިސްނައިބަލަައި މާޒީ އަށާމުސްތަޤުބަލަށް ޢަޒުމާއެކީ ގޮސްލަން ދަތުރު ފައްޓާނަމޭ ކުދި ރަށްރަށާ މީހުން އުޅޭ ބައިބޯ ބޮޑެތި ބިޔަ ރަށްރަށާފުދިގެން އުޅުން ފަރަގެއް ނުވާ ތަންތަން ކަމަށް ދައްކާނަމޭ ތަރުބިއްޔަތުގެ ތަނބުތައް މަތީ ހުނަރާއެކީ ތަޢުލީމުދީކުރިމަގުގެ އުއްމީދާއެކީ އައު ޖީލުތައް ނެރެދޭނަމޭ ބުރަޔަސް އެކަން ޙާޞިލުކުރަން ޞިއްޙީ އެހީ ބޭނުން ވުމުންހުރިނަމަ ރަށަކު - [މުޖުތަމަޢުއަށް އަންނަމުންދާ ބަދަލުތައް: ސިފަވަންތަ ސިފައިން އުފެއްދުމަށް ގޮންޖެހުމެއް](https://addana.mv/2792) - މީގެ ފަނަރަ ވަރަކަށް އަހަރުގެ ކުރީގެ ދިވެހިރާއްޖެއާއި މިއަދުގެ ދިވެހިރާއްޖެއާ އަޅާކިޔާލަމާ ހެއްޔެވެ. ޤައުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި ނުރަގަނޅު ބަދަލުތަކަށެވެ. ޢުމުރާނީ ތަރައްޤީއާއި ދިވެހިންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކަށެވެ. ބަދަލުތައް އައުމަށް މެދުވެރިވި ސަބަބުތަކާއި އެ ބަދަލުތަކާމެދު އަހަރެމެން ވިސްނާ ގޮތަށެވެ. 1892 އޭޕްރީލްގައި ދިވެހި ސިފައިން އުފެދުނީއްސުރެ ވެސް ސިފައިންނަށް ދިޔައީ ވަގުތާއި ޙާލަތާ ގުޅޭގޮތުން ތަމްރީނުތައް ދެވެމުންނެވެ. ޤައުމީ ރޫޙާއި ޖޯޝް ސިފައިންގެ ހިތްތަކުގައި އުފެއްދުމުގެ ހަރަކާތްތައް ދިޔައީ ހިންގަމުންނެވެ. އެންމެ ފުރަތަމަ - [ނަޞްރުގެ ދުވަސް](https://addana.mv/2788) - މީގެ 34 އަހަރު ކުރީގެ ދުވަހެއްގެ ހަނދާންތައް މިއަދު އައުކުރަން ޖެހެއެވެ. ސަބަބަކީ، މާތްﷲ ގެ ރަހުމަތްފުޅުން ޢުދުވާނަކުން ރާއްޖެ ސަލާމަތްވި ދުވަސްކަމަށް ވާތީއެވެ. އާދޭހެވެ! 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ޓެރަރިސްޓުންގެ އަށްޑިހަ ވަރަކަށް މީހުން މާލެ ހިފުމަށް ދިން ހަމަލާއަކީ ބިރުވެރި ނުރައްކާތެރި ހަމަލާއެކެވެ. މި ޒަމާނުގެ ހަތިޔާރާއެކު ފަތިހު އެބައިމީހުން މާލެ އަރައި ސިފައިންގެ މައިމަރުކަޒަށް ހަމަލާ ދިނީއެވެ. އެއީ، ދިވެހީންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަން ނަގައިލުމަށް ދިން ހަމަލާއެކެވެ. ދިވެހީންގެ - [އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ނުރައްކާ ބޮޑު](https://addana.mv/2779) - އިމާރާތްކުރުމަށް އާ ޓެކްނޮލޮޖީތަކާއި ޑިޒައިންތައް އަބަދުވެސް ބޭނުން ކުރެވެމުން ދެއެވެ. ރޯވާ ކޮންމެ އަލިފާނެއްގައި ވެސް ލިބިދޭ ފިލާވަޅަކީ، އިމާރާތްތަކުގެ ޑިޒައިނާއި މެޓީރިއަލް ފެއިލްވެފައި ހުރުމެވެ. އަލިފާން ނިއްވުމަށް ޓަކައި އިމާރާތްތަކުގައި ޤާއިމުކޮށްފައިވާ ނިޒާމުތައް އެކަށީގެން ނުވުމެވެ. މުދާ ގުދަންކުރުމުގައާއި ސްޓޯރޭޖް ހެދުމުގައި މިންގަނޑުތަކަށް ނުބަލައި ގުދަންކުރުމެވެ. އިމާރާތްތައް ބޭނުންކުރާ ފަރާތްތަކުގެ ޢަމަލުތައް ހުންނަގޮތުން ހިނގާ ހާދިސާ ތަކުގައި އަލިފާން ނިއްވުމަށް ޓަކައި އަލިފާނާ ހަމައަށް ދިޔުމުގައި އުނދަގޫތައް ދިމާވެއެވެ. އަމިއްލަ ޒާތުގައި އަލިފާން ނިއްވައިދިނުމަށް ގާއިމްކޮށްފައިވާ - [އަޖައިބުކަން ގެނުވި މަތިންދާބޯޓު ހައިޖެކްކުރުން](https://addana.mv/2758) - މީގެ 51 އަހަރު ކުރީގެ ހާދިސާއެކެވެ. 1971 ނޮވެންބަރު 24 ވަނަ ދުވަހުގެ މެންދުރުފަހު އެމެރިކާގެ ޕޯޓްލޭންޑުން ފުރައިގެން ސީޓަލްއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ނޯތު ވެސްޓް އޮރިއެންޓް އެއަރލައިން، ބޯއިންގ 727 ގެ މަތިންދާ ބޯޓަށް ޑީބީ ކޫޕާ ނުވަތަ ޑޭން ކޫޕާ (ޓިކެޓްގައި ލިޔެފައިވަނީ ޑޭން ކޫޕާ) އެރިއެވެ. އޭނާ ހުރީ އަވިއައިނު އަޅައި ކޯޓު ފަޓުލޫން ލައިގެން، ކަޅު ކުލައިގެ ބްރިފް ކޭސްއެއް ހިފައިގެންނެވެ. ބަލާބެލުމަށް ވިޔަފާރިވެރިއެއްހެން ހީވާގޮތަށެވެ. މަތިންދާބޯޓަށް އެރުމަށް ފަހު - [މަސްއޫލިއްޔަތު އަދާކުރުމަށް ސިފައިންނަށް މުހިންމީ ޞިއްޙަތު](https://addana.mv/2750) - ދުނިޔޭގެ ކޮންމެ ޤައުމެއްގައި ވެސް އަސްކަރިއްޔާއަކީ ޤައުމުގެ ދިފާޢީ އައްޑަނައެވެ. ދިވެހި އަސްކަރިއްޔާ ނުވަތަ ދިވެހި ސިފައިންނަކީ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢު ކުރުމަށް ހަށިގަނޑާއި ފުރާނައިން ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް މާތްﷲ ގަންދީ ހުވާކޮށްގެންތިބި، ޤައުމު ފަޚުރުވެރިވާ ބިޔަ ބޮޑު ލަޝްކަރެކެވެ. ސިފައިންނާއި ދިވެހި ރައްޔިތުން ޙަވާލުކޮށްފައިވާ މަތިވެރި ޒިންމާ ނަގަހައްޓައި، ދެމެހެއްޓޭނީ ސިފައިންނަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބޭ ބަޔަކަށް ވެގެންކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދިވެހި ސިފައިންނާ ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތާއި - [ސިފައިންގެއިން ބަޔަކު ބޭރަށް ނިކުމެ ހަނގުރާމަކުރުން – ނޮވެންބަރު ތިނެއްގެ އެންމެ ހިތްވަރުގަދަ ޢަމަލު](https://addana.mv/1314) - 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލަ ނާކާމިޔާބު ކޮށްލުމުގައި ދިވެހި ސިފައިން ދައްކައިދިން ސާބިތުކަމާއި ނުގުޑާފަދަ ޢަޒުމާއި ހިތްވަރުގެ ވާހަކައަކީ އަބަދުވެސް ތަޢުރީފު ކުރެވޭނެ ވާހަކަތަކެކެވެ. ތިނެއް ނޮވެންބަރުގެ ހާދިސާގައި ދިވެހިންނަށް ނަސްރާ ނަސީބު ލިބުނީ މާތްﷲ ގެ ވާގިފުޅާއެކު ދިވެހި ސިފައިން އެ ދުވަހު ޤައުމަށް ޓަކައި ކުރި މަތިވެރި ޖިހާދުންނެވެ. އިންޑިއާ ސިފައިންގެ އެހީތެރިކަމާއި މަދަދު އެ ދުވަހު ލިބުނު ކަމަށް ވިޔަސް އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު ޓެރަރިސްޓުން ދިވެހި ސިފައިން އަތުން - [ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި އާންމުރައްޔިތުންގެ ތަޢުރީފު](https://addana.mv/1728) - ޝަހީދު އިސްމާޢީލް ޙަލީމް / މ.ރޯޒްބުސް، މާލެ ޝަހީދު އިސްމާޢީލް ޙަލީމަކީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާދިން އިރު ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެއްގެ މަޤާމުގައި ހުންނެވި ބޭކަލެކެވެ. ޝަހީދު އިސްމާޢީލް ޙަލީމް ޝަހީދުވީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ދިވެހިރާއްޖޭގެ އަޑު ހުޅުވުމަށް ޓަކައި ބަނޑޭރިގޭގައި (ސިފައިންގެ މައިމަރުކަޒުގައި) އޮތް ދިވެހިރާއްޖޭގެ އަޑުގެ ތަޅުގަނޑި ނެންގެވުމަށް ބަނޑޭރިގެއަށް ދުރުވަނިކޮށް ދުޝްމަނުން ބަޑިން ދިން ހަމަލާތަކުގައި ވަޒަން އަރައިގެންނެވެ. ޝަހީދު އިސްމާޢީލް ޙަލީމަށް ދުޝްމަނުން - [ބާއްޖަވެރި ދުވަހެއް](https://addana.mv/2736) - މާއިރާއި އިރުގެ ދޯދީގެ މަޑުހޫނު އަލި، އިރުމަތި ފަރާތުން ދުނިޔޭގެ ވަށައިގެންވާ ދިރުންތަކަށް ފެތުރެން ފަށާ ހިސާބުން، އެ ދިރުންތަކަށް އާދުވަހެއް ފެށިގެންދާކަން ކަށަވަރުވެއެވެ. ރޭގަނޑުގެ އަރާމު ނިންޖަށްފަހު ﷲގެ ހެޔޮ ރަޙުމަތްފުޅުން އާދުވަހަކަށް އަހަރުމެން ހޭލަނީ، އަހަރުމެންގެ ޙަޔާތުން އާ ދުވަހެއް ދެއްވީތީ އެކަލާނގެއަށް ޙަމްދުކުރާ ހާލުގައެވެ. މާތްﷲ އިންސާނުން ދުނިޔެއަށް ފޮނުއްވަނީ އިމްތިޙާނު ކުރުމަށް ޓަކައިކަމުން، އިންސާނާގެ ޙަޔާތުން ދުވަހެއް ނިންމާލާއިރު ވަރަށްގިނަ ތަފާތު ކަންތައްތައް އެ އިންސާނާއަށް ކުރިމަތިކުރުވައެވެ. ދުނިޔެ ހުޅަނގުން އިރަށް - [ކްލޯން ކިލަރ: ޖޯން ވޭން ގެސީ](https://addana.mv/2721) - ޖިންސީ ގޯނާ ކުރުމަށްފަހު، އެތައް ބަޔަކު މަރާލި! މުނިފޫހިފިލުވައި ދިނުމަށް "ކްލޯން" ކެރެކްޓަރގައި ހަރަކާތްތެރިވި! 33 މީހުން މަރާލިކަމުގެ ކުށް ސާބިތުވި! މަރުގެ 12 ޙުކުމް އިއްވުނު! އިންޖެކްޝަން ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒު ކުރެވުނު! ޖޯން ވޭން ގެސީއަކީ އެމެރިކާއަށް އުފަން މީހެކެވެ. މީނާއަކީ ކުޑަކުދިންނާއި އަދި ޒުވާނުންނަށް ޖިންސީ ގޯނާކުރުމަށްފަހު މަރާލުމުގެ ކުށް ސާބިތުބެ، މަރާލެވުނު ރަހުމުކުޑަ ޤާތިލެކެވެ. މީނާ އެކި ދުވަސްވަރު ކުޑަކުދިންނާއި އަދި ޒުވާނުން ހިމެނޭހެން 33 މީހަކު މަރާލާފައިވާކަމަށް އެމެރިކާގެ - [ޑެންގީ ހުން](https://addana.mv/2711) - ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ވައިރަލް ހުމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކުރާ ގޮތުން ޑެންގީ ހުން ޖެހެނީ އީޑީސް އިޖިޕްޓައި އަންހެން މަދިރީގެ ޒަރިއްޔާއިންނެވެ. އަދި މަދުން ނަމަވެސް ޗިކުންގުންޔާ، ރީނދޫ ހުން އަދި ޒިކާ ވައިރަސް ޖައްސާ އީޑީސް އަލްބޯޕިކްޓަސް މަދިރިން ވެސް ޑެންގީ ހުން ޖެހެއެވެ. ޑެންގީ ހުން ޖައްސާ ވައިރަސް (DENV) އެންމެ ފުރަތަމަ އައިސޮލޭޓް ކޮށްފައިވަނީ 1943 ގައި ޖަޕާނުގެ ނަގަސާކީގައެވެ. ހަތަރު ކެޓަގަރީ ހިމެނޭ (DENV) - [ޗައިނާއާއި ޓައިވާނުގެ ޒަމާންވީ މައްސަލަ](https://addana.mv/2704) - ޓައިވާނަކީ ޗައިނާގެ އިރުދެކުނު އައްސޭރިފަށާ ގާތްގަނޑަކަށް 100 މޭލު ދުރުގައި އޮންނަ ޖަޒީރާއެކެވެ. ޗައިނާއާއި ޓައިވާނުގެ މައްސަލަ ކުރިމަތިވެގެން އުޅޭ މައިގަނޑު ސަބަބު ވަރަށް ސާފެވެ. ބެއިޖިންގްގައި އޮތް ޗައިނާ ސަރުކާރުން ދެކެނީ، ޓައިވާނަކީ، ޗައިނާގެ ޕްރޮވިންސެއްގެ ގޮތުގައެވެ. އެކަމަކު ޓައިވާނުގެ ގިނަ ރައްޔިތުން ދެކެނީ، އެމީހުންގެ އަމިއްލަ ވެރިކަމެއް ވެސް ކުރަމުންދާ އެ ޖަޒީރާއަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައެވެ. ޗައިނާއާއި ޓައިވާނުގެ ތާރީޚުން ބުނެދެނީ ކޮން ވާހަކައެއް؟ ތާރީޚުން ފެންނަން އޮތް ގޮތުގައި، ޓައިވާނުގެ - [މިނިވަން ދުވަސް ފާހަގަކުރި ދެ ތާރީޚު](https://addana.mv/2700) - ކޮންމެ ޤައުމެއްގެ ޙަޔާތުން އަންނާނެ އެންމެ މުހިންމު އެއް ދުވަހަކީ އެ ޤައުމެއްގެ މިނިވަން ދުވަހެވެ. ޤައުމެއް، ޤައުމެއްގެ ގޮތުގައި ތަސައްރަފު ފުދިގެން އަންނަނީ އެއީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ހިސާބުންނެވެ. އެ ޤައުމެއްގެ ރައްޔިތުންނަށް މިނިވަންކަމުގެ ފޮނިމީރުކަން ލިބެންފަށާ ހިސާބުންނެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެ ވީއްލުނު ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ - [ސައުދީ ފުލައިޓު ޖެއްސީ ސަލާމަތުން، ދޮރު ހުޅުވި އިރު އެންމެން މަރު!](https://addana.mv/2656) - މިއީ އޭވިއޭޝަންގެ ތާރީޚުގައި ވެސް ހިނގާފައިވާ އެންމެ އަޖާއިބުކުރުވަނިވި އެއް ހާދިސާއެވެ. މިއީ ސައުދީ އެއަރލައިން ކުންފުނީގެ ފުލައިޓު 163 އަށް، 1980 ވަނަ އަހަރު އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ކުރިމަތިވި ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދިއުމަށް ދަތުރުފެށި ފުލައިޓް، ރިޔާދު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަޑުކުރީ އުޅަނދުގެ ޓޭންކުތަކަށް ތެޔޮ އެޅުމަށެވެ. ލޮކްހީޑް އެލް-200-1011 ޓްރައިސްޓަރ މަރުކާގެ މި މަތިންދާބޯޓަށް ތެޔޮ އެޅުމަށް ހޭދަވި ދެ - [ސްކޫލު ފަޔަރ އިވެކުއޭޝަން ޑްރިލް](https://addana.mv/2646) - ސްކޫލުތަކުން އިވެކުއޭޝަން ޑްރިލް ކުރިއަށް ގެންދަނީ ހާދިސާތައް ހިނގުމުގެ ކުރިން ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ ތަރުތީބާއި ކޮންޓްރޯލް ބެލެހެއްޓުން ކޮންމެހެން ވެސް ކުރަންޖެހޭ ވަގުތުތަކުގައި ދަރިވަރުންނާއި ޓީޗަރުންނާއި އެހެނިހެން ސްޓާފުން އަވަހަށް ސްކޫލު އިމާރާތުން ނިކުތުމަށް ޓަކައި ލިބެންހުރި އެގްޒިޓްތައް ބޭނުން ކުރާނެގޮތް ހެދުމަށެވެ. މި މަޤްޞަދު ހާސިލު ކުރެވޭނީ ސްކޫލުގެ އިމަޖެންސީ ފަޔަރ އެލާމް އެޅުމުން، ކޮންމެ ދަރިވަރަކަށް ވެސް ސްކޫލުގެ ކޮންމެ ހިސާބަކުން ވެސް ކުރާނެ ކަމެއް ސީދާ އެނގިގެންނެވެ އަދި ސްކޫލު - [ކެމިކަލް އެލެމެންޓްތަކުގެ ޗާޓް: ޕީރިއޮޑިކް ޓޭބަލް](https://addana.mv/2641) - އަހަރުމެން މިއަދު ދަންނަ ޕީރިއޮޑިކް ޓޭބަލްގެ ފްރޭމްވޯކް އުފެއްދީ 1869 ވަނަ އަހަރު ރަޝިއާއަށް ނިސްބަތްވާ ކެމިސްޓެއް ކަމުގައިވާ ޑިމިޓްރީ މަންޑަލޭވްއެވެ. މި ޕީރިއޮޑިކް ޓޭބަލް ފުރަތަމަ އެކުލަވާލިއިރު، އެކުލަވާލާފައިވަނީ ފަހުން ދެނަގަނެވެން ހުރި ޕީރިއޮޑިކް ޓޭބަލްގެ އެލެމެންޓްތަކަށް ޖާގަ ދޫކުރަމުންނެވެ. މި ޗާޓު އެކުލަވާލުމުގެ ތެރޭގައި ޑިމިޓްރީ މަންޑަލޭވްއަށް ދަސްވީ، އޭގައިވާ ކޮންމެ އެލެމެންޓަކީ ވެސް ފުރިހަމަ ސެޓެއްގެ އެއްބައި ކަމުގައެވެ. އަދި ހަމަ އެކަމުގެ ޙަޤީޤަތްތައް ހޯދުމަށް ކުރެވުނު އިތުރު ދިރާސާތަކުން، މީގެކުރިން އެނގިފައިނުވާ - [ހަނދާން ނައްތާލައިގެން ވާނެ ދުވަހެއް ނޫން](https://addana.mv/1292) - އެ ދުވަހަކީ ހަނދާން ނައްތާލައިގެން ވާނެ ދުވަހެއް ނޫނެވެ. އެ ދުވަހަކީ، އެ ދުވަހުގެ ހަނދާންތަކަށް ފަނޑުވުމެއް ގެނެވިގެންވާނެ ދުވަހެއް ނޫނެވެ. އަދި ކީއްތޯއެވެ. އެ ދުވަހަކީ، އެ ދުވަހުގެ ޙަޤީޤަތަށް ބަދަލު ގެނެވިގެން ވާނެ ދުވަހެއް ވެސް ނުމެ ނޫންމެއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަސް، ރާއްޖޭގެ ރައްޔިތުން ތަޖުރިބާކުރަން ޖެހުނީ އޭގެ ކުރީން ވެސް ދާދި މަދު ފަހަރަކު މެނުވީ ރާއްޖޭގެ ރައްޔިތުން މި ބާވަތުގެ ކަންތައް ތަޖުރިބާކުރަން - [އެ ޝަހީދުންގެ ހަނދާނުގައި](https://addana.mv/1301) - ޙިކުމަތާއި ހުނަރާއި މަތިވެރި ޢަޒުމަކާއެކު ހަރުދަނާ ޚިދުމަތަށް ކުރިމަތިލަމާހޭ ހެޔޮހިތުން ތިބެ ވާގިދޭން. އުންމަތުގެ ނަޞްރާ ނަޞީބާ ކާމިޔާބުގެ ސިއްރަކީ އުންމަތުގެ އެތަކެއް ދަރިންގެ ޖިހާދުކަން ހިނގަމާ ދެކޭން ކޮންމެ އުފަލެއް ކޮންމެ ޝަރަފެއް ވެސް ލިބުން ގުޅިފާ ވަނީ އޮންނަ ގަދަ އީމާނަކާކަން ދަނެ ހިނގާށޭ ހެކި ދެކޭން. ޖިއޮލޮޖިކަލް ސާރވޭތަކުން ހާމަވަމުން އެނގެމުންދާ ގޮތުން އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ދޮންވެލީގެ ބިންތައް އުފެދިފައިވަނީ ގާތްގަނޑަކަށް 57 މިލިއަން އަހަރު ކުރީގައެވެ. އާކިއޮލޮޖިކަލް ސާރވޭތަކުން - [ހުނަރުވެރި ސިފައިން](https://addana.mv/2632) - ދިވެހި ސިފައިންނަކީ ހުނަރުވެރި، ޤާބިލު، ހުޝިޔާރު ބައެކެވެ. ސިފައިންގެ މީހަކަށް ވަނީ ތަފާތު ހުނަރުތަކަކާ އެކުގައެވެ. އެތައްއެތައް ޤާބިލުކަމަކާއި ހުޝިޔާރުކަމެއް ހުރެގެންނެވެ. އަސްކަރީ ހުނަރުވެރިކަމާއި ޤާބިލުކަމުގެ އިތުރުން ތަފާތު އެކިއެކި ފަންނީ ހުނަރުވެރިން ގިނަ ތަނެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާ ފާހަގަ ކުރެވެއެވެ. ދައުލަތުގެ އެއް މުއައްސަސާއަކުން ތަފާތު ފަންނީ ދާއިރާތަކުގެ ހުނަރުވެރިން އެންމެ ގިނަ އެއް މުއައްސަސާއަށް ދިވެހި އަސްކަރިއްޔާ ވާނެއެވެ. އަދި އެ ހުނަރުތައް ޤައުމާއި ރައްޔިތުންގެ ހެވާ ލާބާއަށް ޓަކައި ބޭނުންކުރުމުގައާއި ރައްޔިތުންނަށް - ["އަލްވަލާ" "ވަލް ބަރާ" ގެ މަފްހޫމް](https://addana.mv/2626) - އިސްލާމީ ބައެއް މަފްހޫމުތައް މި ޒަމާނުގައި ބޭނުން ކުރެވޭގޮތުގެ ސަބަބުން ބޮޑެތި މައްސަލަތައް މުސްލިމުންގެ ތެރޭގައި އުފެދެމުން އަންނާތީ ފެނެއެވެ. މި މައްސަލާގައި ފާހަގަކުރެވޭ މައިގަޑު ސަބަބު ގުޅެނީ، ބައެއް މުސްލިމުންގެ ނަފްސާނީ ޖަޒްބާތާއެވެ. ތަފާތު ފެންވަރުގައި، އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ، އަދި ކުރިމަތިވަމުން އަންނަ، ސިޔާސީ، އިޤްތިޞާދީ، އަދި ޢަސްކަރީ މައްސަލަތަކެއްގެ ނަތީޖާއިންނެވެ. އިސްލާމީ މުޖްތަމަޢުތަކުގައި ޚަވާރިޖީ ފިކުރު ދިރިގެން އައުމަކީ މިކަމުގެ ނަތީޖާއެކެވެ. މި ފިކުރަކީ، ތަކްފީރާ ދިމާއަށް ލެބިގަތުމުގެ ފިކުރެކެވެ. މުސްލިމުން އެއްބަޔަކު - [ދިވެހީންގެ ސާދާ އިޖުތިމާޢީ ފޭރާން](https://addana.mv/2622) - ދިވެހީންނަކީ ވަރަށް ސާދާ ސީދާ ދިރިއުޅުމެއް އުޅެމުން އަންނަ ބައެކެވެ. ވަކިން ޚާއްޞަކޮށް އިހުގައި ދިވެހީންގެ ދިރިއުޅުމަކީ ވަރަށް ސާދާ ދިރިއުޅުމެކެވެ. އިހުޒަމާނުންސުރެ ދިވެހީންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ރިވެތި އަޚުލާޤުގެ މައްޗަށެވެ. ދިރިއުޅުމުގެ އެންމެހާ ރީތި ގޮތްތަކާއި ސާދާ އަދަބުތަކަކީ ދިވެހީންގެ ވަރަށް ގާތް އެކުވެރިން ތަކެކެވެ. ޚާއްޞަގޮތެއްގައި ދިވެހީންގެ އިޖުތިމާޢީ ފޭރާމަކީ އެފަދަ ދެވަނައެއް ނުވާފަދަ މިސާލެކެވެ. ދިރިއުޅުމުގެ އެންމެހާ ރިވެތި އަދަބުތަކާއި ގޮތްތައް އެކުލެވިގެން ފައްކާވެ، ޖަރީ ވެފައިވާ ދިވެހީންގެ އިޖުތިމާޢީ ފޭރާމަކީ - [ދިވެހީންގެ އެއްބައިވަންތަކަން](https://addana.mv/2619) - ކަމެއް ކާމިޔާބު ވުމުގައި ކޮންމެހެން ހަމަވާންޖެހޭ އުންސުރުތަކެއް ހުރެއެވެ. އެކަމަކަށް ގަދައަޅައި މަސައްކަތްކުރުމާއި އެކަމެއް ކާމިޔާބުވުމަށް ބޭނުންވާނޭ ތަމްރީނާއި ވަޞީލަތްތައް ހޯދުމާއި ރަނގަޅު ރޭވުންތެރިކަމެއް އޮތުމަކީ މި ދެންނެވި އުންސުރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ކަންތައްތަކުގެ އިތުރަށް ދެން އޮންނަނީ އެބައެއްގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމެވެ. މިއީ ކޮންމެ ކަމެއްވެސް ކާމިޔާބުވުމަށް ބޭނުންވާ ގުޅުންތައް ގުޅުވައިދޭ ބޮޅުފައްޗެވެ. ވަކިވިޔަ ނުދީ ހިފަހައްޓައިދޭ ޗޭނުގަނޑެވެ. މި އެއްބައިވަންތަކަމުގެ ޗޭނުން ގުޅިލާމެހިފައިވާނަމަ އެކަމެއް ކާމިޔާބުކުރުމަކީ މާބޮޑުކަމެއް ނޫނެވެ. އެއީ - [އެންޒައިމްސް](https://addana.mv/2611) - އެންޒައިމްސްއަކީ މުޅިންހެން ޕްރޮޓީންގެ ގޮތުގައި ހުންނަ މޮލެކިއުލްސްއަށް ކިޔޭ ނަމެކެވެ. އެންޒައިމްސްއިން ދިރޭ އެއްޗެއްސަށް ކުރިމަތިވާ ކެމިކަލް