އަޅުގަނޑުމެން ކޮންމެ މީހަކީވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާނެ މީހެކެވެ. ހަށިގަނޑަށް ފަރުވާ ހޯދުމުގައި ދިވެހިންނަކީ އިސްރާފު ކުރާ ބައެކެވެ. އަޅުގަނޑުމެން ވަށައިގެންވާ މާހައުލަކީ ހަށިގަނޑަށް ބޭނުންވާ އެތައް ފަރުވާއެއް ކުރެވިދާނެ ވަޞީލަތް ހުރި މާހައުލެކެވެ. އަގުބޮޑު ކްރީމްފަދަ ތަކެތި ގަންނާކަށް ނުޖެހެއެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި އެމީހުންވަނީ މިފަދަ ނަމޫނާއެއް ދައްކާފައެވެ. ނަމަވެސް މިޖީލުގެ ޒުވާނުންނަށް އެއީ މާ ކަމުދާ އެއްޗެއް ކަމުގައި ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުން ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން ޖީބަށް ލުއިކޮށް ހަށިގަނޑަށް ފަރުވާ ކުރެވިދާނެއެވެ. އޭގެ ބައެއް ފަރުވާ ތިރީގައި މިވަނީއެވެ.
ވެލި: މޫދަށްގޮސް ލޮނު ދޮންވެލިން މަސާޖް ކުރުމަކީ ހަށިގަނޑަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ލޮނު ދޮންވެލިން މަސާޖު ކުރުމުން ހުޅުހުޅާއި ހަށިގަނޑުގައިވާ ބައެއް ތަދުތައް ފިލުވައިދެއެވެ.
މޫދު ވިނަ: މޫދު ވިނައަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ފަރުވާ ކުރުމަށް ބޭނުންކުރާއެއްޗެކެވެ. މޫދުވިނަ ފުނޑުމަށްފަހު ހަމުގައި އުނގުޅުމުގެ އިތުރުން ސީވިޑްއާއި ސޯޔާ ޖާމް އާއި ބަތާ އެކު ކެއުމުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.
ސައިފަތް ޕެކެޓް: ސައިފަތް ޕެކެޓަކީ ލޯ ކައިރި ކަޅުވުމުން ސަލާމަތްކުރުމަށް ބޭނުން ކުރެވިދާނެ ފަރުވާއެކެވެ. ބޭނުން ކޮށްފައި ހުންނަ ސައިފަތް ޕެކެޓް އަލަމާރިއަށް ލާ ފިނި ކޮށްލައިގެން ލޮލުގެ ކަޅުވެފައި ހުންނަ ހިސާބުގައި އުނގުޅުމުން ލޯކައިރި ކަޅުވުން ރަނގަޅުކޮށްދެއެވެ.
އޮލިވް އޮއިލް: މިއީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ތެލެކެވެ. މި ތެޔޮ ބޭނުންކޮށްގެން މަސާޖް ކުރުމުން ބައެއް ތަދުތައް ފިލައެވެ. އަދި ލެމަން ޖޫހުގެ ތެރެއަށް އޮލިވް އޮއިލް އަޅާ އޭގެ ތެރެއަށް އިނގިލި ލައިގެން ހުރުމުން ނިޔަފަތި ރީތިވެ ނިޔަރޮދި ނެނގުމުން ދުރުވެ އެވެ.
މާމުއި: ތުންފަތް މަޑުކޮށް ރީތިކޮށް ބެހެއްޓުމަށް މާމުއި ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ކޮންމެ ދުވަހަކު ތުންފަތުގައި މާމުއި އުނގުޅުމުން ތުންފަތް މަޑުކޮށް ހުރުމަށް އެހީވެދެއެވެ.
