އެކުވެރިވެގެން އެންމެންއެކީ ކުރަމާ ޖިހާދެއް ހެޔޮހިތުން
އެކުގައި މި މާތް މަސްލަހަތުގާ ކުރިޔަށް ހިނގާށޭ ވިސްނަމުން
އުފަކާރަވީ ގޮތްތައްބަލާ ހޯދާށެ ވިސްނުންތެރިން
ބުރަޔަސް ކުރަން ގައުމީކަމެއް ނަމަ ދާށެތިޔަ ޚިދުމަތްތެރިން
މިއަދު މި ގައުމުގެ އިލްތިމާސް! ފުރަގަސް ނުދޭށޭ ތިޔަ ދަރިން
ފަންނީ ހުނަރުތައް ހޯދަމުން ރަންވަނަތަކަށް ފުރުސަތުދެމުން
ނަންހުރި ދަރިން ކަމުގައިވެގެން ކަންކަމުގެ ތެރެއަށް ލޯދެމުން
ގެންނާށެ ފަހިކަން ދާއިމަށް ފަތުރާލުމަށް މި ދިވެހި ބިމަށް
އެންމެންގެ ކުރިމަގު އަލިކުރާ ތަނަކަށް މިތަން ވާނޭގޮތުން
މީއަދު މި ގައުމުގެ އިލްތިމާސް! ފުރަގަސް ނުދޭށޭ ތިޔަ ދަރިން
ދިވެހިންގެ ޢަޒުމާ ހިތްވަރާ ނެރެދޭށެ ގައުމީ ކަންކަމުން
ދިވެހިންގެ ނަން މުޅި ދުނިޔެއަށް ދައްކާލަދޭނޭ ފަދައަކުން
ދިވެހިންގެ ހުރި އެކުވެރިކަމާއި ސުލްޙައިގެ މަތިވެތިކަން ވަކިން
ދިރިދާނެ ގޮތުގާ ދާއިމަށް އުފުލާށެ ތި ދަރިން އަތްމަތިން
މީއަދު މި ގައުމުގެ އިލްތިމާސް! ފުރަގަސް ނުދޭށޭ ތިޔަ ދަރިން
ގައުމަށްޓަކާ ގައުމީ ނިޝާން ވިހުރާލަދޭށޭ އަދުހެމުން
ޤައުމީސަލާމުގެ މާނައަށް ވިސްނާލުމަށް މަޑުޖެހިލަމުން
ޤައުމީރުކުންތަކުގާހިފައި ކުރިޔަށް އަރާށޭ ހިއްވަރުން
ޤައުމަށްނަސުރު ހޯދާލުމަށް ޢަޒުމާއެކީ ޤައުމުގެދަރިން
މީއަދު މިޤައުމުގެ އިލްތިމާސް! ފުރަގަސްނުދޭށޭ ތިޔަދަރިން