1988 ނޮވެންބަރު 3 ވަނަ ދުވަހަކީ މި ފަހުގެ ތާރީޚުގައި ދިވެހިން ދުށް އެންމެ ބިރުވެރި ދުވަހެވެ. އަރާމު ތަންމަތިތަކުގައި ނިދިފައި ތިބި ދިވެހިންނަށް ކުއްލި ސިހުމެއް އައިސް ހޭލެވުނީ ޤައުމަށް ޣައްދާރުވި ދެތިން ދިވެހިންނާ ގުޅިގެން ތަމަޅަ ބާޣީން ޖަހަމުން ދިޔަ ބާރު ބާޑީގެ އަޑަށެވެ. މި ޢުދުވާނުގައި 19 ދިވެހިން ޝަހީދުވި އިރު އޭގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ 8 ބަޠަލުން ވެސް ހިމެނެއެވެ. ދިވެހި ޤައުމު ދެމިއޮތްހާ ހިނދަކު މި ދެންނެވި ޝަހީދުންގެ ޒިކުރާ ދިވެހިން އާކުރާނެެވެ. އެ ހިތްވަރުގަދަ ބަޠަލުންނަށް ދިވެހިން ހިތާއި ދުލުން، ލެޔާއި ވިންދުން ޝުކުރު ކުރާނެއެވެ. އެ މުޖާހިދުންނަށް ކުރުނީސްކުރާނެއެވެ.

މުލުހާލު ތުނބަށް ހޭލެވުނީ، ފުރަމާލެ ބިރުންގޮސް ސިހުނު އަޑަށް
ފުލު ފުލުގައި އަޑު ގުގުމާލާ، ޖަހަމުން ދިޔަ ބާރު ބަޑީގެ އަޑަށް

ތަމަޅައިންގެ ގުރޫޕެއް މާލެ އަރައި، ޣައްދާރު ދެ ދިވެހިން ދެއްކި މަގުން
ޙަމަލާ ދިންހައި ދަފަރާ ކުރުމަށް، ސިފައިން ތެދުވީ ހިނދު އަތުގުޅަމުން
ސަހަރޯ އަނިޔާވެރި އުންޑަތަކުން، ވިޝަހީދުން“ ނަން ހާމަ ވެވޭ
މުލުހާލު ތުނބަށް ހޭލެވުނީ، ފުރަމާލެ ބިރުންގޮސް ސިހުނު އަޑަށް
ފުލުފުލުގައި އަޑު ގުގުމާލާ، ޖަހަމުން ދިޔަ ބާރު ބަޑީގެ އަޑަށް

ނަޞްރުގެ ރަސްވަނަ ބަޠަލެއް ކަމުގައި، ހަމަގައިމު ޙުސައިން އާދަމް ފެވެޔޭ
އަސްތާ އަދި ކުޑަނެވި ތުއްތަނިކާ، އާދަން އެ ނަޞީރުގެ ނަން ގުނެޔޭ
ޙިއްސާ ޢަބްދުﷲ ޒުހައިރާ، ކުޑަ އާދަމް ކުޑަތުއްތޫ ލިޔެވޭ
މުލުހާލު ތުނބަށް ހޭލެވުނީ، ފުރަމާލެ ބިރުންގޮސް ސިހުނު އަޑަށް
ފުލުފުލުގައި އަޑު ގުގުމާލާ، ޖަހަމުން ދިޔަ ބާރު ބަޑީގެ އަޑަށް

ނޮވެންބަރު ތިނެއްގައި ، ޝަހީދުވި ނަމޫނާ، ދަރިންނަށް ޒިކުރާގެ އިއްވޭ ތަރާނާ

ޤުރުބާންވި މުޙައްމަދު އިބްރާހީމް، އަދިވެސް އެ މުޙައްމަދު ނަން ޙަސަނާ
ހުރި ހިތްވަރު ދެއްކި ހުސައިން މުޙައްމަދު، މި ޝަހީދު އަށެއްގައި ނަން ހިމަނާ
ބިރުވެރިވި ނޮވެންބަރު މަހުގެ ތިނެއް، ނަޞްރުގެ ދުވަހޭ ފާހަގަކުރެވޭ
މުލުހާލު ތުނބަށް ހޭލެވުނީ، ފުރަމާލެ ބިރުންގޮސް ސިހުނު އަޑަށް
ފުލުފުލުގައި އަޑު ގުގުމާލާ، ޖަހަމުން ދިޔަ ބާރު ބަޑީގެ އަޑަށް

ޝެއަރކުރެއްވުމަށް