ޤައުމަށްޓަކައި ވަޠަނަށްޓަކައި ކެރިގެން ފިދާވެދާނަމޭ
ޤައުމީ ދިވެހި ދިދަޔަށްޓަކައި ޤުރްބާންވެދާން ކެރޭނަމޭ

މާޒީވި ކާބަފައިންގެނަން ދިރުވަން ފިސާރި ޖޯޝުގައި
ޖާނާ ފުރާނަ ދޫކުރުން ޝަރަފެއްކަމަށް ދެކޭނަމޭ

ބޭރުގެ ނުފޫޒުތައްއައިސް ހަފަރާތުގައި ވަށާލިއަސް
ރޭރުވެ ބިރުން ފަހަށްފަހަށް ގައިމޭ ހިލާ ނުދާނަމޭ

މިނިވަންކަމާ ސިޔާދަތާ ދެމެހެއްޓުމަށް މި ދީބުގައި
ހިނިތުންވެހުރެ މި ފަށްގަނޑަށް ލޭވެސްގައިން އޮހޮރާނަމޭ

މަތިވެރި ދީނުގައިނިކަން ސާބިތުކަމާއެކީ ހިފައި
މަތިވެރި ހިދާޔަތަށްޓަކައި އުފަލުން ޝަހީދުވާނަމޭ

އެތަކެއް މުޖާހިދުންގެލޭ އޮހޮރާލި ދިވެހިމިބިންތަކުން
އެތަކެއް ހަނދާންތަކުން އެވާ ޢިބްރަތްތަކެއް ހިފާނަމޭ

އަހަރެން އުފަންމި ފަސްގަނޑަށް އަހަރެން ޝަރީކުވާގޮތަށް
އަަހަރެންލެޔާ އުފާނަވެސް ވުގުފެއްކަމަށް ހަދާނަމޭ

ޢަޒްމޭމިއީ ހިތުންމަގޭ ހެކިކޮށް މި ޤައުމު ކަނޑައަޅާ
ޢަޒްމާއި އެއްގޮތަށްމަގޭ ޢުމުރަށް ޢަމަލްކުރާނަމޭ

ޝެއަރކުރެއްވުމަށް