މާކެޓް ރިސާޗު ފާމެއްކަމަށްވާ އިންޓަނޭޝަނަލް ޑާޓާ ކޯޕަރޭޝަނުން ލަފާކުރާގޮތުގައި 2015 ވަނަ އަހަރުގެ ސްމާޓް ފޯނުގެ ބާޒާރު 49 އިންސައްތައަށް ކުރިއަށްޖެހޭނެކަމުގައެވެ.
2010 ވަނަ އަހަރު 76.9 ބިލިއަން މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށްފައިވާއިރު 2014 ވަނަ އަހަރު 76.9 ބިލިއަން ޑައުންލޯޑްކުރާނެކަމަށް އައިޑީ.ސީގެ މި ހޯދުމުން ލަފާކުރެއެވެ.
މީގެ އިތުރުން މޯބައިލް އޮޕަރޭޓިންގ ސިސްޓަމްތަކުގެ ހަނގުރާމައަށް ބަލާއިރު އެންމެ ބޮންތީގައި އުޅޭނެކަމަށް ލަފާކުރެވެނީ މިހާރުވެސް މޯބައިލް އޯއެސްގައި ރަސްކަންކުރަމުން އަންނަ ގޫގުލްގެ އެންރޮއިޑެވެ. އައިޑީސީގެ ހޯދުންތަކަށްބަލާއިރު އެންޑްރޮއިޑް 45 އިންސައްތަ ހިއްސާކުރާއިރު މަޝްހޫރު ބްލެކްބެރީ 13.7 އިންސައްތަ އަދި އެޕުލް ފޯނަށް ޚާއްޞަ އައިއޯއެސް ހިއްސާކުރާނެކަަމަށް ލަފާކުރެވެނީ 15.3 އިންސައެްތައެވެ.
މިދިރާސާއިން ދައްކާގޮތުގައި ނޮކިޔާގެ ސިމްބިއަން 2015 ވަނަ އަހަރާ ހަމައަށްދާއިރު ގާތްގަނޑަކަށް މަރުވާނެއެވެ. އެހެންނަމަވެސް ނޮކިޔާއިން މިކަމަށް ވަނީ ފިސާރި ވަކަރެއް ޖަހާފައެވެ. މިކަން މިހެންވާނެ ކަމަށް މާކުރިން ނޮކިޔާއަށް އެނގިތިބެ ވަނީ މައިކްރޯސޮފްޓާ ފޫގަޅާލުމަށްފަހު ވަނީ ”ވިންޑޯސް ފޯން 7“ ފައްކާކޮށްފައެވެ. އެހެންކަމުން 2015 ވަނަ އަހަރުގެ ބާޒާރުގައި ވިހި އިންސައްތައާއެކު އެންޑްރޮއިޑުގެ ފަހަތުން ވާދަކުރާނީ ވިންޑޯސް ފޯން 7 އެވެ. އެހެންކަމުން މުސްތަޤުބަލުގައި ވާދަވެރި އެޕުލްގެ އައި އޯއެސް އާއި ބްލެކްބެރީން ފަހަތަށް ޖައްސާލުން ވެގެންދާނީ މިދެއޯއެސްގެ ޑިވެލޮޕަރުންނަށް ކެތްކުރެވޭވަރުގެ ކަމެއް ނޫންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
