ޤައުމަށް ޓަކައި އޮންނަ ލޯތްބަކީ ހިތުގެ ފުންމިނުން ބިންވަޅު ނެގިފައިވާ ލޯތްބަކަށް ވާންޖެހޭނެއެވެ. ކޮންމެ ސިފައިންގެ މީހަކު ވެސް އެ މީހެއްގެ އެންމެ އިސް ވާޖިބުގެ ގޮތުގައި ދިވެހި ޤައުމު އިޚްތިޔާރުކުރި ދުވަހުން ފެށިގެން، އަޒުމަކަށް ވެފައި އޮންނަންޖެހޭނީ އިޚްލާސްތެރިކަމާ އެކު އެންމެ ފުރިހަމަގޮތުގައި މި ޤައުމަށް ޚިދުމަތްކޮށްދިނުމެވެ.
އަޅުގަނޑުމެން ސިފައިންނަށް ވަނީ ނިމުމެއްނެތް ރޭތަކާއި ދުވާލުތަކެވެ. ދީނާއި ޤައުމާއި ރައްޔިތުންނާއި މުދާ ސަލާމަތްކުރުމަށް އޮތް ބޮޑު ޒިންމާތަކެވެ. އަޅުގަނޑުމެންގެ ހިތްތައް ހިމޭންކަމާ އެކު ފޯރިމަރަމުންދަނީ ޤައުމީ ފޯރީގައި އަޒުމާއި ހިތްވަރުގައެވެ. ސާބިތުކަމާއި ކެތްތެރިކަމާ އެކުގައެވެ. އާއިލާއާ ގާތުން އަދި ދުރުގައި ވެސް މެއެވެ.
އަޅުގަނޑުމެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އޭގައި މާނައެއް އެކުލެވޭ، ”މިއީ ޤައުމަށް ޓަކައި އަޅާ ފަޚުރުވެރި ފިޔަވަޅެކޭ“ ބުނާ ފަދައިން އިސްތައް އުފުލާލާ މަގުންނެވެ. އަޅުގަނޑުމެންގެ މަސައްކަތުގައި ގައިމު ވެސް ވަނީ އިޙްލާސްތެރި އަދި ތެދުވެރިކަމެވެ. އަޅުގަނޑުމެންގެ ހިތާއި ދުލުން އަބަދުވެސް އިވެންވާނީ، މި ޤައުމަށް ޓަކައި އަޅުގަނޑުމެން އަބަދުވެސް ސާބިތުވެ ހުންނާނަމެވެ. ނުރައްކާތަކާއި އަންނަ އުންޑައިން އަރާ ތަދަކަށް، ގެއްލިދާނެ ފުރާނައަކަށް ބެލުމެއްނެތިއެވެ. އަޒުމު ނުގުޑާނެއެވެ. ކިތަންމެ ފަހަރަކު ވެއްޓުނަސް ތެދުވާނަމެވެ. ފުރާނަ ގޮސްގެން މެނުވީ ހިތްވަރު ދުލެއްމެ ނުކުރާނަމެވެ. މިއީ ސިފައިންގެ މީހެއްގެ ހިމޭން ޤުރުބާނީއަކަށް ވާންޖެހެއެވެ.
ކުރާކޮންމެ ކަމެއްގައި މަތިކުރާނީ ޤައުމީ ޤުރުބާނީއެވެ. ކުރިމަތިވާ ކޮންމެ ނުރައްކަލަކީ އަޅުގަނޑުމެންގެ ފަޚުރުވެރި ނިޝާން ފެހި، ރަތް އަދި ހުދަށް ސަލާމްކުރަމުން ޤައުމު އިސްކުރާ ހާލުގައިވާ ޤުރުބާނީއެއްކަމުގައި ހަދާނަމެވެ. އަޅުގަނޑުގެ ފުރާނައިން މި ޤައުމު ދިފާޢުކުރާނަމެވެ. މިއީ އަޅުގަނޑުގެ އަޒުމެވެ. ދެންއޮތީ ސުވާލެކެވެ! އަދި އޭގައި ޖަވާބު ވެސް ދެމާ ހެއްޔެވެ! ހައްތަހާ ވެސް ހިމޭންކަމުގައި ވަނީ ބޭނުންވާ ޤުރުބާނީތަކެވެ.
