އާދެ، ވަގުތުގެ އެހީތެރިކަމާއި އެކު މައްސަލަ ހައްލުކުރެވެއެވެ. ބައެއް ފަހަރު ކުރިމަތިވަމުންދާ ކަންކަމުން ހައްލު ހޯދުމަށް ފިކުރު ބޮޑުވެ ހާސްވުން ކުރިމަތިވެއެވެ. އަދި ހައްލު ނުލިބިގެން އިތުރު ތަކުލީފުތަކެއް ކުރިމަތިވެއެވެ. ތިބާގެ އަމިއްލަ ޒިންމާ އޮންނަ ކަންކަމުގައި ހައްލުހޯދުމަށް ހުރަސްތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. ނަމަވެސް ވަޒީފާގެ ތެރެއިން ގިނަ ބައެއްގެ ޚިޔާލާއެކު މައްސަލަ ހައްލުކުރުމަށް ފަސޭހަވެއެވެ. މައްސަލަ ކުރިމަތިވަނީ ހަރުދަނާ ޤަވާއިދެއް ނެތިގެން ނޫނެވެ. ނުވަތަ ޢަމަލުކުރަން ޖެހޭ އުސޫލު އޮޅިގެން ވެސް ނޫނެވެ. ޙަޤީގަތުގައި މައްސަލަ ކުރިމަތިވުމަކީ ކަންކަން ދިރިހުރިކަމުގެ މިސާލެކެވެ. ކަންކަމަށް އިތުރަށް އަހުލުވެރިވާން ޖެހޭ މީހުން ތިބިކަމުގެ ރަމްޒެކެވެ. މައްސަލަ އުފަން ވުމަކީ އޭގެ ޒާތުގައި ގޮންޖެހުމުން އަރައިގަތުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މައްސަލަ އުފެދެނީ ވަރަށް ކުދި ނުވަތަ ބޮޑުކަމެއް މެދުވެރިވެގެންނެވެ. މައްސަލަ މައްސަލައެއް ކަމަށް ފާހަގަ ވަނީވެސް އެހެންވެގެންނެވެ. ހަމަޖެހިފައިވާ އުޞޫލުން ކަންކަން ކުރުމަށް ވަގުތު ގެއްލިގެންދާ ދިޔުމަކީ މައްސަލައިގެ ފެށުމެވެ. ނުވަތަ ކަންކަން ހައްލުކުރުމަށް ހޭދަވާ އިންސާނީ ހަކަތަ ހޭދަކުރުން މިއީ މައްސަލައަށް އިތުރުވާ ބޮޅެކެވެ.
ކަންކަން ދިމާވުމުން ހައްލުހޯދުމަށް ޢަމަލުކުރުން ފަސްޖެހުމަކީ މައްސަލަ ބޮޑުވުމަށް ލިބޭ ހިތްވަރެކެވެ. ހައްލު ލިބިދިނުމަށް ހުރަސްއެޅިގެންދާ ކަމެކެވެ. ހަމަ އެފަދައިން ވަގުތު ގެއްލިދެއެވެ. މައްސަލައަށް އެންމެ ބޮޑު ފަރުވާއަކީ އަވަަހަށް ހައްލުހޯދުމެވެ. ޝަކުވާ ކުރުމުންް ބޭކާރު ވަގުތު ގެއްލުވާ ނުލުމެވެ. އެހެން މީހުންގެ ނަމަށް ފޫޅު ކެޑުން ހުއްޓައި ޙަޤީގަތަށް އެނބުރި އައުމެވެ. މައްސަލައަށް ލިބެން އޮތް ހައްލަކީީ ކޮބައިތޯ ބެލުމެވެ. ކަންކަން ކުރުމުގައި މައްސަލައެއް ކުރިމަތިވެދާނެވެ. ސަބަބީ މައްސަލާއެއްގެ ބާވަތުން ނުވަތަ ދިމާވެގެން އުޅޭ މައްސަލަ ދެނެގަތުމަށް ވަގުތާއި ޙާލަތައް، އެހީތެރިކަން ލިބިގަތުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭތީއެެވެ. ހައްލުކުރުމަށް ވިސްނުމަށް ވަގުތު ކޮޅެއް ނަގާނެތީއެވެ.
