މިއަދު ސިފައިންގެ ޚިދުމަތާ ގިނަ ޒުވާނުން ގުޅެނީ ތަމްރީނާއި ތަޢުލީމުގެ ރޮނގުންނާއި އަދި ހަރުދަނާ ވަޒީފާއެއްގެ ގެރެންޓީއެއް އޮތުން ފަދަ ފައިދާއަށެވެ. ކުރީ ޒަމާނުގައި، އެފަދަ ޒުވާނުންގެ މައިންބަފައިން ކުރި ފަދަ ޤައުމީ ޚިދުމަތެއް ކުޅައުމަށް ފުރިހަމަ ރޫޙެއް އޮވެގެނެއް ނޫނެވެ. ވަޒީފާގެ ބާޒާރު ތާށިވަމުންދާ ދުވަސްވަރެއްގައި ސިފައިންގެ ވަޒީފާގައި ކުރިއަށް ދިޔުމުން ލިބޭނެ ފައިދާއަކަށް އެކަނި ބެލެވިގެން ވަޒީފާއަށް ކުރިމަތިލާ ޒުވާނުންގެ ތެރެއިން މަދު ރެކްރޫޓުންކޮޅެއް ފިޔަވައި ސިފައިންގެ އަސާސީ ތަމްރީނުގެ ނަފުސާނީ ބުރަޔަށް ކުރިމަތިލުމަށް ތިބޭނީ ތައްޔާރުވެފައެއް ނޫނެވެ. ތިރީގައި އެވަނީ އަލަށް އަންނަ ރެކްރޫޓުންނަށް އާންމު ބުރަތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ކަންކަމާއި، އެފަދަ ކަންކަމާ ކުރިމަތިލައިގެން އެ ތަމްރީނުތައް ފުރިހަމަކުރެވިދާނެ ގޮތުގެ ބައެއް ނަސޭހަތެވެ.
އާއިލާގެ ތެރެއިން ލިބޭ އަރާމާއި ރައްކާތެރިކަމުގައި ތިބި ޒުވާނުންތަކަކަށް، މިއީ އެ ހުރިހާ ކަމަކުން ދުރުގައި އެކަނި އެންމެ ފުރިހަމަ ހޭދަކުރަންޖެހޭ އެންމެ ދިގު މުއްދަތުކަމުގައި ވެދާނެއެވެ. އެހީތެރިވާނެ ގިއުގަނޑެއް ނެތި އަމިއްލަ ދިރިއުޅުމެއް ފަށަން ތައްޔާރުކަމަށް ޤަބޫލުކޮށް، ނުކުތް ނަމަވެސް ގިނަފަހަރަށް ވަކިވެގެން ދުރަށް ދާންޖެހުމަކީ ނަފުސާނީ އަދި ޖާޒުބީގޮތުން ބުރަކަމަކަށް ވެއެވެ. ތަމްރީނު ދޭ މަރުކަޒަށް ދިޔުމަށް ފަހު ފުރަތަމަ ފަސް ހަފުތާ ނިމުމުން މެނުވީ އާއިލާއާ ފޯނުން އަދި އެހެން ގޮތަކުންވި ނަމަވެސް ބައްދަލުވުމުގެ ފުރުޞަތު އޮންނާނީ ވަރަށް ވަރުގަދައަށް ހިފެހެއްޓިފައެވެ.
ދޫކޮށްފައި ދިޔަ މީހުންގެ މަތީން ހަނދާންވުން އެއީ ތަބީޢީގޮތުން ވާނެކަމެއް ވެސް މެއެވެ. ސިފައިންގެ ޚިދުމަތަށް ވަނުމަށް ކަނޑައެޅުމަށްފަހު އަމިއްލައަށް ކަންކަން ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ފަރިތަކުރަން ފަށާށެއެވެ. އާއިލާއާއި ރަޙްމަތްތެރިންނާ ވަކިވާން ޖެހޭޖެހުމާ މެދު ތިމާ ކަންބޮޑުވާކަމާއި އަދި ހާސްވާކަމުގެ ވާހަކަތައް ހުޅުވާލެވިފައިވާ ގޮތެއްގައި ހާމަކުރާށެވެ. މިހާ ބޮޑު ހާސްކަމެއް ކުޑަކުރެވޭނީ ނަފުސުގެ ޑިިސިޕްލިންގއާއި އަމިއްލަ ނަފުސަށް ކުރާ އިތުބާރުންނެވެ. އާއިލާއާ މެދު އެއްވެސް ހަމަނުޖެހުމެއް އުފެދިފައި އޮތްނަމަ އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރާށެވެ. ތިމާގެ ސަމާލުކަން ދޭންޖެހޭ ފަދަ ހާލަތެއް އޮވެ، ތިމާ އެތައް މޭލެއް ދުރުގައި ހުންނަން ޖެހުމަށް ވުރެ ވަކި ބޮޑު ތަކުލީފެއް ނޯންނާނެއެވެ. ތަމްރީނު ދޭ މަރުކަޒަށް ދިޔުމަށް އުޅަނދަށް އަރާއިރު ތިމާގެ މަޤުޞަދާއި އަދި މަޤުޞަދު ހާސިލުކުރުމުގެ އަޒުމް ވަރަށް ސާފުކޮށް ކަނޑައަޅާށެވެ.
