އައީ ނަޞްރުގެ ދުވަސް ދިވެހިންގެ ހިތްތައް ހަނދުމައިން ފުރަމުން
އެއީ ލޯތައް ކަރުނައެޅި ކަޅު ބުރާސްފަތިކަން ބަޔާން ކުރަމުން

ނަވާރަ ސަތޭކަ އައްޑިހައިން އަށެއްގެ ނޮވެންބަރުން ތިނަކުން
ފަވާލަން ރަން އަކުރުގައި ނަޞްރު ދިވެހިން ޝައުޤުވެރިކުރަމުން

އަރައިގަތް ތަމަޅައިން ފަތިހާ ކުރަންވެރިކަން ނުހަނު އެދިފާ
އަރައި އުޅެގަތްގޮތުން ރައްދޭ ދިނީ ދީނަށް ނަޞްރު އެދެމުން

ފިދާ މިނިވަންކަމަށް ލެއިންވީ ނުހަނު ސާބިތުކަމާ އެކުގައި
ނިދާފައި ތިބި ކަތުން ހޭލާ ތިބުން އަބަދަށް ޝަރުތު ކުރަމުން

ނުދޭނަން ވެލިފުކެއް މިބިމުން ނުދާނަން ފަސް އެނބުރި މިތަނުން
މިދޭހަށް އަލިވިލުމުގެ ކުރިން މިކަން ނިންމާނަމޭ ގޮަވަމުން

ގެނެސް ދޭށޭ ވަޒަން ގޮވަމުން ޙަމަލައަށް ރައްދުދީ ބަލަމުން
ކަނެއްގައި ނުހުރެ ކޮށްހިތްވަރު ޝަހީދޭވީ މިބިން ފަވަމުން

ނުކުތުމަށް އަމުރު ލިބުމާއެކު އުތުރި ޖަޒުބާތު ކެކި އަރަމުން
ނުކުމެގެން ދިޔަތަނުން އެޝަހީދުވީ ނަޞްރަށް އަދައި ގޮވަމުން

ދިވެހި ލަޝްކަރުގެ ބާރާ ހައިބަތާ ދެއްކީ އެދުހު ޢަމަލުން
ދިވެހި ފަސްގަނޑުގެ އަގަކަށް ޖާނުދީ ކެރިގެން ނިކަން އުފަލުން

ޝެއަރކުރެއްވުމަށް