ވަރަށް މަދުން ނޫނީ ނުފެންނަ ބިރުވެރި ގޮތަކަށް އޮތް އާދަޔާޚިލާފު ފައިދިގުމަކުނެއް ފެނި ޗައިނާގެ ދަނޑުވެރިއަކު ބިރުން ހަލާކުވިއެވެ.

”ސައިކްލޮކޮސްމިއާ ރިކެޓީ“ ނުވަތަ ”ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ“ ގެ ނަމުން މަޝްހޫރުވެފައިވާ މި ބާވަތުގެ މަކުނުގެ ބަނޑުގައި ”އެބްޑޮމެން“ ގައި ސްޓޭމްޕެއް ފަދަ ނިޝާނެއް ހުރެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި ބާވަތުގެ މަކުނު ދުޝްމަނުންގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އެ ތަކެތީގެ ”އެބްޑޮމަން“ ބޭނުންކުރެއެވެ. އަދި ހައިރާންކުރުވަނިވި ނިޝާންތަކެއް އެ ތަކެތީގެ ”އެބްޑޮމަން“ގައި ވެއެވެ.

އެހެން ފައިދިގުމަކުނުތަކާ ޚިލާފަށް މި ބާވަތުގެ މަކުނު ހާލި ހަދަން، ވާ ނުފުރާ ކަމަށާއި، އެ ސޮރު ދިރިއުޅެނީ ބިމު އަޑީގައި ހޮރު ކޮނެގެން ކަމަށް ޗައިނާގެ ސައިންސްވެރިއެއް ކަމަށްވާ ޒާއޯ ލީ ބުނެފައިވެއެވެ. ”ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ“ ގެ ކާނާއަކީ އެ ސޮރުގެ ހޮރު ކައިރިން ހުރަސްކޮށް ހަދާ ކުދި ސޫފިތަކެވެ. މި ސޮރުމެންނަށް އެއްވެސް ކަހަލަ ނުރައްކާތެރިކަމުގެ ހިލަމެއް ވެއްޖެނަމަ، އޭތީގެ ސްޓޭމްޕް ބޭނުންކޮށްގެން ހާލީގެ ދޮރު ބަންދުކޮށްލައެވެ. އެހެން ފައިދިގުމަކުނުތަކާ ޚިލާފަށް ދުވާލުގެ ވަގުތުތަކުގައި އަރާމުކުރުމަށް ފަހު، މި ސޮރުމެން ހާލިން ބޭރަށް ނިކުންނަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

ޒާއޯ ލީ އިތުރަށް ބުނެފައިވާ ގޮތުގައި، ”ޗައިނީސް އަވަރ ގްލާސް ސްޕައިޑަރ“ އަކީ ޗައިނާގައި އެންމެ ކުރިން ހޯދިފައިވާ އެއް ބާވަތުގެ ފައިދިގުމަކުނެވެ. 2000 ވަނަ އަހަރުގެ ފަހުން މި ބާވަތުގެ ފައިދިގުމަކުނު ފެނިފައިވަނީ 8 ފަހަރު ކަމުގައި ވެސް ލީ ބުނެފައިވެއެވެ.

ޝެއަރކުރެއްވުމަށް