ރިއެކްޝަންތަކުގެ ހަލުވިމިނަށް ބަދަލުގެނުވައެވެ. އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އެތަކެއް ހާސް އެންޒައިމްސްއެއް ހުންނައިރު، އެންޒައިމްސްއާ ނުލާ ހަށިގަނޑުގެ މަސައްކަތްތަކަށް ހުއްޓުން އާދެއެވެ. އަހަރުމެން ކާ އެއްޗެއް ކައި ނިމުމުން އެންޒައިމްގެ ކޮމްޕްލެކްސް ސީރީސްއަކުން ހަށިގަނޑަށް އެތެރެވި ކާ އެއްޗެހި އާދައިގެ މޮލެކިއުލްތަކަކަށް ކުޑަ ކުރުމުގެ މަސައްކަތް ފަށައެވެ. މި މޮލެކިއުލްތަކަކީ ލޭގެ ތެރެއަށް އެކުވާ މޮލެކިއުލްތަކެކެވެ. ބައެއް އެންޒައިމްސް - [ދިވެހި ރުއް - ދިވެހީންގެ ރުއް](https://addana.mv/2607) - ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަހެވެ. ދިވެހިންގެ ދިރިއުޅުމުގައި ކޮންމެކަމަކާ ގުޅިފައިވާ ގަހެވެ. ސަރުކާރުގެ ފަރާތުން ދިވެހިރުކަކީ ދިވެހީންގެ ގައުމީ ގަސްކަމުގައި ރަސްމީކޮށް ހަމަޖެއްސެވީ 1985 ޖުލައި 25 ދުވަހު، އަޅުގަނޑުމެންގެ ހަނދާނުގައެވެ. އެހެންނަމަ ވެސް، އޭގެ މާކުރިން ވެސް ދިވެހިރުކަކީ ދިވެހިންގެ ގަހެވެ. ދިވެހިންގެ ދިރިއުޅުމާއި ހުރިހާގޮތަކުން ގުޅި ލާމެހިފައިވާ ގަހެވެ. ދިވެހިރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައިވެ ދިވެހިންގެ ދިރިއުޅުމާއި ދިވެހިރުކާ ލާމެހި ގުޅިފައިވާ ގުޅުމުގެ މައްޗަށް ފަޚުރުވެރިވަމުން އަންނައިރު ދިވެހިރުއް ފުރަތަމަ ފެނުނު ތަނަކާމެދު - [އަސްކަރީ ކަނބަލުން!](https://addana.mv/2588) - ދިވެހިރާއްޖޭގެ އަސްކަރިއްޔާއަކީ، ޤާނޫނު އަސާސީން ފުރިހަމަ ބާރު ލިބިގެން، ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް ޙިމާޔަތްކޮށް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމަށް އުފައްދައި ޒިންމާ ކުރެވިފައިވާ ލަޝްކަރެކެވެ. އަސްކަރީ ތާރީޚަށް ނަޒަރު ހިނގާލާއިރު، ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ އައްސުލްޠާން އިބްރާހިމް ނޫރައްދީނުގެ ރަސްކަމުގެ ދުވަސްވަރުއެވެ. ފެންނާން ހުރި ލިޔުންތަކަށް ބަލާއިރު، ރަސްމީ ސިފައެއްގައި މި ރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1892 އެޕުރީލު 21 ވަނަ ދުވަހުއެވެ. - [ސިފައިންގެ ހުނަރު](https://addana.mv/2583) - ކޮންމެ ޤައުމެއްގައި ވެސް ސިފައިންނަކީ، އެ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް އަމާންކަމާއި ސުލްޙަ މަސްލަޙަތު އިސްކޮށްގެން ކަންތައް ކުރަން ތިބޭ ބާރެއްގެ މީހުންނެވެ. ސިފައިންގެ އެންމެ އިސް ވާޖިބަކީ ބޭރުގެ ދުޝްމަނުގެ ޢުދުވާނުން ޤައުމު ސަލާމަތް ކުރުމެވެ. ބުނެލަން ވަރަށް ފަސޭހައެވެ. އެކަމަކު މީހަކު ހަރުދަނާ ސިފައިންގެ މީހަކަށް ހެދޭނީ ހާދަހައި ގިނަ ތަމްރީނުތަކާއި ހުނަރުތަކެއް އުނގަނައިދީގެންނެވެ. މި މަޒުމޫނު ފަށައިގަތުމަށް މި ލިޔެލި ތަޢާރަފަށް ފަހު، ސިފައިންގެ އަހަރީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ސިފައިންގެ - [ހިތްވަރު ނެތިގެން ދާ ވަގުތު](https://addana.mv/2579) - މިއަދު ކިތަންމެ ދަތި އުނދަގުލެއް ދިރިއުޅުމުގައި އެބަ ހުއްޓެވެ. ބޭނުންވާ ވަކި ކަމެއް ވަކި ގޮތަކަށް އަބަދުމެ ދަމަހައްޓަން ކިތަންމެ ބޭނުންވިކަމުގައި ވީނަމަވެސް އެކަން އެހެން ދެމެހެއްޓުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ ނުވާ ކަމެކެވެ. މިއީ މިއަދު އަޅުގަނޑުގެ ހާލަތެވެ. މި ހާލަތުގައި ތިބި އެތައް ބަޔަކު ތިބެދާނެއެވެ. މި އަހަރު ފެށުމުން އަޒުމް ކަނޑައެޅީ ކޮންމެ ހަފުތާއެއްގައި ވެސް އައްޑަނައަށް ލިޔުމެއް ތައްޔާރުކުރުމަށެވެ. އެންމެ ފަހުން އައްޑަނައަށް އަޅުގަނޑު ލިޔުނީ މީގެ ތިނެއް ނުވަތަ - [10 މަރު، 33 މީހަކު ވަގުތީ ބޯހިޔާވަހިތަކަށް: މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ](https://addana.mv/2571) - މިއީ، މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި، ނިރުފެހިގޭގައި ދިރިއުޅުނު މީހުންގެ ތެރެއިން 10 ބިދޭސީއަކު މަރުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ ރައްޔިތެކެވެ. އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 33 މީހަކު ވަގުތީ ބޯހިޔާވަހިތަކަށް ގެންދެވުނެވެ. ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ 15 ބިދޭސީންނާއި 18 ދިވެހިންނަށެވެ. އޭގެތެރޭގައި ދިވެހި ޢާއިލާތަކަށް ނިސްބަތްވާ ހަތް ކުޑަކުދިން ވެސް ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ ބެލުމުގެ - [ގްލޯބަލް ސުޕަރ ޕަވަރސް](https://addana.mv/2553) - ދުނިޔެއަށް ނުފޫޒާއި ބާރު ފޯރުވޭ ފަދަ ޤައުމުތަކަށް ނިސްބަތްކޮށް ބޭނުންކުރާ "ސުޕަރޕަވަރސް" މި ޓާމަކީ، 1944 ވަނަ އަހަރު މަޤުބޫލުވެގެން ދިޔަ ޓާމެކެވެ. އޭރު އެ ޓާމް ބޭނުންކުރަން ފެށުނީ، ސިޔާސީ ކަންކަމާއި، އިޤުތިޞާދާއި، އަސްކަރީ ކަންކަމުގައި ދުނިޔޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގައި އާދަޔާ ޚިލާފު ބާރުވެރިކަން ލިބިފައިވާ ޤައުމުތައް "ވަކިކުރުމުގެ" ގޮތުންނެވެ. ލިޔުންތެރިޔާ އަދި ޕްރޮފެސަރެއްކަމުގައިވާ ޑރ. ލައިމަން މިލާ މާނަކުރައްވާ ގޮތުގައި، ސުޕަރޕަވަރަކަށް ވުމަށް އެ ޤައުމަކަށް ހަތަރު އެކްސިސް ޕަވަރއެއް ލިބިފައި އޮތުމުގެ - [ޑިޑެރޯހ އެފެކްޓް](https://addana.mv/2543) - ޑިޑެރޯހ އެފެކްޓަކީ، އައު އެއްޗެއް ހޯދުމަށްފަހު އެއާ އެތްގޮތް ކުރުމަށްޓަކައި އެއްޗަކަށްފަހު އެއްޗެއް ގަންނަމުން ދާދިއުން ސިފަކޮށްދިނުމަށްޓަކައި ބޭނުންކޮށް އުޅޭ ބަހެކެވެ. މިގޮތަށް ގަންނަ ގިނަ ތަކެއްޗަކީ ކުރިން ދިރިއުޅުމުގެ އުފަލާއި އަރާމަށް އަދި ލިބެމުންދިޔަ ހިންހަމަޖެހުމާއި ފުރިހަމަކަމަށް ކޮންމެހެން ބޭނުންނުވި ތަކެއްޗެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ހޯދުމުގެ ފަހަތުގައި އެތައް ސަބަބުތަކެއް ވެއެވެ. އެއްގޮތަކީ މުޖްތަމައަށް އަންނަ ބަދަލުތަކާ ގުޅިގެން އަތުގައި މިހާރު ހުރި ތަކެތި ބަދަލުކުރަން ޖެހުމެވެ. މަޝްހޫރު ބްރޭންޑް ތަކުން އެ - [ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައާއި ދިވެހިރާއްޖެ: އައްޑޫ، ހިމޭން ދުނިޔެއަކުން ހަލަބޮލި އަސްކަރީ މަރުކަޒަކަށް](https://addana.mv/2531) - މީލާދީން 1939 ގައި، ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ފެށި، ހަނގުރާމަ ވަރުގަދަވަމުން، އެކި ސަރަހައްދުތަކަށް ފުޅާވަމުން ދިޔަ ބާރު ސްޕީޑަށް ރިއާޔަތްކޮށް، އޭރުގެ އަޝްކަރީ ތަޖުރިބާކާރުންގެ ވިސްނުމަކީ، އެމެރިކާއާއި ޖަޕާނުގެ އަޝްކަރީ ކުރިމަތިލުމެއް ޕެސިފިކް ކަނޑުގައި ހިނގައިފާނެކަމެވެ. ހަމަ އެފަދަ ކުރިމަތިލުމެއް، އިނގިރޭސީންނާއި ޖަޕާނާ ދެމެދު، އިންޑިއާ ކަނޑުގައި ވެސް ހިނގައިފާނެކަމެވެ. އިންޑިއާ ކަނޑަށް ބަލާއިރު، ދުރު އިރުމަތީގެ ރަށްތައް ދިފާއު ކުރުމުގައި، އިނގިރޭސި ސިފައިންނަށް އެންމެ މުހިންމު ތަނަކީ ސިންގަޕޫރެވެ. އެހެނަސް، ޖަޕާނުގެ ބާރުދަށަށް މެލޭޝިޔާއާއި، - [ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުން ސިފައިންގެ ޞަފުޙާ](https://addana.mv/2525) - ސިފައިންގެ ފުޓުބޯޅައިގެ ތާރީޚާއި ދިވެހި ފުޓްބޯޅައިގެ ތާރީޚުގެ އެންމެ ކުރީގެ ވާހަކަތައް ހުރީ އެއް ޞަފުޙާއެއްގައެވެ. މާލެއަށް 1910 ވަނަ އަހަރު ފުޓްބޯޅަ ތަޢާރަފުވިއެވެ. އޭރު އެންމެ ތަދު އެއްޗަކީ ބޯޅައެވެ. ބޯޅަ ނުލިބިގެން ކުކުޅުމޭރުގައި ފޮތި އޮޅައިގެން ބޯޅަ ކުޅެމުންދިޔަ ދުވަސްވަރު ފުޓްބޯޅަ ދަނޑުތަކެއް މާލެއަކު ނުހުރެއެވެ. އެއީ ސަރުކާރުން ކުޅިވަރަށް ސަމާލުކަން ދިން ޒަމާނެއް ވެސް ނޫނެވެ. ފުޓްބޯޅައާއި އޭރު ދިވެހީން ކުޅެމުން އައި ކުޅިވަރުތަކުގެ މަންޒަރު ބަދަލުކޮށްލެއްވީ މުޙައްމަދު އަމީނުގެ އަތްޕުޅަށް 1942 - [ޝަހީދުންގެ ޒިކުރާ އާކުރަން ޖެހެނީ ކީއްވެ؟](https://addana.mv/2520) - ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް ޤައުމަށްޓަކައި ޤުރުބާންވި ދަރިންތަކެއް މި ޤައުމު ދެކެފައިވެއެވެ. އެހީއަށް އެދި ޤައުމު އޭގެ ޙާލުގެ ދުލުން ގޮވައިލި ކޮންމެ ހިނދެއްގައި ކޮންމެ ދުވަސްވަރެއްގައި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ މަތިވެރި ޢަޒުމުގައި ހިތްވަރާއެކު ޖިހާދުކުރި އެތައް އަބުޠާލުންތަކެއް މި ޤައުމު ދެކެފައިވެއެވެ. އެފަދަ ބައެއް އަބުޠާލުންނަކީ މި މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ފަސްގަނޑުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވި އަބުޠާލުންނެވެ. ޤައުމަށްޓަކައި ލެޔާއި ފުރާނައިން ޤުރުބާންވި - [ބަންގިއަށް އިޖާބަދިނުމުގެ މުހިންމުކަން](https://addana.mv/2516) - "ނަމާދަށް އަވަހަށް އަންނާށެވެ. ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ." މިއީ އަޅުގަނޑުމެންގެ ވަށައިގެންވާ މުޖުތަމަޢުގައި ރެޔާއިދުވާލު ފަސްވަގުތު ޖައްވުތެރޭގައި އެކިއެކި ރާގުގައި ގުގުމެމުން ދާ އަޑެއްކަން އެންމެނަށް ވެެސް ކަށަވަރުވާނެއެވެ. އާދެ، މާތް ﷲ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ނަމާދުތައް އަދާކުރުމަށް ގޮވާލާ ގޮވުމުގެ އަޑެވެ. މިއީ އަހަރުމެން މުސްލިމުންނަށް ވަރަށް ޚާއްޞަ ބަސްތަކެކެވެ. އެއީ މުސްލިމުންގެ ނަފްސުތައް ޠާހިރުކުރުމަށް ގޮވައިލާ އިލާހީ ބަސްފުޅުތަކެކެވެ. މުސްލިމުންގެ ހިތްތައް އެއަށް ފެންބޮވައިގެންފައިވާ މުސްލިމުންގެ ހިތްތަކަށް - [ހަށިހެޔޮ، ހުޝިޔާރު، ހުނަރުވެރި އަސްކަރީ ފައުޖު](https://addana.mv/2512) - ދިވެހިރާއްޖޭގައި ސިފައިންގެ ހަރަކާތްތައް ފެށިފައިނުވާ ދުވަސްވަރެއް، ތާރީޚުގައި ފެންނާކަށް ނެތޭ ދެންނެވިދާނެވެ. އެހެނީ ދުނިޔެ ތަރައްޤީއަށް ދަތުރުކުރަމުން އައިއިރު، ހިންދީ ބަހާއި ފާރިސީބަސް އުފަންވެގެން "ސިފަހީ" އޭ ބުނާ ހަނގުރާމަތީ ތަމްރީނު ލިބިފައިވާ މީހާގެ ނަން ބޭނުންކުރެވޭ މީހުން ކުރާ މަސައްކަތް ކުރުމަށް ކޮންމެ ޒަމާނަކު ވެސް ދިވެހިންގެ ތެރެއިން ވަކި ބަޔަކު ޚާއްޞަ ކުރެވިފައިވެއެވެ. މި ޚާއްޞަ ލަޝްކަރަކީ ސިއްޙީގޮތުން ހަށިހެޔޮ، މަސައްކަތުގެ މައިދާނުގައި ހުޝިޔާރު އަދި ތަމްރީނުތަކުގައި އަބަދުވެސް ހުނަރުވެރި ފައުޖެކެވެ. ދިވެހި ޖުމްހޫރިއްޔާއަށް - [ކާށިދޫ ފުއްޓަރުގެ ތަޖުރިބާ](https://addana.mv/2507) - ބޮޑެތި، ބިޔަ ރާޅުތައް ފުއްޓަރުގެ ގާތަކުގެމައްޗަށް މެދުނުކެނޑި ބިންދަމުން ދަނީއެވެ. ހުސްގަޔާ ތިބި ޒުވާންފުރައިގެ ދެ ކުއްޖަކު ރާޅުގަނޑުތެރޭގައި ބޮޑުގަލެއް ކޮނޑަށް ލައިގެން ރާޅުތަކުން ސަލާމަތްވަމުން އެ މަސައްކަތް ކުރަނީ ރަށާ ދުރަށް ދިއުމަށެވެ. ޅައިރުގެ ހަނދާންތަކުން ތަފާތު އިހުސާސްތަކެއް ގެނުވައެވެ. މީގެ 40 އަހަރުގެ ކުރީގައި ކ.ކާށިދޫގެ ފުއްޓަރުފަރާތް އޮތްގޮތާއި މިހާރު ފުއްޓަރު އޮތްގޮތް ވަރަށް ބޮޑަށް ތަފާތެވެ. އިރުވައި މޫސުމުގައި ކާށިދޫގެ ފުއްޓަރުމަތީގައި ހިނގާ ކަންތައްތައް ވިދާޅުވެލައްވާށެވެ. މިއީ އަޅުގަނޑު ދުށް މަންޒަރާއި އެ - [ޢާންމު ރައްޔިތަކުން ސިފައިންގެ މީހަކަށް](https://addana.mv/2504) - އެއްދުވަހު ހެދުނު ސްކޫލުން ގެއަށް އައި މަގުމަތީ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ވަރުގަދަ އަޑުފަށްގަނޑެއް އިވިގެންނެވެ. ޚަބަރުދަބަރު ބަލާލިއިރު ފެނިގެން ދިޔައީ ސިފައިންގެ ބަޔަކު ބަޑިހިފައިގެން ހަރަކާތްތެރިވާ މަންޒަރެވެ. އެ ހަރަކާތްތައް ފެނި ހިތުގައި އެކަމަށް އެހާ ބޮޑު ޝައުޤުވެރި ކަމެއް އުފެދުނީ ކުޑައިރުއްސުރެ ވެސް ސިފައިންގެއަށް ހިތުގައި ދެވިފައިވާ ޤަދަރާ އިޙްތިރާމަކުންނެވެ. އެ ދުވަހު ސިފައިންގެ މީހަކަށް ވުމަށް ހިތުގައި ޢަޒުމް ކަނޑައެޅީމެވެ. އޯލެވެލް ނަތީޖާ ލިބުމަށްފަހު، 2005 ވަނަ އަހަރު މާލެ ބަދަލުވީ ސިފައިންގެ - [ރަންވޭއިން ފެނުނު ބޮޑު ސަންދޯއް](https://addana.mv/2500) - ނޯޓް: މިއީ ރާއްޖޭގައި ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އެއީ މިހާދިސާ ކުރިމަތިވި މީހުންގެ ރައްކަލަކަށްޓަކައެވެ. އަމީން (އަސްލުނަމެއް ނޫން) އަކީ މާލޭ އިންޓަނޭޝަނަލް އެއަރޕޯޓްގައި މަސައްކަތްކުރާ ސީނިއަރ ޕައިލެޓެކެވެ. ރާއްޖެއާއި ރާއްޖޭން ބޭރު ދަތުރުތައް ވެސް އަމީންގެ ކެޕްޓަންކަމުގެ ދަށުން ކުރަމުން ގެންދެއެެވެ. މިއީ އެގޮތުން ކުރި ދަތުރެކެވެ. މި ވާހަކަތައް މި ހިއްސާކޮށްލަނީ އަމީންގެ ރައްޓެއްސަކު އަޅުގަނޑަށް ކިޔައިދިންގޮތަށެވެ. އެއީ 1993 ވަނަ އަހަރުގެ ރޭތަކުގެ ތެރެއިން - [ނޮވެންބަރު 3 ގެ ޢުދުވާނުން ފިލާވަޅެއް](https://addana.mv/1308) - 1988 ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަހު މި ލޮބުވެތި ޤައުމާ ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ މިފަހަކަށްއައިސް ރާއްޖެއާ ކުރިމަތިވި އެންމެ ބިރުވެރި، އަނިޔާވެރި ޙަމަލާއެވެ. އެއީ، އެ ދުވަސް ދުށް އެއްވެސް ދިވެހި ފަރުދެއްގެ ހިތުން ފޮހެ ނުލެވޭނެ ދުވަހެކެވެ. އަދި ހަމައެހެންމެ އެ ދުވަހަކީ އެ ދުވަހުގެ ވާހަކަ އަޑުއެހި އެއްވެސް ދިވެއްސެއް އެކަމާމެދު ސަމާލުކަމަށް ނައިސް ނުދާނެ ދުވަހެއް ވެސް މެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ނޮވެންބަރު 3 ގެ ހާދިސާއަކީ ދިވެހި ޚާއިނުންގެ - [ޝަހީދު އަލިރަސްގެފާނު، އެތައް ފަހަރެއްގެ މަތިން ޕޯޗުގީޒުންގެ މައްޗަށް ކުރި ހޯއްދެވި](https://addana.mv/2490) - މި ފަހަކަށް އައިސް، ޝަހީދުންގެ ދުވަހާއި ޤައުމީ ދުވަހުގެ ވާހަކަ ދެކެވޭ ހިނދު، ޝަހީދު ޢަލި ރަސްގެފާނު (ޢަލީ 6 - ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުން) ކުޑައިމީސްވާފަދަ ވާހަކަތަކެއް، މަދުން ނަމަވެސް ދެކެވެމުންދެއެވެ. ޢަލިރަސްގެފާނު ޝަހީދުވީ، އެ މަނިކުފާނުންގެ ކިބައިގައި އަސްކަރީ އުރަތްޕެއް ނެތުމުންނޭ ކިޔާ ވާހަކަދައްކާ މީހުން އުޅެއެވެ. އަދި ކިއެއްތަ، ޕޯޗުގީޒުންނޭ ތާރީޚުގައި ބުނެ އިޝާރާތްކޮށްފައި އެ އޮންނަނީ ކަނޑުފޭރޭ މީހުންނަށޭ، ނުވަތަ ކުލީ ސިފައިންނަށޭ ވެސް މިއަދު ބަޔަކު ކިޔައިއުޅެއެވެ. - [މި ދުވަހު އެ ދުވަހުގެ ހަނދާންތައް](https://addana.mv/2487) - އެހެން ރޭތަކާ މާބޮޑު ތަފާތެއް ނެތެވެ. އުޑުމަތި ސާފެވެ. ހިތްފަސޭހަ މަޑުފިނި ވައިރޯޅި ޖެހެމުންދާ ރެއެކެވެ. ދިވެހިންގެ ކޮންމެ މީހަކު ވެސް އެރޭ ނިދަން އޮށޯތީ މާދަމާ ކުރާނެ ކަންތައްތަކުގެ ޕްލޭން ކުރަމުންނެވެ. މަސްވެރިން މަހަށް ދިއުމަށެވެ. ދަރިވަރުން ސުކޫލަށް ދިއުމަށެވެ. އަނެއްބަޔަކު ވަޒީފާއަށް ދިއުމަށެވެ. އެހެން އެފަދަ ރޭތަކާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އަޅުގަނޑު ހުރީ މާލެއަކު ނޫނެވެ. ރަށުގައެވެ. އެ ދުވަސްވަރު ކޭބަލް ޓީވީ ނުހުންނާތީ ވެސް ތޯއްޗެކެވެ. މީހުން ނިކަން އަވަހަށް - [މާތް ﷲ ރިޒުޤުދެއްވާ އިރު އިންސާނުން ބަނޑަށް ޖެހެނީ ކީއްވެތަ؟](https://addana.mv/2482) - ހޫދު ސޫރަތުގެ ހަވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ. "މާތް ﷲ އެ އެއްޗަކަށް ރިޒުޤު ކަޑައަޅުއްވާފައިނުވާ ގޮތެއްގައި ފިރުކޭ (ދިރޭ) އެއްވެސް އެއްޗެއް ބިމުގައި ލައްވާފައި ނުވެއެވެ." ޝައްކެއްނެތެވެ. ދުނިޔެއަށް ނޭވާލާ ކޮންމެ ދިރޭއެއްޗެއްގެ ދިރުން ދެމެހެއްޓުމުގެ އަސާސީ ސަބަބަކީ، ރިޒްޤެވެ. އަދި އެއްވެސް ނަފުސެއް، އެ ނަފުސަކަށް މާތްﷲ ދެއްވުމަށް ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަކޮށް އެ ނަފުސަކަށް ކަނޑައަޅުއްވާފައިވާ އަޖަލު ހަމަވެގެން މެނުވީ މި ދުނިޔެއިން ނުދާނެއެވެ. އެހެންކަމުގައިވާއިރު، ދުނިޔޭގައި ދިރިއުޅޭ އިންސާނީ ނަސްލުތަކުގެ ތެރެއިން އެއްބަޔަކަށް - [ބޭފުޅިޒަމް](https://addana.mv/2479) - ބޭފުޅިޒަމް" އަކީ ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުމާ އެއްފަދަ ތަފާތުކުރުމެކެވެ. ހަގީގީ ބޭފުޅިޒަމް އޮތީ ރާއްޖޭގައި ކުރިން އޮތް ރަސްކަމާއި ރަސްކަމުގެ ކޮއިލުތެރެއާ ގުޅިފައެވެ. ބޭފުޅިޒަމަކީ ބޭފުޅުންގެ ދަރަޖައިގައި ގިންތިކުރެވޭ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަ އަބުއިކަމާއި، ޢާއިލީ ދަރިކޮޅާއި ނަސަބާއި ހަސަބަށް ފަޚުރުވެރިވެވަޑައިގެންވުމާއި އެހެން މީހުންނަކީ މާދެރަ ބައެއްގެ ގޮތުގައި ދެކެވަޑައިގެން، ކުޑައިމިސް ކުރައްވައި ނިކަމެތިކޮށްލުމެވެ. މި ޒަމާނުގައި "ބޭފުޅުން" ނޭ ކިޔައިގެން ވާހަކަދައްކާ ބޭފުޅުންނާއި ރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރުގެ ބޭފުޅުންނާ ތަފާތެވެ. ދިވެހިރާއްޖޭގައި - [ދިވެހިރާއްޖޭގެ ޝައިޚު ޒުބައިރުގެ ނަމުން ނަންދެވުނު އަދީބު - ބަނޑޭރި ޙަސަން މަނިކުފާނު](https://addana.mv/2475) - ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، ޝައިޚު ޒުބޭރުންގެ ގޮތުގައި އެމަނިކުފާނުގެ ނަޒަރުގައި ދިވެހިރާއްޖޭގައި ތިއްބެވީ ދެ ބޭފުޅުންނެވެ. (ޝައިޚު ޒުބޭރުގެ ގޮތުގައި ފަޟީލަތުއްޝައިޚު ޙުސައިން ސަލާޙުއްދީން އެ މާނަ ކުރައްވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އަދީބު ސެކްސްޕިއަރއެވެ.) އެހެންވީމާ އެ ފެންވަރުގެ ދެބޭފުޅުން ކަމުގައި ޞަލާޙުއްދީން ކަނޑައަޅުއްވައިފައިވަނީ ބަނޑޭރި ޙަސަން މަނިކުފާނާއި، މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތުއެވެ. މި ދެ ބޭފުޅުންނަކީ ވެސް ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުންނެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ، - [ޝަހީދުންގެ ޒިކުރާ އާލާކުރަމާތޯ!](https://addana.mv/2472) - ދިވެހި ބަހުގެ ރަދީފުގައި "ޝަހީދު" ގެ މާނައަކީ ދީނުގެމަގުގައި ނުވަތަ ވަޒަނުގެ ޙައްޤުގައި ކުރާ ހަނގުރާމައިގައި ވާ މަރެވެ. މި ލޮބުވެތި ދިވެހިރާއްޖޭގެ ތާރީޚުގައި ދުށް އެންމެ ހިތްދަތި ބިރުވެރި އެއް ޙާދިސާއަކީ ވެސް މިފަދަ ޙާދިސާއެކެވެ. މި ލޮބުވެތި ޤައުމު ސަލާމަތްކުރުމަށް ޓަކައި އެ ބައެއްގެ އެންމެ ފަހު ނޭވާ މި ބިމަށް ދޫކުރެއްވި ޙާދިސާއެވެ. އާދެ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ މުޅި ރާއްޖެ ހިތާމައާއި ބިރުވެރިކަމުގެ ތެރެއަށް - [ޝަހީދުންގެ ޒިކުރާ](https://addana.mv/2465) - ހިތުގެ ކަވި އެންމެ ހިމަ ނާރަށް އަސަރު ކުރުވާ މިއީ ޒިކުރާސިކުނޑިއާ އަބަދު ގުޅި ލާމެހި ވަނީ އެ ހަނދާންތަކާ ފިކުރާ ނޮވެންބަރުމަހު ތިނެއް އައްޑިހައަށެއްގެ ފަތިސް ގެނައި ނާމާންކަމެއްގެ ތެރޭ އެރި މި ބިމަށް ބޮމާ ބަޑިޔާ އެކި މަކަރާ އެތެރެއިން ވާގިވެރިވި ޚާއިނުން ދިން މަޝްވަރާގެމަތީންއެތުރިލީ ބޭރު ބާޢީންނޭ އެލީ އުންޑައިގެ އަޑު ފަތުރާ ވިސާބިތުކަން މަތީ ގައުމުގެ ދިފާއަށް ހުރި އޭރުގެ ތަކުރުއެސާހިތު ދެއްވިއޭ ހަމަލާ މިސާލުން އިހުގެ ބޮޑުތަކުރާ ޙުސައިން އާދަމްގެ - [މަސައްކަތުގެ މާހައުލުގައި ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމް އަދި ޕަރފޯމަންސް އެޕްރައިސަލް ޕްރޮސެސް](https://addana.mv/2462) - މުއައްސަސާއެއްގެ ކުރިއެރުން އެކިކަންކަމާއި ގުޅިފައިވާއިރު އޭގެ ތެރެއިން އެއްކަމަކީ، މަސައްކަތުގެ މާހައުލަށް އަންނަ ހަލުވި ބަދަލުތަކަށް ހޭނި އެންމެން އެކުގައި މުއައްސަސާގެ ކުރިމަގައް ޓަކައި ކުރާ މަސައްކަތެވެ. މިކަމަށް ޓަކައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުގެ ބެލުމުގައި ގެންގުޅެންވީ ހަރުދަނާ ހަމަހަމަ އުސޫލެއް އޮތުމަކީ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅު ކޮށްދޭ ކަމެކެވެ. މުވައްޒަފުން ވަޒީފާގެ ކުރިއެރުމަށް އެހީތެރިވުމާއި، މަސައްކަތުގެ ހުނަރު އިތުރަށް ރަނގަޅުކޮށްދީ މަސައްކަތްކުރުމަށް ހިތްވަރުދޭ އެއްޗަކަށް ފެންވަރު ބަލަން ގެންގުޅޭ އުސޫލުވުން މިއީ - [ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝަރީފުގެ އަގުހުރި އަސްކަރީ ޚިދުމަތް](https://addana.mv/2459) - ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝަރީފް (ސަރވިސް ނަންބަރު: 720) އަކީ، 1982 ފެބުރުވަރީ 27 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރާއި، 5 މަހާއި، 18 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ލާންސް ކޯޕްރަލް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް، އެންލިސްޓެޑް ރޭންކުތަކުގެ ތެރެއިން ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް - [ބ. ފެހެންދޫ](https://addana.mv/2455) - ބ. ފެހެންދޫއަކީ ގާތްގަނޑަކަށް މާލޭގެ ހުޅަނގު އުތުރުން 98.17 ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. މި ރަށުގެ ބޮޑު މިނަކީ 0.080 އަކަމޭލެވެ. ދިގުމިނަކީ 2.160 ކިލޯ މީޓަރެވެ. ދިރިއުޅެނީ 150 މީހުންނެވެ. ބ.ފެހެންދޫއަކީ މިއަދު ކިތަންމެ މީހުންކޮޅު މަދު ފުށި ރަށެއް ނަމަވެސް، ބޮޑު ތާރީޚެއް އޮތް، ގަބޫލުކުރެވޭ ގޮތުގައި ނިކަން ހަރުދަނާ ޝަޚުޞިއްޔަތުންތަކެއް އުފެދި ނެތިގޮސްފައިވާ ރަށެކެވެ. ތާރީޚީ ގޮތުން ބަލައި ހޯދަންވީ ރަށްތަކުގެ ތެރެއިން ރަށެކެވެ. ރަށުގެ ކޮންމެ ވެލިފުކަކުން ފެށިގެން - [ދީނަށާއި ޤައުމަށް އިޚުލާޞްތެރިވާށެވެ!](https://addana.mv/2451) - އާދޭހެވެ! ދީނީ ލޯތްބާއި ޤައުމީ ލޯބީގެ ވާހަކައަކީ، އަޅުގަނޑުމެން އަބަދުހެން އަހަމުން އަންނަ ވާހަކަތަކެކެވެ. ދީނަށް ޚިޔާނާތްތެރިނުވުމާއި، ދީން ދިފާޢުކުރުމާއި، ޤައުމު ސަލާމަތުގެ މަގަށް ގެންދިއުމުގެ ވާހަކައާއި، ޤައުމަށް ޣައްދާރުނުވުމުގެ ވާހަކައެވެ. އެއްބަޔަކު މި ކަންކަން ދެކެނީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައެވެ. އަނެއްބަޔަކު ދެކެނީ، މިއީ ކޮންމެހެން ވެސް ދައްކަންޖެހޭ ވާހަކަތަކެއްކަމުގައެވެ. އަދި އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކުގައި، ކޮންމެހެން އަށަގަންނުވަންޖެހޭ ކަމެއްގެ ގޮތުގައެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ވިޔަސް، ދައުލަތުގެ ސިޔާސަތުތަކުގެ ތެރެއިން ވިޔަސް، ދީނީ ޝިޢާރުތަކާއި - [ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދުގެ އަގުހުރި އަސްކަރީ ޚިދުމަތް](https://addana.mv/2446) - ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދަކީ ދިވެހި އަސްކަރިއްޔާއާއި ދިފާޢީ ވުޒާރާގައި އިސް މަޤާމުތަކެއް ފުރުއްވައި، އެމްއެންޑީއެފްގެ މުހިންމު ބޯޑުތަކަކާއި ކޮމެޓީތަކެއްގައި މަސައްކަތްކުރައްވާފައިވާ އިދާރީ ކުޅަދާނަ ހިންގުންތެރިއެކެވެ. ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމު ވިޒްއަލް އާރޓްސްގެ ދާއިރާއިން، ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން ހާސިލުކުރައްވާފައިވާ ހުނަރުވެރި ފަންނުވެރި ފަރުމާކުރުންތެރިއެކެވެ. ސިފައިންގެ އައްޑަނަ މަޖައްލާ ވުޖޫދަށް ގެންނެވުމުގައި އިސް ދައުރެއް އަދާކުރައްވައި އެ މަޖައްލާގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޤާބިލު މޮޅު ލިޔުންތެރިއެކެވެ. ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގައި - [ފޭސްބުކުން ފެނުނު ރީތި އަންހެންކުއްޖެއްގެ ލޯބީގެ ޖާދޫގައި ޖެހި އަހަރެން މުޅިން ބަނގުރޫޓްވެއްޖެ](https://addana.mv/2399) - ''ފޭސްބުކުން ފެނުނު އެ ރީތި ކުއްޖާދެކެ ލޯބިވެބުނީ އަމަށަކު ވަރަކަށް ނޫން. އެންމެފަހުން އޭނާ އަހަރެން ބުލެކްމެއިލް ކުރީ ފައިސާއަށް. އެއީ ލޯބީގެ އަސަރުގަދަ ސްކޭމެއް.'' ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީ އަސްލެއް ނޫނެވެ. އެކުވެރީންނެވެ. މި ކިޔައިދެނީ އަހަރެންނަށް ދިމާވި ލޯބީގެ އަސަރުގަދަ ހަގީގީ ހާދިސާއެކެވެ. އަހަރެންނަކީ ރާއްޖޭގެ އެންމެ އުތުރު ރަށަކަށް އުފަން އުމުރުން 25 އަހަރުގެ ޒުވާން ފިރިހެނެކެވެ. އަހަރެން - [އަލިފާން ނިވާ މީހަކަށް ވުމަކީ ލިބޭ ޝަރަފެކެވެ.](https://addana.mv/2393) - ފެންނަފެނުމާއި، ކުރެވޭ އިޙުސާސްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިތަށް ގެނެވޭ ހިނދު، ދެރަވެ މާޔޫސްކަންމަތީ ހަދާނެ ގޮތެއް ނެތި ތިބޭ ހާލުގައާއި، ގޮތް ހުސްވެ، އުންމީދު ކަނޑާލާ ވަގުތުތަކުގައި، އެ އުންމީދުތައް އާކޮށްދޭ ބަޔަކީ އަލިފާންނިވާ މީހުންކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އާދެ! މިއީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު، އެކަމެއް ތަހައްމަލު ކުރަމުންދާ މީހާގެ ޝުޢޫރުތަކެވެ. އަލިފާންނިވާ މީހުންނަކީ، އެހެން މީހުންނެކޭ އެއްފަދައިން، ހަމަ އާދައިގެ އިންސާނުންނެވެ. ބަލާބެލުމަށް، އެއްވެސް ތަފާތެއް ނެތެވެ. - [ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައާއި ދިވެހިރާއްޖެ: ބޮޑުހަނގުރާމައިގެ ތެރޭގައި ދައުލަތުން އެޅުއްވި ބައެއް ފިޔަވަޅާއި ނަތީޖާ](https://addana.mv/2384) - ބޮޑުހަނގުރާމަ ފެށިގެން އުޅޭ ކަމުގެ ޚަބަރު ރާއްޖެއަށް ވީ 1939 ގެ ސެޕްޓެމްބަރ 19 ވަނަ ދުވަހެވެ. އެ ދުވަހު، ސިލޯނުން ލެފި "ކިސްތީފަތޭ" އިން ގެނައި ސިޓީތަކާ، ނޫސްތައް ހިއްޕަވައިގެން ހިތިލާގޭ މުޙައްމަދު ދީދީ، ޕޯސްޓް އޮފީހަށް ވަޑައިގަތް ތަން ސިފަކުރައްވަން މުޙައްމަދު އަމީން ލިއުއްވާފައި ވެއެވެ. "އޭނާއަށް ހުރީ ވަރަށް މަތިވެރި ދަރަޖައަކަށް މާނޭވާ ލެވިފައެވެ. މުޅި ގައިން ދާތައް އޮހެނީއެވެ. މުޅި މޫނުމަތިން ބިންވަޅު ނެގިފައިވަނީ، ހާސްކަމާއި، ނުތަނަވަސްކަމެވެ.... ކިޔާނުކިޔާ އެއްޗެއް އޮޅުން - [ސިފައިންގެ 11 ބޭކަލެއްގެ މައްޗަށް ސާބިތުވި ބާޣާވާތުގެ ކުށާއި ކަނޑައެޅުނު ނިޔާތައް](https://addana.mv/2379) - ސިފައިންގެ ބަޔަކު ސިފައިންގެ ވެރީންނާ ދެކޮޅަށް ހިންގަން ރޭވި ބަޣާވާތެކެވެ. ސިފައިންގެ ބައެއް ވެރީންނާމެދު ހިތްހަމަ ނުޖެހިގެން އެ ބޭކަލުން މަސައްކަތްކުރީ ދެކޮޅުވެރިކަމުގެ ހަރަކާތެއް ހިންގައިގެން ބައެއް ވެރީން މަޤާމުތަކުން ދުރުކުރުމަށެވެ. މިކަން ފަޅާއެރި ހިސާބުން މިކަމުގައި ޝާމިލުވި އެންމެން ވަގުތުން ހައްޔަރުކޮށް، ސިފައިންގެ ވަޒީފާއިން ވަކިކޮށް، ތަހުގީގު ފެށިއެވެ. އެއަށްފަހު ޝަރީއަތަށް މައްސަލަ ހުށަހެޅުނެވެ. މިއީ އެ ބަޣާވާތް ގެންނަން ކުރި ނާކާމިޔާބު މަސައްކަތާއި އެ ކުށަށް ޝަރީޢަތުން ކަނޑައެޅުނު ބޮޑު އަދަބުގެ ވާހަކައެވެ. އޭރު - [އެމެރިކާގެ ރައީސް ރޫސްވެލްޓާއި އެޓޮމް ބޮމާ ގުޅުމެއް ވޭތަ؟](https://addana.mv/2370) - އެމެރިކާއަކީ، އަދުގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމެކެވެ. އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާއަކީ ދުނިޔޭގެ އެހެން ޤައުމުތަކަށް ގޮންޖަހާލުމުގެ ޤާބިލުކަން ލިބިފައިވާ، ނިއުކްލިއަރ ބާރެއް ވެސް މެއެވެ. ތާރީޚުގެ ފަތްފުތްތަކަށް ނަޒަރު ހިނގާލާއިރު، އެެމެރިކާއިން 1945 ވަނަ އަހަރު ޖަޕާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން ވެގެންދިޔައީ، މުޅި ދުނިޔެއަށް ސިހުން ގެނުވި ކަމަކަށެވެ. އަޅުގަނޑުމެން އެންމެން ވެސް އެޓަމް ބޮމެއްގެ ވާހަކަ އަޑު އަހަމުއެވެ. އެހެން ނަމަވެސް، މިއީ ކިހިނެއް ހިނގާދިޔަ ކަމެއްކަމާއި، އަދި ނިއުކްލިއަރ - [ކޮންމެ ގެއެއްގައި ޕެނެޑޯލް ކާޑަކާއި ފެހި ބާމުގެ އިތުރުން ކޯރާޑި ތެޔޮ ފުޅިއެއް!](https://addana.mv/2365) - އަހަރެމެންގެ ވަށައިގެން މިވާ މާހައުލުގެ ގޮތުން އަބަދުވެސް ތިބެންޖެހެނީ ކޮންމެވެސް ސިފައެއްގައި ރޯގާ ޖެހިފައެވެ. އެކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އަތުޖެހޭ ފަށުގައި ވަގުތުން ރަނގަޅުކޮށްލާ ބޭސްތައް އާންމުކޮށް ގޭގޭގައި ގެންގުޅެއެވެ. މިއީ ދިވެހިންގެ ތެރޭގައި އާދަކާދައިގެ މަތިން ހިނގަމުން އަންނަ ކަމެކެވެ. މީގެ ތިރީހަކަށް އަހަރު ކުރީގެ މާޒީއަށް ޖެހިލާއިރު ކޮންމެ ގޭބިސީއެއްގައި ބޮޑު އާވި ފުޅިއަކާއި، ފެހި ކޯލާވާޓަރު ފުޅިއެއް ނުހުރެ ނުދާނެއެވެ. ބަނޑަށް ތަދުވާތީ ހުދު ކާފޫރު ފެނަކީ އޭރު ވަރަށް މުހިންމު - [ފަލަސްތީނު މައްސަލަ: ޔަހޫދީ ޒަޔަނިސްޓުންގެ ހީލަތްތެރި ރޭވުން](https://addana.mv/2360) - އިސްރާއީލާއި ފަލަސްތީނުގެ މައިގަނޑު މައްސަލައަކީ 19 ވަނަ ގަރުނުގެ ފަހުކޮޅު އުފެދުނު ޔަހޫދީ ޒަޔަނިސްޓް ހަރަކާތްތަކުގެ ސަބަބުން ފެންމަތިވި މައްސަލައެކެވެ. މި މައްސަލައިގެ "އަސްލު" ގުޅެނީ، ފަލަސްތީނުގެ ބިންތަކަށް ޔަހޫދީ ޒަޔަނިސްޓުން ވެރިވެގަތުމަށް ރޭވި ހީލަތްތެރި ރޭވުމާ ހަމައިންނެވެ. ތާރީޚަށް ނަޒަރު ހިންގާލާއިރު، ޒަޔަނިސްޓް ހަރަކާތް އުފަންވެގެން އައީ، ޔޫރަޕްގައި ޔަހޫދީންނާ ދެކޮޅަށް ގެންގުޅުނު ތަފާތުކުރުންތަކާ ދެކޮޅު ފިކުރުތަކުގެ ތެރެއިންއެވެ. ޚާއްޞަކޮށް ފަރަންސޭސިވިލާތުގައި ހިނގައިދިޔަ "ޑްރޭފުސް އެފެއާޒް" ގެ ނަމުން މަޝްހޫރުވި، ޔަހޫދީ އޮފިސަރަކާ ދެކޮޅަށް ނާއިންސާފު - [ސަހަރާގެ ސިންގާ - އުމަރު މުޚްތާރް](https://addana.mv/2354) - އިސްލާމީ އިލްމުވެރިއަކުން، ހަނގުރާމަވެރި ފަހުލަވާނަކަށް ބަދަލުވި އުމަރު އަލް މުޚްތާރަކީ މީގެ 90 ވަރަކަށް އަހަރު ކުރިން އިޓަލީގެ ހަތިޔާރު އެޅި އިސްތިޢުމާރީ ލަޝްކަރާ ދެކޮޅަށް ލީބިޔާގައި ގެރިއްލާ ހަނގުރާމަ ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާއަކީ ލީބިޔާގެ ގައުމީ ބަޠަލެއްގެ އިތުރުން ބޮޑެތި އަދި ދަތި ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރެއްވި އިންސްޕިރޭޝަނަލް ރަމްޒެކެވެ. ލީބިޔާގައި މިނިވަންކަން ހޯދުމަށް ހަނގުރާމަކުރެއްވި މުޚްތާރު އުފަންވެވަޑައިގަތީ 1856 ވަނަ އަހަރުން ފެށިގެން 1862 ވަނަ އަހަރާ ދެމެދު ލީބިޔާގެ - [ނުނިދޭ ބަލި: ހައްލު ހޯދުމަށް ދިރިއުޅުމުގެ ވައްޓަވާޅިއަށް ދުޅަހެޔޮ ބަދަލުތަކެއް ގެނައުން މުހިންމު](https://addana.mv/2348) - ނުނިދޭ ބަލި ނުވަތަ އިންސޮމްނިއާއަކީ ނިދަން އުނދަގޫވުމާއި، ރަނގަޅަށް ނުނިދުން ނުވަތަ ނިދާފައި ނޯވެވުން ފަދަ ހާލަތްތަކަށް ނިސްބަތްކޮށް ބޭނުންކުރާ ޑިސްއޯޑަރއެކެވެ. ނިދުމުގައި ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން ދިމާވާ މި ޑިސްއޯޑަރއަކީ، މުޖުތަމައުގައި ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމެކެވެ. އަދި، ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ދިމާވެފައިވާ ވަރަށް އާންމު ބައްޔެކެވެ. ނުނިދޭ ބަލި ޖެހުމަށް މެދުވެރިވާ ތަފާތު ސަބަބުތައް ހުންނައިރު، އޭގެ ތެރޭގައި ގިނަ މީހުންނަށް އެކަން ދިމާވަނީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެވޭ - [އަލްމަސްޖިދުލް އަޤްޞާ: ދުނިޔޭގައި ދެވަނައަށް ބިނާކުރެވުނު މިސްކިތް](https://addana.mv/2342) - ލޮބުވެތި މާތް ނަބިއްޔާ (ޞޢވ) އަށް އަބޫޛައްރުގެފާނު ސުވާލު ދެންނެވިއެވެ. ބިންމަތީގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ކޮބާއިތޯއެވެ؟ އެ ހިނދު މާތް ނަބިއްޔާ (ޞޢވ) ޙަދީޘްފުޅު ކުރެއްވިއެވެ. މަސްޖިދުލް ޙަރާމެވެ. ދެން ކޮން މިސްކިތެއްތޯއޭ ދެންނެވުން، ޙަދީޘްފުޅު ކުރެއްވިއެވެ. މަސްޖިދުލް ޢަޤްޞާއެވެ. ބައިތުލްމަޤުދިސް ނުވަތަ ޤުދުސްގައިވާ އެންމެ މާތް މުޤައްދަސް ބިނާއަކީ އަލްމަސްޖިދުލްއަޤްޞާއެވެ. އިމާމް ބުޙާރީއާ އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އަލްމަސްޖިދުލް އަޤްސާ ބިނާކުރެވުނީ އާދަމް ޢަލައިހިއްސަލާމްގެ ޒަމާނުގައެވެ. މާތް ﷲ - [ޑައިވްކުރާއިރު...](https://addana.mv/1395) - "އަހަރެން ޕެރަލައިޒްވީ ޑައިވްކޮށްގެން. ލަނޑާ ނަގަން ދިޔަ ދުވަހަކު މި އެކްސިޑެންޓެއް ހިނގީ. މިހާރު 7 އަހަރުވެއްޖެ." ރ. ކަނދޮޅުދޫ ޒުވާނަކު ވީލްޗެއަރގައި އިނދެ ވާހަކަ ދައްކަމުން ވަރަށް އަސަރާއެކު ބުންޏެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ކަމުގެ މައުލޫމާތާއި ހުނަރުނެތި ޑައިވްކުރުންފަދަ ނުރައްކާތެރި މަސައްކަތުގައި މިކަހަލަ ކިތައް އެކްސިޑެންޓް ހިނގާ އަޅުގަނޑުމެންގެ އަޚުންގެ ތެރެއިން ކިތައްކިތައް މީހުން މިފަދަ ވޭނާއި ނުކުޅެދުންތެރިކަމާ އެކު ދުނިޔެ ވޭތުކުރާނެބާއެވެ؟ މި ސަފުހާ މި ޚާއްޞަކޮށްލަނީ ޑައިވްކުރުމުގައި ސަމާލުކަން ދޭންވީ ބައެއް - [އަހަރީ އުފާ](https://addana.mv/1436) - ބަލަބަލާތިއްބާ ވަގުތު ފާއިތުވެގެން ދާލެއް ކިތަންމެހާ ވެސް އަވަހެވެ. ކުއްލިއަކަށް މި އިވުނީ ސިފައިންގެ ޚިދުމަތަށް 116 އަހަރު ފުރޭ ވާހަކައެވެ. ކޮންމެއަކަސް ދިވެހި ސިފައިންގެ މި މުއައްސަސާއަކީ މިހާ ދިގު މުއްދަތެއް ވޭތުކޮށްފައިވާ މުއައްސަސާއެއް ކަމުގައިވާއިރު، ޔަޤީނުން ވެސް ލައްކަ ގިނަ ކަންތައްތަކެއް ތަޖުރިބާކުރެވި، މާޒީއާ އެކުވެފައި ވާނެއެވެ. ކުރީގެ ތާރީޚު މާ ސާފުކޮށް އެނގެން ނެތްކަމުގައި ވީނަމަވެސް ސިފައިންގެ މި ދިގު ތާރީޚުގެ އެކި ދުވަސްވަރު ފަހަނައަޅައި މި ހިސާބަށް މިއައި ދިގު މުއްދަތުގައި، - [ދުޅަހެޔޮ ސިފައިން ޤައުމީ ސަލާމަތަށް](https://addana.mv/1440) - ސިފައިން ތިބޭނީ އަބަދުވެސް ތައްޔާރީ ހާލަތުގައެވެ. 24 ގަޑިއިރެވެ. 365 ދުވަހެވެ. ޤައުމަށް ދިމާވާ ޤުދުރަތީ ކާރިސާތަކުގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރާނީ ދިވެހި ސިފައިންނެވެ. ދުވަހުން ދުވަހަށް ދިމާވާ އެކި ކަންކަމުގައި ވެސް ދިވެހި ސިފައިން ތިބެނީ ޤައުމީ ޚިދުމަތުގައެވެ. އަލިފާނުގެ ހާދިސާއެއް ވިއަސް، ކަނޑުމަތީގެ ހާދިސާއެއް ވިއަސް އެންމެ ކުރީސަފުގައި ތިބޭ ބަޔަކީ ހަމަ ދިވެހި ސިފައިންނެވެ. ވަކިން ޚާއްޞަކޮށް ޤައުމަށް އަތުވެދާނެ ޓެރަރިސްޓުންގެ ޙަމަލާތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް، އެންމެ ފަހު ނޭވަޔަށް - [އިޖުތިމާޢީ ހަރަކާތުގައި ސިފައިންގެ ދައުރު](https://addana.mv/1444) - ދިވެހި ސިފައިންނަކީ އަބަދުވެސް އިޖުތިމާޢީ ހަރަކާތްތަކުގައި، އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ބައެކެވެ. ޚިދުމަތުގައި 116 އަހަރުގެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާ މި މުއައްސަސާގެ ޚިދުމަތަށް ނަޒަރު ހިންގާލާއިރު، ދިވެހި ސިފައިންނަކީ ޚިދުމަތަކީ އިޖުތިމާޢީ ގޮތުން އަބަދުވެސް ފާހަގަކޮށްލެވޭ ބުރަ އަދި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ބައެކެވެ. މީލާދީ ސަނަތުން 1960ގެ ކުރިން ރާއްޖޭގައި އެއަރޕޯޓެއް ނޯވެއެވެ. ނަމަވެސް 1907 އޮކްޓޫބަރު 25 ވަނަ ދުވަހު މަތިންދާބޯޓެއް، މާލެ ޖެއްސިކަމުގައި ތާރީޚު ބުނެއެވެ. އެ ބޯޓަކީ މާލެ، - [އަންހެން ސިފައިންގެ ޚިދުމަތް](https://addana.mv/1460) - ޒަމާނުއްސުރެ، މި ރާއްޖެއަކީ އަމާންކަމާއި ސުލްޙަމަސަލަސްކަމުގެ ރާއްޖެއެއް ކަމަށްވީނަމަވެސް، ސިފައިންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، އެކި ދުވަސްވަރު އެކި ބަދަލުތައް ވަނީ ގެނެވިފައެވެ. އާދެ، ސިފައިންގެ ތެރެއަށް އަންހެނުން ވެއްދުމަށް 1962 ގައި އޭރުގެ މަޙްކަމަތުލްޢަމްނުއާންމުން އިޢުލާނުކުރެއްވި ނަމަވެސް، އޭރު، ދިވެހިންގެ އިޖުތިމާޢީ ޙާލަތާއި ވިސްނުން ހުރިގޮތުން، ސިފައިންގެ ޚިދުމަތަށް އަންހެނުން ތަޢާރަފުކުރުން ވެފައި އޮތީ، ތަންކޮޅެއް އަބުއި ކަމަކަށެވެ. އެހެންނަމަވެސް، ޒަމާން ބަދަލުވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދިޔަ ބަދަލުތަކާއި، ސިފައިންގެ ޚިދުމަތް ފުޅާވަމުންދިއުމާ ގުޅިގެން، އަންހެން - [ދިވެހި ސިފައިން ޤައުމާއި ރައްޔިތުންނަށް ޓަކައި](https://addana.mv/1453) - އިންސާނުންނަކީ ޒަމާނުއްސުރެ ވަކިވަކި ގަބީލާތަކަށާއި އެކި ނަސްލުތަކަށް ނިސްބަތްވާ އަދި އެއް ބަޔަކު އަނެއް ބަޔަކަށް ސަރަޙައްދުތަކެއް ކަނޑައަޅައިގެން ދިރިއުޅެމުން އަންނަ ބައެކެވެ. ތިމާ ނިދާ ކޮޓަރިން ފެށިގެން އާއިލާއާ އެކު ދިރިއުޅޭ ގެއާއި ތިމާ ނިސްބަތްވާ އަވަށްގަނޑު އަދި ރަށާއި ޤައުމު މީގައި ހިމެނެއެވެ. އާދެ ޤައުމަކީ މި ހުރިހާ ސަރަޙައްދަކާއި މި ސަރަޙައްދުތަކުގައި ހިމެނޭ ހުރިހާ ތަކެއްޗަކާއި އެންމެހާ މީހުންނެވެ. މި އެންމެން ހިމެނޭ ގޮތަށް އަޅުގަނޑުމެން މި ކިޔައި އުޅެނީ "ރައްޔިތުން"ނެވެ. އާދެ - [ލ.