ސީއީ. އިން 8 ވަނަ ގަރުނުގައި ބަޣުދާދު ޢިމާރާތްކުރެވުނުފަހުން ބަޣުދާދަކީ ފަޚުރުވެރި ޘަޤާފަތަކާއި މަޝްހޫރު އެތައްތަންތަނަކާއި މިސްކިތްތަކާއި މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި އެތަކެއް ސަތޭކަ ޕަބްލިކް އަދި ޕްރައިވެޓް ކުދި، ބޮޑު ލައިބްރަރީތައް ހިމެނިފަވާ މުސްލިމުންގެ ފަޚުރެވެ. އެއީ، ޢައްބާސީ ޑައިނަސިޓީ ފަށްސަތޭކަ އަހަރުވެރިކަންކުރި ކެޕިޓަލްއެވެ. ބޮޑެތި ޚަލީފާއިން، ވަޒީރުން، ލިޔުންތެރިން، ފިލޯސަފަރުން، ދީނީ އިމާމުން އެންމެން އެތާ ދިރިއުޅުއްވިތަނެވެ. އިމާމު އަލް ޣަޒާލީ ކިޔަވާ ވިދާޅުވީ މަޝްހޫރު ނިޒާމިޔާ ކޮލެޖްއާއި އަބޫ ޙަނީފާ (ރަޟިޔަ ﷲ ޢަންހު)، އަލް އިމާމު އަލް އަދަމް ދިރިއުޅުއްވީ އަދި އަވަހާރަވީވެސް ބަޣުދާދުގައެވެ.
ޢައްބާސީން އެބައިމީހުންނަށް ނިސްބަތްކޮށްއުޅުނީ، އެއީ ވައް ތިންފާރުގެ އެތެރޭގައިވާ ”ދާރުއް ސަލާމް“ (ޞުލްޙައިގެ ގެ) ކަމުގައެވެ. މެދުގައިވަނީ ޚަލީފާގެ ގަނޑުވަރާއި ބޮޑު މިސްކިތެވެ. ބަޣުދާދުއަކީ ލިބެންހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ހިފައިގެން ހުރިހާ ބާވަތެއްގެ ފޮތްތައް ތަރުޖަމާކުރެވި، ކޮޕީ ކުރެވި އަދި ގުއްރާސް ޖެހި ގެން އެތަނެއްގައި ދިޔަ ޙަޤީޤީ ޢިލްމުގެ ޝަހަރެވެ. ހަމައެކަނި ޢަލް -ޢަންދުލުސް އެންމެ ދުރުގައިވާ ކޯރޑޮބާ Cordoba ގެ މާދުރަށް ބަޣުދާދުގެ ޚަލީފާގެ މަތިވެރިކަންވަނީ ފެތުރިގެން ގޮސްފައެވެ.
ސީއީ.ގެ 13 ވަނަ ޤަރުނުގެ މެދުތެރޭގައި ދާރުލް އިސްލާމުގެ ވަޙުދަތު ގެއްލިގޮސް ޢައްބާސީ ދައުލަތް ބަލިކަށިވެގެން ދިޔައެވެ. އިސްލާމީ ދުނިޔެ ބައިބައިވެ އިރުމަތީގައި ގޯހރިޑްސް Ghrids، ޣަޒުނަވިޑްސް Ghaznavids އަދި ސަމަނިޑްސް Samanids ހުޅަނގުގައި ރަމްގެ ސެލްޖުގްސް Seljuqs of Rum،އައްޔޫބިޑްސް Ayyubids އާއި މުވާހިޑްސް Muwahhids ފަދަ ކުދިކުދި މިނިވަން ދައުލަތްތަކެއް އުފެދިގެން ދިއައެވެ.

މެދުތެރޭ އޭޝިއާގެ ގިނަ ސަރަޙައްދުތަކެއް ސީއީ. 13 ގަރުނުގެ ކުރީކޮޅުގައި ގެންގިޝް ޚާންގެ ދަށަށް ދިއައެވެ. އަނިޔާވެރިކަން ހައްދުފަހައަޅާ ގޮސްފައިވާ މޮންގޯލް ލީޑަރ ގެންގިޝް ޚާންގެ ކާފަ ދަރިކަލުން ހުލަގު ޚާންHulagu Khan ޤަރުނުގެ މެދަކާ ހިސާބުގައި، މީހުން މެރުމާއި ތަންތަން ލޫޓްވާ ސުންނަފަތިކުރުމުގެ ޙަމަލަތައް ފަށަންތައްޔާރުވަމުން ދިއައެވެ. މޮންގޯލިއަނުންނަކީ ޖަންގަލީ ވަޙުޝީ ނޯމެޑިކްnomadic ބައެކެވެ. މިއަދު އެމީހުންގެ ވަޒަނަކީ މޮންގޯލިއާMongolia އެވެ. ބޯދާ އެނިމިސްޓިކްanimistic ދީން ޝަމާނިޒިމްShamanism އެވެ.
އެންމެފަހުން ހުންނެވި ޢައްބާސީ ޚަލީފާ އަލް މުސްތަޢުޞިމް ބިﷲ އަކީ އެހެންމީހެއްގެ މަޝްވަރާއެއް ބޭނުންނުކުރައްވާ ނަފްސަށް ޙައްދެއްނެތި މިންވަރަށް އިތުބާރުކުރައްވާ ބޭފުޅެކެވެ. ހުލަގު ޚާން ބަޣުދާދަށް ޙަމަލަދީފާނެކަމަށް ހީފުޅުވުމުން، ޚަލީފާ މުޢުތަޞިމް ބިالله، ހުލަގު ޚާން ބިރުގަންނަވާ ގޮތަށް ސިޓީފުޅެއް ފޮނުއްވިއެވެ. ޚަލީފާ ހީފުޅުކުރެއްވީ ބަޣުދާދަށް ޙަމަލާދީފިނަމަ މުޅި އިސްލާމީ ދުނިޔޭގެ މަދަދު ލިބޭނެކަމަށެވެ. ހުލަގު ގެ މާސިންގާ ބޮޑު ލަޝްކަރަކާއެކު ކުރިމަތިލުމުން އަލް މުޢުތަޞިމްއަށް ކަމުގެ ބޮޑުކަމާ ނުރައްކައުތެރިކަން ވިސްނިވަޑައިގެންނެވިއިރު ކަމެއްކުރެއްވޭ ވަރަށްވުރެ ވަނީ ލަސްވެފައެވެ.
