ޤަރުނަކަށް ވުރެ ދިގު މާޒީވެފައިވާ ދިވެހި އަސްކަރިއްޔާ ގެ ބަދަހިސަފުތަކަކީ ދިވެހި ޤައުމު ގެ ފަޚުރެވެ. އިސްލާމް ދީނާއި ދިވެހި ޤައުމު ގެ ދިފާއީ އައްޑަނައެވެ. ދިވެހި ރައްޔިތުންގެ ހިތްހަމަޖެހުމާއި ދިވެހި ދީބުގެ އަމާންކަމެވެ. ޤައުމަށްޓަކައި ކެރިގެން ޖިހާދު ކުރުމުގައި ފަސްނުޖެހި އެތުރިގެން ތިބި ދިވެހި އަސްކަރިއްޔާގެ ބަދަހިސަފުތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ ކޮން އެއްޗެއްތޯއެވެ. ހަމަޔަގީނުންވެސް ހާމަކަން ބޮޑު ގޮތެއްގައި އެނގެނީ މާޒީންެ އިބްރަތް ހޯދުމަށް މަޖްބޫރު ކުރުވާފައިވާކަމެވެ. ކާބަފައިންގެ އަގުހުރި މަސަަައްކަތަށް ޝުުކުރުވެރި ހިތަކާއިގެން ވިސްނުން ހިންގަން ޖެހޭކަމެވެ.
މާޒީވި ދިވެހި އަސްކަރިއްޔާގެ ތަފާތު ހިންގުންތެރި ވެރިންނަށް ޝުކުރު އަދާ ކުރަންޖެހޭ ކަމެވެ. އެވެރިންގެ ދުރުވިސްނުމާއި ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށް ވެފައިވާ ޤުރުބާނީ ގެ މަތިން ހަނދާން ކުރަންޖެހޭކަމެވެ. މިއަދުގެ ޖީލަށް ދިވެހި އަސްކަރިއްޔާ ޤައުމުގެ ފަޚުރުގެ ގޮތުގައި ގެނެސްދީފައިވާ ގޮތްބަލަން ޖެހޭކަމެވެ. އެހެންކަމުން އެތެރޭންނާއި ބޭރުން ޤައުމަށް ދިމާވަމުންދިޔަ ތަފާތު ހުރަސްތަކާއި ކުރިމަތިލީގޮތް ބަލާލުން ކީއްތޯއެވެ؟
ޤައުމުގެ އުފަލައި ހިތާމައިގައި ދިވެހި އަސްކަރިއްޔާވި ޤުރުބާނީ މަޒީވެފައިވާ ތަނުން ފެންނަށް އެބޮތެއެވެ. މިއީ ދިރިހުރި ޙަޤީގަތެވެ. ޤައުމީ ޖޯޝުން ޤައުމަށް ޚިދުމަތް ކުރުމަށް ދިވެހި އަސްކަރިޔާ އަބަދުވެސް ވަނީ ތައްޔާރަށެވެ. އެއްބައިވަންތަ އެއްބައެއްގެ ގޮތުގައި ދިވެހި އަސްކަރިިއްޔާ ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމިތިބީ ހުރަސްތަކަށް ކެރިންގެން ކުރިމަތިލުމުގައެވެ. ދިމާވާ ކޮންމެ ބޮޑު އަދި ކުޑަ ކަމެެއްގައި ޤައުމީ ޚިދުމަތުގައި މަސައްކަތް ކުރަނީ ބަދަހިކަމާއި އެކުވެރިކަމުގައެވެ. މަސައްކަތް ކާމިޔާބުކުރުމުގެ ރޫހުގައެވެ. މިކަމުގެ ނަތީޖާއަކަށްވީ ދިވެހި އަސްކަރިއްޔާއިންް އެތަށް އަލިގަދަ ބަޠަލުންތަކެއް އުފެދުމެވެ. އަދި ޤައުމުގެ ހިއްވަރުގަދަ މުޖާހިދުން އުފެދި ފެނިގެން ގޮސްފައިވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއިންނޭ ދެންނެެވުމަކީ ދޮގަކަށް ނުވާނެއެވެ.
