އާއިޒްއާއި ޝައުނާއާ ދެމީހުން އޮތީ ނިދާށެވެ. މެދުކެޑުމެއްނެތި ވިއްސާރަވެހި ގުގުރަމުން ގެންދެއެވެ. އާއިޒްގެ ތުއްތުތުއްތު ދަރިއަކު ހުރެވެ. އާއިޒްއަކީ ސިފައިންގޭގައި މަސައްކުރާ މީހެކެވެ. އާއިޒްގެ ދެމަފިރިން ގައިދޮށަށް އެ ތުއްތު ދަރިފުޅު ލައިގެންއޮވެ ނިދި ހަމަކުރަމުން ގެންދިޔައެވެ. އެ ކުޑަ މައުސޫމު ދަރިފުޅު، ގުގުރާ ކޮންމެފަހަރަކު ސިއްސައިގެން ގޮސް ރޯން ފަށައެވެ. އާއިޒް ހަދާނެގޮތް ބޮޑުވެއްޖެއެވެ. ގުގުރާ ވަރުން ނުނިދިފައި އޮތްވާ ފަތިސްވެ ހާ ގޮވާއަޑު އިވެން ފަށައިފިއެވެ.

އާއިޒް ޕީޓީއަށް ދާން ތައްޔާރުވެލައިގެން ގެއިން ނިކުމެގެން ހިނގައްޖެއެވެ. އޭރު ޝައުނާ ކުޑަދަރިފުޅު މަސަލަސްކުރެވޭތޯ އުޅެއެވެ. އާއިޒް އާދައިގެމަތިން އޮފީހަށްގޮސް މަސައްކަތް ފެށިތަނާ ސިފައިންގެ ކޮމާންޑަރުގެ ފޯނުކޯލެއް އައެވެ. ކޮމާންޑަރު ގުޅާފައި ފުރަން ތައްޔާރުވުމަށް އެންގިއެވެ. އާއިޒް ކުޑަކޮށް މާޔޫސްވިއެވެ. ކުޑަ ދަރިފުޅު އެހާކުޑައިރު ރަށުން ބޭރަށް ދާން ޖެހުމުންނެވެ. އެ ނޫންއެހެން ގޮތެއްވެސް ނެތެވެ. ސިފައިންގެ ވަޒީފާގައި އުޅޭއިރު ”ނޯ ސަރ“އެއް ނޯންނާނެއެވެ.

މަސައްކަތް ނިންމުމަށްފަހު އާއިޒް ގެޔަށް އައެވެ. އޭރު ޝައުނާ ކުޑަ ދަރިފުޅު ގޮވައިގެން އުޅޭތީ އާއިޒް ވެސް ކުޑަ ދަރިފުޅާ އެކު މަޖާކޮށްލާފައި ހިނގައްޖެއެވެ. ހަވީރުވަމުން ދާވަރަކަށް އުޑުމަތި ބަނަވަމުން ދެއެވެ.

ޝައުނާ ކޮޓަރިއަށް އައިއިރު އާއިޒް ފޮށްޓަށް އެއްޗެހި އަޅަމުން ދެއެވެ. އެ ވަގުތު ޝައުނާ، އާއިޒް ކައިރިން ކޮންތާކަށްތޯ ފުރަން ތިއުޅެނީ އަހާލިއެވެ. އާއިޒް ބުނީ އައްޑޫއަށް އޮފިސަރުންތަކެއް ގޮވައިގެން ފުރަން ދާންޖެހޭކަން ކޮމާންޑަރު އެންގި ވާހަކައެވެ. ޝައުނާ ވަރަށް ދެރަވިއެވެ. އެކަމު ވަރަށް އުފާވެސްވިއެވެ. އެއީ އޭނާގެ ފިރިމީހާއަކީ ޒިންމާދާރު ސިފައިންގެ މީހަކަށް ވީތީއެވެ. ޝައުނާ ރޭގަނޑުކެޔުމަށް ފަހު ނިދަން އޮށޯއްވެއްޖެއެވެ. އޭރުވެސް ވަރަށް ބޯކޮށް ވާރޭވެހެމުން ދެއެވެ.