އަތޮޅުގައި ފެތުރުނު ގަދަ ހުމުގައި ސިފައިންގެ މެޑިކަލް ޓީމުން ހަރަކާތްތެރިވީ ކިހިނެތް؟](https://addana.mv/1464) - 2008 ޑިސެންބަރުން ފެށިގެން ހައްދުންމަތީގައި ހަލުވިކަމާއެކު ގަދަ ހުމުގެ ރޯގާއެއް ފެތުރިގެންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އޮނަރަބަލް އަލްފާޟިލް އަމީން ފައިޞަލްގެ އެންގެވުމަކަށް އެމްއެންޑީއެފްގެ މެޑިކަލް ޓީމެއް ވަނީ 2009 ޖަނަވަރީ 9 އިން 28 ލ. އަތޮޅުގައި ހަރަކާތްތެރިވެފައެވެ. ހައްދުންމަތީގައި ހަރަކާތްތެރިވި މި ޓީމުގައި ހިމެނިފައިވަނީ އެމްއެންޑީއެފްގެ ޑޮކްޓަރ، ލެފްޓިނަންޓް ޑރ. އާއިމިނަތު ޝުމްރާއާއި ސްޓާފް ނާރސް، ލެފްޓިނެންޓް ފަޟީލާ މޫސާއެވެ. މި ޓީމު ކައްދޫއަށް ދިއުމުން - [ޤައުމަށް ޓަކައި ޖިހާދުކުރުމަކީ ކޮންމެ ފަންނެއްގެ، ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް](https://addana.mv/1449) - ޤައުމަކީ ވަކި މީހެއްގެ އެކަނި އެއްޗެއް ނޫނެވެ. ޤައުމަކީ ވަކި މީހެއްގެ މިލްކެއް ވެސް ނޫނެވެ. ޤައުމަކީ އެ ޤައުމެއް ހިއްސާކުރާ ހަމަ ކޮންމެ ރައްޔިތެއްގެ ތަނެކެވެ. ޤައުމުގެ ކުރިއެރުމާއި ޤައުމުގެ ކެރިފޯރުންތެރިކަން ހިއްސާކުރާނެ ބަޔަކީ އެ ޤައުމެއްގެ ފަރުދުންނެވެ. ޤައުމުގެ ކުރިމަގު އުޖާލާކަމާއެކު ފެންނަނަމަ އެ ޤައުމެއްގެ ރައްޔިތުންގެ މޫނުމަތިން ހާއުފާވެރިކަމުގެ މަންޒަރުތައް ހާމަވެގެން ދާނެކަމާމެދު ޝައްކެއް ނެތެވެ. އެހެންކަމުން ޤައުމުގެ ޙައްޤުގައި ޖިހާދުކުރިހާ މުޖާހިދުންގެ ކުރިމަތީގައި ޤައުމު ސިފަވެގެން ދަނީ ޤައުމަކީ އެމީހާ އެތަނަށް - [އިސްލާމީ ރަންޒަމާން އަލުން އިއާދަކުރެވޭނެބާ!](https://addana.mv/1818) - އެއީ މީގެ ގާތްގަނޑަކަށް 1440 އަހަރު ކުރިއެވެ. މި އުންމަތުގެ ސައްޢިދުލް މުރްސާލީން ދިއްލާލަދެއްވި އިސްލާމީ ޢަދާލަތުގެ ކުލަގަދަ ވޮށިން ދުނިޔެ ބަބުޅާލި ޒަމާނެވެ. ސަހަރާގެ ކިއްލާތަކުން ފެށިގެން ދިޔަ އަލިކަން ދުނިޔޭގެ ހަތަރު ބިތް ރޯޝަން ކުރެއްވިއެވެ. އިސްލާމީ އަޚްލާޤިއްޔާތުގެ ހުވަނދުން މުޅި ފަޒާ ޒީނަތްކުރުވާ އިންސާނާގެ ފިކުރަ ގުޅިފައިވާ އެންމެހައި ޢުލޫމުތަކާއި އީޖާދުތަކުން ދުނިޔެ އާޝޯޚުކުރުވިއެވެ. މާއްދިއްޔާތާއި ރޫހާނިއްޔާތުން ކުރެ ވަކި ފަރާތަކަށް ބުރަވުމެއްނެތި ދުނިޔެ ނުދެކޭ ފަދަ ޢަދުލުވެރިކަމުގެ އައު ބާބެއް ފެށިގެން - [މާލޭ ސަރަހައްދުގައި ފަރުމަސްވެރިކަން ދަށްވުން... ކިހާވަރެއްގެ ހަގީގަތެއް!؟](https://addana.mv/1809) - ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން ފަރު މަހުގެ މަސްވެރިކަމަކީ އަތޮޅުގެ އެތެރެވަރީގައި، ފަޅުފަޅާއި، ގިރިގިރިޔާއި، ހާހަލާއި، ތިލަތިލައިގެ ކައިރީގައި އަދި ބައެއްފަހަރު އަތޮޅުތަކުގެ ބޭރުން ރަށްރަށުގެ ކައިރީގައި، ފުށޮޅުގައި ކަނޑަވަޅިތަކުގައި ތަފާތު ވަރަށް ގިނަ ގޮތްގޮތަށް ކޮށްއުޅޭ މަސްވެރިކަމެކެވެ. ފަރު މަސްވެރިކަން އެއްބަޔަކު ކުރަނީ އާމްދަނީ ހޯދުމުގެ ގޮތުންނެވެ. ފަރުމަސްވެރިކަން ކުރުމަށް ގޮސް އުޅޭ ގިނަ މީހުން މިހާރުވެސް އެކަމުގައި ބައިވެރިވެ އުޅެނީ ފޫހިފިލުވައިލުމުގެ ގޮތުން ކަމެއް ކޮށްލުމަށެވެ. ނުވަތަ ހުސްވަގުތު ފުރާލައި މަޖާކޮށްލުމަށެވެ. މަޖަލަށް ކުރާ - [އަލިރަސްގެފާނު ޝަހީދުވީ ގޮތް](https://addana.mv/1905) - ޝަހީދު އަލިރަސްގެފާނު ޝަހީދުވެވަޑައިގެން ގޮތުގެ ވާހަކަ އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި "ތާރީޚު އިސްލާމި ދީބާ މަޙަލް"ގައި އޮތް ގޮތާއި ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ފޯކުލޯރުގައި ކިޔާގޮތާ ތަފާތުތަކެއް ހުރެއެވެ. އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ހިޖުރައިން 1 ޝައުބާން 965 (މީލާދީން 19 މޭ 1558) ގައެވެ. އޭރު އެ ރަދުންގެ ރަސްކަމަށް 2 މަހާއި 15 ދުވަހެވެ. ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުންނަށް ރާއްޖެ ހިފުނީ އެ މީހުން ރާއްޖެ ހިފަން ކުރި ތިންވަނަ ދަތުރުގައެވެ. - [އަހުރެން ނެތަސް އަހުރެންގެ މި ބަސް ހެކިވާނެއެވެ](https://addana.mv/1922) - ހިތް ކުދިކުދިވަނީއެވެ! ކުރެވޭނޭ ކަމެއް ނެތްކަމުގެ އިހުސާސް ވުމުން ރޮވެނީއެވެ! ފަލަސްޠީނުގެ ކޮންމެ ކުއްޖެއްގެ ކޮންމެ އުޚުތެއްގެ އަޚެއްގެ ރުއިމާއި ގިސްލުމާއި ބޭނުންތަކުގެ އަޑު އިވެއެވެ. އެކަމަކު މުސްލިމު ދުނިޔެ ވަނީ މަންމަންވެފައެވެ. މިއަދު އެ ކުދިންގެ މަދަދުގާރަކީ ޣައްޒާގެ ބަރަކާތްތެރި ބިމެވެ. ފަލަސްޠީނުގެ ސާފުތާހިރު ފަސްގަނޑެވެ. އެ ތަނުގައި އޮތް ކޮންމެ ހިލައެއް އެ ކުދިންނަށް ހަމްދަރުދީވެއެވެ. އެ ބިމުގެ ކޮންމެ ވެލިފުކެއް އެކުދިންނަށް އެބަ އަޅައިލައެވެ. ހޫނައި ފިނީގައި އެކުދިން އެ ކެތްކުރާ ކެތްކުރުން - [ދިވެހިރާއްޖެ: 2500 އަހަރަށް ވުރެ ގިނަ ދުވަސްވީ ޙަޟާރަތެއް ހިއްސާކުރާ މުސްކުޅި ގައުމެއް](https://addana.mv/1813) - ދިވެހި ތާރީޚުގެ މައްޗަށް ގިނަގުނަ މަސައްކަތްކުރެއްވި ނަސީމާ މުޙައްމަދު ވިދާޅުވާ ގޮތުން "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭތާ 2500 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. "(ދިވެހީންގެ ތަރިކަ 2004.) މިއީ ދިވެހި ތާރީޚާ މެދު ލިޔުއްވައިފާ މުއައްރިޚުން އިއްތިފާގުވެވަޑައިގަންނަވާ ކަމެއް ވެސް މެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް 900 އަހަރު މި ދަނީ ވަމުންނެވެ. އެތައް ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންނެއް މި ރާއްޖޭގައި ވެރިކަން ކުރެއްވިއެވެ. ރަސްކަމަށް ފަހު އުފެދުނު ޖުމުހޫރިއްޔަތުގައި ވެސް އެތައް ރައީސަކު ވެރިކަން ކުރައްވައިފިއެވެ. - [ޙަޟާރަތްތަކުގެ ތެރެއިން، އިސްލާމީ ރަންޒަމާން](https://addana.mv/1822) - އިސްލާމީ ރަންޒަމާނޭ ބުނެވެނީ، އިސްލާމީ ތާރީޚުގައި ސަގާފީ ގޮތުން 8 ވަނަ ޤަރުނުން ފެށިގެން 13 ވަނަ ޤަރުނާ ހަމައަށް އޮތް ދުވަސްވަރަށް ނިސްބަތްކޮށެވެ. އެ ދުވަސްވަރަކީ، ތާރީޚީ ގޮތުން އިސްލާމީ ދުނިޔޭގެ ބޮޑު ބައެއްގައި ޚިލާފަތުގެ ވެރިކަން ކުރި ދުވަސްވަރެވެ. ސައިންސާއި، އިޤްތިޞާދާއި، ޢުމްރާނީ ތަރައްޤީއާއި، ސަޤާފީ ރޮނގުން އިސްލާމީ ދުނިޔެ ކުރިއަރައިގެން ދިޔަ ދުވަސްވަރެވެ. މި ދުވަސްވަރު، އައްބާސީ ޚަލީފާ، ހާރޫނުއް ރަޝީދު (786-809) ގެ ވެރިކަމުގައި، ބަޣްދާދުގައި ބިނާކުރެއްވި "ބައިތުލް ހިކްމާ" (ހައުސް - [މެދުތެރޭ އޭޝިއާއަށް ތަޢުލީމާއި ތަހުޒީބު ގެނެސްދިން މުސްލިމް އެމްޕަޔަރ](https://addana.mv/1830) - ޣަޒްނީގެ ސުލްޠާން މަޙްމޫދު އަކީ ސުލްޠާން މިނަން އުފައްދަވައި "ސުލްޠާން" މި ލަގަބު ބޭނުންކުރި ފުރަތަމަ ވެރިޔާކަމަށް ތާރީޚީ ޢިލްމުވެރިން ބުރަވެއެވެ. ޕާކިސްތާނުން އެގައުމުގެ ކުރު ރާސްތާ ބެލިސްޓިކް މިސައިލަށް ދީފައިވާ ނަން "ޣަޒްނަވީ" އަކީ ސުލްޠާން މަޙުމޫދުއަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. މި މަޒުމޫނުގައި ޣަޒަނާވިޑް އެމްޕަރަރ އާއި ސުލްޠާން މަޙްމޫދާއި ބެހޭ މަޢުލުމާތުކޮށްޅެއް ލިޔެވޭތޯ މަސައްކަތްކޮށްލާނަމެވެ. ޣަޒްނީގެ ތާރީޚް: ޣަޒްނީ އަކީ މިހާރު އަފްޣާނިސްތާނުގެ މެދުތެރޭގައި އޮންނަ މުހިންމު ވިޔަފާރި އަދި ސިނާއީ މަރުކަޒެކެވެ. - [ތިން ދަރިން ގޮވައިގެން ދިރިއުޅެމުންދިޔަ އެކަނިވެރި ބަފައެއްގެ ވާހަކަ](https://addana.mv/1857) - ނޯޓް: މިއީ ހަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހާކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އަޅުގަނޑުމެންނަށް އަބަދުވެސް އިވެމުންދަނީ އެކަނިވެރި މައިންގެ ވާހަކަ އެވެ. އެކަނިވެރި ބަފައެއްގެ ވާހަކަ އަޑުއިވެނީ މަދު ފަހަރެއްގައެވެ. މަދުންނަމަވެސް އެކަނިވެރި ބަފައިން ނިކަމެތި ހާލުގައި ދަރިން ބަލައި ބޮޑުކޮށް، ދަރިންނަށް ކިޔަވައިދީ، ރަނގަޅު ދިރިއުޅުމެއް ދައްކައިދޭން މަސައްކަތްކުރާ މަންޒަރު މި ދިވެހި މުޖުތަމައުން ފެންނަމުންދާކަމީ އުފާކުރަންޖެހޭ ހަޤީޤަތެކެވެ. ހިތާމައަކީ އެކަނިވެރި މައިންގެ ވާހަކަ ދައްކާއިރު، މުޖުތަމައުގައި - [އެ ފިތްތޯ، މި ފިތްތޯ...؟](https://addana.mv/1861) - އިންސާނާގެ ހަޔާތުގައި އޭނާ ބޭނުންވާ މަންޒިލަކަށް ދިއުމަށް ދަތުރުހަދާއިރު، އޭނާގެ އެ މަންޒިލަކަށް ދިއުމަށް ދަތުރުކުރެވިދާނެ ވަރަށް ގިނަ މަގުތައް ފެންނަށް ހުންނަ ފަހަރު އާދެއެވެ. ނަމަވެސް އެއިން ކޮންމެ މަގެއް ޚިޔާރުކޮށް އެ މަންޒިލަށް ދެވުނަސް އެއިން ކޮންމެ މަގަކުން ވެސް އެ މީހަކަށް ކުރެވޭ އިހުސާސް ނުވަތަ ނެރެވޭ ނަތީޖާ ތަފާތު ވެދާނެއެވެ. އެ ނޫންގޮތަކަށް ބުނާނަމަ އެ މީހާ އެ ޚިޔާރުކުރީ އޭގެ އެންމެ ރަނގަޅު މަގުކަމުގައި ނުވެދާނެއެވެ. އާދެ. މި ފަހަރު އަޅުގަނޑު - [ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުން ހޯދާފައިވާ ޢިއްޒަތާއި ޤަދަރު](https://addana.mv/1871) - ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމަކީ ދިވެހީންގެ ދިވެހިވަންތަ ސިފަތަކުގެ ސިފައެކެވެ. ދިވެހީންނަށް ލިބިފައިވާ ހުރިހާ ޢިއްޒަތަކާއި ޤަދަރަކާއި ކުރިއެރުމަކާއި ކާމިޔާބެއް ހާސިލުކުރެވިފައި ވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ސަބަބުންނެވެ. ހަމައެހެންމެ ޤުދުރަތީގޮތުން ފިޔަވައި، ދިވެހީންނަށް ލިބުނު ކޮންމެ ނިކަމެތިކަމެއް ލިބިފައިވަނީ ދިވެހީންގެ މެދުގައި އޮންނަންވީ އެއްބައިވަންތަކަން ނެތިގެންނެވެ. ދިވެހީންގެ މެދުގައި ބައިބައިވުންތަކާއި ފިތުނަވެރިކަން ބޮޑުވެގެންނެވެ. ދިވެހީންގެ މިނިވަންކަމަށް ކުރިމަތިވި ދުއްތުރާތަކާއި، ދިވެހީންނަށް ތަޖުރިބާކުރަން ޖެހުނު ބޮޑެތި ޤުދުރަތީ ކާރިސާތަކުން އަރައިގަނެވުނީ ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުގެ ވާފަށުގައި ހިފައިގެންނެވެ. - [އޮޕެންހައިމަރ: އެޓޮމް ބޮމްގެ ބައްޕަ](https://addana.mv/1875) - ދުނިޔޭގެ ތާރީޚަށް ނަޒަރު ހިނގާލާއިރު، ނިއުކްލިއަރ ހަތިޔާރު އެންމެ ފުރަތަމަ އުފެއްދި އަދި ބޭނުންކުރި ހަމައެކަނި ގައުމަކީ އެމެރިކާއެވެ. އެމެރިކާއިން 1945 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު "ލިޓްލް ބޯއީ" ގެ ނަމުން ނަންދެވިފައިވާ އެޓޮމިކް ބޮން ޖަޕާނުގެ ހީރޯސީމާއަށް ވައްޓާލިއެވެ. މިއީ، ދުނިޔޭގެ ތާރީޚުގައި އެންމެ ފުރަތަމަ ބޭނުންކުރި ނިއުކްލިއަރ ހަތިޔާރެވެ. އަދި 1945 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު "ފެޓް މޭން" ގެ ނަމުން ނަން - [ފައިލޭރިއާ](https://addana.mv/1884) - ގަދީމީ ޒަމާނުގައި ވެސް ދުނިޔޭގައި ފެތުރުނު ކަމަށް ބެލެވޭ ފައިލޭރިއާ ނުވަތަ އާންމު ނަމުންނަމަ ފައި ފަލަވާ ބަލި ސައިންޓިފިކަލީ އެންމެ ފުރަތަމަ ހޯދިފައިވަނީ 1863 ވަނަ އަހަރު ކިއުބާ މީހެއްގެ ގައިންނެވެ. ލިންފެޓިކް ފައިލެރިއޭސިސްއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވަރަށް ވޭންހުރި ބައްޔެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ހާމަކުރާ ގޮތުގައި ދުނިޔޭގެ 44 ގައުމެއްގައި 882 މިލިއަން މީހުންނަށް ފައިލޭރިއާ ޖެހުމުގެ ބިރު އޮތްއިރު އިތުރަށް ބަލި ފެތުރުން ހުއްޓުވުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރި - [ދަތިޖަހާ ހަސަނު ސޮރު](https://addana.mv/1889) - ބުރާރަ މުޙައްމަދު ފުޅު ކިޔާގޮތަށް އަލްޙާއްޖަ އިބުރާހީމް ބުނި އިސްމާޢީލް ފީބޯ ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކަ އާއި އަޅުގަނޑަށް މި ފިކުރާވެވެނީ މާބޮޑަކަށެވެ. އެ ވާހަކަ ފޮތުން ހަމަ ކިތަންމެ ކުޑަ ތަންކޮޅެއް ކިޔާލެވުނަސް އެތަންކޮޅަކާ މެދު ވިސްނާ ފިކުރު ހިންގަން އެބަ ޖެހެއެވެ. އެ ވާހަކަ ލިޔުނުމީހަކުގެ ސިކުނޑި ހާދަ ތަނަވަސްވާނެއޭ ހިތައް އަރައެވެ. ވާހަކަ ކިޔަމުން ދާއިރު އަޅުގަނޑު ސިކުނޑީގައި ވެރިވެ ހިނގަނީ އެޝުޢޫރެވެ. އައްސުލްޠާނު އަބޫބަކުރު (އެއްވަނަ) ސިރީ ބަވަނަ ސޫރަޖު މަހާރަދުން - [ގައުމީ ޖިހާދު](https://addana.mv/1893) - ގައުމީ ޖިހާދަކީ ގައުމަށް ޓަކައި ކުރާ ޖިހާދެވެ. ދިވެހި ބަހުގައި ޖިހާދަކީ ދީނާއި ގައުމު ހިމާޔަތް ކުރުމަށް ޓަކައި ކުރާ ހަނގުރާމައެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން މާތްވެގެންވާ އިސްލާމް ދީނާއި، އެ ބައެއްގެ ގައުމުގެ ދިފާޢުގައި ޖިހާދު ކުރުމަކީ އެފަދަ ޖިހާދެއް ކުރަންޖެހިއްޖެ ހިނދެއްގައި ދީނީ، އަދި ގައުމީ ގޮތުން ކުރަންޖެހޭ ކަމެކެވެ. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވާތީ، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޖިހާދު ކުރުމަކީ ދީނީ އަދި ގައުމީ ވާޖިބެކެވެ. - [ދިވެހީންނަކީ ކޮންތަނަކުން އައި ކޮންބައެއް ހެއްޔެވެ؟](https://addana.mv/1897) - ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭބޭފުޅުން ބުރަވެ ވަޑައިގަންނަވާ ގޮތުގައި، ދިވެހި ރާއްޖޭގައި މީހުން އުޅެން ފެށިތާ ހަތަރު ހާހެއްހައި އަހަރު ވެއްޖެއެވެ. އެހެންވީމާ މިއަހަރާ ހަމައަށް ބެލިމަވެސް މީލާދީ ތާރީޚު ޖަހަން ފެށުމުގެ އެތައް ސަތޭކަ އަހަރު ކުރިން ފެށިގެން މި ރާއްޖޭގައި މީހުން އުޅެން ފަށައިފި ކަމަށް ބެލިދާނެއެވެ. ރާއްޖޭގައި މީހުން އުޅެންފެށި ކަމަށް ބުނާ މި ތާރީޚާމެދު ފަހުގެ ގިނަ ލިޔުންތެރީންގެ ލިޔުއްވުންތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ހުރި ކަމަށް - [އަސްކަރިއްޔާތައް ޒަމާނީކުރުމަށް ކުރަމުންދާ ދަތުރު](https://addana.mv/1676) - މި ގަރުނުގެ އަސްކަރިއްޔާތަކަށް ކުރިމަތިލާން ޖެހިފައިވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފަންނިއްޔާތާއި، ކޮންވެންޝަނަލް ނުރައްކާތަކުގެ ބަދަލުގައި ހައިބްރިޑް ނުރައްކާތަކާއި، ޒަމާންވީ ކޯލިޝަންތަކާއި ޖިއޯޕޮލިޓިކަލް ގުޅުން ތަކަށް ހަލުވިކަމާއެކު އަންނަމުންދާ އަޖައިބުކުރަނިވި ބަދަލުތަކާއި ފައިހަމަކުރުމަށެވެ. އީޖާދީ ފަންނިއްޔާތުތަކަކީ އަސްކަރިއްޔާތަކުގެ އިސްތިރާޖީ ބާރުވެރިކަން ދެމެހެއްޓުމަށް ނުވަތަ ކުރިއަރުވަން މަސައްކަތްކުރާ މައިގަނޑު ޝިއާރަކަށް މިވަނީ ވެފައެވެ. މިގޮތުން އަސްކަރިއްޔާތައް ޒަމާނީ ކުރުމަށް ޓަކައި ފަންނިއްޔާތުގެ އައު އީޖާދުތަކުގެ ރޮނގުން ބާރުވެރިކުރުމާއި، އޮޕަރޭޝަނަލް ރެޑިނެސް އެންމެ މަތީގައި ދެމެހެއްޓުމަށް އަދި ބަދަލުވަމުންދާ - [ކޮލޯސިއަމް](https://addana.mv/1654) - އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ ކޮލޯސިއަމްއަކީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން އަޖައިބެއްގެ ގޮތުގައި ހިމަނާފައިވާ ބިނާއެކެވެ. "ފްލޭވިއަން އެމްފިތިއޭޓަރ" ގެ ނަމުން ވެސް ނަންކިޔޭ މި ބިނާއަކީ ފްލޭވިއަން އެމްޕެރަރގެ ރަސްކަމުގައި، ރޯމަނުންނަށް ވެދުންކުރި ހަދިޔާއެއްގެ ގޮތުގައި ބިނާކުރި، ރޯމުގައި ހުރި މިފަދަ އެންމެ ބޮޑު އެމްފިތިއޭޓަރއެވެ. ކޮލޯސިއަމް އިމާރާތްކުރުމުގެ މަސައްކަތް ރޯމުގެ އޭރުގެ އެމްޕެރަރ ވެސްޕޭސިއަންގެ ރަސްކަމުގައި، ކޮމަން އީރާ 70 އާއި 72 ދެމެދު ފެށިގެންދިޔައިރު، ކޮލޯސިއަމް ނިމި އާންމުންނަށް ހުޅުވާލާފައިވަނީ އޭގެ - [ކާމިޔާބީގެ މަގުޗާޓު](https://addana.mv/1662) - އިލާހީ ޤާނޫނާ އެއްގޮތަށް ހުޅަނގު ފަރާތަށް ފެތުރިފައިވާ ފަރުބަދަތަކުގެ މަތީން އިރުއޮއްސޭން ދަނީއެވެ. އިރުގެ ދިލަ ހޫނުކަން ކެނޑި ޖައްވުގައި އަނދިރިކަން ރަސްކުރަން ފަށައިފިއެވެ. ފަރުބަދަ މަތީގައި ތިބި ދެ ޒުވާނަކު މި މަންޒަރަށް ނަޒަރު ހުއްޓާލައިގެން ތިބީއެވެ. އޭގެތެރެއިން އެކަކަށް ތަސައްވަރު ކުރެވުނީ ރޭގަނޑު ފެށުނުކަމެވެ.