އަޅުގަނޑުމެންނަށް ކަންކަން ކުރިމަތިވަމުން އާދެެއެވެ. ކޮންމެ ދުވަހަކުމެ އުފާވެރި ކަންކަމާއި ދެރަވާ ކަންކަން ދިމާވަމުން އާދެއެވެ. ކަންކަން ކުރިމަތިވަނީ ވަކި މީހަކަށް ނުވަތަ ވަކި މަޤާމަކަށް ވުމަކުން ނޫނެވެ. ގިނަ ފަހަރަށް އުފާވެ ހިތްހަމަޖެހޭ ކަންތައް ގިނަވީކަމުގައި ވިޔަސް އެ އުފަލެއް އިހްސާސް ނުކުރެވޭ ފަހަރުތައް ގިނައެވެ. އުފަލެއް ކަމަށް އިޙުސާސް ކުރެވެނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭ ފަދަ ކަންކަމުގެ އުފަލުގައެވެ. އެގޮތުން ތިމާބައަށް މަޤާމުގެ ކުރިއެރުން ލިބޭ ފަދަ ފާހަގަަ ކޮށްލެވޭ އުފާތަކެއް ކުރިމަތި ވުމުންނެވެ. އެފަދަ ބޮޑު އުފަލެއްގެ އިޙުސާސް ކުރުމުގައި ތިބާ އަކީ ވަރަށް ބޮޑު ނަސީބު ވެރިއެއްކަމަށް ދެކެން ފަށައެވެ.
ކުރާ ކަންކަމުގައި ހުރަސްތައް ދިމާވާނެ ކަން ޤަބޫލުކުރަން ޖެހެއެވެ. އަދި ހުރަސްތައް ކުރިމަތި ވުމަކީ ކިތަންމެ މޮޅު ރޭވުމެއް ކުރިކަމުގައި ވިޔަސް ދިމާވަމުން ދާނެ ކަމެކެވެ. އެހެން ކަން އޮތުމުން ކަންކަން ކުރުމުގެ ކުރިން ކަމުގެ ތަސައްވަރު ދެނެގަންތުން މުހިންމެވެ. ހުރަސްތައް ކުރިމަތި ވުމުން ޢަމަލު ކުރާނެ ގޮތް ދެނެގަތުމަކީ ކަމުގެ ހައްލެވެ. ހުރަސްތައް ކުރިމަތި ވުމަކީ ކަންކުރުމަށް ލިބޭ ހިތްވަރެކެވެ. އަދި އުނިކަންތައް ދެނެގަނެ ރަގަނޅު ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. ކުރިމަތިވާ ހުރަސްތައް ހައްލު ލިބިގަތުމަށް މަސައްކަތް ހުއްޓާނުލާ ކުރުމަށް ލިބޭ އިތުބާރެކެވެ. އަބަދުވެސް ހުރަސްތަކަށް ހައްލު ހޯދުމަށް ފުރުޞަތު އޮންނާނެކަން ދެނެގަތުން ބޭނުންތެރިއެވެ. ކުރިމަތިވާ ހުރަސްތައް ބަލައިގަތުމަށް ތައްޔާރަށް ތިބުމަކީ ހައްލު ކުރުމަށް އެންމެ ކުރު މަގު ކަމަށް ބަލައިގަންނާށެވެ. އަދި ހުރަސްތަކަށް ކުރިމަތިލުމަށް ކެތްތެރިކަން އިސްކޮށް ހިތްވަރު ކުރުންމަތީ ދެމިތިބޭށެވެ. ކޮންމެ ހުރަހަކަށް ހައްލެއް އޮންނާނެކަން ދަންނާށެވެ. ހުރަސްތައް ކުރިމަތިވާ ދަނޑިވަޅުގައި ބުއްދި އިސްކުރުމުން ހައްލު ފެންނާނެވެ. އަދި ހުރަސްތައް ދިމާވާ މައިގަނޑު ސަބަބުތައް ދެނެގަނެ ހުރަސްތައް ބަލައިގަތުމަށް ފުންކޮށް ވިސްނާލާށެވެ. އަދި ހުރަސްތައް ބަލައިގަންތުމުން ހައްލު ލިބިގެންދާނެވެ.