އާއިޒް ފުރައިފިއެވެ. އޭރުވެސް ވާރޭވެހި ގުގުރާ ވިދަމުން ދެއެވެ. އާއިޒްމެން ފުރައިގެން ހުވަދޫ ކަނޑަށް އެރިތަނާ ޖެހި ބޮޑުރާޅަކުން ދޯނީގެ ބުރަފަތި ނައްޓާލިއެވެ. އޭރު ދޯންޏަށް ދިޔަވަމުން ދެއެވެ. ފޯނުން ގުޅޭތޯ އުޅެއުޅެ ގުޅޭގޮތެއް ނުވިއެވެ. އެ ހިސާބަށް ރޭންޖެއް ނުލިބެއެވެ. އާއިޒްގެ ކޮމާންޑްގެ ދަށުން ފެން ހިއްކަން ފެށުނެވެ. ފެން ހިއްކަން ފެށި ތަނާ އަނެއްކާ ވެސް ބޮޑު ރާޅެއް ޖެހުމާ އެކު ވަރަށް ބޮޑަށް ދިޔަވަމުންދެއެވެ. ދޯނި އަޑިޔަށް ދާން ފަށައިފިއެވެ. އާއިޒް، އެންމެންގެ އަތަށް ލައިފްޖެކެޓް ދިނުމަށްފަހު ދޯނީގެ ގެގަނޑުގެ ތެރެއަށް ވަދެވުނުތަނާ ދޯނި އެއްކޮށް އަޑިޔަށް ހިނގައްޖެއެވެ. އެންމެން އަތުގުޅައިގެން ތިބީއެވެ. ވަރަށް ގިނައިރު ފަހުން އެތަނުން އެކަކު އާއިޒް ވާހަކަ އެހިއެވެ. އެކަކަށް ވެސް އާއިޒް ވީތަން ނޭނގޭ ވާހަކަ ބުނުމުން އެންމެން ވެގެން އާއިޒްއަށް ގޮވަން ފަށައިފިއެވެ. އާއިޒްގެ ޚަބަރެއް ނުވިއެވެ.

އެހެން ތިއްބައި އިރުއަރައިފިއެވެ. އޭރު އެ ހިސާބުގަނޑުގައި ދޯންޏެއް އުޅެއެވެ. އެމީހުން ފެނުމާ އެކު އެންމެން ދޯންޏަށް އެރުވިއެވެ. އެ ދޯނި ކައްޕި ކޯސްޓްގާޑަށް ސެޓުން ގުޅުމަށްފަހު ދޯނި އަޑިޔަށް ދިޔަ ޚަބަރު ދިނެވެ. ވަގުތުން ކޯސްޓްގާޑު އައިސް ބްރިގޭޑިއަރ ޖެނެރަލް އާއިޒް ހޯދުމުގެ މަސައްކަތް ފެށިއެވެ. އާއިޒް ހޯދަމުން ދަނިކޮށް ކޯސްޓްގާޑް މީހުންނަށް އާއިޒް ފެނުނީ 2 މޭލު ބޭރުން މަރުވެފައި އޮއްވައެވެ. އާއިޒް ކޯސްޓްގާޑަށް ނެގުމަށްފަހު ހުރިހާ އޮފިސަރުންތައް ކޯސްޓްގާޑަށް އަރުވައިގެން މާލެ އަތުވެއްޖެއެވެ.

ސިފައިންގެއިން ޝައުނާއަށް ގުޅާފައި އާއިޒް މަރުވި ޚަބަރު ދިނުމުން ކުއްލި ޝޮކެއް ލިބުނެވެ. ޝައުނާއަށް ހޭލެވުމާ އެކު އާއިޒް ކޮބައިތޯ ބަލާލިއެވެ. އޭރު އާއިޒް އޮތީ ނިދާފައެވެ. ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ. ޝައުނާއަށް މި ފެނުނީ ހުވަފެނެއްކަން އެނގުމުން ނަމާދުކުރުމަށްފަހު އޭނާގެ ފިރިމީހާ ހެޔޮހާލުގައި ލެއްވުމަށްއެދި ﷲގެ ހަޟްރަތުގައި ދުޢާ ކުރިއެވެ.

ޝެއަރކުރެއްވުމަށް