ރަމަޟާން މަހަކީ ހަމައެކަނި ރޫހާނީ ކަންކަމަށް އޮތް މަހެއް ނޫނެވެ. މިއީ ހަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށް، ބަރުދަން ލުއިކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ކީރިތި ޤުރުއާނުގެ އިރުޝާދު

މާތް الله ވަހީކުރައްވާފައިވެއެވެ: ”އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ.“ (ސޫރަތުލް އަޢުރާފް: 31)

މި އާޔަތުން އެނގެނީ ކެއިންބުއިމުގައި މެދުމިންގަނޑެއް ހިފެހެއްޓުމުގެ މުހިންމުކަމެވެ. މިއީ ބަރުދަން ލުއިކުރުމުގެ އެންމެ މުހިންމު ބިންގަލެވެ.

ރަމަޟާން މަހުގެ ސިއްޙީ ފައިދާތައް:

މެޓަބޮލިޒަމް ރަނގަޅުވުން:

ރޯދައަށް ހުންނަ ވަގުތު، ހަށިގަނޑުން ހަކަތަ ހޯދުމަށްޓަކައި ރައްކާކުރެވިފައިވާ ސަރުބީ (fat) އަންދަން ފަށައެވެ. މީގެ ސަބަބުން ބަރުދަން ލުއިވެ، އިންސިއުލިން މަސައްކަތްކުރާ މިންވަރު ރަނގަޅުވެއެވެ.

ހިތުގެ ދުޅަހެޔޮކަން:

ބަރުދަން ލުއިވުމުން ހިތަށް ކުރާ ބާރު ކުޑަވެ، ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މިންވަރު ދަށްވެއެވެ. މީގެ ސަބަބުން ތަރާވީޙް ނަމާދު ފަދަ އަޅުކަންތަކުގައި ވަރުބަލިކަމެއް ނެތި އުޅުމަށް ފަސޭހަވެއެވެ.

ހަށިގަނޑަށް ލުއިކަން އިހުސާސްވުން:

ސަރުބީ އަންދަން ފެށުމުން ހުޅުތަކާއި މަސްތަކަށް ކުރާ ބާރު ކުޑަވެ، ހަށިގަނޑަށް ލުއިކަމާއި ހަކަތަ ލިބިގެންދެއެވެ.

•ހަޖަމުކުރުމުގެ ނިޒާމަށް އަރާމުލިބުން:

ރޯދައިގެ ސަބަބުން ބަނޑުހިކުމާއި، ބަނޑު ފުއްޕުން ފަދަ މައްސަލަތައް މަދުވެ، ހަޖަމުކުރުމުގެ ނިޒާމަށް ބޭނުންވާ އަރާމު ލިބެއެވެ.

ނިދި ރަނގަޅުވުން:

ބަރުދަން ލުއިވުމަކީ ނިދާއިރު ނޭވާލާން ފަސޭހަވެ، އަރާމު ނިދި ލިބުމަށް އެހީތެރިވެދޭ ކަމެކެވެ. ރަމަޟާން މަހަކީ މާތް الله އަށް ކުއްތަންވުމުގެ އިތުރުން، އަމިއްލަ ނަފްސާއި ހަށިގަނޑު ތާހިރުކޮށް ދުޅަހެޔޮކުރުމަށް ލިބޭ ރަޙުމަތެކެވެ. މެދުމިންގަނޑެއްގައި ކެއިންބުއިން ބަހައްޓައިގެން ރޯދަ ހިފުމުން، ހަށިގަނޑަށާއި ރޫޙަށް ބޮޑު ބަދަލެއް އަންނާނެއެވެ.

ޝެއަރކުރެއްވުމަށް