އަނެކަކަށް އިހުސާސް ކުރެވުނީ ފަތިހަށް ދުނިޔެ ތައްޔާރުވީކަމެވެ. އާދޭހެވެ. އިރުއޮއްސޭ ކޮންމެ ފަހަރަކީ ރޭގަނޑުފެށި ފަތިހަށް ތައްޔާރުވުމުގެ ފުރުސަތަކެވެ. ނަމަވެސް މި ދެކުންތަކާ މެދު އެއްފަހަރާ ވިސްނަނީ މަދު ބައެކެވެ. - [ގިސްލަގިސްލާ ރޮމުން ދިޔަ ކަމަނަގެ ވާހަކަ: "މަގޭ ދަރި މަރުވެއްޖެ"](https://addana.mv/1666) - ނޯޓް: މިއީ ހަގީގީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. މީހަކު ބާރަށް ގިސްލާ ރޮމުންދާ އަޑު އަހަރެންގެ ކަންފަތަށް އިވިއްޖެ ނަމަ ޚަބަރު ބަލާލުމަށް އަހަރެންގެ ކެތްމަދުވެއެވެ. މިގޮތުން އެއްރެއެއްގެ އިރާކޮޅު ހުޅުމާލެ ހޮސްޕިޓަލް ކައިރިން އަހަރެން ސައިކަލްގައި ދަނިކޮށް އާދަޔާ ޚިލާފަށް އެ ހޮސްޕިޓަލް ދޮށުގައި މީހުން ގިނަކަމުން ސައިކަލް ޕާކްކޮށްފައި އެ ދިމާލަށް މިސްރާބު ޖެހީމެވެ. އޭރު ވަރަށް ބާރަށް އަންހެނަކު ރޮއެގެންފައި - [ވަޒީފާގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ވެސް އުފާވެރިކަން ދަމަހައްޓަން ދަސްކުރާށެވެ.](https://addana.mv/1680) - އަޅުގަނޑަކީ ފޮތް ކިޔާ ހިތްވާ މީހެއް ނޫނެވެ. އެހެން ނަމަވެސް ލިޔާ ހިތްވާ މީހެކެވެ. ވަޒީފާގެ މާހައުލުގައި ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން ހިތްނުތަނަވަސްވާ އެތަކެއް ހާލަތްތަކެއް ދިމާވެދާނެއެވެ. ކިޔުންތެރިނަށް ވެސް މި މޭރުމުން މިކަން ތަޖުރިބާ ކުރަން ޖެހިފައި ހުރެދާނެއެވެ. ހަމައެއާއެކު މި އުފެދޭ ހިތްނުތަނަވަސްކަމާ އެކު އެނބުރި ގެޔަށް ދާއިރު ދިމާވަނީ ކުށެއް ނެތް ލޯބިވާ އާއިލާއެވެ. މީގެ އިދިކޮޅަށް ދިމާވާ ބަޔަކު ވެސް ތިބެދާނެއެވެ. ގޭތެރެއިން ދިމާވާ ހިތްނުތަނަވަސްކަމަކާ އެކު އެނބުރި މަސައްކަތަށް - [އިޖުތިމާޢީ މައްސަލަތަކަށް ހައްލު ހޯދުން](https://addana.mv/1699) - ދިވެހިންނަކީ ޒަމާނުއްސުރެ ހަމަޖެހުމާއި ސުލްޙައަށް ލޯބިކުރި ސާދާ ބައެކެވެ. އެކަކު އަނެކަކަށް އަޅާލުމާއި، ބަހައްޓާ އޯގާތެރިކަމަކީ އަޅުގަނޑުމެން އަބަދުވެސް ފަޚުރުވެރިކަމާ އެކު ފާހަގަކުރާ ރީތި ސިފަތަކެވެ. ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވުމުގެ ނަސީބު ލިބިގަނެ، އެ ދީނުގެ އަސްލުތަކުގައި ހިފަހައްޓައިގެން ކާމިޔާބު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރަމުންދިޔަ ހީވާގި، މުރާލި ބައެކެވެ. ޒަމާން ބަދަލުވެއްޖެއެވެ. ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރު މި ރީތި މަންޒިލަށް ވެސް ވާސިލުވެއްޖެއެވެ. ދުނިޔޭގެ ކަންކޮޅުތައް ހުރަސްކޮށް މި ހިތްފަސޭހަ އަމާން މަންޒިލަށް ނޭދެވޭ، - [ގައުމުގެ ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުމަށް އެއްބައެއްވަންތަވަމާ!](https://addana.mv/1714) - އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެއަކީ އެއްބައެއްވަންތަކަމުގެ ރޫޙު އަބަދުވެސް އާލާވެފައިވާ ޤައުމެކެވެ. ފެށުނީއްސުރެ އޮތް މި ރޫޙު އެންމެ ފުރިހަމަގޮތުގައި ފެނިގެންދިޔައީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ދިމާވި ސުނާމީ ކާރިސާގައެވެ. އެ ދުވަހު ދިވެހިންގެ ތެރޭގައި ފެނިގެންދިޔަ އެއްބައެއްވަންތަކަމާއި އެކުވެރިކަމަކީ އަޅުގަނޑުމެން ހަނދާންކޮށް، ފަޚުރުވެރިވާންޖެހޭ ކަމެކެވެ. އެ ކަންތައް އާލާކޮށް ދަމަހައްޓަންޖެހޭ ކަމެކެވެ. ސުނާމީގެ ކާރިސާގައި، ރަށްރަށުގެ ރައްޔިތުން އެއްބައިވެ، އެކަކު އަނެކަކަށް އެހީތެރިވެ، އަޅާލައި، ކާބޯތަކެތި ހިއްސާކޮށް، ހިޔާވަހިކަން ދިނުމުގައި - [ދިވެހި ގައުމިއްޔަތު ކުރިއަރުވަން ބޭނުން ނަމަ ދިވެހިބަހަށް އިސްކަންދޭށެވެ.](https://addana.mv/1718) - ދިވެހިރާއްޖޭގެ ގައުމީ އަދި ރަސްމީ ބަހަކީ ދިވެހިބަހެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 11ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުން މިކަން ކަށަވަރުކޮށްދެއެވެ. ދިވެހި ދައުލަތުން ދިވެހީންނާ ކުރާ އެންމެހައި މުއާމަލާތުތަކާއި ދިވެހީންގެ މަސްލަހަތު އޮންނަ ހުރިހާ މުއާމަލާތެއް ކުރާންޖެހޭނީ ދިވެހިބަހުންކަން ސާފުކޮށް އެބަ އެނގެއެވެ. ބޭރުބަހަކުން ކޮންމެހެން ލިޔާން ޖެހޭ އެއްޗެއް ފިޔަވައި ދިވެހި ދައުލަތުގެ އެންމެހައި ލިޔެކިޔުންތައް ލިޔާން ވާނީ ދިވެހިބަހުން، ތާނައަކުރުންކަން ވެސް ޔަގީންވެއެވެ. އަދި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި - [ޝަހީދު ކޯޕްރަލް ޙުސައިން އާދަމް: ގައުމީ ބަޠަލެއްގެ މަތިވެރި ދަރަޖަ ހޯއްދެވީ ކިހިނަކުން ހެއްޔެވެ؟](https://addana.mv/1763) - 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި ކަޅު ސަފުހާއެއް ހުޅުވިގެންދިޔަ ބިރުވެރި އަދި އެހާމެ ނުރައްކާތެރި ދުވަހެކެވެ. އެ ދުވަހަކީ، ސްރީލަންކާގެ ކުލީ ސިފައިންނާ ގުޅިގެން، މި ބިމަށް އުފަން ދިވެހިންގެ ބަޔަކު، ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމާއި ރައްޔިތުންނަށް ނަޞްރާއި ކާމިޔާބީ މާތްﷲ މިންވަރު ކުރެއްވި ދުވަހެވެ. އެ ދުވަހަކީ، މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ދިފާޢުގައި ހިތްވަރާއި އަޒުމާއެކު - [ނަޞްރުގެ ދުވަސް](https://addana.mv/1767) - "އިލާހީ މިބިން ކުރައްވާށި އަމާންމިއަޅާގެ އުފަން ދިވެހީންގެ މިބިން ތިބާ ޙަޟުރަތުން އޮހޭ މަދަދުންފިލާ ނުމެދާ ދިވެހީންގެ މިބިން"- އޮނަރަބަލް ޢަބުދުއްރަޝީދު ޙުސައިން ނ.ޢ.ވ. ނަޞްރުގެ ދުވަހޭ ބުނުމުން އަޅުގަނޑުގެ ހިތަށް ވެރިވަނީ ބިރުވެރިކަމާއި ސިހުމެވެ. ގައުމީ މިފަދަ މުނާސަބާއެއްގެ ނަން އިވުމުން އަޅުގަނޑުގެ ހިތަށް ބިރާއި ސިހުން ވެރިވަނީ ކީއްވެތޯ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދޭނެކަމާ މެދަކު ދެބަސްވާކަށް ނެތީމެވެ. އޭރު އަޅުގަނޑަކީ ދިވެހި ސިފައިންގެ މީހެކެވެ. މަސައްކަތްކުރަނީ ފުލުސް އޮފީހުގައި ސީ. ސެކްޝަންގައެވެ. - [ހުޝިޔާރުކަމާއި ޖެހިލުންކުޑަކަމުގެ ނަމޫނާއެއް](https://addana.mv/2106) - ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހަކީ ދިވެހިރާއްޖެއަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އެ ދުވަހު ކުރިމަތިވި ބިރުވެރިކަމާއި ނާމާންކަމަކީ އަބަދުވެސް އަޅުގަނޑުމެންގެ ހިތު ތެރޭގައި ބިންވަޅު ނެގިފައި ހުންނާނެ ކަންކަމެވެ. ވަކިން ޚާއްޞަކޮށް އެ ދުވަހު ކުރިމަތިވި ނުރައްކާތެރި ހަމަލާގެ ހާލަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވެ، ފުރާނަ އަތްމައްޗަށް ލައިގެން ދުވަހުގެ ނާމާންކަން ތަޖުރިބާ ކޮށްފައިވާ ފަރާތްތަކަށް މި ދެންނެވި ބިރުވެރިކަން އިހުސާސް ކުރެވޭ ވަރު ބޮޑުވާނެކަން ޔަޤީނެވެ. ރާއްޖެއަކީ ޤުދުރަތީ ހިތްގައިމުކަން ލިބިފައިވާ - [ޕެޓްރޯޑޮލަރުގެ ނިޒާމް](https://addana.mv/1672) - ބައިނަލްއަގުވާމީ މާލީ ނިޒާމް، އެ ފައިސާއެއްގެ މައްޗަށް ބަރޯސާވާ އެމެރިކާ ޑޮލަރުގެ އަގު ވެއްޓެނީބާއެވެ؟ ނޫނީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި، މާލިއްޔަތުގައި އެމެރިކާ ޑޮލަރުގެ ބާރުވެރިކަން ނެތިދަނީބާއެވެ؟ މިއީ، ދުނިޔޭގެ މާލީ ނިޒާމަށް އަންނަމުން މިދާ ބަދަލާ އެކު ގިނަ ބަޔަކު އުފައްދަމުންދާ ސުވާލުތަކެވެ. މި ސުވާލުތަކެއް ފެންމަތިވެގެން އައީ، ދުނިޔޭގެ ތެލާއި ހަކަތައިގެ ބާޒާރުގައި، 1974 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޮތް އެމެރިކާ ޑޮލަރުގެ ޑޮމިނޭޝަން (ޕެޓްރޯޑޮލަރު) އޮތްއޮތުން ނިމުމަކަށް އަންނަމުންދާ ކަމަށް ބައެއް - [ގައުމީ ސޮރު](https://addana.mv/1658) - ގައުމީ ޖޯޝް އެ ހިތެއްގައި އަބަދުމެ ވިންދު ޖަހަޖަހާ ހުންނަ ދަރިއެއްގެ ބެލެނިވެރިއަކަށް ވެވުމަކީ ކޮންފަދަ އުފަލަކާއި ނަސީބެއްތޯއެވެ! އާދެ، މި ފަހަރު އަޅުގަނޑުގެ މި ލިޔުން މި ހިއްސާކޮށްލަނީ ކުޑައިރުން ފެށިގެން ގައުމީ ކަންކަމުގައި އިންތިހާއަށް ލޯބި ޖެހިފައިވާ، މީހެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެއްގެ ހަޔާތުގެ މައްޗަށެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ހައިކަލް (އަސްލު ނަމެއް ނޫން) އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ސޮރެކެވެ. ހިމޭން މާހައުލެއްގައި އަބަދުވެސް ވަގުތު ހޭދަކުރަން ބޭނުންވާ - [ޗިއާ ސީޑްސް ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފައިދާ](https://addana.mv/2123) - ޗިއާ ސީޑްސްއަކީ "ސަލްވިއާ ހިސްޕަނިކާ" ނުވަތަ ޗިއާ ޕްލާންޓް ނަމަކަށް ކިޔާ ކުދީނާ ޢާއިލާގެ މާ އަޅާ ގަހެއްގައި އަޅާ އޮށެކެވެ. އޮށުގެ ހުރަސްދިގުކޮށް ގާތްގަނޑަކަށް 2 މިލިމީޓަރު ހުންނަ، އޯވަލްކޮށް އަދި ހުދާއިކަޅު ތިކިތަކެއް ޖަހާފައި ހުންނަ މި ކުޑަ އޮށަކީ، ކިތަންމެ ކުޑައަކަސް އޭގައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ފައިދާތައް އެކުލެވިގެންވާ އޮށެކެވެ. ރާއްޖޭގެ ބާޒާރުގައި ޗިއާ ސީޑްސްއަކީ ވަރަށް އަގުހުރި، އަދި ވަރަށް ގިނަ މީހުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް - [ދިރުމެއްނެތް ޑެޑް ސީގައި އެހާ ލޮނު ގަދައީ ކީއްވެ؟](https://addana.mv/2117) - ޑެޑް ސީއަކީ ދުނިޔޭގައިވާ އެންމެ ލޮނުކަން ގަދަ ކަނޑުގެ ތެރެއިން އެއް ކަނޑެވެ. މިއީ ފަލަސްޠީނާއި އުރުދުންއާ ދެމެދު އޮންނަ ފެން ލޮނު ކުޅިއެކެވެ. ކަނޑުގެ ސަތަހައަށް ވުރެ 1371 ފޫޓް ތިރީގައި އޮންނަ މި ތަނަކީ ބިމުގައިވާ އެންމެ ތިރި ހިސާބެވެ. "ދިރުމެއް ނެތް ކަނޑު" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ކަނޑަކީ ލޮނުފެން އެކުލެވޭ އެންމެ ބޮޑު ކުޅިއެވެ. ޑެޑްސީގެ ދިގުމިނުގައި 42 މޭލު އަދި ފުޅާމިނުގައި 11 މޭލު ހުރެއެެވެ. އެންމެ ފުންހިސާބުގައި - [ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަދި ސިފައިންގެ ވެރިޔާގެ މަޤާމު ފުރުއްވި އަލްފާޟިލް އިބްރާހީމް ނާޞިރުގެ ހަނދާނުގައި](https://addana.mv/2112) - ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ޞާހިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 2008 ނޮވެންބަރު 22 ވަނަ ދުވަހުގެ ރޭ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލުގެ ހަށިކޮޅު މާލެ ގެންނަވައި ރަސްމީ ޢިއްޒަތުގައި ވަޅުލުމުގައި ސިފައިން ޢަމަލީ ގޮތުން ވަރަށް އިސްދައުރެއް އަދާކޮށްފައިވެއެވެ. 1968 ނޮވެންބަރު 11 އިން 1978 ނޮވެންބަރު 11 އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާގެ - [ތިނެއް ނޮވެންބަރު - އެއްބައިވަންތަކަމާއި ގުރުބާނީގެ ދުވަސް](https://addana.mv/1777) - ތިނެއް ނޮވެންބަރަކީ ދިވެހިރައްޔިތުންގެ އެއްބައިވަންތަކަމާއި، ދިވެހި ސިފައިންގެ ޤުރުބާނީގެ ދުވަހެކެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ނިރުބަވެރީން ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާއިން ދިވެހީންނަށް ލިބިގެންދިޔަ މަތިވެރި ނަޞްރު ގުޅިފައިވަނީ ދިވެހީން އެ ދުވަހު ދައްކައިދިން އެއްބައިވަންތަކަމާއި، ދިވެހި ސިފައިން އެ ދުވަހުވީ މަތިވެރި ޤުރުބާނީއާއެވެ. އެ ޢުދުވާނީ ހަމަލާ މާތްﷲގެ ވާގިފުޅާއެކު ނާކާމިޔާބުކޮށްލީ ދިވެހީންނެވެ. ދިވެހި ސިފައިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. އެ ދުވަހު ދިވެހީންނަށް ނަޞްރު ލިބިގެން ދިޔައީ ދިވެހީން ލެއާއި ފުރާނައިން - [ދިވެހި ލަޝްކަރުގެ ހައިބަތު](https://addana.mv/1722) - އައީ ނަޞްރުގެ ދުވަސް ދިވެހިންގެ ހިތްތައް ހަނދުމައިން ފުރަމުންއެއީ ލޯތައް ކަރުނައެޅި ކަޅު ބުރާސްފަތިކަން ބަޔާން ކުރަމުން ނަވާރަ ސަތޭކަ އައްޑިހައިން އަށެއްގެ ނޮވެންބަރުން ތިނަކުންފަވާލަން ރަން އަކުރުގައި ނަޞްރު ދިވެހިން ޝައުޤުވެރިކުރަމުން އަރައިގަތް ތަމަޅައިން ފަތިހާ ކުރަންވެރިކަން ނުހަނު އެދިފާއަރައި އުޅެގަތްގޮތުން ރައްދޭ ދިނީ ދީނަށް ނަޞްރު އެދެމުން ފިދާ މިނިވަންކަމަށް ލެއިންވީ ނުހަނު ސާބިތުކަމާ އެކުގައިނިދާފައި ތިބި ކަތުން ހޭލާ ތިބުން އަބަދަށް ޝަރުތު ކުރަމުން ނުދޭނަން ވެލިފުކެއް މިބިމުން ނުދާނަން ފަސް އެނބުރި - [ދެވަނަ ބޮޑުހަނގުރާމައިގެ ދިރިހުރި ހަނދާންތައް: ބޮޑުތިލަދުންމަތީ ކެލައިން](https://addana.mv/1703) - ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި، އިއްތިހާދީންނަށް އެހީތެރިވެދިނުމުގެ ގޮތުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ސަރަހައްދުގެ ޙިމާޔަތާއި ގައުމުގެ ދިފާޢުގައި ދިވެހިރާއްޖެއިން ވަނީ، އިނގިރޭސި ދައުލަތާއެކު މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ތިލަދުންމަތީ އުތުރުބުރި ކެލަޔަކީ، ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސި ސިފައިން މަރުކަޒުކޮށްގެން ތިބި ރަށެކެވެ. ކެލާގެ އޭރުގެ ވާހަކަތަކަކީ، ތިލަދުންމަތީ މީހުން، ވަރަށް ފަރިތަކަމާ އެކު މިހާރު ވެސް ކިޔައިދޭ ވާހަކަތަކެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ވާހަކަތަކުގެ ތެރެއިން މި ފަހަރު އަޅުގަނޑު ބަލައިލާފައި މި ވަނީ ތިލަދުންމަތީ - [މީ އަދު މި ގައުމުގެ އިލްތިމާސް! ފުރަގަސް ނުދޭށޭ ތިޔަ ދަރިން](https://addana.mv/2100) - އެކުވެރިވެގެން އެންމެންއެކީ ކުރަމާ ޖިހާދެއް ހެޔޮހިތުންއެކުގައި މި މާތް މަސްލަހަތުގާ ކުރިޔަށް ހިނގާށޭ ވިސްނަމުންއުފަކާރަވީ ގޮތްތައްބަލާ ހޯދާށެ ވިސްނުންތެރިންބުރަޔަސް ކުރަން ގައުމީކަމެއް ނަމަ ދާށެތިޔަ ޚިދުމަތްތެރިން މިއަދު މި ގައުމުގެ އިލްތިމާސް! ފުރަގަސް ނުދޭށޭ ތިޔަ ދަރިންފަންނީ ހުނަރުތައް ހޯދަމުން ރަންވަނަތަކަށް ފުރުސަތުދެމުންނަންހުރި ދަރިން ކަމުގައިވެގެން ކަންކަމުގެ ތެރެއަށް ލޯދެމުންގެންނާށެ ފަހިކަން ދާއިމަށް ފަތުރާލުމަށް މި ދިވެހި ބިމަށް އެންމެންގެ ކުރިމަގު އަލިކުރާ ތަނަކަށް މިތަން ވާނޭގޮތުންމީއަދު މި ގައުމުގެ އިލްތިމާސް! ފުރަގަސް ނުދޭށޭ ތިޔަ ދަރިންދިވެހިންގެ - [ފޯނު ކޯލު](https://addana.mv/2094) - އެއީ ކާކުހެއްޔެވެ؟ ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟ ހުންނަނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟ މިއިން އެއްވެސް މަޢުލޫމާތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު، އޭނާއަށް އަހަރެންގެ ހުރިހާ މަޢުލޫމާތެއް އެނގެއެވެ. ދިރިއުޅެނީ ކިހިނެއްކަމެވެ. ރައްޓެހިވި ހުރިހާ ކުދިންގެ ނަމެވެ. އެ ކުދިންނާ ރުޅިވިގޮތް ވެސް އެނގެއެވެ. ނުވިތާކަށް މިހާރު އަހަރެންގެ ދިރިއުޅުން މިހުރި ހިސާބު ވެސް ރަނގަޅަށް ދަނެއެވެ. އަހަރެންގެ ބޮލުގައި ރިއްސަނީ މިކަންކަމާއެވެ. ނުވެސް ދަންނަ މީހަކަށް އަހަރެންގެ ޙަޤީޤަތް އެނގޭތީއެވެ. އަޅަމުންދާ ފިޔަވަޅުތައް - [ފަޅޯގަހެއްގެ ހިތާމަ](https://addana.mv/2086) - މަލީޝާއަކީ އިންޑިޔާ ފިރިހެނެއްގެ ދަރިއެކެވެ. މަލީޝާގެ މަންމަ ދޫކޮށްލައިފައި އޭނާގެ ބައްޕަ ފީރޯޒް ދިޔައީ މަލީޝާގެ ޢުމުރުން 14 އަހަރުގައެވެ. މަލީޝާއަކީ ރަށުގައި ހުރި އެންމެ ރީތި އަންހެން ކުއްޖާއެވެ. އެންމެ ދޮން ކުއްޖާއެވެ. ތުނިތުނި ރަތް ތުންފަތެކެވެ. މަޑުމުށި ކުލައިގެ ފަން އިސްތަށިގަނޑެކެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. އުފާވެރި ހިނިތުންވުމެކެވެ. އޭނާގެ އެ ހިނިތުންވުން ހިތާމައަކަށް ބަދަލުވީ ބައްޕަ ފުރައިގެން ދިޔަތާ އަހަރު ވެސް ނުވަނީހެވެ. ދޮންބައްޕައެއް ގެއަށްއައި ހިސާބުންނެވެ. އެ ދުވަހުން ފެށިގެން އޭނާގެ ދެ - [އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަމާލުކަން ދޭންވީ ކަންތައްތައް](https://addana.mv/2080) - ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަކީ ތިމާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީތެރިވެދޭނެ އެންމެ މުހިންމު ކަންތަކެވެ. މީގެ ސަބަބުން އަމިއްލަ ނަފުސަށްކުރާ އިތުބާރުބޮޑުވެ، މުޖުތަމަޢުގައި ތިމާއަކީ އެހެން މީހުން ބަލައިގަންނަ މީހަކަށްވުމުގެ އުފާ އިޙުސާސް ކުރެވޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެ ކަންތައްތައް ފަރުވާތެރިކަމާ އެކު ކުރުމަކީ ތިމާ، ތިމާގެ އަމިއްލަ ނަފުސަށް ސަމާލުކަންދެވޭ މިންވަރު ދެނެގަނެވޭނެ ކަމެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލާލަނީ - [ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުކުރުން](https://addana.mv/2073) - 2004 ޑިސެންބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން އަމިއްލަ ރަށް ދޫކޮށް ހިޖުރަކުރަން ޖެހުނު ރ. ކަނދޮޅުދޫ ރައްޔިތުން އެ ދުވަހަށް ފަހު ދިރިއުޅެމުން ދިޔައީ ހުޅުމާލޭގެ އިތުރުން ރ. އަތޮޅުގެ އެކިއެކި ރަށްރަށުގައެވެ. ރ. އަތޮޅު އަލިފުށްޓާ، މަޑުއްވަރީ، މީދޫގެ އިތުރުން ހުޅުދުއްފާރާއި، އުނގޫފާރުގައި ވެސް ކަނދޮޅުދޫ މީހުން ދިރިއުޅެމުން ގެންދިޔައެވެ. އެ މީހުން ދިރިއުޅެމުން ގެންދިޔައީ ސަރުކާރުން ހައްދަވައިދެއްވާފައިވާ ވަގުތީ ހިޔާތަކެއްގައެވެ. ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރ. ކަނދޮޅުދޫ ރައްޔިތުންނަށް - [ދިވެހި ސިފައިންގެ ދިދަ](https://addana.mv/947) - ދިވެހި ސިފައިން އުފެދި، ސިފައިންގެ ޚިދުމަތް ކުރިއަރަމުން އައީ، ހީނުކުރާފަދަ ހަލުވި ގޮތެއްގައެވެ. ސިފައިންގެ ޚިދުމަތާއެކު ފަންސާސް ހަތަރު އަހަރު މާޒީވެ ދިޔައިރު، ސިފައިންގެ ޚިދުމަތް އޮތީ ޤައުމަށް ވަރަށް މުހިންމު ޚިދުމަތެއް ކަމުގައި ވެފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ޒިންމާ ދިވެހިންނަށް ފަހުމްވެ، މި ޚިދުމަތަަށް ދިވެހިން ތިބީ ޝައުޤުވެރި ވެފައެވެ. އެކިއެކި ކަންކަމުގައި ރައްޔިތުންނަށްޓަކައި ވަމުންދިޔަ ޤުރުބާނީތަކަށް ފަނޑުކަމެއް ނާންނާނެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތީ ބިންވަޅު ނެގިފައެވެ. ޕަންޖާބު ރެޖްމެންޓްގައި ބައިވެރިވެލެއްވި 13 ބޭކަލުން - [މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރުގެ ޚިދުމަތަށް އަވަސްކަޅިއެއް](https://addana.mv/2065) - މޭޖަރ ޖެނެރަލް (ރޓ) މުޙައްމަދު ޒާހިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ސާޖަންޓް ރޭންކުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި، މޭޖަރ ޖެނެރަލް (ރޓ) މުޙައްމަދު ޒާހިރަށް 6 ޖޫން 1979 ގައި ފަސްޓް ލެފްޓިނެންޓްކަން ލިބިވަޑައިގެންނެވިއެވެ. 