ޤައުމީ ލޯބިދީ ވަޠަންގެ ލޯބި ދަސްކޮށްދިނީ ދިވެހި އަސްކަރިއްޔާގެ ޚިދުމަތް ތެރިންނެއެވެ. ދިވެހި އަސްކަރިއްޔާގެ ކާބަފައިންނެވެ. ޒަމާނަށްއައި ބަދާލާއެކު އަންނަމުން ދިޔަ ހަލުވި ބަދަލުވުން ފަހަރެއްގައިވެސް އަސްކަރިއްޔާގެ ހަރު ބޭކަލުންގެ ޚިދުމަތްތެެރިންގެ މަތިން ހަނދާން ނައްތާލެވިގެން ނުވާނެވެ. ޙަޤީގަތުގައި އެކާބަފައިން ސިފައިންގެ ޚިދުމަތްކޮށްދެއްވީ އަގު ނުކުރެވޭ ވަރުގެ ޚިދުމަތްތަކެކެވެ. ޤައުމަށް ކޮށްދެއްވީ ޚިދުމަތް ރަންއަކުރުން ފާހަނގަ ކުރަންޖެހޭނެ ޚިދުމަތްތަކެވެ. ވަސީލަތްތައް މަދު އަދި ކުރަން ޖެހުނު މަސައްކަތް އެހާމެ ބުރައެވެ. ނަމަވެސް ކުރަންޖެހުނު ކަމެއްނުވެ ގޮސްފައި ނެތެވެ. މިއީ އެ ޚިދުމަތްތެރިންގެ ހިކުމަތު ޢަމަލީގެ މޮޅުމަކަމެވެ. އަދި މިއީ ލިބިދާނެ އުޖޫރަޔަކަށް ނުވަތަ މަޤާމުގެ ކުރިއެރުމަށް ހިތުލައިގެން ކުރެވުނު ބުރަ މަސައްކަތެއްކަން މިއަދު ޤަބޫލެއް ނުކުރެވެއެވެ. އާދެ އެއީ މާޒީވެ ގޮސްފައިވާ ދުވަސްތަކެކެވެ. އެދުވަސްތަކުގެ ޙަޤީގަތްވަނީ މަތާރަން ފިލާ މަތީގައި އޮވެ ހިރަފުސް އަރާފައެވެ. މިވީ ކީއްތޯއެވެ؟ ހަނދާން ނެތުނީތޯ ނުވަތަ ހަނދާން ނައްތާލީތޯއެވެ؟ ނުވަތަ އިހުމާލުވީތޯއެވެ؟
އާދެ! ހުރިހާކަމެއްގެ ޒިންމާ އުފަލަންޖެހެނީ މިއަދުގެ ޒުވާނުންނެވެ. ތިޔަ ޒުވާނުނަށް ދިވެހި އަސްކަރިއްޔާގެ ޚިދުމަތްތެރިންގެ ފޮޓޯ ފެނިދާނެއެވެ. ނަމަވެސް ކޮށްދެއްވި ޚިދުމަތެއްގެ މަޢުލޫމަތު އޮޅުންފިލުވުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯއެވެ؟ މިއަދުގެ ޒުވާން ސިފައިން އިސްކަމެއްދެވެނީ ނުވަތަ މުތާލިޔާ ކުރަމުން ގެންދަނީ ދުނިޔޭގެ ކޮންމެ ވެސް އެހެން ޤައުމެއްގެ މޮޅު އަސްކަރިއްޔާގެ ޚިދުމަތްތެރިންގެ ފަތްފުތް ހޯދުމުގައެވެ. ނުވަތަ އެފަދަ ޤައުމުތަކުގެ އެފަދަ އަސްކަރިއްޔާގެ ވެރިންގެ މޮޅު ވާހަކައެވެ. މިއީ ވެސް ދެރަގޮތެއް ނޫނެވެ. އެހެނަސް ތިމާގެ އުފަން ޤައުމުގެ އަސްކަރިއްޔާގެ ޚިދުމަތްތެރިން ވާނެކަން ބަލާ ހޯދަން ޖެހެވެ. އޭރުގެ ޚިދުމަތްތެރި ހަރު ބޭަކަލުންގެ ފަތްފުތް ހޯދަންޖެހެއެެވެ. ތިމާގެ ޤައުމަށް އުފަންވެގެން ދިޔަ ހިތްވަރުގަދަ މުޖާހިދުންގެ މަޢުލޫމަތު ހޯދުމުންނޫނި ޤައުމަށް ތިމާ ޚިދުމަތްކުރުންް ބައްޓަން ކުރަން އުނދަގޫވާނެއެވެ.
ދުނިޔޭގެ ތަފާތު ޤައުމުތަކުން ފެނިގެން ދަނީ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކުރާ މަންޒަރެވެ. އަދި ކޮންމެ މަސަައްކަތެއްގައި އެފަދަ ޤައުމުތަކުގެ ކާބަފައިންނަށް ޙައްޤު ޝުކުރާއި ތަޢުރީފް ރައްދު ކުރެއެވެ. އެއީ ކިތަންމެ ކުޑަ ނުވަތަ ބޮޑުކަމެއް ނަމަވެސް އެފަދަ ޚިދުމަތް ތެރިންނަށް ޙައްޤު ޝުކުރު އަދާ ކުރާކަންއެއީ ފެނިގެންދާ އެންމެ ރީތި މިސާލެވެ. ޤައުމުގެ ޙައްޤުގައި ޤުރުބާންވެފައިވާ އެތަށް ދަރިންނެއް މިދިވެހި ފަސްގަނޑުގައި ވާނެކަމާއިމެދު ޝަތްކެއް ނެތެވެ. އެކި ބޭފުޅުން އެކިވަރަށެވެ. ނަމަވެސް ޤައުމަށް ވެފައިވާ ޤުރުބާނީ ވަރަށް ބޮޑެވެ. އަދި ވެފައިވާ ޤުރުބާނީ އާންމުކޮށް މީހުންނަށް އެނގޭމިންވަރު ތަފާތުވެދާނެއެވެ. ނަމަވެސް ޙަޤީގަތްވަނީ ޙަޤީގަތަކަށެވެ. މިއަދު ދިވެހި އަސްކަރިއްޔާގެ ކޮންމެ ކަމެއް ތަރައްޤީވެ ކުރިއަރައިގެން މިދަނީ ދިވެހި އަސްކަރިއްޔާގެ ހަރުބޭކަަލުންގެ ވިސްނުމުގައި އޮތް ޤައުމީވަންތަކަމާއި އަސްކަރިއްޔާގެ ކުރިމަގު ގެ ފޮނި ހުވަފެންތަކެއްގެ އަލީގައެވެ. އެހެންކަމުން އަބަދުވެސް ދިވެހި އަސްކަރިއްޔާގެ ޚިދުމަތްތެރިންނަށް ތަޢުރީފާއި ޙައްޤު ޝުކުރު އަދާކުރަންޖެހެވެ. މާޒީވެ ގޮސްފައިވާ ތަނުން އިބުރަތް ހޯދަންޖެހެވެ.