ކަނާތަކީ ވާތް، މައްޗަކީ ތިރި އަދި ކަޅަކީ ހުދު ސިންޑްރޯމް، ސިފައިންގެ އަސާސީ ތަމްރީނުގައި ހިނގާ ވަރަށް ގިނަ ކަންކަމަކީ ބޭރުން ބަލާ މީހަކަށް ފަހުމުވުން މާ ފަސޭހަކަމެއް ނޫނެވެ. ތިމާގެ މާހައުލުގައި ރަނގަޅީ ކޮން ކަމެއްކަމާއި ނުބައީ ކޮން ކަމެއްކަމާ މެދު ވަރުގަދަ އިހުސާސްތަކެއް ގެންގުޅޭނަމަ، ވަގުތީ ގޮތުން އެކަން އެއްފަރާތަށް ޖައްސާލާށެވެ. މިހާރު ތިޔަ ވަދެވޭ މާހައުލަކީ އިންސްޓްރަކްޓަރުން މާ ތާކުންތާކުން ނުޖެހޭ ކަންކަން ކުރުމަށް އަމުރު ނެރޭ އަދި ހަމަ އެ އަމުރު ތަންފީޒުކުރުމަށް ވަރަށް ހަރުކަށިކަމާ އެކު ބަހުން އަދަބު ލިބޭނެ މާހައުލެކެވެ. މިފަދަ އޮޅުންބޮޅުންގަނޑެއްގެ ސަބަބުން މާޔޫސްވެއްޖެނަމަ ތިމާގެ އަމިއްލަ ނަފުސުގެ ޝަރަފަށް އަނިޔާ ލިބެން ފަށާނެއެވެ. ޖާޒުބީގޮތުން އަވަހަށް ހަރުދަނާ ވެވޭނީ، މި ހާލަތަކީ ވަގުތީ ހާލެއްކަމުގައި އަވަހަށް ވިސްނައިގެން، މިކަން މަދު ހަފުތާގެ ވަގުތުކޮޅެއްގެ ތެރޭގައި މާބޮޑު ކަމަކަށް ނުވާނެ ކަމުގައި ވިސްނައިގެންނެވެ. އަބަދުވެސް ހަމަޖެހިގެން ހުންނާނެވެ. ދިމާވާ ކުދިކުދި ކަންކަމާ މެދު ހާސްނުވާށެވެ.
އިންސްޓްރަކްޓަރުން ތަމްރީނުކުރެވިފައިވަނީ ރެކްރޫޓުން ނަފުސާނީ އަދި ޖިސްމާނީގޮތުން ބިންދޭ ހިސާބަށް ކޮއްޕުމަށެވެ. ސިފައިންގެ ޤަވާޢިދުގައިވާ ގޮތަށް އެއްވެސް އިންސްޓްރަކްޓަރަކަށް ޖިސްމާނީގޮތުން ރެކްރޫޓެއްގައި އަތެއް ނުލެވޭނެއެވެ. ނަމަވެސް ބަހުން ހަމަލައެއް ދިނުމުގެ ޤަވާޢިދުގައި އެމީހުންގެ މައްޗަށް އޮންނާނީ ވަރަށް ކުޑަ ކޮންޓްރޯލެކެވެ. ހެދޭ ކުޑަކުޑަ ގޯހަކުން ރުޅިއައިސްފައިވާ ދެތިން އިންސްޓްރަކްޓަރުންގެ ބަވާލުމެއް އަތުވެދާނެއެވެ. ތިމާ ރެކްރޫޓް ކުއްޖަކަށް ވީތީ ހެދޭނެ މާބޮޑު ގޮތްތަކެއް ނޯންނާނެތީއާ އެކު، މިފަދަ ކަންކަމުގައި “ޔެސް ސަރ” އަދި “ނޯ ސަރ” އިން އިޖާބަދީ ފަރުޖައްސަން ޖެހެއެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް ގިނަ ފަހަރަށް އިންސްޓްރަކްޓަރުން އައިސް ހަޅޭލައްވަމުން ގެންދާއިރު، ތިމާ ނޫން އަދި އެތައް ރެކްރޫޓުންނަށް ވެސް ހަމަ އެ ކުށްވެރިވި ކަމެއް މަޑުމަޑުން ތިބެ އެކަން ރަނގަޅުކުރަމުން އެ ވަގުތު ގެންދާނެއެވެ. ތިމާ ފާހަގަވާ ވަރަށް، ހޫނު އަދި ބައެއް ފަހަރު ހުތުރުބަހުން ހަމަލާދީ އެމީހުން އެ ބުނާ އެއްޗެއް ހަނދާންވާވަރު ކުރާނެއެވެ.