11 ޑިސެންބަރު 1979 ގައި ލީބިއާއަށް މިލިޓަރީ ޓްރޭނިންގއަށް ވަޑައިގެންނެވި 7 ބޭފުޅުންގެ ތެރޭގައި އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެން އެ ޓްރޭނިންގ ފުރިހަމަ ކުރެއްވިއެވެ. 2 އެޕްރީލު 1981 ގައި - [ރާއްޖޭގެ އަޅުވެތިކަމުގެ ތާރީޚު](https://addana.mv/1193) - ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ފަޚުރުވެރި ތާރީހެއް އޮތް ޤައުމެކެވެ. މިއީ ދުނިޔޭގައި މަދު ޤައުމަކަށް ނޫނީ ލިބިގެންވާ ފަޚުރެއް ނޫނެވެ. އަޅުވެތިކަމުގެ މަދު ލަކުނުތަކެއް ދިވެހި ތާރީޚުގައި ހުއްޓަސް މުޅި ރާއްޖޭގެ ތާރީޚަކީ މިނިވަން ކަމުގެ ތާރީޚެކެވެ. މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމަށްފަހު ދިވެހި ތާރީޚުގައި އަޅުވެތިކަން ޤައުމީ މިނިވަންކަމާއި ސިޔާދަތު ގެއްލި، ބޭރުގެ އަޅުވެތި އިސްތިޢުމާރުގެ ދަށުގައި ތަހައްމަލުކުރީ އެއްގޮތަކުން ބަލާއިރު އެންމެ ފަހަރަކުއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވިފައިވާ ބައެއް އަޅުވެތިކަމަކީ "އަޅުވެތިކަމެއް ނޫން" - [އަންހެން ސިފައިންގެ ޚިދުމަތުގެ ފުރަތަމަ 20 އަހަރު](https://addana.mv/2058) - އަންހެން ސިފައިންގެ ޚިދުމަތަށް ވިހި އަހަރުފުރުން ފާހަގަކުރާއިރު، ޚިދުމަތުގައި ދެމިތިބި ސިފައިންގެ މޫނުމަތިން ފެނިގެންދަނީ އުއްމީދީ ކުލަވަރުތަކެވެ. އެކިއެކި ސަބަބުތަކާ ހުރެ ޚިދުމަތާ ދުރަށް ގޮސްފައިވާ ބޭކަނބަލުންގެ ފަރާތުން އަގުހުރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެވިފައިވާކަމުގެ އިޙުސާސްތައް ދައްކުވައިދެއެވެ. މި އިހުސާސްތައް އެންމެ ރަނގަޅަށް ފެނިގެން ގޮސްފައިވަނީ އަންހެން ސިފައިންގެ ޚިދުމަތަށް 20 އަހަރުފުރުން ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގައި މާރިޗު މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޙަފުލާގެ ތެރެއިންނެވެ. މާރިޗު 14 ވަނަ ދުވަހުގެ ރޭ - [ހަނދާނުގެ ތެރެއިން ސިފައިންގެ ކުރިއެރުން](https://addana.mv/2028) - ދިވެހި ސިފައިންގެ ޚިދުމަތް ތަރައްޤީވަމުން ކުރިއަރަމުން އައީ ކުރިން ހީވެސް ނުކުރެވޭހާ ބާރު މިނެއްގައެވެ. މިއަދު ސިފައިންގެ ކަންތައްތައް ފެންނަ ލޮލަކަށް އިއްޔެ އެ ކަންތައްތައް ހުރީ ކިހިނެތްކަން ތަޞައްވުރެއް ނުކުރެވޭނެއެވެ. ޤައުމީ ސަލާމަތުގައި ސިފައިން ޚިދުމަތްކުރަމުން ދިޔައީ ކޮން ގޮތަކަށް، ކިހިނެތްކަން، ކޮން ޙާލެއްގައިކަން އެނގޭފަދަ ލިޔުންތަކެއް ފެންނަން ވެސް ނެތުމާ އެކުގައެވެ. ސިފައިންގެ ކަންތައްތައް ކުރިއަރައި ތަރައްޤީވެގެން ގޮސްފައިވަނީ ސަރުކާރާއި ސިފައިންގެ ވެރިންނާއި ސިފައިންގެ މީހުންގެ ގަދަ ހިތްވަރުންނެވެ. ރާއްޖޭގެ ދިފާޢީ ބާރު މިއަދު - [އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގައި ފިޔަވަޅުތައް ހަރުދަނާކުރުން](https://addana.mv/2021) - އިމާރާތްތަކުގައި އަލިފާން ރޯވެ ހުލިވަނީއެވެ. ފިހާރަތަކާއި އިމާރާތް ވެއްޓި ބިމާ ހަމަވަނީއެވެ. އިންސާނުންގެ ފުރާނަ އަލިފާނުގެ ޝިކާރައަކަށްވެ އަނދައި އަޅިއަށް ވަނީއެވެ. ހައްތާ ވެސް ކަންބޮޑުވުންތަކެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ބޮޑެތި ގެއްލުންތަކެވެ. ހިތާމަވެރި ހާދިސާތަކެވެ. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ސަލާމަތީ ނިޒާމު ދޯދިޔާވުމުގެ ނިޝާންތަކެވެ. އަލިފާނަކީ އެ ބޭނުންކުރެވޭ ގޮތަކުން ވަރަށް ނުރައްކާތެރި އެއްޗެއްކަން އެންމެން ވެސް ދަނެއެވެ. ނަމަވެސް އެއާ މެދު ވިސްނައި ސަލާމަތްވުމަށް ފިޔަވަޅު އަޅަމުންދަނީ ނިސްބަތުން މަދު ބައެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި - [ޤައުމީ ބަޠަލުންނަށް ޙައްޤު ދަރަޖަ ދިނުން](https://addana.mv/1390) - މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ހާދިސާއަކީ ދިވެހި ތާރީޚަށް އައު އަލިކަމެއް ގެނެސްދިން ވަރަށް ހައިރާން ކުރުވަނިވި ހާދިސާއެކެވެ. އެ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން ވަނީ ބޭރުގެ އެކި ބާރުތަކުގެ އަޅުވެތިކަމާއި އަނިޔާވެރިކަމުގެ ދަލުގައި ޖެހި އެތައް ހިތި ތަޖުރިބާތަކެއް ކޮށްފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް ދިވެހިން އެ އަނިޔާވެރި ވަކިތަކުގެ ދަށުން ސަލާމަތްކޮށްދެނީ އިސްލާމްދީނާއި ޤައުމުދެކެ ލޯބިވާ އަގުހުރި އެތައް ބަޠަލުންތަކެއްގެ ޤުރުބާނީ ޚިދުމަތުންނެވެ. އެދުވަސްތައް - [ތޫނު ހަމަލައިގެ ސިއްރު](https://addana.mv/1419) - ޕްރައިވެޓް މުޙައްމަދު ވަރަށް ބުރަކޮށް ޑިއުޓީގައި އުޅުމަށްފަހު އައިސް އޮށޯވެ ނިދީ ދާދި ދެންމެއަކުއެވެ. މުޙައްމަދު ވެފައިހުރި ވަރުބަލި ކަމެއްގެ ސަބަބުން އޭނާގެ ދެލޮލާއި ސިކުނޑި ނިދިއެއްކަމަކު އޭނާގެ އެއްގުނަވަން ނުނިދާކަން ރަނގަޅަށް ވިސްނާލުމުން އެނގޭހައިވެއެވެ. އާއެކެވެ. އޭނާގެ ބާލާ އޮމާންކޮށްފައިވާ ތުނބުޅި މަތިމަސްވަނީ ފިކުރެއްގެ ފުން ކަނޑަކަށް ގެނބިގެން ގޮސްފައެވެ. "އަހަންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ އަހަންނަށްއޮތީ ކޮންއުފަލެއް ހެއްޔެވެ؟ އަހަންނަކަށް މިނިވަންކަމެއް ނެތެވެ. މި މުޙައްމަދަކީ ކޮންފަދަ ބޮޑު އަނިޔާވެރިއެއް ހެއްޔެވެ؟ އަހަންނަށް - [ތަލަތަ؟ ދެރަ ނުވޭ!](https://addana.mv/1408) - ދިވެހި ފިރިހެނުންގެ ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ އާއްމު ކަމެކެވެ. ސައިހޮޓާތަކުގައްޔާއި ކެފޭ ރެސްޓޯރަންޓްތަކުގައްޔާއި ހޮޅުއަށިއަށީގައި އެންމެ ބާރަށް ވާހަކަ ދެކެވޭ މަޢުޟޫއަކީ "ތަލަވާ މައްސަލަ" އެވެ. އެކިމީހުންގެ ބޮލުން އިސްތަށި ފައިބަނީ އެކިގޮތަށެވެ. އެއްބައެއްގެ ނިތްކުރީގެ ދެފަރާތު ކައިރިއަށް ޚަރީފް މޫސުން އާދެއެވެ. އަނެއް ބައެއްގެ ބޮލުގެ މެދަށް ސުނާމީ އަރައެވެ. ތަލަވާން ފެށުމުން ފުރަތަމަކޮޅު މަސައްކަތް ކުރަނީ އިސްތަށިކޮޅު ސަލާމަތުން ހުރިދިމާ ކާނާއަޅައި ބޭސް ދީގެން ދިގުކޮށް ތަލަވާހިސާބު ފޮރުވައިލެވޭތޯއެވެ. ފަހަތުން ދިގުކުރާ ތޮރާވެޔޮ - [ދެވަނަ ފަހަރަށް ފުރުޞަތު ދީގެން ނުވާނެ!](https://addana.mv/1151) - ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު އެންމެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނީ ޕޯޗްގީޒުންގެ އަޅުވެތިކަމަށް، މި ފަސްގަނޑު ދިޔަ ދުވަސްވަރުގައެވެ. މިހާތަނަށް އެވަރުގެ ގެއްލުމެއް މި ޤައުމަށް، ދިވެހިންނަކަށް، ދުވަހަކު ވެސް އައިސްފައިވާ ކަމަކަށް، ތާރީޚަކުން ނުދައްކައެވެ. އެފަހަރު މިނިވަންކަން ގެއްލިދިޔަކަން އެއީ ހިތާމައިގެ ކޮޅެއް ނެތްވަރުގެ ކަމެކެވެ. ގެއްލިދިޔަ މިނިވަންކަން އަނބުރާ ހޯދުމަށް ކާބަފައިން އެތަކެއް ޖިހާދުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެޔާއި ދުވާލު ވަނީ ކޮށްފައެވެ. މިއަދު މި ޖީލަށް އަމާނާތެއްގެ ގޮތުގައި، އަމިއްލަ - [ފިރިހެން ސިފައިންނާ އެއް ސަފަކަށް އަންހެން ސިފައިން!](https://addana.mv/1265) - ކޮންމެ ޤައުމެއްގެ އަސްކަރިއްޔާއެއްގައި ވެސް އަންހެން ސިފައިންގެ ޚިދުމަތަކީ މުހިންމު ބޭނުންތެރި ޚިދުމަތަކެވެ. ސިފައިންގެ ޚިދުމަތަށް އަންހެނުން ބޭނުންވާކަމަށް ސަރުކާރުން އެންމެ ފުރަތަމަ ޢިއުލާނު ކުރެއްވީ މީލާދީ ސަނަތުން 1962 ވަނަ އަހަރު ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެފަހަރު ކުރިމަތިލެއްވި މަދު އަދަދެއްގެ އަންހެނުންނަށް އެ ފުރުޞަތު ދެއްވާފައެއް ނުވެއެވެ. ފުރަތަމަ އަންހެނުންނަށް ސިފައިންގެ ތެރެއިން ފުރުޞަތު ލިބިގެން ދިޔައީ 1988 ވަނަ އަހަރު ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކާއެކު - [ޖުމުހޫރީ މައިދާނުގެ ކޯއްޓޭއަށް ދިދަ ނެގުން](https://addana.mv/1254) - އަސްތާ! އެއީވާ އަޅުގަނޑުމެންގެ ސިފައިންގެ ޚިދުމަތުގެ ދުވަސްތަކުގެ ތެރެއިން ފިސާރި ޖޯޝާއި ފޯރިއާއެކު ކޮށްނިންމި މަސައްކަތެކެވެ. އާދެ! ޖުމުހޫރީ މައިދާނުގެ ކޯއްޓޭއެއް ހައްދަވާ އެ ކޯއްޓޭއަށް މިލިޓަރީ އުސޫލުން ދިދަ ނަގައި ތިރިކުރުމުގެ ކަންތައްތައް ހަމަޖެއްސުމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ޑިފެންސަށް ހަވާލުކުރެއްވި ހިސާބުން މަސައްކަތް ވަރަށް ފުރިހަމަ އުސޫލަކުން ރާވައި، ޤަވާޢިދުތައް ހަދައި އެކަން ތަންފީޒުކުރެވިގެން ދިޔައީ 25 މާރިޗު 1992 ގައެވެ. އާދެ! މި ކަމަކީ ދިވެހި ޤައުމިއްޔަތުގެ ވަރަށްް ވަރުގަދަ ނިޝާނެއް - [މޮޅު މާލިމީއެއް، އަދި ކުޅަދާނަ ކަނޑުމަތީގެ ހަނގުރާމަވެރިއެއް](https://addana.mv/1250) - ލުއިސް 14 ވަނަ ރަސްކަން އިނގިރޭސިވިލާތުގައި ނިމިގެން އައިއިރު، އިނގިރޭސިވިލާތަކީ ދުނިޔޭގައި ވިޔަފާރީގައި އެންމެ ކުރި އަރާފައިވާ ޤައުމެވެ. އެތަކެއް ޤައުމެއް އަޅުވެތި ކުރެވިފައިވާއިރު، އިނގިރޭސިންގެ ކަނޑުގެ ލަޝްކަރު އެއްވެސް ޖެހިލުމެއްނެތި ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ދަތުރުކުރުމުގެ ޤާބިލުކަން އޮތީ ހޯދާފައެވެ. ރޫސީވިލާތުގެ އެޑްމިރަލް ސާރޖީ ގޮޝްކޯފް ލިޔުއްވާފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ރޫސީވިލާތް ވުމަށް ޓަކައި ވަރުގަދަ ބާރުހުރި ކަނޑުގެ ލަޝްކަރެއް ބޭނުންވެއެވެ. ނޭވަލިސްޓުން ދެކޭ ގޮތުގައި ޤައުމުތައް އިސްތިޢުމާރުކުރަން ބޭނުންނަމަ - [ސަފުތަކުގެ ބަދަހިކަމަކީ ކާމިޔާބުގެ ސިއްރު](https://addana.mv/1246) - އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ، ވަކިވެގަތުމަކީ ނިކަމެތިކަމެކޭ ބުނާ ވާހަކައަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު މުޙާވިރާއެކެވެ. މި ބަހުގެ މުރާދަށް ވިސްނާލާއިރު ދޭހަވަނީ އެކުއުޅުމުގެ ބޭނުންތެރިކަމެވެ. އަދި ވަކިވަކިން އުޅުމަކީ ނިކަމެތިކޮށްލާ ކަމެއްކަމެވެ. މިއީ ދޭހަވުމަށް ކިތަންމެ ފަސޭހަ ބަސްކޮޅެއްކަމުގައި ވިއަސް، ޢަމަލީގޮތުން މިކަންކަމާ ކުރިމަތިލައިފިނަމަ، އެކަމުން އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭފަދަ ކަމެކެވެ. އަދި ހިތާމައާއި ވޭނާއި ހާސްކަމުން މުޅިމީހާ ވީރާނާކޮށްލުވާ ފަދަ އެއްޗެއް ވެސް މެއެވެ. މިއީ ފަރުދީ ގޮތުން ވިއަސް، އަދި ޖަމާޢަތުގެ - [އަޅުގަނޑުމެންނަކީ...](https://addana.mv/1241) - އަޅުގަނޑުމެން އެކަކު އަނެކަކާ ބައްދަލުވެ މުޚާޠަބު ކުރަމުއެވެ. ވާހަކަދައްކަމުއެެވެ. ތަފާތު މުނާސަބާތަކާއި ކަންކަމުގައެވެ. ހިނިތުންވުމާ އެކުގައެވެ. ޚިޔާލާތު ހާމަކުރަމުއެވެ. ތަފާތު ޝުޢޫރުތައް ފާޅުކުރަމުއެވެ. ބައެއްފަހަރު ތާޢީދުކުރުމުގެ ޝުޢޫރުތަކެވެ. އަދި އަނެއްބައި ފަހަރު... ޙަޤީޤަތް ސިއްރުކުރުމާއެކު ދުލުން ބޭރުކުރެވޭ ބުނުންތަކަކީ މަޢުނަވީ ބުނުމެއް ނޫނެވެ. އެފަަދަ ބުނުންތައް ބުނާމީހާގެ ބަހާއި ޢަމަލާ ދިމާވާނީ މަދު ފަހަރެއްގައެވެ. އަޅުގަނޑުމެންނަކީ އެހެން މީހުން ކަހަލަ ބައެއް ނޫނެވެ. އަޅުގަނޑުމެންނަކީ ދިވެހި ޤައުމުގެ އަމަން ބެލެހެއްޓުމުގެ ބުރަބޮޑު މަސްޢޫލިއްޔަތު ބޮލުގައި އަޅައިގެން ތިބި - [ސިފައިންގެ އަސާސީ ތަމްރީނަށް ޓަކައި ނަފުސާނީ ގޮތުން ތައްޔާރުވުން](https://addana.mv/1237) - މިއަދު ސިފައިންގެ ޚިދުމަތާ ގިނަ ޒުވާނުން ގުޅެނީ ތަމްރީނާއި ތަޢުލީމުގެ ރޮނގުންނާއި އަދި ހަރުދަނާ ވަޒީފާއެއްގެ ގެރެންޓީއެއް އޮތުން ފަދަ ފައިދާއަށެވެ. ކުރީ ޒަމާނުގައި، އެފަދަ ޒުވާނުންގެ މައިންބަފައިން ކުރި ފަދަ ޤައުމީ ޚިދުމަތެއް ކުޅައުމަށް ފުރިހަމަ ރޫޙެއް އޮވެގެނެއް ނޫނެވެ. ވަޒީފާގެ ބާޒާރު ތާށިވަމުންދާ ދުވަސްވަރެއްގައި ސިފައިންގެ ވަޒީފާގައި ކުރިއަށް ދިޔުމުން ލިބޭނެ ފައިދާއަކަށް އެކަނި ބެލެވިގެން ވަޒީފާއަށް ކުރިމަތިލާ ޒުވާނުންގެ ތެރެއިން މަދު ރެކްރޫޓުންކޮޅެއް ފިޔަވައި ސިފައިންގެ އަސާސީ ތަމްރީނުގެ ނަފުސާނީ ބުރަޔަށް ކުރިމަތިލުމަށް - [ސިފައިންގެ ވަޒީފާއަކީ ފަޚުރުވެރި ވަޒީފާއެކެވެ.](https://addana.mv/1232) - ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއްގެ ރައްޔިތުންނަކީ ޤައުމީ ކޮންމެވެސް ވާޖިބުތަކަކާއި ޒިންމާތަކެއް އުފުލަން ޖެހޭ ބަޔެކެވެ. އަމިއްލަ ދިރިއުޅުމާއި، އަދާކުރާ ވަޒީފާގެ އިތުރުންނެވެ. ޤައުމަކަށް ވީތީވެ، އަދި އެ ޤައުމަކަށް ތިމާ ނިސްބަތްވީތީވެ، އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޓަކައެވެ. އަޅުގަނޑުމެންގެ މި ރާއްޖެއަކީ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރެވި، އެކަމުގެ އުފަލާއި ހިތްހަމަޖެހުމުގައި ހަޔާތް ވޭތުކުރުމުގެ ނަސީބު ލިބިފައިވާ ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ. އަދި މިއީ ކުރިން ދެންނެވިފަދަ - [ޤައުމެއް އޭގެ އަމިއްލަވަންތަ ގޮތުގައި ދެމިއޮންނާނީ، ޤައުމުގެ ދަރިން ޤައުމަށް ތެދުވެރިވެގެން](https://addana.mv/1227) - މި ރީތި، އަމާން، ސުލްހަވެރި މަންޒިލެއް ފަދަ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަކަމުގައި ވިޔަސް، ސުލްޙަވެރިކަމާއި އަމާންކަމުގައި ދިރިއުޅެމުން އަންނަ ރައްޔިތަކު ތިބި ޤައުމެކެވެ. ދުނިޔޭގެ އެތަން މިތަނުން މިއަދު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އޮތް އެންމެ އަމާން، އެންމެ ސުލްޙަވެރި، އެންމެ ހިތްގައިމު މަންޒިލަކީ ދިވެހިރާއްޖެއެވެ. އެންމެ ހިތްހެޔޮ ބަޔަކު ދިރިއުޅޭ ޤައުމަކީ ދިވެހިރާއްޖެއެވެ. އެންމެ ރީތި ގޮނޑުދޮށްތަކެއް އޮތް ތަނަކީ ވެސް މި ކުޑަކުޑަ ދިވެހިރާއްޖެއެވެ. ޤުދުރަތީ ރީތިކަމެއް ހިމެނިގެންވާ - [އެ ސިޓީ](https://addana.mv/1221) - މުޅި ތަން ގުގުމާފައި ވަނީ ސައިރަންގެ އަޑުންނެވެ. ކޮޅުކޮޅަށް ސިފައިންތައް ދުވެއެވެ. ފެންޑާތެރޭ ނިދާފައި ތިބި މީހުން ޔުނިފޯމްގެ ގޮށް އަޅުވަމުން ބޫޓަށް ފައި ކޮށްޕާލައިގެން ދުވެފައި ނިކުންނަނީއެެވެ. ހީވަނީ ހިނި ދަރުފަޔަކުން ހިނި އުތުރޭހެނެވެ. އެއްބަޔަކު ބަޑިގުދަނުން ހަތިޔާރު ނަގައި މެގަޒިން ފީޑްކުރަނީއެވެ. އަނެއް ބަޔަކު މީހުންތައް ބައިބަޔަށް ބަހައި ޓާސްކު ހަވާލުކުރަނީއެވެ. ކޮމާންޑަރުން އެމީހުންގެ ބްރީފިންގ، ލަޝްކަރުތަކަށް ދެނީއެވެ. ފެންނަމުން ދަނީ އެންމެ ފަހު ތައްޔާރީތަކެވެ. ދުޝްމިނުންނާ ކުރިމަތިލުމުގެ ވަގުތު ދަނީ ކައިރިވަމުންނެވެ. ސިފައިންގެ - [ކޮންމެ އަމިއްލަ އެދުމެއްގެ ފަހަތުގައި ހިތާމައެއް!](https://addana.mv/1217) - އިންސާނާ ގޯޅިއަޅުވާލުމުގައި އިސްދައުރެއް އަދާކުރަނީ އަމިއްލަ އެދުމެވެ. ކޮންމެ ކަމެއް ވެސް ހަލާކުވުމުގެ އައްޑަނައަކަށް ވެފައި ވަނީ އަމިއްލަ އެދުމެވެ. ތިމާއަށް މޮޅުގޮތް ހޯދަން މަސައްކަތްކުރުމަކީ އިންސާނާގެ ޠަބީއަތުގެ ތެރޭގައި ވާކަމެކެވެ. މިފަދަ އެދުންތަކުގެ ރަޖަލުގެ ދަށުގައި ތިބޭ މީހުންނަކީ އަނެކުންނާ މެދު ވިސްނާ ބައެއް ނޫނެވެ. ތިމާ ބޭނުންވާ މަޤުޞަދު ހާސިލުކުރުމަށް ޓަކައި އެއްބަނޑުއެއްބަފާ މީހުން މަރާފައި ވެސް އެބަހުއްޓެވެ. އަދި މިއަށްވުރެ ބޮޑު ނުރައްކާތެރި ކަމަކާ ވެސް ކުރިމަތިލުމަކީ ކޮށްފާނެ ކަމެކެވެ. އާންމު ގޮތެއްގައި - [ޣާފިލު ނުވެ، ލޯ ހުޅުވައިގެން ތިބެ ޤައުމު ދިފާޢުކުރުން](https://addana.mv/1213) - 2007 ސެޕްޓެންބަރު 29 ގައި ސަލްޓަންޕާކްގައި އައިއީޑީއެއް ގޮއްވާލި ހާދިސާއަށްފަހު އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އަލްޤައިދާގެ ވީޑިއޯތައް ދުނިޔެއަށް އާއްމުކުރަމުންދާ ވެބްސައިޓެއްގައި އއ. ހިމަންދޫގައި ހައްދުފަހަނަ އަޅާފައިވާ ގޮތްތައް ގެންގުޅޭ މީހުންނަށް އެހީވުމަށް ގޮވާލާފައިވާ ވީޑިއޯއެއް އާންމުކުރުމުންނެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ހުރިހާ ފަރާތަކުން އަޅުގަނޑުމެންގެ ދީނަށާއި ސަގާފަތަށް މިހިރީ ދުނިތައް އަމާޒުވެފައެވެ. މިއީ ވަރަށް ކުޑަކުޑަ މީސްކޮޅު މަދު ޤައުމެކެވެ. ޒަމާނުއްސުރެ ސުލްޙަވެރިކަމާ އެކު ދިރިއުޅެމުންއައި ބަޔަކު އުޅުނު ޤައުމެކެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ - [ހަނގުރާމަތަކުން ފިލާވަޅު ހޯދުން](https://addana.mv/1208) - ދުނިޔޭގެ ހުރިހާ ހިސާބެެއްގައި ވެސް ހަނގުރާމަ ދަނީ ކުރެވެމުންނެވެ. ބައެއް ހިސާބުތަކުގައި ކުރެވޭ ހަނގުރާމަތަކުގެ އަޑު ގަދައެވެ. އަނެއްބައި ހިސާބުތަކުގައި ކުރެވޭ ހަނގުރާމަތަކުގެ އަޑު މަޑެވެ. އަދި ބައެއް ހަނގުރާމަތަކުގެ އަޑު އެއްގޮތަކަށް ވެސް ދުނިޔެއަށް ނީވުން ވެސް އެކަށީގެންވެއެވެ. ދުނިޔޭގައި ހަނގުރާމަ ކުރެވެމުން އަންނަ ގޮތަށް ބަލާއިރު އެއްދުވަހުން އަނެއްދުވަހަށް ކުރެވޭ ހަނގުރާމަތަކުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ބޮޑުވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ހަމައެއާއެކު