ޤައުމަށް ޓަކައި ސާބިތުވެ ތިބޭނަމު ހެއްޔެވެ؟ އާދޭހެވެ! އަޅުގަނޑުމެންގެ ހުވާގައި ވަނީ އެފަދައިންނެވެ! އަޅުގަނޑަށް ކަރުނައިގެ ވަގުތުތައް ގެއްލޭނެއެވެ. ސަބަބަކީ އަޅުގަނޑު މަރުވެއްޖެ ނަމަ ނުވަތަ ޝަހީދުވެއްޖެ ނަމަ އަޅުގަނޑު ކަރުނައެއް ނާޅާނެތީއެވެ. ޝަހީދެއްގެ ދަރަޖައިގައި މި މަގުން މިކަން ހިނގައިފި ނަމަ އަޅުގަނޑަށް ޓަކައި އެތައް ބަޔަކު ކަރުނައަޅާނެއެވެ. މުޅި ޤައުމަށް މޮޅީގެ ސާލެއް ލާނެއެވެ. އަޅުގަނޑު ކުރިއަށްދާނީ ޝަހީދެއްގެ އަޒުމުގައެވެ. އަޅުގަނޑު އަބަދުވެސް އަޅުގަނޑުގެ ވާޖިބަށް އިޖާބަދޭނަމެވެ. އެއްވެސް ނުރައްކަލެއް އަދި ތޫފާނަކަށް އަޅުގަނޑު ފިލާއޮތުމެއް ގަސްތެއް ނުކުރާނަމެވެ. ނަމަވެސް އަންނަ ނުބައި ރާޅެއްގައި އަޅުގަނޑު ވެސް ވެއްޓިދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ހިތްވަރެއް ނުގުޑާނެއެވެ. އެއީ އަޅުގަނޑު ހިފާފައިވާ މަތިވެރި އަހުދަށް ޓަކައެވެ. ހިތުގެ ފުންމިނުން މެނުވީ މިފަދަ ޤުރުބާނީތައް އަޅުގަނޑުމެން ކިޔާ ނޫޅެމުއެވެ.
މި ޤައުމަށް ޓަކައި އަޅުގަނޑު ސާބިތުވެ ހުންނާނަމެވެ. މާދަމާގެ އިރުއަރަނީ އަޅުގަނޑުގެ ފުރާނައާ އެކުގައި ކަމަށް ނުވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުގެ ހަނދާން އަބަދުވެސް ޤައުމު އައުކުރާނެއެވެ. އެއީ އަޅުގަނޑުގެ އަޒުމު ޤައުމަށް ޓަކައި ފަޚުރެއްގެ ގޮތުގައި ބެލީތީއެވެ. އަބަދުވެސް އަޅުގަނޑު ވާނީ މި ޤައުމަށް ޓަކައި، ސާބިތު ތެދުވެރި ދަރިއެއްގޮތުގައެވެ. ޤައުމަށް ޓަކައި އަޅުގަނޑު ހުންނާނީ ސާބިތުކަމާ އެކުއެވެ. އަޅުގަނޑުގެ ފަހު ނޭވާއާ ހަމައަށް ވެސް މެއެވެ. އެއްވެސް ހިތާމައެއް ނެތެވެ. ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. މި ޤައުމަށް ޓަކައި އަޅުގަނޑުގެ ޖާނާއި މާލުން ޤުރުބާންވާން ކެރޭ އަދި އެފަދައިން ބުނާ ދަރީންތަކެއްގެ ގޮތުގައި ޝަހީދުވެ ދާށެވެ. ސިފައިންގެ މީހަކަށް ވީތީ ޤައުމާ މެދު ފަޚުރުވެރިވާށެވެ. ޤައުމަށް ޓަކައި އަދާކުރާ ޒިންމާއަކީ އަބަދުވެސް ތިމާއާއި އަމިއްލަ އާއިލާ އަދި ޤައުމު ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި ހަދާށެވެ. ހިމޭންޤުރުބާނީގައި ޤައުމަށް ނަސްރުދޭށެވެ.