އަލް- މުސްތަޢުޞިމް، ހުލަގު އަށް ސުލްޠާންގެ ލަޤަބުއެރުއްވުމަށާއި ބަޣުދާދުގައިކުރެވޭ ހުކުރުނަމާދުގެ ޚުޠުބާގައި ހުލަގުގެ ނަންގެނައުމަށް ހުށައަޅުއްވައި ޞުލްހަވެރި މަޝްވަރާ ކުރެވޭތޯ އުޅުއްވިއެވެ. އެހެންނަމަވެސް ހުލަގު ޚާން ގަސްދުކޮށްފަވަނި ޙަމަލާ ދިނުމަށެވެ. އަދި ފެބްރުވަރީ 10، 1258 ދުވަހު، ޢިލްމުވެރިންނާއި ވަލީވެރިންގެ ރަށް ބަޣުދާދު، އަނިޔާވެރި، ބައިބޯ މޮންގޯލިއަނުންގެ އަތްދަށަށް ދިޔައެވެ.
އެތަކެއްސަތޭކަ އެތަކެއްހާސް މަޢުޞޫމު ބައެއްގަތުލުވެގެން ދިޔައެވެ. ރަޙުމެއް ކުލުނެއް ހަމުދަރުދީއެއް ނެތި ޤަތުލު ޢާންމުހިންގުމާ ހަލާކުކުރުމާއި ސުންނާފަތިކުރުންތައް އެތައް ދުވަހަކަށް ދެމިގެން ދިއައެވެ. ޚަލީފާއަށް އޭނާގެ މާލިއްޔަތު ހުށައަޅަން މަޖުބޫރުކުރުވުމާއެކު، އެންމެފަހުން ޚަލިފާގެ ޢާއިލާގެ ބޭފުޅުންނާއެކު ޚަލީފާވެސް ޝަހީދުކޮށްލެވުނީއެވެ.
ޖާހިލު މޮންގޯލިއަނުން ގަޑުވަރުތަކާއި ގެތަކާއި ލައިބްރަރީތައް ފޭރުނެވެ. ބުނެވޭގޮތުގައި ޓިގިރިސް ކޯރުTigris River ގެ ފެންގަޑު ފުރަތަމަ ރަތްވެގެން ދިޔައީ މަރާލެވުނުމީހުންގެ ލެއިންނެވެ. އަދި ދެން ކަޅުވެގެން ދިޔައީ އެކޯރަށް އުކާލެވުނު އަގުނުކުރެވޭފަދަ ލިޔުންތަކާއި ފޮތްތައް ލިޔެފައިވާ ދެލީގެ ކަޅުކުލައިންނެވެ. ފަރުވާތެރިކަމާއެކު ތަރުޖަމާކޮށް، ބައިތު އަލް ޙިކުމާގައި އަތުން ލިޔެފައިވާ ފޮތްތަކާއި އެތައްސަތޭކަ އެހެނިހެން ލައިބުރަރީތަކުގައި އެތައް ސަތޭކަ އަހަރުންދެން އެއްކުރެވިފައިހުރި މައުލޫމާތު މަދު ދުވަސްކޮޅެއްތެރޭގައި ނެތި ފަނާކޮށްލީއެވެ. މުސްލިމުންގެ މެދުގައި ފުޑުފުޑުވަމުންދިއަ ވަޙުދަތުގެ ހިތިނަތީޖާ ފެނިގެން ދިއައިއެވެ.
ހުލަގު Hulagu ގެ ސިފައިންގެ ލަޝްކަރުގައި އެކުލެވިގެންވަނީ މޮންގޯލް އެމްޕެއަރ Mongol Empire ގެހުރިހާ ހިސާބެއްގެ މީހުންނެވެ. މެދުތެރޭ އޭސިއާCentral Asia ގެ ބޮޑެތި ހުރިހާ އިސްލާމީ ގައުމަކާއި ޕާސިއާPersia ފަސޭހަކަމާއެކު ހިފާ އަޅުވެތިކުރިއެވެ. ހުލަގު ޚާންHulagu Khan ޕާސިއާPersia ހިފިއިރު އޭނައާއެކު ދިއަ ޕާސިއާގެ ތާރީޚީ ޢިލްމުގެ ބޮޑު މުއައްރިޚު ’އަލާލް ދީން އަލް ޖުވެނީAla al-Din al-Juwayni އޭނާގެ މަޝްހޫރު ތާރީޚު މޮންގޯލް ކޮންކްއެސްޓްMongol conquest ގައި، މި ބާބޭރިއަންbarbarians އިން ރަށްތަކަށް ޙަމަލާ ދެމުން ދިއަގޮތް ސިފަކުރައްވާފައިވަނީ، ”އެބައިމީހުން އަތުވެއްޖެ، އެބައިމީހުން ހުޅުޖަހާ އަންދައިފި، އެބައިމީހުން ކަތިލައިފި، އެބައިމީހުން ލޫޓުވައިފި، އަދި ދެން ދޫކޮށް ހިގައްޖެ“ އެވެ.