ހަނގުރާމަތަކާ ދެކޮޅަށް ނުވަތަ ލޭއޮހޮރުވުންތަކާ ދެކޮޅަށް އެކުލަވާލެވޭ މުއާހަދާތަކާއި އެއްބަސްވުންތައް ވެސް އިތުރުވަމުންދެއެވެ. - [ދުންފަތުގެ ބަޔާން](https://addana.mv/1201) - ދައުވާކުރެވޭ މުޙިންމު ނުކުތާތައް: އެތައް ހާސް ފުރާނައެއް ދުނިޔެއަށް އައުމުގެ ކުރިން ދުނިޔެއާ ވަކިކުރުމުގެ ކުށުގެ ދައުވާ ގަވާއިދާ ޚިލާފަށް ޕާސްޕޯޓެއް، ވިސާއެއް ނެތި ޤައުމުތަކަށް އަރާ ފޭބުމުގެ ކުށުގެ ދައުވާ އިންސާނުން އަޅުވެތިކުރުމުގެ ކުށުގެ ދައުވާ ގަވާއިދާ ޚިލާފަށް ތަންތާގައި ހުޅުޖަހައި ރޯކުރުމުގެ ކުށުގެ ދައުވާ ޓީބީއާއި ކެންސަރު އިންސާނުންނަށް ހަދިޔާކުރުމުގެ ކުށުގެ ދައުވާ ދައުވާ ލިބޭ ފަރާތުން 12 އޮކްޓޫބަރު 1997މ. ދުވަހު ތަޙްޤީޤަށް ދީފައިވާ ބަޔާން އަޅުގަނޑު ދުންފަތް (ޓޮބެކޯ) އަކީ އުމުރުން - [ކުރިމަތިވެދާނެ އިގުތިސާދީ ހީނަރު ކަމަކަށް ސަމާލުވެ ތިބެމާތޯ!](https://addana.mv/1197) - ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަޙުނިޔާއާއި މުބާރަކުބާދީ ސިފައިންގެ ހުރިހާ ރޭންކުތަކެއް ސިފައިންނަށާއި އެބައިމީހުންގެ އާއިލާތަކަށް އިޚްލާސްތެރިކަމާ އެކު ފޮނުވަމެވެ. މި އުފާވެރި މުނާސަބަތުގައި އަޅުގަނޑު ވެސް ތިޔަބޭފުޅުންނާ އެކު ވަމެވެ. އާދެ! ބަދަލުވަމުން މިދާ ހަލަބޮލި ދުވަސްތަކުގައި މިފަދަ މުނާސަބަތުތައް ފާހަގަކުރުން ފަހަރެއްގައި ކުލަ ފަނޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ މިއިން ކޮންމެ އަހަރީ ދުވަހަކީ އައު ޢަޒުމުތަކެއް ކަނޑައަޅާ އައު ޝިޔާރުތަކަކަށް މަސައްކަތްކުރުމަށް އަޅުގަނޑުމެން ކުރިމަތިލާ މަސައްކަތްތަކެއް ފެށުމެވެ. އެ އަހަރެއް - [އެއްބައިވަންތަކަމަށް ކަސްރަތާއި ކުޅިވަރު](https://addana.mv/1188) - މީގެ އެތަކެއް ސަތޭކަ އަހަރު ކުރިއަށް ބަލާލި ކަމުގައި ވިއަސް، ކުޅިވަރަކީ އެއްބައިވަންތަކަމަށް މަގުފަހިކުރުވުމުގައި "އެންމެ" އިސްރޯލެއް ކުޅޭ ވަސީލަތްކަން ހާމަވެގެން ދެއެވެ. މިކަމުގެ އެއް ހެއްކެއްގެ ގޮތުން އޭންޝަންޓް އޮލިމްޕިކް ގޭމްސްގެ ފެށުމަށް ބަލައިލަމާތޯއެވެ. މި ކުޅިވަރު މުބާރާތް އުފަންވީ ގްރީސް މީހުންގެ ކަލާނގެތަކުގެ ރަސްގެފާނު ކަމުގައިވާ "ޒޫސް" ގެ ހަނދާނުގައެވެ. އެ ޒަމާނުގައި މި މުބާރާތަކީ ހަމައެކަނި ގްރީސްގެ އެކިއެކި ގަބީލާތަކުގެ މެދުގައި ބޭއްވެމުން އައި މުބާރާތެކެވެ. މި މުބާރާތުގެ ކުޅިވަރުތައް ޢަމާޒުވެފައި ހުންނަނީ - [ޤައުމަށް އަންނަ ބަދަލުތަކާއެކު ސިފައިންގެ އަޒުމާއި ހިތްވަރުގެ ކަމަރު ބާރުކުރަން ޖެހޭނެ](https://addana.mv/1150) - ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ޒަމާނީ ބަދަލުތައް އަންނަމުން އެބަދެއެވެ. އިސްލާޙީ ހެޔޮ ބަދަލުތަކެވެ. ވޭތުވެދިޔަ ތިރީހަކަށް އަހަރަކީ އެކިއެކި ގޮތްގޮތުން ސިފައިންގެ ޚިދުމަތަށް ވެސް އިޞްލާޙީ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ދުވަސްތަކެއް ކަމުގައި ދަންނަވަން ޖެހެއެވެ. މި ހެޔޮ ބަދަލުތަކުގެ ސަބަބުން ސިފައިންގެ ޤަދަރާއި ހައިބަތު ބޮޑުވެއްޖެއެވެ. ރައްޔިތުންގެ ރުހުމާއި ލޯބި ލިބޭ ބަޔަކަށް ސިފައިން ވެއްޖެއެވެ. ޒަމާނަށް ލޯހުޅުވޭ، ވާޖިބާއި މަސްޢޫލިއްޔަތު އުފުލުމުގައި ރީތި ނަމޫނާއެއް ދަައްކާ ބަޔަަކަށް ވެއްޖެއެވެ. ރައްޔިތުންްގެ އިތުބާރު ލިބިފައިވާ ބަޔަކަށް - [ޤައުމުގެ މިނިވަންކަމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އަމާނާތެއް](https://addana.mv/1140) - "ޤައުމުގެ މަސްލަހަތާއި ދައުލަތުގެ ކަރާމާތާ އިދިކޮޅަށް އުފެދޭ ކޮންމެ ހަރަކާތެއް ހުލިވެގެންދާނީ ރާޅުގެ ފޮނުތައް ހުލިވެގެންދާ މިސާލުގައެވެ." އިބްރާހީމް ޝިހާބު ވިދާޅުވެފައިވެއެވެ. ޝިހާބު ވިދާޅުވެފައި އެވަނީ ޤައުމުގެ މަސްލަހަތާއި ދަޢުލަތުގެ ކަރާމާތާ އިދިކޮޅަށް ހިންގާ އެއްވެސް ކަމެއް އެ ހަރަކާތް ހިންގާ ބަޔަކު ބޭނުންވާ ގޮތަކަށް ނުނިމޭނެ ކަމަށެވެ. ދިވެހި ތާރީޚުން މިފަދަ އެތައް މިސާލުތަކެއް ފެންނަން އެބަހުއްޓެވެ. ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަނޑުފެއްތި ހާދިސާއަކީ މީގެ ވަރަށް ފުރިހަމަ މިސާލެކެވެ. ކަންނަންނޫރު ޢަލީ ރާޖާ - [ޤައުމީ ސަލާމަތް](https://addana.mv/964) - ޤައުމީ ސަލާމަތަކީ ކޮންމެ ޤައުމެއް ވެސް މިނިވަންކަންމަތީ އަބަދަށް، ޞުލްޙަވެރިކަމާއެކު ބޭއްވުމަށްޓަކައި ހިފަހައްޓައިގެން އެއަށް ރައްކައުތެރިވާންޖެހޭ އެންމެ މުހިންމު އެއް ކަންތަކެެވެ. އެކި ޤައުމުތަކުގައި މިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަނީ އެކި ފެންވަރުގައި އެކި ގޮތަށެވެ. މައިގަނޑު ގޮތެއްގައި ކޮންމެ ޤައުމެއްގައި ވެސް ކަނޑާއި، ވަޔާއި އަދި އެއްގަމުގެ ސިފައިން ހަރަކާތްތެރިވެއެވެ. ޤައުމު ކިތަންމެ ބޮޑުނަމަވެސް ނުވަތަ ކިތަންމެ ކުޑަނަމަވެސް މި ކަމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ޤައުމީ ސަލާމަތަކީ ޤައުމަށް ބޭރުން އަންނަ ޙަމަލާތަކުންނާއި އެހެނިހެން - [މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ](https://addana.mv/957) - 2007 ޖުލައި 3 ވަނަ ދުވަހު ކޮއިމަލާހިނގުމުގައި ހުންނަ ގ. ތޫތުގަސްދޮށުގޭގައި ހަދާފައިހުރި، އޭ ލަތީފް މެކޭނިކަލް ސާރވިސްް (މޯރީ ގަރާޖް) ގައި ހިނގި އަލިފާނުގެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް ލިބުނީ އެ ދުވަހު 10:43 ގައެވެ. 118 ނަންބަރު ފޯނު މެދުވެރިކޮށް މި މަޢުލޫމާތު ފުރަތަމަ ދިނީ ގ. ހިޔާވަހި ޙުސައިން ނިޔާޒު (34 އަހަރު) އެވެ. އެ ވަގުތުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަރ އެންޑް ރެސްކިޔު - [އެއްބައެއްވަންތަކަން..... ބޭނުން!](https://addana.mv/939) - އަޅުގަނޑުމެންނަކީ 12 ވަނަ ޤަރުނުން ފެށިގެން ސައްތައިން ސައްތަ މުސްލިމު ބައެއްގެ ގޮތުގައި މި ހިސާބަށް އައި ބަޔެކެވެ. ދިގުދެމިގެންވީ ސަޤާފަތެއްގައި ދެމިތިބެ ބަޔަކަށް ވެވުނުކަމީ ވަރަށް ވެސް އުފާކުރަންޖެހޭ ކަމެކެވެ. މިއަދު އަޅުގަނޑުމެން ފަޚުރުވެރި މި ވަނީ ދިގު މުއްދަތަކަށް އެއްބައެއްވަންތަކަން ދެމެހެއްޓުމުގެ ރިކޯޑެއް ލިބިފައިވާ ބަޔަކު ކަމުގައި ވީތީއެވެ. އެއް ބަހަކުން ވާހަކަދައްކާ، އަމިއްލަވަންތަ އަކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި ފަރުމާކޮށް ލިޔެހަދާ އަދި ބޭނުންކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ބަޔަކަށް ވީތީއެވެ. ތަފާތެއް ނެތް އެއްކަހަލަ - [ތަސްވީރުގެ ދެފުށް ބަލައިލަން ޖެހެއެވެ!](https://addana.mv/1280) - ފޮޓޯއެއް ވެސް އެއަށް ނަޒަރުދެވޭ ދިމާގެ ގޮތުން އޭގައިވާ ސޫރަ ފެންނަ ގޮތް ތަފާތު ވެދާނެއެވެ. ހަނދާންތައް ވެސް އެއާމެދު ވިސްނާ ފިކުރު ކުރެވޭ ގޮތުން، އޭގެ އިހުސާސްތައް ފަރަގު ވެދާނެއެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު ޝަހީދުވި، ޝަހީދުންގެ ހަނދާންތަކަށް މިފަދަ ނަޒަރެއް ދިނުމަށް މި ފުރުޞަތުގެ ބޭނުން ހިފާނަމެވެ. ގައުމެއްގެ މިނިވަންކަން ނިގުޅައިގަތުމަށް، އެތާންގެ ސަލާމަތީ ބާރުތަކުގެ ކުރިމައްޗަށް ހަތިޔާރާއެކު ނިކުންނަން ބަޔަކު އެއްބަސްވާނީ، ކީއްވެތޯއެވެ؟ ޖުމުލަ ގޮތެއްގައި ދަންނަވާނަމަ، މިއީ ޖަވާބު - [ރަންނަމާރިއަކީ ކާކު؟](https://addana.mv/1380) - ރާއްޖެ އިސްލާމްވީ ވާހަކައިގައި އެ ބުނާ ރަންނަމާރިއަކީ ކާކުބާވައެވެ؟ މިއީ ރަންނަމާރީގެ "ފުލޯކު ވާހަކައާ ބެހޭގޮތުން އެންމެ ގިނައިން މީހުން ކުރާ އެއް ސުވާލެވެ. އެއް ބަޔަކު ބުނަނީ ރަންނަމާރިއަކީ ކަނޑުން އެރި ފުރޭތައެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެއީ ކޮންމެ މަހަކު އެއްފަހަރު ބޭރު ޤައުމަކުން އަންނަ "ނަވެއް" ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ ރަންނަމާރިއަކީ ރަސްގެފާނު ކަމަށެވެ. މި ރަންނަމާރީގެ ވާހަކައަކީ 100 އިންސައްތަ ދޮގެއް ކަމަށް އެއް ބަޔަކު ބުނާއިރު - [ދިވެހިންގެ މިނިވަންކަން ހިމާޔާތްކުރާނީ ހަމަ ދިވެހިންނެވެ.](https://addana.mv/1335) - ދުނިޔެއަކީ އެއްހާލުން އަނެއް ހާލަށް ބަދަލުވެގެންދާ އެއްޗެއްކަމުން އެކި ދުވަސްވަރު ބާރުގަދަވެ ތަރައްޤީ ލިބެމުންދަނީ އެކި ޤައުމުތަކަށެވެ. މި ދެންނެވި ހަމައިގެ މަތިން އިސްލާމީ އުންމަތް ކުރިއަރައި އެބައިމީހުންގެ ޢިލްމާއި މަދަނިއްޔަތު އެ ދުވަސްވަރު ދުނިޔެއަށް ވެރިވި ގޮތް ތާރީޚުން ފެންނަން އެބަހުއްޓެވެ. އެއަށްފަހު ކުރީގައި ދެންނެވި ބަދަލުވުން އެތައް ސަބަބުތަކެއް ކުރިމަތިވެ އިސްލާމީ އުންމަތަށް ވުރެ ޔޫރަޕްގެ ދަޢުލަތްތައް ކުރިއަރައިފިއެވެ. ނަތީޖާއަކަށްވީ ޔޫރަޕްގެ ގިނަ ދަޢުލަތްތަކުގެ ވެރީންގެ ހިތްތަކުގައި ބަދަލު ހިފުމުގެ ހަސަދަވެރި އަލިފާންގަަނޑު ރޯވެ، - [އަންހެން ސިފައިން](https://addana.mv/1370) - ދިވެހި ސިފައިންގެ ތާރީޚުން 117 ވަނަ އަހަރު ގުނަމުންދާއިރު އަންހެން ސިފައިން ހިމެނިފައިވަނީ މި ތާރީޚުގެ ތެރޭގައި ޢުމުރުން ވަރަށް ހަގު ބައެއްގެ ގޮތުގައެވެ. އަންހެން ސިފައިންގެ ތާރީޚަށް ބަލާލާއިރު ސިފައިންގެ ޚިދުމަތުގެ ތެރެއަށް އަންހެނުން ވެއްދުމަށް ޓަކައި ފުރަތަމަ އިޢުލާނު ކުރައްވައިފައިވަނީ 1962 ނޮވެންބަރު 18 ވަނަ ދުވަހު މަޙުކަމަތުލް އަމުންޢާޢްމުގެ (އޭރުގެ ސިފައިންގެ) ފަރާތުންނެވެ. މި އިޢުލާނާ ގުޅިގެން ވަރަށް ގިނަ ޢަދަދެއްގެ އަންހެނުން ވަޒީފާއަށް އެދި ސިޓީ ފޮނުވައިފައިވެއެވެ. އެހެންނަމަވެސް މި ދެންނެވި - [ދިވެހިންނަށް ލިބުނު ނަޞްރު، އަންނަން އޮތް ޖީލަށް...](https://addana.mv/1331) - ނޮވެންބަރު 3 ގެ ހަނދާންތަކަކީ އެތަކެއް ޒަމާނެއްގެ ކުރީގެ ތަޖުރިބާތަކެއް ނޫނެވެ. ނޮވެންބަރު 3 ގެ ޢުދުވާނަކީ ދާދި މިދާކަށް ދުވަހު މި މާލޭގައި ހިނގައިދިޔަ ނުރައްކާތެރި ޓެރަރިސްޓް ޢަމަލެކެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިންގެ މަދު ބަޔަކު ތަމަޅަ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަން ނިގުޅައިގަނެ، އިސްލާމްދީނުގެ މަތިވެރި ނޫރު ފޮހެ، ރާއްޖެ އަޅުވެތިކޮށްލުމަށް ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެ ދިފާޢު ކުރުމަށް ޖިހާދު ކުރަމުންދިޔަ ހިތްވަރުގަދަ - [ޝަހީދުން އަޅުގަނޑުމެންނާ އަލްވަދާޢު ކީތާ ވިހި އަހަރު](https://addana.mv/1319) - އެ ޝަހީދުންނަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ، ދިވެހި ފަަސްގަނޑު އެ ބައެއްގެ ލެއިން ފޯކޮށްލި އަބުޠާލުންނެވެ. އެ ދުވަހު ޝަހީދުވީއަކީ ހަމައެކަނި ސިފައިންނެއް ނޫނެވެ. އަދި ޝަހީދުންނަކީ ހަމައެކަނި 3 ނޮވެންބަރު 1988 ދުވަަހު ޝަހީދުވެވަޑައިގަތް ބޭފުޅުން އެކަންޏެއް ވެސް ނޫނެވެ. އެހެންނަމަވެސް އެ ދުވަހު ޝަހީދުވި ސިފައިންނަކީ އެ ދުވަހުގެ ހާލަތު ރަނގަޅަށް އެނގިހުރެ އެމީހުންގެ ވަޒީފާގެ ގޮތުން ކޮށްފައިވާ ހުވަޔާއި އެއްގޮތަށް ލިބިފައިވާ ތަމްރީނާއި ތަޖުރިބާގެ އަލީގައި އިޚުލާޞްތެރިކަމާއި - [ތިނެއް ނޮވެންބަރު: އިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއް](https://addana.mv/1297) - އިންޑިޔާ ކަނޑުގެ މެދުގައި، ފެހި ދޫލައެއްހެން ފެތުރިފައިވާ ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ، އަމަންއަމާންކަމާއި ސުލުޙަ މަސަލަސްކަމުގެ ގޮތުން އެހެން ޤައުމުތަކަށް ނަމޫނާއެއް ކަމުގައި، ދުނިޔޭގެ ގިނަ ބަޔަކު ދެކެއެވެ. އަށްސަތޭކަ އެތައް އަހަރެއް ކުރިން ފެށިގެން، މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮތް މި ރާއްޖެއަކީ، ޤައުމާއި ވަޠަންގެ ޙައްޤުގައި ޖާނާއި މާލުން، ހަށިގަނޑާއި ފުރާނައިން ޤުރުބާންވަމުން އައިސްފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ތަނެކެވެ. އެއް ބަހަކުން ވާހަކަދައްކާ، އެއް ސަޤާފަތެއް ޙިއްސާކުރާ، އަމިއްލަވަންތަ - [ތިނެއް ނޮވެންބަރުގެ ނުރައްކާތެރި ހާދިސާ ހިނގައިދިޔައިރު އަވައްޓެރިން...](https://addana.mv/1288) - މި ނުރައްކާތެރި ހާދިސާ ދިވެހިންނާ ކުރިމަތިލީއިރު ރާއްޖެއާއި އުތުރުކަރައާ ދެމެދު އޮންނަނީކީ އެގްރީމަންޓްތަކަކުން ނުވަތަ އެއްބަސްވުންތަކަކުން ބަނދެވިފައިއޮތް ގުޅުމެއް ނޫނެވެ. އެއީ ދުވަސްވީ، އެއްބަޔަކު އަނެއްބަޔަކާ ކުރަމުން އައި އިޙްތިރާމެއްގެ ބޮޑުކަމުން، ކުރެވިފައިވާ އިތުބާރެއްގެ ސަބަބުން އުފެދިފައިވާ ގާތް ގުޅުމެކެވެ. އަދި އެހެންމެ މި ދުވަސްވަރު ވެގެންދިޔައީ، އިނގިރޭސި އަސްކަރީން ސ.އަތޮޅު ގަމުގައި ދިގު މުއްދަތެއްގައި ތިބިތިބުން ނިމުމަކަށް އައިސް، އެތަން ދޫކޮށް ފައިބައިގެންދިޔަ ދުވަސްވަރާއެވެ. މިކަމާ ގުޅިގެން ހިންދު ކަނޑަށް ބަލަބަލާ ތިބި ބޮޑެތި އެތަކެއް - [ކަންފަތުގެ ތެރޭގައި ވިހިހާސް ފިތުގެ ޕިޔާނޯއެއް](https://addana.mv/1403) - އިންސާނާއަށް އިވޭ ހުރިހާ އަޑެއް ވެސް އުފެދެނީ ކޮންމެވެސް ދެ އެއްޗެއް ޖެހި އުފެދޭ ވައިބްރޭޝަންތަކަކުންނެވެ. މިގޮތުން އުފެދޭ ވައިބްރޭޝަންތައް އަޑުބާނިތަކަކަށް ބަދަލުވެ ވައިގެ ތެރޭގައި ދަތުރުކުރަމުންދެއެވެ. އަދި މި އަޑުބާނިތައް އަޑެއްގެ ގޮތުގައި ދެނެގަތުމަށް ޓަކައި އިންސާނާގެ ހަށިގަނޑުން މަރުހަބާ ކިޔާ ގުނަވަނަކީ ކަންފަތެވެ. މި ނާޒުކު ގުނަވަން މި އަޑުބާނިތައް ދެނެގަތުމަށް ޓަކައި ޤުދުރަތުން ހަމަޖައްސާފައިވާ އުސޫލާ ދޭތެރޭގައި އިންސާނަކު ހަމަބުއްދިން ވިސްނައިފިނަމަ އެމީހަކު ހައިރާންވެ އަންތަރީސްވެދާނެއެވެ. އިންސާނާގެ ކަންފަތުގެ އެތެރޭގައި 20،000 ފިތުގެ - [ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ – ދިވެހި ސިފައިންގެ ތަރައްޤީއާއި ކުރިއެރުމުގެ ފެށުން](https://addana.mv/1272) - ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުރަމުންދާ ދާޚިލީ ހަނގުރާމަތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް ކަނޑިއާއި ބަޑިން ހަމަލާދީ މީހުން މަރަމުންދާ ޚަބަރާއި މަންޒަރު، މީޑިއާގެ ވަޞީލަތްތަކުން ފެންނަމުން ދިއަޔަސް، އެކަހަލަ ކަމެއް މި އަމާން ދިވެހިރާއްޖޭގައި ހިނގާފާނެކަމަށް އެއްވެސް ބަޔަކު ހިތަކަށް ނާރައެވެ. އެފަދަ ހިތްފަސޭހަ މިނިވަން ވެށްޓެއްގައި ރައްކާތެރިކަމާއި މިނިވަންކަމާއެކު ދިވެހިން ދިރިއުޅެމުން އައިސްތިއްބާ، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިސްދަމު ފަތިހުގެ އަރާމު ނިދީގައި ވަނިކޮށް، މާލޭގެ ރައްޔިތުން ހޭލައްވާލީ ރޮކެޓާއި ބަޑިއާއި - [ޤައުމީ ސަލާމަތުގައި ސިފައިން](https://addana.mv/1427) - ކޮންމެ ޤައުމެއްގައި ވެސް ސިފައިންނަކީ އެ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ އައްޑަނައެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ނުވަތަ ޤައުމީ ސަލާމަތަށް ކުރިމަތިވާ ކޮންމެ ކަމަކާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާ ބަޔަކީ އެ ޤައުމެއްގެ ސިފައިންނެވެ. ރާއްޖޭގައި 1892 ވަނަ އަހަރު ސިފައިން އުފެދުނު ފަހުން ދިވެހި ސިފައިން ވަނީ ޤައުމަށް ކުރިމަތިވި، ކޮންމެ ނުރައްކަލެއްގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، ސިފައިންގެ ޤައުމީ ވާޖިބު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމަށް - [ޤައުމީ ދިފާޢީ ބާރު](https://addana.mv/1431) - މަތީތަޢުލީމުގެ ހަރުފަތެއް ގިރާކުރުމުގައިވާ ދަރިވަރުންކޮޅަކާ ވާހަކަ ދައްކާލަން ފުރުޞަތު ލިބުނެވެ. ޤައުމާބެހޭ ގޮތުން، އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއް އަޅުގަނޑުގެ ކިބައިން އޮޅުންފިލުވައިލަން އެކުދިން ބޭނުންވީތީ ހަމަޖައްސައިލެވުނު ބައްދަލުކޮށްލުމުގެ ވަގުތުކޮޅެކެވެ. ވާހަކައިގެ ފެށުމެއްގެ ގޮތުން، އަޅުގަނޑު އެކުދީންނާ ސުވާލެއް ކޮށްލީމެވެ. "ޤައުމު" މި ބަހުގެ މާނައަކީ، ކޮބައިހެއްޔެވެ؟ ލިބުނު ބައެއް ޖަވާބު ތިރީގައި މިވަނީއެވެ. މީހުން ދިރިއުޅޭތަން ދިވެހިރާއްޖެ. ނޭޝަން ވަކިންވެރިކަން ހިންގާ ރަށެއް. މި ޖަވާބުތަކަށް ވިސްނާލުމުން އިތުރުކަމެއް ޚިޔާލަށް އައެވެ. އަޅުގަނޑުމެންނަށް އާންމުކޮށް އެނގިފައި - [ދިވެހި އަސްކަރީ ވައިގެ ޚިދުމަތުގެ ތާރީޚު: މަދަނީ ވައިގެ ޚިދުމަތުގައި ސިފައިންގެ ދައުރު](https://addana.mv/1909) - ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރާއެކު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށްޓެވުމަށް ރައީސް އިބްރާހީމް ނާޞިރު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. މި ގޮތުން ސަރުކާރުން ބައްލަވައިގަނެގެން އެންމެ ފުރަތަމަ މާލެ ގެންނެވީ ޗަރޯކީ މަރުކާގެ ކުޑަކުޑަ މަތިންދާބޯޓެކެވެ. އެންމެ ހަތަރު މީހުންނަށް އެރޭ ވަރުގެ މި މަތިންދާބޯޓާ ހަވާލުވާން އޭރު ހުޅުލޭގައި އޮތް ސިފައިންގެ ފަޔަރ ބްރިގޭޑުގެ އިންޗާޖަކަށް ހުންނެވި ސިފައިންގެ 2 ނަންބަރު ސަރުދާރު ޝައުކަތު އިބްރާހީމަށް މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ (ދިފާޢީ ވުޒާރާ) - [މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އަސްކަރީ ޚިދުމަތަށް އަވަސް ނަޒަރެއް](https://addana.mv/1974) - ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ، 1985 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ތެދުވެރިކަމާއި، ވަފާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. މީގެތެރޭގައި ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައާއި، ވައިސް ޗީފް އޮފް - [ދިވެހި ސިފައިންނާއި ދިވެހީންގެ ޤައުމިއްޔަތު](https://addana.mv/1968) - ދިވެހީންގެ ޤައުމިއްޔަތަކީ ދިވެހީންގެ ދިވެހިވަންތަކަމާއި، ދިވެހީންގެ އެކުވި ވިސްނުމުގައި އޮންނަ އެއްބައިވަންތަކަމާއި، ދިވެހީންގެ ދެމިއޮތުމުގެ ފިކުރެވެ. މި ފިކުރު ބިނާވެފައި ވަނީ ވަރަށް ވަރުގަދަ ބިންގަލަކާއި ތަނބުތަކެއްގެ މައްޗަށެވެ. މި ބިންގަލަކީ ދިވެހީންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނެވެ. މި ދެންނެވި ތަނބުތަކަކީ ދިވެހީންގެ ޤައުމާއި، ދިވެހީންގެ ރާއްޖެއާއި، ދިވެހީންގެ މިނިވަންކަމާއި، ދިވެހީންގެ ބަހާއި، ދިވެހީންގެ ތާރީޚާއި ދިވެހީންގެ ސަގާފަތެވެ. ދިވެހީންގެ ޤައުމިއްޔަތު ބިނާވެ ދެމިހެއްޓިގެން އައީ ދިވެހީންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. އޭގެ ތެރޭގައި އެންމެ - [މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ އަގުހުރި އަސްކަރީ ޚިދުމަތް](https://addana.mv/1958) - މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ވަނީ 1989 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 34 އަހަރާއި، 05 މަހާއި، 23 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ ސަރވިސް ނަންބަރަކީ 1662 އެވެ. މޭޖަރ ޖެނެރަލް - [މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ އަގުހުރި އަސްކަރީ ޚިދުމަތް](https://addana.mv/1951) - މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ވަނީ 1990 ވަނަ އަހަރުގެ މަރިޗުމަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 33 އަހަރާއި، 09 މަހާއި، 01 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ ސަރވިސް ނަންބަރަކީ 1862 އެވެ. މޭޖަރ ޖެނެރަލް - [ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައާއި ދިވެހިރާއްޖެ: މުޙައްމަދު އަމީން ދީދީ، ބޮޑުހަނގުރާމައިގެ ބޮންއަޅާ ބޯޓެއްގައި](https://addana.mv/1941) - ދެވަނަ ބޮޑު ހަނގުރާމައިގެ ސީދާ އަސަރުތައް ރާއްޖެއަށް އެންމެ ބޮޑަށް ކުރަން ފެށީ 1942 ގައި ސިލޯނަށް ދިން ހަމަލާއަށް ފަހުގައި ކަމަށް ބުނެވިދާނެއެވެ. އެ ހާދިސާއަށް ފަހު، ދިވެހި އޮޑިފަހަރަށް ސިލޯނަށް ދެވޭ ގޮތް ނުވުމާއި، އިންޑިއާ ކަނޑުގައި ދުޝްމިނުންގެ ހަރަކާތްތައް އިތުރުވުމާއި، ރާއްޖޭގައި އިނގިރޭސި ސިފައިން ތިބި ތަން ހޯދުމަށް ދުޝްމިނުން ކުރަމުން ދިޔަ މަސައްކަތާއެކު، އިންޑިއާ ކަނޑު ނުރައްކަލަށް ހުށަހެޅި، ރާއްޖޭގައި ކާބޯތަކެތީގެ ދަތިކަން އިހުސާސްކުރަން ޖެހުނެވެ. 1943 ވަނަ އަހަރު، އައްޑޫ - [ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ގެ އަގުހުރި އަސްކަރީ ޚިދުމަތް](https://addana.mv/1935) - ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1992 ވަނަ އަހަރުގެ މޭމަހުގެ 11 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 31 އަހަރާއި، 7 މަހާއި، 21 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 2023 ޑިސެންބަރު 31 ވަނަ ދުވަހުއެވެ. ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) - [ދިވެހި ދަރިއެއްގެ ޝުޢޫރު](https://addana.mv/1850) - ރާގު! އުއްމީދުތާ މަގޭވިމާތް… ޤައުމަށްޓަކައި ވަޠަނަށްޓަކައި ކެރިގެން ފިދާވެދާނަމޭޤައުމީ ދިވެހި ދިދަޔަށްޓަކައި ޤުރްބާންވެދާން ކެރޭނަމޭ މާޒީވި ކާބަފައިންގެނަން ދިރުވަން ފިސާރި ޖޯޝުގައިޖާނާ ފުރާނަ ދޫކުރުން ޝަރަފެއްކަމަށް ދެކޭނަމޭ ބޭރުގެ ނުފޫޒުތައްއައިސް ހަފަރާތުގައި ވަށާލިއަސްރޭރުވެ ބިރުން ފަހަށްފަހަށް ގައިމޭ ހިލާ ނުދާނަމޭ މިނިވަންކަމާ ސިޔާދަތާ ދެމެހެއްޓުމަށް މި ދީބުގައިހިނިތުންވެހުރެ މި ފަށްގަނޑަށް ލޭވެސްގައިން އޮހޮރާނަމޭ މަތިވެރި ދީނުގައިނިކަން ސާބިތުކަމާއެކީ ހިފައިމަތިވެރި ހިދާޔަތަށްޓަކައި އުފަލުން ޝަހީދުވާނަމޭ އެތަކެއް މުޖާހިދުންގެލޭ އޮހޮރާލި ދިވެހިމިބިންތަކުންއެތަކެއް ހަނދާންތަކުން އެވާ ޢިބްރަތްތަކެއް ހިފާނަމޭ އަހަރެން އުފަންމި - [އެ ހަނދާން](https://addana.mv/1759) - ރާގު: ޗައުދަވީކަ ޗާނދުހޯ... މަޢުނަވީ ހަނދާންތަކެއް އާލާވެ، އާދެއޭދައުރާވަމުން ހިތުން އެ ހަނދާން އައުވަމުންދެއޭ އައްޑިހައަށެއް ނޮވެންބަރު ތިނަކުން އެދިން ޒަހަރު (2)އަސްތާ! ނުދާނެޔޭނެތި ހިތަކުން އެކުރި އަސަރުފަށްފަށްވަމުން ޒަމާންތަކުގައި ދެމި ހިނގާނެއޭ އައިމާ ތިނެއް ނޮވެންބަރު ދިވެހީންގެ ހިތްތަކަށް (2)ހައިކޮށްނުލާ ދަނީވަދެ ފުންވީ ޝުޢޫރުތައްގައިމޭ އެ ހާދިސާގެ ހަނދާން ވަކިނުވާނެއޭ ފުން ހަމަހިމޭންކަމެއްގެ ތެރޭގައި ގައުމުއޮތީ (2)ސުންޕާކަމެއް ބިރެއްގެ ހިލަން ވެސް ނުވެސްނެތީފެންނާނެ އެންމެރީތި އަމާންކަންމަތީގައޭ އަޑުފަށްގަނޑެއް އިވެންފެށި މާގަދަޔަކަށް ދުރުން (2)މަޑުކޮށްނުލާ ހިމޭން އަލި - [އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން](https://addana.mv/943) - ދުނިޔޭގެ ތާރީޚަށް ނަޒަރު ހިންގާލުމުން ފެންނަމުން ދަނީ އަޖައިބުކުރުވަނިވި ހާދިސާތަކެކެވެ. ހައިރާންވެ އަންތަރީސްވާ ފަދަ މަންޒަރުތަކެކެވެ. ދުނިޔޭގައި އެއް ބަޔަކު ބިމާ ހަމަވެ، ނުތެދުވެވިފައި ވާއިރު، އަނެއް ބަޔަކު ކާމިޔާބުކަމާއެކު ކުރިހޯދަމުން އެ ދަނީ ކީއްވެބާއެވެ؟ ބައިބައިވެފައިވާ މާހައުލެއްގައި އުޅޭ ބައެއްގެ ތެރޭގައި ފިތުނަ އުފެދި، އެކުވެރިކަމުގެ މާހައުލެއްގައި އުޅޭ މީހުން އުފަލާއެކު ހިނިތުންވެފައި އެ ތިބެނީ ކީއްވެބާއެވެ؟ އާއެކެވެ. މި ސުވާލުތަކުގެ ޖަވާބުގައި ބުނެވެން އޮތީ... އެއީ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ކަމުގައެވެ. މިއީ ދެބަސްވެވެން ## Pages - [އީމަޖައްލާ](https://addana.mv/emagazine) - [Addana - MNDF Magazine](https://addana.mv/addana-mndf-magazine) - [User](https://addana.mv/user) - [ultimatemember form_id="1928"] - [Login](https://addana.mv/login) - [ultimatemember form_id="1927"] - [Blog](https://addana.mv/blog) - [ސިފައިން](https://addana.mv/ސިފައިން) - [ފުރަތަމަ ސަފުހާ](https://addana.mv/ފުރަތަމަ-ސަފުހާ) ## Products - [އައްޑަނަ މަޖައްލާ 38](https://addana.mv/product/އައްޑަނަ-މަޖައްލާ-38) ## Categories - [އެހެނިހެން](https://addana.mv/category/އެހެނިހެން) - [ކުޅިވަރު](https://addana.mv/category/kulhivaru) - [އިޖުތިމާޢީ](https://addana.mv/category/ijuthimaaee) - [އެއްބައިވަންތަކަން](https://addana.mv/category/ebbaivanthakan) - [އެޑިޓަރުގެ ހޮވުން](https://addana.mv/category/editors-pick) - [އޮޕީނިއަން](https://addana.mv/category/opinion) - [ވާހަކަ](https://addana.mv/category/vaahaka) - [މީހުން](https://addana.mv/category/people) - [ބަހާއި އަދަބު](https://addana.mv/category/bahaai-adhabu) - [ދީން](https://addana.mv/category/ދީނާއި-ދުނިޔެ/religious) - [ދުނިޔެ](https://addana.mv/category/ދީނާއި-ދުނިޔެ/world) - [ދުޅަހެޔޮ](https://addana.mv/category/ދުޅަހެޔޮ) - [ތާރީޚް](https://addana.mv/category/history-and-culture/history) - [ތިނެއް ނޮވެންބަރު](https://addana.mv/category/history-and-culture/november-third) - [ލުއި މަޢުލޫމާތު](https://addana.mv/category/ijuthimaaee/lui-mauloomaath) - [ޤައުމިއްޔަތު](https://addana.mv/category/qaumiyyath) - [ސަމާސާއަދަބު](https://addana.mv/category/ސަމާސާއަދަބު) - [ސިފައިން](https://addana.mv/category/people/sifain) - [ޝަޚްޞިއްޔަތު](https://addana.mv/category/people/shahsiyyath) - [ޞިއްޙަތު](https://addana.mv/category/health) - [ހާދިސާ](https://addana.mv/category/history-and-culture/haadhisaa) - [ޅެންބަހުރުވަ](https://addana.mv/category/bahaai-adhabu/lhen-bahuruva) - [އާދަކާދަ](https://addana.mv/category/bahaai-adhabu/aadhakaadha) - [މާދަރީ ބަސް](https://addana.mv/category/bahaai-adhabu/maadharee-bas) - [މަޤުބޫލު](https://addana.mv/category/popular) - [ޓެކްނޮލޮޖީ](https://addana.mv/category/ijuthimaaee/lui-mauloomaath/technology) - [ދިވެހި ތާރީޚު](https://addana.mv/category/history-and-culture/ދިވެހި-ތާރީޚު) - [ދިވެހިބަސް](https://addana.mv/category/bahaai-adhabu/dhivehi-bas) - [ޅެން](https://addana.mv/category/bahaai-adhabu/lhen) - [ދީނާއި ދުނިޔެ](https://addana.mv/category/ދީނާއި-ދުނިޔެ) - [އިސްލާމީ ތާރީޚު](https://addana.mv/category/ދީނާއި-ދުނިޔެ/އިސްލާމީ-ތާރީޚު) - [އަންހެން ސިފައިން](https://addana.mv/category/people/sifain/އަންހެން-ސިފައިން) - [ހަގީގީ ވާހަކަ](https://addana.mv/category/vaahaka/ހަގީގީ-ވާހަކަ) - [ސިފައިންގެ ތާރީޚު](https://addana.mv/category/history-and-culture/ސިފައިންގެ-ތާރީޚު) - [ކާނާ](https://addana.mv/category/health/ކާނާ) - [ޖޯގްރަފީ](https://addana.mv/category/ijuthimaaee/lui-mauloomaath/ޖޯގްރަފީ) - [މެނޭޖްމަންޓް](https://addana.mv/category/ijuthimaaee/lui-mauloomaath/technology/management) - [ފިލޯސަފީ](https://addana.mv/category/ފިލޯސަފީ) - [ސައިންސް](https://addana.mv/category/ސައިންސް) - [މުޖުތަމަޢު](https://addana.mv/category/ijuthimaaee/society) - [ކަވަރ ސްޓޯރީ](https://addana.mv/category/cover-story) - [ޢުމްރާނީ](https://addana.mv/category/people/sifain/ޢުމްރާނީ) - [އަސްކަރީ](https://addana.mv/category/people/sifain/އަސްކަރީ) - [ބަހުރުވަ](https://addana.mv/category/bahaai-adhabu/bahuruva) - [ތަޢުލީމް](https://addana.mv/category/ijuthimaaee/education) - [އޮބިޗުއަރީ](https://addana.mv/category/people/shahsiyyath/އޮބިޗުއަރީ) - [އަންހެނުން](https://addana.mv/category/ijuthimaaee/women) - [ލީޑަރޝިޕް](https://addana.mv/category/ijuthimaaee/lui-mauloomaath/leadership) - [ތަޖުރިބާ](https://addana.mv/category/history-and-culture/haadhisaa/ތަޖުރިބާ) - [ސުނާމީ ކާރިސާ](https://addana.mv/category/history-and-culture/ސުނާމީ-ކާރިސާ) - [ތިމާވެށި](https://addana.mv/category/ijuthimaaee/lui-mauloomaath/environment) - [ސަގާފަތް](https://addana.mv/category/history-and-culture/ސަގާފަތް) - [ތާރީޚާއި ސަގާފަތު](https://addana.mv/category/history-and-culture) - [އަދަބު](https://addana.mv/category/bahaai-adhabu/adhabu) ## Tags - [ހަނގުރާމަ](https://addana.mv/tag/ހަނގުރާމަ) - [ހޮޅިން](https://addana.mv/tag/ހޮޅިން) - [ނަޞްރުގެ ދުވަސް](https://addana.mv/tag/ނަޞްރުގެ-ދުވަސް) - [ރަންނަމާރި](https://addana.mv/tag/ރަންނަމާރި) - [ރެކްރޫޓް](https://addana.mv/tag/ރެކްރޫޓް) - [ބިދޭސީން](https://addana.mv/tag/ބިދޭސީން) - [ބޮޑުހަނގުރާމަ](https://addana.mv/tag/ބޮޑުހަނގުރާމަ) - [ބޮޑުރާޅު](https://addana.mv/tag/ބޮޑުރާޅު) - [ކަޅުއޮއްފުންމި](https://addana.mv/tag/ކަޅުއޮއްފުންމި) - [ކަސްރަތު](https://addana.mv/tag/ކަސްރަތު) - [ކޯއްޓޭ](https://addana.mv/tag/ކޯއްޓޭ) - [އަނދިރިއަނދިރިން](https://addana.mv/tag/އަނދިރިއަނދިރިން) - [އަންހެން ސިފައިން](https://addana.mv/tag/އަންހެން-ސިފައިން) - [އަޅުވެތިކަން](https://addana.mv/tag/އަޅުވެތިކަން) - [އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް](https://addana.mv/tag/އައްސުލްޠާން-މުޙައްމަދު-ފަރީދުލް-އަ) - [އަލިފާނުގެ ހާދިސާ](https://addana.mv/tag/އަލިފާނުގެ-ހާދިސާ) - [އަލީރަސްގެފާނު](https://addana.mv/tag/އަލީރަސްގެފާނު) - [އިންސިޑެންޓް](https://addana.mv/tag/އިންސިޑެންޓް) - [ޢުދުވާން](https://addana.mv/tag/ޢުދުވާން) - [މިނިވަންކަން](https://addana.mv/tag/މިނިވަންކަން) - [މުޙައްމަދު ތަކުރުފާނު](https://addana.mv/tag/މުޙައްމަދު-ތަކުރުފާނު) - [މޯރީ ގަރާޖު](https://addana.mv/tag/މޯރީ-ގަރާޖު) - [ފަޔަރ އެންޑް ރެސްކިޔު ސާރވިސް](https://addana.mv/tag/ފަޔަރ-އެންޑް-ރެސްކިޔު-ސާރވިސް) - [ދަންފަޅި](https://addana.mv/tag/ދަންފަޅި) - [ދަންޑަހެލު](https://addana.mv/tag/ދަންޑަހެލު) - [ދިދަނެގުން](https://addana.mv/tag/ދިދަނެގުން) - [ދުންފަތް](https://addana.mv/tag/ދުންފަތް) - [ދުޅަހެޔޮކަން](https://addana.mv/tag/ދުޅަހެޔޮކަން) - [ތިނެއް ނޮވެންބަރު](https://addana.mv/tag/ތިނެއް-ނޮވެންބަރު) - [ޤައުމިއްޔަތު](https://addana.mv/tag/ޤައުމިއްޔަތު) - [ޤައުމީ ރޫޙް](https://addana.mv/tag/ޤައުމީ-ރޫޙް) - [ޤައުމީ ވާޖިބު](https://addana.mv/tag/ޤައުމީ-ވާޖިބު) - [ޤައުމީ ސަލާމަތް](https://addana.mv/tag/ޤައުމީ-ސަލާމަތް) - [ޤައުމު](https://addana.mv/tag/ޤައުމު) - [ސައިކުރާ އިބްރާހީމް ނަޢީމް](https://addana.mv/tag/ސައިކުރާ-އިބްރާހީމް-ނަޢީމް) - [ސިނގިރެޓް](https://addana.mv/tag/ސިނގިރެޓް) - [ސިފައިން](https://addana.mv/tag/ސިފައިން) - [ސިފައިންގެ ދިދަ](https://addana.mv/tag/ސިފައިންގެ-ދިދަ) - [ސުނާމީ](https://addana.mv/tag/ސުނާމީ) - [ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު](https://addana.mv/tag/ސުމުއްވުލް-އަމީރު-ޢަބްދުލްމަޖީދު-ރަ) - [ސުލްހަ](https://addana.mv/tag/ސުލްހަ) - [ޝަހީދުން](https://addana.mv/tag/ޝަހީދުން) - [ޞިއްޙަތު](https://addana.mv/tag/ޞިއްޙަތު) - [ޑައިވްކުރުން](https://addana.mv/tag/ޑައިވްކުރުން) - [ޑިސިޕްލިންގ](https://addana.mv/tag/ޑިސިޕްލިންގ) - [ޔުނައިޓެޑް ނޭޝަންސް](https://addana.mv/tag/ޔުނައިޓެޑް-ނޭޝަންސް) - [ޕީޓީ](https://addana.mv/tag/ޕީޓީ) - [ޕޯޗުގީޒުން](https://addana.mv/tag/ޕޯޗުގީޒުން) - [ޕޯޗްގީޒުން](https://addana.mv/tag/ޕޯޗްގީޒުން) - [ޕްލޯޓް ޖަމާޢަތް](https://addana.mv/tag/ޕްލޯޓް-ޖަމާޢަތް) - [ޖުމުހޫރީ މައިދާން](https://addana.mv/tag/ޖުމުހޫރީ-މައިދާން) - [ސިޔާދަތު](https://addana.mv/tag/ސިޔާދަތު) - [ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު](https://addana.mv/tag/ދިވެހިރާއްޖޭގެ-ޤައުމީ-ދިފާޢީ-ބާރު) - [ހުރަވީ ދުވަސް](https://addana.mv/tag/ހުރަވީ-ދުވަސް) - [ގައުމީ ދުވަސް](https://addana.mv/tag/ގައުމީ-ދުވަސް) - [ޝަހީދުންގެ ދުވަސް](https://addana.mv/tag/ޝަހީދުންގެ-ދުވަސް) - [ބަޠަލުން](https://addana.mv/tag/ބަޠަލުން) - [ހަގީގީ ހާދިސާ](https://addana.mv/tag/ހަގީގީ-ހާދިސާ) - [އެކްސިޑެންޓް](https://addana.mv/tag/އެކްސިޑެންޓް) - [ޕޮލިސް](https://addana.mv/tag/ޕޮލިސް) - [ޕެޓްރޯޑޮލަރު](https://addana.mv/tag/ޕެޓްރޯޑޮލަރު) - [އިގުތިސާދު](https://addana.mv/tag/އިގުތިސާދު) - [އެމެރިކާ](https://addana.mv/tag/އެމެރިކާ) - [އެމެރިކާ ޑޮލަރު](https://addana.mv/tag/އެމެރިކާ-ޑޮލަރު) - [އަސްކަރިއްޔާ](https://addana.mv/tag/އަސްކަރިއްޔާ) - [ޓެކްނޮލޮޖީ](https://addana.mv/tag/ޓެކްނޮލޮޖީ) - [ސެކިއުރިޓީ](https://addana.mv/tag/ސެކިއުރިޓީ) - [އިސްތިރާޖީ](https://addana.mv/tag/އިސްތިރާޖީ) - [ނެޓްވޯކް-ސެންޓްރިކް ވޯފެއަރ](https://addana.mv/tag/ނެޓްވޯކް-ސެންޓްރިކް-ވޯފެއަރ) - [ހައިބްރިޑް ހަނގުރާމަ](https://addana.mv/tag/ހައިބްރިޑް-ހަނގުރާމަ) - [ދެވަނަ ބޮޑުހަނގުރާމަ](https://addana.mv/tag/ދެވަނަ-ބޮޑުހަނގުރާމަ) - [ބަޑިގުދަން](https://addana.mv/tag/ބަޑިގުދަން) - [ކެލާތުނޑި](https://addana.mv/tag/ކެލާތުނޑި) - [ހޮނުދަގަނޑު](https://addana.mv/tag/ހޮނުދަގަނޑު) - [ޕަންޕުވަޅު](https://addana.mv/tag/ޕަންޕުވަޅު) - [ބޯޓުގަނޑު](https://addana.mv/tag/ބޯޓުގަނޑު) - [އިނގިރޭސި ސިފައިން](https://addana.mv/tag/އިނގިރޭސި-ސިފައިން) - [މަސްތުވާތަކެތީގެ ވަބާ](https://addana.mv/tag/މަސްތުވާތަކެތީގެ-ވަބާ) - [މުޖުތަމަޢުގެ ޒިންމާ](https://addana.mv/tag/މުޖުތަމަޢުގެ-ޒިންމާ) - [އެއްބައެއްވަންތަކަން](https://addana.mv/tag/އެއްބައެއްވަންތަކަން) - [ޒުވާނުން](https://addana.mv/tag/ޒުވާނުން) - [ރަސްމީ ބަސް](https://addana.mv/tag/ރަސްމީ-ބަސް) - [ގައުމިއްޔަތު](https://addana.mv/tag/ގައުމިއްޔަތު) - [މާދަރީބަސް](https://addana.mv/tag/މާދަރީބަސް) - [ރަވައްޔާ](https://addana.mv/tag/ރަވައްޔާ) ## Product categories - [Uncategorized](https://addana.mv/product-category/uncategorized)